Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ…( ހަތަރުވަނަ ބައި)

writer Level 310 Stories100 Comments
October 8, 2014 2 Mins Read
1 Comment

ލައުހާގެ ހާލަތު ހައިކަލް އަށް ވިސްނެން ފެށިއެވެ…ކޮންފަދަ ނިކަމެތި ކަމެއް ޖެހިފައިވާ ކުއްޖެއް ހެއްޔެވެ…ހައިކަލް ގެ ހިތުގައި ލައުހާއަށް ޓަކައި ހަމްދަރްދީ އިތުރުވިއެވެ..” ލާއުހާ މިގޭގައި އުޅެންވީނު…ބޭނުން ދުވަހަކަށް އުޅެވިދާނެ..ލައުހާއަށް ކަމަކަށް ދަތިވަންޏާ އަހަރެން ގާތު ބުނަންވީ..ވީއާރ ފްރެންޑްސް ރައިޓް..” ހައިކަލް ސަލާން ކުރުމަށް އަތް ދިއްކޮށްލަމުން ލައުހާއަށް ބަލަން އިނެވެ.. އެއަތުގައި ހިފާނީ ހޭ ނޫނީ ނުހިފާނީހޭ  ލައުހާ ހިތަށް އަރަމުން ދިޔައެވެ…

ހިފަން ނުހިފަން ހުރެފައިވެސް ލައުހާ މަޑުމަޑުން ހައިކަލްގެ އަތުގައި ހިފިއެވެ…އެނޫން ގޮތެއް މިއަދު ލައުހާއަކަށް ނެތެވެ… ވެދިޔަ ކަންތައްކުގެ ސަބަބުން ލައުހާގެ ހިތުގައިވަނީ ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދިފައެވެ…ޖެހިލުންވަނީއެވެ… އެއްވެސް ކުށެއް ނެތްކަން ލުހުޝާން އަށް ސާބިތުކޮށްދޭންވެސް  ލައުހާ އިންތިހާއަށް ބޭނުންވެއެވެ..އެހެނަސް މިފަދަ ހާލެއްގައި ލުހުޝާން ފެންނަ ހިސާބަށް ދާންވެސް ލައުހާ ޖެހިލުންވެއެވެ…އެހެނަސް ލުހުޝާން  އޮޅުން ފިލުވާދިނުން މުހިއްމެވެ..

ދުވަސްތަށް މާޒީއަށް އެކުވަމުން އިރު ކޮންމެ ދުވަހަކު ވެސް އާދުވަހަކަށް މަރުހަބާ ކިޔަމުން އޭގެ ވާޖިބު އަދާކުރަމުން ގެންދިޔައެވެ…ވޭތުވަމުން ދިޔަ ކޮންމެ ދުވަހެއް ލައުހާއަށް ވޭނަކަށް ވަމުން ދިޔައެވެ…ކޮންމެ ދުވަހެއްވެސް ހީވަަނީ އަހަރެއް ހެނެވެ…އެހެނަސް ހައިކަލް ގެ މަސައްކަތުން ލައުހާއަށް ކޮންމެވެސް ވަރެއްގެ ލުޔެއްވެސް ލިބެމުން ދިޔައެވެ… ލައުހާ މާޔޫސްވެ ރޯން އިންނަ މަންޒަރު ހައިކަލް އަށް ވަރަށް ފެނެއެވެ…އެފަދަ ވަގުތު ތަކުގައި ހައިކަލްގެ ހިތް ވެސް ހިތާމަ ކުރާހެން ހީވެއެވެ… އެހެނަސް ކޮންމެވެސް ގޮތަކުން ލައުހާ ހެއްވާލެވޭތޯ ހައިކަލް ބަލައެވެ…ހައިކަލްއަށް ލައުހާ ފެނުމުން ހިތްހަމަޖެހުން ލިބިގެންދަނީ ކީއްވެ ކަމެއް ހައިކަލްއަކަށްވެސް ނޭނގެއެވެ… ވަރަށް ކުރިންވެސް ދަންނަ މީހަކުހެން ހައިކަލްއަށް ބައެއް ފަހަރު ހީވެއެވެ…

ލުހުޝާން ގެ ހިތްވަނީ ލައުހާ މަތިން ފޫހިވެފައެވެ…އެ ހިތުގައިވަނީ ލައުހާ ދެކެ  އިންތިހާދަރަޖައިގެ ފޫހީކަމާއި ރުޅިވެރިކަމެވެ…ލުހުޝާންގެ އާއިލާއިން ދައްކާ ވާހަކަތަށް ލުހުޝާން އަށް ޤަބޫލުކުރެވެމުން ދިޔައީ ދެވަނަ ވިސްނުމަކާއި ނުލައެވެ…އެފަދަ ކޮންމެ ފަހަރަކު އެހިތުގައި އަދަމުން ދާ ނަފްރަތުގެ އަލިފާން ގަނޑަށް ދަރުއަޅިައި އިތުރަށް ގަދަކުރެވެ…

…………………………………………………………………………………………………………

ދެ ހަފްތާ ފަހެވެ. ހައިކަލް ހޮސްޕިޓަލްއަށް ދިޔަ ގަނޑީގައި ލައުހާ ބޭރަށް ނިކުތެވެ… ލައުހާގެ  މިސްރާބަކަށް ވެފައިވަނީ ބީޗްހިޔާގެއާ ދިމާލައެވެ… މިހާރު ލައުހާ އުޅޭގެޔާ އެގެ ކިތަންމެ ދުރުވިޔަސް ފަރުވާލެއް ނެތްކަމަށެވެ…އެތަށް ދުވަހަކަށް ފަހު ލައުހާ އަށް އެކަނި ބޭރަށް ނިކުންނާނެ ހިތްވަރެއް ލިބުނީއެވެ…

ލުހުޝާން އިނީ ސިޓިން ރޫމްގައި ހުރި ސޯފާގައި ފިލްމެއް ބަލާށެވެ…ގޭގައި އެކަކުވެސް ނެތްކަމުން ގޭތެރެއަށް ވަނީ ހަމަ ހިމޭންކަން ވެރިވެފައެވެ…ގޭތެރޭގެ ހަމަހިމޭންކަން ނަގާލީ ބެލް ޖެއްސޭ އަޑު އިވުމުންނެވެ..ލުހުޝާން ޓީވީ ނިއްވާލަމުން ދޮރުހުޅުވުމަށް ހިގައިގަތެވެ… ދޮރު ހުޅުވާލުމުން ލުހުޝާން އަށް ލިބުނީ ސިހުމެކެވެ..ދޮރުމަތީގައި ހުރިމީހާ އެތެރެއަށް ދެމިގަތީ ލުހުޝާން އަށް ބަހެއް ބުނެލާނެ ފުރުސަތެއްވެސް ނުލިބެނީސް އެވެ… ކުރިމަތީގައި މިހިރީ ލުހުޝާން ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވި ލައުހާއެވެ. ލައުހާ ހުރި ހާލު ފެނުމުން ލުހުޝާން ގެ ހިތުގައި ޖެހުނެވެ… އެ މޫނު މަތިން އެއްވެސް ދިރުމެއްނެތްފަދައެވެ. ބަލިވައްތަރު  ޖަހައެވެ…މިއީ ހަމަ ލުހުޝާންގެ ސަބަބުން ލައުހާއަށް އައި ބަދަލު ބާއޭ ލުހުޝާން ހިތަށް އެރިއެވެ…ދެވަނަ ސިކުންތުގައި ރުޅިވެރިކަމާއިއެކު ލައުހާއަށް ބަލައިލީ ވެދިޔަ ކަންތައް ހިތަށް އައުމުންނެވެ…

” ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟…ކޯއްޗެއް ހޯދަނ؟ް..އަހަންނަކަށް ހިޔެއް ނުވޭމިގޭގައި ލައުހާ ބޭނުނަވާއެއްޗެތް އެބަހުރިހެން…އެހެންވީމާ މިތަނުން ދާންއުޅޭ…” މަޑުން ވާހަކަ ދެއްކިއެއް ކަމަކު އެއަޑުގައިވަނީ ރުޅިވެރިކަމެވެ…

” އަހަންނަށް އިނގޭ މިހާރު އަހަންނަކީ ލުހުޝާން ގެ އެއްވެސް މީހެއް ނޫންކަން… އެކަމަކު ލުހުޝާން އަހަރެން ދެކެ ރުޅިއައިސް އެވަރުގެ ނިންމުމެއް ނިންމާވަރުގެ ކުށެއް އަހަންނެތް ނުކުރަން… އަހަންނަކީ ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާ މީހެއް ނޫންކަން ހުދު ލުހުޝާން އަށް ވެސް އެނގޭނެ…އަހަރެން ލުހުޝާން ނޫން އެހެންމީހާކާ މެދު އެގޮަތަށް ވިސްނާފައެއްވެސް ނުވާނެ…” ލައުހާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް އޮއްބަން މަސައްކަތް ކުރިއެވެ…

“އެހެންތަ…ހީނުކުރާތި އަހަރެން ތިމަޅީގައި އަލުން ޖެހޭނެކަމަށް…ކުށެއް ނުކުރަމޭ އަދި ކިޔައެއްނު..އިން ދުވަހުން ފެށިގެންވެސްއަހަންނަށް ލައުހާ ހަދަމުން ދިޔައީ ދޮގު…އަހަންނަށް އިނގޭ ލައުހާ އަހަންނާ ކައިވެނީ ކުރީ މަޖްބޫޜުވެގެންކަން…ހެހެހެ…. ލޯބިވެޔޯ…”ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ދަމަމުން ގަޮސް ލައުހާ ލުހުޝާންގެ ކޮޓަރިއަށް ވެއްދިއެވެ.. ޑްރެސިން ޓޭބަލް މަތީގައި އޮތް ސިޓީ އުރަނަގައި އޭގައި ހުރި ފޮޓޯތަށް ލައުހާގެ އަތަށް ދިނެވެ…ލުހުޝާން ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ…އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައީ އަތުން ފައިން ގޯހެއް ހަދަން ބޭނުން ނުވާތީއެވެ…

“އަދިވެސް ބުނޭ ….އަހަނެއް ކުށެއް ނުކުރަމޭ..ތީކީ ކުށެއް ނޫން..ފާފައެއް..އަޑު އިވިއްޖެ…”

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

ޔާރާއޭ
Previous

ޔާރާއޭ… (ތިން ވަނަ ބައި )

ޔާރާއޭ
Next

ޔާރާއޭ… (ފަސް ވަނަ ބައި)

Next
ޔާރާއޭ
October 8, 2014

ޔާރާއޭ… (ފަސް ވަނަ ބައި)

Previews
October 7, 2014

ޔާރާއޭ… (ތިން ވަނަ ބައި )

ޔާރާއޭ

One Comment

  1. Ezoo says:
    March 7, 2015 at 7:45 pm

    Reethi ^_^

Comments are closed.


All Right Reserved!