ބުނާތީ އަހަމެވެ…ލޯބިވުމަކީ ކުށެކެވެ . ހިތްދަތިކަން ތަހަމައްލް ކުރަންޖެހޭ ދަންތޫރައެކެވެ….ލޯބިވުމަކީ ކުށެކޭ ބުނާ މީހުން އެހެން ބުނާ ސަބަބު އަހަންނަށް ވެސް ވިސްނެންފެށީ އަދިކިރިޔާއެވެ…އެހެނަސް ވަކި މިހާރު ކުރެވޭނެ މާބޮޑުކަމެއްނެތެވެ…އަހަންނަށް ކުރިން އެކަން ވިސްނުނު ނަމަ އަދު މިހާލުގައި އުޅެންވެސް ނުޖެހުނީހެވެ…އަހަރެން ތަޤްދީރު ކުއްވެރިއެއް ނުކުރަމެވެ..އަހަރެން އަމިއްލަ ނަފްސުވެސް ކުށްވެރިއއެއް ނުކުރަމެވެ..ދިމާވެފައިވާ އަޑިގަނޑުން ސަލާމަތްވުމަށް ކެތްތެރިކަމާއި އެކު މަސައްކަތްކުރާނަމެވެ…އަހަރެންގެ ހަޔާތުން އަހަންނަށް އަދި އެހެން ފިލާވަޅެއްވެސް ލިބުނެވެ..މައިންބަފައިންގެ ހިތުގައި ޖައްސާ ރޮއްވަ ދަރިއަކަށް ބާއްޖަވެރި ހަޔާތެއް ނުލިބޭނެއޭ ބުނާތީ އެހީމެވެ…އެހެނަސް މިކަން މިއަދު ޤަބޫލުކުރަން މަޖްބޫރެވެ..ކުށްކުރީ އަހަންނެވެ…އެހެންކަމުން އެކުށުގެ ސަޒާ މިއަދު މި ލިބުނީއެވެ..މަންމަމެންގެ ހިތް ރޮއްވާލަމުން ލޯބިވެރިޔާ އާއި އެކީ ބިނާކުރަމުން އައި ގަނޑުވަރު ފުޑުފުޑު ވީއެވެ…އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އަހަންނަށް އޮޅުވާލީއެވެ…އަހަރެންގެ މުޅި ހަޔާތް ބަރުބާދު ކޮށްލީއެވެ…

…………………………………………………………………………………

ލައުހާ ސިއްސައިގެން ދިޔައީ ދޮރުގައި މިހަކު ޓަކިދިން އަޑަށެވެ..ކިޔަން ގެންގުޅުވާހަކަ ފޮތް މޭޒުމަތީގައި ބާއްވަމުން ހެދުން ރަގަޅުކުރަމުން އެނދުން ތެދުވެ ގަނޑިބަލައިލިއެވެ..ބާރަގަނޑި ބައި ވަނީއެވެ..މިގަނޑީގައި އެކޮޓްރިއަށް އަންނާނީވެސް ކާކު ހެއްޔެވެ…؟ލުހުޝާން ވެސް ވީ ވިޔާފާރީގެ ކަމެއްގައި ރާއްޖެއިން ބޭރަށްގޮހެވެލައުހާ އަކީ ހިމަތޮޅި ދިގު ހަށިގަނޑެއް ލިބިފައިވާ ހޫރެއް ފަދަ ކުއްޖެކެވެ…ލައުހާގެ ދޮން މޫނުން ހާސްކަމުގެ އަސަރުފާޅުވާންފެށީ ހިތަށް އަރަމުންދިޔަ ބިރުވެރި ހިޔާލުތަކުންނެވެ…އަނެއްކާ މިގެއަށް ވަގަކު ވަދެގެން އުޅެނީ ބާވައެވެ…އެހެން ނުވާނެއެވެ.. ވަގެއް ނަމަ ދޮރުގައި ޓަކިދޭން ހެއްޔެވެ..ހިތާހިތުން ވާހަކަ ދައްކަމުން ދޮރު ހުޅުވުމަށް ހިގައިގަތީ ކުރިއަށް ވުރެ ބާރަށް ޓަކިދޭން ފެށުމުންނެވެ…ހިމަހިމަ އިނގިލިތަކުން ލައުހާ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާއި އަބުރައިލިއެވެ..ޖެހިލުންވެ ހުރެ ނަމަވެސް ކާކުތޯ ބެލުމާށް ބޭރަށް ބޯދިގުކޮށްލިވަގެވެ..ޤަބޫލުކުރަން ދަތިވެފައިވާ ފަދައަކުން ލައުހާ ކުރިމަތީގައި ހުރި މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ… އެސްފިޔައެއްވެސް ޖަހާލަން ނޭނގިފައެވެ..

އެމީހާ  ކޮޓަރީގެ ތެރެއަށް ދެމިގަތީ ލައުހާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތިއެވެ..ލައުހާއަށް އަދިވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ… މިފަދަ ގޮތަކަށް އަންގާވެސް ނުލާ ލުހުޝާން އައިސްދާނެކަމަށް ލައުހާއަށް އުއްމީދުކުރެވިފައި ނުވާތީއެވެ…ލުހުުޝާން ހުރީ ލައުހާއަށް ފުރަގަސްދީގެންނެވެ… އެހެންކަމުން ލައުހާ ދޮރު ތަޅުލުމަށްފަހު ލުހުުޝާނ ކައިރިއަށް ޖެހިލިއެވެ..އަދި ވަރަށް ލޯބިން ލުހުުޝާނ ް ގައިގައި ފުރަގަހުން ބައްދައިގަތެވެ.. “އައި މިސްޑް ޔޫ ސޯ މަޗް ޝާން… ކީއްވެ އަންގާވެސް ނުލާ ތިއައީ… އަހަރެން ވަރަށް ބޮޑު ވާހަކައެއްވެސް ބުނަން ވެފަ އެބައޮތް…ފުރަތަމަ އުޅުނީ ގުޅާފަ ބުނަން ކަމަށް…އެކަމަކު ޝާން ފޮން ނިއްވާލާފަ އޮންނާތި ނުބުނިގެން މިއުޅެނީ އައި އެމް ސޯ ހެޕީ…”ލައުހާ ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލި އިރު އެއަޑުގައި އުޖާލާކަމެއް ހުއްޓެވ ް. ލުހުުޝާން ލައުހާ ގެ އަތް ފޮޅާލިއެވެ..މިހަރަކާތުން ލައުހާާއަށް ލިބިގެންދިޔައީ ސިހުމެކެވެ..އެއީ މީގެ ކުރިންވެސ ލުހުުޝާން އެގޮތަށް ކަންތައް ކޮށްފައި ނުވާތީއެވެ.. ލުހުުޝާން މަޑުމަޑުން ލައުހާ އާދުރަށް ޖެހިލިއެވެ…

“.އަހަރެންވެސް ވަރަށް ބޮޑު ވާޙަކައެއްބުނަން ވެފައެބައޮތް ލައުހާ..”ް ލުހުުޝާން ގެ އަޑޫގައިވާ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމުގެ އަސަރު ލައުހާއަށް ދޭހާވީ ދެނެވެ.. ލުހުުޝާން ލައުހާ އާއި ކައިރިވެލަމުން ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ބާރަށް ކައިރިއަށް ދަމައިގަތް ގޮތުން ލައުހާ ހުރީ ވާނުވާ ނޭނގިފައެވެ..ވާން މިއުޅެނީ ކީއްކަމެއް އަންނަށް މިއުޅެނީ ކޮން ތޫފާނެއް ނޭނގޭ ހާލުގައެވެ…

” ލައުހާ އަހަންރެން ހިޔެއް ނުކުރަން ތީ ތިކަހަލަ އަންހެނެއްކަމެއް..އަހަންނެއް ހިއެއް ނުކުރަން ލައުހާ އެހެން އުޅެފާނެކަމަކަށް..މިއިން ދުވަހަކުވެސް މީހަކު ބުނި އެކަހަލަ ވާހަކައެއް އަހަންނެތް ގަބޫލެއްނުކުރަން…” ލުހުުޝާން ގެ އަޑޫގައި މަޑޫމަޑޫ ތުރުތުރު އެޅުމެއް ހުއްޓެވެ…

” ޝާން ކީއްކޭ ތިކިޔަނީ…އަހަރެން ކޮންގޮތަކަށް އުޅުނީ..ބުނެބަ…ޝާން ހިތްހަމަ ނުޖެހޭ ކޮންކަމެއް ކުރެވުނީ…” ލައުހާއަށް ބުނެވުނީ މިހިސާބަށެވެ..ލައުހާއަށްއަމާޒުވެގެން ދިޔަ ލައުޝާން ގެ އަތުގެ ހޫނު ހަމަލާގެ ސަބަބުން ޓައިލްސް މައްޗަށް ލައުހާ ވެއްޓުނެވެ..

 “ހުރި ނުލަފާކަން ބަލާބަ…މާރަނގަޅަށް އުޅޭތީތާ މިހެން އަޑޫއިވޭނީވެސް…ލޮލުން ފެނި އަތުން ހިފީމާ ދެން ތި މައުސޫމު މޫނުގެ ފަހަތުގައި ނިވާވެގެން އުޅޭ ޝައިތާނާގެ އަސްލު ސޫރަ އަދިކިރިޔާ މިފެނުނީ…”ް ލުހުުޝާން ގެއަޑު ބާރުވެފައި ލޯމތިން ފެންނަމުންދިޔަ ރުޅިވެރިކަމުގެ ސަބަބުން ލައުހާގެ ހިތް އަންދަމުން ދިޔައެވެ..އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު ކުށެއްނުކުރާކަން ލުހުޝާން އަށް ސާބިތު ކޮށްދޭނެ ގޮތެއް ވެސް ނުވިސްނުނވެ..

“މަ ރަށުގަ ނެތީސް ހިލޭ ފިރިހެނުން ވައްދައިގެން އެމީހުންގެ ތަންމަތި ފަޅުފިލުވަމުން ދިޔައިރު ހިތަށް ނާރާތަ ތީ މީހެއްގެ އަތްބޭކޭ..އޭތް… ތިކަހަލަ ގޮތްކުޑަ މީހާކާ އެކީ އުޅޭކަށް އަހަންނެތް ބޭނުމެއްނޫން..” ލުހުުޝާން ލައުހާގެ އަތުގަިއ ހިފައި ގަދަކަމުން ދަމަމުން ބޭރާށް ނިކުމެގެން ދިޔައިރު ލައުހާ އާދޭސް ކުރަމުންގެންދިޔައެވެ..އެފަދަ ކަމެއް ހުވަފެނުގައވެސް ނުކުރާކަމަށް ބުނެ ހުވާކުރަމުން ގެންދިޔައެވެ..ގޭގެ ސިޓިންށްރޫމުް ގައި ލުހުޝާންގެ މަންމަ ފާއިޒާ މަންޒަރު ބަލަން ހެވިލާފައިނެވެ..

 “ކޮން ދޮގެއް ހަދާކަން މަމިދެލޮލުން ފެނުނި ކަލޭ ހިލޭފިރިހެނުން ކައިރިއަށް ދާތަށް..ދަރިފުޅާ..މަންމަ ދަރިފުޅަށް ދޮގެއް ހަދާފާނެތަ..”ދޮންވެފައިވާ އަލިފާންގަނޑަށް ދަރު އަޅަމުން ފާއިޒާ މިހެން ބުނެލި އިރު އެމޫނު މަތީގައި ހުރި ވިހަކަން ލައުހާއަށް ނަގައިގަނެވުނެވެ..މަންމަ މިފަދަ އަދަބެއް އަހަންނަށް މިދެނީ ކީއްވެހޭ ލައހާއަށް ވިސްނާލެވުނެވެ…ލުހުުޝާން ގޮސް ލައުހާ ގެއިން ނެރެލާ ހޫރާލިއެވެ…

” ހަދާން ކުރާތި މީގެ ފަހުން މިގެއަކަށް ވެސް މަފެންނަ ހިސާބަކަށްވެސް ނާންނާތި…މަގޭ އަތުންފައިން ގޯސް ނެހެދެނީސް މިތަނުން ރައްކާވޭ…އަދި ބުނަން ތިހިރީވަރިކޮށްފަ..”..ލައުހާ ގެކަންފަތަށް ހީވީ ހޮނު ގުގުރިއެއް އެޅިހެންނެވެ…

25

3 Comments

 1. roxe

  October 7, 2014 at 4:51 pm

  haadha kurukoh thi genes dhiny

 2. niusha

  October 7, 2014 at 7:46 pm

  reethi..

 3. ZAI

  November 2, 2014 at 3:19 pm

  KONIRAKUN MIVAAHA UP VAANEE?? HAADHA LAHEY??

Comments are closed.