” ޝާއިން ބުނެދެއްވަފާނަންތޯ ނަވާ ގެންދިޔަ ހިސާބުން ފެށިގެން ކަންހިނގި ގޮތް؟ އޭގެ ކުރީގައި ކަން ހިނގިގޮތް އަޅުގަނޑުމެންނަށް ވަނީ ޝާއިން ރުޝްދީއަށް ފޮނުވި މެސެޖްގެ ޒަރީޢާއިން މަރަދޫ ފުލުސް އޮފީސް މެދުވެރިކޮށް ލިބިފަ” ޝާއިން ގޮނޑިން ތެދުވުމުން ޣާޒީ ސުވާލު ކުރެއްވެވިއެވެ. ޝާއިން އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ
އެރެއަކީ ވަރަށްވެސް ހިތްދަތި ރެއެއް..ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އަޅުގަނޑު އެރޭ ނަވާ ހޯދުމަށް މަސައްކަތް ކުރިން. އެވަގުތު އަޅުގަނޑު ކުއްލިއަކަށް ހަނދާންވީ ނަވާގެ ބޭބެ ރުޝްދީގެ މަތިން. އެހެންވެ ޖީބުގައި އޮތް ފޯނުނަގައި ކަންހިނގި ގޮތް ބަޔާންކޮށް ރުޝްދީއަށް މެސެޖެއް ފޮނުވައިލިން.. އަދި އެއަށްފަހު އަނެއްކާވެސް ޒާހިރު ގުރޫޕް ދިޔަތަނެއް ހޯދުމަށް އަޅުގަނޑު ހިނގަން ފެށިން. އެގޮތަށް ގަޑިއެއްގެ އިރު ހިނގިފަހުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ އެދިމާ ވަލުތެރެއަށް ވަންނަން ދިޔަ ޒާހިރުގެ ގުރޫޕް. އަޅުގަނޑަށް މުޅިން އާ ހިތްވަރެއް ލިބުނު. ގަޔަށް ލެވުނު ބާރެއްލައި އަޅުގަނޑު އެދިމާއަށް ދުއްވައިގަތިން. ދުވެފައި އަޅުގަނޑު ދިޔައިރު ވެއްޓޭ ފަހަރު ފަހަރުވެސް އާދޭ. އެހެނަސް އަޅުގަނޑު ހިތްވަރު އެލުވައެއްނުލަން.. ޒާހިރުއާއި އޭނާގެ ގުރޫޕް ދިޔައީ މީހެއްގެ ހިލަމެއް ވޭތޯ ފަސްއެނބުރި ބަލަމުން… އެމީހުންނަށް އަޅުގަނޑު ފެނުނީ ކަންނޭގެ. އެމީހުން އެމީހުން ތިބިތަނުގައި މަޑުކޮށްލި. އޭރުވެސް ނާހިލްއާއި މަސީހުގެ އަތްދަނޑިމަތީ ނަވާއޮތް.. އަޅުގަނޑަށް އެމީހުންނާއި ވަރަށް ގާތަށް ދެވުނުތަނާހެން ޝާހުއާއި ޒާހިރު އަޅުގަނޑާއި ދިމާއަށް ދުވެފައިއައި. އެއައިގޮތަށް އައިސް އެމީހުން އަޅުގަނޑު ހިފެހެއްޓި. ” ބޮނޑިއެއް ދޭން މަށަށް ފެންނަނީ” ޒާހިރު އަޅުގަނޑުގެ އަތް ފަހަތަށް ގެންގޮސް ހިފަހައްޓަމުން ބުނި. އޭނާ އެހެން ބުނުމާއިއެކު ޝާހު އޭނާގެ ޖީބުގައި އޮތް ކޯލާޓަރު ފުޅިއެއްނަގައި އަޅުގަނޑުގެ ލޮލަށް އަޅާލި. ލޮލުން ނަގަން ފެށި ދިލައިން އަޅުގަނޑަށް ލޯމަރާ ބާރުކޮށްލެވުނު. އެހެނަސް އެރަހުމުކުޑަ މީހުން އެވަރުން އަޅުގަނޑު ދޫކޮށެއް ނުލި. ޝާހު އޭނާގެ އަތުގެ އިނގިލިތަކުން އަޅުގަނޑުގެ ލޯ ގަދަކަމުން ހުޅުވާ ކޯލާޓަރު ފުޅި ހުސްވަންދެން ދެލޮލަށް އެޅި. ނަގަމުން ދިޔަ ދިލައަށް ކެތްނުކުރެވިގެން އަޅުގަނޑު ރޮއި ހޭރުނިން …އެހެނަސް އެމީހުންގެ ކަންފަތްތަކަށް އެ ރުޔުމުގެ ވޭނީ އަޑު އިވޭކަމަކަށް ނުހެދި. އެވަރުން ނުވެގެން އެމީހުން އަޅުގަނޑުގެ ގައިގައި ތަޅާހެދި. ގައިގައި އޮތް ގަމީސްވެސް ވަނީ ތަންތަނުން ވީދިފަ. އަޅުގަނޑުގެ އަތުގައި އޮތް ފޯނަށްވެސް އެމީހުން ހެދި ނުހެދިއެއް ނޭގުނު
އަޅުގަނޑު ހޭއެރިއިރު އޮވެވުނީ ކޮންތާކު ކަމެއް އަޅުގަނޑަކަށް ނޭގެ. ހޭއެރުމާއެކުހެން އަޅުގަނޑު ދެލޯބޮޑުކޮށްގެން ތަންތަން ފެނޭތޯ ބެލިން. އެހެނަސް އަޅުގަނޑަށް އެއްވެސް ތަނެއް ނުފެނުނު..އަޅުގަނޑުގެ ލޮލުގެ ފެނުން ގެއްލުނީކަން ވިސްނުނީ އެހިސާބުން. މޫނުގައި އަތްއަޅާ އަޑުންއަޑުލައި އަޅުގަނޑަށް ރޮވުނު.. އަޅުގަނޑާ ކުރިމަތިއެވީ ކޮންފަދަ ބޮޑު އިމްތިހާނެއްބާވައޭ އެވަގުތު ހިތަށް އެރި.. ކުއްލިއަކަށް ދާދި ގާތުގައި މީހަކު ހުރިހެން އަޅުގަނޑަށް ހީވި.. ” ކާކު..ކާކު؟” އަޅުގަނޑަށް އަހާލެވުނު.. ” އަހަރެން” އަޅުގަނޑުގެ ކަންފަތުގައި ޖެހުނީ ނަވާގެ ހިތްގައިމު އަޑު.. އަޅުގަނޑުގެ ހިތް އުފަލުން ފޮޅުނު.. އެވަގުތުކޮޅަކީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅަށްވި. ” ނަވާ.!..ނަވާ ރަގަޅުތަ؟” އަވަސްއަވަހަށް އަޅުގަނޑަށް އަހާލެވުނު… އެވަގުތު އަޅުގަނޑުގެ ލޮަލުގެ ފެނުން ގެއްލިފައިވާކަންވެސް ހަނދާން ނެތުނު… ނަވާ އަޅުގަނޑަށް އަނބުރާ ލިބުން އެއީ ކުޑަ ނިޢްމަތެއް ނޫން.. ޒާހިރުއާއި އޭނާގެ ގުރޫޕަށް އަދަބު ދިނުމަށް އަޅުގަނޑު ބޭނުންވި.. އެހެނަސް އެކަން ކުރާނެވަރުގެ ޤާބިލްކަމެއް އޭރަކު އަދި މިހާރަކު އަޅުގަނޑުގެ ކިބަޔަކު ނެތް.. އަޅުގަނޑުވީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ނުކުޅެދޭ މީހަކަށް..އޭގެ ފަހުން އަޅުގަނޑު އުޅެމުންއައީ ނަވާއާއި އެކީ ވަރަށް އުފަލުގަ..މީހެއްގެ އުނދަގުލެއް އަޅުގަނޑުމެންނަކަށް ނުފޯރާ” ޝާއިންގެ ވާހަކަތައް އަޑުއަހަން އެންމެންވެސް ތިބީ ހިމޭންވެފައެވެ. ކުށެއްނެތް އެޒުވާނާއާއި އޭނާގެ ލޯބިވެރިޔާގެ ހިތްދަތި ދާސްތާ ވީ އެންމެންގެ ލޮލުންވެސް ކަރުނަ ހިލުވާލި ދާސްތާއަކަށެވެ. އެހެނަސް އެމަޖްލީހުގައި ހާޟިރުވެ ތިބި ޒާހިރުއާއި ނާއިޝްގެ މޫނުމަތިން ފެންނަނީ މުޅިން އެހެން ކުލަވަރެކެވެ. ދެމީހުންތިބީ ހައިރާންވެ އަންތަރީސްވެގެން އަނގަ ތަންމިތަނަށް ހުޅުވައިގެންނެވެ. ” ޝާއިން އީށީންނަވާ! ދެން ފުރުސަތު މިއަރުވަނީ ނާއިޝްއަށް” ޢާޒީ ދެންނެވިއެވެ. ނާއިޝް އެމަޖްލީހަށް ހާޟިރުވެފައިވާކަން އެނގުމުން ޝާއިން އުފާވިއެވެ. ނާއިޝްއަކީ އަބަދުވެސް އޭނާއަށް ހެޔޮއެދޭނެ އެކުވެރިއެއްކަން އޭނާ އަބަދުވެސް ޔަޤީންކުރިއެވެ. ނާއިޝް ގޮޑިން ތެދުވިއެވެ. އަދިވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝާއިންއާއި ދިމާއަށެވެ
ނާއިޝް އޭނާގެ ބަޔާން ދޭން ފެށިއެވެ…………………
………………………..އެއީ އަޅުގަނޑާއި، ޝާއިން އަދި ނަވާ މަރަދޫ ސްކޫލުގައި އެކުއެކީ މަސައްކަތް ކުރި ދުވަސްތަކެވެ. ޝާއިންއާއި ނަވާގެ ގުޅުން ވެގެން ދިޔައީ އަޅުގަނޑުގެ ހިތަށް ވަރަށް ފުންއަސަރުތަކެއް ގެނުވި ގުޅުމަކަށް… ނަވާއަކީ އަބަދުވެސް އަޅުގަނޑުގެ ހިތް އެއަންހެން ކުއްޖަކަށް ގޮވަމުން ދިޔަ ކުއްޖާ. ޝާއިންއާއި ނަވާ ގުޅުނު ހިސާބުން ފެށިގެން އަޅުގަނޑުގެ ހިތުގައި ޝާއިންއަށްޓަކައި ހަސަދައިގެ އަލިފާން ރޯވި. އެހެނަސް އެކަމެއް އަޅުގަނޑެއް ނުދައްކަން..ޝާއިންއާއި ނަވާ ސްކޫލު ލައިބްރަރީން ބައްދަލު ކުރާކަންވެސް އަޅުގަނޑަށް އެނގުނު.. އެހެންކަމުން އަޅުގަނޑު އައީ އެމީހުންނަށް ފާރަލަމުން. އަދި އެދެމެދުގައި ދެކެވޭ ވާހަކަތައް އަޅުގަނޑު އައީ ފޯނުގެ ޒަރީޢާއިން ރެކޯޑްކުރަމުން. ކޮންމެ ދުވަހަކުވެސް ނަވާ ޝާއިންއާއި ބައްދަލު ކުރަން ލައިބްރަރީއަށް ވަންނަ މަންޒަރު އަޅުގަނޑަށް ފެނޭ.. އެހެންކަމުން އެމީހުންނަށް އެއްވެސް ހިލަމެއް ނުވާނޭހެން ގޮސް ލައިބްރަރީއަށް ވަދެ އެމީހުން ތިބޭ ފޮތް ކަނބަޑުގެ އަނެއްފަރާތުން ގޮސް އަޅުގަނޑުގެ ފޯނު ފޮތްތަކުގެ ތެރެއަށްލައިފައި އެމީހުންނަށް އެނގުމުގެ ކުރިން އެތަނުން ނުކުމެގެން ދަން… އަދި އެނޫނަސް ކިތަންމެ ރެއަކު އަޅުގަނޑު ނަވާގެ ގޭގޭ ގޯތިތެރެއަށް ސިއްރުން ވަދެ ނަވާގެ ކޮޓަރީގެ ކުޑަދޮރުން ބޭރުގައި ނަވާ ފެނޭތޯ ހުންނަނ
އެއްރެއަކު ނަވާ އެކަނި ފިހާރައަކަށް ގޮސް ގެއަށްއައި މަގުމަތީ އަޅުގަނޑު އޭނާއަށް ފާރަލީ. އަދި ނަވާއާއި ދާދި ގާތަށް ދެވުމުން އަޅުގަނޑު އޭނާއަށް ގޮވައިލިން.. ” ނަވާ” ނަވާއަށް މީހަކު ގޮވާލިހެން ހީވެގެން ފަސްއެނބުރި ބަލައިލި. އޭރު އަޅުގަނޑު ހުއްޓިގެން ހުރީ ނަވާއާއި ދާދިގާތުގަ. ” އަހަނ ނާއިޝް! ކީއްކޮށްލަނީ” ނަވާ އަޅުގަނޑާއި ދިމާއަށް ހިނިތުންވެލި. އަޅުގަނޑަ ކީ ޝާއިންގެ އެންމެ ގާތް އެކުވެރިޔާ ކަމުން ނަވާ ދެކެނީ އަޅުގަނޑުވެސް ވަރަށް ގާތް މީހެއްގެ ގޮތުގަ. ” އަސްލު ހަމަ ނަވާ ފެނިގެން މިއަންނަނީ…އަހަރެން ނަވާ ކައިރީ ވާހަކައެއް ބުނަން ބޭނުން” އަޅުގަނޑު ބޭނުންވީ ފުރުސަތުގެ ބޭނުން ހިފަން… ” އަވަހަށް ބުނޭ!” ނަވާ ހިނގައިގަތީ އަޅުގަނޑު އައިސް އޭނާއާއި ހަމަވުމުނ. ” އަ..އަސްލު އަހަ..އަހަރެން ނަވާދެކެ ވަރަށް ލޯބިވޭ..އަހަ.އަހަރެން ބޭނުން ނަވާ އަހަރެންގެ މީހަކަށް ހަދަން” އަޅުގަނޑު ޖެހިލުންވެ ހުރެ ވާހަކަ ދެއްކިން… އެހެނަސް އަޅުގަނޑު ބުނަން ބޭނުންވި ހުރިހާ ވާހަކައެއް އެހިނދުކޮޅު ތެރޭ ބުނިން.. ނަވާއަށް އެވާހަކަވީ ޤަބޫލުކުރަން ދަތި ވާހަކަ އަކަށް. ނަވާ އުޅެނީ ޝާއިންއާއި ގުޅިގެން ކަން އެނގިހުރެ އަޅުގަނޑު މިދެއްކި ވާހަކައިން ނަވާ ހިތްހަމަ ނުޖެހެނު. ” ނާއިޝް..ތިކަމެއް ނުވާނެ…އަހަރެން ލޯބިވަނީ ޝާއިންދެކެ..އަދި ޝާއިންވެސް އަހަރެންދެކެ ވަރަށް ލޯބިވޭ..އެކަން ހަމަ ރަގަޅަށްވެސް ނާއިޝްއަށް އެނގޭނެ” އަޅުގަނޑަށް ވިސްނައިދެވޭތޯ ނަވާ މަސައްކަތް ކުރި. ” ނަވާ ނިކަން ވިސްނާލަ ބަލަ..އަހަރެންނަކީ މިރަށުގެ ޤަދަރުވެރި އާއިލާއެއްގެ ކުއްޖެއް..ޝާއިންއަކީ އަތޮޅުތެރޭ ރަށެއްގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް..ޝާއިންއަށް ވުރެ ހުރިހާ ގޮތަކުވެސް އަހަރެން މާ ރަގަޅުވާނެ..ފައިސާގެ ގޮތުން ބެލިއަށް އަހަރެން އޭނާއަށް ވުރެ މާތަނަވަސްވާނެ” އަޅުގަނޑު ހުރީ ދޫކުރާކަހަލަ ގޮތަކަށް ނޫން… ” ނާއިޝް ކިތަންމެހާވެސްމުއްސަނދި..އެކަމަކު ޝާއިން ފިޔަވައި އިތުރު މީހެއް ދެކެ ލޯބިވުމަކީ އަހަރެންނަށް ވާނެކަމެއް ނޫން…ލޯތްބަކީ ނާއިޝްމެން ކަހަލަ މުއްސަނދިންގެ އަތުގައި ހުންނަ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫން..” އެހެން ބުނަމުން ނަވާ އޭނާގެ ހިނގުން ބާރުކޮށްލި. ނަވާ ހުރީ އަޅުގަނޑުގެ މި ވިޔާނުދާ އަމަލުގެ ސަބަބުން އަޅުގަނޑު ދެކެ އިންތިހާއަށް ފޫހިވެފަ. ޝާއިންއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާކަމަށް ދެކިގެން އުޅުނު ކަމުގައި ވިޔަސް އަޅުގަނޑުގެ ހިތުގައި ޝާއިންއާ ދޭތެރޭ އެއްވެސް ޤަދަރެއް ނެތްކަން އަޅުގަނޑުގެ ވާހަކަތަކުން ނަވާއަށް ދޭހަވި.. އެހެނަސް އެކަން ނަވާ ޝާއިންއަށް ސިއްރުކުރި. އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާއާއި މެދު ދެކޭގޮތް އެނގުމުން އޭނާގެ ހިތަށް ކުރާނެ އަސަރު ނަވާއަށް އިހްސާސް ވާތ
އޭގެ ފަހުން ސްކޫލުން ބައްދަލުވާ ވަގުތު ތަކުގައިވެސް ނަވާ އަޅުގަނޑު ފެންނައިރަށް އިސްދޮށަށް ޖަހާ. ނަވާ އަޅުގަނޑާއި ހަތަރު ކަޅި ހަމަކުރަންވެސް ބޭނުންމެއް ނުވޭ..އޭގެ ބަދަލުގައި ނަވާއާއި ޝާއިންގެ ސިއްރު ބައްދަލުވުންތަކުގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ އަލިފާން އިތުރަށް ރޯވެ އަދައިގަތް” ނާއިޝްގެ ވާހަކަ މިހާ ހިސާބަށް ދެވުނު އިރު އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އޭނާގެ ވާހަކަތައް އަހަން އިން ޝާއިންއަށް އިނީ އޭނާގެ ކަންފަތަށް އިވެމުންދާ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ނާއިޝް ނަވާ ދެކެ ލޯބިވާ ވާހަކަ ކުރިން ނުބުނީ ކީއްވެބާވައެވެ؟ ހަމަ ގައިމުވެސް ކުރިން އެކަން އެނގުނުނަމަ އެދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމަށްޓަކައި އެލޯބި ޝާއިން ޤުރުބާން ކުރީހެވެ. ” ދެން އެހެން ވީއިރު ސިހުރާއި ފަންޑިތަހަދައިގެން ނާހިލް، ޝާހު އަދި މަސީހު މަރާލީ ކީއްވެ؟” ޤާޒީ ސުވާލު ކުރެއްވިއެވެ
” އެއީ އަޅުގަނޑު ނަވާ ދެކެ ލޯބިވާތީ” ނާއިޝް ބުނެލިއެވެ. ” ބަލަ ޝާއިންވެސް ނަވާ ދެކެ ލޯބިވިއޭ..އެކަމަކު އޭނާ އެއްވެސް މީހަކު އެހާ ރަހުމުކުޑަގޮތަކަށް ނުމަރައޭ..އެމީހުންނާއި ބެހޭ ގޮތުން ނާއިޝްއަށް އެނގުނީ ކިހިނެތް؟” ޣާޒީ ބޭނުންފުޅުވީ އިތުރަށް އޮޅުންފިލުވާށެވެ
” އަޅުގަނޑަށް ޝާއިން އެވާހަކަތައް ލިޔެފައި ސިޓީއެއް ފޮނުވި..އޭގައި އެމީހުންގެ ނަންތަކާއެކު އެމީހުންގެ ކިބައިން ބަދަލު ހިފަން ބޭނުންވާ ވާހަކަ ލިޔެފައި އޮތް” ނާއިޝް ޝާއިންއާއި ދިމާއަށް ބަލަން ހުރެފައި ބުންޏެވެ. ނާއިޝް ބޭނުންވީ އެކަން ޝާއިންގެ ބޮލުގައި އަޅުވާށެވެ. ކޮންމެވެސް ދޮގުތަކެއް ހަދައިގެން ލިބެން އުޅޭ ބޮޑު އަދަބުން ސަލާމަތްވާސެވެ. އެމީހުން މެރުމަށް އޭނާގެ ގާތު އެދުނީ ޝާއިންކަމަށް ބުނެ ހެކި ދެއްކޭތޯއެވެ. ޝާއިންގެ ދެލޮލުގެ ފެނުން ގެއްލިފައިވީނަމަވެސް އޭނާގެ ކަންފަތް ސަލާމަތުން ހުއްޓެވެ. ” އެއީ ހުސް ދޮގު..އަޅުގަނޑު ނާއިޝްއަކަށް އެއްވެސް ސިޓީއެއް ނުފޮނުވަން..އަޅުގަނޑުމެން ހިތަދޫއަށް ދިޔަ ފަހުން ނާއިޝްއަށް އަޅުގަނޑު ގުޅީވެސް އެންމެ ފަހަރަކު” ޝާއިންއަށް މަޑަކުން ނީދެވުނެވެ. އޭނާގެ އެކުވެރިޔާ އެކަން އޭނާގެ ބޮލުގައި އަޅުވަން މަސައްކަތް ކުރާކަން ޝާއިން ދެނެގަތެވެ. ” ނާއިޝް ބުނަން ވާހަކައެއް..ކޮންމެ ގޮތެއްވިއަސް ނާއިޝްއަށް އަދަބު ލިބޭނެ..އެންމެ ރަގަޅުވާނީ ތެދުތެދަށް ވާހަކަ ދެއްކިއްޔާ” ޣާޒީ ނާއިޝްއަށް އަމުރުކުރެއްވިއެވެ. ނާއިޝްއަށް ހެދޭނެ އިތުރުގޮތެއް ނެތެވެ. ހަތަރު އުދަރެސްވަނީ ފެނުޖެހިފައެވެ. ހުރިހާ ހެއްކެއް ހުރީ އޭނާ އާއި ދެކޮޅަށެވެ
” އަޅުގަނޑު ދަންނަވަން ތޯ ކަންހިނގިގޮތް؟” އެންމެންނަށް އެއްފަހަރާހެން ބަލައިލެވުނީ ކޯޓުގެ ދޮރުން ވަދެގެން އައި ނަވާއަށެވެ. ފެހި ކުލައިގެ ޓޮޕަކާއި ޖިންސެއް ލައިފައި ހުރި އިރު އޭނާގެ ރީތިކަން އިންތިހާއަށް ހާމަވެއެވެ. އެހެނަސް އެރީތި ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ކޯތާފަތްޗަށް ބައިބަމުންދާއިރު އޭނާ ހުރީ ބަޔާން ކުރަން ނޭގޭ ފަދަ ފުން ހިތާމައެއްގެ ތެރޭގައިކަން ރަގަޅަށް ދޭހަވެއެވެ. ” ތީ ކޮންބޭފުޅެއްތޯ؟” ޣާޒީ ސުވާލު ކުރެއްވެވިއެވެ. ” ނަވާ” ނަވާ ބުންޏެވެ. ނާއިޝްއާއި ޒާހިރުގެ ފައިދޮށުން ބިންގަނޑު ދެމިގެންހެން އެމީހުނަށް ހީވިއެވެ. އެއްޗެއް ބުނަން ނާއިޝް އަނގަ ހުޅުވާލި ނަމަވެސް އޭނާގެ ޢަރު ތެރެއިން އަޑެއް ނުނިކުތެވެ ( ނުނިމޭ
ނޯޓް: ވާހަކަ ކުރިއަށްދާ ގޮތާއިމެދު ތިޔަބޭފުޅުންގެ ޚިޔާލު އަޅުގަނޑާއި ހިއްސާކުރައްވާ
6 Comments!
Comments are closed.
Varah salhi mi baivessd… kn irakun aneh baii up kohdhenii
varah reethi…. 🙂
avaha up kohla dhy bala
eyyy vvvvvvv.salhi..than kolheh kuryyyyyyyyyyyyyyyyyyyyyyyyyyyyy. dhigu koh genes dhyyyyyyyyy/. plx
varah reethi
V rythi… Masha Allah…!