
އާ ރާގެއް ނޫން..
“ޓްރޫލީ މެޑްލީ ޑީޕްލީ” އަކީ އަހަރެންގެ އަބަދުގެވެސް އެންމެ ރީތި ލަވައެވެ. ރީތި އަބަދުވެސް ރީތި ލަވައެކެވެ. އެ ލަވައެއްގެ ފުރިހަމަކަމަށް ބަދަލެއް ނާންނަ ލަވައެކެވެ. ބޮލުގައި ރިއްސާ ހަދާނެ ގޮތް ހުސްވުމުން އެލަވައެއް އަޑުއަހާލުމުން ބޮލުގައި ރިހުން އެއްކޮށް ފިލައިގެންދާ ލަވައެއްވެސް މެއެވެ. އެހާވެސް ” ލޯބި ” ލަވައެކެވެ. އެލަވައެއް ޕްރޮމޯޓް ކުރުމުގައި ވަރުބައްޔެއް ނުވާ ލަވައެކެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ އެވަރުގެ އެއްވެސް ލަވައެއް އަދި އަދަށް ދާންދެންވެސް އެހެން ބަޔަކަށް އުފެއްދިފައެއް ނުވެއެވެ.
ކަންފަތަށް ހެޑްސެޓް ޖަހާލައިގެން އަހަަރެން ސޯފާގައި ޖައްސާލައިގެން އޮތީމެވެ. އިވެމުން ދިޔައީ އަހަރެން ތައުރީފް ކުރަމުން ދިޔަ ވަރުގަދަ ލަވައެވެ. މޫނުމަތިން ބާލިސް ނަގާފައި ކޮޅަށް އަހަރެން ތެދުވީ އައިޕޮޑުން ޗާޖު ދިޔައީމައެވެ. މޫނު ކުނި ކޮއްގެން ހުރެ ގަޑިއަށް ބަލާލީމެވެ. ގަޑިން ހަތް ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ސްކޫލަށް ދާން ލަސްވެއްޖެއެވެ.
އަހަރެންނަކީ އުމުރުގެ ޒުވާން ދުވަސްތަށް ގުނަމުން އަންނަ އަމިއްލަ ހިޔާލާ މިނިވަންކަމަށް ލޯބިކުރާ މިހާރުގެ ޒުވާނެކެވެ. އާއިލާ އާއި މަންމަމެންނާއި ދުރުގައި އަހަރެން އުޅެމުން އަންނަނީ ވެސް އެހެންވެގެންނެވެ. މިނިވަންކަމަށް ލޯބި ކުރާތީއެވެ. މާލޭގައި އަހަރެން ޓީޗިންގ ހަދަނީއެވެ. ރަށުގެ ސްކޫލުން ރަނގަޅު ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެވެ. މާލެން ރަނގަޅު ވަޒީފާއެއް ލިބޭ ނަމަވެސް “އޯ ކޭ” އެވެ.
ދުވަމުން ތެޅެމުން ފޮޅެމުން ފާހާނަޔަށް ވަދެ ގަޔަށް ފެން ބާލިދީއެއް އޮއްސާލައިގެން ނުކުތީމެވެ. ފަރިވާން، ފަރިބަލަން މާ ގިނަ ވަގުތެއް ނެތުމުން އެންމެ ފުރަތަމަ އަތުގައި ޖެހުނު ހެދުން ގަޔަށް މަހާލީމެވެ. ލޯ ގަނޑު ކައިރީ ހުއްޓި ހުރެ އިސްތަށިގަނޑުގައި ހުޅިއެއް ޖެހީމެވެ. ޕާރސް ނަގާ އަތަށް ލަމުން ދޮރުމަތިން އަހަންނަށް މަރްހަބާކީ އެންމެ އުސް ” ހައި ހީލް” އަށް ފައި އަމުނާލީމެވެ.
” ޓޮއް ޓޮއް” ލައްވަމުން ސިޑިން އަހަރެން ފައިބަމުން ދިޔައީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. ސަމާލު ނުވެ ހުއްޓާ ފޯނު ރިންގުވުމުން އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ސްކޫލުންނެވެ. ވަރަށް އަވަހަށް މިދަނީޔޭ ކިޔާ އަހަރެން ފޯނު ނެގުމާއި އެކު ފޯނު ކަނޑާލީމެވެ. އެއީ އަހަރެންގެ ދިރިއުޅުމެވެ. ކަންތައްގަނޑު ބޮޑުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މައްސަލަ ގަނޑެއްގެ ތެރޭގައި އުޅެން ޖެހުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެއީ އަހަރެންގެ ސްޓައިލެވެ. ހާސްވެ ހަދާނެ ގޮތްހުސްވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ސްޓާފް ރޫމްއިން އެންމެ ފުރަތަމަ އަހަންނަށް މަރްހަބާ ކީ ރަޝީދުއެވެ. އެއީ އަހަންނާއި އެކު މަސައްކަތް ކުރަންޖެހޭ ޓީޗަރެވެ. އަހަރެން ފެނުމާއި އެކު އޭނަ ހިނިތުންވެލިއެެވެ. އަހަރެންގެ ލޮލަށް ބަލަން ހުރެ ރަޝީދު ވާހަކަ ދައްކަން ފެށިއެވެ.
“އަހަންނަކީ ރަޝީދު.. މިޔަދުން ފެށިގެން މަލްދާ ތިންމަސް ވަންދެން މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އަހަންނާއި އެކުގައި.. އުއްމީދުކުރަނީ މަލްދާއާއި އެކު މަސައްކަތް ކުރަން އަހަންނަށްވެސް، އަދި އަހަންނާއި އެކު މަލްދާއަށްވެސް މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށް. ”
ވާހަކަ ދައްކާ ނިމުމަށް ފަހުވެސް އޭނަ އަހަންނަށް ބަލަން ހުއްޓެވެ. އާ އެއްޗެއް ފެނިގެން އުޅެނީހެން ހީވިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ.-
އަހަރެން ހިތާ ހިތުން އެ “ބޯރިންގ ” މީހާގަނޑަށް ކުދިކިޔަމުން ދިޔައީމެވެ. ކިތަންމެ މޮޑަަރން ކޮށް ހެދުން އަޅާފައި ހުއްޓަސް އަހަރެން ހިތްކިޔާފަދަ އެއްވެސް ސިފައެއް ނެތެވެ. އަހަރެންގެ ގާތަށް އަންނަނީ ހިންޏެވެ. ރަޝީދުއާއި އެކު ޓީޗާރސް ޓައިމްގަވެސް އަހަންނަށް އުޅެން ޖެހެއެވެ. ކިތަަންމެ ބޭނުން ނުވިޔަސް އޯކޭތާއެވެ. އެކުގައި އުޅެން ޖެހޭނީ އެންމެ ތިން މަސް ވަންދެނެވެ. ކެތްތެރިވާނީއެވެ.
އަހަންނަށް ރަޝީދު ރީތި ނުވިކަމުގައި ވީނަމަވެސް އެހެން އަންހެން ކުދިންނަށާއި އެހެން އަންހެން ޓީޗަރުންނަށް އޭނަ ވަރަށް ކަމުދެއެވެ. ނަތީޖާއަކަށްވަނީ އަހަރެންނަށް އެންމެންގެ ކަތި ނަޒަރުތަކާއި ކަޅިއެޅުންތަށް އަމާޒުވުމެވެ. އެމީހުންނަށް ހީވާކަހަލައެވެ. އަހަރެން އުޅެނީ ރަޝީދު ޖަހައިގަންނަން ވެގެންނެވެ. ފޭރިގަންނަން އުޅެނީހެން ހީވަނީ ކަންނޭގެއެވެ.
ފުރަތަަމަ ދުވަސް ވޭތުވެގެން ދިޔައީ ދަރިވަރުންނާއި އެހެން ޓީޗަރުންނާއި ބައްދަލްކުރުމުގައެވެ. ތައާރަފްވުމުގައެވެ. ގެއަށް ދެވުނުއިރު ހުރީ ބަނޑުހައިވެގެން ގޮސް ހަލާކުވެފައެވެ. އެއާ އެއްވަރަށް ވަރުބަލިވެސް ވެފައެވެ. ކުރަންނހުރި ކަންތައްތައްވެސް ގިނައެވެ. ކޮއްފަ ނުކުރާނެ ކަމެއް ނޭނގެއެވެ. އެންމެ ފަހުން ފްރިޖުން ޔޯގަރޓް ތައްޓެއް ހިފައިގެން ގިސް އަހަރެން އިށީނީ ލެޕްޓޮޕް ކައިރީގައެވެ. އެންމެ ފުރަތަމަވެސް ޖަހަލީ އަހަރެންގެ ލަވައެވެ. ވަރުބަލިކަން ފިލައިގެން ގޮސް ދެލޯ މަރާލެވުނެވެ.
ނިދި ބަރުވެފައިވާ ދެލޯ އަހަންނަށް ހުޅުވާލެވުނީ މީހަކު އެޕާޓްމެންޓް ދޮރުގައި ޓަކި ދޭހެން ހީވުމުންނެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. މޯޅިއަކަށް ދެމެމުން އަހަރެން ގޮސް ދޮރ ހުޅުވާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް ދޮރުމަތީ ރީތިކޮއް ބާއްވާލާފައި އޮތީ އަހަންނަށް އެންމެ ރީތި އޯކިޑް މަލުން ޖަރީ ކުރެވިފައިވާ ގުލްދަސްތާއެކެވެ. އެ ލޯބި ހަދިޔާ ހިފައިގެން އަހަރެން ގޭތެރެއަށް ވަނީ އެދިނީ ކާކުކަމެއް ނޭނގޭތީ ހައިރާންވެ ހުރެއެވެ. އެހެން ނަމަވެސް އެއީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަން އެނގުނެވެ. ކޮންމެވެސް ދުވަހަކުން އެއީ ކާކުކަން އެނގޭނެ ކަމަށް އަހަރެން ހިތަށް ބުނެދެމުން ދިޔައީމެވެ. –
ހެނދުނު އިރުއެރުމާއި އެކު ހަތަރެސް ފައި ކޮޅަށް ޖަހައިގެން އަހަރެން ތެދުވީ ކައިރީގައި ހުރި ސޯނާގަޑި އެލާރމް ވާން ފެށުމުންނެވެ. އަރާމުކޮށް ފެންވަރާލައިގެން އަހަރެން އަވަހަށް ސައިބުއީ ސްކޫލަށް ގަޑިނުޖެހި ދިޔުމަށް ގަސްތުކުރަމުންނެވެ.
ސްކޫލުން އެންމެ ފުރަތަމަވެސް ހިނިތުންވަމުން އަހަންނަށް މަރްހަބާ ކީ ރަޝީދުއެވެ. ގުޑް މޯރނިންގ ކީވެސް އޭނައެވެ. މުޅި ދުވަސް އެއްކޮއް ފާއިތުވެގެން ދިޔައިރު އަހަންނަށް ރަޝީދުއާއި ވަރަށް ގިނަ ވާހަކަތައް ދެއްކުނެވެ. އޭނަޔަކީ އެހާ ބޯރިންގ މީހެއް ނޫންކަންވެސް އެނގުނެވެ.
ދުވަސްތަށް މި އުސޫލުން ފާއިތުވަމުން ދިޔައެވެ. ސްކޫލް ނިންމާލުމައްފަހު ރަޝީދުއާއި އެކު ކޮފީތަަކަސް ދެވެން ފެށުނެވެ. ފޯނުކޮއްގެން އެތަށް އިރަކު ތިބެވެއެވެ. ހިތުގެ ކޮންމެވެސް ކަނެއްގައި ރަޝީދުގެ ނަން ހަރުލެވިގެން ދިޔައެވެ. ސްކޫލުގައި ހޭދަކުރަން ޖެހޭ ތިންމަސް ނިމުނު އިރު އަހަރެންގެ ކޫލް ލައިފް ސީރިއަސް ވެއްޖެއެވެ. ރެއާ ދުވާލު އިންތިިޒަރު ކުރެވެނީ އެންމެ މީހަކަށް ޓަކައެވެ. ހާއްސަކޮށް ކޮންމެ ރެއަކު އަހަރެންގެ ގެއަށް މާ ބޮނޑި ގެންދަނީ ރަޝީދުކަން އެނގުމުން ވަކިން ބޮޑަށް އޭނަޔަށް ހިތްކިޔުނެވެ.
އުފާވެރިކަން އަހަރެންގެ ހަޔާތަށް އައީއެވެ. އަހަރެން ރަޝީދަށް އިތުބަރު ކުރަމެވެ. ދުވަހަކުވެސް އޭނާ އަހަންނަށް އޮޅުވާނުލާނެކަމަށް އުންމީދުކުރަމެވެ.
ހަޔާތަށް އައި އުފާވެރި ބަދަލު އަހަރެން ގަބޫލު ކުރީ އެއީ އަހަރެންފގެ ނަސީބު ކަމުގަ ދެކިގެންނެވެ. ރަޝީދެއާ ކައިވވެނި ކުރީއެވެ. އުމުރަށް އެލޯބި ލިބޭނެތީއެވެ. އެހިތަކީ އުމުރަށްވެސް ބަދަލު ނުވާނެ ހިތަކަށް ވާތީއެވެ. އަތިރިމަތީ ހެދިފައިވާ ވިނަގަނޑު ތެރޭ އަގުތުތައް ހެދަކުރެވެން ފެޝުނީއެވެ. ޝާއިރީ ބަސްތަކުން އެކަކު އަނެކަކުގެ ހިތްތައް ފުރާބަންޑުން ކުރަމުންނެވެ.
ހަޔާތުގެ ނައު ދިޔައީ އަަހަރެން ގެންދަން ބޭނުންވިގޮތަށެވެ. ލިބުނީ ހާއުފާވެރި ހަޔާތެކެވެ. ހިތް އެދުނު އުފާތައް އަބަދަށްޓަކާ ލިބުނީއެވެ. ލޯބީގެ ގެ މޯސުންތައް ވެތުވަމުން ދިޔައެވެ. ބައެއް ފަހަރު ދެމީހުން ދޭތެރޭ ވަޔާޖެހޭ ކުނޑިފުށްތައް ޖެހެއެވެ. އެހެނަސް އެ ފިލުވާލިމަކީ މާއުދަގޫ ކަމެއް ނޫނެވެ. އެކަކު އަނެކަކު ދެކެވާ ލޯބީގެ ސަބަބުންނެވެ. އަހަރެންގެ ނަޒަރުގައި އެނަމެ ފުރިހަމަ ލޯތްބެއްވީ އަހަންނަށް ލިބިފައެވެ.
އެދުވަހާޖެހެންދެން އަހަރެން ރަޝީދަށް އިންތިހާއަށް އިތުބާރު ކުރީމެވެ. އޭނާ ބުނާ ކޮންމެ ގޮތަކަށް ކޮންމެ ކަމެށް ކުޑަ ކުއްޖެއް ފަދައިން “ލައްބަ” ބުނެ ކުރަމުން އައީ އެއީ ހަމައެކަނި އަހަރެންގެ ފިރިމީހާއަށް ވީތީއެށް ނޫނެވެ. އެއީ އަހަރެންގެ ލޯބި ކަމުގާ ވާތީއެވެ. ދިރި ހުރުމުގެ މަޤުސަދު ކަމުގައި ޗވާތީއެވެ.
ޜަޝީދު ވެގެން ދިޔައީ ހަމައެކަނި އަހަރެންގެ ލޯބިވެރިޔާއަކަށްނޯނެވެ. ނަމެއްގަ އޭނާ އަހަރެންގެ ފިރިމީހާއަށްވިޔަސް، އަހަރެން ނޫން އެހެން އަންހެން ކުދިންތަކަކަށްވެސް އޭނާ އެއީ ބައި އަޅާ ލޯބި ބަހަމުންނެވެ. ފިރިއެއްގެ ފަރާތުން އައިންބަކަށް ލިބެންޖެހޭ އުފާތައް، އޭނާ ހިއްސާ ކުރަނީ ހަމައެކަނި އަހަންކާ ނޫނެވެ. އަހަންނަކީ ހަމައެކަނި ދީނީގޮތުންނާ ގާނޫނީ ގޮތުން އޭނާއާ ހުއްދަ ވެގެންވާ އަތްބެކެވެ.
އިރުވައި މޫސުމުގައި ދަތުރު ކުރަމުން ދިޔަ ނައު ހުޅަގު މޫސުމުގެ ކެރިގަނޑާ ކުރިމަތިލާނަޖެހުނެވެ. ކަނޑުންނަގާ ބިޔަ ރާޅުތައް އޭނާ އަރުވާލީ ފަސޭހަކަމާއެކު ފަރަކަށެވެ.
ތަކުރާރުކޮށް އެއުޅުން ކޮއްލުމަށް އަހަރެން ރަޝީދުއަށް ނަސޭހަތްތެރިވީމެވެ. އާދޭހަކުން، ނަސޭހަތަކުން ނުވަތަ ކަރުނައިން މީހެއް ބަދަލުކޮއަލެވޭނަމަ އެކަން އަހަންނަށް ކުރެވުނީހެވެ. ކަރުން ލޭރަހަ ލާވަރަށް ނަސޭހަތް ދިނީމެވެ. ކަކުލަށް ތަދުވާހާލު ދެކަކޫ މައްޗަށް ތިރިވެ ލޯބިވާ ފިރިމީހާއަށް އާދޭސް ކުރީމެވެ. ގުނާ އަދަދު ނުކުރެވޭވަރަށް ކަރުނަ އެޅީމެވެ. އެހއނަސް އަހަރެންގެ ފިމީހާއަކަށް އެކަމެށް ނުވިސް ނުނެވެ.
އަތްބެއްގެ ވާޖިބަކީ ހަމައެކަނި ފިރިއަކަށް ކައްކާފަ ކާންދިނުން ހެއްޔެވެ. އަންނައުނު ދޮވެ އިސްތިރި ކޮއްދިނުންހެއްޔެވެ. ނުވަތަ ފފިރިމީހާއަށް އަބިމީހާގެ ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި ޚިދުމަތުގައި ހުރުން ހެއްޔެވެ. އަހަރެން މިހުރިހާކަމެއްކުރީމެވެ. ފިރިމީހާގެ އުފާތަކާ ހިތާމަތަކުގައި ކޮނޑާކޮނޑު ޖައްސާ ސާބިތު ކަމާއެކު ވީމެވެ. އަތްބެއްގެ ވާޖިބު އެންމެ ފުރިހަމަޔަށް އަދާކުރީމެވެ. އެހެން ނަމަވެސް އަހަރެން ވެގެން ދިޔައީ ގުލާނުކަން ކޮއްދޭ ނޯކަރަކަށެވެ.
ލޯބިވާ ފިރިމީހާގެ ހަޔާތުން އަހަރެން ނިކުމެގެންދިޔައީ، އިތުރު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ. މަންމަމެގާތަށް ރަށަށް ބަދަލު ވީމެވެ. ރަޝީދުމަތިން ހަދާން ނައްތާލަން މަސައްކަތް ފެށީމެވެ. އޭނާ އައް މީރު ކާއެއްޗެއް އަހަންނަށް ކެއުނަ މަނާ ފަދައެވެ. އޭނާގެ ހަދާންތައް އާވެ އާލާވާ އެއްވެސްކަމެއް ނުކުރަމެވެ. ރަޝީދުއަށް އަހަރެންގެ ލަވަ ޓްރޫލީ މޭޑްލީ ޑިޕްލީ ރީތިވުމުން އެލަވަޔާވެސް ދުރަށް ދިޔައީމެވެ. އެހަދާތައް އާކުރަން ބޭނުން ނުވާތީއެވެ.
ދުވަސްތައް މިގޮތަށް ހޭދަވާތާ އަހަރެއް ވީއެވެ. އަހަރެން އުޅޭ ހާލެއް އެންމެ ފަހަރަކުވެސް ރަޝީދު ބަލައެއް ނުލައެވެ. އަހަރެންގެ ލޯތްބަށްއެދި ސަލާނަޖަހާ ކުދިންތައްވެސް ބައިވަރެވެ. ހަނދުގެނެސްދޭންބުނާކުދިންވެސް މަދެއް ނޫނެވެ. އަހަންނަށް އުފާވެރިކަން ހޯދާދޭން އުޅެކުދިންވެސް މަދެއްނޯނެވެ. އަހަންނަށް ރީތިވާނޭކަމަށް ބުނެ އަހަންނަށް އެންމެ ރީތިވި ލަވަވެސް އަހަންނަށް ކިޔާދެއެވެ. އެލަވަ އަހަންނަށް އިވިފައިވާ ކަމަށްވވެސް ނުހަދަމެވެ. އެހެނަސް އެއީ ރަޝީދުގެ ކެހިވެރި ލޯތްބެވެ. ކޮންމެ މީހެއްގެ ވާހަކައަކުންވެސްް އަހަންނަށް ސިފަކުރަވެނީ އެއްކަލަ އިންސާނާއެވެ. ދެވަނަ ރަޝީދެވެ. އަހަރެން ބުނަމެވެ.
“ތިލަވަ، ތިވާހަކަ، ތިރާގު ތިއީ އަހަންނަށް އާއެއްޗެއް ނޫން. ކުރިންވެސް ވަނީ އިވިފަ”
އިތުރަށް ލޯބިވާހާ ހިތްވަރެއް ނެތެވެ. އިވުނު ރާެގެއް ދެވަނަ ފަހަރަކަށް އަހާކަށް ބޭނުމެއް ނޫނެވެ.
8 Comments!
Comments are closed.
Wowwwwwwwww
V v rythi…
reethi…ekamaku vaahaka liyefa eh faharu kiyaalinama imlaa kuh thankolheh madhuvees 🙂
thanks all.. roxe dhen faharaku rangalhu vaane iraadha kureh viyya
hehehe salhi ingey…ekamaku adhi vx konmevx thakun adu ehi vahaka aka vahtharu……….heevi gotheh kanneynge dw!!!thx thiha bxy koh ulhemun thi gothah kuru vahaka thah genesdheythy!!!!!!ALL THE BEST!!
maee .. yes radio in adu ivifa innaanee mi vaahaka.. thanks..
hehehe thihn bunyma mi handhan v..radio in adu ehy..v fm inhen handhan vany…..ekamaku kudakoh badhalu kollafa dw thi genesdhiny??
nun.. mee hama aslu vaahaka 🙂