
އެލީޝާ (8ވަނަބައި)
ޕާޓީ ނިމުމުން ކަރަމްމެން ގެއަށް އައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެލީޝާ ބެލީ ލައިގެން ހުރި ބޮޑު ހެދުން ބޭލޭތޯއެވެ. އެހެން ކަމުން ފާހާނާއަށް ވަދެ ފެންވަރާލައިގެން ހެދުން ބަދަލު ކޮށްލާގެން ނުކުތެވެ. އެލީޝާ ނުކުތުމުން ކަރަމްވެސް ފާހާނާއަށް ވަނެވެ. އެލީޝާ ވަރަށް ހާލުން ވެޑިންގްޑުރެސް ފަތްޖަހާލާފައި އަލަމާރިއަށްލާފައި އެނބުރުންތަނާ އޭނާގެ މޫނުގޮސް ޖެހުނީ ކަރަމްގެ ތަނަވަސް މޭމަތީގައެވެ. އެލީޝާ އިސްއުފުލާ ބަލާލިއެވެ. އޭރު ކަރަމްވެސް ހުރީ އެލީޝާއަށް ބަލަހައްޓައިގެންނެވެ. އެލީޝާ އަވަސް އަވަހަށް އެތަނުން ދުރަށް ދިޔުމަށްޓަކާ ހިނގައިގަތެވެ. ނަމަވެސް ކަރަމް ހުށިޔާރު ކަމާއިއެކު އެލީޝާގެ އަތުގައި ހިފާ އޭނާޔާ ދިމާއަށް ދަމާގަތެވެ. މިފަހަރުވެސް އެލީޝާގޮސް ޖެހުނީ ކަރަމްގެ މޭމަތީގައެވެ. ކަރަމް އޭނާގެ ދެއަތުން އެލީޝާގެ އުނަގަނޑުގައި ހިފާ ވަށާލިއެވެ. އެލީޝާ މިފަހަރު ކަރަމްއާ ދިމާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އަދި އޭނާގެ ދެއަތުން ކަރަމްގެ މޭގައި އަޅާ ކޮށްޕާލިއެވެ. ނުވިސްނާ ހުރި ކަރަމް ގޮސް ޖެހުނީ ފަހަތަށެވެ. “އައްދޭ… ހާދަ ބާރުވެސް ގަދަ ކުއްޖެކޭ މީ….” ކަރަމްގެ ގާތަށް ހިނިއައެވެ. “އަހަރެންގެ ގާތަކަށް ހިންޏެއްނާދެ…. މާ މަޖާ ކަމެއް ވެގެންތަ މި އުޅެނީ… މާވަރަކަށް ތިހެނީ….” ކަރަމް ހޭން ފެށުމުން އެލީޝާގެ ރުޅި އިތުރަށް ގަދަވިއެވެ. “އެހެންނުވާނީ…. ކައިވެނީގެ ފުރަތަމަ ރޭވެސް ތި އުޅެނީ ފައިޓް ކުރަން ވިއްޔަ….” އެލީޝާގެ އަތުގައި ހިފާލަމުން ކަރަމް ބުނެލިއެވެ. “ޚަބަރުދާރު… މަގޭ ގައިގަ އަތްނުލާތި..!!!! މީ ކަލޭ ބޭނުންވެގެން ކުރެވުނު ކައިވެންޏެއް… އަހަރެން ބޭނުންވެގެނެއް ނޫން… ކައިވެނީގެ ކުރިންވެސް އަހަރެން ބުނިން ކައިވެނިވުމަށްފަހު އަހަރެންގެ ފަރާތުން އުފަލެއް އަރާމެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާށޭ…. އަހަންނާ ދުރުގައި ހުންނާތި…!!!! އަހަރެން ކަލެއަށް ނަފްރަތުކުރަން…..” ކަރަމްގެ އަތް ފޮޅުވާލަމުން އެލީޝާ ބުނެލިއެވެ. “އެހެންތަ….؟؟؟ އެހެންވީއިރު އަހަރެން ޖެހޭނީ އަދި ކުޑަ އިންތިޒާރެއް ކޮށްލަން ކަންނޭނގެ… މީހުން ބުނާތީ އަޑުއަހަން، ނަފްރަތަކީ ލޯބީގެ ފެށުމޭ….. އޭގެ މާނައަކީ އަހަންނަށްވެސް އަދި އެލީގެ ލޯބިލިބޭނެއޭ ދޯ……” އެލީޝާގެ ނޭފަތުކުރީގައި އިނގިލިން ޖަހާލަމުން ކަރަމް ބުނެލިއެވެ. “ބުނެފީމެއްނު ގައިގަ އަތްނުލާށޭ…. ދުވަހަކުވެސް އަހަރެންގެ ލޯބިލިބޭނެ ކަމަށް އުއްމީދު ނުކުރާތި…!!! ކަލެއާ ވާހަކަ ދެއްކުމަކީވެސް ބޭކާރުކަމެއް…. އަހަރެން މިދަނީ ނިދަން….. މިހެން ބުނެފައި އެލީޝާ ގޮސް އެނދުގެ އެއްފަރާތުގައި އޮށޯތެވެ. ކަރަމްވެސް ދެފަރާތަށް ބޯހޫރާލުމަށްފަހު ގޮސް އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ.
ޖެހިގެން އައި ދުވަހެވެ. ކަރަމް ހެނދުނު ހޭލައިގެން ކާގެއަށް ދިޔައިރު ކިޔާންގެ ދެމަފިރިންނާ ކައުޝަލްގެ ދެމަފިރިންގެ އިތުރުން އެލީޝާވެސް ކާގޭގައި އުޅެއެވެ. “މޯނިންގް ބުރޯ…. ކޮބާ ފަސްޓް ނައިޓް ކިހިނެއްވަނީ….” ކަރަމް ފެންނައިރަށް ލާނެއް ގޮތަކަށް ހީލަމުން ކިޔާން އަހާލިއެވެ. ކިޔާން މިހެން އަހާލުމުން އެހެންމީހުން ފެށީ ހޭށެވެ. ކަރަމްއަށް ބަލާލެވުނީ އެލީޝާއަށެވެ. އޭރު އެލީޝާވެސް ހުރީ ކަރަމްއަށް ބަލަހައްޓައިގެން އޭނާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އޭނާއާ ކަރަމްއާ ދޭތެރޭ އެކަހަލަ ގުޅުމެއް ނެތްކަން އެހެންމީހުނަށް އަންގާކަށް އެލީޝާ ބޭނުމެއް ނުވެއެވެ. އެވަގުތު ކަރަމް އެލީޝާއާ ދިމާއަށް އެއްލޯ މަރާލިއެވެ. އެލީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެންމީހުންނަށް ބަލާލެވުނެވެ. ނަސީބަކުން އިތުރު މީހަކަށް އެމަންޒަރެއް ނުފެނެއެވެ. “ދެން ތުއްތުވެސް ކުރާ ސުވާލު ދޯ…. ތިވާހަކައެއް ނޫނޭ… ކޮބާތަ އެ އުޅޭ ކިޔާ…؟؟؟ އަދި މޯނިންގް ނުވަނީތަ….؟؟؟؟ ކަރަމް ވާހަކައިގެ މައުޟޫ ބަދަލުކޮށްލަމުން ގޮނޑީގައި އިށީނެވެ. ކަރަމް ރޭގެ އެއްވެސް ވާހަކައެއް ނުދެއްކިކަން ނަސީބެކޭ އެލީޝާގެ ހިތަށް އެރިއެވެ. “ކިޔާ ދޯ…. އޭނާގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ…. ނޭނގެ ރޭގަ ރަނގަޅަށް ނިދިކަމެއްވެސް…. މިޔަދުވެސް އަރައިގެން އައި އިރާއެކީ ތެދުވެއްޖެ…. މާދަން ދަތުރުދާން އުޅޭތީ އޭނާއަށް ވާވަރު…. ކީއްކުރާނީ….” ކައުޝަލް ބުނެލިއެވެ. އެހެންތަ ކޮބާތަ މިހާރު އޭނަ….؟؟” ކިޔާރާ ފެންނަން ނެތުމުން ކަރަމް އަހާލިއެވެ. “އަލްޝާ މެންނާއެކު ދަތުރުދާން ބޭނުންވާ ބައެއް އެއްޗެހި ގަންނަން ގޮސްވީ…. “އަރޫނާ ބުނެލިއެވެ.
ދަތުރުދާން ހަމަޖެހިފައިވާ ދުވަހެވެ. ކަރަމްއަށް ހޭލެވުނީ އާދައިގެ މަތިން ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ކަރަމް ތެދުވެ ބަލާލިއިރު އެލީޝާއެއް ނެތެވެ. އެވަގުތު ފާޚާނާގެ ދޮރުހުޅުވާލާފައި އެލީޝާ ނުކުތެވެ. “އަހަންނާއެކީ ދަތުރު ދާހިތުންތަ މާ އަވަހަކަށް ހޭލާ ތިއުޅެނީ….” ކަރަމް ބެލީ އެވަގުތުވެސް އެލީޝާ ރުޅިއަރުވާލެވެތޯއެވެ. “ކަލެއަށް ރަނގަޅަށް އެނގޭނެ ރޭގަވެސް އަހަރެން މިގަޑީގަ ނަމާދުކުރަން ހޭލާ އުޅުނުކަން…. އެހެންނޫނަސް އަހަރެން ނޫޅެން މާވަރަކަށް މި ދަތުރު ދާހިތަކުން… އެއީ ކަލޭ ދާތީ….” އެލީޝާގެ ގާތަށް ރުޅިއައެވެ. “އެހެންތަ…؟؟؟ އަހަންނަށް ހީވަނީ ތިބުނީ ތެދެއްނޫންހެން… އާންމުކޮށް އަންހެންކުދިން ބުނާނީ ހިތުގައޮތްގޮތް ނޫން އެހެންގޮތަކަށް….” އެލީޝާ އައި ރުޅީގައި އެއްޗެއް ބުނަން އުޅެފައިވެސް ނުބުނެ ގޮސް ނަމާދު ކުރަން އެރިއެވެ.
އެލީޝާމެން ތައްޔަރުވެގެން ކޮޓަރިން ނުކުތްއިރު ކިޔާންގެ ދެމަފިރިން ފިޔަވާއެހެން އެންމެންވެސް ތިއްބެވެ. “އަހަރެން ހީކުރީ އަދި އެކަކުވެސް ރެޑީ ނުވާކަމަށް….” ސޯފާގައި އިށީންނަމުން ކަރަމް ބުނެލިއެވެ. “އަހަރެމެން ރެޑީވެގެން ތިބޭތާ ކޮންއިރެއް…. ދެން ކިޔާންބެމެން އަންނައިރަށް ބަނދަރުދޮށަށް ދާންވީހަމަ….” އަލްޝާ މިހެން ބުނިތަނާ ކިޔާންމެންވެސް ކޮޓަރިން ނުކުމެއްޖެއެވެ. ކިޔާންމެން އައުމުން އެންމެން އެކީ ޕިކަޕެއްގައި ބަނދަރު ދޮށަށް ދިޔައެވެ. ބަނދަރުދޮށަށް ދިޔައިރު އެލީޝާގެ އާއިލާގެ ބައެއްކުދިން ވެސް ދަތުރުގައި ބައިވެރި ވުމަށްޓަކާ ބަނދަރުދޮށަށް އައިސް ތިއްބެވެ. ބަރާބަރު ހަތެއް ޖެހިއިރު ދޯނި ކައިރީގައި އޮތް ފަޅުރަށަށް ދިޔުމަށްޓަކާ ނައްޓާލިއެވެ. މީ ކިޔާރާމެން ދޯންޏެއްގައި ދަތުރުކުރާ ފުރަތަމަ ފަހަރަށް ވުމުން ކިޔާރާ އިނީ ކުޑަކޮށް ބިރުގަންނަ ގޮތްވެފައެވެ. ދަތުރުމަތީ ވަކިހިސާބަކުން ލަވަބާޒީ ކުޅެން ފެށިއެވެ. އެހެންމީހުންނާ ވަކިނުވާންވެގެން އެލީޝާވެސް އެތާގައި އިނެވެ. އެލީޝާގެ ގާތުގައި އޭނާގެ ކޮނޑުމަތީ އަތްބާއްވާލައިގެން ކަރަމްވެސް އިނެވެ. ގާތުގައި އެހެންމީހުން ތިބުމުން ކަރަމްއާއް ދިމާއަށް އެއްޗެއް ބުނަން އެލީޝާއަށް ނުކެރުނީއެވެ. ކަރަމްވެސް އެގޮތަށް އެކަންކުރީ ގަސްތުގައިކަން އެލީޝާއަށް އެނގެއެވެ.
ދޮޅުގަޑިއިރުގެ ދަތުރަކަށްފަހު އެލީޝާމެނަށް އެމީހުންގެ މަންޒިލަށް ދެވުނެވެ. ރަށަށް ފޭބުމާއިއެކު ސައިގެ ކަންތަކާއިގެން އުޅެން ފެށިއެވެ. ސައިބޮއެ އަވަދިގެން ހުރިހާ ޒުވާން ކުދިންކޮޅު ދިޔައީ ފައިގަތަޅާ ކުޅޭށެވެ. މި ކުޅިވަރަކީ އެލީޝާވެސް ވަރަށް ގަޔާވާ ކުޅިވަރެއްކަމުން އެލީޝާވެސް މިކުޅިވަރުގައި ބައިވެރިވިއެވެ. ކައިވެނި ކުރެވުނު ފަހުން އެލީޝާގެ މޫނުމަތިން ހިނިތުންވުމެއް ކަރަމްއަށް ފެނުނީ އެވަގުތުއެވެ. އޭނާ ދެކޭ ގޮތުގައި އެލީޝާ މިހާރު އެގޮތަށް ރުޅިހަދާލައިގެން އުޅުނަސް ފަހުން އަދި ރަނގަޅުވާނެއެވެ. ކުޅިވަރަށް ދެވޭ ސަމާލުކަމަށްވުރެ ބޮޑަށް ކަރަމްއަށް ސަމާލުކަން ދެވެނީ އެލީޝާއަށެވެ. އޭނާގެ ހަރަކާތްތަކަށެވެ.
ކުޅެނިމުމުން އެލީޝާ ދިޔައީ މަންމަމެން މެންދުރަށް ކައްކާތަނަށް އެމީހުންނަށް އެހީވެދޭށެވެ. އެވަގުތު އެތަނަށް ކަރަމްވެސް އައެވެ. “އެލީ ހިނގާބަލަ އަހަންނާއެކީ ހިނގާލަން ދާން…. އަހަރެން ވަރަށް ބޭނުން މިރަށް ބަލާލަން….” އެލީޝާގެ ގާތު މަޑުކޮށްލަމުން ކަރަމް ބުނެލިއެވެ. “މިގަޑީގަ…؟؟؟ މިއުޅެނީ ކައްކަން… މިގަޑީގަ ކިހިނެއް ދާނީ…. އެތަނުން ކުއްޖަކު ގޮވައިގެން ގޮސްލަންވީނު….” މަންމަމެން ތިބުމުން އެލީޝާ ވާހަކަދެއްކީ މަޑުމައިތިރި ރާގެއްގައެވެ. ނަމަވެސް ހިތުން ކަރަމްއަށް ކުދި ކިޔަމުންނެވެ. “އެލީ ދޭ އޭނަޔާއެކީ ހިނގާލަން… މަންމަމެން ކައްކާލަފާނަން…. އެހެން ނޫނަސް ދެންމި ނިމުނީ ކައްކާވެސް….” ލައިލާ އަވަސްއަވަހަށް ބުނެލިއެވެ. ލައިލާގެ ބަހަށް ހަފްސާވެސް ތާއީދުކުރިއެވެ. އެންމެފަހުން އެލީޝާއަށް ޖެހުނީ ކަރަމްއާއި އެކު ދާށެވެ. އެލީޝާ ކަރަމްއާއެކީ ހިނގާގަތެވެ. މަންމަމެން ނުފެންނަ ހިސާބަށް ގޮސް އެލިޝާ މަޑުކޮށްލިއެވެ. “ކީއްވެ ތި މަޑުކުރީ….؟؟؟” އެލީޝާ މަޑުކުރުމުން ކަރަމް އަހާލިއެވެ. “ކިހިނެއްވެގެންތަ ތި އުޅެނީ…؟؟؟ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އަހަންނާ ގާތް ވާން ތި މަސައްކަތްކުރަނީ….. މަންމަމެން ތިބީމަ އަހަންނަށް މަޖުބޫރުކުރާނެކަން އެނގޭތީ ދޯ އެމީހުން ތިއްބަ ހިނގާލަންދާން އަންނާށޭ ތިބުނީ….” އެލީޝާގެ ހިތުގައިވާ ހުރިހާ ރުޅިވެރިކަމެއް ކަރަމްގެ ކުރިމަތީ ހާމަކޮށްލިއެވެ. “ނޫން އެހެނެއް ނޫން… އަހަރެން ހަމަ ހިނގާލާ ހިތުން….” ކަރަމް މިހެން ބުނުމުން ކަރަމްއަށް ލޯއަޅާލަމުން އެލީޝާ ކުރިޔަށް ހިނގާގަތެވެ. “އެލީ ހާދަ ބާރަކަށޭ ތި ހިނގަނީ…. ހީވަނީ ރޭހެއްޖަހަން އުޅޭހެން…. އަހަންނަކަށް ނޭނގެ ތިހާ ބާރަށް ހިނގާކަށް….” އެލީޝާ ތަންކޮޅެއް ބާރަށް ހިނގަން ފެށުމުން އޭނަޔާ އެއްވަރުކޮށްލަމުން ކަރަމް ބުނެލިއެވެ. “ކަލޭ ބޭނުންވަނީ ހިނގާލާކަށްނު… އެހެންވެ މިހިނގަނީ…. ތިވަރުން ނުހިނގެންޏާ ކީއްކުރަން ހިނގާލަން ދާން އަންނާށޭބުނީ….” އެލީޝާވެސް ކަރަމްއަށް ޖެއްސުމެއް ކޮށްލީއެވެ. ހިނގަމުން ހިނގަމުން ގޮސް އެލީޝާ ނުކުތީ ރަށުގެ އަނެއްފަރާތު އަތިރިމައްޗަށެވެ. “މަޑުން ހިނގިޔަސް ހިނގޭނެއެއްނު……” ކަރަމް ބުނެލިއެވެ. އެލީޝާ ކަރަމްއަށް ބަލާލަމުން އަނގަޔަށް ގޮތެއް ހަދާލަމުން އަނެއްކާވެސް ހިނގާގަތެވެ. ކުއްލިޔަކަށް ކަރަމް އެލީޝާގެ އަތުގައި ހިފާލިއެވެ. “މިހާރު ކިހިނެއްވީ…؟؟” ބުމަ އަރުވާލަމުން އެލީޝާ އަހާލިއެވެ. ކަރަމް އެލީޝާއާ ގާތްވެލިއެވެ. އަދި އަނެއްއަތުން އެލީޝާގެ ކޮލުގައި ފިރުމާލިއެވެ. “ކަރަމް…. ކިހިނެއް ވެގެން ތިއުޅެނީ….؟؟؟” ކަރަމްގެ އަތް ނައްޓުވާލަމުން އެލީޝާ ބުނެލިއެވެ. “އެލީ އަހަރެންގެ ނަމުން މުހާތަބު ކުރީމަ ވަރަށް ހިތްހަމަޖެހޭ…. ބަލާލާބަލަ…. މީ ކިހާ ރޮމޭންޓިކްތަނެއް…. އެހެންމީހެއްގެ ހިލަމެއް ނުވޭ… ވަށައިގެން މިވަނީ ގުދުރަތީ ރީތިމަންޒަރުތައް… އެކަމް އެލީ ތިއުޅެނީ މިކަހަލަ ފުރުސަތެއް ލިބުނީމަވެސް ދުރަށްދާން….” “ހެވޭ… އަހަރެން ނޫޅޭން ކަލެއާއި އެކީ މިކަހަލަ ތަނެއްގަ ހުންނަހިތަކުން…” ކަރަމްއާއި ދުރަށް ޖެހިލަމުން އެލީޝާ ބުނެލިއެވެ. އެވަގުތު އެލީޝާ އަރައިގެންހުރި ފައިވާނުގެ ވަދު ކަނޑައިގެން ދިޔައެވެ. “އެދިޔައީ ފައިވާނުގެ ވަދުކަނޑައިގެން… ކަލެއާހެދި ވާގޮތްމީ…” އެލީޝާ އަރައިގެން ހުރި ފައިވާން ބާލަމުން ބުނެލިއެވެ. “މަގޭ ފައިވާނަށް އަރާ….” އެލީޝާ ފައިވާނަށް ނާރާ ހިނގާގަތުމުން ކަރަމް ބުނެލިއެވެ. އަރާނެ އެއްޗެއް ނެތަސް ކަލޭގެ ފައިވާނަކަށް ނާރާނަން… އަހަރެން މީ ރާއްޖެތެރޭ މީހެއް…. ފައިވާނަށް ނާރަވެސް ހިނގިދާނެ….” އެލީޝާ ކަރަމްއަށް މަލާމާތް ކޮށްލިއެވެ. “އެލީ ހިނގާބަ މޫދަށް އެރެން…. މި މޫދު ހާދަ ސަޅިއޭ…. ވަރަށް މަޖާވާނެ….” “އަހަރެން ނޫޅެން….” މިހެން ބުނެފާ ވަކި ހިސާބަކަށްގޮސް އެލީޝާ ހަޅޭލަވައިގަތެވެ. “ކިހިނެއްވީ އެލީ…؟؟؟” އެލީޝާގެ ގާތަށް ޖެހިލަމުން ކަރަމް އަހަލިއެވެ. “އަހަރެންގެ ފަޔަށް އެއްޗެއް ހެރިއްޖެ….” އެއްފާމައްޗަށް ކޮޅަށް ހުރުމުގެ ސަބަބުން އަރިއަޅާލަން ދިޔަ ވަގުތު ކަރަމްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން އެލީޝާ ބުނެލިއެވެ. “ދައްކަ ބަލާލަން…” އެލީޝާ ބިންމަތީގައި ބައިންދާފައި އޭނާގެ ފައިތިލާގައި ހިފާލަމުން ކަރަމް ބުނެލިއެވެ. އެލީޝާގެ ފަޔަށް އޮތީ އަކިރިގަނޑެއް ހެރިފައެވެ. ކަރަމް މަޑުމަޑުން އެއަކިރިގަނޑު ނައްޓާލިއެވެ. “އައްދޯއި….” އެލީޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އެނައްޓާލުމުން އެތަނުން ލޭއަންނަންފެށިއެވެ. މިތަން ފެނުމުން އެލީޝާއަށް ލޯމަރާލެވުނެވެ. ކަރަމް ދެކޮޅުބަލާލީ ލޭ ބަންދުކުރަން އެތާގައި އަޅާނެ އެއްޗެއް ފެނޭތޯއެވެ. އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ލައިގެން އިން ޓީޝާޓު ބޭލުމަށްފަހު އެތާއައްސާލިއެވެ. އަދި ލުއިފަތެއް ބިންމަތިން ނަގާހެން އެލީޝާ އޭނާގެ ބާރުގަދަ ދެއަތުން އުފުލާލިއެވެ. “އެލީ ދާންވީ މަގު ކިޔާދެއްޗޭ…” މިހެން ބުނެފާ ކަރަމް އެލީޝާ ބުނިގޮތަށް ހިނގާގަތެވެ.
ނުނިމޭ
7 Comments!
Comments are closed.
Woww v v reethiii. .. sooo romantic. . Hehe alhe aneh baiii avahah up koh dhehchey plxxxxxx waiting for the next part 😀 😀
hadha short ey mi part ………. please upload it fast…………. like thix ………. 🙂 🙂
Haadha slow koh dhaa stry eykey .. dhw me but vr nice …. thaunkolhey avaha uplod kohdhybr .. :p
😀 vaahaka haadha romvaahen heevee varah salhi.. aneh part avas kollahchey ..kiyaa vaahakathah up nuvaathee varah vai vefa mi hunnanee..
Oh haadha romantic ey dhw eemiya this part is also vvvvvv brilliant
Haadha lahey up waaleh…..next part kiyan kehmadhuvefa….
Thanks all 🙂
for the lovely comments