Skip to content
އެސްފިޔަ

ވާ ލޯބި އެނގޭނަމަ…

    ފެށުނީއްސުރެ އަހަރެން އިންތިޒާރު ކުރަމުން އައީ އަހަންނާއި އެކު އުމުރު ހޭދަކުރާނެ ބައިވެރިއަކަށްޓަކައެެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ލޮލުން ކަރުނަތިއްކެއް ވެއްޓިއްޖެ ނަމަ އެ ކަރުނަ ތިކީގެ އަގު ވަޒަން ކޮށް އަހަރެންގެ ހިނިތުންވުމަށް އިސްކަންދޭނެ ބައިވރިއަކަށް ޓަކައެވެ. އަހަންނަކީވެސް ފުރިހަމަ އިންސާނެއް ނޫނެވެ .އެހެނަސް އަހަންނަށް ލިބޭ އަންހެންކުއްޖަކަށް އަހަރެން ވާންވާނީ ދެވަނަ އެއް ނެތްފަދަ ފިރިހެނަކަށެވެ. ލޯބީގެ ނަޒަރުން އަހަރެން ނޫން އެހެން އެއްވެސް މީހަކަށް ބަލާވެސް ނުލާނެއެވެ. އެ ކުއްޖެއްގެ ފިރުމުންތަކުން އަހަންނަށް އުފާވެރިކަން ގެނެސްދޭނެއެވެ. އަހަންނަށްޓަކައި އެންމެންނާއި ހަނގުރާމަކުރަންވެސް އޭނަ ފަސްޖެހިގެން ނުވާނެއެވެ. އޭނަ ވާންވާނީ ރީތީގެ ލާމަސީލު ނަމޫނާއަކަށެވެ. އަހަރެންގެ ބޭނުންތައް އޭނަޔަށް ފުއްދަދެވެން ވާނެއެވެ. އެއީ އަހަރެންގެ ޔުނީކް ޑްރީމް ގާރލް އެވެ.

 

    އަހަންނަކީ ފުވައްމުލަކަށް އުފަން ޒުވާން އުމުރުގެ ދުވަސްތަށް ގުނަމުން ދާ ކުއްޖަކީމެެވެ. އަހަންނަށް ލިބިފައިވާ ބުރުސޫރައިގެ ސަބަބުން އަހަރެންނަށް ހިތްދެނީ އެންމެ ކުއްޖެއް ދެ ކުއްޖެއް ނޫނެވެ. އެތަށް ބައިވަރު ކުދިންނެކެވެ. އަހަރެން ފަހުރުވެރިވަމެވެ. އެހާ ކާމިޔާބުވީމައެވެ. އިނގިއްޔަކަށް އަންހެން ކުއްޖެއްގެ އުސޫލުން އަހަރެން ކުދިން ގެންގުޅެމުން ގެންދިޔައީމެވެ. ޓައިމް ޕާސް އަކަށެވެ. ސަބަބެއް ނެތިއެއް ނުނެވެ. އެތަނުން އެއްވެސް ކުއްޖެއްގެ ކިބައިގައި އަހަރެން ބޭނުންވާފަދަ ސިފަތަކެއް ނެތެވެ. އަހަރެންގެ ޓައިޕެއް ނޫނެވެ.

 

    އަންހެން ކުދިންގެ ހިތް އަތުލުމުގެ އަހަރެންގެ ހުނަރުގެ ބޭނުން ނިކަން ގިނައިން ކުރަމެވެ. އަހަރެން އެއްލާ ދަލުގައި ނުޖެހޭ ކުއްޖެއް ނެތެވެ. ދެތިން ދުވަސް ވަންދެން އެވަރުގެ ކުއްޖެއް އަހަރެންގެ ހަޔާތުގައި ނޫޅޭކަމަށް އަހަރެން ދައްކަމެވެ. އެއަށް ފަހު އެއީ އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑަކަށް ވެއެވެ. ބަައެއް ކުދިން ހަފްތާއެއް ވަންދެން އަހަންނަށް ގުޅާނެއެވެ. ކުރެވުނީ ކޮން ކުށެއްތޯ ބަލާށެވެ. އަހަރެންގެ ވާނީ އެންމެ ޖަވާބެކެވެ. “މިއުޅެނީ ވަރަށް ބިޒީކޮށެވެ. ފަހުން ގުޅާނަމެވެ. ” އެ ފަހެއް ދުވަހަކު އަންނަވަރެއް ނުވެއެވެ. ދުވަސްކޮޅަކުން އެ ކުދިން އަހަރެން މަތިން ހަނދާން ނެތިދެއެވެ. އަހަންނާއި ދިމާލަށް އެއްޗެހި ގޮވާ ހަދައެވެ.

 

    ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އަަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަހަރެންގެ ޑްރީމް ގާރލްއަށެވެ. އަހަރެންގެ ހަޔާތަށް އޭނަ އަންނާނެ އިރެއްގައި އަހަރެން އިންތިޒާރުކުރަމުން ދިޔައީމެވެ. އޭނަ ލިބުމުން އެހެން އަންހެން ކުދިންނަށް އަހަރެން ހަދަމުން އަންނަ ގޮތް އޭނަޔަށް ނުހަދާނަމެވެ. އެއީ އަހަރެން ގެ ހުވަފެނެެެެެކެވެ.

 

    ނާއި އަކީވެސް އެހެން އަންހެން ކުދިންނާއި މާ ތަފާތު ކުއްޖެއް ނޫނެވެ. އަހަރެންގެ ހިތްއެދޭ ފަދަ އެއްވެސް ސިފައެއް ނުވެއެވެ. އަހަަންނާއި ފުރަތަމަ ވާހަކަ ދެއްކީ އޭނައެވެ. ކާކުކަން އެނގިގެނެއް ނޫނެވެ. ކޮންމެވެސް ގޮތަކުން ފޭސްބުކުން އެޑް ކުރެވިފައި އިނީމައެވެ. އަހަރެން އެންމެ ފުރަަތަމަވެސް ތަފާތު ރާގެއްގައި ވާހަކަ އަޅުވާލީމެވެ. ނާއި އަހަރެންގެ ވާހަކަތަކަށް ގަޔާވިއެވެ.

 

    އަންހެން ކުއްޖެއްގެ ހިތަކީ އަހަންނަށް މާބޮޑު އެއްޗެއް ނޫނެވެ. އަހަންނަށް ނާއި ނޭނގުނެއް ކަމަކު ނާއި އައީ އަހަންނާއި ބެހޭ މައުލޫމާތު އެއް ކުރަމުންނެވެ. ފާއިތުވާ ކޮންމެ ދުވަހަކާއި އެކު އޭނަ އަހަންނަށް ކުރާ އިތުބާރު ދިޔައީ ބޮޑުވަމުންނެވެ. ނާއިގެ ހިތުގައި އަހަންނަށް ހާއްސަ މަގާމެއް ދެވެމުން ދިޔައެވެ. އަހަންނަށް އެކަން އެނގެއެވެ. ނޭނގިގެނެއް ނޫނެވެ.

 

    އަހަންނަކީ ހަގީގަތުގައިވެސް ބިޒީ މީހެކެވެ. އެހެނަސް އަހަރެން ނާއި އާއި ޗެޓް ކުރުމުގައި ވަގުތުތަށް ހޭދަކުރަމުން ދިޔައީމެވެ. ނަންބަރުވެސް ދިނީމެވެ. ވާހަކަ ދެއްކެން ފެށުނީއެވެ. ނިދަން އޮށޯވެ ގުޅާ ގޮތަށް ފަތިސް ވެގެން ދަނީ އެ ފޯނުގައި ވާހަކަ ދައްކަން އޮއްވައެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރިޔަސް އޮފީސް މާހައުލުގައި އެނގޭކަމަށްވެސް އަހަރުމެން ނަހަދަމެވެ. ހަމައެކަނި އޭނަޔަކާ ނޫނެވެ. އަހަރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކަމެވެ. އޭނަވެސް އެގޮތަށް އެއްބަހެވެ. ދުވަސްތަށް މިގޮތުގައި ފާއިތުވަމުން ދިޔައެވެ.

 

    އަހަންނަކީ ކުރިން މީހެއްގެ ފިރިއެއްކަން އޭނަޔަށް އެނގެއެވެ. އެކަމަކުވެސް އޭނަ އަހަރެން ގާތު ވަކިވީ ކީއްވެގެންތޯ ނާހައެވެ. ނާއި އަހަންނަށް އިތުބާރު ކުރަމުން ދިޔައީ ދެ ލޯމަރާއިގެން ހުރެއެވެ. އޭނަ އަހަންނާއި އެއްވެސް ސުވާލެއް ނުކުރަނީ އަހަންނަށް އިތުބާރު ކުރާތީއެވެ. ހަޔާތުގެ ގިނަ ކަންތަށް އަހަންނަށް އެކަނި އޭނަ ކިޔާދެމުން ދިޔައެވެ. ހޭދަކުރަމުން ދާ އެކިނވެރި ހަޔާތުގެ ވާހަކަ ތަކެވެ. އަމިއްލަ ނަފްސަށް ކުރެވޭ ސުވާލުތަށް ކިޔާދީ ހަދައެވެ. ނާއި އަހަރެންދެކެ ކިތަންމެ ލޯތްބެއް ވިޔަސް އަހަންނަށް އޭނަޔާ ދޭތެރޭ ނުވިސްނެެއެވެ.

 

    އެރޭ ނާއި އަހަރެންގެ ގެއަށް ދިޔައީ އަހަންނަށް ހަދިޔާއެއް ހިފައިގެންނެވެ. ހިތުގައި އަނދަމުން ދާ އަލިފާނުގެ ހުޅުކޮޅު މަޑުކޮއްލާ އޭނަ އަހަންނަށް ދިއްކުރީ އެކުވެރިކަމުގެ އަތެކެވެ. އެހެނަސް އެރޭ އަހަންނަށް ވީގޮތެެއް ނޭނގެއެވެ. ރޯކޮއްފަ ހުރި އުއްބަތި އަހަންނަށް ނިއްވާލެވުނެވެ. ނާއިގެ ހަށިގަނޑުގެ ހޫނުކަން އަހަންނަށް އިހްސާސް ކުރެވެމުން ދިޔައިރު އެއްވެސް ބަހެއް ނުބުނެ ނާއި އަހަންނާއެކު މުޅި ރޭ ހޭދަކުރީ އަހަރެން ދެކެ ލޯބިވާތީއެވެ. އަހަރެން ނިދުމުން ތެދުވެ އަހަރެން ގެ މޫނަށް ބަލަން އިނީ އެތަށް އިރެއް ވަންދެނެވެ.

 

    ހެނދުނު އަހަރެން ތެދުވިއިރުވެސް ނާއި އިނީ އަހަންނަށް ބަލާށެވެ. އަހަރެން ގޮސް އިށީނީ އަހަރެންގެ ލެޕް ކައިރީގައެވެ. ނާއި ފެންވަރައިން ނުކުމެ ގެއަށް ދިޔުމަށް ތައްޔާރުވިއެވެ. އަހަރެން އަނގައިވެސް ނުބުނަމެވެ. ދިޔުމުގެ ކުރިން އަހަރެން ނާއި ގައިގާ ބައްދާލީމެވެ. އޭނަ ހިތުން އަހަރެން އޭނަ ދޫކޮށް ނުލާނެއެވެ. އެ ފެށުނީ މުޅިން އައު ވާހަކައެވެ. އެހެނަސް އެއީ ވަދާއީ ސަލާންކަން އޭނަޔަށް އެނގުނު ނަމައެވެ.

 

    އަހަންނަކީ ވަރަށް ރަހުމެއް ނެތް މީހެކެވެ. އޭނަގެ ބޭނުން ނިމުނީއެވެ. ނާއި ގުޅާއެއްވެސް ފަހަރަކު އަހަރެން ފޯނެއް ނުނަގަމެވެ. ފޭސްބުކް އިންވެސް އަނގައިން ނުބުނަމެވެ. ނުވިތާކަށް އަހަރެން އޭނަ ޑިލީޓްވެސް ކޮއްލީމެވެ. ވީ ކީއްތޯ ބުނެ އޭނަ އަހަންނަށް މެސެޖް ކުރެއެވެ. އަހަރެން އަޅައެއް ނުލަމެވެ. އެއީ އަހަރެންގެ ގާރލް އެއް ނޫނެވެ. ނާއި އަޅާ ކަރުނައިން އަހަންނަށް ވާނީ ކީއް ހެއްޔެވެ؟

 

    އޮފީހުން އަހަރެން ހުރީ ޗުއްޓީގަ ކަމުން އަހަރެން އޮފީހަަށް ނުދާތާ ވަރަށް ގިނަ ދުވަސް ކޮށްފަ އަހަރެން އޮފީހަށް ދިޔައީމެވެ. ނާއި ވެސް އޮފީހުގައި އުޅުނެވެ. ހަގީގަތަށް ބުނާކަމަށް ވަންޏާ އޭނަގެ ރަހުމަތްތެރިންނާއި އެކު އޭނަ އުޅުނު ކަމުގައިވިޔަސް ، އެހެން މީހުންނަށް ނޭނގުނު ކަމުގައި ވިޔަސް އަހަންނަށް އެލޮލުން ވޭނީ ހިތާމަ ފެނުނެވެ. އަހަރެން ފެނުނު އިރަށް ގެއްލުނު އެ މައުސޫމް ހިނިތުންވުމުން އަހަންނަށް އެއްވެސް ގޮތެއް ނުވިއެވެ.

 

    ނާއި އަހަންނާއި ވާހަކަ ދައްކާކަށް ނުހަދައެވެ. ބަދަލުވީ ކީއްވެތޯ ބުނެ މެސެޖެއް ފޮނުވިއެވެ. އަަހަރެން ޖަވާބެއް ނުދެމެވެ. އޭނަ އަމިއްލަ ޑިޕާޓްމަންޓަށްވެސް އޭނަ ނުވަދެއެވެ. އަހަރެން އިނީމައެވެ. އަހަންނަށް ވީ ވަރަށް މަޖާ ކަމަކަށެވެ. އޭނަގެ ހިތަށް ތަދުވަނީއެވެ. އެހެންވެ އިތުރަށް ފޯރިނެގުމަށް އަހަރެން އޮފީހުގެ އެހެން ކުދިންނާއި ވާހަކަ ދައްކަން ފެށީމެވެ. ސަކަރާތް ޖަހަން ފެށީމެވެ. އެފަދަ ކޮންމެ ދުވަހެއްގައި ޑިއުޓީ ނިމުމުގެ ކުރިން އޭނަ ގެއަށް ދެއެވެ.

 

    ދުވަސްތަށް މިފަދަ ގޮަތަކަށް ފާއިތުވަމުން ދިޔައެވެ. ނާއިގެ ހިތުގައި އަހަރެން ޖައްސަމުން ގެންދިއައީ އިންތިހާއަށެވެ. ނުދެއްކިޔެއް ކަމަކު އޭނަ މުޅިން ރޫޅިވެފައިވާ ކަމުގެ އިހްސާސް އަހަންނަށް ކުރެވެއެވެ. ކުދި ކުދިވެފައިވާ އެހިތް އިތުރަށް ފުނޑު ކުރަމުން އަހަރެން ގެންދިޔައީމެވެ. އޭނަ ކުރިމަތީގައި އޭނަގެ ރަހުމަތްތެރިންނަށް ފްލައިން ކިސް ފޮނުވަމެވެ. ލޯބީއޭ ކިޔާ ގޮވަމެވެ. އޮޅިގެންވެސް ނާއި އަހަންނާއި ދިމާއަށް އެއްޗެކޭ ނުބުނެއެވެ. ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު ހިިނިތުން ވެލައެވެ. އެއްވެސް ކަމެއް ނުވާ ފަދައިންނެވެ. އެންމެ ރަނގަޅޭ ބުނާ އުސޫލުން ނެވެ.

 

    އަހަރެންގެ ލޯބިވެރިޔާއޭ ކިޔާ ކުދިން އަހަރެން އޮފީހަށް ގެންދަން ފެށީމެވެ. ނާއި އަށް ވުރެ މާ ރީތި ލޫޅާފަތި ކުދިންނެވެ. އެކުދިންނާއިވެސް ނާއި ވާހަކަ ދައްކަނީ ރަހުމަތްތެރިއެއްގެ ގޮތުންނެވެ. ކެތްނުވުމުން ނޭނގޭކަމަށް ހަދާ ނާއި ދަނީ ފާހާނާއަށެވެ. އެނބުރި އަންނަ އިރު ރަތްވެފައިވާ ލޯ ފެނުމުން އެއައީ ރޮއިފަކަން އަހަރެންނަށް އެނގެއެވެ.

 

    ހަތް މަސް ފާއިތުވެގެން ދިޔައީއެވެ. ނާއި އަހަރެން ދެކެ ލޯބިވަމުން ގެންދިޔައެވެ. ނުބުންޏަސް ، ނުދެއްކިޔަސް ، ހާމަ ނުކުރިޔަސް އަހަންނަށް އެނގެއެވެ. އެހެނަސް އެނގޭ ކަމަކަށް ނުހަދަމެވެ.

 

    ކުއްލިޔަކަށް ނާއި ރާއްޖޭން ބޭރަށް ފުރައިފިއެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އޮފީހުން ކެނޑިގެން އޭނަ ދިޔައީ ކިޔަވަން ބާއެވެ. ނުވަތަ އަހަންނާއި ދުރަށް ހެއްޔެވެ؟ ސަބަބަކީ ކޮބާ ހެއްޔެވެ؟ އޮފީހުގައި އަހަންނަށް ވޭތުކުރެވޭ ވަގުތުތަށް ފޫހިވާން ފެށިއެވެ. ކޮްނމެވެސް ވަރަކަށް އަހަންނަށް އޭނަޔާ ދޭތެެރޭ ވިސްނެން ފެށިއެވެ. އުނދަގޫ ކުރާނެ މީހަކު ނެތީމަކަމަށް އަހަރެން ގަބޫލު ކުރީމެވެ.

 

    ގޮތުގައި ހިފަހެއްޓުމުގެ ގޮތުން އަހަރެން ވެސް ހުރީއެވެ. މާގިނަ ދުވަހެއް ނުވެ އަންނާނެކަން އަހަންނަށް އެނގެއެވެ. އެހެނަސް ވީ އެހެންނެއް ނޫނވެ. އޭނަ ދިޔަ ފަހުން އަހަރެއް ވީއެވެ. އެއްވެސް ހަބަރެއް ނުވެއެވެ. ފޭސްބުކް އިން އަހަރެން އޭނަ ފެނޭތޯ ބެލީމެވެ. އެހެނަސް އޭނަގެ އެކައުންޓް ވީ ޑީއެކްޓިވޭޓް ކޮއްފައެވެ. އަހަންނަށް އެެއްވެސް އަންހެން ކުއްޖަކާ ދޭތެރޭވެސް ނުވިސްނެއެވެ.

 

    އަހަރެންގެ އުޅުމަށް ބަދަލު އަންނަމުން ދިޔައެވެ. ނާއިގެ ދައްތައަށް އަހަރެން ގުޅީ ކެތް ނުކުރެވިގެންނެވެ. އަންހެން ކުއްޖެއްގެ ކެތްތެރިކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. ތެދުވެރި ލޯބި އަހަންނަށް ދަސްވީ އެދުވަހުއެވެ. މައުސޫމް ހިނިތުން ވުމެއްގެ ފުރަގަހުގައި ފޮރުވިފައިވީ ހިިތާމަޔާއި ހިތްދަތިކަން އެދުވަހު އެނގުނެވެ. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ.

 

    ނާއި އަކީ ހިތުގެ ބަލި ހުންްނަ ކުއްޖެކެވެ. އާއިލީ ހާލަތުގެ ގޮތުން އެންމެންނަށް ސިއްރު ކޮއްގެން ލިބޭ ފަހަރަކު ބޭސް ކައިގެން ނުލިބޭ ފަހަރު ކެތް ކޮެއްގެން ހުންނަނީއެވެ. މެޔަށް ވާތަދާ މީހާއަށް ވާ ގޮތް އަހަންނަކަށް ނޭނގެއެވެ.އެހެނަސް ވޭން ހުންނަ ކަމެއް ކަން އެނގެއެެވެ. ދިރިއުޅުމާއި މަރުވުމާއި ދޭތެރޭ ހަނގުރާމަ ކުރަމުން އައި ނާއި އުފަލެެއް ހޯދުމަށް އަހަރެން ގާތަށް އައުމުން އަހަރެން އެޭނަގެ ބޭނުން ކޮއް އެއްލާލީއެވެ. ހިތުގައި ޖެއްސީއެވެ. ހަރު ހިތެއްގެ ވެރިޔަަކަށް ވީއެެވެ. ކުޑައިރު ގޮތެއް ނެތް މީހެެއްގެ ޝިކާރަޔަކަށް ވި ނަާއި އަށް އަހަރެންގެ ފަރާތުންވެސް ލިބުނީ ގުނާ އަދަދު ނުކުރެވޭ ވަރުގެ ހިތާމަތަކެވެ.

 

    ނާއި އަހަރެން ދެކެ ވީ ލޯތްބެވެ. ހަގީގީ ލޯތްބެވެ. ހުރިހާ ހިތާމައެއް އެކަނި ތަހައްމަލް ކުރަމުން އޭނަ ދިޔައިރު އަހަންނަށް ހީީ އެއީ ގޮތެއް ނެތް އަންހެނެއްގެ ގޮތުގައެވެ. ޓްރިވެންޑްރަމްގެ ކޮސްމޯ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި އޮތް ނާއި ގާތަށް އަހަރެން ދިޔައީ މާފަށް އެދޭށެވެ. އަހަރެންގެ ހަޔާތަށް އަނބުރާ އޭނަ ގެންނާށެވެ. ނުދެވުނު އުފާތަށް ހޯދަ ދޭށެވެ.

 

    އަހަރެން ފެނުމާއި އެކު ނާއި ހިނިތުނވެލިއެވެ. އެ ހިނިތުންވުމެވެ. މިޔަދު އަހަންނަށް އެ ހިނިތުންވުން ރީިތި ވެއްޖެއެވެ. އަހަރެންގެ ގާރލްއަށް ނާއި ވެއްޖެއެއެވެ. ލޯބިވެވިއްޖެއެވެ. އެހެނަސް ވަގުތު ފާއިތު ވީއެވެ. އަހަންނަށް ކުރެވުނު ކުށުގެ އަދަބު އަހަންނަށް ލިބެން ޖެހޭނެއެވެ. ނާއިގެ ދުލުން އެންމެ ފަހު ފަހަރަށް ނުކުތް ޖުމްލަތަށް މަތިނ އަހަންނެއް ހަނދާނެއް ނުނެތޭނެއެވެ. ހިނިތުންވަމުން އޭނަ ބުނީ އަހަރެން ދެކެ ލޯބިވާ ވާހަކައެވެ. އަަހަންނަށް އުފާވެރި ހަޔާތަކަށް އެދޭ ވާހަކައެވެ. އަހަރެން ކޮޓަރީގެ އަލަމާރިތެރެ ރަނގަޅަށް ބެލުމަށެވެ. އޭނަ މަތިން ހަނދާން ބެހެއްޓުމަށެވެ.

 

    އެންމެ ފަހުގެ ނޭވާ ނާއި ދޫކޮށްލީ އަހަރެންގެ ކުރިމަތީގައެވެ. ހިނިތުންްވެ އޮވެގެންނެވެ. އެ އަތް އަހަރެންގެ އަތުގެ ތެރޭގައި ވީ ހާލުގައެވެ.

 

    މާލެ އައުމަށްފަހު އަހަރެން ހޭވީ އަލަމާރިއެވެ. އަހަންނަށް ފެނުނީ ފޮތެކެވެ. އަހަރުމެން ދެމީހުން އެރެޔާއި ހަމައަށް ޖެހެންދެން ދެއްކި ހުރިހާ ވާހަކައެއް އޭގަވީ ލިޔެފައެވެ. ގަޑިޔާއި ދުވަހާއި އެއްކޮށެވެ. އެންމެ ފަހުގެ ސޮަފްހާގައި ލިޔެފައިވިއެވެ. އަހަރެންގެ ލޯބި ނުލިބެނީސް ނުދާނެކަމަށެވެ. ތެދެކެވެ.

 

    އަހަރެންނަށް ލޯބިވެވުނެވެ. ނުވެވުނު ނަމަ ނާއި ނުދާނެއެވެ. މިހާރު އަހަރެން އަންހެން ކުދިންނަށް އިހްތިރާމް ކުރަމެވެ. އެހެނަސް މި ހިތެއް ނުދެވުނެވެ. އަހަރެންެގެ ޑްރީމް ގާރލް އަހަރެންގާތު ވެފައި
     ދިޔައީއެވެ. ނޭނގި ހުއްޓައެވެ. އެވަރުގެ ސާފު ސީދާ ލޯތްބެއް ދެން އަހަންނަކަށް ނުލިބޭނެއެވެ. ކިތަންމެ ރީތި ސޫރައެއް ލިބުނުކަމުގައި ވިޔަސްމެއެވެ. ފުވައްމުލަކަށް އުފަން ކަމުގައި ވިޔަސް މެއެވެ.

Comments (18)

  1. Shadhi

    Varah reethi vaahaka eh mi kurin ves kee vaahakaeh.. mivaahakah kiyaafa kurin v ruin ..

  2. pinky

    Is this a real story ? V bey nun real stry kiyan

  3. natts

    sorry pinky.. mee aslu story ey nun. mee hama khiyaaly vaahaka ey.
    shadhi ah thank u.. aslu mee kurin radio ga work kuri eru liyun story ey. dhen soft othyma publish kohly.. ekam varah avahah new stories fennaa ne. insha allah.

  4. faai

    Wow, v v rythi… I luv it… Hope to see ur more stories… I’m waiting………… 🙂

  5. yooha

    Haadha Gohey e both BT vvvvv awesome

  6. athoo

    sifakurun furihama!

  7. maee

    gr8 job natts…..masha allah,vvvv reethi!v furihama!natts thy anhen kuhjehtha??hama ahaaly….ehn story akah wait kuran…gud luck natts!!!

  8. natts

    thank you all .. and please do comment so i wud know to improve.. @maee.. yes mee anhen kuhjje 🙂 meeheh ge wife ey.. 🙂 baby ey ge mom ey 🙂

  9. salyna

    vvvvv reethi..hyvany hama real hen

  10. Eye.Sh

    V v v salhi.. Looking forward for more stories.. Best of luck swyt heart.

  11. anee

    vvv reethi

  12. Anonymous

    varah hadi.. i dont like this… 😛

  13. natts

    anonumous .. thnks for d comment.. dhen faharakun anonymous ah kamudhaane kahala vaahaka ey liyeveythoa balaanan. 🙂 bt let me knw wy u dnt like this 🙂

  14. sha..

    nice story….natts real stories nuliyantha????

  15. fuwamulaku gurl

    vahakaige fahu jumlaiga “Fuvamulakah ufan kamugai viyas me eve” ehn liyefa in reason bunedheebala ? 😛
    fuwamulak kujjeh tha Naaee akee? ekam vahakaige nei kahneynge rah bunedheefa dhw ??
    or misaaleh jahalaafa tha? 😛
    Btw nice story 😀
    keep it up 🙂

    1. Sana
      fuwamulaku gurl

      Because that island girls are nice hama you don’t now tha??? ?????

  16. shaali

    nyc……………story!!!!!!!.waiting……..4 more!!!!! 🙂 🙂

  17. maya

    nice one

Comments are closed.