އިންތިޒާރު 2
އެރިއިރާއިއެކު މ.ރަބާބް ހިޔާ އަށް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅޭހެނެވެ. ގޭތެރެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ކަހަލައެވެ. ގޭތެރެ ޑެކަރޭޓް ކުރާ މީހުން ދަނީ ވަގުތަށް ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ނަންމަޝްހޫރު ކޮންޝްޓްރަކްޝަން ކުންފުނި ކަމަށްވާ ޑްރީމް ބިލްޑާރސްގެ ވެރިޔާ ޢަބްދުﷲ ނައީމްގެ އެންމެ ހަގު ކާފަ ދަރިފުޅު ޒަކްވާން ހިތާނަކުރުމުގެ ހަފްލާއަށް އެގޭގެ ހުރިހާ މެންބަރުންނާއި ނޯކަރުން ދަނީ ތައްޔާރުވަމުންނެވެ.
“ޒަކްވާން ގެއަށް ދޫކޮށްލާއިރެއް މިހާރު އެނގިއްޖެތަ؟”
ކާމޭޒު ކައިރީ އަތްގާތްކޮށްދެން އުޅުނު ސަނާ ކުރެން އަބްދުﷲގެ އަންހެނުން ބަލްގިސް ސުވާލު ކުރިއެވެ.
“ލައްބަ މަންމާ، ކުޑައިރުކޮޅެއްކުރިން ޝާން ގުޅާފަ ބުނި މެންދުރުފަހުން ދޫކޮށްލާނެއޭ”. ބަލްގިސް ގާތު ސައިތައްޓެއް ބަހައްޓަމުން ސަނާ ބުންޏެވެ.
“އެހާއިރު ދޫކޮށްލައިގެން ހުރިހާކަމެއް ތައްޔާރުވާނެތަ” ޒަކްވާން ހޮސްޕިޓަލްއިން ދޫކޮށްލާލެއް ލަސްކަމުން ބަލްގިސް ކަންބޮޑުވިއެވެ.
“ހުރިހާކަމެއް ހަމަޖެހޭނެ، އެހާވަރަށް ހާސް ނުވެބަލަ ބަލްގިސް” މޭޒުގެ ކޮޅުގައި އިން އަބްދުﷲ އޭނަގެ އަންހެނުންގާތު ހިތްހެޔޮކަމާއެކު ބުނެލިއެވެ. އަދި ކަންތައްތަކާ ފިކުރު ނުކުރުމަށް ބުންޏެވެ.
“ބޭބެއާއި ދައްތް އަދިވެސް ގެއަށް ނާދޭތަ ބައްޕާ” އަބްދުﷲ އާއި ބަލްގިސްގެ އެންމެ ދޮށީދަރިފުޅު ޔާސިރު އަދި އޭނަގެ އަންހެނުން ސަލްމާގެ ވާހަކަ ސަނާ ސުވާލު ކޮށްލިއެވެ.
ސަނާއަކީ އަބްދުﷲގެ ދެމަފިރިންގެ ހަގު ދަރިފުޅު ޝާންގެ އަންހެނުންނެވެ. އެންމެ ބޮޑަށްހުރީ ޔާސިރުއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު ޔަޝްރާ އުޅެނީ އެމެރިކާގެ ރައްޔިތަކާއި ކައިވެނިކޮށްގެން ރާއްޖެއިން ބޭރުގައެވެ. މަތީތައުލީމު ހާސިލްކުރުމަށް ބޭރަށް ފޮނުވުމުން ޔަޝްރާ ރާއްޖެ އެނބުރި އަންނަން ބޭނުންނުވީ އަޖްމަލް އާއި ލޯބީގެ ގޮތުން ގުޅުމުންނެވެ. އަބްދުﷲ މިކަމާ ކިތަންމެ ނުގަބޫލުވި ކަމުގައިވިނަމަވެސް ދަރިފުޅުގެ އާދޭހާއި ކަރުނައިގެ ކުރިމަތީ ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ.
“ބައްޕާ! ޔަޝްރާމެން އަންނަ ފްލައިޓް 8:30 ގައި ޖައްސާ! އަޅުގަނޑުމެން މިދަނީ ތައްޔާރުވެގެން އެމީހުން ރިސީވްކުރަން ހުޅުލެއަށް ދާން. ބައްޕަމެން ގޭގަ މަޑުކޮށްލެއްވިޔަސް ރަނގަޅުވާނެ”
ކާގެއަށް ވަދެގެންއައި ޔާސިރު އޭނަގެ ބައްޕަ ގާތުގައި ބުނެލިއެވެ.
“ނޫނޭ ދަރިފުޅާ، މަންމަ ދާނަން ދަރިފުޅުމެންނާއިއެކު”
ބަލްގިސްއަކާށް އެގޮތެއް ކަމަކު ނުދިޔައެވެ. އަހަރުތަކެއްފަހުން އޭނަގެ އަންހެން ދަރިފުޅާއި ބައްދަލުވެވޭތީ ބަލަގިސް ހުރީ ކިތަންމެހައިވެސް އުފާވެފައެވެ. އަދި މިފަހަރު ޔަޝްރާގެ ކުޑައާއިލާ އެއްކޮން އަންނާތީ އޭނަ ހުރީ ވަކިން އުފާވެފައެވެ.
“މަންމަ މަޑުކޮށްލާ ގޭގަ، ފޮލައިޓް ޑިލޭވެއްޖިއްޔާ އެއަރޕޯޓުގައި ގިނައިރު މަޑުކުރަންވެސް ގެހިދާނެ، މަންމަ ވަރުބަލިވާނެ، އަޅުގަނޑުމެން ގޮސްފައި މިއަންނަނީ،” ސަލްމާ މައިދައިތަ ގާތުގައި މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. އަދި ހިނިތުންވެލާފައި އެދެމަފިރިން ކާކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ސިޑިމަތިން ދުވަމުން ފައިބަމުންއައި ޒާޔާ، ސަލްމާ ފެނުމުން މަޑުކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި ފޭބިއެވެ. ޒާޔާ ސަލްމާއަށް ވަރަށް އިހުތިރާމް ކުރެއެވެ. ސަލްމާގެ ކުރިމަތީ ސަކަރާތްޖަހާ ހެދުމަކީ ޒާޔާ ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ސަލްމާގެ އެހުންން ހަރުދަނާ އަދި ޝާހީ ގޮތްގަނޑުން ކަމަށްވެސް ވެދާނެއެވެ.
“މިދަނީ ދޮންބެ ދައްތައާއިއެކު ކާޑުތައް ބަހަން ހެލްޕްވެދޭން” މާހެނދުނަކާ ބޭރަށްދާން ރީތިވެގެން ހުރުމުން ސަލްމާ ސުވާލު ކުރުމުގެ ކުރިން ޒާޔާ ސަލްމާއާއި އަރާ ހަމަވުމުން ބުނެލިއެވެ.
“ސަނާ އަދިވެސް ފެމެލީގެތަކަށް އިންވިޓޭޝަން ކާރޑުތައް ނުގެންގޮސްދެންތަ؟ މިރޭ ފަންކްޝަން އޮންނައިރު މިހާއިރު ވާއިރު ހުންނަންވާނީ ހުރިހާކަމެއް ނިމިފަނުން” ކުޑަކޮށް ހިތްހަމަ ނުޖެހިފަހުރެ ސަލްމާ ސަނާގާތުގައި އެހިއެވެ.
“ރޭގައި އައިސް އެހެންކަންތައްތައް ތައްޔާރުވެފައިވާގޮތް ބަލަން އުޅެފައި ވަގުތުނުވީ، މިހާރު މިއުޅެނީދާންވެގެން” ސަނާ އަވަހަށް ބުނެލިއެވެ.
“ޔަޝްރާމެން އަންނަންވާއިރަށް އިންވިޓޭޝަން ކާރޑުތައް ހަވާލުކޮށްފަ އަވަހަށް އަންނަންދޭ، މިހާރުވެސް މާލަސްވެއްޖެ!”
ކުރި އަމުރަކަށް ބޯލަނބާހެން ސަނާ ޒާޔާއާއިއެކު އަވަސް އަވަހަށް ގެއިން ނުކުތެވެ. ޒާޔާ ހުންނަނީ ސަނާ އުޅޭގޮތުން އަބަދުވެސް ހީލަ ހީލައެވެ.
“ދޮންބެ ދައްތައަށް އެކްޓިން ކުރަން ޖެހިއްޖިއްޔާ ވަރަށް މޮޅުވާނެކަން ޔަގީން” ސަނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ހެމުން ޒާޔާ ބުނެލިއެވެ.
“އެއީ އެކްޓިންގ އެއްނޫނޭ، ހަމަ ރިއަލް” ކާރުގައި އިނދެ ހަމަޖެހިލަމުން ސަނާ ބުނެލިއެވެ. ސަނާ މިހެން ބުނުމުން ޒާޔާ އަށް އަނެއްކައިވެސް ހެވުނެވެ.
5 Comments!
Comments are closed.
V reethi. Ekm haadha kurey
Haadha hadi ey
Athoo ehen bunaakah nuwaane… Story rythi… 🙂
Vaahaka varah reethi…… Ekamaku thankolhah Kuri dhw kudhin
its too short…. ekam v salhi