ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރަށް ވަން މިޝަލް ގަމީސް ބާލާ ބިއްމައްޗަށް އެއްލާލުމަށްފަހު ފާޚާނާއަށްވަދެ ނިކަން ބާރަށް ދޮރު ލެއްޕިއެވެ. އެނދުމަތީގައި އޮށޯވެގެން އޮތް ޖީލާއަށް މިތަންފެނި ތެދުވެ އިށީންއިރު އެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ. މިޝަލް ސިންކުގައި އަތް އަޅުވާލަމުން ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. އިރުކޮޅަކުމިހެން ހުރުމަށްފަހު އަތަށް ފެންއެޅުމަށްފަހު މޫނަށް ފެންޖަހަންފެށިއެވެ. އެތަށް ފަހަރަކު މިޝަލް މިގޮތަށް މޫނަށް ފެންޖެހިއެވެ. އެނާ ހުއްޓާލީ ދޮރުގައި ޖީލާ ޓަކިޖަހައިލާފައި ގޮވާލުމުންނެވެ. މިޝަލް މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަން […]
“ނިމުނީ ރޭގަވީ އެއްވެސްކަމެއް މަންމަ ކައިރި ކީއްކުރަން ކޮންމެ މީހެއްކައިރި ބުންޏަސް. އެހެންނޫނަސް ކަލޭ ބުނާވާހަކައެއް އެކަކުވެސް ޤަބޫލެއް ނުކުރާނެ. ބުނެފިއްޔާ އަދި ތިޔައްވުރެން ބޮޑުވަރު ކޮއްލާނަން. އޭރުން ބޭޒާރުވާނީވެސް ހަމަ ކަލޭ. އަޑުއިވެއްޖެ.” ދާނިޝް ޝަޒިންއާއި ގާތައް ޖެހިލަމުން އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެއްޗަކުން މީހާ މުޅިންހެން ފިނިވިއެވެ. ތެދެކެވެ. ބޭބެއަކު ކޮއްކޮއެއްގެ ޢިއްފަތްތެރިކަން ފޭރިގަނެފާނެކަމަށް ޤަބޫލުކުރާނީ ކާކުހެއްޔެވެ. އަދި އެވެސް ދާނިޝްއެވެ. އެހާ އެކުގައި އުޅެފައި އެކަހަލަ މުޑުދާރު ޢަމަލެއް ކޮއްފާނެކަމެއް އެކަކުވެސް ޤަބޫލެއްނުކުރާނެއެވެ. […]
ޝާމިލް އޭނާގެ ޝަހާދަތް ހިނގިލި ކަރުގައި ޖެއްސުމަށްފަހު އަލްޔާން މަރާލާނަންކަމުގައި އިޝާރާތުން ބުންޏެވެ. މިޝްޔާ އިސްޖަހާލިއެވެ. އޭނާގެ ލޮލަށް ޖަމާވި އޭނާގެ އެކުވެރި ކަރުނަތަށް އޮހޮރިގަތެވެ. ގިސްލެވެން ފެށުނެވެ. ލީލާ މިޝްޔާއަށް ސަމާލުކަންދިނީ އޭނާ ގިސްލާ އަޑުއިވިގެންނެވެ. ވީނުވީއެއް އޭނާއަކަށް ނޭނގުނެވެ. “މިޝް!!” ލީލާ މިޝްޔާގެ ކޮނޑުގައި އަތް އަޅާލިއެވެ. “މިޝް! ކިހިނެއްވީ؟!” މިޝްޔާއަކަށް އެއްވެސް ބަދަލެއް ނައެެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. އޭނާ ޑެސްކުގައި ބޯއަޅާލިއެވެ. ************************* މިޝްޔާ ލޯގަނޑުކުރިމަތީގައި ރަތްވެފައިވާ އޭނާގެ […]
ވެލިގަނޑުމަތީގައި އޮތް ޝަޒިންގެ ރަތްވެފައިވާ ދެލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދަނީ ކަރުނައެވެ. ލައިގެން ހުރި ހުދު ހެދުން ލެއިން ފޭދިފައިވާއިރު އެދޮންވެލިގަނޑު ބަބުޅަމުން ދަނީ ރަތްލެއިންނެވެ. އިސްތަށިގަނޑުގައި ހަރުކޮށްފައި އިން ހުދުކުލައިގެ އޯކިޑްމާވެސް ދުރުގައިން ލެއިން ފެވިފައި އޮތެވެ. އެތާގައި ހިނގާދިޔަ އެއްވެސް ކަމެއް ދިރިހުރި ފުރާނައަކަށް ނޭނގެއެވެ. ބީއްސަމުން ދިޔަ ރާޅުތަކުން ދޮންވެލިގަނޑުމަތީގައި ހުރި ލޭތައް ފޭދެމުން ދިޔައިރު ހިނގާދިޔަ އެ ހާދިސާވެސް ލޯތަކަށް ކަޝްފުވެގެން ދިޔައެވެ. މަޑު ހިގުމެއްގައި ގެއަށް ވަދެގެން އައި ޝަޒިން ގޭތެރެއަށް […]
” ހިތުގާ އުފެދުން ލޯބި، ފޮނުވީ ފޮނި ހިނިތުންވުމަކުން މިތުރާ ތިޔަދިން ވޭން، ފޮރުވީ ލޮލުގައިވި ކަރުނަތަކުން އެކުގައިވި ކުޑަވަގުތުކޮޅުން، ކުރި ވައުދާ ހުވާތަކަށް ވީމޭ އަބަދުމެމަ ވަފާތެރި، ހުރެގެން ތިޔަ އިންތިޒާރުން ވޭނީ ކަރުނަ ހިތަށް، ލިބުނީ ނިމުމުން ކުރި އިންތިޒާރު ބާކީ އަދުމިތާ މިވީ، ލިބެމުން ހިތި ޒަހަރު އަލުން “ އޮތްގޮތަށް އޮވެގެން ޒާޔާ މަޑުމަޑުން ކިޔާލިއެވެ. ނަމަވެސް އެހިތުގެ ރިހުމަކަށް ބަދަލެއްނައެވެ. ރޮވެމުން […]
ތުންފަތިގައި ލިޕްސްޓިކް ޖައްސާލުމަށްފަހު މިޝްޔާ ބަލައިލީ ފާރުގައި ހިއްޕާފައިހުރި ދީޕިކާގެ ޕޮޓޯއަށެވެ. ދެން އަނެއްކާވެސް އޭނާގެ އަމިއްލަ ސޫރަ ފެންނަމުންދިޔަ ލޯގަނޑަށް ބަލައިލިއެވެ. މިޝްޔާާއަކަށް އެއްވެސް ތަފާތެއް ނުފެނުނެވެ. ހަމައެ މޫނެވެ. އެ ބުމައެވެ. އެ ބޮޑު ދެލޮލެވެ. ހިނިތުންވެލާއިރު ދެ ކޮލަށް އެޅޭ އަޑިކޮޅެވެ. އޭނާގެ ރައްޓެހި ކުދިން އޭނާއަށް “ދީޕިކާ” ކިޔަނީ ހަމަ ކިޔަން ވެގެންނެވެ. މިޝްޔާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާ ހިނިތުން ވެވޭތޯބެލިއެވެ. ގަދަކަމުން ހިނިތުންވިނަމަވެސް އެ ހިނތުންވުން ލޮލާހަމައަކަށް ނުފޯރިއެވެ. […]
ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރު ހިންގައިލިތަނާ ޖީލާގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ގައިގެ ހުރިހާ ނާރުތަކެއް އައްސިވިހެން ހީވިއިރު އެ ބޮޑު ދެލޮލުން ކަރުނަ ވިދައެވެ. މިޝަލް އާއި ދިމްނާ އޮތް ގޮތް ފެނީ ޖީލާގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ. އަތެއްފައެއް ހިރުވާލަންވެސް ނޭނގި އޮތް މިޝަލްގެ ކުރިމަތީގައި މިހިރީ އޭނާގެ ވާން އުޅޭ އަލަތު އަނބިމީހާއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެއްކަމު ދޫ ހަރަކާތެއް ނުކުރިއެވެ. “މިޝަލް” ކުއްލިއަކަށް އިވުނު އަޑުން […]
ޑޮކްޓަރު އައިސް ޒާޔާ ޗެކްކޮށްލުމަށްފަހު ބުނީ ހުން ދަށައްގޮސްފައިވާކަމަށެވެ. އަދި އިތުރަށް ގޯސްނުވާނަމަ ހެނދުނު ގެއަށް ދޫކޮށްލާނެކަމަށެވެ. ޒާޔާއަށް ހަމަޖެހުމެއްލިބުނެވެ. ރާއިންއަށް އޭނަކުރިމައްޗައް އައިސް ޔާނާގޮވައިގެން އުޅޭނެ ފުރުސަތެއް ދެންނުލިބޭނެއޭ ހިތާއެވެ. ޖެހިގެންއައި ދުވަހު މެންދުރު އެހާއިރު ޒާޔާ ގެއަށްދޫކޮށްލައިފިއެވެ. ނަމަވެސް ވަރުބަލިކަމުން އަދިވެސް ގިނައިރު އޮންނަނީ އޮށުއޮވެގެނެވެ. އޭނާގެ ސިކުނޑި އަބަދު ހުންނަނީ ބަރުވެފައެވެ. ނޫރާ ގިނަވަގުތު ހޭދަކުރީ ޒާޔާގާތުގައި އޭނަގެ އެކަނި ފިލުވައިދިނުމަށެވެ. އޭނަ ޒާޔާއާއެއްކޮން ރީތި ފިލްމެއްބަލަން އުޅުނެވެ. ހަވީރު ސައިބޯން ތިބެގެން […]
އާދަގެ މަތިން ދުވަހެކެވެ. އާޝިޔާ އޮތީ ފޯނުން ގޭމެ ކުޅޭށެވެ. އަދި އޭރު ވިސްނަމުން ދިޔައީ އެވާހަކަ ބައްޕަ ކައިރީ ބުނާނެ ގޮތްތަކާ މެދުގައެވެ. އެހެން އޮތްވާ އަރޫން ގެ ކޯލެއް އައެވެ. ލަސްތަކެއް ނުވެ ފޯނުނެގިއެވެ. “މިހާރު އެވާހަކަ ދައްކައިފިންތަ؟” ފުރަތަމަވެސް އަރޫން ބެނެލީ އެހެންނެވެ. އާޝިޔާއަށް ދޭނެ ޖަވާބެއް ނޭގުނެވެ. އަދިވެސް އެކަމާ ގުޅިގެން ވާހަކަ ވާހަކަ ނުދައްކާ ކަން އަރޫންނަށް އެނގުނެވެ. އިތުރު އެއްޗެއްނުބުނެ އަރޫން ފޯނު ކަނޑާލިއެވެ. އާޝިޔާ މޫނުމަތީ ބާލިސްއަޅާ […]