ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ބޭރުގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެެވެ. ވާރޭގެ ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ދާހެނެވެ. އިރުއޮއްސުނީވެސް އަހަރެން އެ ޖޯލީގައި […]
އަހަންނަށް ވިސްނެއެެވެ. ކަންތައްތަކާއި ވަރަށް ފުންކޮށް ވިސްނާ މީހަކަށް އަހަރެން ވާނެއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަފާއެވެ. އަހަންނަކީ ނަވާރަ އަހަރުވެފައިވާ އަންހެން ކުއްޖެއްކެވެ. އަހަންނަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމަށް އަހަރެން ފަޚުރުވެރިއެއް ނުވަމެވެ. އެކަމަށް އިންތިހާޔަށް ޝުކުރު ކުރަމެވެ. އަހަރެންގެ ދުޢާއަކީވެސް އަހަރެންގެ ރީތިކަމަކީ އަހަންނަށް އުދަނގުލަކަށް ނުވުމެވެ. ތެދެކެވެ. ދުނިޔޭގައި ދުވަސްތައް ވޭތުކުރާއިރު ތަފާތު މީހުންނާއި ދިމާވާނެއެވެ. ތަފާތު މިޒާޖުގެ މީހުންނެވެ. ހިތްހެޔޮ މީހުންނާއި ނިޔަތް ނުބައި މީހުންނެވެ. ސަމާސާ މިޒާޖުގެ މީހުންނާއި ސީރިއަސް […]