Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ނަސޭޙަތް

shan Level 410 Stories100 Comments500 Comments100 Login
February 1, 2015 5 Mins Read
12 Comments

ގަޑިން މެންދަމު ބާރަ ޖެހީއެވެ. ނިދަން އޮށޯތް ފަހުންވެސް 02 ގަޑިއިރު ވީއެވެ. އަދިވެސް އަހަރެންނަށް މިއޮތީ ނުނިދިފައެވެ. ހަމަހިމޭން ވަގުތެކެވެ. ފަންކާގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރި ތެރެއަކުން ނީވެއެވެ. ބޭރަކުންވެސް ނީވެއެވެ. މިހަމަ ހިމޭން ވަގުތުގައި ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ.

އަހަރެންގެ ދިރިއުޅުމުގައި މަދު އެކައްޗެއްވެސް ނެތެވެ. މަންމަ އާއި ބައްޕަގެ ލޯބި އިންތިހާއަށް ލިބެއެވެ. އަހަރެންގެ ލޯބިވެރިޔަކު ނުހުރެއެވެ. ލޯބިވެރިޔަކު ހޯދުން އެއީ އަހަރެން ވިސްނާފަވާ ކަމެއްވެސް ނޫނެވެ. އެއީ އަދި ފަހުގެ ކަމެކެވެ. އަދިވެސް އަހަރެން ބޭނުންވަނީ ކިޔަވާށެވެ. އޯލެވެލް ނަތީޖާ ލިބުނުހާ އަވަހަކަށް އެކަމައިގެން ކުރިޔަށް ދިޔުމަށް ވަނީ ނިންމާފައެވެ. އަހަރެންގެ ދިރިއުޅުމުގައި ވިސްނަންޖެހޭ ވަރުގެ ބޮޑު ކަމެއް މެދުވެރިވެފައި ނެތްއިރު މިރޭ ހިތް ނުތަނަވަސް މިވަނީ ކީއްވެގެން ހެއްޔެވެ؟ ބުނަން ނޭގޭ ކަހަލަ ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާން އުޅޭ ކަހަލައެވެ. ދިރިއުޅުމަށް ސުނާމީއެއް އަރަން އުޅޭ ކަހަލަ އިޙްސާސެއް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟

“..އަޝާ.. އަޝާ..” އަހަރެން ސިހުނީ މީހަކު ދޮރުގައި ޓަކިދޭ އަޑަށެވެ. އެއީ ބައްޕަ އެވެ. ބައްޕަ މިހާ ދަންގަޑިއެއްގައި ގޮވުމުން ކުޑަކޮށް ހައިރާންވެސް ވިއެވެ. އަހަރެން އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލީމެވެ.

“..ދޭ ބަލަ މަންމަ ކައިރިއަށް ކޮޓަރިއަށް..” ބައްޕަގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. “..ބައްޕަ އެބަ އަންނަން..” އަހަރެން އެއްޗެއް ބުނުމުގެ ކުރިން ބައްޕަ ގެއިން ނުކުމެގެން ދިޔައެވެ. މިގަޑީގައި ބައްޕަ އެދިޔައީ ކޮންތާކަށްބާވައެވެ؟ މަންމައަށް ކިހިނެއްވީ ހެއްޔެވެ؟ މަންމަ ކައިރިއަށް ދާން ބުނީ ކީއްވެގެންބާއެވެ؟ މަންމަ ބަލިވީބާއެވެ؟ ސުވާލްތައް ހިފައިގެން އަހަރެން އަވަސްވެގަތީ މަންމަގެ ގާތަށް ދިޔުމަށެވެ.

މަންމަގެ ކޮޓަރި ދޮރާ ހަމަވިއިރު މަންމަ ކުކުރާ އަޑު އިވުނެވެ. އަހަރެންގެ ހަރަކާތް އަވަސްވިއެވެ. ފިޔަވަޅުތައް ހަލުވި ވިއެވެ. އެނދުމަތީގައި ބެޑްޝީޓެއް ގައިމަތީގައި އަޅާލައިގެން މަންމަ އޮތެވެ. އަހަރެން މަންމައަށް ގޮވާލަމުން ގައިގާ އަތްލުމާއެކު މަންމަގެ ހަށިގަނޑުގެ ހޫނުން އިނގިލިތައް ފިއްސާނުލީ ކިރިޔާއެވެ.

“..މަންމާ..” އަހަރެންގެ ދެލޯ ބޮޑުވިއެވެ. “..ހާދަ ހުންގަދައޭ..”

މަންމަ ބަލި އަޑަކުން ކުކުރާލަމުން ބައްޕައަށް ގޮވާލިއެވެ. ހުންގަދަކަމުން ގާތުގައި އިނީ އަހަރެންކަންވެސް މަންމައަށް ނޭގުނީއެވެ. އަހަރެން އަވަސް އަވަހަށް ދިޔައީ ބަދިގެއަށެވެ. ބޯތައްޓަކަށް ފެން އަޅައިގެން މަންމަ ކައިރިއަށް އެނބުރި އައީ ހަލުވި ހިނގުމެއްގައެވެ. މަންމަގެ ހުންމަޑު ކުރުމަށް މުޅި މޫނުގައި ފެންހާކައިދެމުން ދިޔައިރު މަންމަގެ ކުކުރުމުގެ އަޑުވެސް ގަދަވަމުން ދިޔައެވެ. ތުވާލިކޮޅެއް ތެންމާލުމަށްފަހު މަންމަގެ ނިތްކުރި މަތީ ބާއްވާލައިގެން އެއަތުގައި ހިފާލައިގެން އަހަރެން އިނީ ފެންކަޅިވެފައެވެ. އިރުކޮޅަކުން މަންމަ ދެލޯ ހުޅުވާލިއެވެ.

“..ދަރިފުޅާ..” މަންމަ ބަލި އަޑަކުން ގޮވާލިއެވެ. “..ނަމާދުކޮށްފިންތަ؟..”

“..މަންމާ..” އަހަރެން މަންމަގެ އަތުގައި ބާރަށް ހިފާލީމެވެ. “..މީ ދަންވަރޭ..”

“..ނަމާދު ކުރައްޗޭ ބަރާބަރަށް..” މަންމަ ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. “..މަންމަ ނެތް ދުވަހަކުންވެސް ބައްޕައަށް އަޅާލާތި.. ގޯސްގޮތަކަށް ނޫޅޭތި..”

“..މަންމާ..” އަހަރެން މަންމަގެ އަނގަމަތީގައި އަތް އެޅީމެވެ. “..މަންމަގެ ނަސޭހަތްތައް އަޅުގަނޑު ހަނދާނުގަ އެބަހުއްޓޭ..” މަންމަ ބަލިވާ ކޮންމެ ފަހަރަކު އަހަރެންނަށް ނަޞޭޙަތްދިނުން އެއީ އާދައެކެވެ. އަބަދުވެސް މަންމަ ނަސޭހަތްތެރިވާނީ ފަސްވަގުތު ނާޅާ ނަމާދުކުރުމަށެވެ. ބައްޕައަށް އަޅާލުމަށެވެ. އަބުރަށް ހުތުރުވާފަދަ ކަމެއް ނުކުރުމަށެވެ.

“..އަން ޒުބޭދާ..” ބައްޕަގެ އަޑުއިވުނެވެ.

އަހަރެން ބަލާލިއިރު ބައްޕަ އެއްއަތުން ފެންތަށި ހިފައިގެން ހުއްޓެވެ. ބައްޕަގެ އަނެއް އަތުގައި އޮތީ ބޭސް ކާޑެކެވެ. އަހަރެން ފެންތަށީގައި ހިފުމަށްފަހު ބޭސް ގުޅައެއް ނައްޓާލީމެވެ. ބައްޕަ މަންމަގެ ބޯ ކުޑަކޮށް ހިއްލާލުމުން ބޭސްގުޅަ މަންމަ އަތަށް ލައިދެމުން ފެންތަށި ދިނުމާއެކު ހިންދިރުވާލަމުން ބޭސްގުޅަ ދިރުވާލިއެވެ.

މަންމަ އޮށޯތުމުން ގައިމަތީ ބެޑްޝީޓް ރީތިކޮށްލުމަށްފަހު ފެން އުގުޅާލަދިނީމެވެ. އަދިވެސް ހުން ވަރަށް ގަދައެވެ. އެހެންކަމުން އެރޭ އަހަރެން މަންމަގެ ގާތުގައި ހޭލާ އިނުމަށް ނިންމީއެވެ. ދޭތެރެއަކުން މަންމަ ލޯ ހުޅުވާލުމަށްފަހު އަހަރެން ކައިރީގައި ނިދަން ދިޔުމަށް ބުނެއެވެ. ނަމަވެސް އަހަރެންގެ ހިތެއް އެކަމަކަށް އެއްބަހެއް ނުވިއެވެ. މަންމަ އެހާ ބަލިވެފައި އޮއްވައި މަންމަ ދޫކޮށްލައިފައި ގޮސް އަހަރެންނަކަށް ނުނިދޭނެއެވެ. ފަތިސް ނަމާދު ބަންގި ގޮވީވެސް މަންމަގެ ހިދުމަތުގައި އުޅެނިކޮށެވެ. މަންމަގެ ހުން މަޑުވެފައި ހުރުމުން އަހަރެން ނަމާދުކޮށްލައިގެން ކުޑަކޮށް ނިދާލުމަށްފަހު 07 ޖެހިއިރު ތެދުވެ ސައި ހަދައިލީމެވެ. މަންމައަށް ސައި ދިނުމަށްފަހު މަންމަ ކައިރީ އަރާމުކޮށްލުމަށް ބުނަމުން އަހަރެން ނުކުތީ ބޭރަށެވެ. އޭރު ބައްޕަ އުޅުނީ ހިއްކާފައި ހުރި މަސްތައް އަވީގައި ޖައްސާލުމުގެ މަސައްކަތްކުރާށެވެ.

“..އަޝާ.. އަޝާ..” އަހަރެންނަށް ޒީޝާގެ އަޑުއިވުނީ ދުރުންނެވެ. ޒީޝާއެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ބަލާލިއިރު އަތިރިކޮޅުގައި ހުރެގެން އޭނާ ހަނާ އަޅައެވެ. އަހަރެން އެދިމާއަށް ދިޔުމަށް ހިނގަގަތީމެވެ. އެވަގުތު ބާރު އަޑުފައްގަނޑެއް އިވުނެވެ. މީހަކު ދުވެފައި އަންނަތަންވެސް ފެނުނެވެ. ޒީޝާވެސް އެމީހާގެ ފަހަތުން ދުއްވާގަތެވެ. އެމީހުންގެ ފަހަތުން ހިއްލާލި ބޮޑު ރާޅު އަހަރެންނަށް ފެނުނީ އެވަގުތެވެ. ދެލޯ ބޮޑުވެގެންދިޔަ ހިނދު އަހަރެންނަށް ޒީޝާއާ ދިމާއަށް ދުއްވާގަނެވުނެވެ. އޭނާ އަތުގައި ހިފައިލައިގެން ރާޅުން ސަލާމަތްވުމަށްޓަކައި ޖެހިގެންހުރީގޭ ފާރުމަތިން ފުންމާލެވުނީ ކިރިޔާއެވެ. ރާޅުގެ ލޮނުގަނޑު ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. މީހުންގެ ހަޅޭކުގެ އަޑު ގަދަވެގެންދިޔައެވެ. އަހަރެންނަށް ދެން ފެނުނީ ބިރުން ފިތް ކަނޑައިގެންދާ ފަދަ މަންޒަރެކެވެ. ކުރިން ހިއްލާލި ރާޅަށްވުރެ ބޮޑު ރާޅެއް ހިއްލާލިތަނެވެ. އަހަރެންގެ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. ޤިޔާމަތް ވެއްޖޭ ގޮވަމުން މީހުން މަގުމަތީ ދުވަންފެށިއެވެ. ޒީޝާ ރޯންފެށިއެވެ. އަހަރެންނަށްވެސް ރޮވުނެވެ.

އަހަރުމެންނަށް ގެޔާދިމާއަށް ދުއްވާގަނެވުނެވެ. ދެވުނީ ވަކި ހިސާބަކަށެވެ. އެބިޔަ ރާޅު އަހަރުމެން ބޯމަތިން އައިސް ރާޅުގެ ތެރެއަށް ދަމާގަތެވެ. ވީނުވީއެއްނޭގި ޒީޝާވެސް އަތުން ދޫވެއްޖެއެވެ. ލޮނުގަނޑުގެ ތެރޭގައި އޮޅެމުން އޮޅެމުން ލޮނުގަނޑާއެކު އަހަރެން ގެންދަންފެށިއެވެ. ކުއްލިއަކަށް އެއްލި އަތަކުން ހޮޅިދަނޑިއެއްގައި ހިފުނެވެ. ނަމަވެސް އޮއެ ބާރުކަމުން ހިފަހައްޓައެއް ނުލެވުނެވެ. ހޮޅިދަނޑިން އަތްދޫވެ އޮޔެގަނޑުގައި ބެހިގެންދިޔައިރު އެތައް ފަހަރަކު ލޮނު ބޮވުނެވެ. އެންމެފަހު ވަގުތު އައިސް ޖެހުނިއްޔޭ ހިތްބުނަމުން ދިޔައެވެ. ލޮނުގަނޑުގެ އޮޔާއެކު އަހަރެން ގެންދަނިކޮށް އަނެއްކާވެސް ގަހެއްގެ ގޮފިގަނޑެއްގައި ހިފުނެވެ. އެއީ އަހަރެންނަށް ލިބުނު ނަސީބެއް ކަންނޭގެއެވެ. ވަރަށް މަސައްކަތުން އެ ގޮފީގައި ބާރަށް ބައްދައިގަތީމެވެ. އަހަރެންގެ ބޯކޮޅު އޮތީ ލޮނުގަނޑުން މަތީގައިއެވެ. އޭރުވެސް އޮޔެވަރު އަހަރެން ގޮފިގަނޑާ ވަކިކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. މީހެއްގެ އެހީތެރިކަމަށް އެދުމަށް މީހަކު ފެނޭތޯ ކޮޅުކޮޅުމަތި ބަލާލީމެވެ. ނަމަވެސް މީހެއްގެ ހިލަމެއްނުވެއެވެ. ބޮޑެތި ކަޅުހަންތަކާ ކުނިބުނި އޮޔާދާ މަންޒަރު ފެނުނެވެ.

އަހަރެން ފެންކަޅިވެ ރޮވޭގޮތްވީ ނަމަވެސް ހިތްވަރު ކުރީމެވެ. ސަލާމަތަށް އެދި ހިތާހިތުން ﷲއަށް ދުޢާ ދެންނެވީމެވެ. ކުއްލިއަކަށް އަހަރެންނަށް ބައްޕަ ފެނުނެވެ. ބައްޕަވެސް އޮތީ ހޮޅިއެއް ކަހަލަ އެއްޗެއްގައި ހިފަހައްޓައިގެންނެވެ. އަހަރެންނަށް ބާރަށް ބައްޕައަށް ގޮވާލެވުނީ ރޮމުންނެވެ. ބައްޕަ ބަލާލުމަށްފަހު ދަރިފުޅާ އޭ ކިޔާ ބާރަށް ގޮވާލިއެވެ. އަހަރެން ބައްޕައާ ދިމާއަށް އަތް ދިއްކޮށްލީމެވެ. ބައްޕަ ހޮޅިން އަތްދޫކޮށްލުމަށްފަހު އަހަރެންނާ ދިމާއަށް އައުމަށް ފަތައިގަތެވެ. ނަމަވެސް އޮޔެބާރުކަމުން ބައްޕަ ގެންދިޔައީ އަހަރެންނާ ދުރަށެވެ. އަހަރެން ބާރަށް ހަޅޭލަވަމުން ރޮމުން ބައްޕައަށް ގޮވީމެވެ.

“..ދަރިފުޅާ ވަރަށް އޮއެގަދަ ބާރަށް ހިފަހައްޓާ..” ބައްޕަ ބުނި އަޑުއިވުނެވެ.

ބައްޕަ ލޮނުގަނޑާއެކު ގޮސް ގެއްލުނެވެ. އިސާހިތަކު ލޮނުގަނޑު ހިނދެންފެށިއެވެ. ކުޑަކުޑަ އުންމީދެއްލިބިގެން ދިޔައިރުވެސް ބިރުވެރިކަމެއް ހިތަކުން ފިލައިގެނެއް ނުދިޔައެވެ. އަދިވެސް އެހެން ރާޅެއް ނާރާނެކަމެއްވެސް ނޭގެއެވެ. ގޮފިގަނޑުން އަތް ދޫކޮށްލަމުން ތިރިއަށް ފުންމާލިއިރު ލޮނުގަނޑު ހުރީ ކަކޫތާ ފެނުގައެވެ. ކޮޅުކޮޅުމަތި ބަލާލުމަށްފަހު ބައްޕަ ގެންދިޔަ ދިމާއަށް ދުއްވާގަތީމެވެ. ބައްޕައަށް ގޮވަމުން ލޮނުގަނޑުގައި ދުވަމުންދިޔައިރު ސަލާމަތުންހުރި އެއްވެސް އިމާރާތެއް ނުފެނުނެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ މަންމަ މަތިންނެވެ. ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. މަންމަ އޮންނާނީ ގޭތޭރޭގައެވެ. ގެ ސަލާމަތުން އެބަހުރިބާއެވެ؟ މަންމަ ކޮބާބާއެވެ؟ އަހަރެންގެ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވާގަނެވުނީ ގެޔާދިމާއަށެވެ. އެވަގުތު ބައްޕަވެސް ފަހަތުން ގޮވާލިއެވެ. އަހަރެން ހުއްޓުމުން ބައްޕަ ދުވެފައި އައިސް އަހަރެން ގައިގާ އޮޅުލާގަތެވެ. ރޯންފެށިއެވެ. އަހަރެންނަކަށްވެސް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ބައްޕަވެސް މަންމަގެ މަތިން ހަނދާންވީ އެވަގުތުއެވެ.

އަހަރެންނަށް ގެ ހުރި ހިސާބަށް ދެވުންއިރު މުޅިމީހާ ތުރުތުރު އަޅައެވެ. ބިމާ ހަމަވެފައިވާ ގެ ފެނުމާއެކު އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ. މޮޔައަކު ފަދައިން މަންމައަށް ގޮވަމުން ގާތަކުގެ ދަށް ބަލަން ފެށީމެވެ. ބައްޕަގެ ހާލަކީވެސް އެއީއެވެ. އަހަރެން މުޅި އެހިސާބުގައި ދުވެ ވަރުބަލިވީ އިރުވެސް މަންމަގެ ހިލަމެއްނުވިއެވެ. މާޔޫސްވެ ކަރު އެލޭގޮތްވިއެވެ. ހިތްނެގިނެގިފާ ޖެހެމުން ދިޔައެވެ. އިރުކޮޅަކުން ޒީޝާ އާއި އޭނާގެ މައިންބަފައިން އެތަނަށް އަޔެވެ. އެކުވެރިޔާ ހެޔޮހާލުގައި ހުއްޓާ ފެނުމުން ވާންޖެހޭ އުފަލެއް އަހަރެން ނުވިއެވެ. އެއަށްވުރެބޮޑަށް އަހަރެންހުރީ މަންމަ ނުފެނިހެން ހާސްވެ ބިރުގެންފައެވެ. އަހަރެން މުޅި ރަށުގައި މަންމަ ހޯދުމަށް ރޮމުން ދުވަމުން ދިޔައީމެވެ. އެތައްއިރެއްވީ ފަހުން އަހަރުމެންނަށް މަންމަ ފެނުނީ ތުނޑީ ކޮޅުގައި އޮއްވައެވެ. އަހަރެން ދުވެފައިގޮސް މަންމަގެ ގައިގާ އޮޅުލާގަތީމެވެ. މަންމަ ހަރަކާތެއް ނުކުރެއެވެ. މުޅި ގައިގާ ވަނީ ޒަޙަމްތަކެވެ. އަހަރެން ދެލޯ ބޮޑުވިއެވެ. އިސާހިތަކު ބަޑިވެސް ފަޅައިގެން ހިނގައްޖެއެވެ. މަންމަގެ ދެކޮނޑުގައި ހިފާ ތަޅުވާގަތީމެވެ. ބައްޕަ އަހަރެންގެ ދެކޮނޑުގައި ހިފާ ހިއްލާލިއެވެ.

“..މަންމަ ދެން ނާންނާނެ..” ބައްޕައަށް ބުނެވުނީ އެހިސާބަށެވެ. ބައްޕައަށް ރޮވިއްޖެއެވެ. އަހަރެންގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. އަހަރެން މަސައްކަތްކުރީ މަންމަގެ ހަށިގަނޑު ކައިރިއަށް ދެވޭތޯއެވެ. ނަމަވެސް ބައްޕަ އަހަރެން ހިފެހެއްޓުވީއެވެ. އަހަރެން މަންމައަށް ގޮވަމުން ރޮމުންގޮސް އެންމެ ފަހުން ހޭނެތުނީއެވެ.

އަހަރެން ހޭ އެރިއިރު އޮތީ ކައިރި ރަށެއްގެ ހޮސްޕިޓަލެއްގައެވެ. އަހަރެންގެ ހަނދާނަށް ފުރަތަމަވެސް އައީ މަންމައެވެ. މަންމައަށް މަޑުމަޑުން ގޮވާލެވުނެވެ. އެވަގުތު ދެލޯ ކަރުނުން ފުރިގެންދިޔައެވެ. ދެން ދުވަހެއްގެ ކޮޅުންވެސް މަންމަ ނުފެންނާނޭ ހިތަށް އެރުމާކު ގިސްލެވެން ފެށުނެވެ. މަންމަގެ ހަނދާންތައް އަންނަން ފެށުމާއެކު ގިސްލުމުގެ އަޑު ގަދަވާންފެށިއެވެ. އަހަރެން އަނގަމަތީ އަތް އަޅާ ބާރުކޮށްލީމެވެ. އަހަރެން ރޯކަށް ބޭނުމެއްނޫނެވެ. އެއީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުވަހެކެވެ. ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. ބައްޕަގެ ގައިގާ ބާރަށް ބައްދާލީމެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބައްޕަގެ ޓީޝާޓް ފޯކުރަމުން ދިޔައިރު ބައްޕަގެ ގިސްލުމުގެ އަޑުވެސް އިވެމުންދިޔައެވެ.

އަހަރުމެން ދެބަފައިން އެދުވަހަށްފަހު ދިރިއުޅެމުން ދިޔައީ އެރަށުގައެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. މަންމަގެ ހަނދާންތައް އަހަރެންނަށް އުނދަގޫ ކުރަމުންދިޔައެވެ. އަހަރެން ހުންނަނީ ނެގިމަޑު ވެފައެވެ. ރަނގަޅަކަށް ނުވެސް ކެވެއެވެ. ރަނގަޅަށް ނުނިދެއެވެ. ލޯމަރާލާއިރަށް ފެންނަނީ މަންމައެވެ. އެކަނިވެލާ ކޮންމެ ވަގުތަކު އެތަކެއް ކަރުނަތިކިތަކެއް ފައިބައެވެ. އަހަރެން ހިތްވަރުކޮށްގެން ދިރިއުޅުމާގެން ކުރިޔަށް ދެވޭތޯ ބެލީމެވެ. ބައްޕަވެސް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ.

އޯލެވެލް ނަތީޖާ ލިބި އަހަރެންނަށް އޭ ލެވެލް އިން ޖާގަލިބުނެވެ. ނަމަވެސް އަހަރެން ކިޔަވާ ހިތެއްނުވިއެވެ. ބައްޕަ ދޫކޮށްލާފައި ދާހިތެއް ނުވިއެވެ. އޭރުން ލިބޭނީ އިތުރު ހިތްދަތި ކަމެކެވެ. މިދުނިޔޭގައި އަހަރެންގެ ހުރި ހަމައެކަނި މީހަކީވެސް އެއީއެވެ.

“..ދަރިފުޅާ މަންމަ އަބަދުވެސް ބުނާ ވާހަކައެއް ދަރިފުޅު ކިޔަވާ މޮޅުކުއްޖަކަށް ވާންޖެހޭނޭ.. މަންމަ ވަރަށް އުފާވާނޭ މަންމަމެން ފަޚުރުވެރިވާ ކަހަލަ ނަތީޖާ އެއް ހޯދާފިއްޔާ.. އަދި މަންމަ އަބުވެސް ބުނާ ވާހަކައެއް… މަންމަގެ ހުވަފެނެއް އެއީ ދަރިފުޅު ޓީޗަރަކަށްވުން.. އެކަންވާނީ ދަރިފުޅު ކިޔަވާ މޮޅުކުއްޖަކަށްވެގެން.. މަންމަ ދުނިޔޭގަ ނެތަސް މަންމައަށްޓަކައި އެހުވަފެން ފުރިހަމަކޮށްދީ.. އޭރުން ބައްޕަ ވަރަށް އުފާވާނެ..” ބައްޕަ އަހަރެންނަށް ވިސްނާދިނެވެ.

އިންޑޮނީޝިއާގެ އައްސޭރިފަށުން އުފެދުނު ގޮތަށް ގަޑިއަކު 800 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކުރި ސުނާމީގެ ރާޅު ރާއްޖެއަށް އެރިތާ 10 އަހަރުވީއެވެ. އަދިވެސް އަހަރެން އިއްޔެވީ ކަމެއްހެން އެދުވަހުގެ ހަނދާންތައް ހަނދާނުގައި އެބަހުއްޓެވެ. މަންމަގެ ހަނދާންތަކާއި ނަސޭޙަތްތައް ސިކުނޑީގައި ހަރުލާފައިވެއެވެ. މިއަދު އަހަރެންނަކީ މަންމަ އުންމީދުކުރިގޮތަށް ކިޔަވާގެން ހުރި ރަށު ސުކޫލުގައި ވަޒީފާ އަދާކުރަމުންދާ ޓީޗަރެކެވެ. މަންމައަށްޓަކައި އަހަރެން މަންމަގެ ހުވަފެން ހަޤީޤަތަކަށް ހަދާދިނީއެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންވެސް މަންމައަކަށް ވާނެއެވެ. އަހަރެންވެސް ދަރިފުޅާމެދު ދެކޭ ހުވަފެން ތަކެއް އެބަހުއްޓެވެ. ދޭނޭ ނަސޭޙަތްތަކެއް އެބަހުއްޓެވެ. ހަމަ އެނަސޭޙަތެވެ. ފަސްވަގުތު ނާޅާ ނަމާދު ކުރާށެވެ. ބައްޕައަށް ހެޔޮކޮށް ހިތާށެވެ. އަބުރަށް ހުތުރުވާފަދަ ކަމެއް ނުކުރާށެވެ. އަހަރެންގެ ދިރިއުޅުން ބާއްޖަވެރިވެފައި މިވަނީވެސް މަންމަގެ އެނަޞޭހަތުގައި ހިފައިގެން އެގޮތަށް ޢަމަލްކުރުމުގެ ސަބަބުންނެވެ  (ނިމުނީ).

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (14ވަނަބައި)

Next

އެ ފުރޭތަ (ފުރަތަމަބައި)

Next
February 2, 2015

އެ ފުރޭތަ (ފުރަތަމަބައި)

Previews
January 31, 2015

މިޙަޔާތާ ދުރުނުވޭ (14ވަނަބައި)

12 Comments!

  1. athoo.. says:
    February 1, 2015 at 3:33 pm

    nishan ge “vanhana” evaahaka kobaitha? nimmaaleetha?

  2. nishan says:
    February 1, 2015 at 4:26 pm

    Evaahaka liyamun dhani.. Ninmaafa will up 🙂

  3. hamey says:
    February 1, 2015 at 4:58 pm

    story nice. ekamaku bahuge gavaaidhaa dhankolheh dhuru than than kolhu faahaga kurevey. misaalakah ”dhuvaagathee” rangalhu gothakee ”dhuvvai gathee”
    dhen faharakun rangalhu kollachchey………

  4. nishan says:
    February 1, 2015 at 7:31 pm

    Yeah… thanks hamey 🙂

  5. lol says:
    February 1, 2015 at 7:43 pm

    Very very nic3

  6. athoo. says:
    February 1, 2015 at 7:47 pm

    ehentha nishan. e story gosfa oi hisaabu varah interesting. varah avahah eyge aneh bai genes dheyne kamah ummeedh kuran.

  7. Faai says:
    February 2, 2015 at 3:47 pm

    Faai vx beynumy wanhana story kiyaalan.. Awas kohlahchey nishan.. Btw, mi story vx v rythi… 🙂

  8. SARA MUBARIK says:
    February 5, 2015 at 10:40 pm

    NICE STORY… HAGEEGEE VAAHAK EHTHA???? VARAH REETHI…..UMEEDH KURAN NISHAN GE ADHI VX BAIVARU MIFADHA VAAHAKATHAH NIKUNNAANE KAMAH…..;-)

  9. naani says:
    May 10, 2015 at 10:02 pm

    Love it nishan your the best.

  10. Rozy says:
    September 21, 2016 at 7:56 am

    Vara reethi mistory

  11. Shaad says:
    June 12, 2017 at 5:49 pm

    ❤❤❤

  12. jauchaan says:
    May 19, 2019 at 6:02 pm

    v nice story eh

Comments are closed.



All Right Reserved!