“ރާއިން” ރާއިން ހޯދަމުން އައި ސަލްމާ ޓެރަސް ދޮރުމަތީ ހުރެފައި ގޮވާލިއެވެ. ރާއިން އާއި ޔާނާ ސިއްސައިގެން ގޮސް ދުރައްޖެހެވުނެވެ. ކުރިމަތީ ހުރި ސަލްމާފެނި ދެމީހުން ހާސްވިއެވެ. ޔާނާއަށް ހާސްވެފައިހުރެ ރާއިންއަށް ގޮވާލެވުނެވެ. ދެމީހުންގެ ހިތުގައިވެސް ވީ އެއްސުވާލެކެވެ. ސަލްމާއަށް އެމީހުން ދެއްކިވާހަކަ އަޑުއިވުނުބާއެވެ. އަޑުއިވުނުނަމަ ދެން ކަންތައްވާނީ ކިހިނެތްހެއްޔެވެ. “ރާއިން ބައްޕަ އެބަ ގޮވާ” މިހެން ބުނެލުމަށްފަހު ރާއިންއާށާއި ޔާނާއަށް ހީލުމަށްފަހު ސަލްމާ ޓެރަސްއިން ފައިބަންދިޔައެވެ. ރާއިންއާއި ޔާނާއަށް ހިފަހައްޓައިލައިގެން ހުރި ނޭވާބޭރުކޮށްލެވުނީދެވެ. ރާއިން މޫނުގައި […]
ލާރާދިޔުމާއެކު ޖީބުގައި އޮތް ފޯނުނަގައި ޝާއިލްއަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއްނުނެގިއެވެ. ފަތިސް ނަމާދުކުރަން ޝާޢިލް ތެދުވާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން ފޯން ނެގުމަށް އެދި މެސެޖެއްކޮށްލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގ ވުމާއެކު ޝާޢިލް ފޯންނެގިއެވެ. އޭނާހުރީ ބިރުގެންފައެވެ. އޭނާއަށް ހީކުރެވިފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަހަރެންނާ ފުރޭތައެއް އަވަލީކަމަށެވެ. ބިރުގެންފައި ހުރިވަރުން ހާސްވެގެން ވާހަކަ ނުދައްކާ ފޯން ބާއްވަންވެސް އުޅުނެވެ. ނަމަވެސް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. އަހަރެން ހޭނެތުން ވަގުތު އިބްރާހީމްބެގެ […]
ޒާޔާއަށްބެލެނީ ނަށަންތިބި މީހުންތަކުގެ ތެރެއިން ރާއިންއަށެވެ. ރާއިންއަށްވެސް ކުޑައިރުކޮޅެއްފަހުން އޭނައާދިމާއަށް ބަލަންހުރި ޒާޔާފެނުނެވެ. އޭނަގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އަދި ޒާޔާއާއި ދިމާއަށް ކުރިއަށް ހިނގައިގަތެވެ. ޒާޔާގެ ހިތް ތެޅެންފެށިއެވެ. ރާއިން ހަމަ ހަގީގަތުގައިވެސް އެއަންނަނީ އޭނަގާތަށްބާއޭ ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުލުގައިވެސް ތިބީ ހަމައެކަނި އެދެމީހުންހެން ޒާޔާއަށް އިހުސާސްވިއެވެ. ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ރާއިން ޒާޔާއާއި ކައިރިއަށް އަންނަމުން ދިޔައެވެ. ޒާޔާމެންނާއި އަރާހަމަވުމަށްފަހު ރާއިން ހުއްޓިލިއެވެ. ޒާޔާގެ ތުންފަތުގައިވި ހިނިތުންވުން ފެނިފައި ރާއިންގެ ހިތަށް އުދަގޫވަމުން […]
އަރޫންނާއި އާޝިޔާ އަކީ ދެލޯބިވެރިންނެވެ. މިދެމީހުންނަކީ ހއ. މާރަންދޫއަށް އުފަންދެމީހުންނެވެ. އާޝިޔާ ކިޔަވަން ހުންނަނީ މާލޭގައެވެ. އަރޫން މަސައްކަތް ކުރަމުންދަނީ ރިސޯޓެއްގައެވެ. އަރޫން އާޝިޔާއަށްވުރެ އަށް އަހަރު ބޮޑުއެވެ. އެކެމަކު މިކަންތައް އެއީ މިދެމީހުންނަށް އެހާ ބޮޑު ކަމެއްނޫނެެވެ. އެއަށްވުރެ ބޮޑަށް އެދެމީހުން އެކަކު އަނެކަކު ދެކެލޯބިވެއެވެ. މިދެލޯބިވެރިިން ފުރަތަމަ ބައްދަލުވީވެސް މާލެއިންނެވެ. އެދުވަހު އާޝިޔާ އޭނާގެ ރަހުމަތްތެރިންނާ އެކު ސްކޫޕަށް ދިޔައީ ބަންދުދުވަހެއް ވީމަ މަޖާ ކޮށްލާ ފިނި އެއްޗެއް ބޯލުމުގެ އުއްމީދުގައެވެ. ހަމަ އެދުވަހު […]
ޒޯޔާ ނާއިޝްއާއި ދުރަށް ޖެހެލަމުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ގެއަށްދާން ހިނގާށޭ ބުނުމުން ނާއިޝްވެސް އިތުރަށް އެއްޗެއް ނުބުނެ ޒޯޔާ ގެއަށް ލައިދޭން ދިޔައީއެވެ. ހަފްތާއެއްގެ ފަހެވެ. ލިމްޝާއާއި ނާއިޝްގެ ކައިވެނީގެ ވާހަކަ ދެއާއިލާގެ ދެމެދުގައި ވަރަށް ގަދަޔަށް ދެކެވެމުން ދިޔައެވެ. މިވާހަކަ ދެކެވޭ ކޮންމެފަހަރަކު ލިމްޝާގެ އިތުރުން ނަޝާމްގެ ހިތަށް ތަދުވަމުން ދިޔައީ ދުވާލަކު އެތައް ފަހަރަކު ހިތް ރޮއްވާލެވޭ ހާލުގައެވެ. މިޚަބަރުގެ ސަބަބުން ނާއިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އެހިތަށް އުނދަގޫ […]
އިންތިޒާރު 4 ދޮރުންވަދެގެން އައި ޒުވާނާފެނުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް އެއާއި ހިލާފާށް ޒާޔާއަށް އިސްޖަހާލެވުނެވެ. ދެއަތް ޖޯޑުކޮށްލެވުނީ އަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިއުމުންނެވެ. އޭނާ ފިނިވާންފެށިއެވެ. އެދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެގެން ދިޔައެވެ. ޝާން ކުރިއަށް ޖެހިލާފައި އެޒުވާނާގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި ކޮނޑުގައި މަޑުމަޑުން ދެފަހަރަކު ޖަހާލިއެވެ. ” މަމް” ޝާން އާއި ދުރަށް ޖެހިލުމަށްފަހު އެތެރެއަށް ހިނގައިގަންނަމުން އެޒުވާނާ ބުނެލިއެވެ. “ރާއިން، ދަރިފުޅު ބުނެވެސް ނުލާ” […]
ޖެހިގެން އައި ދުވަހު އިބްރާހީމްބެ އައުމުގެ ކުރިން އަހަރެން ބެހެއްޓީ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ނައްޓުވާލާފައެވެ. އިބްރާހީމްބެއާއި އޭނާ ގެނައި ކުދިންކޮޅު ކިޔަވަންފެށިތާ 10 ވަރަކަށް މިނެޓްފަހުން އަހަރެންނާއި ޝާއިލް ގެ ފުރަގަހުންގޮސް އެދޮރު ކައިރި ހުއްޓިލީމެވެ. އޭރުވެސް ކޮއްކޮގެ ގިސްލުމުގެ އަޑުއިވެއެވެ. އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް […]
“ދޮންބެ ދައްތައަށް އެކްޓިން ކުރަން ޖެހިއްޖިއްޔާ ވަރަށް މޮޅުވާނެކަން ޔަގީން” ސަނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ހެމުން ޒާޔާ ބުނެލިއެވެ. “އެއީ އެކްޓިންގ އެއްނޫނޭ، ހަމަ ރިއަލް” ކާރުގައި އިނދެ ހަމަޖެހިލަމުން ސަނާ ބުނެލިއެވެ. ސަނާ މިހެން ބުނުމުން ޒާޔާ އަށް އަނެއްކައިވެސް ހެވުނެވެ. ” ސީރިއަސްކޮށޭ، ބައެއްފަހަރު އަހަރެނގެ ހިތަށއަރާ އަހަރެނގެ މައިދައިތައަކީ މަންމައެއްނޫނޭ، ދައްތައޭ، މިހާރުވެސް ހީވަނީ މަގޭ ދަރިއެއްނޫންހެން ހިތާނަކޮށްގެން އެއުޅެނީ، ދައްތައާއި ބޭބެގެ ދަރިއެއްހެން. އެހެންނުވާނީ ޝާންއަކީ މަންމަމެން އެކްސްޕެކްޓް […]