ފާޒިންނަށް އެދުވަހު އޮފީހަށް ދެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. އޮފީހަށްގޮސް އެންމެ ފުރަތަމަވެސް ފާޒިން ދިޔައީ އޭނަގެ ހިތުގެ މަލިކާ ދެކިލުމަށެވެ. އޭރު މައިޝާ ކޮންޕިއުޓަރުން ކޮންމެވެސް އެއްޗެއް ކިޔަން އިނެވެ. ފާޒިން ސިއްރު ސިއްރުން އެތެރެއަށް ވަދެ މައިޝާގެ ލޯމަތީގައި އަތްއަޅާލީ ސިއްރު ސިއްރުނެވެ. ” ފާޒިން..! ” މައިޝާ ކުޑަކޮއް ސިހިގެން ދިޔަ ނަމަވެސް ފާޒިންގެ އަތުގައި އަތް ޖެހުމާއެކު މައިޝާއަށް ބުނެލެވުނެވެ. ފާޒިންވެސް މައިޝާގެ ލޯމަތިން އަތްނަގަމުން މައިޝާއާއި ދިމާލަށް ބަލައިލީ މައިޝާއަށް އެއީ […]
ފާރުގައި އަތް ކާއްތަމުން އޭނާގޮސް ކޮޓަރިއަށް ވަނެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. އެ އަނދިރިގަނޑު ތެރޭގައި ޖަޒްލާއަށް ފާރަލައިގެން މަހުލޫގެއް އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ. ޑްރެސިންގ ޓޭބަލް ކައިރިއަށް ދާން ހިނގައިގަތް ވަގުތު ތަށިމުށިގަނޑުމަތީ އޮތް މަހުލޫގު ދެލޯ ދިއްލާލިއެވެ. ޖަޒްލާއަށް ފެނުނީ އަނދިރި ގަނޑުތެރެއިން ދިއްލުނު ރަތް ދެލޮލެވެ. އެވަގުތު ވިދާލިވިދުވަރުގެ އަލި ފެންލައިޓުން ކޮޓަރިއަށް އެޅިގެން ދިޔައެވެ. އެއާއެކު އެ މަހުލޫގު ޖަޒްލާއަށް ފެނުނެވެ. އެއީ ދަވަގަނޑެއްފަދަ މުޑުދާރު ވައްތަރެއް ޖަހާ އެއްޗެކެވެ. އޭނާއަށް […]
އެތާތިބި އެންމެންގެ ލޯތަށް އަމާޒުވިތަން ފުނުމުން އެކަމަށް ރެކެމުން ޒައިދާއި ދިމާއަށް ބަލާލެވުމާއި އެކު ގިސްލެވެން ފެށުނީ ޒައިދުގެ މުއްކަވާލެވިފައިވީ އަތާއި މަންމަ އަށް ބަލާލި ރުޅިވެރި ބަލާލުން ފެނިއެވެ،” އޯ ވާއު މާހީ ުލުކިން ސޯ ހޮޓް އެންޑް ސެކްސީ،” ޒާރާަތަގެ ބަސްތަކުން އެންމެގެ ތޫނު ނަޒަރު އަމާޒުވި އިރު، އެއާ ވިއަދައިގެން އަޒާލްބެ ބުނެލި ޖުމްލައިން އެންމެން ހުނުމުގެ އަޑު އަހަރެންގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. އެތަނުން ދުވެ ފިލަން ވެސް ހިތަސް […]
ލެއްޕިފައިހުރި ފާހާނައިގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. އެ ފާހާނައިގެތެރެއިން ފެންނަމުންދިޔަ ފުން އަނދިރިކަމުގެ ތެރެއިން ކުއްލިއަކަށް ކުޑަކުޑަ ރަތް ދެލޯ ދިއްލުނެވެ. އެ ދެލޯ އަމާޒުވެފައިވަނީ ނިދާފައި އޮތް ޖަޒްލާއާ ދިމާއަށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އެ ދެލޯ ފަނޑުވަމުންގޮސް ގެއްލުނެވެ. ****** ހަމަ ހިމޭން ރޭގަނޑަކަށްފަހު މާހައުލު ހަލަބޮލި ކުރަމުން އިރު އުދަރެހުން ބޯދިއްކޮއްލިއެވެ. ފިނިފިނި ފަތިހަކަށްފަހު މަޑުމަޑު ހޫނުކަމެއް ފަޒާގައި ފަތުރާލިއެވެ. ކާޅުތަކައި ކޮވެލިތަށް އޭގެ ޑިއުޓީ އެންމެ ފުރިހަމަ ގޮތުގައި […]
“ކަމަނާގެ ވާންއުޅޭ ފިރިކަލުން މިއަދު މާލެ އާދޭ، އެއަރޕޯޓް އަށް ދާނަންތަ؟” ގޮނޑީގައި އިށިއިނދެފައި ސަނާގާތުން ކޮފީއެއްހަދައިދިނުމަށް އެދެމުން ރާއިން ޒާޔާއާ ސުވާލުކޮށްލިއެވެ. ރާއިން އެގޮތަށްވާހަކަ ދެއްކުމުން ސަނާގާތަށް ހިނިވެސް އައެވެ. ނަމަވެސް ޒާޔާގާތުގައި ދާންވާނެކަމަށް ބުނަމުން އޭނަވެސް ދިމާކޮށްލިއެވެ. ނަމަވެސް ޒާޔާ ބަހަކުން ބަހެއްނުބުނެ އިނީއެވެ. ރާއިންއަކަށްވެސް ސަނާއަކަށްވެސް ޖަވާބެއްނުދެއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނާނެކަންވެސް އޭނައަށް އެނގެއެވެ. “4 ޖަހާއިރު ރެޑީވެގެން ހުންނާތި، ބަލާ އަންނާނަން” ކޮފީތަށި ހިފައިގެން ތެދުވަމުން ރާއިން ޒާޔާއަށް ބަލައިލަމުން […]
ބައިގަނޑި އިރު އިންތަނުން ހިރިލަންވެސް ނޭނގިފައި އިން ޝައިން ކުކުރި ކުކުރިފައިވެސް ތެދުވީ އިތުރައް އެހީވާނެ މީޙަކު ނާންނާނެކަން ޔަގީންވާތީއެވެ.. އަތުން އޮހޮރެމުން ދިޔަ ލެއިން މުޅި ބަދިގޭގެ ކަން ފެވިފައިވާއިރު ހުނު ދޭފަތް ޖެހުނު ތަނުން ދިލަނަގާވަރުން ކެތްކުރެވޭވަރެއްނޫނެވެ… ފިރުކިފަކަހަލަ ގޮތަކަށް ކޮޓަރިއާއި ހަމައްށް ދެވުނުތަނާ ގޭގެ ދޮރުމަތިން އިވުނު އަޑުން ހިތުގައި ސުވާލު އުފެދި ހައިރާން ކަމާއިއެކު އެ ދިމާލައް ބަލާލެވުނެވެ…. މެރޫން ކުލައިގެ ޓީޝާޓަކާއި ހުދު ސްކްނީގައި ހުރި އިޒާން ފެނި ހިތަށް […]
ލޯފުހެލަމުން އެ ގަނޑުތައް އަހަރެން އޮތް އެނދުގެ ގޮދަޑި ދަށަށް ކޮއްޕާލެވުމާއި އެކު ހިތް ދެމިލި ތަނާ ދޮރު ހުޅުވިގެން ދިއަތަން ފެނި، ބަލާލިއިރު،އަޒާލްބެގެ ރަތްވެފަވާ ދެލޮލާއި، ހާވާލެވިފައިވާ ބޯފެނި ބިރުން ހިތްތެޅިގަތެވެ، އެ މޫނުން ރުޅިވެރިކަމުގެ އަލިފާން އިންތިހާ އަށް ފެންނަހުރިއިރު ވެސް ފަސްޖެހެން ނެތި އަހަރެން އެނދުން ތެދުވަށް މަސައްކަތް ކުރަންފެށީމެވެ. ފަހަތުން އައިސް އަހަންނާ އަރާހަމަކުރި އަޒާލްބެ ފުރަތަމަވެސް އަހަރެންގެ އަތުގައި ހިފާ އެނދުގެ މަގަތަށް ކޮށްޕާލިއެވެ. ސިންގާ އޭގެ ސިކާެރައަށް ޖެހިގަންނަ […]
އެމީހަކު ދެެކެ ހަޔާތުގައިވެސް ލޯބިވެވުނު މީހާ އަމިއްލައައް އައިސް ލޯތްބަށް އާދޭސް ކުރުމުން އެއަށް ފުރަގަސް ދެވުނީީތީ އަމިއްލަ ހިތާ ޝަކުވާ ކުރަމުން ޝައިން ކުރިއައް ފިޔަވަޅުއަޅަމުން ދިޔައެވެ.. ” ޝައިން ތި ބުނަން އުޅެ ހަގީގަތް އަހަރެންނަށް މާކުރިންވެސް އެނގެޔޭ ބުނެފިއްޔާ ދެންވެސް ދޭނީ ތި ދިން ޖަވާބުތަ؟… ” ޝިބާންގެ އެ ސުވާލާއެކު ޝައިން އަށް ހީވީ މީހަކު އޭނާގެ ބޯ މަޗަށް ބޮޑު ބަރެއް ވައްޓާލި ހެނެވެ. ލިބުން ސިހުމާ އެކު ފިޔަވަޅުތަކައް […]
ފާޒިން ކައިރީގައި ހުރި ސުވިޗް ޖައްސާލުމާއެކު އެކު ބޮޑު ހިތެއްގެ ތެރޭގައި އައި.ލަވް.ޔޫ ޖަހާފައި އިން ހިތެއް ރަތްކުލައިން ދިއްލިގެން ދިޔައެވެ. މައިޝާއަށް ބަލައިލެވުނީ ފަހަތުގައި ހިނިތުންވެފައި ހުރި ފާޒިންގެ މޫނަށެވެ. އެވަގުތު މުޅިތަން އަލިވެގެން ދިޔައިރު މައިޝާއަށް މުޅި ތަނުގެ ތެރެއަށް ނަޒަރު ހިންގާލެވުނީ އެތަނުގައި ކޮއްފައި ހުރި ޑެކަރޭޝަން ފެނިފައެވެ. މުޅިތަން އެކި ވައްތަރުގެ މާބޮޑިތަކުން ފުރިފައި ހުރިއިރު ވަރަށްވެސް ހިތްގައިމެވެ. މައިޝާ ފާޒިންއާއި ދިމާލަށް ބަލާލިއިރު ފާޒިން އިނި މައިޝާގެ ކުރިމަތީގައި އެއްކަކޫ […]