ޒާހިރާމެންގެ ގެ ހުރީ އެ ގެއާ ޖެހިގެންނެވެ. އެހެންކަމުން ޝައިމާމެންނަށް އެގެ ހުރަސްކުރަން މަޖުބޫރެވެ. އެ ގެއާ އަރާ ހަމަވިއިރު ޝައިމާގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ. ކުއްލިއަކަށް އިވުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވައިގަނެ ރޮއެގަތް އަޑެވެ. އެ އަޑު އައީ އެ ގޭތެރެއިން ކަން ކަށަވަރެވެ. ޝައިމާ ސިހިފައި ޔައީޝްގެ ގައިގާ ހިފައިގަނެވުނެވެ. އެއިރު ޔައީޝްގެ ޓީޝާޓްވަނީ ޝައިމާގެ އަތުތެރޭގައި ބޮނޑިވެފައެވެ. “ކާމް ޑައުން ބޭބީ!” ޔައީޝް ޝައިމާ ހަމައަކަށް އަޅުވާލުމަށްޓަކައި ކުޑަކޮށް ބައްދާލިއެވެ. “އެއީ […]
ލޫނާ އިނީ ބެލްކަނީގައި ހުރި ގޮޑިއެއްގައި އިށީދެލައިގެންނެވެ. އޭނާ އިނީ ފުން ހިޔާލަކައް ގެއްލިފައެވެ. ލޮލައް ކަރުނަތަކެއް ޖަމާވަމުން ގޮސް އެ ދޮން ކޯތާފަތް މައްޗައް އެޅެމުން ދެއެވެ . “ތީ މަގޭ ދަރި އެއްނޫން”! ހަފީޒާ ގެ މި ވިހަގަދަގަ ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެހެން ކުދިން ނެކޭ އެއްފަދައިން އޭނާވެސް އެދެނީ މަންމަގެ ލޯތްބެވެ، އޯގާތެރިކަމެވެ، އަޅާލުމެވެ. ވީއިރު މިކަނތްކުން އޭނާ […]
ޑޮކްޓަރުން ބަރު އެއްޗެހީގައި ހިފުން މަނާކުރި ހަނދާން އޭނާގެ ހުރިހެއްނެއް ހިޔެއްނުވެއެވެ. ތިރިވުމަށްފަހު ފޮށިގަނޑުގައި ހިފާ މައްޗަށް ބާރުލައިފިއެވެ. ހުރިހާ ބަރެއް ލެވުނީ ބަނޑަށެވެ. އެއާއެކު އަރައިގެން ތަދުން މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ. ބަނޑު ކޮންޓްރޯލުން ނައްޓާލިއެވެ. ހަށިގަނޑަށް ލުއިވެގެންދިޔައީ އިންތިހާއަށެވެ. ހީވީ ގައިގެތެރެއިން ބަރު އެއްޗެއް ފައިބައިގެން ދިޔަހެންނެވެ. މުޅި ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް ދެމެންފެށިއެވެ. *** ސީމާ ޖަމުއްޔާގެއިން ނުކުމެގެން އައިސް ގެއާއަރާހަމަވިއިރު މަގުމަތި ކުނިކަހާފައިވުމުން ހައިރަންވިއެވެ. ކުނިކެހީ ކާކުބާއެވެ؟ ހަމަގައިމުވެސް އޭނާ ދިޔައީ ކުނި […]
މި އެރެވުނި ކިހާ ފުން އަނދަވަޅަކަށްކަމެއް ޝައިމާއަށްކަށް ނޭނގެއެވެ. އޭނާއާ ދިމާއަށް ތޫނު ތީރެއް އަމާޒުވެފައިވާކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. ބަހާރު މޫސުމަށްފަހު ހަރީފު މޫސުންވެސް އަންނަ ފަދައިން ޝައިމާގެ ހަޔާތަށްވެސް މިދުވަސް އަންނާނެއެވެ. ކައިވެންޏަށްފަހު ގޭތެރޭގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅެނީ ޝައިމާއެވެ. ސީމާ ކިތަންމެވަރަށް ބުންޏަސް ކުރަންފަށާ މަސައްކަތް ހުއްޓާލަނީ އެކަމެއް އެންމެ ފުރިހަމައަށް ނިންމާލުމަށްފަހުގައެވެ. ސީމާ ހެނދުނު ބަދިގެއަށް ވަންނައިރު ސައި ހުންނާނީ ހަދާފައެވެ. މަގުމައްޗަށް ނުކުންނައިރު މަގުމަތި އޮންނާނީ ކުނި ކަހާފައެވެ. […]
ެ،” މާހީ ދެން ކެތެއްނުވާނެ އަހަންނަކަށް، އައި، ލަވް ޔޫ… އަަހަރެން މާހީދެކެ ވަރަށް ލޯބިވޭ…” ތުރުުތުރު އަޅަމުން ދިއަ އަޑު އިވި ޒައިދުގެ މޫނަށް ބަލަލިއިރު އެދެލޮލުން ފައިބަމުން ދިއަ ކަރުނަ ތިކި ފެނި އަހަރެންގެ ހިތް ގަނޑުވެ ނެވާ ތާށިވިއެވެ.އޮހޮރިގެން ދިއަ ފެނުގެ ސާލެއްހެން އަހަރެންގެ ލޯ ފުރި ބަންޑުން ވިއެވެ. ދެލޯ މަރާލުމާއެކު ޒައިދުގެ އަތުގެ ތެރެއަށް ވަދެވުނީ ބޭއިހްތިޔާރުގައެވެ. އަހަރެންނަށް ގިސްލެވެމުން ދިއައީ އުފަލުންނެވެ. ޒައިދު ދެއަތުން އަހަރެން ވަށާލަމުން […]
ދެމަސް ވޭތުވެގެން ދިޔައީ ނުލާހިކު އަވަހަށެވެ. ފުރުމައްޓަކައި އެއަރޕޯޓަށް ގޮސްހުރި ޖަޒްލާގެ ލޯ ހުރީ ފެންކަޅިވެފައެވެ. އޭނަގެ ލޯބިވާ މަންމައާއި ކޮއްކޮ ދޫކޮށްލާފައި ޖަޒްލާ މާދުރަށް މިދަނީ އޭނާގެ ލޯބިވެރިޔާއަށްޓަކައެވެ. ޔައީޝްގެ ސަމާލުކަން އަތުލެވޭނެ ހަމައެކަނި ގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް ޖަޒްލާއަށް ހެދުނު ގޯހަކީ ޔައީޝްއަށް އެއްވެސް އިޝާރާތެއް ނުވިކަމެވެ. *** ޔައީޝްއަކަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކު އުޅޭކަމެއް ރޭކާވެސް ނުލައެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އެތަށް ހުށައެޅުމެއް އޭނާއަށް އާދެއެވެ. މުއްސަނދި […]
ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން މަރާލެވިފައިވާ އެދެލޮލުގައި ޒަޔާން ބޮސްދިނެވެ. ދެކޯތާފަތުގައި ބޮސްދިނުމަށްފަހު އެތުންފަތުގައި ބޮސްދޭންފެށިއެވެ. ޒާޔާގެ ލޮލުން ކަރުނަ ފާއްދާލީ އެވަގުތު އައިސްގެން ނުވާނެ ހިޔާލުތަކެއްވެރިވުމުންނެވެ. އޭނައަށް އެވަގުތުވެސް އެދެވުނީ ރާއިންއަށެވެ. ރާއިންގެ ބީހުމަށެވެ. ހިތާއި ދެކޮޅަށް ކިތަންމެ ވަރަކަށް ހަނގުރާމާ ކުރިޔަސް ކުރިނުލިބޭނެކަން ޒާޔާއަށް އިހުސާސްވިއެވެ. މިވަރުން އޭނައަށް ޒަޔާން އާއި އެކު ކެތްކުރެވޭނީ ކިހިނެތްހެއްޔެވެ؟ ޒަޔާންގެ އެންމެބީހުލުމެއްވެސް ބަލައި ނުގަނެވޭއިރު އޭނަ ޒަޔާންގެ އަންބަކަށްވެގެން ދިރިއުޅޭނީ ކިހިނެތްހެއްޔެވެ. އެންމެފަހުން އޭނައަށްޖެހުނީ ހަތިޔާރު ބަހައްޓާށެވެ. […]
” އެއީ އެކުއްޖާ…! ހާދަހާ ރީއްޗޭ… ހޮޓްކަމުން ހީވަނީ ހަމަ ނަރަކައިގެ ބުރާންޗެއްހެން… ” އާނިސް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އާނިސް އެހެން ބުނުމުން އަރުސަދަށްވެސް އާނިސްއާއި ދމާލަށް ބަލާލެވުނީ ފާޑަކަށެވެ. ” ދަރިފުޅާ ފައިހާ…! އާދެބަލަ…! ” ވަދީފާ ސާލީގެ ކޮޓަރިން ނިކުމެފައި ފާއީހާއަށް ގޮވާލުމުން ފައިހާގޮސް ސާލީގެ ކޮޓަރި ތެރެއަށް ވަންނަންދެން އަރުސަދު ބަލަހައްޓައިގެން ހުއްޓެވެ. އެރޭ އަށެއް ޖެހިއިރު ގާޒީއާއި އިތުރު ދެމީހުން އައިސް ގެއަށްވަނެވެ. އޭރު ތޮލާލްގެ އާއިލާގެ މީހުންވެސް އައިސްތިއްބެވެ. […]
‘ޑްރީމް ބޯއީ’ ސިކުނޑީގައި ކުރަހަމުންދިޔަ ޖަޒްލާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނާގެ އަންނާރު އޮށްތަކެއްފަދަ ކުދި ހުދު ދަތްތަސް ފަޅުވެގެން ދިޔައެވެ. ހަމަހިމޭންކަން ފޫއަޅުވާލީ ސައިކަލެއްގެ އަޑެކެވެ. ޖަޒްލާ މަގުގެ އެއްކޮޅަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތް އޮބި ނޯންވަރަށް ތެޅިގަނެއްޖެއެވެ. އެ ބޮޑު ދެލޯ ކުރިއަށް ވުރެ ބޮޑުވެއްޖެއެވެ. އަނގަ ކުޑަކޮށް ހުޅުވިއްޖެއެވެ. ގައިން ހީބިހި ނަގައިގަނެއްޖެއެވެ. ދުރުން ސައިކަލުގައި އެއަންނަ ފިރިހެނާ ފެނިފައި ޖަޒްލާއަށް ގޮތްތަކެއް ވެއްޖެއެވެ. އެއީ އޭނަގެ ހުވަފެނުގެ ‘ޕްރިންސް’ […]