” ހާދަ ވަރަކަށް ގޮވައިފީމޭ….! ރޭގަ ކިހާއިރަކު ގެއަށް އައީ….؟ ” ކޮޓަރީ ތެރެއަށް ވަންނަމުން ވަދީފާ ބުނެލިއެވެ. އެވަގުތު ލެޕްޓޮޕުން ހުޅުވާފައި އިން މައިޝާގެ ފޮޓޯގަނޑު ވަދީފާއަށް ފެނިފައި ހިނގުން މަޑުޖެހިލިއެވެ. ” މީކޮން ކުއްޖެއް…؟ ” ވަދީފާ ގޮސް އެނދުގައި އިށީންދެފައި ލެޕްޓޮޕް ނަގާ ބަލާލަމުން ބުނެލިއެވެ. ” ތީ އޮފީސް ކުއްޖެއް…! ” ފާޒިންވެސް އައިސް ވަދީފާ ކައިރީ އެނދުގައި ޖައްސާލިއެވެ. ” އަދިވެސް އޮތީތަ….؟ ދެން ތެދުވެބަލަ ސައިބޯން ދާން….! މިހާރު […]
” ޒައިދަކަށްވެސް އަހަރެންސަލާމަތެއް ނުކުރެވޭނެ،” އެހެންބުނެ އަހަރެން ކޮޓަރިއާއި ދީމައަށް އަށް ދުއްވައިގެންއިރު ހުއްޓެވުނީ ޒައިދު ދެންބުނެލި ޖުމްލައިގެ ބާރުންނެވެ. “އައި ޕްރޮމިސް، އަހަރެން މާހީ ސަލާމަތް ކުރާނަށް ވައުދުވަން މާހީ އަހަރެންކައިރީ ހުރިހާ އެއްޗެއް ކިޔާދީ ” ޒައިދުގެ ވާހަކައިން އަހަރެންގެ ހިތްފުރުނުއިރު ލޮލުގައިވި ވޭނީ ކަރުނާއިގެ މައްޗަށް އުފާވެރިކަން ކުރިހޯދައި އެ އުފާތައް ކަރުނާގެ ސިފަ އިހްތިޔާރުކޮށް އަހަރެންގެ ދެލޯލުން ހަމަވާން ފެށިއެވެ، ހަމައެވަގުތު ޒައިދު ކުރިމަތީ ހުރިހާ ވޭނެއް ބަންޑުންކޮށްލަން ހިތްއެދެމުން ދިއައިރު، […]
ޝިބާން ފުން ވިސްނުމެއްގައި އޮއްވައި އިޝާ ނަމާދު ބަންގި ގޮވުމުން ތެދުވެގެންގޮސް ނަމާދުކުރުމައްފަހު ކައިގެން އެނދަށްއެރީ ޝައިންގެ ފޮތް އަތަށް ނަގައިގެންނެވެ. ޝައިން އަތަށް އެ ފޮތް ހަވާލުކުރުމުގެ ކުރިން އޭގައި ދެން އޮތް އެއްޗެއްވެސް ކިޔާލަން ބޭނުންވީއެވެ. ބާލިސްނަގައި އެނދުގެ ބޯލާކޮޅުގައި ލައްގާލުމައްފަހު ލެނގިލިއެވެ. އަދި އެ ފޮތް ހުޅުވާލިއެވެ. މަންމާ އަޅެ އާދެބަލަ އަހަރެން ސަލާމައި ކޮއްދޭން… ބައްޕަ އެސް ދޮންބެވެސް ވަރަށް ގޯސް… އަޅެ އަހަރެންނަކީ ކުޅޭ ކުޅޭ އެއްޗެއްތަ؟ އަހަރެންގެ ހިތެއް […]
ދަންވަރު ވަގުތެވެ. ގަޑިން މެންދަމުން އަލިވެ 3ޖަހާ ބޮޑުވީއެވެ. އާދައިގެ މަތިން ނާޒް އިނީ އޭނާ ނިދުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި ހުރި މޭޒުކައިރީގައި، މޭޒުގައި ބޯޖަހާލައިގެން ނިދިފައެވެ. އެއީ މިހާރަކަށް އައިސް އޭނާގެ އާދައެވެ. ރޭގަނޑު އެގޭ މީހުން ކައިގެން ނިމުމުގެ ކުރިއަކުން ނާޒްއަށް ފިލާވަޅުހަދަން ކީއްކުރަން ނިދިގެން ވެއްޓުނަސް ކޮޓަރިއަށް ނިދަން ދިއުން އެއީ ފާޑަކަށް މަނާކުރެވިފައި އޮންނަކަމެކެވެ. އެހެންކަމުން އެކަން ކަމުން އަވަދިވެގެން ނާޒް ދެން ފަށަނީ ފިލާވަޅެއް ހަދަން އޮތިއްޔާ އެކަން ނިންމާލާފައި […]
ތަންކޮޅެއްދުރުން ސިރާޖާއެކު ހިނގާފައި އައި މައިޝާ ފެނުމުން ފާޒިންއަށް އެދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ” މައިޝާ ސިރާޖާއާއި އެކު ކޮންތާކަށް ގޮސްފައި…! ” ފާޒިންއަށް ހިތާހިތުން ބުނެލެވުނެވެ. ފާޒިން ބަލަހައްޓައިގެން ހުރި ދިމާލަށް އިންހާވެސް ބަލާލީ ފާޒިން ވާހަކަ ދައްކަ ދައްކާފައި ކުއްލިއަކަށް ހުއްޓާލުމުންނެވެ. ” މައިޝާ…! ކޮންތާކަށް ގޮސްފައި ތިއައީ…؟ ” ސިރާޖުމެން އައިސް މަޑުކޮއްލުމުން ފާޒިންއަށް އަހައި ނުލައެއް ނުހުރެވުނެވެ. ” މައިޝާ އެކަނި މާއެކަނި އިންދާ […]
ގޭދޮރު ހުޅުވާ އެތެރެއަށް ވަން މަންމަފެނި ޒައިދާއި ދިމައަށް ބަލަލެވުނު އިރު ދެމީހުންނަށް ތިބެވުނީ ޖެހެނުޖެހޭ ހިސާބުކައިރީގައެވެ، އަހަރެން ބިރުން އަވަހަށް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވ.ް ހާސްވެ ދާހިތްލަމުން ދިއައިރު ލަމުންދިއަނޭވާގެ އަޑުވެސް ބާރުވަމުންދިއަ އިހްސާސްކުރެވެން ފެށިއެވެ. ދެން ކުއްލިއަކަށް އިވުނީ ޒައިދުގެ އަޑެވެ. ” ސާއިނާއްތާ މި މަންމަން ކުއްޖާ އަކަށް ނޭގެތަ، ސައިތަށްޓެއް ވެސް ރަގަޅަ ގިރާލަން އަހަރެން ސައިބޯން އައި އިރު ހުރީ ފާޑެއްގެ ކިރުތައްޓެއް ގިރާފަ ދެން ކޮފީ ގެނެސް ދޭށޭ […]
މައިޝާ ގެއަށް ވަތްއިރު މުނީރާ ގޭގެ ސިޓިންގް ރޫމްގައި މަޑުކޮއްލައިގެން އިނީ ސީދާ މައިޝާއަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތީގައި ހުރި ކުލަވަރުން މައިޝާގެ ހިތް ތެޅިލީ ގަތް ބިރެއްގެ ސަބަބުންނެވެ. “މަންމާ…! ކިހިނެއްވެފަ ތީނީ…؟ ” މުނީރާ ބަލަހައްޓައިގެން އިންގޮތުން މައިޝާއަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ” އެއީ ކާކު…؟ ” މުނީރާ ފުރަތަމަވެސް ކޮއްލީ ސުވާލެކެވެ. ” ކޮބާ…؟ ” މުނީރާ ބުނިއެއްޗެއް މައިޝާއަކަށް ނުވިސްނުނެވެ. ” ދެންމެ ކާރެއްގައި މައިޝާ ގޮވައިގެން އައެއްނު…؟ […]
” މައިޝާއަށް އެނގޭނީ….! އަހަރެން ބޭނުން ތަނަކަށްތަ ދާންވީ…! ” ކާރުތެރޭގައި ޖަހާފައިހުރި ލަވަ ބަދަލްކޮއްލަމުން ފާޒިން ބުނެލީ މައިޝާއަށް ބަލަހައްޓައިގެން އިނދެއެވެ. މައިޝާވެސް ފާޒިން ބަލާވަރުން އިސްޖަހާލީ ލަދުންނެވެ. އެރޭ މައިޝާ ރީތިކަމުން ހީވަނީ ހޫރުޕަރީއެއް ހެނެވެ. އާދައިގެ ކުރުތާ ވައްތަރުގެ ހެދުމަކާއި ޖިންސެއް ލައިގެން އިންއިރު އެދިގު ފަންއިސްތަށިގަނޑު ވަނީ ފަހަތުން ދަތްޗެއް ޖަހާފައެވެ. މޫނުމަތީގައި އެއްވެސް ވަރެއްގެ މޭކަޕެއް ކޮއްފައި ނެތަސް އެމޫނު ފެންނަނީ ވަރަށް އޮމާންކޮށެވެ. ކާރު ދުއްވަމުން ދިޔައިރުވެސް އިރުއިރުކޮޅާ […]
ފާހާނަޔަށް ވަދެ ފެންވަރާލައިގެން ނިކުތް ތަނުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ސާލީ ކަމަށް ހީކޮއް ފާޒިން ފުރަތަމަ ހުރީ ދޮރު ނުހުޅުވާށެވެ. ނަމަވެސް ވަދީފާގެ އަޑު އިވުމުން ފާޒިން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ވަދީފާގެ ފުރަގަހުގައި ސާލީވެސް މަޑުކޮއްލައިގެން ހުއްޓެވެ. ” ދަރިފުޅާ އާދޭ ކާން…! ” ވަދީފާ ފާޒިންއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ހިނގައިގަތީ ފާޒިންމެނަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. ” ފާޒިން ހިނގާބަލަ ދުއްވާލަން ދާން.. ވަރަށް ފޫހިވާތީ […]