ފާޒިންނަށް އެދުވަހު އޮފީހަށް ދެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. އޮފީހަށްގޮސް އެންމެ ފުރަތަމަވެސް ފާޒިން ދިޔައީ އޭނަގެ ހިތުގެ މަލިކާ ދެކިލުމަށެވެ. އޭރު މައިޝާ ކޮންޕިއުޓަރުން ކޮންމެވެސް އެއްޗެއް ކިޔަން އިނެވެ. ފާޒިން ސިއްރު ސިއްރުން އެތެރެއަށް ވަދެ މައިޝާގެ ލޯމަތީގައި އަތްއަޅާލީ ސިއްރު ސިއްރުނެވެ.

” ފާޒިން..! ” މައިޝާ ކުޑަކޮއް ސިހިގެން ދިޔަ ނަމަވެސް ފާޒިންގެ އަތުގައި އަތް ޖެހުމާއެކު މައިޝާއަށް ބުނެލެވުނެވެ. ފާޒިންވެސް މައިޝާގެ ލޯމަތިން އަތްނަގަމުން މައިޝާއާއި ދިމާލަށް ބަލައިލީ މައިޝާއަށް އެއީ ފާޒިންކަން އެނގުނު ގޮތަކާމެދު ވިސްނާލަމުންނެވެ. މައިޝާވެސް ފާޒިންނާއި ވީ ފަރާތަށް އެނބުރި ބަލާލާފައި ތެދުވެ ފާޒިންގެ ގައިގައި ބައްދާލިއެވެ. އެކަހަލަ ކަމަށް ތައްޔާރުނުވެ ހުރި ފާޒިންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ފާޒިންވެސް މައިޝާގެ އުނަގަނޑުގައި އަތްވަށާލަމުން މައިޝާގެ ގައިގައި ބައްދާލިއެވެ.

” މައި…! މީ އަހަރެމެންގެ ކޮޓަރިއެއްނޫނޭ…! ” އެހުރި ގޮތަށް އިރުކޮޅެއް ވަންދެން ހުރެފައި ފާޒިން ބުނެލިއެވެ. އޭރުވެސް މައިޝާ ހުރިގޮތަށް ހުރީއެވެ. މައިޝާއަށް ކުރެވުނު ކަންތައް ރޭކާލުމުން ލަދުން އެރީތި ކޯތާފަތް ރަތްވެގެން ދިޔައެވެ.

” ކީއްވެ ނުބުނެ އައީ…؟ އަހަރެން ރޭގަ ހާދަ ވަރަކަށް ގުޅަން އުޅުނީމޭ… ފާޒިންއަކަށް ނޭގޭތަ ތިގޮތަށް ފޯނު ނިއްވާލައިގެން އުޅުނީމަ އަހަރެން ބިރުގަންނާނެ ކަމެއް…! ” މައިޝާ ކުޑަކޮއް ދުރުވެލަމުން ސަކުވާ ކުރާކަހަލަ ގޮތަކަށް ބުނެލީ އިސްޖަހާލަމުންނެވެ. ފާޒިން މައިޝާގެ އަތުގައި ހިފައިގެން ގޮސް އޭނަގެ ކެބިންއަށް ވަނީ މައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވެފައި ހުރި ވަރުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ފާޒިންއާއި މައިޝާގެ ގުޅުން ހާދީއަށްވެސް އެނގެއެވެ. ހާދީވެސް ރަނގަޅުވުމާއެކު މަސައްކަތަށް ނިކުންނަން ފެށިއެވެ. އޭރު ހާދީ މަސެއްކަތްކުރާ ކުންފުނިންވަނީ ހާދީގެ ވަޒީފާވެސް އޮފީހުގެ މަސެއްކަތު މީހަކަށް ބަދަލް ކޮއްދީފައެވެ. ފާޒިންވެސް މައިޝާމެންގެއަށް މައިޝާއާއިއެކު ގޮސްހަދަން ފެށުމުން މުނީރާމެންނާއި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. މުނީރާވެސް ދެކެނީ ފާޒިން އަކީ މުނީރާގެ ދަރިއެއް ގޮތަށެވެ. އެހުރިހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ފާޒިންމެންގެއަކަށް މައިޝާއެއް ނުގެންދެއެވެ. މައިޝާ ފާޒިން ކައިރީގައި އެސަކުވާ ކުރަންފެށުމުން ފާޒިން ބުނަނީ މައިޝާ ފާޒިންމެންގެއަށް ގެންދާނީ މައިޝާ ފާޒިންގެ ހައްގަކަށް ވިދުވަހަކުންކަމަށެވެ.

” ތޮލާ ކޮންދުވަހަކުންތަ ރަށަށް އަންނަނީ…! މިހާރު ކިހާ ދުވަހެއް ވެއްޖެތަ ތިރިސޯޓެއްގައި ހުންނަތާ…! ” ސާލީ ވާހަކަ ދައްކަމުން ދިޔައީ ތޮލާލާއެވެ. ތޮލާލަކީ ސާލީއާއި ފޭސްބުކުން ދިމާވި ކުއްޖެކެވެ. ވާހަކަ ދައްކަމުންގޮސް އެންމެ ފަހުން ސާލީއަށް ތޮލާލްދެކެ ލޯބިވެވުނީއެވެ.

” އަންނަ ހަފްތާގެ ހުކުރު ދުވަހު މާލެ ގޮސްފައި ރަށަށް ދާނީ…! ” ތޮލާލްވެސް ތައްޔާރުވަމުން ދިޔައީ އަންނަ ހަފްތާގައި ފުރުމަށެވެ. ހުކުރު ދުވަހު ހަވީރު މިސްރާވެސް ތައްޔާރުވަމުން ދިޔައީ އޭނަގެ ލޯބިވެރިޔާ ބައްދަލު ކުރަން އަންނަ ވާހަކަ ބުނުމުންނެވެ. ހަވީރު ހަތަރެއް ޖެހިއިރު މިސްރާ އޭނަގެ ކުލާސް ކުއްޖަކާއެކު ބޭރަށް ދާން ނިކުތީ އެނޫން ގޮތަކަށް އޭނައަށް ނުދެވޭނެތީއެވެ.

” އަހަރެން މިއިނީ އަރޓިފިސަލް ބީޗްގަ…! ކޮންތާކު ތިހިރީ…؟ ” މިސްރާ ތޮލާލްގެ ނަންބަރަށް ގުޅާފައި ބުނެލިއެވެ. އޭރު ތޮލާލް ތަންކޮޅެއް ދުރުން މިސްރާ ހުރި ދިމާލަށް ހިނގާފައި އާދެއެވެ. އާރޓިފިސަލް ބީޗުގައި ހުރި ގޮޑިއެއްގައި ތޮލާލާއި ދެމީހުން ވާހަކަ ދައްކަން ތިބެފައި އިރު އޮއްސުމުން މިސްރާވެސް ގެއަށް ދާން ތެދުވީ ހިތާ ދެކޮޅަށެވެ. އެހުރިހާ ދުވަހަށްފަހު މިސްރާއަށް ތޮލާލާއި ބައްދަލް ކޮއްލެވުމުން ގެއަށް ދާހިތް ނުވީއެވެ.

” އަވަސްކޮއްބަލަ…! މިހާރު ކިހާއިރެއްވެއްޖެ އަހަރެން މިތާގައި އިންނަތާ…؟ ” ފާޒިން ސައިކަލްމަތީގައި އިނދެގެން ވާހަކަ ދައްކަމުން ދިޔައީ މައިޝާއާއެވެ.

” މިނެޓަކު ދެފަހަރު ގުޅަންޏާ ކިހިނެއްތަ އަވަސްކުރަނީ…! ” ބޮލުގައި އެއްއަތުން ފުނާއަޅަމުން މައިޝާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަ ދެއްކަމުން ބުނެލިއެވެ. މައިޝާ އެހެންބުނުމުން ފާޒިން އިތުރު އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑާލީއެވެ. ފާޒިން ފޯނު ކަނޑާލުމުން މައިޝާ ފުނާ ބާއްވާފައި ބޮލުގައި ދަތިގަނޑެއް ޖަހާލަމުން އަވަހަށް ބޭރަށް ނިކުތީ ރީއްޗައް ފުނާވެސް ނާޅައެވެ. އޭރު ފާޒިން ސައިކަލުމަތީގައި އިންނަތާ ވިއްސަކަށް މިނެޓަށް ވުރެވެސް ގިނައިރުވެދާނެއެވެ.

” ރުޅިއައިސްފަތަ…؟ ސޮރީ…! ” މައިޝާ ސައިކަލަށް އެރިގޮތަށް ފާޒިންގެ ގައިގައި ބައްދައިލިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ސައިކަލު ދުއްވައިލިއެވެ. މައިޝާ ވާހަކަދައްކަމުން ދިޔައިރުވެސް ފާޒިން އެއްބަހެއްވެސް ނުބުނެ އިނެވެ. ނުވިތާކަށް ފަހަތް ބަލައިވެސް ނުލިއެވެ. ފާޒިން ވާހަކަ ނުދެއްކުމުން އެއްވެސް ބަހެއް ނުބުނެ މައިޝާވެސް އިނީއެވެ. ފާޒިންމެންގެ ގެއާއި ހަމައަށް ދެވުނުތަނުން ފާޒިންގެ ފޯން ރިންގުވާން ފެށުމުން ގޭގެ ކުރިމަތީ ޒޯނުގައި ސައިކަލު ޕާކުކޮއްލާފައި ފޯނުނެގިއެވެ. އޭރު ގޭގެ ދޮރު ހުޅުވާފައި ހުރުމުން މައިޝާއަށް ގޭގެ އެތެރެ ވަރަށް ރީއްޗައްފެންނަން އޮތެވެ. ހައްދާފައިވާ މާމެލާމެލީގެ މީރުވަސް ވަނީ މުޅިއެސަރަހައްދައް ފެތުރިފައިވެއެވެ. ފާޒިން ފޯނު ކަނޑާލާފައި ޖީބަށް ލަމުން ބަލައިލިއިރު މައިޝާ ގޭތެރެއަށް ބަލަހައްޓައިގެންއިނެވެ.

” ތިގެއަށް ވަދެލަންވީތަ…؟ ” ފާޒިން މައިޝާ ބުނާއެއްޗެއް ބަލާލުމުގެ ބޭނުމުގައި ބުނެލިއެވެ.

” އަނ… އަޅެ ހިނގާބަލަ އެގޭގެ ބަގީޗާ ބަލާލަން…! ފާޒިންވެސް މިކަހަލަގެއެއްގައި އުޅޭނަމަ…! ” މައިޝާ ފާޒިންގެ ކޮނޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ.

” މައިޝާ އަސްލު އަހަރެންދެކެ ލޯތްބެއް ނުވޭދޯ…! މުއްސަނދިކަމުގެ ދަހިވެތިކަމުގަ ދޯ ތިއުޅެނީ…! ” ފާޒިން މައިޝާއާއި ދިމާކުރުމުގެ ގޮތުންބުނެލިއެވެ. މަޖަލަކަށް އެހެން ބުނިކަމުގައިވީނަމަވެސް މައިޝާ ވަރަށް ދެރަވިއެވެ. އެހެންވެ  އެއްބަހެއްވެސް ނުބުނެ މައިޝާ އިނީއެވެ. ފާޒިންގޮސް ސައިކަލު ރެސްޓޯރެންޓެއްގެ ކައިރީގައި މަޑުކޮއްލިއިރުވެސް މައިޝާ އެއްބަހެއްވެސް ނުބުނެ އިސްޖަހާލައިގެން އިނެވެ.

” މައި…! ކިހިނެއްވެފަ ތީނީ…؟ ” ފާޒިން މައިޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް މައިޝާ އެއްބަހެއްވެސް ނުބުނެ ހަމަ އިސްޖަހާލައިގެންއިނީއެވެ.

” އަހަރެން ނޫޅެން މުއްސަނދިކަމުގެ ދަހިވެތިކަމުގައެއް…! ފާޒިން ކީއްވެތަ އަބަދު އަހަރެން ދެރަކުރަނީ….؟ އަހަރެން ވަރަށް ދެރަވޭ ފާޒިން ތިކަހަލަ އެއްޗިހި އަހަރެންނާ ދިމާލަށް ކިޔާތީ…! ” މައިޝާ އިސްއުފުލާލަމުން އެހެން ބުނެލިއިރު މައިޝާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

” އެއީ އަހަރެން ސަމާސައަކަށް ބުނިއެއްޗެކޭ…! ” މައިޝާގެ މޫނުގައި އަތްޖައްސާލަމުން ފާޒިންބުނެލިއެވެ.

” އަހަރެންނަށް އެކަހަލަ ސަމާސަތައް އެއްގޮތަކަށްވެސް ކަމަކުނުދާކަން ފާޒިންއަށް ހަމަ ރަނގަޅަށް އެނގެއެއްނު… ދެން ކީއްވެތަ އަބަދު ތިކަހަލަ އެއްޗިހި ކިޔަނީ..؟ ވަރަށް ދެރަވޭ ފާޒިން ތިކަހަލަ އެއްޗެހި ކިޔާތީ…! ” މައިޝާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.

” މައިއަށް ރަނގަޅުތަ އެކަހަލަ ގެއެއްގައި އުޅެން ލިބިއްޖިޔާ…! ” ފާޒިން ދަނޑިވަޅުގެ ބޭނުން ހިފާލަމުން ބުނެލިއެވެ.

” އަނ..! އޭރުން އަހަރެން ނިދާނީވެސް ބަގީޗާގައި…! ” މައިޝާ ވަރަށް މަޖާވެލާފައި ބުނެލިއެވެ. ފާޒިންއަށް މައިޝާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ.. ކިތަންމެ ވަރަކަށް ބެލިޔަސް ފޫހިނުވާނޭ ފާޒިންގެ ހިތައް އަރަމުން ދިޔައެވެ.

” އިނގޭތަ…! ކުރީ ރެއެއްގަ އަހަރެންނަށް ފެނުނު ހުވަފެނަކުން އަހަރެމެން ކައިވެނިކޮއްގެން ދަނީ އެގެއަށް… ދެން އެގެއަށް ވަންނައިރު އަހަރުމެންގެ ގަޔަށް ހުސް ރޯސް ޕެޓަލްސް ފައިބާނީ…! އަހަރެން ކޮޓަރިއަށް ވަންއިރު ކޮޓަރިވެސް އޮތީ ރޯސްތަކުން ފުރިފައި…! އެނދުގަވެސް ހުސް ޕެޓަލްސް…! ” މައިޝާ އޭނަޔަށް ފެނުނު ހުވަފެން ހެވިފައި އިނދެ ކިޔައިދެމުން ދިޔައިރު ފާޒިން މައިޝާގެ ވާހަކަތަށް ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަމުންދިޔައެވެ.

ތޮލާލް އައްޑުއަށް ދިޔަފަހުން މިސްރާއަކަށް އެއްވެސް ހަބަރެއްނުވެއެވެ. ހަބަރެއްނުވާތާންގައި ފޯނުވެސް އޮންނަނީ އޮފްކޮއްލާފައެވެ. ތޮލާލް ހޯދަން ގުޅާނެ އިތުރު މީހެއް ނޭނގޭތީ މިސްރާ ހުންނަނީ މުޅިން މާޔޫސްވެފައެވެ. މިސްރާގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުގެ ސަބަބުން މުނީރާވެސް މިސްރާއާއި ސުވާލުކޮއްފިއެވެ.

 އާމިރުއާއި ވަދީފާ އަދި ފައިހާވެސް ތައްޔާރުވަމުންދިޔައީ އައްޑުއަށް ދިއުމަށްޓަކައެވެ. ސާލީގެ ކައިވެނި އޮންނަ ރެއާއި ދިމާކޮއް ސަޕްރައިޒެއް ދިނުމަށްޓަކައެވެ. އާމިރުމެން ފެރީޓާމިނަލަށް ގެންގޮސްދިނުމަށްފަހު ފާޒިން އޮފީހަށް ދިޔައީ ތަންކޮޅެއް އަވަހަށް ނިންމާލަން ޖެހޭ މަސެއްކަތެއް އޮތުމުންނެވެ.

” ސާލީ…! ” ކޮޓަރީ ތެރޭގައި ރީތިވާން އިން ސާލީއަށް ވަދީފާ ގޮވައިލިއެވެ. ވަދީފާ ފެނުމުން ސާލީ އައިގޮތަށް އައިސް ވަދީފާގެ ގައިގާ ބައްދާލިއެވެ. އާމިރުމެން ސާލީއަށް ކޮއްދިންކަންތަކުގެ ސަބަބުން ސާލީގެ ހިތް މުޅިންވަނީ ބަދަލުވެފައެވެ. ވަދީފާއާއި އާމިރުއާއި ދޭތެރޭ ސާލީ ދެކެނީ ބައްޕައާއި މަންމައެއްގެ ގޮތުގައެވެ.

ފައިހާ އިނީ ގޭތެރޭގައި ހުރި ގޮނޑިއެއްގައި އިށީންދެގެނެވެ. ގޭތެރެ ތައްޔާރު ކުރުމުގެ ގޮތުން ގިނަ އަދަދަކަށް މީހުން ގޭތެރޭގައި އޭރު ހަރަކާތްތެރިވަމުން ދެއެވެ. އެވަގުތު ކޮޓަރިތެރޭން ބޮކިފައްޗެއް ހިފައިގެން ނިކުތް އަރުސަދަށް ފައިހާ ފެނުނެވެ.

” ޕާޓޫ…! ކޯޗަކަށްތަ ތިބަލަނީ މާ ވަގުވަގަށް…! ” ވަގުވަގަށް ފައިހާއާއި ދިމާލަށް ބަލަން ހުރި އަރުސަދުގެ ކޮނޑުގައި ޖަހާލަމުން އާނިސް ބުނެލިއެވެ. ގޮޑިއެއްގައި އިށީންދެގެން އިން ފައިހާ އާނިސްއަށްވެސް ފެނުނީ އެވަގުތުއެވެ.

” ޕާޓޫ…! ކޮން ބިޓެއް އެއީ…؟  ” އާނިސްއަށް އަހައިލެވުނެވެ.

” އެއީ އާމިރުބޭގެ…! ” އަރުސަދު ސިޓިންގް ރޫމުން ނިކުންނާން ހިނގައިގަންނަމުން ބުނެލިއެވެ. އާނިސްވެސް އަރުސަދު ފަހަތުން ބޭރަށް ނިކުތްތަން ފައިހާއަށްވެސް ފެނުނެވެ.

” ކޮންނަމެއް ކިޔާ ބިޓެއް އެއީ…؟ ” އާނިސް އަރުސަދު ކުރެން އަހައިލިއެވެ. ހީވަނީ އަރުސަދަށް ހުރިހާ އެއްޗެއް އެގޭތީ އަހާހެނެވެ.

” ފައިހާ…! ތަންކޮޅެއް ކުރިން އައިސް މިގޭގައި އުޅުނެއްނު… ހަދާންވޭތަ އަހަރުމެން މަގުމަތީގައި ފުޓްބޯޅަ ކުޅުނު ދުވަހަކު ބޯޅައިން ޖެހުނެއްނު…! ” އަރުސަދު ހަދާންވި ދުވަސް ކިޔައިދިނެވެ.

” އެއީ އެކުއްޖާ…! ހާދަހާ ރީއްޗޭ… ހޮޓްކަމުން ހީވަނީ ހަމަ ނަރަކައިގެ ބުރާންޗެއްހެން… ” އާނިސް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އާނިސް އެހެން ބުނުމުން އަރުސަދަށްވެސް އާނިސްއާއި ދމާލަށް ބަލާލެވުނީ ފާޑަކަށެވެ.

42

8 Comments

  1. min

    May 27, 2015 at 5:25 pm

    ??Woowww dhen kon irakun anehbai

  2. shy

    May 27, 2015 at 5:26 pm

    Bt thankoreh kury….Nice story

  3. shenaa

    May 27, 2015 at 5:55 pm

    alhe eyy saali n faaxin ge marriage tha . noon noon ehen nahadha . maisha fakeeru roe roe maru vedhaane.

  4. ihthu ge fan

    May 27, 2015 at 7:07 pm

    Ihthuuuuuu habareh vebala pls pls bunebaa non irakuntha next prt

  5. suza

    May 27, 2015 at 7:42 pm

    haadha kuray vare dhigu inthizaa rakae fahu kiyaalan libunu bai anebai avas koladhy ples ples

  6. july

    May 27, 2015 at 10:00 pm

    v nice but hama thankolheh kury

  7. ihthu

    May 27, 2015 at 10:28 pm

    Mi dhuvas kolhu buxy kamun story liyaane wagutheh nuvany… next part maadhan up kohdhevey thw balaan.. thanks all

  8. Maajy

    May 28, 2015 at 8:14 am

    V v reethi mi part ves bt thankolheh kuree.next part thankolheh dhigukoh genesdhehchey..

Comments are closed.