Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 14

BONDAY Level 210 Stories
May 24, 2015 3 Mins Read
17 Comments

ފާޒިން ކައިރީގައި ހުރި ސުވިޗް ޖައްސާލުމާއެކު އެކު ބޮޑު ހިތެއްގެ ތެރޭގައި އައި.ލަވް.ޔޫ ޖަހާފައި އިން ހިތެއް ރަތްކުލައިން ދިއްލިގެން ދިޔައެވެ. މައިޝާއަށް ބަލައިލެވުނީ ފަހަތުގައި ހިނިތުންވެފައި ހުރި ފާޒިންގެ މޫނަށެވެ.

އެވަގުތު މުޅިތަން އަލިވެގެން ދިޔައިރު މައިޝާއަށް މުޅި ތަނުގެ ތެރެއަށް ނަޒަރު ހިންގާލެވުނީ އެތަނުގައި ކޮއްފައި ހުރި ޑެކަރޭޝަން ފެނިފައެވެ. މުޅިތަން އެކި ވައްތަރުގެ މާބޮޑިތަކުން ފުރިފައި ހުރިއިރު ވަރަށްވެސް ހިތްގައިމެވެ. މައިޝާ ފާޒިންއާއި ދިމާލަށް ބަލާލިއިރު ފާޒިން އިނި މައިޝާގެ ކުރިމަތީގައި އެއްކަކޫ ޖަހައިގެން އިށީންދެގެންނެވެ. މައިޝާއަށް އަނގަމަތީގައި އަތް އަޅާލެވުނީ މައިޝާއާއި ދިމާލަށް ފާޒިން ދިއްކޮއްގެން އިން ކުޑަ މަހުމާ ފޮށީގައި އިން ހުދުކުލައިގެ އަނގޮޓި ފެނިފައެވެ.

” މައިޝާ…! އައި.ލަވް.ޔޫ…! ” ފާޒިން ސީދާ މައިޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެބުނެލިއެވެ. އޭރު މައިޝާގެ ލޮލުން ވަނީ ކަރުނަ ނިރާލާފައެވެ. އެހުރިހާ ދުވަހު ދެކެމުން އައި ހުވަފެން އެކަހަލަ ގޮތަކަށް ފުރިހަމަ ވެދަނެކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

” އަހަންނަށް އެނގޭ މައިޝާވެސް އަހަރެންދެކެ ލޯބިވާކަން..! ” ފާޒިން މައިޝާގެ އަތުގައި އަނގޮޓި އަޅުވާދިނުމަށްފަހު ތެދުވެ މައިޝާގައިގާ ވަރަށް ލޯބިން ބައްދާލިއެވެ. މައިޝާވެސް ފާޒިންގެ މޭމަތީގައި މޫނު ފޮރުވައިގެން ހުރެފައި އިރުކޮޅަކުން ފާޒިންގެ ކަންފަތަށް އިވިގެން ދިޔައީ މައިޝާ ގިސްލުމުގެ އަޑެވެ.

” އައްދެ…! މިއޮއްފަދަ ރޭގަވެސް ރޮނީތަ…؟ ” ފާޒިން މައިޝާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން ބުނެލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު އަނެއްކާވެސް މައިޝާ ފާޒިންގެ ގައިގާ ބައްދައިލިއެވެ.

” އަހަރެން ކިހާ އިންތިޒާރެއްކޮއްފިން…! ކީއްވެ އަހަރެން ލައްވާ އެހާ އިންތިޒާރު ކުރުވީ…! ” މައިޝާ ފާޒިންގެ ގައިގާ ބައްދައިލައިގެންހުރެ ވާހަކަ ދެއްކިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ހެވިފައި ހުރީއެވެ.

” އަހަރެން ދެކެ ހަމަ އެހާލޯބިވޭތަ..؟ ” އިރުކޮޅެއް ވަންދެން ހުރެފައި ފާޒިން އަހާލިއެވެ. މައިޝާ ހަމައެކަނި ބޯޖަހާލީއެވެ.

” ދެންވެސް ހިނގާބަލަ އިށީންނަން…! މިރޭ ހަތަރުދަމު މިހެން ކޮޅަކަށް ނުހުރެވޭނެއެއްނު… އެހެން ނޫނަސް އިރުކޮޅަކުން މީހުން އަންނަން ފަށާނެ…! ” ފާޒިންގޮސް މައިޝާ ގޮނޑީގައި ބައިންދަމުން ބުނެލިއެވެ.

” ކޮންބައެއް…! ” މައިޝާއަށް ބަލައިލެވުނީ ދޮރާއި ދިމާލަށެވެ.

” ސާބަސް މައިޝާއަށް…! ދެން ވޭޓަރުންވެސް އަންނާނެއެއްނު…! ” ހިނިތުންވެލަމުން ފާޒިން ބުނެލިއެވެ. މައިޝާ ފާޒިންގެ އަތުގައި ޖަހާލިއެވެ. ކުޑައިރު ކޮޅެއްގެ ތެރޭގައި ވޭޓަރ ދެމެނޫ ގެނެސް ދިނެވެ. އޭރު މައިޝާ އިނީ ފާޒިން އޭނަގެ އަތުގައި އަޅުވައިދިން އަނގޮޓިއަށް ބަލަހައްޓައިގެންނެވެ.

” ފާޒިން…! ކީއްކުރަން މިހާ އަގުބޮޑު އަނގޮޓިއެއް ގަތީ…! ” މައިޝާ އަނގޮޓިއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” ކިހިނެއްވީ..؟ އަހަރެންގެ ވާން އުޅޭ އަނބިމީހާގެ އަތުގައި އަޅަން ކަމުނުދަނީތަ…؟  ” ފާޒިން މައިޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

” އަދި ކޮންދުވަހަކުން ކައިވެނި ކުރެވޭނީ…! އެހެން ނޫނަސް އަހަރުމެންކަހަލަ ނިކަމެތިންނާ އެކަށީގެނެއް ނުވާނެ މިހާ އަގުބޮޑު އެއްޗިއްސެއް…! ކައިވެނީގެ ފަހުން އަހަރެން މިއަނގޮޓި އެޅިޔަސް މައްސަލައެއް ނެތްތަ…؟ ” މައިޝާ ފާޒިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފާޒިންވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

” އެކަމަކު ފާޒިން ހިތްހަމަ ނުޖެހެންނާ އަހަރެން އަޅާފާނަން…! ” ފާޒިން ފަހަރެއްގައި ހިތްހަމަ ނުޖެހިދާނެތީވެ މައިޝާ ބުނެލިއެވެ.

” ނޫން…! މައިޝާ ބޭނުން ވީމަ އަޅަންވީ…! އެކަމަކު އަހަރެންނާއި އެއްކޮއް ބޭރަށް ދާއިރު އަޅައިގެން ދާންޖެހޭނީ…! އޯކޭތަ….؟ ” ފާޒިން މައިޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. މައިޝާވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެރޭ މައިޝާ ގެއަށް ދިޔައިރު ބާރަޖަހަނީއެވެ. މައިޝާ ގޮސް ގެއަށް ވަންއިރު މިސްރާ ނުނިދާ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން އޮތެވެ. މައިޝާ ވަނުމުން ފަހުން ގުޅާނެކަމަށް ބުނެފައި މިސްރާ ފޯނު ކަނޑާލިއެވެ.

” މިސް އަދިވެސް ނުނިދަނީތަ…؟ މާދަން ހެނދުނު ސުކޫލަށްވެސް ދާންޖެހޭނު…! ” މައިޝާއައިސް މިސްރާކައިރީ އެނދުގައި އިށީންދެލިއެވެ. އަދި ފާޒިން އަޅުވާދިން އަނގޮޓި މިސްރާއަށް ދައްކާލިއިރު މައިޝާގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

” ވާއު…! ” ވިދަވިދާ އިން އަނގޮޓި މިސްރާއަށް ފެނުމުން އޭނަގެ ދެލޯބޮޑުވެގެން ދިޔައެވެ. އޮށޯވެގެން އޮވެފައި ތެދުވެވުނީވެސް ކުއްލިއަކަށެވެ.

” އޭނަ ޕުރަޕޯސް ކުރީތަ..؟ ” އަނގޮޓީގައި އިނގިލި ޖައްސާލަމުން މިސްރާ ބުނެލިއެވެ. މައިޝާވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

 ” މަންމަ ކައިރީގައި ބުނެފިންތަ..؟ ” މިސްރާ އަހައިލިއެވެ.

” މަންމަ މިކޮޅަށް އައިމަ ބުނާނީ…! ” މައިޝާ ތެދުވެގެން ގޮސް ފާހާނައަށް ވަންނަމުން ބުނެލިއެވެ.

ސާލީއަށް ހޭލެވުނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. ފާހާނަޔަށްވަދެ ފެންވަރައިލައިގެން އަވަހަށް ބޭރަށް ނިކުތްއިރު އާމިރުއާއި ޒާހިރު ބަދިގޭގައި ސައިބޯން ތިއްބެވެ.

” ދަރިފުޅާ އާދެ ސައިބޯން…! ” ސާލީ ފެނުމާއެކު ޒާހިރު ބުނެލިއެވެ. އޭރު ޒަރީނާވެސް ބަދިގެތެރޭގައި ގޮޑިއެއް ބަހައްޓައިގެން ތަރުކާރީ ކޮޅެއް ކޮށަންއިނެވެ. ސާލީ ގޮސް މޭޒުކައިރީގައި އިށީނުމުން އާމިރު ދެތަޅުދަނޑި ލާފައި އޮތް ތަޅުދަނޑި ފައްޗެއް ސާލީއާއި ދިމާލަށް ދިއްކޮއްލިއެވެ. ސާލީއަށް ބަލާލެވުނީ އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން ފަރީސާގެ މޫނަށެވެ.

” ތީ އާމިރުބެ ދަރިފުޅަށް ގަނެދިން ފިހާރައިގެ ތަޅުދަނޑި…! ” ޒާހިރު ހިނިތުންވެލަމުން ބުނެލިއެވެ. ސާލީ އިރުކޮޅަކު ތަޅުދަނޑިއަށް ބަލަހައްޓައިގެން އިނުމަށްފަހު ތަޅުދަނޑީގައި ހިފިއެވެ. އޭރު އޭނަގެ ހިތް އުފަލުން ތެޅިފޮޅެނީއެވެ. ވަރަށް ކުޑަކޮއް ސައިބޮއިލައިގެން ސާލީ އަވަހަށް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވދެ ދޮރު ތަޅުލެވުނުކަން އެނގުނެވެ. ދެން ފެނުނީ ކުޑަކުއްޖެއްހެން ސާލީ ފުންމަ ފުންމާފައި ގޮސް އެނދަށް ވެއްޓިގަތްތަނެވެ. އަދި އޭނަގެ ލޯބިވެރިޔާއަށް ގުޅާފައި ހުރިހާވާހަކައެއްވެސް ކިޔައިދިނެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރަންބޭނުން ވާހަކަވެސް ކިޔައިދިނެވެ. ކުޑަ އިރުކޮޅަކު ފޯނުގައި އޮތުމަށްފަހު ސާލީ ބޭރަށް ނިކުތްއިރު ޒާހިރުއާއި އާމިރުވެސް ފިހާރަޔަށް ދިއުމަށްޓަކައި ނިކުންނަނީއެވެ. ސާލީ ފެނުމުން ސާލީ ކައިރީގައިވެސް އެމީހުންނާއެކު ދިއުމަށް އާމިރު އެދުނެވެ. މިހާރު ސާލީއަކީ މުޅި އައްޑޫގައިވެސް ހުރި އެންމެ ބޮޑު ފިހާރައިގެ ވެރިޔާއެވެ. މިފަދަ ގޮތަކަށް އޭނަގެ ހުވަފެންތައް ހަގީގަތަކަށް ވެދާނެކަމަށް ސާލީ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.

” ދަރިފުޅާ…! ބައްޕަގެ އޮޕަރޭޝަން ކާމިޔަބު ވެއްޖެ…! ” ހެނދުނު މައިޝާ އޮފީހުގައި އިންދާ މުނީރާ މައިޝާއަށް ގުޅާފައި ބުނެލިއެވެ. އަދި ހަފްތާއެއް ފަހުން ހާދީ ދޫކޮއްލާ ވާހަކަވެސް މުނީރާ ބުނެލީ އުފާވެރިކަމާއެކުގައެވެ.

” ކޮބާ މިހާރު ފާޒިން…! އޭނަ ރަނގަޅުތަ…؟ ” މުނީރާ ގުޅާ ކޮންމެ ފަހަރަކުވެސް މައިޝާ ގާތުގައި ފާޒިންގެ ވާހަކަ އަހައެވެ. މުނީރާ ގަބޫލް ކުރާގޮތުގައި މިއަދު ހާދީ ދުނިޔޭގައި އެހުރީ ފާޒިންގެ ސަބަބުންނެވެ. މުނީރާ ފާޒިންގެ އެއިހްސާންތެރިކަން ދުވަހަކުވެސް ހަދާނެއް ނުނެތޭނެއެވެ.

ހާދީމެން ރާއްޖެ އަންނަން އޮތް ދުވަހުގެ ހެނދުނު ފާޒިން ކުއްލިގޮތަކަށް ސިންގަޕޫރަށް ދާން ޖެހިގެން ދިޔައީއެވެ. ހާދީމެންނަށްވެސް ރާއްޖެ އާދެވުނީ ފާޒިންމެން ފުރައިގެން ދިޔަ ދުވަހުގެ މެންދުރު ފަހުންނެވެ. އެދުވަހު މައިޝާމެން އެއަރ ޕޯޓަށް ދިޔައީ ގޭތެރެވެސް ވަރަށް ރީތިކޮއްލާފައެވެ. މުނީރާއަށްވެސް ފާޒިން ދީފައި އޮތް އަނގޮޓިފެނިގެން މައިޝާއާއި ސުވާލުކުރާކަށް މާގިނަ ވަގުތު ތަކެއް ނުނެގިއެވެ. މައިޝާ އެދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ކިޔައިދިނުމުން މުނީރާވެސް އެކަމާ ވަރަށް އުފާކުރިއެވެ.

ފާޒިން ސިންގަޕޫރަށް ދިޔަތާ އެއްހަފްތާ ފަހުން ރާއްޖެއައީ މައިޝާ ކައިރީގައި އަންނަ ވާހަކަ ނުވެސް ބުނެ މައިޝާއަށް ސަޕުރައިޒެއް ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އެރޭ ފާޒިން އަންނަން އޮތް ފުލައިޓު ޑިލޭވެގެން ފާޒިންއަށް ރާއްޖެ އާދެވުނީ އެރޭގެ މެންދަމު އެކެއް ޖަހަން އުޅެނިކޮށެވެ. އެހެންވެ ގެއަށް ގޮސް ފެންވަރައިލައިގެން ނިދީ އަނެއްދުވަހު މައިޝާއާއި އޮފީހުން ދިމާވާނެތީއެވެ. ފާޒިންނަށް އެދުވަހު އޮފީހަށް ދެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. އޮފީހަށްގޮސް އެންމެ ފުރަތަމަވެސް ފާޒިން ދިޔައީ އޭނަގެ ހިތުގެ މަލިކާ ދެކިލުމަށެވެ. އޭރު މައިޝާ ކޮންޕިއުޓަރުން ކޮންމެވެސް އެއްޗެއް ކިޔަން އިނެވެ. ފާޒިން ސިއްރު ސިއްރުން އެތެރެއަށް ވަދެ މައިޝާގެ ލޯމަތީގައި އަތްއަޅާލީ ސިއްރު ސިއްރުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އިންތިޒާރު 28

Next

ޝައިން ( ޕާޓް-8 )

Next
May 24, 2015

ޝައިން ( ޕާޓް-8 )

Previews
May 24, 2015

އިންތިޒާރު 28

17 Comments!

  1. nish says:
    May 24, 2015 at 4:39 pm

    Wow v vreethi mi part …avahah up kohlahchay

  2. suza says:
    May 24, 2015 at 4:40 pm

    Thanks varae reethi anae bayaeves inthizaaru kurae vaney

  3. aukko says:
    May 24, 2015 at 4:41 pm

    cant wait 4 the next part…….awesome

  4. aliii says:
    May 24, 2015 at 4:43 pm

    .Ma first. varah reethi next part avahah up kohdhehchey

  5. flower says:
    May 24, 2015 at 4:52 pm

    Alhe nooooo emme salhi thankolhun thi nimmaaly..next part veh mihaa avahah upkohla dhehchey..waiting ga meendhy

  6. ihthu says:
    May 24, 2015 at 6:57 pm

    Thanks all…next part ves maadhan up kohdhevey thw balaanan

  7. Afeefa Ibrahim says:
    May 24, 2015 at 7:21 pm

    Very nice story

  8. Afeefa Ibrahim says:
    May 24, 2015 at 7:21 pm

    Very nice story

  9. mimmy says:
    May 24, 2015 at 7:29 pm

    Nice…….☺

  10. mary says:
    May 24, 2015 at 7:38 pm

    vvvvvvv nice mi story
    waiting 4 the next part
    avahah up kollahchey
    plx plx plx

  11. makko says:
    May 24, 2015 at 9:11 pm

    V rythi……thanks avahah up kohdhinythyve…,.v salhi mivaahaka….waiting for next part…… up kohdhehchey tmrw….hehehe

  12. nazi says:
    May 24, 2015 at 10:53 pm

    vara reethi dhen up kuraabaya inthizaaruga plz plz plz avas koh dhey chey

  13. fai says:
    May 25, 2015 at 1:47 am

    vvv salhi avahah up koh dheh chey plz plz

  14. rasha says:
    May 25, 2015 at 7:52 am

    V.v.reethi.

  15. july says:
    May 26, 2015 at 10:25 am

    v reethi mi part ves…..next part thankolheh avaha up kohdecchey…..n thankolheh digu koh genaima v nice vaane

  16. nazi says:
    May 26, 2015 at 1:56 pm

    mi haadha dhigu inthizaarekey plz plz plz avaha up kola dheebala

  17. shadha says:
    May 26, 2015 at 3:23 pm

    wow it was awesome plx avahah nxt part up kohdhechey

Comments are closed.

Next Episodeހިތަކުން ނުފިލާނެ 15←


All Right Reserved!