ފާރުގައި އަތް ކާއްތަމުން އޭނާގޮސް ކޮޓަރިއަށް ވަނެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. އެ އަނދިރިގަނޑު ތެރޭގައި ޖަޒްލާއަށް ފާރަލައިގެން މަހުލޫގެއް އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ.
ޑްރެސިންގ ޓޭބަލް ކައިރިއަށް ދާން ހިނގައިގަތް ވަގުތު ތަށިމުށިގަނޑުމަތީ އޮތް މަހުލޫގު ދެލޯ ދިއްލާލިއެވެ. ޖަޒްލާއަށް ފެނުނީ އަނދިރި ގަނޑުތެރެއިން ދިއްލުނު ރަތް ދެލޮލެވެ. އެވަގުތު ވިދާލިވިދުވަރުގެ އަލި ފެންލައިޓުން ކޮޓަރިއަށް އެޅިގެން ދިޔައެވެ. އެއާއެކު އެ މަހުލޫގު ޖަޒްލާއަށް ފެނުނެވެ. އެއީ ދަވަގަނޑެއްފަދަ މުޑުދާރު ވައްތަރެއް ޖަހާ އެއްޗެކެވެ. އޭނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ޚަބަރު ހުސްވެގެން ބިންމައްޗަށް ދެމުނީ އެވަގުތެވެ.
ކުއްލިއަކަށް ކަރަންޓު އައެވެ. މުޅިތަން އަލިވެގެން ދިޔައެވެ. ތަށިމުށިގަނޑު މަތީ އޮތް މަހުލޫގު މަޑުމަޑުން އަލަމާރީގެ ދަށުގައިވާ ހަނި ޖާގައާދިމާއަށް މިސްރާބުޖެހިއެވެ. ލަސް ބަރުހެލި ދުވެލީގައެވެ.
***
ހަމަ އެވަގުތެވެ. ޔައީޝް ސައިކަލުގައި އައިސް ގޭދޮށަށް މަޑުކުރިއެވެ. ސައިކަލުން ފައިބައިގެންގޮސް ގޭގެ ދޮރުގައި ހިފިއިރު ދޮރު ހުރީ ތަޅުލާފައެވެ. ޖީބުން ތަޅުދަނޑި ނެގުމަށްފަހު ދޮރުހުޅުވާލިއެވެ. އަދި ލައިގެންހުރި ވިއްސާރަ ކޯޓު ބޭލުމަށްފަހު ސިޓިންގ ރޫމުގެ ސޯފާއެއްގެ މަތީބޭއްވުމަށްފަހު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ދޮރު ހުޅުވާލުމާއެކު ޔައީޝްގެ ކަޅި ގޮސް ހުއްޓުނީ ވެއްޓިފައި އޮތް ޖަޒްލާއާއި ދިމާލަށެވެ. ހަމައެއާއެކު ދުވެފައި އައިސް ޖަޒްލާ ނަގައި އެނދުގައި ބޭއްވިއެވެ. އަދި އެނބިއުލާންސްއަށް ގުޅާލިއެވެ.
***
” ވީގޮތް އެނގޭނީ ހޭއެރީމަ،!” ޑޮކްޓަރ ވިޝާލް ވާހަކަ ދެއްކީ ޔައީޝާއެވެ. ” ބޮޑަށް ހީވަނީ ޝޮކެއް ހެން”
ޔައީޝް އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޖަޒްލާ ބައްވާފައި އޮތް ބަޔަށް ވަނެވެ. އެއިރު ސީމާ އެނދުކައިރީ އިށީނދެގެން ފޮތެއްކިޔަން އިނެވެ.
ޖަޒްލާ ހޮސްޕިޓަލަށް ގެނައިތާ 3 ގަޑިއިރު ވީއިރުވެސް އޭނާ ހެއެއް ނާރައެވެ. ޖަޒްލާ ހޭނެތެން ދިމާވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ޔައީޝްގެ ސުވާލަކީ އެއީއެވެ.
ޔައީޝް ގޮނޑި އެނދުކައިރިއަށް ޖައްސާލަމުށް ފަހު އިށީނދެލިއެވެ. އަދި ފުން ނަޒަރަކުން ޖަޒްލާގެ މެރިފައިވާ ދެލޮލަށް ބަލައިލިއެވެ. މި ރީތި މައުސޫމިއްޔަތުގެ ފުރަގަހުގައި ނުބައި ޝައިތާނެއް ފޮރުވިފައިވާކަން ބަލާ މީހުންނަށް އެނގޭނީ ކިހެނެއް ހެއްޔެވެ؟
މީގެ ދުވަސްތަކެއްކުރިން ޖަޒްލާއަކީވެސް އެހެން ފުރާވަރުގެ ކުދިންފަދައިން އުފާވެރި މަޖާ ދިރުއުޅުމެއް އުޅެމުން އައި ކުއްޖެކެވެ. އެހެން އަންހެން ކުދިން ފަދައިން ރީތި ފިރިހެނުންގެ ފޮޓޯތަށް ކޮޓަރީގައި ހިތްޕިއެވެ. ރީތި ފިލްމްސްޓާރުންގެ ވާހަކަ ހީހީފައި އެކުވެރިންނާއެކު ދެއްކިއެވެ.
މަންޒަރު ފުސްވެގެންދިޔުމަށްފަހު ސާފުވެގެންއައިއިރު ފެނިގެންދިޔައީ މީގެ ފަސްއަހަރުކުރީގެ ހާދިސާތަކެވެ.
******
(މާޒީ)
“…….ޔޫ ޑޯންނޯ.. އޮހޯހް.. ޔޫ ޑޯންނޯ ޔޯރ ބިއުޓިފުލް…
އިފް އޮންލީ ޔޫ ސޯ ވަޓް އައި ކޭން ސީ…..
ޔޫ،ލް އަނޑަރސްޓޭންޑް ވައި އައި ވަންޓް ޔޫ ސޯ ދެސްޕްރޭޓްލީ……..”
މުޅި ކޮޓަރިތެރޭގައި ގުގުމަލާފައިވަނީ މީގަން ނިކޯލްގެ ‘ވަޓް މޭކްސް ޔޫ ބިއުޓިފުލް’ ލަވައެވެ. މޭޒުދޮށުގައި އެއްޗެއް ކުރަހަން އިން ޖަޒްލާގެ އަތުގައި އޮތް ފަންސޫރު ރާގާ އެއްވަރަށް ދެކޮޅަށް ދެކޮޅަށް ތަޅުވަމުންދިޔައެވެ. މޭޒުމަތީގައި އޮތް އޭފޯ ސައިޒް ގަނޑުގައި އޭނާ ކުރަހަން ފަށައިފާވާ ‘އިމްރާން އައްބާސް’ ގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އިންއިރު ޖަޒްލާގެ ތުންފަތް ލަވައާއި އެއްވަރަށް ހަރަކާތްކުރަމުންދިޔައެވެ.
ކޮޓަރީގެ ފާރު ވަނީ އެކިއެކި ފިލްމް ސްޓާރުންގެ ފޮޓޯތަކުން ފުރިފައެވެ. ވަރުން ދާވަންއާއި ޝިދާރތް ގެ ފޮޓޯއެވެ. ޖޯން އަބްރަހަމްއާއި އިމްރާން ޚާންގެ ފޮޓޯތަކެވެ.
“އޯމައިގޯޑް… އޯމައިގޯޑް…. އޯމައިގޯޑް….” ޖަޒްލާ ކުއްލިއަކަށް ގޮނޑިން ތެދުވުމަށްފަހު ކޮޓަރިތެރޭ އެނބުރިއެނބުރިފައި ދުވަންފެށިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަނތުމަށްފަހު ސީލިންގާއި ފާރުގައި ހިތްޕަފައިވާ ފޮޓޯތަކަށް ބަލަން ފެށިއެވެ.
“އަޅެ މަށަށް މިތަނުން މީހަކު ލިބޭނެ ނަމަ!” ޖަޒްލާ ފިޔާތޮށިކުލައިގެ ޓޭޑީ ބެއާރ އެއްގައި ބައްދާލިއެވެ. “މޯލްޑިވްސްގައި މިކަހަލަ ހޮޓް ބޯއީސްހުރޭތަ؟”
“ޖަޒްލާ ޖަޒްލާ!” ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލީ އޭނަގެ މަންމަ އާސިފާއެވެ. އޭނާ ވަދެގެން އައިސް ކޮމްޕިއުޓަރުން ޖަހާވައިވާ ލަވަ ނިއްވާލިއެވެ.
“ޕިސް ޕިސް ޕިސް. މިހިރަ ދަރި ބޮޑުވާނީ ކޮންދުވަހަކުންބާއޭ މަގޭ ހިތަށް އަރާ! ބަލާބަލަ މިއޮށް ކޮޓަރިއެއް! ހީވަނީ ފޮޓޯ އަލްބަމެއް ހެން!” ބިންމަތީގައި އޮތް ޖިންސް ނަގަމުން އާސިފާ އެނދުގައި އޮތް ޖަޒްލާއަށް ބަލައިލިއެވެ.
“އޯހް ކަމޯން މޯމް!” ޖަޒްލާ އެނދުން ތެދުވުމަށްފަހު ޓޭޑީ ބެއަރ އެނދަށް އެއްލާލިއެވެ. “ކޮބާތަ މައްސަލައަކީ؟ މީ އަހަރެންގެ ފޭންސް އޭ!” ޖަޒްލާ ދެއަތް ހުޅުވާލަމުން ކޮޓަރިތޭރޭ އެނބުރިލިއެވެ.
“ދެން ތިހާވަރަށް ތުއިނުވިއަކަސް ވެދާނެ.” އާސިފާ މޭޒުމަތީގައި ހުރި ފޮތްތަށް ތަރުތީބުކުރަމުން ދެބުމަ ގޮށްޖަހާލިއެވެ. “ދަރިފުޅާ؟ ތިޔަށްވުރެ ދިގުއެއްޗެއް ލާކަށް ނުވޭތަ؟ ތިއޮށް ފަލަ މަސްގަނޑު ފެންނަނީ!”
“މީތި އަދިވެސް ކުރީތަ؟” ޖަޒްލާ އޭނާ ލާފައިހުރި ޖިންސް ސޯޓުބުރިއަށް ދަމާލިއެވެ. “މަށަށް އަދިވެސް ދިގު މި! އެހެން ނޫނަސް ގޭތެރޭގައި އުޅެން ފަސޭހައީ ކުރު އެއްޗެހި ލައިގެން!”
“ހޫން. ދެން ހެވޭ! އައިނާ ސުކޫލުން އަންނަން ވާއިރަށް ހިނގާބަލަ ބަދިގެ ދޮށަށް މަންމަ އަށް އެހީތެރިވާން! އަދި މިއުޅެނީ އެއްޗެއް ނުވެސް ކައްކާ!”
ޖަޒްލާ ތުން ދަމާލުމަށްފަހު މޫނު ކުނިކޮށްލަމުން ބަދިގެއާދިމާއަށް ހިނގައިގަތެވެ. ބަދިގެއަށް ވަން ނަމަވެސް ހަޤީޤަތުގައި ޖަޒްލާއަކަށް އެއްވެސް ކަމެއް ކުރާކަށް ނޭނގެއެވެ.
“މަންމަ ހުންނާނެ ފުށްގަނޑު މޮޑެފަ! ދަރިފުޅު ރޮށި ދަމާލަބަލަ!” އާސިފާ މަސްހުނި މޮޑެން ތައްޔާރުވިއެވެ.
މޮޑެފައިހުރި ފުށް އެއްޗަށް ޖަޒްލާ ބަލައިލީ ފަކުރުގަނެފައިވާ ގޮތަކަށެވެ. ފާޑަކަށް އަނގައަށް ގޮތެއް ހަދާލަމުން ސަހާދަތް އިނގިލި ފުށްގަނޑު ތެރެއަށް ކޮށްޕަލިއެވެ.
“ޔަކް!!”
“ސުބުހާނަﷲ!!” އާސިފާއަށް ޖަޒްލާގެ ހަރަކާތްތަށް ފެނުމުން ދެބުމަ ގޮށްޖަހާލިއެވެ. “ފުށްގަނޑު މޮޑޭނީ ދެއިނގިލި ކުރިންނެއް ނޫނޭ! ދައްކަބަލަ!” އާސިފާ އައިސް ޖަޒްލާގެ އަތުގައި ހިފާ ފުށްގަނޑުތެރެއަށް ގަންބަލިއެވެ. އަދި ފުށްގުޅަ ހަދާނެގޮތް ދަސްކޮށްދިނެވެ.
ޖަޒްލާ ވަރަށް އުނދަގުލުން ފުށްގުޅަ ހެދިއެވެ. ނަމަވެސް ދެ ގުޅަ އެއްވަރެއް ނޫނެވެ. ދެން އޭނާ ކުރިމަތި ލީ އެންމެ އުނދަގޫ ކަންތަކާއެވެ. ރޮށި ދެމުމެވެ. ރޮށި ދަމާއެތީގައި ފުށްގުޅަ ބޭއްވުމަށްފަހު ފޯލިން އޭގެ މަތީގައި ފުރޮޅަލުމާއެކު ފުށްގުޅަ ފޯލީގައި އޮޅިގެން ދިޔައެވެ. ޖަޒްލާ ދެއިނގިލިކުރިން ފޮލީގައި ތަތްލާފައިވަ ފުށްގުޅަ ނެއްޓުވުމައިގެން އުޅުނެވެ.
“ދަރިފުޅު މިހާރު ތީ ބޮޑުވެފައި ހުރި ކުއްޖެއް ނޫންތަ؟ މީހަކަ އިނދެގެން އެހެން ގެއަކަށް ގޮސްގެން އުޅޭއިރު ތިހެން ހަދައިގެން ކަމަކުނުދާނެ! އަންހެން ކުދިންނަކީ ވަރަށް މުރާލިބައެކޭ!” އާސިފާ ޖަޒްލާއަތުން ފޯލި އަތުލުމަށްފަހު ރޮށިދަމަން ފެށިއެވެ. ޖަޒްލާ އިރުކޮޅެއްވަންދެން އެތަން ބަލަން ހުރުމަށްފަހު ސިޓިން ރޫމަށް ނުކުތެވެ. އަދި ސޯފައަށް ވެއްޓިގަތުމަށްފަހު ޓީވީ ހުޅުވާލިއެވެ.
“ދޮންތީ!!!” އައިނާ ދަތްޕިލަ އަތްމައްޗަށް ލައިގެން އައިސް ގޭތެރެއަށްވަނެވެ. އޭނާގެ ކޮނޑުގައި އޮތް ދަބަސް ނަގާ އެއްލާލަމުން ދުވެފައި އައިސް ޖަޒްލާގެ ގައި މައްޗަށް ވެއްޓިގަތެވެ.
“ހޫނ! ކިހިނެއްވީތަ މިއަދު؟ މާބޯޑަށް ދަތްޕިލަ ހާވައިގެން ތިއުޅެނީ!” އައިނާއަށް ކޮންމެވެސް އުފާވެރި ކަމެއް ދިމާވީކަން ޖަޒްލާއަށް އެނގުނެވެ. އޭނާ ސޯފާއިންތެދުވެ ދެފައި ވައްކޮށްލައިގެން ޓައިލްސް މަތީ އިށީނެވެ.
އައިނާއަކީވެސް ޖަޒްލަފަދައިން މަޝްހޫރު ފިރިހެން ކުދިންނަށް ފޯރިހުންނަ އަންހެން ކުއްޖެކެވެ. އުމުރުން 13 އަހަރުގެ އައިނާ ތައުލީމު ހާސިލް ކުރަމުންދަނީ ގުރޭޑް 8 ގައެވެ.
“ވާވްވް!!” އައިނާ ދެއަތް ފުޅާކޮށްލަމުން ސޯފާއަށް ވެއްޓިގަތެވެ. “މިއަދު ކުލާހަށް އާ ކުއްޖެއް އަތުވެއްޖެ! އޯމައިގޯޑް ހޮޓޭ ހޮޓޭ ބުންޏަކަސް ހޮޓް! ހާދަ ސަޅިއޭ!”
ޖަޒްލައަށް އެއިރުވެސް ވެގެން މިއުޅެނީ މިކަހަލަ ގޮތެއްކަން އެނގުނެވެ. އޭނަގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. އޭނާގެ ކޮއްކޮ އެހެން އުޅޭނީ ކިހާ ސްމާޓް ކުއްޖެއް ފެނިގެންކަން ޖަޒްލާއަށް ރަނޅަށް އެނގެއެވެ. އެހެން ކަމުން އޭނާވެސް އައިނާގެ ގައިމައްޗަށް ވެއްޓިގަނެ ގިލިގިލި ކޮށްޓަކޮށްޓަފައި ދިމާކުރަންފެށިއެވެ.
“ދަރިފުޅާ އައިނާ!” އާސިފާ ސިޓިންގް ރޫމަށް ނުކުތީ އައިނާމެން ސަކާރާތް ޖަހާއަޑުއިވިގެންނެވެ. “ބްރޭކަށް އައިސްވެސް ސަކާރާތް ޖެހޭތޯތަ ބަލަނީ؟ އާދޭ ސައިބޯން! ޔުނިފޯމް ހަޑިވެދާނެ!”
އައިނާ ސައިބޯން ދިއުމުން ޖަޒްލާ ދޮރުދޮށަށް ނުކުމެލިއެވެ. ހެނދުނުގެ ވަގުތުކަމުން މަގުމައްޗަށް ވެރިވެފައިވަނީ މަޑު ހޫނުކަމެކެވެ. ޖައްވަށް ވެރިވެފައިވާ ހަމަހިމޭންކަމުގެތެރެއިން އިވެމުންދިޔަ ހަމައެކަނި އަޑަކީ ކާޅު ގޮވާއަޑެވެ.
ޖަޒްލާ ދޮރުކަނީގައި ލެނގިލުމަށްފަހު ހަށަން ބަނދެލިއެވެ. 18 އަހަރު ވެފައިވާއިރުވެސް އޭނާގެ ހިތާ ކުޅެލާވަރުގެ ފިރިހެން ކުއްޖެއް އޭނާއަށް އަދި ފެނިފައެއްނެތެވެ. އެތަށް ފިރިހެނުންނެއް މިހާރުވެސް ވަނީ އޭނާއަށް ހުށައެޅުންތަށް ހުށައަޅާފައެވެ. ނަމަވެސް އޭގެން އެއްވެސް މީހެއްގެ ކިބައިގާ ޖަޒްލާ ބޭނުންވާ ސިފަތަކެއް ނުހުރެއެވެ. އޭނާ ބޭނުންވަނީ ފަންއިސްތަށިގަނޑަކާއި ދިގު އިސްކޮޅެއްގެ ވެރި ފިރިހެނެކެވެ. ބާމަތިފުޅާ ކަސްރަތީ ހަށިގަނޑެކެވެ. ހީލާއިރު ދެކޮލުގައި އަޑިކޮޅެއް ހެދެން ޖެހޭނެއެވެ. ހަމުގެ ކުލަ އަލި ވާންޖެހެއެވެ. ތުނބުޅި އެއްކޮށް ބާލާފައި ހުރެގެން ނުވާނެއެވެ. ވަރަށް ފިރިހެން ވަންތަ މީހަކަށް ވާންޖެހެއެވެ.
‘ޑްރީމް ބޯއީ’ ސިކުނޑީގައި ކުރަހަމުންދިޔަ ޖަޒްލާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނާގެ އަންނާރު އޮށްތަކެއްފަދަ ކުދި ހުދު ދަތްތަށް ފާޅުވެގެން ދިޔައެވެ. ހަމަހިމޭންކަން ފޫއަޅުވާލީ ސައިކަލެއްގެ އަޑަކުންނެވެ. ޖަޒްލާ މަގުގެ އެއްކޮޅަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތް އޮބި ނޯންވަރަށް ތެޅިގަނެއްޖެއެވެ. އެ ބޮޑު ދެލޯ ކުރިއަށް ވުރެ ބޮޑުވެއްޖެއެވެ. އަނގަ ކުޑަކޮށް ހުޅުވިއްޖެއެވެ. ގައިން ހީބިހި ނަގައިގަނެއްޖެއެވެ……
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



3rd part wex kamudhaane kamah ummeedhu kuran!!! 🙂
Vrh reethi… Ekamaku haadha kurey mi part
V nyc avahah up khdeythy v happy
Mi part vrh kuru…falhaa ahraathan balaa hin vaneee…
Vvvv.salhi … But thankolheh kuryyy… Waitin 4 dhi nxt prt
Thnkx all.. next part dhigukoh genesdheveythw balaanan In Sha Allah…
Maakuryy… BT nice..
…..v nice….maaakureee
V salhi mi part vess..ekam thankolheh kury
V salhi mi part ves
V nice
???!!!ethiba mashhooru mysmyhun kyhve baa e jazlaa ge “fans” ahvy
wen next part up luraaany?btw nice
Varah reethi ehkamuves varah kuru
.mi vaahaka ga vaa goi ves igijhe ooh
V v v v v salhi mibaives
Hoodyyyyyy please mi cmnt ah ijaaba dhy pls hoodyy dhen kon irakun next partplease goody nooniyya nuves nidheyne
wowwwwww….mi part ves hama obi…ekam hama thankolheh kury…
Wow!!! Awesome… Hoody ur get.. :* next part tomorrow genesdheynan dhw hoody??? 😛
Ops… aaf aaf.. I am very sorry… aslu ethankolhu olhunee ey…. but thnks bunedhineethee… 🙂
BTW, thnks hurihaa kudhinnah wex… In Sha Allah, maadhan next part up koh dheynan… 🙂
Loabi storyeh
varah salhi story eh
Areesh Izka Ishka
remal is updated to 2.4.3.plz update your wordpress theme
mirt ve v v lhi 🙂
Um hoody isn’t what makes you beautiful is by one direction!!!