Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 29

darkangel
May 26, 2015
5 Mins Read
21 Comments

“ކަމަނާގެ ވާންއުޅޭ ފިރިކަލުން މިއަދު މާލެ އާދޭ، އެއަރޕޯޓް އަށް ދާނަންތަ؟” ގޮނޑީގައި އިށިއިނދެފައި ސަނާގާތުން ކޮފީއެއްހަދައިދިނުމަށް އެދެމުން ރާއިން ޒާޔާއާ ސުވާލުކޮށްލިއެވެ. ރާއިން އެގޮތަށްވާހަކަ ދެއްކުމުން ސަނާގާތަށް ހިނިވެސް އައެވެ. ނަމަވެސް ޒާޔާގާތުގައި ދާންވާނެކަމަށް ބުނަމުން އޭނަވެސް ދިމާކޮށްލިއެވެ. ނަމަވެސް ޒާޔާ ބަހަކުން ބަހެއްނުބުނެ އިނީއެވެ. ރާއިންއަކަށްވެސް ސަނާއަކަށްވެސް ޖަވާބެއްނުދެއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނާނެކަންވެސް އޭނައަށް އެނގެއެވެ.

“4 ޖަހާއިރު ރެޑީވެގެން ހުންނާތި، ބަލާ އަންނާނަން” ކޮފީތަށި ހިފައިގެން ތެދުވަމުން ރާއިން ޒާޔާއަށް ބަލައިލަމުން ބުނެލިއެވެ. މިހާރު ރާއިން އެއުޅެނީ ކީއްވެގެންބާއޭ ހިތަށް އެރިއެރިއެވެ.

*******************

ރާއިން ބުނިގަޑިއަށް އޭނަ ޒާޔާބަލާއައެވެ. އޭރު ޒާޔާވެސް ތައްޔާރުވެގެން ކޮޓަރީގައި ހުއްޓެވެ. ރާއިން އައިސް ކޮޓަރީގައި ޓަކިޖަހާލުމުން ދޮރުހުޅުވާލައިފައި ނުކުތެވެ. ލަސްވަނީކަމުގައި ބުނަމުން ޒާޔާގެ ޖަވާބަކަށް މަޑުކުރުމެއްނެތި ރާއިން ހިނގައިގަތެވެ. ކޮޓަރީގެ ދޮރުލައްފާލަމުން ޒާޔާވެސް ރާއިންގެ ފަހަތުން ހިނގައިގަތެވެ.

“ޒެން ބުނި އޭނަ ރިސީވް ކުރަން އަންނައިރު ޒާޔާވެސް ގޮވައިގެން އަންނާށޭ” ދެމީހުން ސިޑިންފައިބައިގެން އައި މަންޒަރުފެނިފައި ތަނަކަށްދަނީތޯ ސަލްމާ ސުވާލުކޮށްލުމުން ރާއިން ބުނެލިއެވެ. އޭރު ޔާސިރުވެސް ސަލްމާގާތުގައި އިށިއިނދެލައިގެން އިނެވެ. ބައްޕަގެ މޫނުމަތިން އަދިވެސް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަން ހުރުމުން އަވަހަށް އިސް އޮބާލަމުން ގެއިން ނުކުންނަން ހިނގައިގަތެވެ.

ކާރުކައިރިއަށްގޮސްފައި ރާއިން ކުރީސީޓުގެ ދޮރުހުޅުވާލުމުން ޒާޔާ ފަހަތުސީޓުގެ ދޮރުހުޅުވާލަމުން އެރިއެވެ. އައި ރުޅީގައި ބާރަށް ދޮރުފަތްޖަހާލަމުން އަނެއްފަރާތަށްގޮސް ޑްރައިވަރު ސީޓްގައި އިށިއިނދެލިއެވެ.

“ކީއްވެގެން ދޮގުހެދީ، އަހަންނަށް އެނގޭ ޒަޔާން ނުބުނޭކަން އަހަރެން ގޮވައިގެން ދާކަށް” ކުޑަދޮރުން ބޭރުބަލަން އިނދެގެން ޒާޔާ ސުވާލުކޮށްލިއެވެ.

“ޒާޔާކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭކަށް އަހަންނަކަށް ނުޖެހޭ” އެހެން ބުނަމުން ރާއިން ލަވައެއް ޖަހާލިއެވެ.

“އެހެންވީރު ރާއިން ބުނާ ކޮންމެކަމެއް ކުރާކަށްވެސް އަހަންނަކަށް ނުޖެހޭ…. ކާރު މަޑުކުރޭ..” ނަމަވެސް އެއަޑު އިވުނުކަމަށް ނުހަދާ ރާއިން ޖަހާފައިހުރި ލަވައިގެ އަޑު އެއަށްވުރެވެސް ބާރުކޮށްލިއެވެ. ޒާޔާގެ ރުޅިވެސް ވީގަދައެވެ. ހިތްހަމަ ނުޖެހިފައި ބޭރުބަލަހައްޓައިގެން އިނީ އެހެން ދިމާއަކަށް ނުބަލަންވެގެން ކަހަލައެވެ.

ޓާރމިނަލް ކައިރިއަށްގޮސްފައި ކާރު ޕާކުކުރުމަށްފަހު ދެމީހުން ފޭބިއެވެ. ޒާޔާއަށް ބަލާލުމެއްވެސް ނެތި ރާއިން މަގުހުރަސް ކޮށްލިއެވެ. އަދި ކުއްޔަށް ހިފާފައި އޮތް ލޯންޗުގެ ފަޅުވެރި ކުއްޖާގާތުގައި މަޑުކޮށްލިއެވެ. ޒާޔާ ކޮބައިތޯ ބަލާލަންވެގެން ފަހަތަށް އެނބުރުނުއިރު ޒާޔާހުރީ އަދިވެސް މަގު އަނެއްފަރާތުގައެވެ. ދުއްވާއެއްޗެހި ގިނަކަމުން ކްރޮސް ނުކުރެވިފައެވެ. ކުޑަކޮށް ހިނިއަންނަން އުޅުނުކަމުގައި ވިނަމަވެސް ސީރިއަސްކަން މޫނުމައްޗަށް ގެންނަމުން ޒާޔާކައިރިއަށް ދިޔައެވެ. ދިޔަގޮތަށްގޮސް ޒާޔާގެ އަތުގައި ހިފާލިއެވެ. ޒާޔާ ރާއިންގެ އަތްފޮޅުވާލަން މަސައްކަތް ކުރުމުން ކުރިއަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. މަގުގެ އަނެއްފަރާތަށް ކްރޮސް ކޮށްލުމަށްފަހު ރާއިން ޒާޔާގެ އަތުން ދޫކޮށްލިއެވެ.

     ޒާޔާ ރާއިންގެ މޫނަށް ބަލާލިއެވެ. ރާއިންގެ މޫނުން އެފެންނަ ކުލަވަރަކީ ކޮބައިބާއޭ އޭނަ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ރާއިން އެދައްކަނީ އެހެން މަންޒަރެކޭ ހިތަށް އިހުސާސްވަމުން ދިޔައެވެ. ނޫނީ އެއީ އެތަށް ދުވަހަކަށްފަހު އޭނަ އަދިވެސް ރާއިންދެކެ ލޯބިވެއޭ ބުނެވުނީމަ އިހުސާސްވާކަމެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. ފޮރުވިފައިވާ ސިއްރެއް މިކަމުގެ ތެރޭގައިވެއޭވެސް ފުރަތަމަ ފަހަރަށް ހިތަށްއެރިއެވެ. ނަމަވެސް އެހެން ހިތަށް އަރަންވީ ސަބަބެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ރާއިންގެ ލޮލުން އޭނައަށް އަދިވެސް ލޯބި ވާކަން އިހުސާސް ކުރެވެނީއެވެ. ރާއިން އޭނަ ދެކެ ލޯބި ވެއޭ އެވަރަކުން އެބުނީ ކީއްވެބާއެވެ. ރާއިން އެވަރަކުން އޭނައާއި ޒަޔާންގެ ކައިވެނި ކުރުވަން އެއުޅެނީ ކީއްވެބާއެވެ.؟ ލޯންޗު ތެރޭގައިވެސް ޒާޔާއަށް އިނދެވުނީ އެހިޔާލުތެރޭގައެވެ.

     ކުޑަދަތުރަކަށްފަހު ހުޅުލެއަށް އާދެވިއްޖެއެވެ. ޒަޔާންމެންގެ ފްލައިޓް ޖައްސަން އަދި ކުޑަވަގުތުކޮޅެއް އޮތެވެ. ނަމަވެސް މާކަށް ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ފްލައިޓުން ފައިބައިގެން އެރައިވަލްސް ގޭޓްއިން މީހުންތައް ނުކުންނަން ފަށައިފިއެވެ. ޓްރޮލީއެއްގައި ދަބަސް ލައިގެން އައި ޒަޔާންއަށް ރާއިން ކައިރީގައި ހުރި ޒާޔާފެނިފައި ހިނިތުންވެލެވުނެވެ. ރާއިން މިކަހަލަ ސަޕްރައިޒް އެއް ދީފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ޒާޔާގެ ރީތިމޫނު ފެނުމުން ބުނަންނޭނގޭ އުފާވެރިކަމެއް ހިތަށް ވެރިވިއެވެ. ކިތަންމެ ގިނައިން އެމޫނަށް ބެލިކަމުގައިވިނަމަވެސް އޭނަ ފޫހިނުވާނެކަން އެނގެއެވެ. ޒާޔާގެ ހިޔާލުވެރިވިޔަސް އޭނަގެ ތުންފަތްމައްޗަށް އުފާވެރިކަން ވެރިވެއެވެ. އެއަތުގެ ތެރެއަށް ޒާޔާ އަބަދު ގެންނަން ބޭނުންވެއެވެ. ނަމަވެސް މާ ކްލޯޒް ކޮން އުޅުމުން ޒާޠާ ހިތްހަމަނުޖެހިދާނެތީ އޭނައަށް ނުކެރެނީއެވެ. އަދިވެސް ޒާޔާގެ އުޅުމުގައި ބީރައްޓެހިކަމެއް އެކުލެވޭކަން ފާހަގަވެއެވެ. ޒާޔާގެ ހިތް އަތުލުމަށް އިތުރަށް ކުރަންވީ ކީއްބާއޭވެސް ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ދެން މާގިނަ ދުވަހެއް ނެތްތާއެވެ. އޭރުން ޒާޠާ ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ. ރާއިންގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ޒާޔާގެ ކައިރިއަށް އޭނަ ޖެހިލިއެވެ.

“ކުޑަކޮށް ޒެން ސަޕްރައިޒް ކޮށްލީ” ޒާޔާއާ ދިމާއަށް ރާއިންވެސް ނަޒަރު ހުއްޓާލިއެވެ.

“އަސްލުވެސް ވަރަށް ހެޕީވެއްޖެ، އެންމެފުރަތަމަ ޒާ ފެނުނީމަ،” ޒަޔާން ޒާޔާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. ދަބަސްތައް ލާފައިހުރި ޓްރޮލީ ދުއްވަމުން ރާއިން ކުރިން ހިނގައިގަތެވެ. އޭނަގެ ފަހަތުން ޒާޔާއާއި ޒަޔާންވެސް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަނެފައި ޒަޔާން ޒާޔާގެ އަތްތިލައާ އަތް ގުޅުވާލިއެވެ. އެހެން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އުނދަގޫވެފައިހުރި ނަމަވެސް ޒާޔާއަކަށް އަތް ދުރުކޮށަލާކަށް ނުކެރުނެވެ. އޭނަގެ ހިޔާލާއި ސިކުނޑީގައިވަނީ ރާއިންގެ ހިޔާލެވެ.

ގެއަށް އައި މަގުމަތީގައިވެސް ޒާޔާއިނީ ބަސްމަދުވެފައެވެ. ޒަޔާންއަށްވެސް އެކަން ފާހަގަކުރެވުނެވެ. ސުވާލެއް ކޮއްފިނަމަ ގިނަފަހަރަށް ޖަވާބުދެނީވެސް ބޮލުގެ އިޝާރާތުންނެވެ.

“ޒާ ކަމެއްވީތަ؟” އެންމެ ފަހުން ޒަޔާންއަށް ނީނދެވިގެން ސުވާލުކޮށްލިއެވެ.

“އޯ ކަމޯން ވެދާނެއްނު ޒާ އެއިނީ މާބޮޑަށް ހެޕީވެފައިކަމަށްވެސް، ޖަސް އެހެންމީހަކު މިތާގައި އިނީމަ އެކަން ފާޅުނުކޮށް އިނީކަމަށްވެސް ދޯ ޒާ، ގެއަށް ދެވޭލެއް ލަސްވެފަކަންނޭނގެ އޮންނާނީ ހަގްކޮށްލާއިރު” ޒާޔާ އެއްޗެކޭބުނުމުގެ ކުރިން ރާއިން ޒަޔާންގެ ސުވާލަށް ޖަވާބުދިނެވެ. ރާއިންގެ ޖަވާބުއަހާފައި ޒާޔާ ލަދުވެސް ގަތެވެ. ރާއިން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ޒަޔާންވެސް މަޖާވެލާފައި ޒާޔާއާއި ދިމާނުކުރުމަށް ރާއިންގެ ގައިގައި ޖަހާލަމުން ބުނެލިއެވެ.

“ދަރިފުޅުމެން ތިއައީ ދޯ؟” ގޭތެރެއަށް ވަދެވުމާއިއެކުހެން އިވިގެން ދިޔައީ ބަލްގިސްގެ އަޑެވެ. “މަންމަމެންވެސް ގޮވައިގެން އައިނަމަ” ޒަޔާން ބަލްގިސްގާތުގައި އިށިއިނދެލިއެވެ.

“މާމާ ދެން އަބަދު ދޮންދައްތަމެން އަކަށްވެސް ނާދެވޭނެއްނު، ދެން ޒަޔާންމެންގެ ކައިވެންޏަށް މާގިނަދުވަހެއްވެސް ނެތެއްނު، އޭރުން އަނެއްކާވެސް އެންމެން އަންނާނެ، އެހެންނޫނަސް ޒަޔާންވެސް މިހާރު މާ މާލެވެގެން އެއުޅެނީ އެހެންކަމެއްވެގެނެއްނު ދޯ ދޮންބޭ؟” މިފަހަރުވެސް އެހެންމީހަކު އެއްޗެކޭ ބުނުމުގެ ކުރިން ރާއިން އެދޭތެރެއަށް އަނގަބާނައިފިއެވެ. ޝާންވެސް ރާއިންއާއި ބައިވެރިވެގެން ޒަޔާން އާއި ދިމާކޮށްލިއެވެ. މާލޭގެ ނަންބުންޏަސް ފޫހިވާމީހާ މިހާރު ކޮންމެ ދެމަހުން އެއްމަހަކު މާލެ އަންނަކަމަށް ބުނަމުން ދިމާކުރިއެވެ.

“ދެން ޒާޔާއާއި މެރީ ކުރެވުނީމަ އަހަރުން މިއީ ތިބިބަޔަކަށްވެސް ހަދާނުލާނެ، މާލެ ނުވެސް އަންނާނެ” ރާއިން ބުނީ އޭނަ ބޭނުންވާގޮތޭ ޒާޔާއަށް ހީވިއެވެ. އޭނަ ކައިވެނިކޮށްގެން މިގެއިން ދިއުމަށްފަހު އެނބުރި އެންމެފަހަރަކުވެސް އަންނަން ރާއިން ބޭނުން ނުވަނީބާއޭ ހިތަށްއެރިއެވެ. ހިޔާލުތަކުން ބޯހާސްކުރުމުން ޒާޔާ އެންމެފަހުން ކޮޓަރިއަށް ދާންތެދުވިއެވެ.

ކޮޓަރިއަށް ވަނުމަށްފަހު ޒާޔާއަލަމާރި ހުޅުވާލިއެވެ. އޭނަ ޅެންލިޔާފޮތުގެ ތެރޭގައި އޮތް ރާއިންގެ ފޮޓޯނަގާ އެއަށް ބަލަހައްޓައިގެން ހުއްޓެވެ. ލޯފެންކަޅިވެގެން ކަރުނަތައް ފޭދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ.

“ރޮނީތަ؟” ދާދިކައިރިން އިވުނުއަޑަށް ސިހިފައި ޒާޔާއަށް ފަހަތްބަލާލެވުނެވެ. ކުރިމަތީގައި ހުރީރާއިންއެވެ. މޫނުފޮހެލީ އެހާލު ކޮންމެހެން ރާއިންއަށް ދެއްކުމުގެ ބޭނުމެއް ނެތީމައެވެ.

“އަހަރެން ބުނިންދޯ އަހަރެންގެ ކައިރިއަށް ތިހެން ނާންނާށޭ، އަހަރެން ރުޔަސް މަރުވިޔަސް ރާއިންއާއި ކޮން ބެހޭކަމެއްތަ؟” ޒާޔާހުރީ ހިތްހަމަނުޖެހިފައެވެ.

“ތަންތަނަށް އެއްޗެހި އުކާފަ އަންނަންޏާ ދެން ޖެހޭނީ މިހެން އަންނަންދޯ، އެން އަހަރެންގެވެސް ކޮންމެހެން އިންޓެރެސްޓްއެއްނެތޭ މިތަނަށް އަންނާކަށް” އަތުގައި ޒާޔާގެ ކުޑަދަބަސް އެނދުމައްޗަށް އެއްލަމުން ރާއިން ދާން ހިނގައިގަތެވެ.

“އިންޓެރެސް ނެތީމަދޯ ދަންވަރުގަޑީގަ އައިސް ގަދަކަމުން ކިސްކުރަނީ؟” ރާއިންގެ ޖުމްލަނިމޭއިރަށް ޒާޔާ ބުނެލިއެވެ. ނަމަވެސް އޭނަ އެހެންބުނީ ގަސްތަކުނޫނެވެ. ހިތްހަމަނުޖެހިފައި ހުރިގަޑިއެއްގައި އެހެން ހިތަށްއެރީމަ ދުލުން ބުނެވުނީއެވެ.

ހީނުކޮށްހުއްޓާ ޒާޔާ އެކަހަލައެއްޗެއް ބުނުމުން ރާއިންއަށްވެސް ހުއްޓުންއެރިއެވެ. އަނގަ ސަކަރާތްވެފައި ހުރެ ޒާޔާއާއި ދިމާއަށްބަލައިލިއެވެ. އެއްޗެކޭބުނަން އުޅެފައިވެސް އަޅާނުލާ އެކޮޓަރިން ނުކުމެގެން ދިޔައެވެ.

     ދެދުވަހެއްވީއިރު ޒާޔާއަށް ބަދަލުތަކެއް އައިސްފިކަން ޒަޔާންއަށް ޔަގީންކުރެވިއްޖެއެވެ. އޭނަ ވާހަކަ ދެއްކިޔަސް މާބޮޑުސަމާލުކަމެއް ނުދޭތީއެވެ. ގިނަވަގުތު އޭނައަށް ނުފެނި އުޅެން މަސައްކަތްކުރާހެން ހީވާތީއެވެ.  ނަމަވެސް އެކަމުގެ ސަބަބުނޭނގޭތީ އޭނަހުންނަނީ ފިކުރުބޮޑުވެފައެވެ. ޒާޔާގެ ވާހަކަ ގިނައިން އަހާއޮޅުންފިލުވަނީ ސަނާގާތުންކަމުން އޭނައަށް މިފަހަރުވެސް ޒާޔާއަށް ވެފައިވާގޮތެއް އޮޅުންފިލުވުމަށް އަހާލެވުނީ ސަނާގާތުގައެވެ. ނަމަވެސް ސަނާއަށް އެކަހަލަ ކަމެއް ފާހަގަ ނުކުރެވޭކަމަށް ބުނެލިއެވެ. އަދި ފަހަރެއްގައި ކައިވެނި ކުރެވޭދުވަސް ކައިރިވާތީ އެކަމާ ވިސްނާތީ އައިބަދަލެއްކަމަށްވެސް ވެދާނެއޭ ބުނެލިއެވެ.

     ރޭގަނޑު ކައިގެން އެންމެން ސިޓިންގރޫމުގައި ވާހަކަ ދައްކާލާހަދަން މަޑުކޮށްލިއެވެ. ކުޑައިރުކޮޅަކު ޓީވީބަލަން ތިބުމަށްފަހު ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ވަންނަންފަށައިފިއެވެ. ޒާޔާއިނީ ޒަޔާންއިނުމުން އެތެރެއަށް ދާން ނުކެރިފައެވެ. މިވީ ތިންދުވަހުގެ ތެރޭގައިވެސް އޭނަ މަސައްކަތް ކުރަމުންދިޔައީ ޒަޔާންއާއި ވީހާވެސް ދުރުގައި އުޅެވޭތޯއެވެ. ނަމަވެސް އެހެން ކަންތައްކުރާކަށް ނުވާނެކަން އޭނައަށްވެސް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނަގެ ވާންއުޅޭ ފިރިމީހާއެވެ. 4 މަހެއްހާދުވަސްފަހުން އެމީހުންގެ ކައިވެނިވެސް ކުރެވިދާނެއެވެ. ވީއިރު އެހެން ހިޔާލުތައް އެހިތުން ނެރެން އެބަޖެހެއެވެ. ފަހަރަކު މީހަކު މަދުވަމުންގޮސް އެންމެފަހު ޒާޔާއާއި ރާއިން އަދި ޒަޔާން އެކަނި ވެއްޖެއެވެ. ޒަޔާންއާއި ރާއިން ތިބީ ޖެހިޖެހިގެނެވެ. ވަކިން ހުރި ސޯފާއެއްގައި ޒާޔާއިނެވެ. ޒަޔާން ކޮންމެވެސް އެއްޗެކޭ ސިއްރުން ރާއިންގާތުގައި ބުނެލުމުން ރާއިން ހިނގަނޑެއް ޖަހާލާފައި ތެދުވިއެވެ. ޒާޔާއެއިން އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާފައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ޚުޑައިރުކޮޅެއްފަހުން ސިޑިކައިރީގައި ހުރެފައި ރާއިން ޒަޔާންއަށް ގޮވާލިއެވެ. އެއާއިއެކު ޒަޔާން ރާއިންކައިރިއަށްދިޔައެވެ. ރާއިން އޭނައަށް ދިއްކޮށްލީ ކާރުގެ ތަޅުދަނޑިއެވެ. “ހޭވްފަން ” އޭ ބުނެލަމުން ރާއިން ސިޑިން އަރައިގެން ހިނގައްޖެއެވެ.

     ޒަޔާން ޒާޔާކައިރިއަށް އައިސްފައި އަތްދިއްކޮށްލީ ތެދުވާށޭ ބުނުމަށެވެ. ޒަޔާނގެ އަތްތިލައިގައި ހިފާލަމުން ޒާޔާތެދުވިއެވެ. ޒާޔާގެ އަތުގައި ހިފާލައިގެން ޒަޔާން ނުކުތީ ގެއިން ބޭރަށެވެ. ޒާޔާ އެއްވެސް ސުވާލެއްވެސް ކޮށްނުލައެވެ. އޭނައެކޭ ޗާބީ ދީފައިވާ ބުދެކޭ އެއްފަދައެވެ. ގަރާޖުން ކާރުނެރުމަށްފަހު ޒާޔާކައިރިއަށް އައިސް ދޮރުފަތް ހުޅުވާލަދިނެވެ. ކުޑަކޮށް ހިނިތުންވެލާފައި ޒާޔާ ކާރަށް އެރިއެވެ. ރީތި އިނގިރޭސި ލަވައެއް މަޑުމަޑުން ޖަހާލަމުން ޒަޔާން ކާރުދުއްވާލިއެވެ.

ކުޑަކޮށް ކާރު ދުއްވާލުމަށްފަހު ޒަޔާން ރާޅުގަނޑު ސަރަހައްދުގައި ކާރު ޕާކުކޮށްލިއެވެ. އެހުރިހާއިރުވީއިރުވެސް ބަހެއްވެސް ބުނެނުލާ އިސްޖަހައިގެން ޒާޔާއިނެވެ. ޒަޔާން ގޮނޑިއަށް ހަށިގަނޑުދަމާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. މިއަންހެންކުއްޖާ އޭނަގެ ހިތަށް މިފޯރުވަނީ ހާދަބާރެކެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ޒަޔާން ޒާޔާގެ އަތުގައި ހިފާލިއެވެ. އަދި ލޯބިންފުރިގެންވާ އަޑަކުން ޒާޔާއަށް ގޮވާލިއެވެ. އިސްއުފުލާ ޒާޔާ ޒަޔާންއަށް ބަލާލިއެވެ.

“އަހަރެންގެ ފަރާތުން ހިތްހަމަނުޖެހޭކަމެއްވީތަ؟” ޒާޔާގެ ކޯތާފަތުގައި ލޯބިން ފިރުމާލަމުން ޒަޔާން ސުވާލުކުރިއެވެ. އޭނަގެ އަޑުންވެސް ޒާޔާއަށް އައިސްފައިވާ އެބަދަލުން ދެރަވެފައިވާ މިންވަރު ހާމަވެއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަދި އެއްވެސް ކަމެއް ނުވާކަމަށް މަޑުމަޑުން ބުނެލިއެވެ. ޒަޔާން ޒާޔާގެ ނިތުގައި ބޮސްދިނެވެ. ޒާޔާއަށް ލޯމަރާލެވުނީ ނުތަނަވަސްކަން ފޮރުވުމަށެވެ. ލޯމަރާލައިގެން އިން ޒާޔާފެނިފައިފައި ޒަޔާންއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. ހިތްބޭނުންވި ކަންތައްކުރަން ޖެހިލުންވަނީ ޒާޔާ ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީއެވެ. ނަމަވެސް މަޑުމަޑުން ކައިރިވަމުންދިޔައީ އިތުރަށް ކެތްނުވުމުންނެވެ. ޒަޔާންގެ ހޫނުނޭވާތަށް މޫނަށްއެޅޭ އިހުސާސްކުރެވިގެން ޒާޔާ ލޯހުޅުވާލިއެވެ. ނަމަވެސް އެހާއަވަހަށް ލައްޕާލީ ޒަޔާންގެ ލޮލާއި ހަތަރުކަޅިހަމަވުމުންނެވެ. ބޭނުންނުވިޔަސް އޭނައަކަށް ޒަޔާން ދުރުކޮށްލާކަށް ނުކެރުނެވެ. މިވީ އަހަރެއްހާދުވަސް ތެރޭގައިވެސް ޒަޔާން އޭނައާއި އެއްވެސްވަރަކަށް އެގޮތަށް ކައިރިވެފައެއްނުވެއެވެ. އޭނަބޭނުންވި ދުރުކަންދިނީ ކޮންމެހެން އޭނަ ބުނެގެނެއްނޫނެވެ. އަމިއްލައަށް ފެނިގެނެވެ.

     ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން މަރާލެވިފައިވާ އެދެލޮލުގައި ޒަޔާން ބޮސްދިނެވެ. ދެކކޯތާފަތުގައި ބޮސްދިނުމަށްފަހު އެތުންފަތުގައި ބޮސްދޭންފެށިއެވެ. ޒާޔާގެ ލޮލުން ކަރުނަ ފާއްދާލީ އެވަގުތު އައިސްގެން ނުވާނެ ހިޔާލުތަކެއްވެރިވުމުންނެވެ. އޭނައަށް އެވަގުތުވެސް އެދެވުނީ ރާއިންއަށެވެ. ރާއިންގެ ބީހުމަށެވެ. ހިތާއި ދެކޮޅަށް ކިތަންމެ ވަރަކަށް ހަނގުރާމާ ކުރިޔަސް ކުރިނުލިބޭނެކަން ޒާޔާއަށް އިހުސާސްވިއެވެ. މިވަރުން އޭނައަށް ޒަޔާން އާއި އެކު ކެތްކުރެވޭނީ ކިހިނެތްހެއްޔެވެ؟ ޒަޔާންގެ އެންމެބީހުލުމެއްވެސް ބަލައި ނުގަނެވޭއިރު އޭނަ ޒަޔާންގެ އަންބަކަށްވެގެން ދިރިއުޅޭނީ ކިހިނެތްހެއްޔެވެ. އެންމެފަހުން އޭނައަށްޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޒަޔާންއާއި ދުރަށްޖެހިލުމަށްފަހު މޫނުގައި ދެއަތްއަޅާ ޒާޔާއަށް ރޮވެންފެށުނެވެ.

51
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

darkangel

Other Articles

Previous

ޝައިން ( ޕާޓް-9 )

Next

ކަޅު ފިނިފެންމާ… 2 ވަނަބައި

Next
May 26, 2015

ކަޅު ފިނިފެންމާ… 2 ވަނަބައި

Previews
May 26, 2015

ޝައިން ( ޕާޓް-9 )

21 Comments

  1. darkangle says:
    May 26, 2015 at 12:34 pm

    thank you last ep ah comment kuri hurihaa kudhinnah n exam ah gud luck kiyi huriha kudhinnavves. next ep will be uploaded on friday insha allah.

  2. meesh says:
    May 26, 2015 at 12:49 pm

    Thankss dark angle…. Mi story v nyc….

  3. Elysha says:
    May 26, 2015 at 12:50 pm

    Ohhh… Cute…

  4. hamy says:
    May 26, 2015 at 12:51 pm

    wow this story is awsome

  5. xee says:
    May 26, 2015 at 12:58 pm

    Wow varah furihama

  6. xoey says:
    May 26, 2015 at 1:45 pm

    V reethi stry eh. Keep it up. Waiting for next part.

  7. Zu says:
    May 26, 2015 at 1:54 pm

    . .Avahah up koh dheythi. Salhi

  8. yaaya says:
    May 26, 2015 at 1:55 pm

    Varah reethi mi part

  9. fathun says:
    May 26, 2015 at 2:03 pm

    kiyahithun indha minimuny thankolhe dhidu koh up kohdhyba pls

  10. neen says:
    May 26, 2015 at 2:16 pm

    Varah reethi mi story ☆ ☆ ☆ ☆ d

  11. Happii says:
    May 26, 2015 at 2:27 pm

    Zaa dhn buneba Raain dheke loabi vaa vaahaka… Raain and Zaa gulhuvaafa v loabi koh genesdhyba

  12. nihaa says:
    May 26, 2015 at 3:20 pm

    Wow.. Vrh nice

  13. Nash says:
    May 26, 2015 at 3:46 pm

    Nice

  14. marsha says:
    May 26, 2015 at 4:37 pm

    Hendhunu balaali iru up nuve iny, dhenme time vegen balasli iru up vefa inyma avahah kiyaaly,, welcone dark angle. My varsh rythi vashaka eh, varsh kiyaalaa hiyvaa kothakah liyefa hunnany, very nice, very nice,,, inthizaaring for friday. Thanx

  15. swyty girl says:
    May 26, 2015 at 5:26 pm

    Wow vo salhi

  16. swyty girl says:
    May 26, 2015 at 7:00 pm

    Dhn miharu kamaku nudhey… Raain nugulhuvaathy.. Ekm vvv vvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi… Friday lahey

  17. mary says:
    May 26, 2015 at 9:39 pm

    VVVVVVVV REETHI MI PART VESS

  18. shifa says:
    May 27, 2015 at 2:12 pm

    ♡♡♡♡♡

  19. swyty girl says:
    May 27, 2015 at 4:51 pm
  20. swyty girl says:
    May 29, 2015 at 10:25 am

    Kba when upload vany can’t wait any more… V dhigukh dhw

  21. ii says:
    May 29, 2015 at 10:15 pm

    Mee fridayy, adhi vx nuve

Comments are closed.

All Right Reserved!