Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 2 ވަނަބައި

Hoody Level 310 Stories100 Comments
May 26, 2015 5 Mins Read
18 Comments

ލެއްޕިފައިހުރި ފާހާނައިގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. އެ ފާހާނައިގެތެރެއިން ފެންނަމުންދިޔަ ފުން އަނދިރިކަމުގެ ތެރެއިން ކުއްލިއަކަށް ކުޑަކުޑަ ރަތް ދެލޯ ދިއްލުނެވެ. އެ ދެލޯ އަމާޒުވެފައިވަނީ ނިދާފައި އޮތް ޖަޒްލާއާ ދިމާއަށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އެ ދެލޯ ފަނޑުވަމުންގޮސް ގެއްލުނެވެ.

******

   ހަމަ ހިމޭން ރޭގަނޑަކަށްފަހު މާހައުލު ހަލަބޮލި ކުރަމުން އިރު އުދަރެހުން ބޯދިއްކޮއްލިއެވެ. ފިނިފިނި ފަތިހަކަށްފަހު މަޑުމަޑު ހޫނުކަމެއް ފަޒާގައި ފަތުރާލިއެވެ. ކާޅުތަކައި ކޮވެލިތަށް އޭގެ ޑިއުޓީ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. ހާ އޭގެ ނަލަ އަޑުން އިރު އަރައިފިކަން އިޢުލާނު ކުރަންފަށައިފިއެވެ.

  ޔައީޝް އަށް ލޯ ހުޅުވަލެވުނީ ގަޔަށް ހޫނުވާން ފެށުމުންނެވެ. އެއިރު ކުޑަދޮރުގެ ފޮތިގަނޑު ކަހާލައިފައި ހުއްޓެވެ. އިރުގެ ރަން އަވިން މުޅި ކޮޓަރިތެރެ ދިއްލާލާފައިވެއެވެ. ޖަޒްލާއެއް ފެންނާކަށް ނެތެވެ. ޔައީޝް މަޑުމަޑުން ތެދުވެ އިށީނެވެ. އިރުކޮޅަކުން އިވުނީ ދޮރު ހުޅުވަފައި މީހަކު ވަން އަޑެވެ. ބަލައިލިއިރު ޖަޒްލާ ކޮފީ މަގް ހިފައިގެން އަންނަނީއެވެ.

   ޔައީޝްގެ ދެ ލޯ އަމާޒުވެފައި ހުރީ ކޮފީ މަގް ހިފައިގެން އަންނަ ޖަޒްލާ އާ ދިމާއަށެވެ. އޭނާގެ ސިކުނޑީގައި އެވަގުތު ކުރެހިފައިވަނީ ޝައިމާގެ ތަސްވީރެވެ. އޭނާއަށް ޖަޒްލާ ފެންނަމުންދިޔައީ ޝައިމާގެ ސިފައިގައެވެ. ޖަޒްލާއާ ދިމާއަށް އެހާ ގިނައިރުވަންދެން ބަލަން އިނދެވުނީ އެހެންވެއެވެ.

” ގުޑް މޯނިންގް” ޖަޒްލާ ބުންޏެވެ. ނަމަވެސް ޔައީޝް އަށް އިވުނީ ޝައިމާގެ ހަމަހިމޭން އަޑެވެ. ޔައީޝް ބަލަހައްޓައިގެން އިނުމުން ޖަޒްލާ ލަދުގަންނަ ގޮތްވިއެވެ. ތުންފަތުގައި ދަތް އަޅާލިގޮތުން ޔައީޝްގެ ގައިން ހީބިހި ނެގިއެވެ. ޝައިމާވެސް ލަދުގަތުމުން ތިރީ ތުންފަތުގައި ދަތްއަޅާލަނީ ހަމައެހެންނެވެ. ޖަޒްލާ ހަދާލިގޮތަކުން ކުއްލިއަކަށް ހޫނު ކޮފީ ތަށި ބަންޑުން ވީ ޔައީޝްގެ ގަޔަށެވެ.

   ސިހިފައި ޔައީޝްއަށް ލޯ ހުޅުވަލެވުނެވެ. ފެނުނީ ހުވަފެނެކެވެ. ބަލައިލިއިރު ކައިރީގައި ޖަޒްލާ ގަދައަށް ނިދާފައި އޮތެވެ. ލާފައިވާ ބާރު ޓީޝާޓް ބަނޑާދިމާއިން ކެހިފައިވުމުން ޖަޒްލާގެ ރީތި ދޮން ބަނޑު ހާމަވެފައި ވެއެވެ.

ޔައީޝް ޖަޒްލާގެ ޓީޝާޓަށް ދަމާލާ ރަނގަޅުކޮށްލިއެވެ. އަދި ގަޑި ބަލައިލިއެވެ. 6 ޖަހަނީއެވެ. 7 ޖަހާއިރު އޭނާ އޮފީހަށް ދާންޖެހޭނެއެވެ.

   ފާހާނައިން ނުކުތްއިރުވެސް ޖަޒްލާ ހަމަ އޮތްގޮތަށް ނިދާފައި އޮތެވެ. ނިދިގަދަ އަންހެނެއްތާއޭ ޔައީޝްގެ ހިތަށް އެރިއެވެ. ކުޑަކޮށް ތައްޔާރުވެލުމަށްފަހު އޭނާ ކޮޓަރިން ނުކުތެވެ.

” ދަރިފުޅާ!” ސީމަ ހުރީ ބަދިގެތެރޭގައެވެ. ” މަންމަ ހީކުރީ ދަރިފުޅު ޗުއްޓީ ނަގާނެކަމަށް،”

  ޔައީޝް އައިސް ކަމޭޒު ކައިރީ އިށީނެވެ. އެއިރު ސީމާ ކޮފީ ހެދުމަށްޓަކައި ތަރުމޯޒުން ހޫނުފެން ޖޯޑަށް އަޅަނީއެވެ.

” ކޮންމެހެން ޗުއްޓީ ނުނެގިއަސް މެރީ ކުރެވިއްޖެއެއްނު،” ޔައީޝް މޭޒުމަތީހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނެގިއެވެ.

   ދުން އަރައަރާ ހުރި ކޮފީ ތަށި ޔައީޝް ކައިރީ ބެހެއްޓުމަށްފަހު ކުރިމަތީގައި ހުރި ގޮނޑި ދަމާލަމުން ސީމާ އިށީނެވެ.

” މަންމައަށް އެނގޭ ދަރިފުޅު ޖަޒްލާއާ ތި އިނީ މަންމަގެ އެދުމުގެ މަތިންކަން، އެކަމަކު މަންމަ ބުނަންއޮތީ ދެ ކުދިން ރަންގަޅަށް އުޅެއްޗޭ!” ސީމާ ޔައީޝްގެ މޫނަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ. ” ޖަޒްލާ ދެކެ ލޯބި ނުވިޔަސް ދެރަކޮށް ކަންތަށް ނުކުރާތި އިނގޭ!”

ކޮފީތަށި ހުސްކޮށްލުމަށްފަހު ޔައީޝް ތެދުވެގެން ހިނގައިގަތެވެ. މި މަންޒަރު ބަލަން އިން ސީމާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހަޤީޤަތުގައި ސީމާވެސް އިނީ ފާޑަކަށް ހިތް ހަމަ ނުޖެހިފައެވެ. ޝައިމާއާއި ޖަޒްލާގެ ހުރި ތަފާތު އެންމެ ފުރަތަމަ ދުވަހުވެސް އޭނައަށް ފާހަގަ ކުރެވުނީއެވެ.

ކުއްލިއަކަށް މޭޒުމަތީ އޮތް ފޯނު ރިންގްވިއެވެ.

” ހަލޯ!” ސީމާ ފޯނު ނެގިއެވެ. ” އާނ.. އާނ.. ބައްދަލުވުން ހުކުރު ވިލޭރެއަށް ހަދާ! އޭރުން ފަސޭހަވާނީ.. އާނ.. ” ސީމާއަކީ އެރަށު އަންހެނުން ކޮމެޓީގެ ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. އެހެންކަމުން އޭނާވެފައިވަނީ އެރަށުގައި ނަންހިނގާ ބަސްވިކޭ މީހަކަށެވެ.

***

  ޖަޒްލާއަށް ހޭލެވުނީ 11 ވެސް ޖެހިފަހުންނެވެ. މޯޅިއަކަށް ދެމިލަމުން ގަޑިއަށް ބަލަލިއެވެ. އެއާއެކު ކުޑަކޮށް ދެ ލޯބޮޑުކޮށްލަމުން ކުޑަވައި އިނގިލީގައި ދަތް އަޅާލެވުނެވެ. އެންމެ ފުރަތަމަ ދުވަހުވެސް ފިރިމީހާއަށްވުރެ ފަހުން ހޭލެވުމުގެ ސަބަބުން އޭނާ ލަދުގަންނަގޮތްވިއެވެ. އެނދުން ތެދުވެ އޭނާ ހިނގައިގަތީ ފާހަނައާ ދިމާއަށެވެ.

  މޫނުބަލާ ލޯގަނޑު ކުރިމަތީ ޖަޒްލާ ހުރީ ދަތް އުނގުޅާށެވެ. އެ ލޯގަނޑުން، ފާހާނަ ތައްޓާއި ފާހާނައިގެ ދޮރުފަތް ވަރަށް ރަނގަޅަށް ފެންނަން ހުންނާނެއެވެ. ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޖަޒްލާގެ ލޮލުގައި އަޅައިގަތީ ފާހާނަތަށީގެ ބިއްދޮށަށް ވަން ކަޅުކުލައިގެ އެއްޗެކެވެ. ބިއްލޫރިގަނޑަށް ފެން ބުރާފައި ހުރުމުން މާ ސާފުވާ ގޮތެއް ނުވިއެވެ. އޭނާ މަޑުމަޑުން ފަހާނަ ތައްޓާ ގާތްވާން ފެށިއެވެ. މަޑުމަޑުން އެއްއަރިއަކަށް ޖެހިލުމަށްފަހު ފާހަނަތަށީގެ ބިއްފަޅިއަށް ބަލަލިއެވެ. އެތާކު އެކައްޗެއްވެސް ނެތެވެ.

    އެއިރު ފާހާނަތަށީގެ އަނެއްފަޅިން ނުކުމެ މޫނުދޮންނަތަށި ބަހައްޓާފައި ހުރި ސްޓޭނޑްގެ ނިވަލަށް އެ މަހުލޫގު ވަންނަނީއެވެ. މި މަންޒަރެއް ޖަޒްލާއަކަށް ނުފެނެއެވެ. އޭނަ އަނެއްކާވެސް ދަތް އުނގުޅަން ފެށިއެވެ.

***

” އަހަނ! ދަރިފުޅާ ޖަޒްލާ! ހޭލެވުނީތަ؟” ސިޓިންގ ރޫމުގައި މަޖައްލާއަކަށް ގެއްލިފައި އިން ސީމާއަށް ކޮޓަރިން ނުކުމެގެން އައި ޖަޒްލަ ފެނުމާއެކު ލޮލުގައި އަޅާފައި އިން ނަންބަރު އައިނު ނަގާ މޭޒުގައި ބާއްވަމުން ތެދުވެގެން އައެވެ. ” ހިނގާ ސައިބޯން!”

***

” ކޯއްޗެއްތަ ޖަޒްލާއަށް އެންމެ މީރީ؟” ސައިތައްޓަށް ސަމުސާ ލައިގެން ތަލުވާލަތަޅުވާލަ އިން ޖަޒްލާއަށް ބަލަހައްޓައިގެން އިނދެ ސީމާ ބުންނެވެ. އޭނާގެ ބޭނުމަކީ ޖަޒްލާ އެ މާހައުލަށް ހޭނުވުމެވެ. މާ މަޑުން އިންނާތީ އެ ގޮތް ކަނޑުވާލާށެވެ. ނަމަވެސް ޖަޒްލާ އަކީ މަޖާ މިޒާޖެއްގެ ހަލަބޮލި ކުއްޖެއްކަން ސީމަ އަށްވެސް އެނގެއެވެ. އޭނާ އެހާ މަޑުން އެއިންނަނީ އަމިއްލަގެއަށް ނުވާތި ކަންނޭނގެއެވެ.

” ވަކި އެހެން މީރު އެއްޗެއް ނުހުރެ،” ތައްޓަށް ކުޅި މަސްކޮޅެއް އަޅާލުމަށްފަހު ރޮށްޓެއް ނަގަމުން ޖަޒްލާ ޖަވާބުދިނެވެ. ” ކޮންމެ އެއްޗެއްވެސް ހަމަ މީރު،”

“ދަރިފުޅާ! ޔައީޝްއަކީ ވަރަށް މަޑުން ހުންނަ ކުއްޖެއް އިނގޭ، އަނެއްހެން މާ ރުޅިގަދައެއް ނުވާނެ” ސީމާ އޭނާގެ ހަޤީޤީ މަޢުލޫއަށް އެނބުރިލިއެވެ. “ވަރަށް ސީރިއަސް މިޒާޖެއް ހުންނާނީ”

ޖަޒްލަގެ ޖަވާބަކަށްވީ ހަމަހިމޭންކަމެވެ. އޭނާ އިނީ ލަހުން ހޭލެވުމުގެ ސަބަބުން ލަދުގަނެފައެވެ. އޭނާގެ މަންމަ ކިތަންމެ ފަހަރަކު އަވަހަށް ހޭލުމަށް ނަސޭހަތް ދީފައިވެއެވެ.

” ކީއްވެ ތިހާ މަޑުން ތި އިންނަނީ؟ މިއީވެސް ދަރިފުޅުގެ ގެކަމަށް ދެކޭ އިނގޭ؟ ” ޖަޒްލާ އަނގައިން ނުބުނެ އިނުމުން އަނެއްކަވެސް ވާހަކަ ދެއްކީ ސީމާއެވެ.

ޖަޒްލާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.

ސައިބޮއެ ނިންމާލުމަށްފަހު ޖަޒްލާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ސީމާ އިނީ މި މަންޒަރު ބަލާށެވެ. ކައި ނިންމުމަށްފަހު ތަށި ދޮވެ ހަރުގަނޑުގައި ބެހެއްޓުމަކީ ޝައިމާ އެންމެ ފުރަތަމަ ދުވަހުވެސް ކުރި ކަންތައްތަކެވެ. މިއަދު ސީމާއަށް މި ފެންނަނީ އޭގެ އިދިކޮޅެވެ.

ޖަޒްލާ ކޮޓަރިއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ޓައިލްސްތަށް މަތީގައި ހުރި ފިނިފެންމާ ފިޔަތަށް ކަހާލުމަށްފަހު ޑަސްޓްބިނަށް އަޅާލިއެވެ. މި ކުޑަކުޑަ މަސައްކަތް ކޮށްލުމުންވެސް އޭނަ ހުރީ ވަރުބަލިވެފައެވެ. ނިތްކުރިން ހިއްލާފައި ހުރި ދާތިކިތަށް ފުހެލުމަފު ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި ޖައްސާލިއެވެ. ނެޓަށް ކަނެކްޓް ކޮށްލުމަށްފަހު ފޭސްބުކް ހުޅުވާލިއެވެ.

***

” އަހަރެން އޭނަ ދެކެ އެއްވެސް ލޯތްބެއް ނުވޭ!” ޔައީޝް ވަހަކަދެއްކީ އޭނަގެ އެކުވެރި ފަޒީލްއާއެވެ. “ފެނުނަސް ފޫހިވޭ!”

“ތީގަ ކުރާނެ އިތުރު ކަމެއް އޮބޮތްތަ؟ އެނގެއެއްނު ޖަޒްލާ ޔައީޝް ހާސިލްކުރަން އުޅުނު ގޮތް! ދެން ޖަޒްލާ ދޫކޮށްލައިފިއްޔާ އަމިއްލެއަށް މަރުވެދާނެ! އެހެންވީމަ ހަމައެކަނި އޮތްގޮތަކީ ލޯބި ނުވިޔަސް ލޯބިވާކަމަށް ހެދުން! ކުޑަކޮށް އެކްޓު ކޮށްލާ!” ފަޒީލް ބުންޏެވެ. އެދެމީހުން ވާހަކަދައްކަން ތިބީ އެމީހުންގެ ކެބިންގައެވެ. އެތާ މިވަގުތު އިތުރު މީހަކު ނެތެވެ.

” ފަޒޭ އަށްވެސް އެނގޭނެ އަހަރެން ޝައީ ދެކެ ލޯބި ވީވަރު! ޖަޒްލާ އެގޮތަށް ނޫޅުނުނަމަ އަހަރެން މުޅި އުމުރަށްވެސް ހުންނާނީ ހުސްހަށިބަޔަށް!” ޔައީޝް ސާބިތު ކޮށްދެމުން ދިޔައީ އޭނާ ޝައިމާދެކެ ވީ ލޯތްބެވެ.

“އެއްކަލަ ޔައީޝް!” ފަޒީލް ޗޮކެއް ކަނޑާލިއެވެ. “ތީއޭ މައްސަލައަކީ! ޔައީޝްއަށް ހަމަ ރަނގަޅަށް އެނގޭނެ ޝައިމާ ދެން އެނބުރި ނާންނާނެކަން، އަހަރެން ބުނަން އޮތް ވާހަކައަކީ ދެންވެސް ޖަޒްލާ ހިތުގައި ނުޖައްސާ ހަމަޖެހިގެން ދެމީހުން އުޅެވޭތޯ ބަލަށޭ!”

 ޔައީޝްގެ ބުރަކަށީގައި ޖަހާލަމުން ފަޒީލް ނުކުންނަން ހިނގައިގަތެވެ. ޔައީޝް ދަތްދޮޅީގައި އަތް އަޅުވާލަމުން އުޅަނބުށި މޭޒުގައި ވިއްދާލިއެވެ.

***

ކެކި ކެކި އޮތް ބިސްގަނޑު، ތަވައިން ނެގުމަށްފަހު ތައްޓަކަށްލަމުން ސީމާ ބުރުގާ ރަނގަޅުކޮށްލިއެވެ. އަދި އެއްކަންފަތުން ހެޑްސެޓް ނައްޓުވާލިއެވެ.

” ޖަޒްލާ!” ސީމާ ގޮވާލިއެވެ. “ދަރިފުޅާ ޖަޒްލާ!، އާދެބަލަ!”

ލެޕްޓޮޕް ދޮށުގައި އިން ޖަޒްލާއަށް ސީމާ ގޮވާއަޑުއިވުމުން އަވަސް އަވަހަށް “ލޮގްއައުޓް” ވުމަށްފަހު ބަދިގެއަށް ދިޔައެވެ.

“ކީކޭ މަންމާ!”

“މަންމަ ބުނީ، އެހެރަ ފުރިޖްގަ ހުންނާނެ މިރުސްކޮތަޅެއް” ބޮލުން އިޝާރަތްކުރަމުން ސީމާ ބުންޏެވެ. ” އެތަނުން ދެތިން މިރުސް ކޮށާ ދީބަލަ މަންމައަށް، މިއުޅެނީ ޔައީޝް އަންނަން ވާއިރަށް ފްރައިޑް ރައިސްކޮޅެއް ހެދޭތޯ!”

ޖަޒްލާ ގޮސް ފުރިޖް ހުޅުވާލިއެވެ. އެ ބުނާ ކޮތަޅު ފެންނަން އޮތެވެ. 3 މިރުސް ނަގައިގެން އައިސް ވަޅި ހޯދާލިއެވެ. އަދި ތައްޓެއް ހިފައިގެން އައިސް ސޯފަގައި އިނދެގެން މިރުސް ކޮށޭތޯ އުޅުނެވެ. އެއީ އޭނާ މުޅިން އަލަށް ކުރަން އުޅޭ ކަމެކެވެ. އެހެންކަމުން ވަރަށް އުނދަގުލުން މިރުސް ކޮށޭތޯ މަސައްކަތް ކުރިއެވެ.

މި މަންޒަރު ބަލަން ފަހަތުގައި ސީމާ ހުރިކަމެއް ޖަޒްލާ ނުދެނަހުއްޓެވެ. ދެއަތަށް ބޯ ހޫރަމުން ސީމާގޮސް ފިޔާ ކޮށުމުގައި އުޅެން ފެށިއެވެ. މީ ކިހިނެއް ބޮޑުކޮށްފައި ހުރި އަންހެނެއްބާއޭ ސީމާގެ ހިތަށް އަރަމުންދިޔައެވެ.

***

ގަޑިން 1 ގަޑި 17 އެވެ. ތިން މީހުން ކަމުންދިޔައިރު އިވޭ ހަމައެކަނި އަޑަކީ އުލާއި ސަމުސާ ތެޅޭ އަޑެވެ. ވެރިވެފައިވާ ހަމަހިމޭންކަމުން ސީމާއަށް އުނދަގޫވާކަހަލައެވެ.

“ހުކުރު ވިލޭރޭ އެބޮތް މަންމަމެންގެ ޖަލްސާއެއް، އެރޭ ގޭގަ ހުންނަން ޖެހޭނީ ޖަޒްލާ އެކަނި،” ސީމާ ކޮންމެވެސް ވާހަކައެއް ދައްކަންފެށިއެވެ. ” އެކަނި ހުންނަން ކެރޭނެތަ؟”

“މަންމަވެސް ދޯ! ޖަޒްލާ އެއީ ކުޑަކުއްޖެއްނޫނެއްނު، އެރޭ ތަންކޮޅެއް އަވަހަށް އޮފީހުން އާދެވޭތޯ ބަލާނަން” ޔައީޝް ޖަޒްލާއަށް ބަލާލިއެވެ. “ކެރޭނެ ދޯ އެކަނިން ހުންނަން؟”

ބޮޑުގެއެއްގައި އެކަނިން ހުރުމަކީ ޖަޒްލާ އެންމެ ބިރުގަންނަ އެއް ކަންތަކެވެ. ނަމަވެސް އޭނާއަށް އެހެން ބުނާކަށް ނުކެރުނެވެ. އެހެންކަމުން ބޯޖަހާލަމުން ހިނިތުންވެލީއެވެ.

***

ވިދާލުމައެކު އަނެއްކާވެސް ބާރު ގުގުރިއެއް ޖަހާލިއެވެ. އަނދިރި ރޭތަކުގެ ތެރެއިންވެސް އާދަޔާހިލަފަށް އަނދިރި ރެއެކެވެ. ވައިބާރުކަމުން ހީވަނީ ފުރާޅުވެސް ހޫރާލަފަނެހެންނެވެ. ވިލާގަނޑު ބޯވެފައި ކަޅެވެ. އުޑުމަތިން އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. މާގިނައިރުތަކެއްނުވެ ވިއްސާރަ ވެހެން ފަށާނެކަން ކަށަވަރެވެ.

” ދަރިފުޅާ! މަންމަ ދަނީއިނގޭ، ވާރޭ ވެހެން ފެށުމުގެ ކުރިން ޖަމުއްޔާ ގެއަށް ފޯރާތޯ ބަލަން ޖެހޭނެއެއްނު، ޖަލްސާ ފެށެން ބަކީ 15 މިނެޓް” ސިމާ ގެއިން ނުކުންނަން ހިނގައިގަތެވެ.    “ދޮރުތަށް ތަޅުލައިގެން އިންނާތި!”

ސީމާ ނުކުތުމާއެކު ޖަޒްލާ ދޮރު ތަޅުލިއެވެ. އެވަގުތު ގުގުރާލިއަޑު އިވުނެވެ. ފުރާޅުވެސް ތެޅިލިއެވެ. ޖަޒްލާ އަވަސް އަވަހަށް ކޮޓަރިއަށް ދާން ހިނގައިގެން ވަގުތު ވަރަށް ބޮޑަށް ވިދާލިއެވެ. ދެވަނަ ސިކުންތުގައި ޖަހާލި ބާރު ހޮނު ގުގުރިއާއެކު ގެއިން ކަރަންޓުކެނޑިގެން ދިޔައެވެ. މުޅި ތަނަށް ވެރިވެގެން ދިޔައީ ފުން އަނދިރިކަމެކެވެ. ދެލޯ ކަނުވިފަދައެވެ.

ޖަޒްލާއަށް ހިވީ މޭގަނޑު އަނގައިން އައިހެންނެވެ. ފާޑަކަށް ހަޅޭވެސް ލަވައިގަނެވުނެވެ. ޖީބުގައި އަތްލިއިރު ފޯނެއްނެތެވެ. ފޯނުވީ ކޮޓަރީގައިކަން ހަނދަންވީ އެވަގުތެވެ. ފާރުގައި އަތް ކާއްތަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. އެ އަނދިރިގަނޑު ތެރޭގައި ޖަޒްލާއަށް ފާރަލައިގެން މަހުލޫގެއް އޮތްކަމެއް އޭނާއަކަށް ނޭނގެއެވެ……

ނުނިމޭ……….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

އިންތިޒާރު 29

Next

ފަނާ 16

Next
May 26, 2015

ފަނާ 16

Previews
May 26, 2015

އިންތިޒާރު 29

18 Comments!

  1. Hoody says:
    May 26, 2015 at 2:32 pm

    Here is part two. shauguverikamaaeku kiyaaleveyne kamah heekuran…

  2. Maajy says:
    May 26, 2015 at 3:02 pm

    Vv reethi mi part ves

  3. nihaa says:
    May 26, 2015 at 3:09 pm

    Nice…

  4. aukko says:
    May 26, 2015 at 3:22 pm

    v salhi ….waiting for the next part

  5. sam says:
    May 26, 2015 at 5:07 pm

    Ummeedhu kuraany… hee eh noon… v reethi… adhi ithurah reethi vaane kamah ummeedhu kuran….

  6. nishy says:
    May 26, 2015 at 6:47 pm

    V reeeethI Mi part … waitingggggg for next part

  7. crazi says:
    May 26, 2015 at 7:00 pm

    Masha Allah vrh reethi..anehbaa ahvaha nereh chey ehgey

  8. Minath Mau says:
    May 26, 2015 at 7:07 pm

    Shaz Leem

  9. Hoody says:
    May 26, 2015 at 7:20 pm

    Thnkxx all… next part maadhan genesdheveythw balaanan In Sha Allah…

  10. zee says:
    May 26, 2015 at 8:29 pm

    hoody haadha molhey mashallah

  11. samra says:
    May 26, 2015 at 8:30 pm

    Haa dha kure den…ekam v rythi.. waiting for next prt

  12. july says:
    May 26, 2015 at 10:46 pm

    v reethi….waiting 4 next part…☺ avaskoh up kohlacchey

  13. yash says:
    May 27, 2015 at 5:17 am

    V v v v v v salhi mibaives waiting 4 next part

  14. story says:
    May 27, 2015 at 6:59 am

    Nice story

  15. xy says:
    May 30, 2015 at 10:26 pm

    Wow

  16. Izka Ishka says:
    June 1, 2015 at 2:43 pm

    Areesh Izka Ishka

  17. raf says:
    November 12, 2016 at 5:42 pm

    v salhi vaahaka e miii……….

  18. Santhi says:
    November 9, 2018 at 12:09 pm

    Not Bad yet

Comments are closed.

Next Episodeކަޅު ފިނިފެންމާ… 3 ވަނަބައި←


All Right Reserved!