“ރާއިނ..”އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޒާޔާ ހުއްޓުނީ ރާއިން އޭނގެ ތުންފަތުގައި ކިސްކޮށްލުމުންނެވެ. ރާއިން ދުރުކޮށްލަންވެގެން ނެގިއަތުގައި ރާއިން ހިފާލަމުން އެއަތް ޒާޔާގެ ފުރަގަހަށްލަމުން އޭނަގެ އަތުތެރޭ ޒާޔާ ރަނގަޅަށްވެސް ހައްޔަރުކޮށްލިއެވެ. ރާއިން ނުހިފަހައްޓަ އޮތްއަތުން ރާއިންގެ މޭގައި އަތްއަޅާ ޒާޔާ އެނަ ދުރުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ރުޅިއާއި ހިތާމަ އެކުގައި އިހުސާސްކުރަމުންދިޔަ ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ޒާޔާއާއި ކުރިއަށްވުރެ ބޮޑަށް ކައިރިވަމުން އޭނަ ދިޔައެވެ. ޒާޔާގެ މޫނުގެ އެތަން މިތަނގައި ބޮސްދެމުން […]
އަނދިރިކަން ވެރިވެފައިވާ ކޮޓަރީގައި ހުރި އެނދުދަށުން ނުކުމެގެން ބިންމަތީ ދެމެމުން ދިޔަ ކަޅުކުލައިގެ ދަވަގަނޑެއްފަދަ މަހުލޫޤު ފެންނާނީ ވަރަށް ފަރުވާތެރިކަމާއެކު ބެލިމީހަކަށް އެކަންޏެވެ. ބަލާބެލުމަށް ހީވަނީ ބޯވާއެއް ހެންނެވެ. ޓައިލްސް މަތީގައި ދެމެމުން ދިޔައިރު އޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2 ވަރަކަށް ފޫޓެވެ. އޭތި ދިޔަ މަގު ލޮނދިފަށަކުން ފާހަގަވެފައި ހުއްޓެވެ. ކުޑަކުޑަ ދެލޯ އަނގުރުކޮޅެއްފަދައެވެ. މިސްރާބު ހުރީ ހުޅުވިފައި ހުރި ފާހަނައާ ދިމާއަށެވެ. ******** މުޅި މާހައުލު ވަނީ ބޮކިފަތި ތަކުން ޒީނަތްތެރި ކުރެވިފައެވެ. […]
” ކޮން ސްސްސްސްސްސް އެއް ކިޔާކަށް….! ލޯބިވާލެއް ބޮޑުކަމުން ބުނަންނުކެރިފަ…! އަހަރެން ބުނެފާނަން ފާޒިންބެ ކައިރީގައި ދޮންތަ ވަރަށް ލޯބިވެޔޭ ފާޒިންބެދެކެ….! ” މިސްރާ ހީކުރީ މައިޝާގެ ކޮޅުބަލިވުމުން މައިޝާ ހަދާލި ގޮތެއްކަމަށެވެ. އެހެންވެ ވާހަކަވެސް ދެއްކީ ކުރިއަށްވުރެ ބާރަށެވެ. ” ފާޒިން އެބައިން ބޭރުގައި…! ” މައިޝާ އައިގޮތަށް އައިސް މިސްރާގެ އަނގަމަތީގައި އަތް އަޅަމުން ބުނެލީ ވައި އަޑުންނެވެ. “އަޑެއް ނީވޭނެ ކަންނޭގެ….! ” މައިޝާ މިސްރާގެ އަނގަމަތިން އަތްނެގުމުން ވައި އަޑުން މިސްރާވެސް […]
” ދަރިފުޅާ…! ބައްޕަ ބުނި ސާލީވެސް ނުގަބޫލުގަ ބައްޕަ ބޭނުމެއް ނޫނޯ ދަރިފުޅުމެންގެ ކައިވެނި ކުރުވާކަށް…! އެކަމަކު ސާލީ ކައިވެނި ކުރަންބޭނުންނަމަ ޖެހޭނީ ކައިވެނި ކުރާށޯ…! ” ވަދީފާވެސް އައިސް ފާޒިންގެ ކައިރީ އެނދުގައި އިށީނެވެ. ފާޒިން އޭނަގެ ފޯނު ބަލާލިއިރު މައިޝާ ފަސް ފަހަރަށް ގުޅާފައި އޮތެވެ. އެހެންވެ ފާޒިން މައިޝާއަށް ގުޅާލިއެވެ. ” ހަލޯ..! ކިހިނެއްވީ…؟ ” މައިޝާ ފޯނުނެގުމާއެކު ފާޒިން ބުނެލިއެވެ. ” ކަމެއްނުވޭ… ފާޒިންގެ ހަބަރެއްނުވާތީ ހަމަ ގުޅާލީ…! ” މައިޝާ […]
އަޒާލްބެ ދައްކަމުން ދިއަ ވާހަކަ އިން އެންމެގެ ރުޅީވެރި ނަޒަރު އަހަންނަށް އަމާޒުވެފަ ހުރިއިރު، މިކަމުގެ އަޑިގައި ތިބި ދެމީހުންގެ ރޭވުން އެގި ލޭކެކިގަތެވެ. އަހަރެންގެ ކައިރިން ފެންއަޅާފަ ހުރި ބާލިދިއާއި ދިމާލަށް ނަޒަރު ހުއްޓުމުން އެ ނަގާ ދޮރާއި ދިމާއަށް ހުރާލީމެވެ. ބާރުުގަދަ އަޑުފައްގަނޑަކާއި އެކުހުޅުވިފައި ދޮރު ޖެހިގެން ދިއުމުން ބޭނުންވި މަގުސަދު އެވަގުތައް ހާސިލް ވުމުން ދެ ކުރިމަތިލީ އަފްޒަލްއާއި އެވެ. އަފްޒަލުގެ ހަމަހޭވެރިކަން ރަގަލަށް ނެތުމުން އަހަރެންނަށް އެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި […]
ޒައިދުގެ ފޮނި ބަސްތަކުން ބޭއިހްތިޔާރުގަ އަހަންނަށް އެކޮޓަރި އެތެރެއަށް ވަދެވުނުއިރު،އަހަރެންފެނި ސިހިފައި ޒައިދުގެ އަތުގައި އޮތް ގިޓާދޫވެ ބިންމަތީ ޖެހުނެވެ.”މާހީ މިތާނގަ ކިހިނެއް” ޒައިދުގެ ސުވާލުން އަހަރެންނަށް ހަމަހޭކަންވެރިވިއިރު، ކުރެވެމުން މިދާ ކަންތައް އިހުސާސުވުމުން އެއަސަރުތައް ފޮރުވާލުމަށް ޓަކައި މޫނުމަތިން ހާސް ކަން ފޮރުވަމުން ހިނިތުންވެލީމެވެ. “ސޮރީ އިނގޭ ހުއްދަނެތި ދޯ މިވަދެވުނީ، ޒައިދު ހާދަމޮޅޭދޯލަވަކިޔަން،އަދި ވަރަށް ރީތި ގިޓާ ކުޅޭލެއް” އަހަރެންގެ ނުތަނަވަސް ވެފައިވާ ހިތުގެމައްޗަށް ހިނިތުންްވުމަކުން ހަމަޖެހުންގެންނަމުން ދެކަންފަތުގައި ހިފާލަމުން ކުޑަކޮށް ތުންއޫކޮށްަލިއިރު ޒައިދުގެ […]
މީހުންގެ ތޫނު ނަޒަރު ޝައިން އަށް ހުއްޓިފައި ވާކަން ހުދު ޝައިން އައްވެސް އިހްސާސް ވިއެވެ. އެންމެންގެ ލޯތައް އަމާޒުވާން ފެށުމުން އުދަނގޫ ވެގެން ޝައިން ދާން .އެނބުރިލި ވަގުތު ފެނުނު މަންޒަރުން ނޭވާ އެތެރެ ހަށީގައި ތާށިވިކަހަލައެވެ ކަޅުކުލައިގެ އަތް ދިގު ގަމީހަކާއި ވޭނި ބްލޫ ކުލައިގެ ސްކިނީގައި ސުނާމީ ބިނާއަށް ވަދެގެން އެ އަންނަނީ ޝިބާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަނދުރާއައްވުރެ ތިރިއަށް ހުރި އިސްތަށި ގަނޑު ކިރިޔާ ކަނދުރާގައި ޖެހޭ ވަރަށް […]
މައިޝާގެ ފޯން ރިންގުވާންފެށުމުން ޖީބުން ފޯންނަގާ ބަލާލި އިރު ގުޅަނީ ފާޒިންއެވެ. މައިޝާ ފޯނު ހިފައިގެން ތަންކޮލެއް ދުރަށް ޖެހިލަމުން މޫނުގައި އަތް އަޅައިގެން ރޯން އިން މުނީރާއަށް ބަލާލިއެވެ. ” ހަލޯ…! ” ފޯނު ކަންފަތުގައި ޖައްސާލަމުން މައިޝާ ބުނެލިއެވެ. ” ކިހިނެއްވެފަ…؟ އަނެއްކާ ކަމެއް ގޯސްވީތަ..؟ ” މައިޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު ފާޒިންއަށް ފުރަތަމަވެސް އަހާލެވުނެވެ. ފާޒިންއަށް ދެން އިވުނީ މައިޝާގެ ގިސްލުމުގެ އަޑެވެ. ” ހަލޯ މައިޝާ…! ކިހިނެއްވީ…؟ ކޮންތާކު ތިހުރީ…؟ […]
އަހަރެންނަށް ހޭލެވުނުއިރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. ރުޅިއައިސްފައި ސީލިންގާއި ދިމާލަށް ބަލާލީ ފަންކާގެ ދުވަސް ދުއްވާލާނަމޭ ހިތައެވެ. ފަންކާ ހުއްޓިފައި ހުރުމުން ކޮއްކޮގެ ކަމަކަށް ހަދާފައި އަހަރެން ދޮރުކައިރީގައި ހަރުކޮއްފައި ހުރި ފަންކާގެ ޑިމަރާ ދިމާލަށް ދިޔައީ ކޮއްކޮއާއި ދިމާލަށް ހިތާހިތުން އެއްޗިހި ކިޔަމުންނެވެ. ” ސިޓް..! ކަރަންޓެއް ނެތް..! ” އައި ރުޅީގައި އަހަރެންނަށް ބާރު އެތިފަހަރެއް ޖަހާލެވުނީ ކޮޓަރީގެ ފާރުގައެވެ. އަތަށް ދަތުވި ނަމަވެސް ކައިރީގައި ހުރި ގޮޑީގައި އަޅުވާފައި އޮތް އަހަރެންގެ […]