Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް -4

Ushaali Level 810 Stories100 Comments100 Stories500 Comments
July 20, 2015 10 Mins Read
19 Comments

“ތީ ވަކި… އިކްލީލް ސާރ އާއި އަފޫ އެއްތަން ވީމަ ވާހަކަ ހުސްވޭތަ” އަލްމާޝް ވެސް ދެރަވާކަށް ބޭނުމެއްނޫނެވެ. ކައިރީގައި ހުރި ދިފްރާން ހީލުމުން އަފާފް ދިފްރާންގެ ބަނޑުގައި ވިކައިގަތެވެ. ޕާރޓީ ނިންމާފައި އެންމެން ދާން ފެށުމުން އަލްމާޝް އާއި އަފާފް އެކަނި ފޮޓޯ ނަގަން ބޭނުންވިއެވެ. ނާފް އަތުގައި އޮތް ކެމެރާއިން ފޮޓޯނަގަމުން ދަނިކޮށް އަލްމާޝް ވަރަށް ބާރަށް އޯކަށްދެމިގަތެވެ. ދުރުގައި އިން ފަޒްނާ އަށް ދުވެފައި އާދެވުނީ އަލްމާޝް ހުރި ދިމާލަށެވެ. އަފާފް އާއި ދިފްރާން ވެގެން އަރިއަޅާލި އަލްމާޝް ކައިރީގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އޭރު އަލްމާޝް ގެ ދެ ލޯ ވަނީ މެރިފައެވެ.

ފެންކަޅިވެފައިވާ ދެލޮލުން ފަޒްނާ ބަލާލީ މޫމިނާ އަށެވެ. މޫމިނާ އަލްމާޝްގެ މޫނަށް ދެތިން ގޮށި ފެން ބުރުއްސާލުމުން އެސްފިޔަ ތަޅުވާލާފައި ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ކަންބޮޑުވެފައިވާ ފަޒްނާ ފެނި އަލްމާޝް އިންތިހާއަށް ދެރަވިއެވެ. ފަޒްނާ ކަންބޮޑުވީ އަލްމާޝް އަށް ވަރަށް ބޮޑުވަރު ވެދާނެތީއެވެ. ފަޒްނާ ކުރިމަތީގައި އަލްމާޝްގެ ހަށިގަނޑަށް ވޭން އަޅާ މަންޒަރު ބެލުން އެއީ ފަޒްނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އަފާފް އާއި ދިފްރާންގެ މަސައްކަތުން ފަޒްނާ އާއި އަލްމާޝް ގެއަށް ގެންދެވުނެވެ.

ގެއަށް ވަނުމަށްފަހު ފަޒްނާ އެއްވެސް ބަހެއް ނުކިޔާ އަލްމާޝް ގެންގޮސް ވެއްދީ ފަޒްނާގެ ކޮޓަރިއަށެވެ. ވަރުބަލިވެފައިވާ އަލްމާޝްވެސް ބަހެއް ނުބުނެ އިނީ މިރޭ ފަޒްނާގެ އެހީ ބޭނުންވާނެތީއެވެ. ފަޒްނާ ގެނެސްދިން ކިރުތަށި ބޯލުމަށްފަހު އަލްމާޝް އެނދުން ތެދުވެލީ ހެދުން ބަދަލުކޮށްލުމަށެވެ. އަނެއްކާވެސް އަލްމާޝް އޯކަށްދެމިގަތުމަށްފަހު ފާހާނާ އާއި ދިމާލަށް ދުއްވައިގަތެވެ. ފެން ޖަގެއް ހިފައިގެން ކޮޓަރިއަށް ވަތް ފަޒްނާވެސް ދުވެފައި އަލްމާޝް ފަހަތުން ފާހާނާ އާއި ދިމާލަށް ދުއްވައިގަތެވެ. ބަނޑުގެ ފިތަށް ދަންދެން ހޮޑުލުމަށްފަހު އަލްމާޝް ފާހާނާއިން ނިކުންނަން ދިމާކޮށްލި ވަގުތު ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ފަޒްނާ ރޯން ފެށުމުންނެވެ.

“ދަރިފުޅާ… މާ ބޮޑުވަރު ވަނީ ދޯ… މަންމަގެ ދަރި ބަލިވަނީ ކަންނޭނގެ.. ސުބްހާނަﷲ… މަނިކު ވެސް ކައިރީގައި ނެތް” ފަޒްނާ ހާސްވެފައި ހުރިވަރު އަޑުން ވެސް ނަގައިގަނެވުނެވެ.

“އަޅެ ނޫން މަންމާ.. އަފޫގެ ޕާރޓީ ތެރެއިން ނުގުޅޭ އެއްޗެއް ކެވުނީ ކަންނޭނގެ… މާދަމާ ރަނގަޅުވެދާނެ”

އަލްމާޝް އަށް ވަމުންދާ ގޮތް ނެނގޭތީ ހުދު އަލްމާޝް ވެސް ހުންނަނީ ކަންބޮޑުވެފައެވެ.

“މަަންމާ.. ނެތް ތަ ޕެނަޑޯލް ގުޅައެއް.. ވަރަށް ބޮޑަށް ބޮލުގައި ރިއްސާ…” ފަޒްނާ އަވަސްވެގަތީ އަލްމާޝް އަށް ބޭސް ގުޅައެއް ދިނުމަށެވެ. ފަޒްނާ ނިދި ވެސް އަލްމާޝް އަށް ނިދުނު ފަހުންނެވެ. ކައިރީގައި އޮތް އަލްމާޝް ގެ ފޯނު ވައިބްރޭޓް ވަމުން ދިޔައިރު ވެސް ފޯނު ނަގާނެހާ ހިތްވަރެއް އަލްމާޝް އަށް ނުކުރެވުނެވެ.

ހެނދުނު އަލްމާޝް އަށް ހޭލެވުނީ ގައި ދަށުން ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. މޯޅިއަކައް ދެމިލުމައްފަހު ކުރިމަތިން ފާރުގައި ހަރުކޮށްފައި ހުރި ގަޑި އަށް ބަލާލި އިރު ނުވައެއް ޖަހާ ބޮޑުވީއެވެ. ފޯނު ނަގާ ބަލާލި އިރު ގުޅަނީ ނިމާން ކަން އެނގުމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ޝޯނާ… ރޭގައި ކީއްކުރީތަ…. އަހަރެން ގުޅީމަ ފޯނު ނެގީކީ ނޫން… މެސެޖް ކުރީމަ ރިޕްލައި ކުރީކީ ނޫން…. ނުވިތާކައް ޝޯނާ ގުޅީކީ ނޫން… ނޭނގޭތަ އަހަރެން ކަންބޮޑުވާނެވަރު” ނިމާން އަށް ޝަކުވާ ކޮށްލެވުނީ އަލްމާޝްގެ ހަބަރެއް ނުވާތާ ގިނައިރު ތަކެއް ވުމުންނެވެ.

“އަމް ސޮރީ މާން…. އަފޫގެ ޕާރޓީ ނިންމާފައި ގެއަށް އައި ތަނުން ވަރަށް ބައިވަރު ހޮޑުތަކެއް ލެވިފައި ވަރުބަލި ވެގެން ނިދުނީ” އަލްމާޝް ތެދުވެގެން ގޮސް ވަނީ ޖެހިގެން ހުރި އޭނާގެ ކޮޓަރިއަށެވެ.

“ކިހިނެއްވީ ހޮޑުތަކެއް ލެވުނީ… ކޯއްޗެއް ކެއީ ޕާރޓީ ތެރެއިން” ނިމާން ކަންބޮޑުވިއެވެ.

“ނޭނގެ.. އެކަމު މިހާރު އޯކޭ އޭ… ފްރެޝް ވެލައިގެން ގުޅާނަން އޯކޭ… ބާއި” އަލްމާޝް އަށް ހޮޑު ލެވެންވީ ސަބަބެއް ހުދު އަލްމާޝް އަށް ވެސް ނޭނގޭތީ އެވާހަކަ އެއްވެސް މީހެއް ކައިރީގައި ދައްކާކަށް ބޭނުމެއްނުވިއެވެ. ފާހާނާ އަށް ވަދެ ދަތް އުނގުޅަން ފެށުމުން އަނެއްކާ މޭނުބައިކޮށް ހޮޑު ލެވުނެވެ. ލޯގަނޑު ކުރިމައްޗައް ހުއްޓުމުން މޫނުމަތިން ފެން ދަމާލައިފައި ވާކަން ހުދު އަލްމާޝް އަށް ވެސް ފާހަގަކުރެވުނެވެ. ހެނދުނު ސައި ބޯން އަލްމާޝް ތިރިއަށް ނުފައިބާތީ ފަޒްނާ އެކޮޓަރިއަށް ދިޔައިރު ފެނުނީ އެނދުގައި ބަންޑުން އޮށޯވެގެން އޮތް އަލްމާޝް އެވެ. ފަޒްނާ ވަރަށް ލޯބިން އަލްމާޝް އަށް ގޮވާލުމައްފަހު ހިއްވަރުކޮށްގެން ތިރިއަށް ސައިބޯން ދިއުމަށް އެދުނެވެ. ޑޮކްޓަރަށް ދައްކާން ދާން ބުނުމުން އަލްމާޝް ދެކޮޅު ހެދީ އެއީ ވަރަށް އާދައިގެ ކަމަށް ބުނެއެވެ.

ހަފްތާއެއް ފަހެވެ. އަލްމާޝް އިނީ ކޮޓަރި ބެލްކަނީގައި ހުރި އުނދޯލި ގޮނޑީގައި އިށީނދެގެންނެވެ. ފޯނުން ވާހަކަ ދައްކަމުން ދަނީ އަފާފް އާއެވެ.

“އަފޫ…. ކޮން އިރަކުން އަންނަނީ މިކޮޅަށް” އަފާފް ގެ ހަނީމޫންގެ ދުވަސްތައް ގުނަމުންދާތީ އަފާފް އާއި އަލްމާޝް ދިމާނުވާތާ ހަފްތާއެއް ވެއްޖެއެވެ.

“ހާދަ ބަލި އަޑަކުން.. ކިހިނެެއްވީ އަދިވެސް ބަލީތަ؟” އަލްމާޝްގެ އަޑުގައި އެއްވެސް ޖޯޝެއް ނެތުމުން އަފާފް އަށް ފާހަގަކުރެވުނީއެވެ

“ހޫމް…. ވަރުބަލިވަނީ… ވަރަށް މަދުން ހޮޑުލެވެނީ… އަބަދުވެސް މޭ ނުބައި ކޮށްފައި ހުންނަނީ…”އަލްމާޝް ވާހަކަދެއްކީ ވަރަށް މަޑުންނެވެ.

މާޝް..މިހާރު މަށަށް ޝައްކު… އަޅެ ހަނދާންކޮށްބަލަ މިމަހު ޕީ ވިތަ؟” އަފާފް މިހެން ބުނުމުން އަލްމާޝް އަށް ވެސް އެއްޗެއް ހީވިއެވެ.

“ނޫން އަފޫ.. ނުވާތަ ދެމަސް ވެއްޖެ. މާން އާއި މެރީ ކުރި ފަހުން ނުވޭ.. އަނެއްހެން މައްސަލައެއް ނޫނެއްނު އެއީ.. މަށަށް ރަނގަޅީވެސް ނުވިއްޔާ.. އޭރުން ބަނޑުގައި ނުރިއްސާނެއްނު”

“މާޝް މިދައްކަނީ ވަރަށް ސީރިއަސްކޮށް މިވާހަކަ” އަފާފް މަސައްކަތް ކުރި އަލްމާޝް އަށް ވިސްނަދެވޭތޯއެވެ.

“ވަޓް ޔޫ މީން އަފޫ” އަލްމާޝް ވެސް ސީރިއަސް ވެލިއެވެ.

“މިބުނީ ކިޓެއް ގަނެގެން ޓެސްޓް ހަދާލަބަލަ.. މާޝް އަށް ތިވާ އުދަގުތަކަކީ މާބަނޑު ދުވަސްވަރު މީހުންނަށް ވާ އުނދަގު…ޕްރެގް ވިޔަސް މައްސަލައެއް ނޫނެއްނު” އަފާފްގެ ވާހަކަތަކުން އަލްމާޝް ގަތީ ބިރެވެ.
“އަޅެ އަފޫ ދެން ކިހިނެއް ހަދާނީ… މަންމަ އަށް އެނގިއްޖިއްޔާ ނޭނގެ ހަދާނެ ގޮތެއް ވެސް… ބައްޕަ…. ބައްޕަ މޮޔަ ވެސް ވެދާނެ. އެމީހުން ހީކުރާނީ އަހަރެން ގޯސް ކަމެއް ކުރިކަމަށް….އަފޫ އަވަހަށް މިކޮޅައް އާދޭ” ބިރުގަނެފައި ހުރި އަލްމާޝް ކޮޓަރީގައި ދެކޮޅައް ހިނގަ ހިނގާ ހުރިއިރު މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ފޯނު ކަނޑާލުމަށްފަހު ލާރި ހިފައިގެން އެންމެ ކައިރީގައި ހުރި ފާމަސީއަށް ގޮސް ކިޓެއް ގަތެވެ. ގެއަށް އައިސް ޓެސްޓް ހަދާލުމުން އަފާފް ގެ ބަސް ހަގީގަތަކައް ވެގެން ދިޔައެވެ. ބަނޑުގައި ފިރުމާލެވުނު އިރު ކަންތައްތައް ވެގެންދާނެ ގޮތެއް ނޭނގުނު އިރުވެސް ތުންފަތަށް ހިނިތުންވުމެއްވެރިވީ އޭނާ އަދި ނިމާން އާއި ދެމިހުންގެ ލޯބީގެ ނިޝާން އެހަށިގަނޑުގައި ވިންދު ޖަހަމުން ދާނެއޭ ހިތަށް އެރުމުންނެވެ.

އާދައިގެ މަތިން ޑިއުޓީ ނިންމާލުމަށްފަހު ނިމާން އައިސް އެޕާރޓްމަންޓަށް ވަނެވެ. ކޮޓަރިއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ނިވިފައިވާ ފޯނު ޗާޖަރަށް ޖަހާލިއެވެ. ތުވާލި ހިފައިގެން ފާހަނާއަށްވަނުމަށްފަހު ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލީ އަލްމާޝް މަތިން މާ ބޮޑަށް ހަނދާންވުމުން ގުޅާލަންވެގެންނެވެ.

“ޑިއުޓީ ގައި އުޅެނިކޮށް ފޯނު ނިވުނީ.. ސޮރީ ސްވީޓްހާރޓް… ރުޅިތަ” ނިމާން ވާހަކަ ދެއްކީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ލޯބިންނެވެ.

“ކިހިނެއް މާން ދެކެ ރުޅި އަންނާނީ.. ތީ ވަރަށް ސްޕެޝަލް މީހެއް މިހާރު” އަލްމާޝްގެ އަޑުގައި އާދަޔާހިލާފް އުފާވެރިކަމެއް އެކުލެވިގެން ވާކަން ނިމާން އަށް އެނގުނެވެ.

“ސޯ ސޭޑް…ހާދަ ލަހަކުން އަހަރެން ސްޕެޝަލް ތިވީ.. ވަރަށް ދެރަ ވެއްޖެ” ނިމާން ވެސް ސަމާސާ ކޮށްލިއެވެ.

“ނޫނޭ.. މާން އަކީ އަބަދުވެސް ސްޕެޝަލް މީހެއް… އަދި ވަކިން ބޮޑަށް މިހާރު ސްޕެޝަލް… ބުނަންވީތަ ކީއްވެކަން ސްޕެޝަލް ވީ”…..

“ނޫން… އެނގޭ ޝޯނާ އަށް މާން ސްޕެޝަލް ވާނެވަރު …” އަލްމާޝް ބުނަން އުޅުނު ވާހަކަ ނިމާން ހުއްޓުވިއެވެ.

“މިއުޅެނީ މާންކައިރީގައި އަހަރެމެންގެ ދެމީހުންނާއި ގުޅިފައިވާ ވަރަށް މުހިއްމު ވާހަކައެއް ބުނަން ވެގެން…މާން ވަރަށް އުފާ ވާނެ” އެންމެ ވަގުތު ކޮޅެއްވެސް ލަސްކުރާކަށް އަލްމާޝް ބޭނުމެއްނޫނެވެ.

“ވަޓް ހެޕަން ޝޯނާ… ކަމެއް ގޯސްވީތަ…މަންމަ އަށް އެނގުނީތަ… ބުނީތަ ދެމީހުން ދުރުވާށޭ…” ނިމާން ސީރިއަސް ވުމުން އަލްމާޝް ހީލި އަޑު އިވިފާ ނިމާން ހައިރާން ވިއެވެ.

“ނޫނޭ ޑާރލިންގް… އެކަހަލަ އެއްވެސް ކަމެއް ނުވޭ… މާން ބައްޕަ އަކަށް ވަނީއޭ ބުނެފިއްޔާ ވަރަށް އުފާ ވާނެތަ”

“ވަޓް… ޔޫ މީން…. ޝޯނާ ޕްރެގްއޭ ތަ ތިބުނީ” ނިމާން ޔަގީންކޮށްލިއެވެ.

“ހޫމް… މާން ބައްޕައަކަށް ވާނެ ވަރަށް އަވަހަށް…” އަލްމާޝް އަށް ބުނެވުނީ އެ ހިސާބަށެވެ. ދެން އިވުނީ ނިމާން ގެ ބާރު ހިނިގަނޑުގެ އަޑެވެ.

“ތޭންކްސް ޝޯނާ… މި ދުނިޔެ މަތިން ދެން ހިއެއް ނުވޭ ތިއަށް ވުރެ އުފާވެރި ހަބަރެއް ލިބޭނެހެނެއް… އައި ލަވް ޔޫ ސްވީޓްހާރޓް….. މިހާރު ވަކިން ބޮޑަށް ދެކިލަން ބޭނުން… އައި ޕްރޮމިސް ކުރިއަށް މިއޮތް ވީކް ގަ ޝޯނާ މާލެ ގެންނާނަން… ކާންޓް ލިވް ވިތް އައުޓް ޔޫ ބޭބީ…” ނިމާން އެ ހުރިހާ އިރު ވާހަކަ ދައްކަމުން ދިޔައިރު އަލްމާޝް ގެ މަޑު ހީލުމުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ…

ފޯނު ކަނޑާލުމަށްފަހު ނިމާން އެންމެ ފުރަތަމަ ވެސް އޭނާގެ މަންމަ އަށް ގުޅައިގެން އެ ހަބަރު ދިނެވެ. ނިމާން ގެ މަންމަ އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެއަށް ފަހު ދެން ނިމާން ގުޅީ މެލޭޝިޔާގައި ހުންނަ އަލްމާޝްގެ ބޮޑުބެ ސަމަދު އަށެވެ. ނިމާން ދެކޭ ގޮތުގައި އެއީ މިވަގުތު މި ދުނިޔޭގައި ހުރި އަލްމާޝްގެ ބަލަދު އަރާ ހަމައެކަނި މީހާއެވެ. އަލްމާޝް ބަލިވެ އިން ހަބަރު ސަމަދުއަށް ލިބުމުން ހަދިޔާއަކަށް އަލްމާޝް އަށް ދިނީ މާލޭގައި ހުންނަ ސަމަދުގެ ބޮޑުގެއެވެ. އަލްމާޝް އަކީ މިދުނިޔޭގައި ހުރި ސަމަދުގެ ބޭބެގެ ހަމައެކަނި ނިޝާނެވެ. އަލްމާޝް ދެކެ ސަމަދު ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މާލޭގެ ހެންވޭރުގައި ހުންނަ އެބޮޑު ގޭގެ ނަން ހަވޭލީގެ ނަމަށް ބަދަލުކޮށް އަލްމާޝް އެންމެ ބޭނުންވާ ގޮތަށް ހުރިހާ ތަނެއް ވެސް ބަދަލުކޮށްލިއެވެ. އެކަމަކު އަދި އެއީ އަލްމާޝް އަށް ސަޕްރައިޒްއެކެވެ.

އާދައިގެ މަތިން މިއަދުވެސް ނިމާން އިނީ އޭޑީކޭ ހޮސްޕިޓަލުގެ ނިމާން އަށް ހާއްސަ ކުރެވިފައިވާ ރޫމުގައި ބަލި މީހުން ބެލުމުގައި އަަވަދިނެތިއެވެ.. މިއަދު ނިމާން އިނީ ވަރަށް އުފަލުންކަން އެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އެނގެއެވެ. ލިބުނު ހުސް ވަގުތުގައި އެގަޑީގައި ޑިއުޓީގައި އުޅުނު ހުރިހާ ސްޓާފުންނަށް ޗޮކްލެޓް ވެސް ބެހިއެވެ.

“ޑޮކްޓަރ ނިމާން…. މިއަދު ހާއްސަ ދުވަހަކީތަ” ލެބޯރޓްރީއާއި ދިމާލުން ފައިލްތަކެއް ހިފައިގެން ދިޔަ ޒައުމާ އަށް އެދިމާލުން ހިނގާފައި އައި ނިމާން ފެނުމުން އަހާލިއެވެ.

“އާނ…. ބޭބީ އެއް ލިބެން އުޅޭތީ މާބޮޑަށް އުފާވީ… މިރޭ ހުރިހާ ޑޮކްޓަރުންނަށް ޑިނަރ އެއްވެސް ދޭން މިއުޅެނީ” މިހެން ބުނެ ނިމާން ހިނގައިގަތުމުން ލެބޯރޓްރީއަށް ދިއުމުގެ ބަދަލުގައި ޒައުމާގެ މިސްރާބު ބަދަލުކޮށްލީ ކެންޓީނުގައި ސައި ބޯން އިން ދީމާއާއި ކައިރިއަށް ދިއުމަށެވެ. ހިނގަމުންދިޔަ ޒައުމާ ހިނި އައިއްސަ ހުރީ މިހަބަރު ދިނުމުން ދީމާ އަށް ވާނެގޮތް ހިތަށް އެރުމުންނެވެ

“އާދޭ އާދޭ ޒައު…” ދޮރުން ވަން ޒައުމާ ދީމާ ފެނުމާއެކު ދީމާ ހިނިއައިއްސާ ބުންޏެވެ.

“ސައި ވެސް ބޮއެ ނިމުނީނު… މަންޖެ އަދިވެސް އިންތަނުން ހިއްލާލާކަށް ނުވޭތަ… ތި ގޮނޑިގައި ތަތްލަވާފާނެއްނު” ދީމާ އާއި ދިމާލުން ގޮނޑިއެއް ދަމާލައިގެން ޒައުމާ ވެސް އިށީނެވެ…. “ދާނަން ތަންކޮޅެއް ފަހުން…މިގަޑި މީ ޑރ.ނިމާން އާންމުކޮށް ކޮފީ ބޯން އަންނަ ގަޑި” އަތުގައި އޮތް މޯބައިލް ފޯނުން މޫނު ބަލާލާ އިސްތަށިކޮޅު ރަނގަޅު ކޮށްލަމުން ދީމާ ވާހަކަދެއްކިއިރު އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

“ޑީން ތިތާ އިރުއޮށްސެންދެން އިނަސް ޑރ.ނިމާން މިތަނަށް ނާންނާނެ. އެއި މިއަދަކީ އޭނައަށް ވަރަށް ހާއްސަ ދުވަހެއް” ޒައުމާގެ ވާހަކައިން ދީމާ އަށް ކަމެއް ޔަގީންކޮށްދޭން އުޅުނު ކަހަލައެވެ.

ކިހިނެއް ޒައު އަށް އެނގެނީ… މި އަބަދުވެސް އޭނަ ކޮފީ ބޯން އަންނަ ގަޑި. ކިތަންމެ ގިނަ އިރެއް ވިޔަސް ދީމާ އަދުނާން މިތަނުން ދާނީ ޑރ ނިމާން ޝާކީ އިބްރާހީމް މިތަނަށް އައި އިރަކުން ދީމާ ގަދަވެލުމުން ކިތަންމެ އިރެއް ވިޔަސް އެތަނުން ނުދާނެކަން ޒައުމާއަށް އެނގުނެވެ.

“ޑީން ތީ ކޮންކަމެއް… ނިމާން އެއީ މީހެއްގެ ފިރިއެއް.. އަދި ވަރަށް އަވަހަށް އޭނަ ބައްޕައަކަށް ވާނެ..ޑީން ކިތަންމެ ވަރަކަށް އޭނަ ހޯދަން އުޅުނަސް އޭނާއެއް ނުލިބޭނެ… ތި ތަނުން ތެދުވެގެން ގޮސް ބަލާލަބަލަ….މުޅި ހޮސްޕިޓަލްތެރޭގައި އޭނަ އެ ދުވަނީ ޗޮކްލެޓާއި އޭތި މީތި ބަހަމުން ދަރިފުޅަކު ލިބެން އުޅޭތީ އެކަމާއި އުފަލުން…ނިމާންގެ އަނގައިން އަހަރެން ކައިރީގައި ބުނީ…” ޒައުމާ މަސައްކަތްކުރީ ދީމާއަށް ވިސްނާދޭށޭވެ.

“އެއީ ދޮގެއް… އޭނަ އަދި މެރީއެއް ނުކުރޭ…ދެން ކިހިނެއް އޭނައަށް ދަރިއަކު ލިބޭނީ… ތިވާނީ މީހުންގެ އިތުބާރު އޭނައަށް ލިބެމުންދާތީ އެކަމާއި އުފަލުން ކުރި ކަމަކަށް…. ޒައު… ހަމަ ހުވާ މިބުނީ ނިމާން ދެކެ މަށައް ހަމަ އަސްލައްވެސް ލޯބި ވެވިއްޖެ… ކިތަންމެ ދުވަހެއް ވިޔަސް އަހަރެން އޭނާ ހޯދާނަން.. ނިމާން އިންނާނީ މަށާ…” ދީމާ އަށް ވިސްނާދިނުމަކީ ބޭކާރުކަމެއް ކަން އެނގުމުން ޒައުމާ އިން ތަނުން ތެދުވެގެން ހިނގައިގަތްތަނާ ދޮރުން ވަދެގެން އައި ނިމާން އާއި ޖިނާން ފެނުނެވެ. އެމީހުން ިއައިސް އިށީނީ ދީމާ އާއި ޖެހިގެން އިން މޭޒުގައެވެ. ނިމާން އިނީ ދީމާއަށް ފުރަގަސް ދީގެންނެވެ. ނިމާން ވަދެގެން އައިރު ދީމާ ހިނިތުން ވެލުމުންވެސް ނިމާން މޫނު އަނބުރާލީ ވީ ފޫހިންނެވެ. މިހާރަކަށް އައިސް ދީނާގެ އުޅުން ހުންނަ ގޮތުން ނިމާން އަށް ވަރަށް އުނދަގޫވެއެވެ. ނިމާން އަށް ލޯބީގެ މެސެޖް ކުރުމާއި އެކަނި ހުންނަ ގަޑީގައި އަތުގައި ހިފުމާއި ނިމާން ބަލާލުމުން އެއްލޯ މަރާތީ ނިމާންގެ ހިތުގައި ވަނީ ދީމާ އާއި ދޭތެރޭ ނޭނގޭ ފޫހިކަމެއް އުފެދިފައެވެ.

“މިއަދު ވަރަށް ބިޒީ ދުވަހެއް… އީިއާރް ޑިއުޓީ ވެއްޖިއްޔާ އެހާ ބިޒީވާނެ” ޓިޝޫ އަކުން މޫނު ފޮހެލަމުން ޖިނާން ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

“ޖިނާ ބުނީމެއްނު ވައިފް ވަރަށް ބައްޔޭ.. މިހާރު ކިހިނެއް ވަނީ” ނިމާން ވެސް ކައިރީގައި ހުރި ފެންފުޅި ކަނޑާލަމުން ވާހަކަދެއްކިއެވެ.

“ނައު ޝީޒް ވެލް… އެނގެއެއްނު މި އަންހެން ވެރިން ބަނޑުގައި ރިއްސާ ދުވަސްތަކެއް އަންނަކަން” ޖިނާން ހީލަމުން ބުންޏެވެ. އެވަގުތު ޖިނާން ލޮލުގެ އިޝާރާތުން އެދިމާލަށް ބަލަން އިން ދީމާ ދައްކާލިއެވެ.

“އައި ޑޯންޓް ކެއާރ” ނިމާން ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. ނިމާންގެ އެ ހިނިގަނޑުންވެސް ދީމާގެ ހިތް ފުރިގެންދިޔަ ކަހަލައެވެ.

“ބުނީމެއްނު ވައިފް ޕްރެގްއޭ… ދެން މިކޮޅަށް ގެންނަނީ ކޮން އިރަކުން” ޖިނާންގެ މި ޖުމްލަ އިން ދީނާ އަށް ތެޅިގަނެވުނެވެ.

“ހަލޯ…ޔެސް….އޯކޭ…. އެބަ އަންނަން އީއާރް އަށް ވަދެލާފަ” ޖިނާން ދިއުމުން ނިމާން ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު ފޯނާ ކުޅެންފެށިއެވެ. ފުރުސަތަކަށް ބަލަ ބަލާ އިން ދީނާ ފުންމައިގެން އައިސް ޖެހުނީ ނިމާންގެ ކުރިމައްޗަށެވެ.

“ހެލޯ…ނިމާން…ކިހިނެއްތަ؟…” ދީމާ އިނީ ނިމާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ގުޑް” ނިމާން ގެ ޖަވާބު ވަރަށް ކުރެވެ….. “ހާދަ މޫޑީވެފަ…. ވައިފް މިސްވަނީތަ؟….” ދީމާ މަޑުމަޑުން ނިމާންގެ އަތް މަތީގައި އަތް ބާއްވާލިއެވެ. ކަށި ހިންޏެއް ދަތްއެޅިޔަސް އަތް ފޮޅުވާނުލާނެހާ ބާރަށް ނިމާން އަތް ފޮޅުވާލިއެވެ. ދީމާގެ އަތް ބުރައިގެން ދިޔަ ބާރު މިނުގައި މޭޒުމަތީގައި ހުރި ބިއްލޫރި ތަށީގައި ޖެހިފައި ތަދުވުމުން އަނގައަށް ގޮތެއް ހަދާލިއެވެ.

“އަހަރެން ވިސްނާނެ މީހަކު ނެތަސް ދީމާ އާއި ދޭތެރެ ނުވިސްނާނަން..ތީ އަންހެން ކުދިން އުޅެން ވަރަށް ހަޑިގޮތެއް…. އަހަރެން ވަރަށް ފޫހިވޭ ތިވައްތަރަށް އުޅޭ ކުދިން ދެކެ…ނިމާން ވާހަކަދެއްކީ ކިތަންމެ ރުޅި އައިއްސަ ހުރި ނަމަވެސް މަޑުންނެވެ. އެހެން މީހަކަށް އަޑު އިވޭކަށް ނިމާން ބޭނުމެއްނޫނެވެ…

“އައްދެ އައްދޭ…. ހާދަ ރުޅިއެއް….އަހަރެން ކީއްކުރީ.. ނިމާން އާއި އަނގައިން ބުނުން ވެސް އެއީ ކުށެއްތަ؟…” ދީމާ އެތަނުން ދާ ހިޔާލެއް ނުކުރީތީ ނިމާން އެތެރެ އެތެރެއިން ރުޅި އަންނަމުން ދިޔައެވެ.

“އަހަންނަށް ހެޔޮ ދީމާ ތިތާ އިނދެގެން ކިތަންމެ އިރެއް ވަންދެން ވާހަކަ ދެއްކިޔަސް.. އަހަރެން ގަޔަށް ބޮލަށް އަރައިގެން ނުވާނެ.. ލަދެއް ވެސް ނުގަނޭ ދޯ ތިހެން އުޅެން.. ތި ނޫނަސް ތަންތަނުގައި އަންހެން ކުދިން އުޅޭ… ތިހާ އަދަބެއް އަހްލާގެއް ނެތް ކުއްޖެއް އަދި ނުދެކެން” ނިމާން ދަތްކުނޑި ވިކޭ އިރު ވެސް އިނީ ފޯނަށް ކަޅި ހުއްޓާލައިގެންނެވެ… ނިމާން ހުރިހާ އެއްޗެއް ކިޔަމުންދާއިރު ވެސް ދީމާ އިނީ ހިނި އައިއްސައެވެ. ނިމާން ވާހަކަ ދައްކާއިރު އަނގަ ހަލުވާ ގޮތް ވެސް ދީމާ އަށް ވަރަށް ކަމުދިޔައެވެ…

“ޔެސް ސްވީޓްހާރޓް… ނޫނޭ…. އައި މިސް ޔޫ ސޯ ސޯ މަޗް…..” ދީމާ އާއި ދިމާލަށް ބަލާ ވެސް ނުލާ އަލްމާޝްގެ ކޯލަށް ނިމާން އެހާ ލޯބިން ޖަވާބުދޭން ފެށުމުން ދީމާގެ ތުންފަތް މަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. އިސާހިތަކު އެ ދެލޯ ފެންކަޅިވިއެވެ. ކުރިމަތީގައި މީހަކު އިން ވެސް ހީނުވެ ނިމާން ތެދުވެގެން ދާން ފެށުމުން ދީމާގެ ހިތް މަތީގައި ގާބުރިއަކުން ޖެހި ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ…

“ކޮން ސްވީޓްހާރޓެއްތަ؟..ނިމާން އަހަރެންގެ ލޯތްބަށް ފުރަގަސް މިދެނީ މި ސްވީޓްހާރޓެއްގެ ސަބަބުން…. އަހަރެން ނޭވައެއް ލާނީ ތި ސްވީޓްހާރޓް ހޯދާފަ” ކޯތާފަތް މަތިން ފޭބި ކަރުނަތައް ފޮހެލުމަށް ފަހު ދީމާ ވެސް ތެދުވިއެވެ.

ނާރސް ސްޓޭޝަން ތެރޭގައި ޒައުމާ މީހެއްގެ އެކްސްރޭ ހިފައިގެން އުޅުނެވެ. ކުއްލިއަކަށް ޒައުމާ ސިއްސައިގެން ދިޔައީ ކައިރީގައި ހުރި ގޮނޑިއެއްގައި މާ ބާރަށް މީހަކު އިށީނުމުން އެ ގޮނޑި ފަހަތަށް ޖެހިލުމުންނެވެ.

“އާދެވުނީތަ…. ކޮބާ އެއްކަަލަ ބެޑް ނަންބަރ 9 ގަ އޮތް ޕޭޝަންޓްގެ އެންމެ ފަހުގެ ބޭސް ސިޓީ.. ޑީންގެ ނިމާން އެބަ ބޭނުންވޭ އެ ސިޓީ” ޖެހިގެން ހުރި ގޮނޑީގައި ޒައުމާ އިށީނީ ދީމާގެ އެއްވެސް ހަބަރެއް ނުވެ ގިނައިރު ވުމުންނެވެ.

“ޑީން… ކޯއްޗެއް ތި ވިސްނަނީ… އަނެއްކާ އެހެން ރީތި ފިރިހެނެއް ފެނުނީތަ….”

“ޒައުވެސް މަށަށް މަލާމަތް ކުރަން ފެށީތަ؟… ޒައުމާ ހިމޭންވީ ދީމާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމުންނެވެ.

“ސޮރީ..ސޮރީ..ޑީން… އެއީ މަޖާ… އަސްލު ކިހިނެއްވީ” ޒައުމާ ސީރިއަސް ވެލިއެވެ.

“ނޭނގެ މަށަކަށް… ސްވީޓްހާރޓެކޯ… ކޮން ސްވީޓްހާރޓެއްތަ މަށަށް އޮންނާނީ” ދިމާ ވާހަކަދައްކަން އިނީ ދުރަށް ބަލަހައްޓައިގެންނެވެ.

“މިހާރު ވިސްނިއްޖެ.. ނިމާން އާއި ފައިޓް ކުރީތަ؟…”

“މަށާ ނިމާން އާ ދެމީހުން ވާހަކަދައްކަން ތިބިކަން އެ ސްވީޓްހާރޓަކަށް އެނގުނީ” ދީމާ ލޮލުން އައި ކަރުނަތައް ޓިޝޫ އަކުން ފޮހެލީ އެތަނަށް ވަދެގެން އައި ރޫނާ ފެނުމުންނެވެ.

“ނިމާން ޑީން އާއި ވާހަކަދައްކަން… އިމްޕޮސިބަލް….ޔަގީން ނިމާން ޑީން އާއި ހިތުންރުހުމު ވާހަކަދައްކަން ނީންނާނެކަން” ޒައުމާ ވަރަށް ޔަގީން ކަމާއެކު ބުންޏެވެ.

“މައްސަލައެއް ނެތޭ ނިމާން މަށާ ހިތުން ރުހުމު ވާހަކަ ނުދެއްކިޔަސް…ބަލާ ނުލިޔަސް އެތާ އިރުކޮޅަކު މަށާ ވާހަކަދައްކަން އިނުން އެއީ ވެސް މަށަށް ވަރަށް ބޮޑު ވަރެއް… އެކަމަކު އެ އުފާވެރި ވަގުތުކޮޅު އެ ސްވީޓްހާރޓް ފެނަށް ދުއްވާލައިފި.. އަހަރެން ނިމާން އެ ސްވީޓްހާރޓެއް އަތުން ޖަހައިގަންނާނަން….”ދީމާ ރުޅި އައިސްގެން އަޑު ތުރުތުރުލަމުން ދިޔައިރު އަނެއްކާވެސް ލޮލުން ކަރުނަ އައިއްސިއެވެ.

“ޑީން… މަށަށް އޮޅިއްޖެ… ހަމަ ސީރިޔަސްކޮށްތަ ނިމާން އާއި ހެދި ތިއުޅެނީ…”

އާނ….ކޮންމެ ފަދަ ހާލެއްގަވެސް އަހަރެން ނިމާން ބޭނުން…އަހަރެންނަށް އެނގޭ ނިމާން މެރީޑްކަން…އަހަރެން އެ އަންހެނާއަށް ނަފްރަތު ކުރަން.. މުޅި އުމުރަށްވެސް ކުރާނަން” ދީމާގެ ދެ އަތް ވަނީ މުށް ކެވިފައެވެ.

“ޑީން… އަދިވެސް ވަގުތު އެބައޮތް..ނިމާން އެއީ ބޭރު ޑޮކްޓަރެއް… އެހެންވިއްޔާ ނިމާން ވައިފް ވެސް ވާނީ ބޭރު މީހަކަށް.. އެމީހުން އެހާ ރަނގަޅެއް ނުވާނެ” ޒައުމާ މަސައްކަތްކުރީ ދީމާއަށް ވިސްނާދެވޭތޯއެވެ.

ޒައު މަށަށް ހެޔޮ ނިމާން ވައިފް އަކީ އެމެރިކާ މީހަކަށް ވިޔަސް ބިރެއްނުގަނޭ… މަށަށް އެނގެނީ ނިމާން އެއީ ހަމައެކަނި އަހަރެންގެ މީހެއްކަން… އަހަރެން ހުއްޓާލާނީ ނިމާން އަހަރެންގެ ބާރުގެ ދަށައް ގެނެއްސަ… ޒައު އަޅާނުލާ…” ދީމާ ތެދުވެގެން ގޮސް އެތެރެއަށް ވަނުމުން ޒައުމާ އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.

ހަފްތާއެއް ފަހެވެ. ނިމާން އިނީ ބަލި މީހުން ބަލާ ރޫމްގައެވެ. ނަންބަރު ޖެހުމުން ވަދެގެން އައި ބަލިމީހާ ފެނިފަ ނިމާން އަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. އެމީހަކު ވަދެގެން އައިސް އިށިން އިރުވެސް ނިމާން އަށް ބެލެނީ ވަރަށް ގާތް މީހެއްގެ ގޮތަށެވެ. އެންމެ ބޮޑަށް ހަނދާންވީ ނިމާންގެ ބައްޕަ މަތިންނެވެ.

“ހަސަންމަނިކް ދޮންމަނިކް” އެމީހާ ކުރިން ނިމާން އާއި ސަލާންކޮށްލިއެވެ.

“ބޭބޭ ކިހިނެއްވީ…” ނިމާން ވާހަކަދެއްކީ ދިވެހި ބަހުންނެވެ. ޖިނާން އާއި އެކުގައި ވަގުތުހޭދަކުރާތީ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ނިމާން އަށް ކޮންމެވެސް ވަރަކަށް ދިވެހި ބަސް އެނގެއެވެ.

“ނޭވާ ހާސްވެފައި މޭގައި ރިއްސަނީ….ޑރ.ނިމާންގެ ވާހަކަ ވަރަށް ގިނަ މީހުން ދައްކާ އަޑުއިވޭ..އެހެންވެ ހިތަށް އެރީ ޑރ.ނިމާން އަށް ދައްކަންވީއޭ.. މިހުރީ ރިޕޯރޓްތައް” މަނިކް އަތުގައި އޮތް ފައިލް ނިމާން އަތަށް ދިނުމުން ހުރިހާ ރިޕޯރޓްތަކެއް ވަކިވަކިން ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ދިޔައެވެ.

“ބޭބެއަށް ތި އުނދަގުވާތާ ކިހާ ދުވަހެއް ވެއްޖެ މިހާރު” ނިމާން ކަށިގަނޑު ޖައްސާލީ މަނިކުގެ މޭގައެވެ.

“ރަށުން އައިތާ އަދި ދެ މަސްވީ..އޭރުއްސުރެން ހަމަ މިހާލުގަ މިއުޅެނީ… ނުވެސް ކެވޭ… ވާގޮތެއް ނޭނގޭތީ ވިސްނޭވަރުން ނުވެސް ނިދޭ” މަނިކުގެ އަޑުގައިވާ ބަލި ގޮތްގަނޑުން ނިމާން ހިތަށް ވަރަށް އަސަރު ކުރިއެވެ.

“ބޭބެއަށް އެނގޭތަ ހިތުގައި ލޯވަޅެއް އިން ކަން”….

“ސުބްހާނަﷲ…. ހަމަ ތެދެއްތަ… ރަނގަޅުވާނެތަ؟” މަނިކުގެ ލޯ ފެންކަޅި ވެގެން ދިޔަ ތަން ނިމާން އަށް ފެނުނެވެ.

“ވަރަށް ކުޑަ ކުޑަ ލޯވަޅެއް އިނީ..ކަންބޮޑުވާ ވަރެއް ނުވޭ… ބޭހުން އަދި ރަނގަޅުކުރެވޭނެ.. ގަވައިދުން ބޭސް ކާން ވާނެ… ކަންތަކާ މާ ފިކުރު ނުކުރާތި…” ނިމާން އަތް ބާއްވާލީ މަނިކުގެ އަތް މަތީގައެވެ.

“ޔަގީންތަ… ރާއްޖޭން ބޭރަށް ދާ ވަރު ނުވޭ ދޯ”…. މަނިކު އިނީ ވަރަށް ކަންބޮޑުވެފައެވެ.

“ބޭބެ ހާސްނުވޭ… އާއިލާ މީހުން ކޮބާ؟.. މިބުނީ މާލޭގަހޭ އެމީހުން އުޅެނީ…” ނިމާން ބޭނުންވީ މަނިކުގެ ހާސްކަން ދުރުކޮށްދޭށެވެ.

“ބޭބެގެ އަންބަކާ އަންހެންދަރިޔަކު ހުރޭ… އެކަމަކު ރަށުގަ އުޅެނީ. .ބޭބެ ބޭނުމެއްނޫން އެމީހުންނަށް މިކަން އަންގާކަށް” ނިމާން ހީލާފައި މަނިކު އަތަށް ނިމާން އަށް ގުޅޭނެ ނަންބަރެއް ދީފައި އެއްހަފްތާ ވުމުގެ ކުރިން އިތުރު އުނދަގުލެއް ވަންޏާ ގުޅަން ބުނެވުނީ ކީއްވެކަމެއް ނޭނގެއެވެ. މަނިކު ނިކުމެގެން ދިޔަ މަންޒަރު ބަލަން ނިމާން އަށް އިނދެވުނީ ކީއްވެގެން ކަމެއް ހުދު ނިމާންއަށް ވެސް ނޭނގެއެވެ.

އެއްމަސް ފަހެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން އަލްމާޝް ހުރީ އަފާފްއާއެކު ޒުވާން ކުދިން ބަށި ކުޅޭތަން ބަލަން ގޮހެވެ.

“މާޝް ތިބުނީ ބަނޑަށް މިހާރު ތިންމަސް ވެގެން ޮގޮސް ހަތަރުވަނަ މަހަށް އެޅީއޭ… މާޝްއަށްވުރެ ބޮޑަށް މިހާރު އަހަރެން ބިރު ގަންނަން ފަށައފި…މިހާރު ބަނޑުންވެސް ކޮންމެސް ވަރަކަށް އެނގެން ފަށައިފި… ދެން ދައްތަ ކައިރީގައި ބުނަންވީނުން..މިހާރުވެސް މާ ލަސްވެއްޖެ..ކޮންމެގޮތެއް ވިޔަސް ދެން ތިކަންތައް ސިއްރު ކުރެވޭނެޔޭ އަހަރެންގެ ހިތެއް ނުބުނޭ” އަފާފް އަލްމާޝްގެ ބޮޑުވަމުން އަންނަ ބަނޑުގައި އަތް ޖައްސާލިއެވެ. އަލްމާޝްހުރީ ކައިރީގައި ހުރި ކުޑަ ފާރުކޮޅެއްގައި ލެނގިލައިގެން ބަށިކުޅޭ ކުދިންނަށް ނަޒަރު ހުއްޓާލައިގެންނެވެ.

“އާނ އަފޫ… ތިކަމާ ވިސްނާ ވިސްނާ މިހާރު ރަނގަޅަށް ނުވެސް ނިދޭ… ހިތްބިރުގަންނަނީ މަންމަ ކަންތައް ކުރާނެގޮތެއް ނޭނގޭތީ… މިހާރު މިގޮތަށް ބަނޑު ފުއްޕާތީ ދެދުވަހަކު މަންމަ ސުވާލުވެސް ކޮށްފި.. އަހަރން ބިރުން ކިރިޔާ ހަލާކުނުވީ” ތަންކޮޅެއް ދުރުގައި ހުރި ހިލަގޮނޑިއަކާއި ދިމާލަށް ހިނގައިގަތީ ވަރުބަލިވެ ދެފައިގާ ރިއްސަން ފެށުމުންނެވެ.

“މާޝް އަށް ނުކެރެންޏާ އަހަރެން ހެލްޕެއް ވެދީފާނަން” އަލްމާޝްގެ މަޖުބޫރީ ހާލަތު އަފާފްއަށް ވެސް ވިސްނޭތީ އަލްމާޝްއާއި ދޭތެރެ ކަންބޮޑުވެއެވެ.

“ނޫން…. މިވާހަކަ މަންމަ ކައިރީގައި ބުނާނީ އަހަރެން…އެހެންމީހެއްގެ ދުލުން މަންމައަށް މިކަންތައް އެނގުނީމަ ކަމަކުނުދާނެ..ކަންބޮޑުވަނީ ހިސާބުގަނޑު މީހުން ކުރިމަތީގައި ބަދުނާމުވާނެތީ… މިކުރެވުނު ކަންތަކުގެ ސަބަބުން މަންމަ ހިތާމަކުރާނެވަރު މިހަރު އިހުސާސް ކުރެވޭ…އަނެއްކާ އަހަރެންގެ ބޮލުގައި އެޅިގެންދާނީ ނުކުރާ ކުށެއްގެ ބޮޑު ތުހުމަތެއް” ދުރަށް ބަލަހައްޓައިގެން އިން އަލްމާޝްގެ ލޮލުން ވެއްޓުނު ކަރުނަތިކި އަފާފް ފޮހެލަދިނެވެ.

“މާޝް ކަންބޮޑުވާނެކަމެއް ނެތް…ތިކަމުގެ ހަގީގަތް އެންމެ ބޮޑަށް ދެނެވޮޑިގެންވާ ފަތާރެއްވޭ…ދެން މަށަށް އެނގޭ… އިރާދަކުރެއްވިއްޔާ ދައްތަވެސް ރުޅިއެއްނާންނާނެ” އެއީ ބޮޑުކަމެއް ނަމަވެސް އަފާފް މަސައްކަތްކުރީ ވަގުތުގެ ގޮތުން އަލްމާޝްގެ ހިތްހަމަޖައްސުވާށެވެ. އިރިއޮށްސެން ގާތްވެފައިވުމާއެކު ދެކުދިން ގެއާއި ދިމާލަށް ހިނގައިގަތީ މާޔޫސްވެފައިވާ ހިތަކާއިގެންނެވެ.

އިޝާނަމާދުކޮށް އަވަދިވެގެން އަލްމާޝް މައްޗަށް ދެއަތް ނަގާ ދުޢާ ކުރިއެވެ.ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ. ދުނިޔޭގައިވާހާ ލޯތްބެއްދީގެން އެންމެ ކުޑަދުވަހުން ފެށިގެން އެންމެ ލޯތްބެއްވެސް އުނި ނުކޮށް އެތައް ގުރުބާންތަކެއްވި މައިންބަފައިންނާއި ދެތަން ނުކުރަށްވާތޯ ރޮއެފާ ދުޢާ ކުރިއެވެ. ނަމާދު ބުރުގާ ގެންގޮސް ކޮނޑެއްގައި އަޅުވާލިއެވެ. އެއީ އަލްމާޝްގެ އަބަދުގެވެސް އާދައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނީ ބޮޑުވަމުން އަންނަ ބަނޑަށް ބަލާލުމަށެވެ. ބޮޑުވަމުން އަންނަ ބަނޑާ އެއްވަރަށް އަލްމާޝްގެ ދެކޯ ވެސް ފުއްޕާފައި ވާކަން އަލްމާޝް ފާހަގަކުރިއެވެ. އަލަމާރި ހުޅުވާލައި އަލްމާޝްއަށް އެންމެބާރު ހުދުކުލައިގެ ކުރުތާ ނަގާ ލިއެވެ. އަދި ކޮޓަރިން ނިކުންނަމުން ފޯނު ނަގާ ނިމާންއަށް އަދި އަފާފް އަށް މެސެޖް ކޮށްލިއެވެ. ބަދަލުގައި ދެމީހުންވެސް އޯލް ދަ ބެސްޓް ޖަހާލާފައި ރިޕްލައި ކޮށްލުމުން ކޮޓަރިން ނިކުތް އަލްމާޝް ހީލިއެވެ. ނަމަވެސް އެހިތް ވަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. މިރޭ އަލްމާޝް އެއުޅެނީ ހަޔާތުގައި ކުރިމަތިލާނެ އެންމެބޮޑު ކަންތަކާއި ކުރިމަތިލާށެވެ. އަލްމާޝްގެ ދިރިއުޅުމުގެ އެންމެބޮޑު ހަގީގަތްމިރޭ ފަޒްނާއަށް ހާމަކުރާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތް ވިންދާނުލައި… (26)

Next

ރަހީނު… 12 ވަނަ ބައި

Next
July 20, 2015

ރަހީނު… 12 ވަނަ ބައި

Previews
July 19, 2015

ހިތް ވިންދާނުލައި… (26)

19 Comments!

  1. shyn says:
    July 20, 2015 at 1:27 am

    Vrh salhi.

  2. Tigrious says:
    July 20, 2015 at 1:33 am

    Rythi … Please Update Soon

  3. Saadha says:
    July 20, 2015 at 1:43 am

    Salhi….. But haadha dhuvahekey vaahaka up kurun…… This is so sad…. ☺

  4. Azu says:
    July 20, 2015 at 2:05 am

    V reethi mi vaahaka. Nimaan a dhakan e dhiya meehakee almaas ge bappa dhw. Avaha up kohdheythi plx

  5. Amy says:
    July 20, 2015 at 3:03 am

    Gud luck almaas

  6. muhy says:
    July 20, 2015 at 5:50 am

    Can somebody pls help me!I can’t c the stry at all only the comments r seen on the screen!I have uninstalled in at installed it again but stry ge badhaluga arany box thakaeh

  7. Anonymous says:
    July 20, 2015 at 6:29 am

    misaite ah miyothy kihineh vefa admin miragalhu koh dhybalha pls pls admin

  8. Rikku says:
    July 20, 2015 at 9:59 am

    Mi thanah mi othy konfadha thoofaneh araafatha adhi mi vaahaka kiyaa hithun balabalaa huhtaa mi v kihineh. .. dhen alhey mi kieyne gotheh hadhaadhee..

  9. arsy says:
    July 20, 2015 at 11:38 am

    Mee kihineh vefa miothy… . 🙁 vahaka kiye gotheh nuve… mi site ah kihineh vefa miothy

  10. admin says:
    July 20, 2015 at 12:21 pm

    there was an issue with the site. now ok vaane.. sorry guys for the inconvenience..

  11. Nazi says:
    July 20, 2015 at 12:54 pm

    Ushaali. Haadha lahunney thi up kurany. Plx plx plx plx avas kohdeebalaa. Mee haadha reethi vaahaka ekey. Good luck

  12. Crazi says:
    July 20, 2015 at 12:57 pm

    Ya can crazi herkuree phn ge kameh kamah sad vefah hutaa hulhu vunee nice story…but lahun update kuraathee sad vey

  13. zaahee says:
    July 20, 2015 at 2:20 pm

    v salhi mi vaahaka

  14. Ruhu says:
    July 20, 2015 at 4:07 pm

    Haadha reethi vaahaka ekey next part avahah up kohdhybala pls

  15. nukko says:
    July 20, 2015 at 6:07 pm

    V v v reethi.. massala akyy.maaaalahunahun upvaathyy.. dhen oii bai avahah up kohdhdhyy ushaali

  16. xaaxaa says:
    July 20, 2015 at 7:50 pm

    Ushaaliii do me a big favor…… Morey next part up koh dhyba plx

  17. xaaxaa says:
    July 20, 2015 at 7:50 pm

    Mirey*

  18. Shabee says:
    July 20, 2015 at 9:06 pm

    USHAALI mibaivexx v reethi..n v happy dhigu kh up khdhineemaa…. thank u.. good luck.. 😉

  19. Azka Ishka says:
    July 20, 2015 at 9:56 pm

    Good luck Ushaali… plx avahah up kohdhechey

Comments are closed.

Next Episodeއަލްމާޝް 5←


All Right Reserved!