ހަތަރު އުދަރެސް (9)
“އޭ މިރޭ މީ އަރީފުގެ ޓްރީޓެއް ދޯ؟” ޖޭޒް ކެފޭގެ މޭޒު ދޮށުގައި އިށީންނަމުން ޔިވާމް ވާހަކަ ދެއްކިއެވެ. އޭރު އަރީފް އަދި އަހުނަ އޯރޑާރ ކޮށް ނިމިއްޖެއެވެ.
“ތިހެންނޯ.. ދެންވެސް އަވަހަށް އޯރޑަރ ދޭންވީނު…” ޔިވާމް އަތަށް މެނޫ ދިއްކޮއްލަމުން އަހުނަފް ވާހަކަ ދެއްކިއެވެ.
ކޮފީގައި ތިބެގެން ތިން ރަހުމަތްތެރިން ދިޔައީ އެކި އެކި ވާހަކަތައް ދައްކަމުންނެވެ. ޔިވާމް އާއި އަހުނަފް ކޮންމެވެސް މަޖާއެއްޗެއް ބުނުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ފޯނަށް ގެއްލިފައި އިން އަރީފަށް އެތަނުގައި ދެކެވުނު ވާހަކައެއް ނޭނގެއެވެ.
“ސާބަހޭ! ލިއުޒާ ގާތު ބުނެބަލަ ހަތަރުދަމު ވާހަކަ ނުދެއްކިޔަސް އޯކޭ ވާނޭ!” އަރީފު ސިއްސައިގެން ދިޔައީ އޭނާގެ ކޮނޑުގައި ޖަހާލުމަށް ފަހު ޔިވާމް ވާހަކަ ދެއްކުމުންނެވެ. ޔިވާމް އެހެން ބުނުމާއެކު އަހުނަފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަދި މޭޒާ ތަންކޮޅެއް ކައިރި ވެލުމަށްފަހު ވާހަކަ ދެއްކިއެވެ.
“ލިއުޒާތަ؟ ނޫނީ އެހެން ކުއްޖެއްތަ..؟ މިއަދު ބިޓެއް ގޮވައިގެން ސީގަލްއަށް ވަންނަނިކޮށް ދުށިން… ހަމަގައިމުވެސް އެއީ ލިއުޒާ އެއް ނޫން..” އަރީފު ސީގަލް އަށް ދިޔައީ ލުޔާ އާއި އެކު ކަން އަހުނަފް އަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އެހެނަސް އޭނާގެ ނަން ބުނަން އަހުނަފް ބޭނުން ނުވީ އެވެ.
“ހޫނ.. އެއީ ލުޔާއޭ… އޭނަ އާ އެކު ޝޮޕިން ކޮއްލަން ގޮއްސަ އައިސްކްރީމް ބޯން ވަދެލީ..” އަރީފު ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފައެވެ. އެހެނަސް ލުޔާގެ ނަން ބުނި ހިނދު ޔިވާމްގެ މޫނަށް އޭނާއަށް ބަލާލެވުނެވެ.
“ޔިވާމްގެ ޕިޔާރާ ގޮވައިގެން އަރީފުތަ މިހާރު ޝޮޕިންއަށްވެސް ދަނީ؟” އަހުނަފް ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ.
“އޭނަ ގުޅާ ގުޅާ މަށަށް ފޯނު ނުނެގުނީ… ކަޓާފަތަ ހުރީ؟” އަހުނަފް ބުނި އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޔިވާމް އަރީފާއި ވާހަކަ ދެއްކިއެވެ.
“އުހުނ.. އޯކޭކޮށް ހުރީ… ތި ދެމީހުން ހަމަ ސީރިއަސްކޮށް ރައްޓެހި ވީތަ މިހާރު؟” އަރީފު ޔިވާމް އާއި ސުވާލު ކުރިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޔިވާމް އާނއެކޭ ބުނާއަޑު އަހަން އޭނާގެ ހިތް ބޭނުން ނުވާ ކަހަލައެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާ އަކަށް ނޭނގެއެވެ. ލުޔާ އާއި ޔިވާމް ރައްޓެހިވެގެން އުޅޭ މަންޒަރު ހިޔާލަށް އައުމުންވެސް އަރީފަށް އުނދަގޫވިއެވެ. އޭނާ ނިންމީ އެއީ ޔިވާމްގެ ގޮތް އޭނާއަށް އެނގޭތީ ކަމަށެވެ .ޔިވާމް ލުޔާ އަށް ބޭވަފާތެރި ވެދާނެތީ އޭނާގެ ހިތް އެކަމަށް ދެކޮޅު ހަދަނީ ކަމަށެވެ.
“ހެހެ.. އަސްލު ނޫން އިނގޭ.. މި ކުޑަ ދުވަސްކޮޅު ތެރޭގައި ދެމީހުން ވަރަށް ކްލޯޒް ވެއްޖެ.. އެކަމަކު ބިޓެއް ނޫން..”ހިނިގަނޑަކަށްފަހު ޔިވާމް ވާހަކަ ދެއްކިއެވެ.
“އެކަމެއް ނޭނގެ އޭނަ ފެނުނު ދުވަހު މޮޔަ ވެގެން އުޅުނު އިރު…” އަހުނަފް އޭނާގެ ރަހުމަތްތެރިޔާއާއި ދިމާކޮށްލިއެވެ.
“އަސްލު ވާހަކަ ދައްކަން ފެށީމަ ރިއަލައިޒްވީ މަގޭ ޓައިޕް އެއް ނޫންކަން… މީނދަ އަރީފުގެ ޓައިޕް އެއީ…” ޔިވާމް ވާހަކަ ދެއްކީ ހެމުންނެވެ. އޭނާ މިހެން ބުނީ އެއްވެސް ކަމެއް ހިތުލައިގެނެއް ނޫނެވެ. އެހެނަސް އެ ބަސްތަކާއެކު އަރީފުގެ މޫނަށް އަރާފޭބި ކުލަވަރު އަހުނަފަށް ފެނުނެވެ. އެއީ އަހުނަފަށް އައު ޝުއޫރެއް ނޫނެވެ. ނަމަވެސް އެވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި އަހުނަފް މައުޟޫއު ބަދަލުކޮށްލިއެވެ.
****
ރޭގަނޑުގެ އިރާކޮޅު ވަގުތެވެ. ހަވީރުދަޅައިގައި ނިދަން އޮށޯތް ލިއުޒާ އަދިވެސް ވަނީ ހުވަފެނީ އާލަމުގައެވެ. ސިއްސައިގެން ގޮސް އޭނާއަށް ހޭލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އެއާއެކު ފޯނު ސްކްރީންގައި ލިޔެފައިވާ ނަމަށް ބަލައިލިއެވެ. ހީލުމަށްފަހު އޭނާ ފޯނު ނެގިއެވެ.
“ރުޅިއައިއްސަ އެއް ނޫންތަ؟” ފޯނު ނެގުމަށްފަހު އެންމެ ފުރަތަމަވެސް ލިއުޒާ ކުރީ ސުވާލެކެވެ.
“އހަރެން ރުޅި އަންނަ ވަރުގެ ކަމެއް އަދި ލިއު އެއް ނުކުރޭ..” އަނެއް ކޮޅުން ވާހަކަ ދެއްކި އިރު އެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.
“ރޭގަ އަހަންނަށް ބުނެވުނު އެއްޗަކުން ހިތްހަމަ ނުޖެހިފައެއްނު ހުރީ؟” ލިއުޒާ ކޮއްލީ ސުވާކެވެ.
“އެއްޗެކޭ ހިނުކުރާ މަތިން އަހަރެން ސުވާލެއް ކޮއްލަންތަ؟” ލިއުޒާއަށް ޖަވާބު ދިނުމުގެ ބަދަލުގައި އެކޮޅުންވެސް ކުރީ ސުވާލެކެވެ.
“ހްމމ.. ކޮއްބަލަ..” ޖަވާބު ދެމުން ލިއުޒާ އެނދުގައި ލެނގިލިއެވެ. ކޮންމެ ސުވާލެއް ކުރިޔަސް ޖަވާބުދޭން ތަތްޔާރޭ ބުނާފަދަ ގޮތަކަށެވެ.
“އަހަންނާ ވާހަކަ ދައްކާތީ އަރީފު ރުޅިއއް ނާދޭތަ؟” ސުވާލު އަޑު އިވުމާއެކު ލިއުޒާގެ ލޯބޮޑު ވިއެވެ. އެ ދެމެދުގައި އެކި އެކި ވާހަކަތައް ދެކެވުނަސް އަރީފުގެ ވާހަކަ މީގެ ކުރިން ދައްކާފައެއް ނުވެއެވެ. އެއީ ބޮޑު ފޮއްޓަށްލާ ތަޅުލާފައިވާ ވާހަކައެކެވެ. އެހެންކަމުން މިއަދު އެހާ ސީދާކޮށް އެސުވާލު ކުރުމުން ލިއުޒާ ސިހުނެވެ.
ކުދައިރުކޮޅެއްވަންދެން އެއްވެސް އެއްޗެއް ނުބުނެ އޭނާ އިނެވެ. އެއީ ހަގީގަތް އެނގިއްޖެ ނަމަ އަރީފު ހިތްހަމަ ނުޖެހޭނެކަން ލިއުޒާ އަށް ހަމަ ރަނގަޅަށްވެސް އެނގޭތީއެވެ. އަދި ލިއުޒާ އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެށް އަރީފުއާއި ހިއްސާ ނުކުރާވާހަކަ އެހެން މީހެއްގެ ކުރިމަތީގައި ދައްކަން ބޭނުން ނުވާތީއެވެ. އޭނާއާއި އަރީފު ހަމަޖެހިގެން ވާހަކަ ނުދައްކާތާ ކިތަންމެ ދުވަހެކެވެ. ބޭރުން ކިތަންމެ ވަރަކަށް ލޯބީގެ ދަޅަ ދެއްކިޔަސް މިހާރު އެ ދެމެދުގައި ހަގީގީ ލޮތްބެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުންނަކީ އުޑާ ބިމާހާ ތަފާތު ދެމީހުންނަށް ވީއިރު އެދެމެދުގައި ވާހަކަ ދެއްކުމެއް ނޯވެއެވެ. ލިއުޒާއަކީ ކަންކަމުގައި ގޮތް ދުކުރާ މީހެއްނޫނެވެ، ކިރިޔާވެސް މައްސަލައެއް ޖެހިއްޖެނަމަ އަރީފު އެކަމަށް މާފަށް އެދެއެވެ. ރައްޓެހިވެގެން އުޅުނުތާ ކައިރީގައި ކިތަންމެ ލޯބިން އުޅުނަސް މިހާރު އެ ލޯބި މިލާފައިވާ ކަހަލައެވެ. ފަހަރުގައި އެހާ ގާތްކޮށް އުޅެފައި ރައްޓެހިވުމުން ވީގޮތަކަށްވެސް ވެދާނެއެވެ.
“ދެން މީހަކާ ވާހަކަ ދެއްކިޔޭ ކިޔާފަ ރުޅި އަންނަން ޖެހޭތަ؟” ލިއުޒާ ވާހަކަ ދެއްކީ ގަދަކަމުން ހީލަމުންނެވެ.
“ތިބުނީ އަހަރެން މީ ދެން ހަމަ ‘މީހެކޭ’ ތަ؟” ލިއުޒާ ވަހަކަ ދެއްކި ރާގު ބަދަލުވުމުން އަނެއްކޮޅުން ކޮއްލީ ސަމާސާއެކެވެ.
“ތީ މީހެއް ނޫންތަ؟ ޔާރައްބީ! ލިއުއަށް މި ވާހަކަ ދެއްކެނި ޖިންނިއަކާތަ؟” ލިއުޒާވެސް އެސަމާސާގައި ބައިވެރި ވެލިއެވެ.
“ދެން އޯކޭ އޭ… އަހަރެންވެސް މިވީ ދެން ހަމަ އެހެން މިހުންނެކޭ އެއްފަންތިއެއްގެ މީހަކަށްތާ..” ޖަވާބުއައީ ހިނިގަނޑަކާވެސް އެކުއެވެ.
މިފަދަ އެތައް އެތައް ވާހަކައެއް އެރޭ އެދެމެދުގައި ދެކެވުނެވެ. އެހެނަސް އަރީފުގެ ވާހައެއް އަލަކުން ނުދައްކައެވެ. މިރޭވެސް ލިއުޒާ ނިދީ މެންދަމުން އަލިވި ފަހުންނެވެ. މާދަމާ އޮފީހަށް ދާން އޮތުމާއެކު އޭނާ ފޯނު ބޭއްވީއެވެ. އެހެނަސް އެއީ ދެމީހުން ކުރެ އެކަކުވެސް ބޭނުން ވެގެން ނޫނެވެ. މިރޭ ލިއުޒާ ނިދުމަށްޓަކައި އޮށޯތީ ހިތްހަމަ ޖެހިގެންނެވެ. ރެއާއި ޚިލާފަށް އޭނާގެ މޫޑު ވަރަށް ރަނގަޅެވެ. ނިދިފައި އޮތް އިރުވެސް އެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފިލައެއް ނުދެއެވެ.
****
ރެއެކޭ އެއްފަދައިން މިރޭވެސް ލުޔާއަކަށް ނުނިދެއެވެ. ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކިޔަން އިން ވާހަކަ ފޮތާމެދުވެސް ފޫހިވިއެވެ. ނިދަންބޭނުންވެފައި ހުރެ ނުނިދޭތީއެވެ. އެންމެފަހުން ލެޕްޓޮޕުން މަޑުމައިތިރި ލަވައެއްވެސް ޖެހިއެވެ. އިރުކޮޅެއްވަންދެން ސީލިންގަށް ބަލަން އޮތުމަށް ފަހު އޭނާގެ ފޯނު ނެގިއެވެ. ލުޔާގެ ލޮލުގައި އަޅައިގަތީ ރޭގައި އަރީފު ކޮއްފައިވާ މެސެޖުތަކެވެ. އަދިވެސް އެ މެސެޖުތަކެއް އޭނާ ނުކިޔައެވެ. ފަހަރަކު މެސެޖެއް ހުޅުވަމުން ގޮސް ހުރިހާ މެސެޖެއް ކިޔާ ނިމުނުއިރު އޭނާގެ ލޯ ވަނީ ފެންކަޅި ވެފައެވެ. ފޯނު ހިފައިގެން ތެދުވެ ދެކޮޅުން ދެކޮޅަށް ހިނގަމުން ދިޔައިރުވެސް އެ ލޮލުގެ ފުސްކަމެއް ނުފިލައެވެ. އެންމެ ފަހުން އެނދުގައި އިށީންނަމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ.
*ހޭއި…* ތިން އަކުރުގެ މެސެޖެއް ލިޔެލުމަށްފަހު ލުޔާ އަރީފަށް ފޮނުވާލިއެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ ފަސްމިނިޓު ހިނގުމުން އޭނާ ނިންމީ އަރީފު ނިދީ ކަމަށެވެ. އަނެއްކާވެސް އޮށޯވެލުމަށް ފަހު އިވެމުން ދިޔަ ލަވަ ބަދަލުކޮއްލިއެވެ. މުޅިކޮޓަރި ތެރޭގައި ގުގުމާލީ އަރިޖީތުގެ ފިރިހެން ވަންތަ އަޑެވެ. އެއަޑުން ‘ތުމް ހި ހޯ’ ބުނެލި ވަގުތުގައި ލުޔާގެ ފޯނުވެސް ވައިބްރޭޓުވިއެވެ.
*ހޭއި.. ނުނިދާ ރެއެއްތަ؟* އަރީފުގެ މެސެޖު ފެނުމުން ލުޔާ ހިނިތުންވެލިއެވެ.
*ނުނިދިގެން މި އުޅެނީ… އަރީ ނުނިދަންތަ؟* ޖަވާބު ދިނުމަށްފަހު ލުޔާވެސް ކުރީ ސުވާލެކެވެ.
*ނިންޖެއް ނާދޭ.. އަނެއްކާ ކަމަކުތަ؟* އަރީފުގެ މެސެޖަށް ބަލަހައްޓައިގެން ލުޔާއަށް އިނދެވުނެވެ. ޚުދު އޭނާ އަކަށްވެސް މެސެޖު ކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.
*ނިދުނީތަ؟* ލުޔާގެ ޖަވާބެއް ނައުމުން އަރީފު އަނެއްކާވެސް މެސެޖު ކޮއްލިއެވެ.
*އުހުނ ނުނިދޭ… ކުޑަ ކަމަކު ކިޔަން ވެގެން..* ވަރަށް އިރު ވަންދެން ވިސްނަން އިނުމަށް ފަހު ލުޔާ މެސެޖު ކުރިއެވެ.
*ކޮންކަމެއް؟ އަވަހަށް ބުނޭ! ޔާއްކޮ ބުނި ކޮންމެ ކަމެއްވެސް ކޮއްދޭނަން!* އަރީފުގެ މި މެސެޖު ކިޔާލުމަށްފަހު ލުޔާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. އެހެންޏާ ދުވަހަކުވެސް ޔާއްކޮއޭ ނުކިޔާ މީހަކު މިރޭ އެ ނަމުން ގޮވާލީމައެވެ.
*ފަސްޓް އޮފް އޯލް، ޑޯންޓް ކޯލް މީ ޔާއްކޮ!*
*އޯކޭ.. ދެން ސެކަންޑް އޮފް އޯލް ކޮންކަމެއް؟ ؛)* މެސެޖު ކިޔާލުމުން އަރީފު ލުޔާއަށް ޖެއްސުން ކޮއްލީކަން އޭނާއަށް ނަގައިގަނެވުނެވެ. ކުރީގައި އެ ދެމެދުގައި އޮތް ރަހުމަތްތެރިކަން އަނެއްކާވެސް އައުވަނީ އޭ އޭނާގެ ހިތަށް އެރިއެވެ. މިފަހަރު މެސެޖު ލިޔުނު އިރު ލުޔާ ހިތްހަމަ ޖެހިފައި ހުރިކަން އެނގެއެވެ.
*މާދަމާ އޮފީހަށް ލައިދެވިދާނެ ތަ؟ ބައްޕަ ދަނީ ދޮންތަ ގޮވައިގެންނޯ.. އެ އޮފީހުގެ މީޓިންގ އެއް ހެނދުނު އޮތީމަ.. ކާރުގަ ގޮއްސިއްޔާ ބޯ އަނބުރާނެތީވެ..* ހަގީގަތުގައި ލުޔާ ހުރީ ހިނގާފައި އޮފީހަށް ދާން ނިންމައިގެންނެވެ. އަރީފު އެހުމުން އޭނާގެ ގާތުގައި ކަމަކު ކިޔަންވެގެން އެހެން އެހީއެވެ.
*އޭ ލުޔާ އަހަރެންގެ ބޮސް އަށް ވީ ދޯ؟! އާނ ދެން ބޮސް އެދުނީމަ ތިވަރު ކަމެއް ޖެހޭނީ ކޮއްދޭށެންނު* އަރީފުގެ މެސެޖުގައި ވަނީ ސަމާސާގެ ރާގެއެވެ.
*ޔެސް ޔޫ އާރ ރައިޓް. އަރީފަށް ދެން ހަދާލާނީ ހަމަ އަހަރެން ބޭނުން ގޮތެއް! މުއަހަހަހަހަހަ!* ސަމާސާގައި ބައިވެރިވެލަމުން ލުޔާ ލިޔެލިއެވެ.
މެންދަން ފަހަނަ އަޅާ ގޮސް އެކެއް ޖެހި އިރުވެސް ދެމިހުން ތިބީ އެކި އެކި ވާހަކަ ތައް ދެއްކުމުގައެވެ. ދެމީހުން ދެމީހުންނަށް ޖެއްސުން ކޮއްފައި މެސެޖު ކުރަމުން ދިޔައިރު ލުޔާގެ ލޮލަށް ނިދި ސަވާރުވަމުން ދިޔައެވެ. އެންމެ ފަހުން ‘ގުޑްނައިޓް’ އޭ ބުނެފައި މެސެޖު ކޮއްލަމުން ލުޔާ އޮށޯތީ ނިދާށެވެ. އޭރު ލުޔާގެ ހިތުގެ ތެރޭގައި ގޮތްނޭނގޭ ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވި އިރު އޭނަގެ އަތްފައި ވަނީ ފިނިވެފައެވެ. މިރޭވެސް އޭނާގެ ހުވަފެންތަކުގެ ތެރެއަށް ބިރުވެރިކަން ފާއްދާލާނެއެވެ. އެވަރަށް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.
23 Comments!
Comments are closed.
Me first……. varah salhi…
ikee ah v v v v v salhi mivaahaaka.. kon iraku next part maasham??
Vvv nice.. wen nxt part??☺☺
NICE
WAITING FOR THE NEXT PART
Vrh salhi.. mihaaru engey mivaa goi.. luyaa and areef. Liuza and ahnaf.. kn irakun tha next part.. avaha up kohdhehchey…
Luyaa birun ulheny kon kamakaatha..? Curious to know
good try
year.. ilee ah vex egijje vaa goi.. AHNAF AAI LIUZA.. AREEF AAI LUYAA
Azka Ileeyaa Kuhaan.. U don’t have any permision.. loabee ge vaahaka hulhuvan… Ikee maale ga hurinama…
Why????? Ilee ah nuvadhe vennaa Ikee ah ves nuvadhe veyne.. dhe meehun same age.. and aa twins.. ehen veema eh vareh age..
kaaku ah anganbaa 2 myyhun amilayah mi ishtihaar vanyy,,,,….bunelan othy my chat room eh nooney…..thi myyhunaahedhi kaneeynge admin iru kolhu kolhaa ebadalu kuranyy…comment kuraairu email jahan jeheynama yageen thi myyhunah thihin noolhe vey nekan
Nice. V intresting.. when are you going to upload next part… waiting.. what are you guyz tokin abt..
V.nice story
Mi baives v reethi.. Waiting 4 next part…. Haadha dhuvahekey vaahaka up kuran….
Azka ileeya akaai azka ikyaa.. mee chat room eh noooneh nooney thidhemyhun anga thalhaakah.
Kihineh tha luaa ah mivanee MAASHAM?? Shabee bunaanee mi hama love triangle ekey… komme comment ehga vexx bunan dhw ehen… dhen neynge MAASHAM hadhaanee emmen.emme heenukuraa gothah thoache… 😉 gud luck
varah reethiiii….luya ah dhimaavegen eulhny kyybaa?♥♥♥⭐⭐⭐⭐
Ikyaa kuhaan.. enme faharaku happu kiyaigen hureba.. And ileeyaa vex.. bodakas dhen thimeehun… thurjillah vajhih… mi buni ethin maana eh nagaane kamah unmeedhu kuran.. and thigothah meehun rulhi aruvn noolheba.. aharen mee friend eh kamuga balanna bas ahaathi n mibuni gothah hadhaathi.. alhamdhu lilaah.. arabi kudhin rangalhu vaane.. maasham mi vaahaka varah salhi
Thank you all so much for your support. <3 In sha allah 21st or 22nd ga dhen in part up koh dheynan.. dhigu koh 😀
And for all of you who are curious, we'll just have to wait and see 😉
Cheers!
ey noaya haadhy saidh aai meet vevidhaane tha? thi nan fenumun egey thee kureedhuvahu ahannah ladu dhin arabi kujjakan
Noayaa haadhy saidh akee arabi kujjeh dw… maa hazihee ilal madhrasathi…. inshaa allah.. this story is very nice. i don’t know dhivehi that much so cmt kuraa iru kuda massala hurun ekasheegenvey.. im also a arabic one
Hehe karaa be. Ther faranajee eh noon tha…. karaa oiy thah ves eba buraa
Hehe karaa be. Ther faranajee eh noon tha…. karaa oiy thah ves eba buraa. Thee hama ekaku