Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (26)

zaisha Level 210 Stories
July 19, 2015 6 Mins Read
77 Comments

ސިޓިން ރޫމުގައި އިން ނާޒިމް އިނީ ޚިޔާލަކަށް ގެއްލިފައެވެ. އެވަގުތު އާޝިޔާ އައިސް ކައިރީގައި އިށީދެ ގޮވާލުމުން ވެސް ނާޒިމްއަށް ހޭވެރި ކަމެއް ނުވެއެވެ. “ނާޒިމް.. އޭތް..” އާޝިޔާ ކޮނޑުގައި ހިފުމުން ނާޒިމް ސިހުނެވެ. “އާނ ހޫމް ކީކޭ..” ނާޒިމް ބުނެލިއެވެ. “ކިހިނެތްވެފައި ތިއިނީ މިވަރަށް ގޮވާއިރު.. ހިނގާ ހޮސްޕިޓަލަށް ދާން.” އާޝިޔާ ބުނެލިއެވެ.

“އަހަރެން ކޮން މޫނެއް ދެން މާކިންއަށް ދައްކާނީ.. އަހަރެން އޭނާ ދަރިއެއްގެ މަޤާމުން ވަކިކުރީ..” ނާޒިމް ދެރަވެފައި އިނދެ ބުނެލިއެވެ. “ދެން ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ.. ނާޒިމް އަލުން އޭނާ ބަލައިގަނޭ.. މާކިން ވެސް އުފާވާނެ..” އާޝިޔާ ވިސްނައިދިނެވެ. ނަމަވެސް ނާޒިމް ދެރަވެފައި އިންއިރު އޭނާއަށް މާކިންއާއި ކުރިމަތި ލާނެ ގޮތެއް ނޭނުގެނެވެ.

އެނދުގައި އޮށޯވެ އޮތް މާކިންގެ ނަޒަރު ހުއްޓިފައި ހުރީ އިނާރާއަށްށެވެ. އޭނާ އާފަލުތަކެއް ކޮށަން ހުރިއިރު އެ އިސްތަށިގަނޑު ކޮނޑަށް ވުރެން ތިރިއަށް އަރާއިރު ކުރީގެ ބުޅިކަން ވަނީ އައިސްފައެވެ. މާކިންގެ ހަނދާނަށް އައީ އޭނާ އެއްވެސް ރަހުމެއްނެތި އެ އިސްތަށިގަނޑު ކޮށާލި ދުވަސް މަތިންނެވެ. އަދި އެވަރު ނުފުދިގެން އިނާރާގެ ނުރުހުމައި އިސްތަށިގަނޑު ފަންވެސް ކޮއްލީއެވެ.

އާފަލު ތަށި ހިފައިގެން އައިސް ކައިރީގައި މަޑުކޮއްލި އިނާރާ އެތަނުގައި ހުރި ކުޑަ ސޯފާގައި އިށީނދެލިއެވެ. “އަން.. އަވަހަށް ކާލާ މަންމަ މެން އަންނަން ވާއިރަށް..” އިނާރާ އާފަލު ފޮއްޗެއް ދިއްކޮއްލުމުން މާކިން އޭނަގެ އަތުގައި ހިފޭއްޓިއެވެ. މިހެން އިނދެފައި މަޑުމަޑުން އިނާރާގެ ބުޅި އިސްތަށި ކޮޅުގައި އަތް ހާކާލިއެވެ.

މާކިންގެ މި ޢަމަލުން އިނާރާއަށް އޭނާ އެ ވިސްނަނީ ކޮންކަމަކާއި ކަން އިނގުނެވެ. “ވަރަށް ދެރަވި ދޯ އެދުވަހު… ސޮރީ ބަމްބީ..” މާކިން ދެރަވެފައި އިނދެ ބުނެލިއެވެ. ތުބުނޅި ނުބާލާ ހުރުމުން ކުޑަކޮން ބޯވެފައި ވާއިރު އެ މޫނުގެ ފިރިހެންވަންތަކަން އިތުރު ކޮއްދެއެވެ. ވަރުބަލިވެ ލޯ ކޮންމެވެސް ވަރަކަށް ރަތްވެފައި ވާއިރު އޭނާ ބަލިކަން ހާމަވެއެވެ #.

“އިޓްސް އޯކޭ.. ދެން ތި ވާހަކަތައް ނުދައްކަބަލަ..” މާކިން އިސްތަށި ކޮޅާއި ކުޅެލަމުން އިނާރާ ބުނެލިއެވެ. އެވަގުތު އެތަނަން ވައިން ނާޒިމްގެ ދެމަފިރިންނަން މި މަންޒަރ ުފެނި ހިނިތުން ވެލެވުނެވެ. މާކިންއާއި އިނާރާގެ ގުޅުން ރަނގަޅު ވަމުން އަންނަކަމުގެ ނިޝާންތައް ފެންނަމުން ދިޔުމުން އެމީހުން އިންތިހާއަށް އުފާ ކުރިއެވެ.

“ދަރިފުޅާ… މަންމަ މިއައީ ދަރިފުޅަށް މީރުކޮން ނޫޑްލިސް ހަދައިގެން..” އާޝިޔާ އަތުގައި އޮތް ކޮތަޅު މޭޒުގައި ބަހައްޓަމުން ބުނެލިއެވެ. އޭރު ނާޒިމް ދުރުގައި ބުނާނެ ވަކިއެއްޗެއް ނޭނގިފައި ހުއްޓެވެ. މާކިންވެސް ނާޒިމްއާއި ދިމާއަށް ބަލައިލީ ދެރަވެފައި އިނދެއެވެ. އާޝިޔާއަށް މިތަން ފެނުމުން އިނާރާއަށް ގޮވާލިއެވެ.

“އިނާ ހިނގާބަ މަންމައާއި އެކީ ކެންޓީނަށް ގޮސްލާފައި އަންނަން..” އާޝިޔާ މިހެން ބުނެފައި އިނާރާގެ އަތުގައި ހިފައިގެން ނިކުތެވެ. އޭނާގެ ބޭނުމަކަށްވީ ދެބަފައިން އެކަހެރި ވެލުމެވެ. އޭރުން އެދެމެދުގައި އުފެދިފައިވާ ދުރުހެލިކަން ނައްތާލަން ފުރުސަތު ދިނުމަށްށެވެ.

ސޯފާގައި އިށީދެލި ނާޒިމް އިނީ އިސްޖެހިފައެވެ. “ކިހިނެތް މިހާރު؟” އިރުކޮޅަކު މިހެން އިނުމަށްފަހު ނާޒިމް ސުވާލުކުރިއެވެ. “ކުޑަކޮން ރަނގަޅު..” ޓީ.ވީއަށް ނަޒަރު ހުއްޓާލައިގެން އިން މާކިން ބުނެލިއެވެ.

 ނާޒިމް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ފަށާނީ ކިހިނެތް ކަމެއް ނޭނގުނެވެ. “މާކިން.. ދަރިފުޅާ.” ނާޒިމް ތެދުވެ މިހެން ބުނެލުމުން މާކިން ވަގުތުން އޭނާގެ ނަޒަރު ނާޒިމްއަށް ހުއްޓަލިއެވެ. މިހާ ދުވަހަށްފަހު އެ ދުލުން ދަރިފުޅާއޭ ކިޔައި ގޮވާލުމުން އެހިތަށް ފިނިކަން ލިބުނެވެ.

“ވަރަށް ދެރަވޭ ކުރިން އެގޮތަށް ކަންތައް ކުރެވުނީމަ.. އެދުވަހު އެހެންވީ އައިސްފައި ހުރި ރުޅިއެއްގެ ސަބަބަން.. ބައްޕަ އެހެން ބުނި ނަމަވެސް ތިއީ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ.. ދަރިފުޅަށްޓަކައި އޮތް ލޯބި ދުވަހަކުވެސް ފަނޑެއް ނުވާނެ.. ބައްޕައަށް މަޢާފު..” ނާޒިމްގެ ވާހަކަ ހުއްޓުވީ މާކިންއެވެ.

“ނޫން.. މަޢާފަށް ނޭދޭ ބައްޕާ.. އަޅުގަނޑަށް ކުށް ކުރެވުނީ.. އެކަމުގެ ރަނގަޅުގޮތް ދައްކައިދޭން ވެސް ހުރީ ހަމަ ތި ބައްޕަ.. ތިހެން މަޢާފަށް އެދޭކަށް ބައްޕަ ނުޖެހޭނެ.. އަޅުގަނޑަށް މަޢާފް ކޮއްދީ..” ނާޒިމްގެ އަތުގައި ހިފާލަމުން މާކިން ބުނެލިއެވެ. އޭރު ނާޒިމްގެ ލޮލުން ކަރުނަ ނިރާލިއިރު އޭނަ މާކިންގެ ކޮނޑުގައި ހިފައި ގަޔާއި ކައިރި ކޮއްލިއެވެ. “ތިއީ އަބަދުވެސް ބައްޕަގެ ރަންކޮޅަކީ..” ނާޒިމް މިހެން ބުނުމުން މާކިންއަށް ހެވުނެވެ. މާކިން ކުޑައިރު ނާޒިމް އަބަދުވެސް އޭނާއަށް ގޮވާނީ އެހެން ކިޔާފައެވެ. މިހާ ދުވަސް ފަހުން އެހެންކިޔައި ގޮވާލުމުން މާކިން އުފަލުންފުރުނެވެ.

ދެބަފައިން ހޭންތިބި މަންޒަރުފެނި އެތެރެއަށް ވައިން އާޝިޔާ ހިތް އުފަލުން ފޮޅެލިއެވެ. “އަހާ.. ހާދަ ވަރަކަށް ތި ހެނީ.. އަހަރެމެން ކައިރިވެސް ބުނެބަލަ.. އޭރުންނުން ހޭން އިނގޭނީ… ދޯ އިނާރާ.” އާޝިޔާ އައިސް ނާޒިމް ކައިރީ ހުއްޓެލަމުން ބުނެލިއެވެ. އޭރު އިނާރާވެސް ހެވިފައި މާކިންގެ އަތުގައި ހިފާލިއެވެ.

“ބައްޕަ އަބަދުވެސް އެދެނީ މި ޢާއިލާ މިގޮތަށް އުފަލުގައި ތިބެން…” ނާޒިމް މިހެން ބުނުމުން އެންމެން އެކީގައި ކައިރިވެލިއެވެ. އާޝިޔާގެ ލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. ނަމަވެސް ކުރިއަށް އަންނަން އޮތް ތޫފާނުގެ ގަދަކަން އަދި އޭނާއަށް އަންދާޒާ ނުކޮއްލެވެއެވެ.

“ދެން ކިހިނެތް ހަދަނީ؟” އެނދުގައި އިން ޒެރީން ބައްސާމައާއި ސުވާލު ކުރިއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ބައްސާމް އޮތީ ސީލިންގްއަށް ނަޒަރު ހުއްޓާލައިގެންނެވެ. ގޭގައި އެއްވެސް މީހަކު ނޫޅޭ ވަގުތު ބަލާފައި ޒެރީން އެބަޔަށް ބައްސާމް ގެނައީއެވެ. ކޮޓަރީގައި ހުރި މާކިންގެ އެއްޗެއްސަށް ބަލަބަލާފައި އުޅުނު ބައްސާމްގެ މޫނުމަތިން ފާޅުވީ އިންތިހާ ރުޅިވެރިކަމެވެ.

“އިނގޭތަ މިއީ ހުސް އަހަރެންނަށް ލިބެން ޖެހޭ އެއްޗެހިކަން.. މި އަރާމައި މިތަން ހައްޤުވާނީ އަހަރެންނަށް..” އޮތް ގޮތަށްއޮވެ ވާހަކަދެއްކި ބައްސާމް އޮތީ މުޅިން އެހެން ދުނިޔެ އެއްގައެވެ. “ތިއެއް ނޫނޭ… ކިހިނެތްތަ ދެން ހަދަނީ..” ޒެރީން ޗޮކްލެޓެއް ކަނޑާލުމަށްފަހި އެ ކާން އިނދެ ބުނެލިއެވެ.

“ޒެރީން ކުރަންވީ ކަންތައް ނިމިއްޖެ.. ދެން ހުރިހާ ކަމެއް ކުރާނީ އަހަރެން… މިކަން ނިންމާނީ މިފަހަރު އަހަރެން… އެ ނާޒިމްއަށް ދެން މާގިނަ ދުވަހަކު އެހެންނެއް ނުހުރެވޭނެ.. އެހެންނޫނަސް މާކިން އެހުރީ ސަލާމަތުން.. ދެން އެއްކޮން ރަނގަޅު ވާއިރު އޭނާގެ ދިރިއުޅުން އޮންނާނީ އެފުއް މިފުށަށް ޖެހިފައި.. އޯލް ތޭނަކްސް ޓު ޔޫ ލަވް..” ޒެރީންގެ އަތުގައި އޮތް ޗޮކްލެޓުން އިތިކޮޅެއް ކާލަމުން ބައްސާމް ބުނެލިއެވެ.

މަލަކް ސޯފާގައި އޮށޯވެގެން އޮތްއިރު އެ ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ ބިންމަތީގައެވެ. ފޯނުން ރާހިލްއަށް ގުޅައިގެން އޮތްއިރު އެ މޫނުމަތިން ހިނިތުންވުން ނުގެއްލެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފޯނަށް އިތުރު ކޯލެއް އައުމުންނެވެ. “މަޑު ކުރައްޗޭ..” ނުދަންނަ ނަމްބަރަކުން ގުޅުމުން ރާހިލް ހޯލްޑްއަށް ލުމަށްފަހު މަލަކް އެ ކޯލު ނެގިއެވެ.

“ހަލޯ..” މަލަކް ހަމަޖެހިލައިގެން އޮވެ ބުނެލިއެވެ. “ހާއި މަލަކް.” އެކޮޅުން ސިޑޭގެ އަޑުއިވުމާއި އެކީ މަލަކް ފުންމައިގެން ތެދުވިއެވެ. އޭނާއަށް ސިޑޭގެ އަޑެއް ނޯޅޭނެއެވެ. އެ އަޑުއިވުމުން ވެސް ހިވީ ހިތް ގެނބުނު ހެންނެވެ. މުޅި މީހާ ބިރުން ރޫރޫ އަޅައިގެން ދިޔައެވެ.

“ފިލައިގެން އުޅެވިއްޖެ އެއްނުން.. ވަރަށް މިސްވި އިނގޭ.. އާދޭ ލޯބިކޮއްލަން..” ސިޑޭ މިހެން ބުނުމުން މަލަކް އިންތިހާއަށް ރުޅިއައެވެ. “ޝަޓް އަޕް.. އަހަރެން ނޫޅެން ތި މީހުންނާއި އިތުރު ގުޅުމެއް ބާއްވާކަށް.. އަހަރެން ނުދީއޮތް ފައިސާ އެއްވެސް ނޯންނާނެ..” މަލަކް ޖެހިލުންވި ނަމަވެސް ހިތްވަރު ކޮއްފައި ވާހަކަދެއްކިއެވެ.

“ހެހެހެ.. ނޫޅެމޭ ފައިސާގެ ބޭނުމުގައެއް… ހަމަ މިސްވަނީ..” ސިޑޭ ލާނެތް ރާގަކަށް ވާހަކަދެއްކިއެވެ. “ސިޑޭ ޕްލީސް.. އަހަރެންނަށް އުނދަގޫ ނުކުރޭ..” މަލަކް ބުނެލިއެވެ. “ދެން ތިހެން ކިޔާނެކަމެއް ނެތް.. މަލަކް ހީކުރީ މިހާ ދުވަސްވަންދެން އަހަރެންނާއި އެކީ އުޅެފައި ތި ރާހިލްއާއި އެކީ އުޅެވޭނެޔޭތަ.. ލާހިކެތް ނޫން.. ބަލަ އަހަރެން ތި ރާހިލްއަށް ކުރިވަރު ހަނދާން އެބަހުރިތަ! ބުނަން.. އަހަރެން ރާހިލްގެ ވަސްވެސް ފިލުވާލާނަން!” ސިޑޭގެ ހަޅޭކުގެ އަޑަށް މަލަކްގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވިއެވެ. ރާހިލްއަށް ގޮތެއް ވެއްޖެއްޔާއި އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ.

“ނޫން.. އޭނައަށް ގޮތެއް ނަހަދާތި.. ޕްލީސް.. ސިޑޭ ބޭނުމީ ކޯއްޗެއް.. ފައިސާތަ؟ ބޭނުން ވަރައް ބުނޭ.. ހެޔޮ ކޮންމެ އެއްޗަކަސް ދޭނަން.. ބުނި ކަމެއް ކޮއްދޭނަން…” މަލަކް އަވަސް އަވަހަށް ވާހަކަދެއްކިއެވެ. “ޔަޤީން.. ބަދަލު ނުކުރާތި.” ސިޑޭ އަހާލިއެވެ. “ކޮންކަމެއްތަ؟ ބުނެބަލަ..” މަލަކް ހުރީ އެއީ ކޮންކަމެއްތޯ ބެލުމަށް ކެތްމަދު ވެފައެވެ.

“އޯކޭ.. ހަށިވިއްކަން ވީ.. ލިބޭ ހުރިހާ ފައިސާއެއް އަހަރެންނަށް..” ސިޑޭގެ ބޭނުން އިނގުމުން މަލަކް ބިރުން ސިހުނެވެ. އޭނާ ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. “ލަދެއް ނުގަނޭތަ.. ނުކުރާނަން ތި ކަމެއް!” މަލަކްއަށް ހަޅޭލަވައިގަނެވުނެވެ.

“އައްދެ.. ހީވަނީ އެއީ ހިލޭ ސާބަހަށް ނުކޮއްދިން ކަމެއްހެން.. ކިތަށް ފިރިހެނުން. ދެން މިހާރު ކިހިނެތްވީ އެކަން ފައިސާއަށް ކުރަންވީމަ.. ގޮތެއް ނިންމާ.. އެހެން ނޫނީ މާދަމާ އިރުއަރަން ވާއިރަށް އޭނާއެއް ނުހުންނާނެ..” ސިޑޭ ހަޅޭލަވައިގަތުމުން މަލަކް ބިރުން ތެޅިގަތެވެ. ނިންމާނީ ކިހިނެއް ބާއެވެ؟ އެއްބަސް ވެއްޖެއްޔާއި ރާހިލް ސަލާމަތްވާނެއެވެ. ސިޑޭ އޭނާ މަރާލަން ފަސްނުޖެހޭނެކަން މަލަކްއަށް އިނގެއެވެ. ނަމަވެސް މިކަން ފަޅާއަރައިފިނަމަ މުޅި އާއިލާ ބޭޒާރު ވާނެއެވެ. މާކިންމެން ލަދުން މީހަކަށް ބަލައިލަނީ ކިހިނެތް ހެއްޔެވެ؟

މަލަކް އިރުކޮޅަކު ވިސްނަން އިނދެފައި ފުން ނޭވާއެއް ދޫކޮއްލިއެވެ. “އޯކޭ.. އެކަމަކު މިކަން އެއްވެސް މީހަކަށް އިނގިގެން ނުވާނެ.. ރާހިލްއަށް އެއްވެސް ގެއްލުމެއް ވެގެން ނުވާނެ.” މަލަކް މިގޮތަށް ނިންމީ ހިތާއި ދެކޮޅަށްށެވެ. “ޔަޤީން.” ސިޑޭ މިހެން ބުނުމުން މަލަކްއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ސިޑޭއަކީ އަބަދުވެސް އޭނާގެ ބަހުގައި ހިފަހައްޓާނެ މީހެއްކަން މަލަކްއަށް އިނގެއެވެ.

“ދޫނި ހާދަ އިރެއް ވީ.. ކާކު ގުޅީ..” ރާހިލް ވާހަކަދެއްކިއެވެ. މަލަކް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. “އެއީ ރައްޓެއްސެއް.. ވަރަށް ދުވަސް ފަހުން އެ ގުޅީ.. އެހެން ވެ ލަސްވީ.. އައި ލަވް ޔޫ..” މަލަކް ދެރަވެފައި އިނދެ ބުނެލިއެވެ. އޭނާއަށް އެކަން ސިއްރު ކުރަން ޖެހުމުން އިންތިހާއަށް ހިތުގައި ޖެހުނެވެ. “ލަވް ޔޫ ޓޫ..” ރާހިލްގެ ބަސްތައް އަޑުއިވި މަލަކްގެ ލޮލުން ކަރުނަ ނިރާލިއެވެ. އެ ކަރުނަތައް ފޮހެލަމުން މަލަކް މަސައްކަތް ކުރީ ނުރޯށެވޭ. އެކަން ފޮރުވާށެވެ.

ދެތިން ދުވަސް ތެރޭގައި މާކިންގެ ފުދޭވަރަކަށް ރަނގަޅުވިއެވެ. ނަމަވެސް އަދި ނުހިނގޭތީވެ ގެއަށް ދޫކޮއްލަނީ ތަންކޮޅެއް ފަހުންނެވެ. މާކިން ފޯނާއި ކުޅެމުން ދިޔައިރު އޭނާ ސިހުނީ ރޫމުގެ ދޮރު ހުޅުވާލާފައި ވައިން ޒެރީން ފެނުމުންނެވެ. އެކްސިޑެންޓް ވި ދުވަހަށްފަހު އޭނާ މި ފެނުނީ އަދިކިރިޔާއެވެ. މަޑު ހިނގުމެއްގައި އެތެރެއަށް ވައިން އިރު ލައިގެން ހުރި ގަޔަށް ބާރު ޓީޝާޓުން އޭނާގެ ބޮޑުވަމުން ދިޔަ ބަނޑު ހާމަވެއެވެ. ކުރިއަށް ވުރެން ބޮޑަށް ފަލަވެލާފައި ހުރިއިރު އޭނާގެ ރީތިކަން ދިޔައީ އިތުރުވަމުންނެވެ. އިސްތަށިގަނޑު ވެސް ދިގުވެފައި ކަޅުކަން ގަދަވެއްޖެއެވެ.

“ހާއި..” ޒެރީން އައިސް ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ. ނަމަވެސް މާކިން އޭނާއަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މާކިންގެ މި ޢަމަލުން އޭނާ ނުރުހުންވިއެވެ. “މާކިން.. ކިހިނެތް؟” ޒެރީން އަނެއްކާވެސް ސުވާލު ކޮއްލިއެވެ. “ރަނގަޅު.. ބޭބީ ކިހިނެތް؟؟ ޑޮކްޓަރަށް ދެއްކީތަ؟” މަކިން ބެލީ އޭނާގެ ދަރިފުޅުގެ ހާލެވެ.

 “ނުދައްކަން އަދި.. މާކިންއާއި އެކީ ދާންކަމަށް..” ޒެރީން މިހެން ބުނިތަނާ ފަހަތުން ދޮރު ކުރިމައްޗަށް އެރި އިނާރާ އޭނާއަށް ފެނުނެވެ. އޭރު މާކިންއަށް އަދި އިނާރާ ދުރުގައި ހުރިކަމެއް ނޭނގެއެވެ. ޒެރީންއަށް އިނާރާ ނުފެންނަ ކަމަށް ހަދައި އޭނާ ގޮސް މާކިން ގައިގައި ބައްދާލިއެވެ.

ޒެރީންގެ މިޢަމަލުން މާކިންއަށް އުނދަގޫވި ނަމަވެސް އޭނާ ޒެރީން ދުރުކުރާކަށް ނޫޅުނެވެ. “އައި މިސްޑް ޔޫ ސޯ މަޗް.. އަސްލު ވެސް.. ނުވެސް ނިދޭ.. ބަލިކަމުން ނާދެވުނީ… ބޭބީ ވެސް އޮތީ ދެރަވެފަ ޑޭޑީ ނެތީމަ.. ކޮބާ.. އެ ކިކް ކުރީ.. ޑެޑީ ހުރިކަން އިނގުނީއޭ ދޯ..” ޒެރީން އޭނާގެ ދަރިފުޅު ތޮޅެލުމުން ބުނެލިއެވެ.

މާކިން ވެސް އަވަހަށް ޒެރީން ކައިރި ކޮއްލަމުން އޭނާގެ ބަނޑުގައި ފިރުމާލިއެވެ. “ވާއޮ.. ހޭއި ބޭބީ.. ތެދެއް ޑެޑީ ނެތީމަ ދަރިފުޅު ދެރަވީތަ.. ޑެޑީ އޯކޭއޭ މިހާރު..” މާކިން މިހެން ބުނުމުން އަނެއްކާވެސް ތޮޅެލިއެވެ. “ހެހެ.. އައި ލަވް ޔޫ ޓޫ ބޭބީ..” މާކިން އުފަލުން ގޮސް ލޮލުން ކަރުނަ ފާއްދާލިއެވެ. މާކިން ލޯބިން ޒެރީންގެ ބަނޑުގައި ބޮސްދިނުމަށްފަހު ބައްދާލިއެވެ.

 އޭނާ ހުރީ އެ ދަރިފުޅު ފުރަތަމަ ފަހަރަށް ތޮޅެލިކަން އިހުސާސްވުމުން އިންތިހާއަށް އުފާވެފައެވެ. ޒެރީން ހަމަ ދައްކަންވެގެން މާކިންގެ ކޮނޑުގައި ހިފައި ކައިރިކޮއްލަމުން އޭނާގެ ބޮލުގައި ބޮސްދިނެވެ. މި ހުރިހާ ކަމެއް އިނާރާއަށް ފެންނަކަށް އޭނާއަށް ޔަޤީނެވެ. ޒެރީންގެ ބޭނުމަކަށްވީ މާކިންގެ ދިރިއުޅުމުގައި އޭނާއަކީ ކިހާ މުހިއްމު މީހެއްކަން އަންގައިދިނުމެވެ.

ދުރުގައި ހުރި އިނާރާ އިނގިލިތަކާއި ކުޅެމުން ދިޔައިރު އެ ލޮލަށް ކަރުނަ ފާއްދާލިއެވެ. މާކިން އެހާ އުފާވެފައި ހުރުމުން އޭނާ ވެސް އުފާކުރިއެވެ. އަލަތު ދަރިފުޅުދެކެ މާކިން ލޯބިވާވަރު ފެނުމުން އެހިތް ފޮޅުނުކަމުގައި ވިޔަސް ޒެރީންއާއި އެހައި ގާތްވުމުން އެހިތް މޯޅިވިއެވެ. ޒެރީންގެ ބަދަލުގައި އެތަނުގައި އިނާރާ ހުރިނަމައޭ އެވަގުތު އޭނާ ހިތަށްއެރިއެވެ. މާކިން އެއުފާ އިނާރާއާއި އެކީ ހިއްސާކުރާނެ ނަމައޭ ހިތަށް އެރިއެވެ.

 ނަމަވެސް ތަޤުދީރުގެ ނިންމުން ބަދަލު ކުރެވޭނީ ވަކި ކާކަށް ހެއްޔެވެ. ލޮލަށް ފުސްކަން ވެރިވި ކަރުނަތަށް ކޯތާފުގައި ބޮސްދެމުން ފޭބިއެވެ. އެ ކަރުނައިގައި އުފާވެރި ކަމާއި އެކީ ހިތާމަ ވެސް އެކުލެވިގެން ވިއެވެ. އިނާރާ އެ މީހުންނަށް މި ވަގުތުކޮޅު ދޭން ވެގެން އެތަނުން ދިޔައެވެ. އޭނާއަށް އެމަންޒަރު ބަލަންވެސް ދަތިވީއެވެ. ހިތަކަށް ކެތެއް ނުވެއެވެ.

 އޭރު މާކިންގެ ގައިގައި ބައްދާލައިގެން ހުރި ޒެރީން ހުރީ އިނާރާއަށް ވީގޮތް ފެނި ހިތްހަމަޖެހިފައެވެ. އިނާރާ ކިތަންމެ ވަރަކަށް މާކިންގެ ދިރިއުޅުމުން އޭނާއަށް ޖާގަ ހޯދަން އުޅުނެއް ކަމަކު ޒެރީން އެހެން ވިޔަކަ ނުދޭނެއެވެ. އެއަށް ވުރެ މާ ބޮޑު ހަތިޔާރެއް މިވަނީ އޭނައާއި ގުޅިފައެވެ. އެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއިރު، ބަނޑުގައި މިވާ ދަރިފުޅުގެ ޒަރިއްޔާ އިން އޭނާއަށް މާކިންގެ ގާތްކަން ލިބި އިނާރާ ދުރުކޮއްލެވިދާނެ ކަމަކާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ޒީޝާ (ދެވަނަ ބައި)

Next

އަލްމާޝް -4

Next
July 20, 2015

އަލްމާޝް -4

Previews
July 19, 2015

ޒީޝާ (ދެވަނަ ބައި)

77 Comments!

  1. naaxy says:
    July 19, 2015 at 11:00 pm

    1 me

  2. zaisha says:
    July 19, 2015 at 11:01 pm

    next part tmrw night in sha allah. and yes i won’t be able to update it if there is an internet problem. due to the bad weather they had some connection problem today. and that is something i’m not responsible for that and there is nothing i can do about it. but i will try update it every night if there is no problem. enjoy 🙂 🙂

  3. fath says:
    July 19, 2015 at 11:09 pm

    hey. I’m first. wow. v vv nice. so touching. pls upload the next part v soon

  4. Shau says:
    July 19, 2015 at 11:13 pm

    wowww v reethi mi part ves….thnx zaiii

  5. Mush says:
    July 19, 2015 at 11:14 pm

    Salhi

  6. shiu says:
    July 19, 2015 at 11:14 pm

    Va salhi mi part ves.

  7. Crazi says:
    July 19, 2015 at 11:15 pm

    Yah vrh shalhi…ya i knw dear

  8. @£#¥ says:
    July 19, 2015 at 11:17 pm

    Hey i sm first… v reethi ingey zai. Thnks zai

  9. Lali says:
    July 19, 2015 at 11:19 pm

    Wow story hama habeys…..nxt part up kohlahchey avahah.thnkx zai

  10. Rishme says:
    July 19, 2015 at 11:20 pm

    Nice part…… waiting for the next part

  11. inayaa says:
    July 19, 2015 at 11:21 pm

    Xai plx inaaraa ah ehen nahadhaba inaaraavess preg kobba plz.xeryn falhaa aruvaalaba plx plz.mivaahaka haadha reechey xai.

  12. Dhil says:
    July 19, 2015 at 11:22 pm

    Mi part ves v nice….

  13. hawwa says:
    July 19, 2015 at 11:27 pm

    Vv salhi up vey tho babala hureveny

  14. flower says:
    July 19, 2015 at 11:30 pm

    pis dhen inaa ah ehen nuhadhabala..myna fenna zerynah kulhi dhahkaala bala dhen,, dhen v foohi eyna mi storyga ulheythyvess..waiting for next part n hope next part will be long than this paart

  15. marsha says:
    July 19, 2015 at 11:33 pm

    Vvvvv nice, byst zeryn n bassaam soon zai, love this story n love u too zai, thnx lots

  16. Shabee says:
    July 19, 2015 at 11:38 pm

    Hus haasaru mi part ga. Dhe folhuvathaai bai

  17. rish says:
    July 19, 2015 at 11:40 pm

    Keehve evening ga up nukuranyy:-(

  18. Liu says:
    July 19, 2015 at 11:40 pm

    Mi dhn koahcheh. Komme reyaku part eh up kuraashey kiyaafa dhe jumla. Zaisha ah maa thaaeedhu libunyma bodaa vany dho. Mihaaru mivaahaka kiya ves fooohi :@

    1. niusha says:
      July 20, 2015 at 12:01 am

      zai muadhu dhe part e up kuri. ehen noonas vaahaka feshuni irusure dhigu kon part eh nuliyaane. edhen vaki bodaa v ki eh noon. foohi vanyaa dhen nukiyabala. mi varu ge story eh mi site ga neh. mi part ves vara obi zai. ok vaane faadu kiyun therin ves ulheyne. alhaa nulaa

  19. Mush says:
    July 19, 2015 at 11:44 pm

    Hurihaa vaahaka ehga ves Maakin. Midhn bodu varu dho. Abadhu emme eh nan thakeh. Maakin zeryn same shit over and over again

  20. rish says:
    July 19, 2015 at 11:46 pm

    Ey xali bodaa eh nuve ehnnu…xai miadhuves dhevalnal falhlarah e up kohdhiny…..rulhimadu kohfa shukuru kuran dhaskurey..no bad feeling…:-) dnt be angry…

  21. demon says:
    July 19, 2015 at 11:50 pm

    keep it up zai

  22. Saaji says:
    July 19, 2015 at 11:52 pm

    Mi dhn hama same concept. Typical maldivian stories :/ kada kada thafaathu koh liyeva

  23. sama says:
    July 19, 2015 at 11:52 pm

    Mi part ves varah reethi zai… next part avahah up kohdhehchey…

  24. nazi says:
    July 19, 2015 at 11:54 pm

    ekamaku haveeru up kuraairu maarangalhu vaahaka vara vara vara best mivaru vaahakaey esfiya aku ney and u are the best zai

  25. Nazi says:
    July 19, 2015 at 11:56 pm

    Mashah varah reethi vaahaka eh esfiyaiga innna dheevaana. Emme kada vaahaka meeee.

  26. Saudath haleem says:
    July 19, 2015 at 11:56 pm

    Midhen koahcheh.vaahakaige kuriyah vaaane goiy egihje. Dhen nuliunas heyo igey zai

    1. Nazi says:
      July 19, 2015 at 11:59 pm

      Mi dhn koahcheh tha? Mashah ves varah hadi

  27. mary says:
    July 19, 2015 at 11:58 pm

    dhen foohi vanya nukiyaani. e nimuni eyra

  28. kitty says:
    July 20, 2015 at 12:00 am

    E zereen and bassam gandu makin ge life in dhurukohba plxx zai

  29. mae says:
    July 20, 2015 at 12:05 am

    vrh reethi

  30. riu says:
    July 20, 2015 at 12:05 am

    dhen hama jey vaa kudhin minulheni. but mu story hama habeys. ehen nooni abadhu hunnani poor kuhjakaa rich kujje ge vaahaka. this is different. keep it up zai.

  31. nukko says:
    July 20, 2015 at 12:06 am

    V v v salhi.. then thankolheh haasaru gandu bodu mi part ga… plxx xai dhen ina ah happy life eh dhyba and avahah thi xeryn ge kanthah bust kohbba… miulhey sidey eh dww. Eyna maraalaa accident ehgga.. eyrun malak save vaanee… im loving this storyy… waiting 4 the next part 🙂 🙂 🙂 🙂

  32. aisha says:
    July 20, 2015 at 12:08 am

    Wow varah reethi mi part ves. Waiting for next part

  33. kuda says:
    July 20, 2015 at 12:12 am

    Mi vaahaka v Reethi… nd daily koh update kuraathy v hiyhama jehey.. keep it up xai…

  34. naahi says:
    July 20, 2015 at 12:16 am

    best story ever. next part avas igey. and mithaa ga jealous vaa kudhin nah bunelan othi dhen la laa ey. mee thafaathi story eh. thi ulhey aisha eh han abdhi rich bou eh poor girl akaa hedhi gennen noolheyy. so better stop comparing them. ei thafaathu fenvaruge meehun. zai hama baraabaru. good luck and don’t mind abt the haters. we love u ❤️❤️❤️

  35. nishy says:
    July 20, 2015 at 12:18 am

    Alhey maaakin ah xeringe kanthah falhaa aryvaaalaba dhen… makin ah gehlumeh vumuge kurin….

  36. Sam says:
    July 20, 2015 at 12:28 am

    V foohi mihaaru mivaahaka….goas meehunge kolhu molhuvaa goiyvany….

    1. zaisha says:
      July 20, 2015 at 12:35 am

      hehe. but at the end love always wins. adhi ragalhu vaane dhw

  37. nash says:
    July 20, 2015 at 12:36 am

    kurin part thakuga maakinge ehen kokko eh hutennu… kobrrr mihaaaru eyyna.. nizaaamuge dhashun gelluvaalee dhw.. lol

    1. zaisha says:
      July 20, 2015 at 12:40 am

      no there was only malak. only two of them were the childrens

  38. elyy says:
    July 20, 2015 at 12:37 am

    wow!!! superb….

  39. hater says:
    July 20, 2015 at 12:43 am

    v rythi. hope next part avahah genes dheyne kamah.. 🙂 and plx next part fudheyvarakah dhigu kow genes dheythi.. plx. mi part vex dhn dhigu.. ekm ehaaa eh noon. sidey kihineh vgn tha e ulheny… dhn malak hama assu vex hashi vihkkaany thr? 🙁 nooo.. plxxxx. eirun anehkka raahil aai malak dhuruvaane misunderstanding akun.. plx ehn nuhadhahchey….. dhn mi bahsaam ge kanthai avahah bust kowllaba.. waitiiing

  40. niyasa says:
    July 20, 2015 at 12:45 am

    Maa shaa allah Zaisha ge vaahaka varah reethi. Alhugadu bunaani mivaahaka kiyaa hiy nuvaameehun nukeema nimunee ey. Enhen meehun liyaavaahaka thakaa alhaakiumaki ragalhukamen noon komme kujjen ves kiyanfashaafa kiyaahiy vanyaa kiyaani hiy nuvanyaa nukiyaani liuntheri aan ah enchehi kiun ragalhen noon.

  41. Faathun says:
    July 20, 2015 at 12:46 am

    Assu mihaaru massalayakee zereen maa gadha kuraathy.. inaaraa side gadhakhbala dhn..eyrun dhn story reethi waani.mihaaru hadiwey eba..

  42. Shuha says:
    July 20, 2015 at 12:48 am

    This part is awesome…. Waiting 4 next part…

  43. ninni says:
    July 20, 2015 at 1:09 am

    Hama ekani end ga love kaamiyaabu vumakun keehkuraanee, kurin hus sad, kada ingey, zereen mennah landey dhee beyru kohlaa,

  44. mixu says:
    July 20, 2015 at 1:13 am

    Haadha haadha salhi a mi vaahaka. In my way ur da excellent. Kyp it up dear

  45. lyn says:
    July 20, 2015 at 1:19 am

    Nice….dhen ekam inaaraa ah ehen nuhadhabala v sad vey… 🙂

  46. Anonymous says:
    July 20, 2015 at 5:01 am

    Miah nukiye… Kihineh hadhaafa tha miothee…. Duvaalaku gothakah anna sait eh dho…V foohi vey

    1. zee says:
      July 20, 2015 at 6:52 am

      asluves vfoohi mighotha kiyan vee ma

  47. Anonymous says:
    July 20, 2015 at 9:50 am

    Alhe kihineh tha mi kiyaanee.. Konmeves kuhjaku bunedeeba mi kiyan hadhanee goteh

  48. sur says:
    July 20, 2015 at 9:51 am

    Alhe kihineh tha mi kiyaanee.. Konmeves kuhjaku bunedeeba mi kiyan hadhanee goteh

    1. admin says:
      July 20, 2015 at 12:22 pm

      there was an issue with the website.. now the issue is resolved,. 🙂

  49. zaisha says:
    July 20, 2015 at 9:53 am

    hey gyz its me zaisha. since the website has changed some might not be able to read it via phone so its better to use a laptop. and even i cannot figure out where the login button is. its not even there. so tonight’s part maybe delayed but if i find out how to login with this new change it will be up tonight in sha allah. enjoy 🙂

  50. zaisha says:
    July 20, 2015 at 9:57 am

    hey admin.. i knw u read comments so if u are reading this would you explain how to login?? i cannot find the login button. 🙂

    1. admin says:
      July 20, 2015 at 12:19 pm

      sorry about the inconvenience.. site ah dhimaavi massala eh hallu kuran masakaii kuri gadeega ehen vee.. now issue is fixed..

  51. sur says:
    July 20, 2015 at 10:03 am

    thanks

  52. Anonymous says:
    July 20, 2015 at 11:42 am

    emeehaku kiyaa hiyvvaa vaahaka eh emyhaku kiyaa bala. aisha ge vaahakathah reethiyyaa e kyma nimuny ehnuntha.

    1. sahyn says:
      July 20, 2015 at 9:39 pm

      Dhw anonymous… ehbai kudhinnah v hajam nuveyey

  53. Nazi says:
    July 20, 2015 at 11:51 am

    Kekekkeekk. Zai admin ah gulhaabala number indheynu.

  54. hajja says:
    July 20, 2015 at 12:38 pm

    miadhu eggothakah vaahaka kiyaa levey gotheh nuvi…faadegge dot thakeh araafa hun naneee….

    1. munaa says:
      July 20, 2015 at 1:27 pm

      Hajja.. nw I think its olright.. check it

  55. shaff says:
    July 20, 2015 at 1:23 pm

    nice 🙂

  56. girl says:
    July 20, 2015 at 1:26 pm

    abadhu inara ah dhra e libeny
    ehn nahadha avahah zeryn fonuvaala bala

  57. nihaa says:
    July 20, 2015 at 1:46 pm

    Ey avahah thiya xereen n bahssam kanthah gadu nihmaalabaa… N inaaraa ah happy life eh dhybaaa… Anyways vrh habeys story…

  58. dhi says:
    July 20, 2015 at 1:56 pm

    V nice. Waiting 4 the nxt part….

  59. Hater says:
    July 20, 2015 at 5:32 pm

    Faku vaahaka

  60. xaaxaa says:
    July 20, 2015 at 6:29 pm

    Zai plx mirey thankolheh kurin gene very tho balahchey…… I can’t wait to ryd this story. Ingey zai….. Plx plx plx.. Ekam zai ah fry gym libbihjiyyaaaaa…….. This is a great story zai….. MAASHA ALLAH!!!!!!!!……..

  61. xaaxaa says:
    July 20, 2015 at 6:31 pm

    Vey tho*

  62. flower says:
    July 20, 2015 at 7:34 pm

    dhen vaany inaa kolhu gadha kuran plz plz Zaish… zereeeeeeeeeen dhebala bahsaaaaaam aaaaa sideeeeey govaigen ehdhufaru beyrah kannehyah

  63. nazi says:
    July 20, 2015 at 8:11 pm

    bassam ey nazim ge dhariey kanneynge alhe vas kolladheeba

  64. Shabee says:
    July 20, 2015 at 8:18 pm

    Vaahaka open kuraairu abadhuvex side ehga innaanee line eh eythi kuda iyya v dhigu vaane…euthi dhigiyyaa kuru vaane… i mi vaahaka open kuri iru eythi v kuru…ehenve v happy vefa kiyan mi fetty… but kiyaa nimuneema mi ingunee story noonkan dhigee… comment thah kan dhigee….v dheravejje…zai maa kuru ingey thi up kuraavaru…u should improve it… emmen ekiyanee mi kuru vaahaka so dhen hama dhigu khleema hurihaa kameh hallu v… 🙂 anehhen v touching… v reethi… 😉 good luck…

  65. xaaxaa says:
    July 20, 2015 at 8:44 pm

    Zai kba thrr….. miadhu kn iraku thrr up koh dhenyy zai… ;( zai avas kohlaba plx…. or else buneladhyba genes dheyne gadi.. i miss the story alot zai dhooni gandu avah up koh dhy ingeyy…..

  66. sumone says:
    July 20, 2015 at 9:32 pm

    zaiiiiiiiiiiiiiiiiiii…… avahah story up koh dheeba plxxxxxxxxxxxxxxxxxx…….. nd make it long ingey zai…… ❤❤❤❤❤❤❤❤❤❤❤❤❤ 😀 🙂

  67. zee says:
    July 20, 2015 at 9:33 pm

    zai dken khon irakun up kuranee

  68. sahyn says:
    July 20, 2015 at 9:41 pm

    Zaisha…. Mirey story genesdheyne vaki tym eh Eba oehbaa??

Comments are closed.


All Right Reserved!