Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ…. (2) ވަނަ ބައި

DESTINY2020 Level 210 Stories
July 19, 2015 3 Mins Read
6 Comments

” ޝުހޫއެއް ނޫން. ޝުދޫ ކިޔާނީ. އެއީ ހަމަ ރަތް މިރުހެއް. މިހާރުވެސް އަހަންނަށް އެމިރުހުން ވަރަށް ކުޅިވެއްޖެ. ބޯހަރުކަމުން އެއް ވަނަ އެއީ.” އަހަރެން ކިޔައިދިނީމެވެ.
” ބުނެ ދެން ވާހަކަދައްކާ ފަހަރަކުން މާފާޑު ފާޑުކުރަންޏާ ޝުދޫއާއި އިނދެފަޔޭ ހުއްޓާލާނީ. އޭރުން މައިތިރިވެދާނެ.” އިމާން ބުނީވެސް ގޯސްވާހަކައެއްނޫނެވެ.
” ތިހެން ބުނެފިއްޔާ ދެން ދުވަހަކުވެސް އަހަންނާއި ވާހަކަ ދައްކާނެ ހެނެއް ހީއެއްނުވޭ. ތިހެނެއް ނުބުނެވޭނެ!” އަހަރެން ބުނީމެވެ
” ތިހެން ވިއްޔާ ތިކަމެއް ނުވާނެ. ތިހާ ފިނޑިވެގެން މިޒަމާނުގައި އެއްވެސްކަމެއް ނުވާނެ. ނިކަން ފިރިހެނަކަށްވެގެން ތިކަހަލަ އަންހެން ކުދިން މައިތިރި ކުރެވޭނީ. ކުޅި ގަދަ މިރުހަކާއި ކުރިމަތިލާންޖެހޭނީވެސް ކުޅި ގަދަކޮށް. އޭރުން ކަމުގަ އަސަރުހުންނާނީ.” އިމާންގެ ހައްލުވެސް ގޯހެއް ނޫނެވެ.
” ދެން އަދި ތިހެންވެސް ބުނާނަން. އޭރުން އިނގޭނެ އިމާން ބުނާގޮތް ހެދުމުން ވާގޮތްވެސް.” އަހަރެން ހެމުން ބުނީމެވެ.

އަހަރެން ގެއަށް އައިގޮތަށް އައިސް ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަންނަން ހިނގައިގަތީމެވެ. ފާޚާނާ ދޮރުމައްޗަށް އެރި ތަނާހެން އަހަންނަށް ބަލާލެވުނީ ކޮޓަރީގެ ތަޅުން މައްޗަށެވެ. ކަމަދު ދާކަށް ނެތެވެ. ޓައިލްސް މަތި އޮތީ ތެތްވެފައެވެ. ބަލާލިއިރު، އަހަރެންގެ ރޯލޯން ފުޅި އޮތީ ތަޅާލާފައެވެ. މުޅި ޓައިލްސް މަތީގައި އޮތޯ ރޯލޯންކުރީމެވެ. ތެޅިފައިވާ ފުޅި އޮތީ ތަންކޮޅެއް ދުރުގައެވެ.

” މީ ކާކު ކުރި ކަމެއް؟” އަހަރެން އަވަސް އަވަހަށް އަނހާލީމެވެ.
” ސުހާ؟” ޒަހާ ބުނެލިއެވެ.
” ދެން އަޅާނުލާ. އަހަރެން ރޯލޯން ފުޅިއެއް ގަނެލާނަން. މީއެންމެ ތިރީސް ފަސް ރުފިޔާ. ދުވާލުގެ ކޮފީއަށްވެސް ދާނެ އެވަރު.” އަހަރެން އެކަން އެހާ ބޮޑު ކަމަކަށް ނަހަދަމެވެ.
” ތީ މީދަ ސުހާގެ ކަންތައްތައް. ދެން މާބޮޑަށް މިހާރު ރުޅި ގަދަވަނީ. މިހާރު އެއިނީ ޒަހާގެ ކަންފަތަށް ލޯޝަންވެސް އަޅައިގެން. ރުޅިއަޔަސް އެއީ ދެން ބޮޑުވަރެއްނު.” ނުހާ ހުރީ ކުޑަކޮށް ރުޅިއައިސްފައެވެ.
” ދެން ވާނީވެސް އެހެން. ރުޅި އެރުވީމަ ރުޅިއަންނާނެ ކޮންމެ މީހަކުވެސް.” އަހަރެން ބުނީމެވެ.
” އެކަމަކު، ރުޅިއަޔަސް ސުހާ ނުޖެހޭނެއްނު ޒަހާގެ ކަންފަތަށް ލޯޝަން އަޅާކަށް.” ނުހާ ބުނެލިއެވެ.
” ކަންފަތް ސާފްނުކުރަންޏާ ވާނީ ތިހެން. ސުހާ ޒަހާގެ ކަންފަތް ސާފްކޮށްދިނިއްޔޭ ދެން ވެސް ޝުކުރު ކޮށްބަލަ.” އަހަރެން ދިމާކޮށްލީމެވެ. އޭރު ސުހާ އިނީ ކޮޓަރީގެ ފާރުގައި ލެގިލައިގެން އިށީނދެގެންނެވެ. މޫނުމަތިން ފާޅުވަނީ ރުޅިވެރިކަމުގެ އަސަރެވެ. އަނގަޔަށް ހަދައިގެން ހުރިގޮތެއް އަހަންނަކަށް ނުވެސް އެނގެއެވެ.
” ހޫނ. އަދި މީނަ ހުންނާނީ އޭނަގެކޮޅަށް. ވަރަށް ފޫހިވޭ.” ނުހާ ބުނެލިއެވެ.
” އެއީ ކުޑަކުއްޖެކޭ. ކުޑަކުދިން އުޅޭނީ އެހެން. އަނެއްކޮޅުން އެއީ ވަރަށް ނިކަމެތި ކުއްޖެއް. ތިމާގެ މީހުން އަޅާނުލަންޏާ، އޭނަޔާއި އަޅާލާނީ ކާކު. އެކަމަކު، އަހަރެންގެ ރޯލޯން ފުޅިއަށް އެވަރުވީ ކީއްވެތަ؟” އަހަރެން ހުންނަނީ އެއްވެސް މީހެއްގެ ކޮޅަކަށް ނޫނެވެ.
” ދެމީހުން ޒުވާބަކަށް ދިޔައީ. ދެން ހިނގީ މާރާމާރީ. އެކަމަކު، އެއީ ކުޑަކުޑަ މާރާމާރިއެއް.” ކަންތައްވިގޮތް ނުހާ ކިޔައިދިނެވެ.
” ޒުވާބުގެ އަގު އަދާކުރަން މިޖެހުނީ އަހަރެންގެ ރޯލޯން ފުޅިދޯ. ތޯތޭޑް. ދެންވެސް ހުރިހާ ކުދިން ބަސް އަނހަގެން ގުޅިގެން އުޅެން ދަސްކޮށްބަލަ. މީހުސް ތިމާގެ މީހުނެއްނުދޯ.” އަހަރެން ހަޤީޤަތަށް ބުނީމެވެ.
” ބަލާބަލަ ސުހާއިން ވައްތަރު. އެހެން ހުއްޓަ ފޮޓޯއެއް ނަގާބަލަ.” ޒަހާ މަޖާ ގޮތަކަށް ބުނެލިއެވެ.
” ތީ ވަރަށް ރަނގަޅު ޚިޔާލެއް. ހަނދާނާއި ތާރީޚަށްޓަކައި މީ ވަރަށް މުހިއްމު ފޮޓޯއަކަށްވާނެ.” އެހެން ބުނުމަށްފަހު، އަހަރެން ފޯނުން ސުހާގެ ފޮޓޯ ގަނޑެއް ނެގީމެވެ.

އަހަންނަށް ނެގުނީ އެންމެ ގަނޑެކެވެ. ދެވަނަ ގަނޑު ނަގަންވާއިރަށް، މޫނުމަތީގައި ތުވާލި އަޅާ، ސުހާ މޫނު ފޮރުވާލިއެވެ. ދެން އަހަންނަށް ނެގުނީ އެގަޑެވެ. އެގަނޑުއަދި މާފުރިހަމައެވެ. ހެއްވާ މަޖާ ފޮޓޯ މައުރަޟަކަށްލަން އެފޮޓޯ ހަމަ އެއްވަނަ ވާނެއެވެ.

ފާޚާނާއިން ނިކުތް އިރު، ގޭތެރެ އޮތީ އަމާންކޮށެވެ. ދެންވާނީވެސް އެހެންތާއެވެ. އަންހެން ގިނަ ތަންތަނުގައި ކުދިކުދި ޒުވާބު ހިނގާނެއެވެ. ވަކިން ބޮޑަށް، ވަކި ޢުމުރެއްގައި އެކަން ނުކުރަން އުޅުނަސް، އެކަންވާނެއެވެ. އަހަރެން އެކަމާއި ވިސްނާކަށް ނުވާނެއެވެ. އެކަމަކު، ޒުވާބުކޮށް މާރާމާރިއަށް ގޭތެރޭގައި ދިއުމަކީ އަހަރެން ހިތްހަމަ ޖެހޭ ކަމެއްނޫނެވެ. ޒުވާބު ހިނގަންޖެހޭނެއެވެ. އެކަމަކު، އެވެސް އެކަށީގެންވާ ކަންކަމުގައެވެ. ކޫސަނި ކަންތައްތައް ބޮޑުކޮށްގެން އުޅޭކަށް ނުވާނެއެވެ. ސައިތައްޓެއްގެ ތެރޭގައި ތޫފާނެއް ނުއުފެއްދޭނެ ނޫންހެއްޔެވެ؟

ކޮޓަރިން ނިކުމެގެން އަހަރެން އައިސް ޖައްސާލީ ސިޓިންގ ރޫމުގައެވެ. ވަގުތަކީ އަންހެނުންގެ ގަޑިއެވެ. ބަލަނީ ސޮނީ ޓީވީއެވެ. ދައްކަނީ ސީ.އައި.ޑީ ކިޔާ އެއްޗެކެވެ. ހިންދީ މަޝްހޫރު ޑްރާމާއެކެވެ.

” މިހާރު އަށެއް ޖަހަނީ. އަޅެ ޚަބަރަށް ލާބަލަ.” އަހަރެން މަޑުމަޑުން ބުނީމެވެ.

އަހަރެން ބުނި އެއްޗެއް އެއްވެސް މީހަކަށް އަޑެއްނީވުނެވެ. އެހެންވެ އަހަރެން ދެވަނަ ފަހަރަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ. މަޑުމަޑުން ގޮސް އިށީނީ ކޮމްޕިއުޓަރ
މޭޒުކައިރީގައެވެ.

އަހަރެން އޮން ލައިން ވީއިރު، އޮންލައިގައި ޝުދޫއެއް ނެތެވެ. އެހެންވެ މަޑުމަޑުން ދުވަހު ނޫސްތަކަށް ނަޒަރެއް ހިނގާލީމެވެ. ހުސްބޯގޮވާ ކަހަލަ ޚަބަރެވެ. ވެރިކަމާއި ހުރި ހުރިހާ މީހުން ބޫތު ކަނީއެވެ. ސަހަލު އެއް ބަޔެއްވެސް ނެތެއް ނޫން ހެއްޔެވެ؟

” ލިބިދާނެތަ ކުޑަ އިރުކޮޅަކަށް ކޮމްޕް.” ސުހާ އައިސް ބުނެލިއެވެ.
” ނުލިބޭނެ. ބިޒީ. އޯކޭ. ދެން ދޭ މިތަނުން.” އަހަރެން ޗެޓްކުރާއިރު، އެއްވެސް މީހަކަށް ފެނިގެން ނުވާނެއެވެ.

ނަޞީބެކެވެ. މިފަހަރު ވަރަށް ފަސޭހައިން ސުހާ ގޮސްފިއެވެ. މަދުން ނޫނީ އެއީ ނުވާ ކަމެކެވެ. ނޫނަސް، އޭނަ ކޮމްޕިއުޓަރުން ކުރާނީ ބޭކާރު ކަންތައްތަކެވެ. ކުޅޭނީ ކޮންމެވެސް ޑްރެސިން ގޭމެކެވެ. ދެން ވަންނާނީ ފޭސް ބުކަށެވެ. ދެން ކުރާނީ ޗެޓެވެ. މީ އޭނަ ކިޔަވަންޖެހޭ ގަޑިއެވެ. އަހަރެން ކޮމްޕު ނުދިނީވެސް އެހެން ވެގެންނެވެ. އެންމެ ކުޑަމިނުން ނެޓުން އެސައިންމަންޓެއް ނަގައިގެން ހަދާވެސް ނުލާނެއެވެ. އެކަމަކު ރަނގަޅު ތަންކޮޅެއްވެސް އެބައޮތެވެ. ކިޔަވަން މަސައްކަތްކުރުމަށް އެވަރެއްނޯންނާއެވެ.

ޝުދޫ އޮންލައިން ވީ ސްކައިޕުންނެވެ. އަހަރެން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކީމެވެ. ނުފެނުނަސް، އެވަރަށް ވާހަކަ ދެއްކުމުން ޝުދޫއަށްޓަކައި އަހަރެން ހިތް ދެވުނު ކަން ބުނީމެވެ. ޝުދޫ ޖަހާލީ ހިނިގަނޑެކެވެ. އަހަރެންގެ އެއްވެސް ވާހަކަ އަކަށް ސަމާލު ކަމެއް ނުދިނެވެ. ޝުދޫ ދެއްކީ މާލެއާދެވޭތީ އުފާވާ ވާހަކަތަކެވެ. ނުފެނި ބައްދަލުނުވެތިބި ރައްޓެހިންގެ ވާހަކަ ތަކެވެ.

” ހަމަ އަސްލުވެސް އަހަންނަށް ޝުދޫ ދެކެ ވަރަށް ލޯބި ވެވިއްޖެ. ނުފެނުނަސް، ބައްދަލުނުވިޔަސް، އަހަންނަށް ބައެއް ފަހަރު ހީވަނީ ޝުދޫއާއިއެކު އުޅެވޭހެން.” އަހަރެން އަސަރާއިއެކު ބުނީމެވެ

=ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ކަތި ފިޔަވަޅު….(3)

Next

ޒީޝާ (ދެވަނަ ބައި)

Next
July 19, 2015

ޒީޝާ (ދެވަނަ ބައި)

Previews
July 19, 2015

ކަތި ފިޔަވަޅު….(3)

6 Comments!

  1. nukko says:
    July 19, 2015 at 9:54 pm

    Haadha kureyy.. Ekm reethi ingeyy.. gud luk… kyhve ehaa lahee up vaaleh
    .

  2. shyn says:
    July 19, 2015 at 10:20 pm

    Vrh kuru ekam OK..vrh reethi mi prt.

  3. sumone says:
    July 19, 2015 at 10:33 pm

    amaaz keevetha dhivehivaahaka site ga in mi story ge 8 vana part nugenes dheny……….. btw kn irakun up kuraany 8 vana part………….. varah reethi mi story can’t wait to read the next part…..plxxxxxxxxxxxxxxxxxxxxxxxxxx avahah up koh dhyba ❤❤❤❤❤❤❤❤❤❤❤❤❤… 😀 🙂

  4. mae says:
    July 19, 2015 at 10:45 pm

    mi vaahaka vrh ves reethi.. plz avahah up kuracheyyyyyy.plz plz plz
    …mae…

  5. xima says:
    July 20, 2015 at 8:52 pm

    Nice waitin to nxt part

  6. Shabee says:
    July 20, 2015 at 9:10 pm

    AMAAZ thank u up khdhineemaa… but maa kuru… hope dhen.anna prt dhigu khdjryne kamah… good luck 😀

Comments are closed.


All Right Reserved!