Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ******* (7) ވަނަ ބައި

DESTINY2020 Level 210 Stories
July 28, 2015 3 Mins Read
12 Comments

” ތީ ޝުދޫތަ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.
” އޭ.ކީކޭ؟” އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

” މީ ޢާޒިމް. އަހަރެން މިއެހީ ތީ ޝުދޫހޭ؟” އަހަރެން ދެވަނަ ފަހަރަށް އޭނާއަށް ބަލާލަމުން އަނހާލީމެވެ.
” އޯ. ސޮރީ އަހަންނަކީޝުދޫއެއްނޫން. އެކަމަކު، އަހަރެންގެ ކޮއްކޮއަކަށް އެނަން ކިޔާނެ. އަހަންނަށް ކިޔަނީ ޝާނާ.” ލުއި ހިނިތުންވުމަކާއިއެކު، އޭނާ ބުނެލިއެވެ.
” އެހެންވިއްޔާ މިގެންގޮސް ޝުދޫއަށް ދެވިދާނެތަ؟” ފިނިފެންމާ ބޮޑު ޝާނާއަށް ދިއްކޮށްލަމުން ސުވާލުކޮށްލީމެވެ.
” ނޫނޭ. އަހަންނަކަށް ނުކެރޭނެ. އޭރުން އޭނާ ރުޅި އަންނާނެ. ތި މާބޮޑިން އަހަރެންގެ ބޮލުގައިވެސް ޖަހައިދާނެ. އަހަންނަކަށް ނުވާނެ ތިކަމެއް. ސޮރީ.” ޝާނާ ބުނެލިއެވެ.
ކުއްލިއަކަށް އަހަރެމެންނާއި ހަމައިން ސައިކަލެއްގެ ބަރުގޮނުގެ އަޑުއިވުނެވެ. ޝާނާ އެދިމާލަށް ބަލާލިއެވެ.

” ޝާނާ ލަސްވަނީ. ހިނގާ އަވަހަށްދާން.” ސައިކަލްގައި އިންމީހާ އަހަރެމެންނާއި ކައިރިކޮށްލަމުން ބުނެލިއެވެ.

ޝާނާ އަވަސް އަވަހަށް ގޮސް ސައިކަލަށް އެރިއެވެ. ސައިކަލުގައި އިނީ ހަރު ފުރައިގެ ފިރިހެނެވެ. ބޮލުގައި ކުޑަކޮށް ނުރަޖަހާފައި، ކުޑަ ވަރެއްގެ މަތިމަހެއް ހުރި އެފިރިހެންމީހާ ވާނީ ޝާނާގެ ބައްޕައަށް ކަންނޭނގެއެވެ. ޝާނާ ސައިކަލަށް އެރުމުން ސައިކަލުގައި އައިމީހާ މަޑުމަޑުން ސައިކަލުދުއްވާލިއެވެ.

ޝާނާ ގޮސް ލޮލުގެ ކޮޅަށް އޮބަންދެން އަހަންނަށް ބަލަން ހުރެވުނެވެ. ދެން މަޑުމަޑުން ހިގަމުން ގޮސް ސައިކަލުގެ މަތީގައި އިށީނީމެވެ. ފޯނު ނެގުމަށްފަހު، ޝުދޫގެ ދެނަންބަރަށް ގުޅާލީމެވެ. ވީހަމަ ކުރިންވީ ގޮތެވެ. ފޯން އޮތީ ނިއްވާލާފައެވެ. ރުޅިއަޔަސް، ކުރެވޭނެ ކަމެއްނެތެވެ.
އަހަރެން ފުން ނޭވާއެއް ލީމެވެ. ދެން ބަލާލެވުނީ އަތުގައިވާ ފިނިފެންމާ ބޮޑިއަށެވެ. ހަވީރު ފަސްގަޑި ބައިން ފެށިގެން އެފިނިފެންމާ ބޮޑި ތަޅުވަ ތަޅުވާ، އޭގެ ތަރުތީބުވަނީ ގެއްލެން ފަށާފައެވެ. ބައެއް މާމަލުގެ ފިޔައިން ތަންތަންކޮޅުވަނީ ނެއްޓެން ކައިރިވެފައެވެ.

” ކޮބާ؟ ކޮބާ؟ފަޅާއެރީދޯ؟” އިމާން ކުއްލިއަކަށް ސައިކަލެއްގައި އައިސް އެތަނަށް މަޑުކޮށްލީ އެހިސާބުންނެވެ. ” ކޮން ކަމެއްތަ ފަޅާ އެރީ؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ތިހުރީނު މާސަޅި ފިނިފެންމާ ބޮޑި އެއް ހިފައިގެން. ކޮބާތަ ތީގެ ޙައްޤްވެރިޔަކީ؟” އިމާން ދިމާކުރަންފެށިއެވެ.
” އެމީހަކު ނޭނގިގެން އަހަރެންވެސް މިއިންނަނީ. އަސްލު މިއީ ސައިކަލަށް އެރިއިރު، ވަށިގަނޑުގައި އޮތް އެއްޗެއް. ދެން މިބޭއްވި މީހަކު ފަހަރުގައި އަތުވެދާނެތީ ފަސްވަރަކަށް މިނިޓް މަޑުކޮށްލައިގެން މިއިންނަނީ.” ވާހަކަ އޮޅުވާލަން އަހަންނަށް މަޖުބޫރެވެ.
” ހާދަ ތެދުވެރިއޭދޯ. މިހާރު ކިހާ އިރެއް ވެއްޖެތަ ތިހެން އިންނަތާ؟” އިމާން ސުވާލުކޮށްލިއެވެ.
” މާގިނަ އިރެއްނުވާނެ. ފަނަރަ މިނިޓް އަދި އެވީ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” އެހެންތަ؟ ދެން ތިބާއްވާފަ ހިނގާ ނަސަންދުރާއަށް ކާންވަންނަމާ. މިހާރު ނުވައެއްޖަހަނީއެއްނު.” އިމާން ބުނީ ރަނގަޅު ވާހަކައެކެވެ.

އަހަންނާއި އިމާން ގޮސް ވަނީ ނަސަންދުރައަށެވެ. އޯޑަރުދީގެން ކާންފެށިއިރުވެސް، އަހަރެން ހުރީ ބަސް ހުއްޓިފަ ކަހަލަ ގޮތަކަށެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގެއެވެ. ޝުދޫ އަހަންނަށް އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޝުދޫއަށް ކުރީ ކޮން އަނިޔާއެއް ހެއްޔެވެ؟ އޮޅިގެން ނަމަވެސް، މީހެއްދެކެ ލޯބިވުމަކީ ކުށެއް ހެއްޔެވެ؟ އެކަން އަހަންނަށް އެހެން ކުރެވިއްޖެއެވެ.

” ހާދަ މަޑުން ތިއިންނަނީ. އަނެއްކާ ގޯސްވީތަ ކަމެއް؟” ކެއުން މެދުކަނޑާލަމުން އިމާން އަނހާލިއެވެ.
” ނޫނޭ. އެއްވެސް ކަމެއް ގޯހެއްނޫން. ދެން ހަމަ ވިސްނެނީ.” އަހަރެން ބުނީމެވެ.
” ކަންތައްތަކާއި ވިސްނުމަކީވެސް ބައެއް ފަހަރު ބޮލުގެ ރިހުން އިތުރުވާކަމެއް. ބޭކާރު ކަންތައްތަކާއި ވިސްނާކަށް ނުވާނެ. ބޭކާރު ވިސްނުން އިންސާނާ މާޔޫސްކަމަށް މަގުފަހިކުރުވާނެ. މާޔޫސްކަން ހިތުގެ ބައްޔަށް މަގު ފަހިކުރުވާނެ. އެކަން އެންމެ ފަހުން ބައްޔަކަށްވެ، ޙަޔާތުގެ ބައްތިނިވުން އޮންނާނީ ކައިރީގަ. ޢާޒިމްއަށް އެހެންތަވަނީ؟” އިމާން އަށްވެސް ވަރަށް ވިސްނޭތާއެވެ.

” އިދާރަކުރެއްވިއްޔާ ތިހެނެއްނުވާނެ. އެއަށްވުރެ އަހަރެން މާހިތްވަރު ގަދަވާނެ. އޭ ޝިފާ ގުޅިއޭ. ގުޅާފަ ބުނި، ފޯނަށް ދިހަ ރުފިޔާ ފޮނުވާށޭ.” އަހަރެން ކުޑަކޮށް ހެމުން ބުނެލީމެވެ.
” ފޮނުވިންތަ ދެން؟” އިމާން އަވަސް އަވަހަށް އަނހާލިއެވެ.
” އާނ. ދެން ފޮނުވިން. އެކަމަކު، ކިހާ ހަޑިކަމެއްދޯ އެއީ؟” އަހަރެން ޝުދޫގެ ވާހަކަ ދައްކަން ބޭނުންނުވާތީ މަޢުޟޫ ބަދަލުކުރުމަށް މަސައްކަތްކުރީމެވެ.
” މިޒަމާނުގަ އެއީ ހަޑިކަމެއްނޫން. އެހެން އުޅޭ އަންހެން ކުދިން މިހާރު ގިނަވާނީ. މިހާރު އެއީ ޢާއްމުކަމެއް.” އިމާން ބުނެލިއެވެ.
” ދެން އަޅާނުލާ. އޭގެ ފައިދާ ފަހަރުގަ ކޮންމެވެސް ދުވަހަކުން އަހަންނަށްވެސް ކޮށްދާނެދޯ.” އަހަރެން ނޫން ގޮތަކަށް ބުނެލީމެވެ.
” މާބޮޑަށްވެސް ކުރާނެ. މަސްވެސް ތިލަވަނީ، ރަނގަޅަށް ފިލިޖަހާލީމައެއްނު. ޢާޒިމްވެސް ޝިފާޔަށް ރަނގަޅަށް ފިލިޖަހާލަ. އޭރުން ހުސްބުޅީގަވެސް ގަންނާނެ.” އިމާން ބުނެލީ މޮޅު އެއްޗެކެވެ.
” އަހަރެން ޝިފާޔަށް އެހީވީ އެނިޔަތުގައެއްނޫން.” އަހަރެން ބުނީމެވެ.
” ކޮބާތަ ޝުދޫ މިހާރު؟” އިމާން އަނހާލިއެވެ.
” ޝުދޫގެ ވާހަކަ ނުދައްކާ. އެއީ އަހަންނާއި އެއް ފެންވަރެއްގެ ކުއްޖެއްނޫން.” އަހަރެން މަޑުމަޑުންބުނީމެވެ.
” އަހަރެން ކުރިންވެސް ބުނީމެއްނު އެނަން ހިތުން ފުހެލާށޭ. މިހާރު ތިދަނީ ރަނގަޅަށް. މިޒަމާނުގައި އެންމެ މީހަކަށް ހުސްވެގެން އެއްވެސް މީހަކު ނުހުންނާނެ. ދެތިން ބިޓުން ގެންގުޅެންޖެހޭނެ. އޭރުން، އެކަކު ކެޓިޔަސް، ރިޒާވްގައި އަބަދުވެސް ތިބޭނެ ކުދިން.” އިމާންގެ ސްޓައިލަކީ އެއީއެވެ.

“އަހަރެންގެ ދިރިއުޅުމާއި އިމާންގެ ދިރިއުޅުމާއި ހާސްބައި ތަފާތު. އަހަރެން އަދިވެސް ބޭނުމީ ޝުދޫ.” އަހަންނަށް ޝުދޫގެ ނަން އެހާ އަވަހަށް ހިތުން ފުހެލުމަކީ ކުރެވޭނެ ކަމެއްނޫނެވެ.

އިމާން ތެދުވިއެވެ. ފާޚާނާއަށް ދާން ޖެހުނުކަމުގެ އިޝާރާތްކޮށްލުމަށްފަހު، އިމާން ހިނގައިގަތީ ޓްރެންޑްސްގެ ފާޚާނާއާއި ދިމާލަށެވެ. އަހަރެން ޓްރެންޑްސް ތެރެއަށް ބަލާލީމެވެ. ދެތިން މޭޒެއް ނޫނީ ހުރިހާ މޭޒުތަކެއް ހުރީ ފުރިފައެވެ.

އަހަރެންގެ ފުރަގަހުގައި ހުރި މޭޒުން އިވެނީ ހުސް އަންހެން ކުދިން ވާހަކަދައްކާ އަޑެވެ. އެމީހުންގެ ހުނުމާއި ސަކަރާތުން ބައެއް ފަހަރު ބޮލަށްވެސް އުދަނގޫވެއެވެ. އެކަމާއި އަޅާލާކަށްނުވާނެއެވެ. ކުދިކުދި ތަންތަން ކޮޅުގައި، އުޅޭއިރު ހިތްއުފާކޮށްލަން އަންނަންމިޖެހޭނީ މިކަހަލަ ތަނަކަށެވެ. ގޭތެރޭގައި ނުޖެހޭ ސަކަރާތާއި މަޖާދެން ނަގާނީ މިކަހަލަ ތަނެއްގައިނޫން ހެއްޔެވެ؟

” އޭނަ ހުންނާނެ ދޯ ވަރަށް ދެރަވެފަ. ޝުދޫވެސް ނުވާނެއްނު ދެން ތިހެން ހަދާކަށް.” އަހަރެން ސިއްސައިގެން ދިޔައީ އެތަނުން އަންހެން ކުއްޖަކު އެހެން ބުނި އަޑުއިވުމުންނެވެ.
” އަސްލު އެހެން ހަދާކަށް ބޭނުމެއްނޫން. އެކަމަކު، އަހަރެން ބޭނުންވީ މަޖާކޮށްލަން.” ޝުދޫ ބުނެލިއެވެ.
” ތިހެން ނުވާނެ މީހުންގެ ހިތާއި ކުޅޭކަށް. ފަހުން އެ އަނބުރާ ތިމާޔަށް އަންނާނެ.” އެތަނުން އަންހެން ކުއްޖަކު ބުނެލިއެވެ.
” ނުވާނެ ތިހެނެއް. ފިރިހެން ކުއްޖަކު އަހަރެން ފަހަތުން ދުވަމުން އާދޭސްކުރަމުން ދިޔުމުން އަހަންނަށް ވަރާ މަޖާވަނީ.” ޝުދޫ ހިނިގަޑެއް ޖަހާލިއެވެ.

އަހަރެން މަޑުމަޑުން، އަހަރެންގެ ފުރަގަހުގައިވާ މޭޒުގައި ތިބި ކުދިންނަށް ބަލާލެވޭތޯ މަސައްކަތްކުރީމެވެ. އިމާން އައިސް އިށީނީ އެހިސާބުންނެވެ.

” ދެން ހިނގާދަމާ. ރައްޓެހި އަންހެން ކުއްޖަކު ގުޅައިފި. އަވަސްކުރަންވެގެން ބިލްވެސް ދައްކާފަ މިއައީ.” އިމާން އައިސް ގޮނޑީގައި ނުވެސް އިށީނދެ ބުނެލިއެވެ.
” އަހަރެން ދާނީ ކުޑައިރުކޮޅަކުން.” އަހަރެން ބުނީމެވެ.
” ނޫނޭ. އަހަރެން ބޭނުން ޢާޒިމްވެސް ގެންދަން. ވަރަށް ރީތި ކުއްޖެކޭ އެއީ.” އިމާން ބުނެލިއެވެ.
” އެމީހުން މިތަނަށް ގެންނަންވީނު.” އަހަރެން ބުނީމެވެ.
” އޯ.ކޭ.” އިމާން އިށީނީ އެހެން ބުނުމަށްފަހުގައެވެ.

އިމާން ގޮނޑީގައި އިށީނުމަށްފަހު، ފޯން ނަގާ ގުޅަންފެށިއެވެ. އަހަރެން ދިޔައީ ޝުދޫއިން މޭޒުން ދައްކާ ވާހަކަތަކަށް ކަންފަތްދެމުންނެވެ. އެމީހުން ދައްކަމުން ދިޔައީ މުޅިން މަޖާވަހަކަތަކެވެ. އަހަރެން ޝުދޫގެ މޫނު ފެނޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު، ޝުދޫ އިނީ ސީދާ އަހަންނަށް ފުރަގަސްވާގޮތަށް އިން ގޮނޑީގައި އިށީނދެގެންނެވެ.

” މިހާރު އެބައާދޭ.” އިމާން ބުނެލިއެވެ.
” ހާދަ ވަރަކަށް އެމޭޒަށް ތިބަލަނީ؟ އަނެއްކާ ދަންނަ ބަޔަކު ތިބީތަ؟” އިމާން އަނހާލިއެވެ.

=ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާމާނޭ…7

Next

ޝުދޫ******* (8) ވަނަ ބައި

Next
July 29, 2015

ޝުދޫ******* (8) ވަނަ ބައި

Previews
July 28, 2015

ނާމާނޭ…7

12 Comments!

  1. shaisha says:
    July 28, 2015 at 7:30 pm

    Amaaz pls dhen avahah upp kohdhechey

  2. kayaani says:
    July 28, 2015 at 7:35 pm

    vrh reethi.. avahah up kohdhecheyy aneh part.. kn irakun tha next part waiting.. anekaa shudhoo ge moonu nufenna goi nuhadhahcheyyy.. azim ah enme faharaku face fenna goi hadhai dhecheyy..

  3. Xzoo says:
    July 28, 2015 at 7:42 pm

    v nice !!
    waiting 4
    next part 🙂

  4. Sudhoo says:
    July 28, 2015 at 7:54 pm

    M8 vaahaka mu hisaaba liyefa oi dhivehi vaahaka site ga ves. Amaaz tha ey site ga ves liyunee?? Adhives ey site up ey nuvey. Enekaa mi site in khine vaanebaa???

  5. ifaasha says:
    July 28, 2015 at 8:12 pm

    Nice

  6. maako says:
    July 28, 2015 at 8:15 pm

    varah reethi.. plx next part avahah up kohdhyba… 🙂 waiting…

  7. nukko says:
    July 28, 2015 at 9:37 pm

    v reethi.. ekm dhen knirakun nxt part up kuraaneee. keii madhuvefa mithibenee. plx plx avahah up kohdhdhyyy

  8. Mirus says:
    July 28, 2015 at 9:46 pm

    Misitege admin ah…. mi site ga huri gina vaahakathah nuninmaa huree….I think admin should take that much responsibility for who ever start to write a story in this site, just make the writer to finish the story as whatever it is… so please take care of this…. coz most of the stories are not finish and as a reader will b disapoint
    Its such a nice stories in this site but without ending??????? ????

    1. emiliya says:
      July 28, 2015 at 10:22 pm

      Yes i agree with you. One of my favorite stwry hideebalaa deyhithun e stwry 21 vana prt nere fa i think mi year ah 2 years eviy e stwry upload nukuraathaa…

  9. emiliya says:
    July 28, 2015 at 10:24 pm

    Mi story vrh reethi emiliya vrh dera vaane amaaz anehkaa ves mi story up kurun huttaa lai fiyyaa

  10. Ukshaana says:
    July 28, 2015 at 11:33 pm

    im last.. v kadda.. but sali

  11. fizaan says:
    July 29, 2015 at 12:18 am

    b reethi.. waiting for next part…

Comments are closed.


All Right Reserved!