Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…7

PluviophileNyctophilia Level 110 Stories
July 28, 2015 5 Mins Read
28 Comments

“ތިއެއް އެނގިދާނެތާ، މިއަދު ހިނގާ ފުލުސް ސްޓޭޝަނަށް ގޮސް ބޮރިސާ ބައްދަލުކުރަން.” ތޯމަސް ޚިޔާލު ފާޅުކުރިއެވެ.

ސްކޫލު ސެޝަން ނިމުމުން އެދެމީހުން މިސްރާބުޖެހީ ފުލުސް ސްޓޭޝަނާ ދިމާއަށެވެ. ***
“އަދި ކުރިއެރުމެއް ނުލިބޭ. ޤާތިލް ހޯދުނުހާ އަވަހަކަށް އަންގާނަން.” ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު ބޮރިސް ވާހަކަދެއްކީ ރުންކުރުކޮށެވެ. ކޮންމެވެސް ކަމަކާ ބޯގޮވާފައި ކަންނޭނގެއެވެ.

ތޯމަސާ އެޑެމް ފުލުސް ސްޓޭޝަނުން ނިކުތެވެ. އެތާ ކައިރީ ހުރި އައިސްކްރީމް ވިއްކާ ތަނަކަށް ވަދެ އައިސްކޯން ގަނެގެން ގެއަށް ދާން މިސްރާބުޖެހިއެވެ.
“އޭ، އެޑެމް. މަ ބުނަންތަ މޮޅު ވާހަކައެއް؟” ތޯމަސް އެއްސެވެ.
“އާނ ބުނެބަލަ. ހަވައަށް އަރާ ވާހަކަތަ؟” އެޑެމް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
“އޭ ސީރިއެސްއޭ. މިރޭ ދާންވާނެ ޓީނާމެން ގެއަށް.” ތޯމަސް ބުންޏެވެ.
“އެއީ ބުނަން އުޅުނު މޮޅު ވާހަކައަކީ؟” އެޑެމް ބުނެލިއެވެ.
“ކަލޭ ދޯ؟ މަ އެހިން އަދިވެސް އީވާން އެއްކޮށް ރަނގަޅުނުވާ ވާހަކަ. އޭނަ ދެނަމާދު ދޭތެރޭގަ ސަކަރާތްވަނީއޯ.” ތޯމަސް ކިޔައިދިނެވެ.
“ދެނަމާދު ދޭތެރެއޭ؟” އެޑެމަށް ނުވިސްނިގެން އަހާލެވުނެވެ.
“ބޭފުޅާ، މިފަހަރު ވާނެ މަގޭ ގާތުން ރަނގަޅަށް ދީން އުނގެނެން.” ތޯމަސް އެޑެމްގެ ބޮލުގައި އަތް ޖަހާލިއެވެ.

މަޣްރިބް ނަމާދު ކޮށްގެން ތޯމަސް ދިޔައީ ވެލެންޓީނާމެން ގެއަށެވެ. އޭރު އޭނާގެ އެދުމަށް އަނެއް ތިން ބައިވެރިންވެސް އެގެއަށް ގޮސް ތިއްބެވެ. އީވާން މުޅި ގޭގައި އެނބުރެއެވެ. އޭނާ ކިޔާ އެއްޗެއް އެކަކަށްވެސް ސާފެއް ނުވެއެވެ. ވެލެންޓީނާއަށް ހުރީ ރޮވިފައެވެ. އޭނާގެ މަންމައާ ބޮޑުދައިތަ އޭނާ ގާތު ތިއްބެވެ. އެމީހުންވެސް ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.
“މިރޭ ދެގޮތުންކުރެ އެއްގޮތަކަށް ކަންތައް ނިމޭނީ. އެއްގޮތަކީ ޖެސިކާގެ މަރުގެ ސިއްރު ހޯދުން. އަނެއް ގޮތަކީ އީވާން މަރުވުން.” ސޯފާގައި އިށީނދެގެން އިން ތޯމަސް އިސްޖަހާލަމުން ބުނެލިއެވެ.
“އެއެއް ކިހިނެއް އެނގެނީ؟ މީހުން މަރުވާ ގަޑި އެކަކަށްވެސް އެނގޭތަ؟” އެޑެމް އެއްސެވެ.
“ވިސްނުންތެރި ސުވާލެއް. އެކަމަކު އީވާނަށް އެހެރީ ޖިންނި އަވަލާފަ. އަހަންނަށް ހީވަނީ ޖެސިކާގެ މަރުގެ ފަހަތުގަ ރޫހާނީ ކަމެއް ވާހެން. ހިނގާ މިރޭ ވާގޮތެއް ބަލާލަން.” ތޯމަސް ޖަވާބުގައި ބުންޏެވެ.
އީވާން އެނދުގައި ބާއްވައިގެން މައިތިރިނުވެއެވެ. ތެޅިފޮޅިއަރުވާ ވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ޖޭޑެން، އެޑެމް އަދި ތޯމަސާވެގެން އީވާން މައިތިރިކުރެވޭތޯ އުޅެއެވެ.
“ހުރިހާ އަންހެނުން ބޭރަށް ނިކުމޭ. މިގަޑީގަ އަންހެނުން މިތާ ތިބުން ރަނގަޅެއް ނުވާނެ.” ތޯމަސް މިހެން ބުނެފައި އެތާ ތިބި ހުރިހާ އަންހެނުން ބޭރަށް ފޮނުވާލިއެވެ. މިހާރު އެކޮޓަރީގައި ތިބީ އެތިން އެކުވެރިންނާއި އެނދުގައި އޮތް އީވާނެވެ.
ތޯމަސް ޤުރުއާން ކިޔަވަމުންދިޔަ ވަރަކަށް އީވާން ތެޅިފޮޅިއަރުވާ ނަގައެވެ. ދެން އިވެންފެށީ ބުޅާތަކެއް ކޯޅޭ ކަހަލަ އަޑުތަކެކެވެ. ޖޭޑެން އެއަޑު އައި ދިމާއަށް، ކުޑަދޮރު ކައިރިއަށް ދާން އުޅުމުން ތޯމަސްގެ އިޝާރާތަށް އެޑެމް، އޭނާގެ އަތުގައި ހިފާ އެކަން މަނާކުރިއެވެ.
ހިނދެއް ހިނދަކަށްފަހު، އިވޭ އަޑުތައް ގިނަވާން ފެށިއެވެ. އަންހެނެއްގެ ހުނުމުގެ އަޑާއި ކުއްތާ ވަށްވަށްޖެހޭ އަޑާއި ބުޅާ ކޯޅޭ އަޑާއި ވާ ގޮވާ ކަހަލަ އަޑުތައް އިވެން ފެށިއެވެ.
އިރުކޮޅަކަށް ފަހު، އެއަޑުތައް ކެނޑި ހިމޭންވިއެވެ.
“އޭ އަހަރެން ދޫކޮށްލާ! ކަލޭމެން މިތަނަށް އަހަރެން ގެނެސްގެން ތިއުޅެނީ ކީއްކުރަން؟” އީވާން ބަރު އަޑަކުން ވާހަކަދެއްކިއެވެ.
“އަހަންނަށް އިނގޭ ތީ އީވާން ނޫންކަން. ކަލެއަށް ކިޔާ ނަން ބުނޭ.” ތޯމަސް އަމުރުކޮށްލިއެވެ.
“މަށަށް ކިޔަނީ އާކިފް. ދެން މަ ދޫކޮށްލާ!” އީވާން ބޭނުންކޮށްގެން ޖިންނި ވާހަކަދެއްކިއެވެ.
“ނޫން. ކަލޭ މިފަހަރު ހަމަ މަރާލާނީ. އެހެންނޫނީ ހަޤީޤަތް ކިޔައިދީ. އީވާންގެ ހަށިގަނޑު ތެރެއަށް ވަނީ ކީއްވެ؟” ތޯމަސް އަޑަށް ބާރުލާފައި އެއްސެވެ.
“ކަލޭ ތިސުވާލު ކުރަން ލަދުގަންނަން ޖެހޭނެ.” އާކިފް ބުންޏެވެ.
“މަ މިކުރާ ސުވާލަށް ޖަވާބުދީ.” ތޯމަސް އެދުނެވެ.
“އާނ އެއީ އޭނަ މޮޔަކޮށްލަންވެގެން.” އާކިފް ބުންޏެވެ.
“ކީއްވެ؟ އޭނަ ކުރި ކުށަކީ ކޮބާ؟” ޖޭޑެން އެއްސެވެ.
“އެއީ އޭރުން ކަލޭމެން އޭނަ މޮޔަކޮށްލީ ކީއްވެކަން ހޯދާނެތީ.” އޭރުވެސް އީވާން ތެޅިފޮޅެމުން ދެއެވެ.
“ކީއްވެހޭ އޭނަ މޮޔަކޮށްލީ؟ ކުރާ ސުވާލަށް ޖަވާބުދީބަލަ؟ އެއީ ތެދެއްތަ؟ ކަލޭ އެރޭ ފްލޯރާގެ ސިފައިގަ އީވާނަށް ފެނުނިންތަ؟” ތޯމަސް ސުވާލުތައް އަމުނާލިއެވެ.
“އާނ ފެނުނިން.” އާކިފް އެއްބަސްވިއެވެ.
“ކީއްކުރަން މައްޔިތުންގެ ސޫރައިގަ މީހުންނަށް ފެންނަނީ؟ އޭނ؟؟” އެޑެމް އެއްސެވެ.
“ބެހެންޖެހޭ ކަމެއްތަ؟” އާކިފްގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.
“އާނ ހަމަ ބެހެންޖެހޭ ކަމެއް އެއީ.” ތޯމަސްވެސް އަޑު ބާރުކޮށްލިއެވެ.
“ރީތިކޮށް ވާހަކަދައްކަންވީ. އަހަރެމެންނަށްވެސް އިނގޭ ނުލަފާ މީހުންނަށް ހަދަންޖެހޭ ގޮތް. ދަގަނޑު ކެނޑޭނީ ދަގަނޑުން.” އެޑެމް ބުނެލިއެވެ.
“ބުނޭ. ކީއްކުރަން ފްލޯރާ މަރާލީ ޖެސިކާއޭ ކިޔައިގެން އީވާން ގާތު ވާހަކަދެއްކީ؟؟” ތޯމަސް އެއްސެވެ.
“އެއީ ތެދަށް ވީމަ.” އާކިފް ޖަވާބުދިނެވެ.
“ކަލެއަށް އިނގޭތަ ފްލޯރާ މަރުވިގޮތް ތި އަނގަ ފަޅަނީ؟” ޖޭޑެންވެސް ރުޅިއައިސްހުރެ ބުންޏެވެ.
“އާނ. އަހަރެން ލައްވާ މިހިރަ ތޯމަސްގެ މަންމަ ސާރާ، ޖެސިކާގެ އެދުމުގެ މަތިން ފްލޯރާ މަރާލީ.” އާކިފް ބުންޏެވެ.
“ކޮން ބުހުތާނެއް ހަދާކަށް.” އެޑެމް ބުންޏެވެ.
“މީ ބުހުތާނެއް ނޫން. މީ ތެދު. ނިކަން ގޮސް ތޯމަސް މަންމަ ގާތު އަހާބަލަ.” އާކިފް ހަޅޭއްލަވައިގަތެވެ. އީވާން އަވަސްއަވަހަށް ނޭވާލަމުން ދިޔައެވެ.
ތޯމަސް ބާރަށް ޤުރުއާން ކިޔަވަން ފެށިއެވެ. ހަމައެއާއެކު އީވާންވެސް ތެޅެމުން ދިޔައީ ރޯމަހެއް ތެޅޭހެންނެވެ.
“ދެން ކިޔައިދީބަލަ ކަލެއަށް އެނގޭ އެއްޗެއް ހާއިން ޗަވިޔަންޏަށް.” އިރުގަނޑަކަށްފަހު ތޯމަސް އަމުރުކުރިއެވެ.
“ޖެސިކާ އޭނަގެ ދައްތައާ ހަސަދަވެރިވީ މިހިރަ އެޑެމް އޭނަ ދައްތަ ގާތު ރައްޓެހިވާން އެހުމުން. ޖެސިކާ ދިޔައީ ކަލޭގެ މަންމަ ގާތަށް. ގޮސް އެދުނީ ފްލޯރާއަށް ސިހުރުހަދައިގެން އޭނަ މަރާލަން. ކަލޭ މަންމަ އަހަރެން ލައްވާ ގަދަކަމުން ފްލޯރާ މަރާލީ. ފްލޯރާއަކީ އަހަރެންވެސް ވަރަށް ލޯބިވި ކުއްޖެއް. އެކަމަކު ވަކި ގަޑިއަކަށް ލިފްޓު ހުއްޓޭ ގޮތް ހަދައިގެން އަދި އަހަރެން ލައްވާ ގަދަބާރުން މަ އެންމެ ލޯބިވާ ކުއްޖާ މަރާލީ. ހަމަ މަގޭ މިދެއަތުން. މިދެއަތުން އޭނަގެ ނޭވާ ހާސްކުރުވީ. އަދި އޭނައަށް ބިރުދެއްކިން. ޖެސިކާއަށް ލައުނަތް ހުރި.” އާކިފް ކިޔައިދިނެވެ.
“ޖެސިކާވެސް މަރާލީ ކަލޭތަ؟” ތޯމަސް ރުންކުރުވެފައި ހުއްޓަސް މަޑުމައިތިރިކަމާއެކީ ވާހަކަދެއްކޭތޯ ބެއްޔެވެ.
“އާނ. އަހަރެން އަމިއްލައަށް އަމިއްލަ އިޚްތިޔާރުގަ ޖެސިކާ މަރާލީ އޭނަ ސްކޫލަށް އެންމެ ފަހުން އައި ރޭ. އޭނަ އޮފީހުގަ ހުއްޓާ ފްލޯރާގެ ސިފައިގަ އަހަރެން އޭނައާ ބައްދަލުކުރިން. އަހަރެން އޭނަގެ މޫނުގަ ވަކިތަކެއް އެޅިން. އަދި އޭނަ ގެންގޮސް ކަލޭމެންނަށް އޭނަ މަރާލާފަ އޮއްވާ ފެނުނު ތަނަށް ގެންދިއައިން. އެތާނގަ އޭނަ މަރާލީ. އަހަރެން އެޖެސިކާއަށް ނަފްރަތުކުރަން. އަހަރެން ލޯބިވީ ފްލޯރާގެ ސޫރަ ދެކެއެއް ނޫން. ޖެސިކާއަށްވެސް އޮޅުނީ. އޭނަވެސް ހީކުރީ އެޑެމް ލޯބިވީ ފްލޯރާގެ ސޫރަދެކެ ކަމަށް.” އާކިފް ކިޔައިދިނެވެ.
“މައްސަލައެއް ނެތް. އެކަމަކު ކަލޭ އީވާން މޮޔަކޮށްލީ ކީއްވެ؟” ތޯމަސް އެއްސެވެ.
“އެއީ ހަމަ މިހުރިހާ ކަމެއް ކަލޭމެންނަށް ކިޔައިދޭންވެގެން. އަހަރެން މިހާ ހިސާބަށްވެސް ޖެސިކާ ނުމަރާ މަޑުކުރީ އޭނައަށް އެޑެމްގެ ލޯބި ލިބި މަތީ މަޤާމަކަށް ދެވެންދެން. އެހުރިހާ ކަމެއް ފުރިހަމަވީމަ އޭނަ ހީކުރީ އޭނަ ދައްތަގެ މަރަށް ފަސްއަޅާ ފޮރުވޭނެކަމަށް. އެކަމަކު އޭނަގެ ނަން މުޅި އުމުރަށް މީހުންގެ ހިތްތަކުގަ ނުލަފާ މީހެއްގެ ގޮތުގަ ބިންވަޅު ނެގިގެންދާނެ. އަހަރެން މިހަޤީޤަތް ހާމަކުރީ. ސާރާއަށްވެސް މިހުރިހާ ކަމެއް އެނގޭނެ.” އާކިފް ކިޔައިދެމުން ދިޔައެވެ.
“ކަލޭ އިސްލާމްވޭ. އަދި އީވާން ދޫކޮށްލާ” ތޯމަސް ބުންޏެވެ.
“ނޫން ނުވާނަން. އެކަމަކު އީވާންގެ ކުށެއް ނެތްކަމަށްޓަކައި އަހަރެން މީނަ ދޫކޮށްފަ ހިނގައިދާނަން. އަދި އެއްވާހަކަ. މިދެނީ އިންޒާރެއް. އަހަރެންގެ އާއިލާގެ އެންމެން ތިމީހުންގެ ސްކޫލުގަ މިވަގުތުން ފެށިގެން ވަނީ ވަޒަންވެރިވެފަ. އެއީ ޖެސިކާ ކެޕްޓަންކަން ކުރި ސްކޫލް. ކަލޭމެންގެ ސްކޫލަށްވެސް ލައުނަތްހުރި.” މިހެން ބުނެ ނިމުނުތަނާ އީވާން ހޭހުސްވިއެވެ.
“އޭ ނޫން. އަދި އިހަށް މަޑުކޮށްބަލާ.” ތޯމަސަށް ހަޅޭއްލަވައިގަނެވުނެވެ.

އީވާން ހަސްފަތާލަށް ގެންދެވުނުތާ އިރުތަކެއް ނުވެ ހޭ އެރިއެވެ. އީވާން ރަނގަޅުވުމުން ވެލެންޓީނާމެން ތިބީ ހިތްހަމަޖެހިފައެވެ. އެމީހުން ޝުކުރު އަދާކުރުމުން ތޯމަސްގެ ރައްދަކަށްވީ ހުރިހާ ޝުކުރެއް ހައްޤުވެގެންވަނީ ﷲއަށެވެ.

“ނޫނޭވާ ކަލޭ މޮޅު އިނގޭ ރުޤްޔާ ހަދަން.” ހަސްފަތާލުން ނިކުތް ހަތަރު އެކުވެރިންގެ ތެރެއިން ޖޭޑެން، ތޯމަސްގެ ކޮނޑުގައި އަތް ޖަހާލަމުން ތައުރީފުކޮށްލިއެވެ.
“އޭ އަސްލު ކިހިނެއްތަ ވީ؟ ހަމަ އަސްލުވެސް އެޖިންނި އައިތަ؟ ކިހިނެއްތަ އޭތި ހުރީ؟” މާރލިއާ ވީނުވީ ނޭނގިހުރެ އަހާލިއެވެ.
“ހެހެހެ، ނޫނޭ. ދައްކަންތަ އެވީޑިއޯ. ޖިންނީގެ ސޫރައެއް ނުފެނެއޭ. އޭތި އީވާންގެ ހަށިގަނޑު ތެރެއަށް ވަދެ އޮވެގެންނޭ އަހަރެމެންނާ ވާހަކަދެއްކީ. އަހަރެން އިންނާނެ އެމަންޒަރު ވީޑިއޯކޮށްފަ.” ޖޭޑެން ފޯނުން ވީޑިއޯ ދައްކާލިއެވެ.
“ހާދަ ބިރުވެރިއޭ. އެއިވުނު އަޑުތަކެއްދޯ.” ވީޑިއޯ ބަލާ ނިންމުމަށްފަހު މާރލިއާ އޭނަގެ ޝުއޫރު ފާޅުކުރިއެވެ.
“މަސް، ކަލެއަށް ހީވޭތަ އާކިފް ޖިންނި އެބުނީ ތެދެއްހެން.” ޖޭޑެން އަހާލިއެވެ.
“ނޭނގެ، ޤުރުއާނުގެ ބާރުންނޭ އޭތި ލައްވާ އެހުރިހާ ވާހަކަތަކެއް ދެއްކުނީ. އެހެންވީމަ ބޮޑަށް ލަފާކުރެވެނީ ތެދުކަމަށް.” ތޯމަސް ކުރިއަށް ބަލަހައްޓައިގެން ހުރެ ހިނގަމުން ބުންޏެވެ.
“އެހެންވީމަ ޖެސިކާ ސިހުރު ހަދައިގެންދޯ ފްލޯރާ މަރާލީ.” އެޑެމްގެ އަޑު އައީ ކުރެހިގެންނެވެ. އޭނަ ދެރަވެފައިވާ ވަރު މޫނުމަތިން ހާމަވެއެވެ.
“ދެން މާދަމާ ދޯ މިހުރިހާ ކަމެއްގެ ހަޤީޤަތެއްވެސް ބަލާނީ. މިރެއަށް ނިމުނީ ތިމީހުންގެ މަސައްކަތް. މަ ގެއަށް ގޮސް މަންމަ ގާތު މިހުރިހާ ވާހަކަތަކެއް ދައްކާނަން. މަ މީގެ ކުރިއަކުން ނުދަންނަން މަންމަ މިކަމުން ލާރި ހޯދާކަން. މަންމައަށް ސިހުރު ހަދަން އެނގޭ ކަމެއްވެސް ނުދެނަހުރިން.” ތޯމަސްގެ އަޑުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުނުވި ނަމަވެސް ހަޤީޤަތުގައި އޭނަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
ތޯމަސް ގެއަށް ގޮސް ފުރަތަމަވެސް ބަލާލީ އޭނަގެ މަންމަ ކޮބައިތޯއެވެ. މަންމަގެ ކޮޓަރިއަށް ވަންއިރު ނަމާދުން އަވަދިވެގެން ސަލާންދެނީއެވެ. ތޯމަސް އައިސްފައިހުރި ރުޅިން އޭނަގެ ދެލޮލުން ކަނި ބުރާ ކަހަލައެވެ.
“މަންމާ! އެއީ ތެދެއްތަ؟ މަންމަ ތީ ސިހުރު ހަދާ މީހެއްތަ؟” ތޯމަސް އޭނަގެ މަންމަގެ ކުރިމަތީގައި ހުރެ އެއްސެވެ.
“ދަރިފުޅާ، ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ؟” ސާރާ ހައިރާންވެ ހުރެ ކޮޅަށް ތެދުވިއެވެ.
“މަންމާ ތެދަށް ހަޤީޤަތް ކިޔައިދީ. މިއަދު ތެދަށް ފަސްއަޅާ ފޮރުވިދާނެ. އެކަމަކު އަދި ދުވަހެއް ވޭ. އާނއެކޭ ނޫނީ ނޫނެކޭ ބުނޭ. މަ ބޭނުން ކޮންމެވެސް އެއް ޖަވާބެއް.” ތޯމަސްގެ ކެތްތެރިކަން ކުޑަވެފައިވާ ކަހަލައެވެ.
“ދަރިފުޅާ. ދަރިފުޅަށް ހަޤީޤަތް ފަޅާއެރީމަ މަންމަ ދެން އިތުރަކަށް އޮޅުވައެއް ނުލާނަން. އާނ. އެއްދުވަސްވަރެއްގަ ސިހުރު ހެދިން. އެކަމަކު އެއީ ކިހާވަރެއްގެ ކަމެއްކަން އެނގުނީމަ އެކަން ހުއްޓާލިތާ މިހާރު ހަތަރުވަރަކަށް އަހަރު ވެދާނެ.” ސާރާ ކިޔައިދިނެވެ.
“މަންމާ! ތީ މަގޭ މަންމައޭ ބުނަން ލަދުގަނޭ. މަންމަ ކީއްކުރަންތަ އެހެން މީހެއްގެ ކުށެއްނެތް މައުސޫމް ދަރިއެއް މަރާލީ؟؟” ތޯމަސް އެނދަށް ވެއްޓިގަތެވެ. އޭނާ ބޯ ހާސްވެފައިވާ ކަހަލައެވެ.
“ދަރިފުޅާ! މަންމައަށް އޭރު ނުވިސްނޭ އެއީ ކިހާވަރެއްގެ ކަމެއްކަމެއް. މަންމަގެ މަންމަމެންވެސް ސިހުރުހަދާ އުޅުނު. އެކުއްޖާ އެކަމަށް ބޭނުންވެގެން އައީމަ މަންމަ އެކަން ކޮށްދިނީ މަންމައަށް އެކަން ކުރަން އެނގޭތީވެ.” ސާރާ ބުންޏެވެ. އޭރު އޭނައަށް ހުރީ ރޮވިފައެވެ.
“މަންމައަކަށް ހަމަ ނޭނގޭތަ ސާޅީސް ދުވަސް ވަންދެން މަންމަގެ ނަމާދުތައް ޤަބޫލުނުކުރައްވާނެ ކަމެއް. ތީ މުސްލިމެއްތަ؟” ތޯމަސް ބާރަކަށް ބުންޏެވެ.
“ދަރިފުޅާ ތޯމަސް. މަންމައަށް އޭރު ނޭނގޭ ތިއިން އެއްވެސް ކަމެއް. އެހާދިސާ ހިނގިފަހުން މަންމައަށް ފެނުނީ ސިހުރު ހެދުމާ ބެހޭގޮތުން ލިޔެފަ އޮތް ފޮތެއް. އެފޮތް ކީމަ މަންމައަށް އެނގުނީ އެއީ ކިހާވަރެއްގެ ކަމެއްކަން. ދަރިފުޅާ. އޭރު ވަޒީފާއަށޭ ކިޔާފަ މަންމަ ދަނީ ސިހުރު ހަދައިދޭން އެކި މީސްމީހުންނަށް. މަންމަ މިހާރު ﷲއަށް ބިރުވެތިވަން. އަދި ތައުބާވެއްޖެއިން.” ސާރާ ރޮމުން ރޮމުން ކިޔައިދިނެވެ.
“މައްސަލައެއް ނެތޭ. މަންމަ ގާތަށް ސިހުރު ހަދައިދޭން އެދި އައި ކުއްޖެއް. އެއީ ޖެސިކާ ކިޔާ ކުއްޖެއް. ހަނދާން އެބަހުރިތަ؟” ތޯމަސް އެނދުގެ ދާރައިގައި ލެނގިލަމުން އެއްސެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

ނާމާނޭ…6

Next

ޝުދޫ******* (7) ވަނަ ބައި

Next
July 28, 2015

ޝުދޫ******* (7) ވަނަ ބައި

Previews
July 27, 2015

ނާމާނޭ…6

28 Comments!

  1. ewwww says:
    July 28, 2015 at 4:07 pm

    naaamaanenoon varah ves amaaaaaan

  2. kayaani says:
    July 28, 2015 at 4:09 pm

    helw.. im a new story reader.. vaahaka kayaani ah reeethi

  3. LOVENA says:
    July 28, 2015 at 4:16 pm

    hey im first ddw.. Jessica merumun kda.. Lavna ah dhen salhi.. kuri ah dhey ige auther… uther ge nan dhigu kamunn kiyan udhagoo

  4. LOVENA says:
    July 28, 2015 at 4:18 pm

    im 3rd dw… welcome kayaany ah

  5. maako says:
    July 28, 2015 at 4:19 pm

    nice

  6. ma says:
    July 28, 2015 at 4:27 pm

    varah salhi…dhn parteh vx varah avahah up khdhehchey….

  7. PluviophileNyctophilia says:
    July 28, 2015 at 4:28 pm

    Hehe insha allah

  8. naxx says:
    July 28, 2015 at 5:01 pm

    varah reethi mi part ves ….next part ves avahah up kohdehchey..

  9. LOVENA says:
    July 28, 2015 at 5:09 pm

    kon iraku next part

  10. sahyn says:
    July 28, 2015 at 5:16 pm

    Pluvi kiyas okey thr author ah?? If you don’t mind.

    1. PluviophileNyctophilia says:
      July 28, 2015 at 9:01 pm

      Okay vaane, HeHe

    2. sahyn says:
      July 29, 2015 at 1:02 pm

      Ehn v ma dhn kiyaani pluvi.. sahyn ah vrh difficult eoh bodu name kiyan 😛

  11. LOVENA says:
    July 28, 2015 at 5:54 pm

    hmmm… pluvophile v rain dheke like vey dw…. hehehehe 😮 🙂 :q

    1. PluviophileNyctophilia says:
      July 28, 2015 at 9:00 pm

      Hehe, gaimennu

  12. ifaasha says:
    July 28, 2015 at 6:31 pm

    Hey.. this part is awesome.. when next part??? 🙂

  13. dhethiki p says:
    July 28, 2015 at 7:09 pm

    mi vaahakaiga miulhey meehunnah haa shaviyani ingeytha? Dhakkuvaidheny beyru gaumehgge maahaulu. Meehunnah kiyany ekahala nan. Ekamaku haa in chaviyanyah kiyaadhino. Are you coping an english story ?

  14. Hafyaa says:
    July 28, 2015 at 7:43 pm

    i think mee english stry eh balaagen liyefa hen.. konme ves thanakun mi vaahaka kee hadhaan vey.. neyge vakithaneh.. eyga ves ulheyne jessica akaa Ekaan eh.. Edam ge role eyga kulhefa innaanee heevanee Ekaan hen.. hadhaan nei nei mihaaru.. but e story hoadhaafa kuda koh kiyaafa yageeen kamaa eku bunana egeynee..

  15. jazbaath says:
    July 28, 2015 at 7:43 pm

    Police station dho kiyaany. Dhivehi kuranyaa kiyan vaanee fulus ofyhehnu. My opinion ingey 🙂

    1. PluviophileNyctophilia says:
      July 28, 2015 at 8:56 pm

      Shukuriyya. Kuhthah faahaga kohdheyn vaane. Hehe

  16. jazbaath says:
    July 28, 2015 at 7:47 pm

    Beyru maahauleh dhahkaadhinas amilla waahaka eh vihyaa OK vaane. Vaki raaje ekanyeh noonehnu dhahkan jeheny dhivehi bahun liyaa waahaka eh vihyaa.

  17. Hafyaa says:
    July 28, 2015 at 8:02 pm

    mee copy eh noon.. kiyaafin e vaahaka.. thankolheh vatharu… ekam ba eh than than thafaathu

  18. PluviophileNyctophilia says:
    July 28, 2015 at 8:54 pm

    Hehe Insaanaage khayaalaky varah ajaibu kuruvanivi ehcheh. Hehe. Dragon hedhi meehunves Dinosaur in khiyaalu nagaigen hedhy. Hehe. Scientists bunaa gothuga insaanaa ah kommeves ehchakun khiyaal nagaigen noony eyna beynun vaa ehcheh nehedheyne.. Ehves ehchakaa ehgothakahves vahtharu noon ehchehi hehdheveyny allah ah. Insaanunnaky hama ehaa ves balikashi baeh. Hehe. Ehkala igireysin kiyaa Inspiration kommeves ehchakun nagaigen menuvy insaanaa ah ekahcheh ves nehedheyne. Hehe.. Shukuriyya.. Igey mauloomaatheh hihsaa kohly. Hehe.

    1. sahyn says:
      July 29, 2015 at 1:06 pm

      :’)

  19. ken says:
    July 28, 2015 at 9:41 pm

    Nice…? waiting for next part..?

  20. Nuzha says:
    July 28, 2015 at 10:43 pm

    pluviophile… kon iraku nest part… pluviophile ge meaning kureega egey alhugandahh….. so its not harder to call me e nan.. too easy

  21. me says:
    July 28, 2015 at 10:47 pm

    haadha ‘hehe’ gina author ekey dhw hehe

  22. shahu says:
    July 28, 2015 at 10:48 pm

    hehe?

  23. atif aslam says:
    July 29, 2015 at 12:02 am

    Hehe
    Hehe
    Hehe
    Hama ahehe annanee

Comments are closed.

Next Episodeނާމާނޭ…8←


All Right Reserved!