“ފަރީޤް މިހާރު ހުރިހާކަމެއް ނިމުނީ.. ކަލޭއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް.. ރީޝާ ދޫކޮށްލާ..” ރީޝާ ގަދަހަދަމުން ދިޔައެވެ. އަހަރެން ފަރީޤްއާއި ކައިރިއަށް ފިޔަވަޅެއް އެޅިވަގުތު އޭނަ ފަހަތަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” ރީޝާގެ އަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް ވަޅި ނެގި ތަނެއް ނޭނގި ފަރީޤްގެ ބަނޑަށް ވަޅި ހަރާލިއެވެ. ކުއްލި ސިހުމާއި އެކު ފަރީޤް ރީޝަ އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ބަޑި ގޮއްވާލިއެވެ.
************
އަހަރެންނަށް ސިހިފައި ފަހަތަށް ޖެހިލެވުނީ ބަޑީގެ އަޑު އިވުމުންނެވެ. ނަމަވެސް އަވަސް ހަރަކާތާއި އެކު ވެއްޓެމުން ދިޔަ ރީޝާ އަހަރެންގެ އަތްމައްޗަށް ނެގީމެވެ. ވަޒަން އެރީ ރީޝާގެ ބަނޑަށެވެ. ވޭނުން ފުރިފައިވާ ގޮތަކަށް ރީޝާގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ފަރީޤް އާއި ދިމާލަށް ބަލާލިމެވެ. ބަނޑުގައި އަތް އަޅައިގެން އޭރު ފަރީޤް ކޮޅަށް ތެދުވަނީއެވެ. އަރުޖުން ފަރީޤް ކައިރިއަށް ޖެހިލާ ފައިން ވަރަށް ބާރަށް ޖަހާ ވައްޓާލިއެވެ. އަދި ބަޑި ދިއްކޮށްލީ ފަރީޤްގެ ބޮލާއި ދިމާލަށެވެ. “ނޫން.. ނޫން.. އޭނަ މަރާނުލާތި” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އޭރު ރީޝާ އުދަގޫ ގޮތަކަށް ނޭވާލަމުން ދިޔައެވެ. “އަހަރެން އޭނަ ބޭނުންވޭ.. އަރުޖުން.. ކަލޭމެންވެސް އޭނަ ބޭނުންވޭ.. އެތައް ކަމަކަށް އޭނައަށް އަދަބު ދޭންޖެހޭ.. ޕްލީޒް..” އަހަރެންވެސް އޭނަގެ ފުރާނަ ސަލާމަތް ކުރަން އާދޭސް ކުރެވުނިތީ ހައިރާންވިއެވެ. “މިކަހަލަ މީހުންނަށް ދޭންޖެހޭނެ އަދަބަކީ މަރު.. އިތުރު އަދަބެއް ނުއިންނާނެ..” އެހެން ބުނުމަށްފަހު އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވެނީ ބަޑި ގޮއްވާލިއެވެ. ފަރީޤް ވެއްޓުނު އިރު އަހަރެންނަށް ވެސް އިށީދެވުނެވެ. އަހަރެންނަށް އިދެވުނީ ފަރީޤްގެ މަސްގަނޑާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
އަހަރެން ސިހިގެން ދިޔައީ ލެއިން ތަތްތެޅިފައިވާ އަތުން ރީޝާ އަހަރެންގެ މޫނު އޭނައާއި ދިމާލަށް އަބުރާލީމެވެ. އަދި މަޑުމަޑުން މޫނުގައި އަޅާފައިވާ ފޮތިކޮޅު ރީޝާ ނައްޓާލިއެވެ. “ރާނިޔާ..” ހައިރާންކަމާއި އެކު އަރުޖުންނަށް ކިޔާލެވުނެވެ. “އަރުޖުން.. ” ފަޑު ހިނިތުންވެލުމަކާއި އެކު އަރުޖުންނާއި ދިމާލަށް ރީޝާ ބަލާލިއެވެ. “ތެންކްސް.. އަހަރެންގެ ޖަނާން ސަލާމަތް ކޮށްދެން އައީތީ” އަރުޖުން އާއި ދިމާލަށް އަތް ދިއްކޮށްލަމުން ރީޝާ ބުނެލިއެވެ. “ރާނިޔާ.. ” އަހަރެންނަށް ހައިރާންކަމާއި އެކު ކިޔާލެވުނެވެ. “އަހަރެން ވައުދުވި ފަދައިން ހުރިހާ މައުލޫމާތެއް ހުންނާނެ… އެ ހުރި ކޮންޕިއުޓަރ.ގައި.ޖަނާން ވަރަށް.. މޮޅުވާނެ… ކޮންޕިއުޓަރ.. އާއި ކުޅެން…” އަރުޖުން ރީޝާގެ އަތުގައި ހިފާލުމުން ރީޝާ މަޑުމަޑުން ބުނެލިއެވެ. “އޭ ޖަނާން.. އަހަރެން.. އެންމެ ފަހު.. ފަހަރަށް ޖައި.. ކިޔަންތަ” ރީޝާ އުނދުގުލާއި އެކު ވާހަކަ ދެއްކީ އަހަރެންގެ މޫނުގައި އަތް ޖައްސާލައިގެން އިދެއެވެ. އަހަރެން އިނީ ރިޝާ އަހަރެންގެ ގައިގައި ލައްކޮށްލައިގެންނެވެ. “ރީޝާ… ރަނގަޅުވާނެ..” އަހަރެން ލޭ އަންނަމުން ދިޔަ ތަނާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ބަނޑުގައި ވަޒަން އަރާފައިވާ ތަންވަނީ މަލެއް ފޮޅޭހެން ފޮޅިފައެވެ. ބަނޑުގެ އެތެރެއިން މަސްގަނޑެއް ފެންނަން އޮތް އިރު ލޭ އަންނަމުން ދިޔައީ ފެން ދޫކޮށްލާފައިވާ އިސްކުރަކުން ފެން އަންނަމުން ދިޔަ ކަހަލަ ގޮތަކަށެވެ. “އަރުޖުން.. ޕްލީޒް.. ރީޝާ ސަލާމަތްކޮށްދީ” އަހަރެން އަރުޖުންނާއި ދިމާލަށް ބަލާލެވުނު އިރު އަހަރެންގެ ދެލޯ ކަރުނުން ފުރިއްޖެކަން އަހަރެންނަށް އެނގެއެވެ. އަރުޖުން އަހަރެންނާއި ދިމާލަށް ބަލާލީ އަހަރެންނަށް ތިކަމެއް ނުވާނެއޭ ބުނެލާ ގޮތަކަށެވެ.
“އަހަރެންނަކީ ރާނިޔާ އަކީވެސް.. އަދި ރިފްގާ.. އަކީވެސް.. އަދި ރީޝާވެސް.. ޖައި.. ސަލާމަތް ކުރުމަށް.. އަހަރެން ރާނިޔާ.. އަކަށް ވާން ޖެހުނީ.. އަހަރެންނަށް އެނގޭ.. މިތަނުން އަހަރެން ސަލާމަތްވާނީ.. މިގޮތަކަށްކަން.. އެކަމަކު ޖައި.. ސަލާމަތް ކޮށްދޭން އަހަރެން. ބޭނުންވީ… އަހަރެންގެ ބައްޕަ ކައިރީގައި.. އަހަރެން މާފު ކޮށްފީމޭ.. ބުނެދީ..” ރީޝާ އުދަގުލާއި އެކު ވާހަކަ ދައްކަމުން ދިޔަ އިރު އެރީތި ލޮލުން ކަރުނައިގެ މުތީތަށް ފައިބަމުން ދިޔައެވެ. އެލޮލުން ގައިގައި އަޅަމުން ދިޔަ ވޭން އަހަރެންނަށް ފެނުނެވެ. އަހަރެންނަށް އިތުރަށް ކަމެއް ނުކުރެވުނެވެ. ދެލޯ މަރާލަމުން ރީޝާ މަޑުމަޑުން ތުން ތަޅުވާލިތަން އަހަރެންނަށް ފެނުނެވެ. ގިނަ އިރެއްނުވެ އަހަރެންގެ މޫނުގައި ހިފަހައްޓާލައިގެން އިން އަތް އެއްވެސް ބާރެއް ނެތި ވެއްޓުނެވެ. އަހަރެންނަށް ރީޝާއަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. އަދި ރީޝާގެ ހަށިގަނޑުގައި އަހަރެންނަށް ބައްދާލެވުނެވެ. އެ ރީތި މޫނުގައި އަހަރެން ބޮސްދިނީމެވެ. މާގިނަ އިރަކު އަހަރުމެންނަށް ރީޝާގެ މަރުވުމުގެ ހިތާމައިގައި ތިބޭނެ ފުރުސަތެއް އެތަނުގައި ނުލިބުނެވެ. އެތަނަށް އައި ދެމީހުން ފެނުމުން އަރުޖުން ތެދުވެ އެމީހުންނަށް ހަމަލާ ދިނެވެ. “ޖަނާން.. އެ ކޮންޕިއުޓަރ ގައި ހުރި އެއްޗެހި އަހަރެން ބޭނުންވޭ.. ރާނިޔާ.. އުފް.. ރީޝާ.. ހެޔޮ ކޮންމެ މީހަކަށްވިޔަސް.. އޭނަ އެ ބުނީ ކަލޭ މޮޅުވާނެއޭ.. އެ އެއްޗެހި މިއަށް އަޅާދީ.. އަހަރެން މި މީހުން މައިތިރި ކުރެވޭތޯ ބަލާނަން” އަރުޖުން ފެންޑްރައިވްއެއް އަހަރެންނާއި ދިމާލަށް އެއްލަމުން ހަޅޭލަވައިގަތެވެ.
އަހަރެން ބޭނުންވީ ރީޝާގެ ގައިގައި އެގޮތަށް ބައްދާލައިގެން އެހެން އިންނާށެވެ. ނަމަވެސް އެތަނުގެ ނުރައްކާތެރިކަން މާބޮޑެވެ. އަރުޖުންއަށް އެކަނި އެ އެންމެން މައިިތިރި ނުކުރެވޭނެކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން މަޑުމަޑުން އަހަރެން ރީޝާ އެތަނުގައި ބައްވާލީމެވެ. އަދި އަވަހަށް ޕެންޑްރައިވް ނަގައިގެން އެތަނުގައި އިން ކޮންޕިއުޓަރ އާއި ދިމާލަށް ޖެހިލީމެވެ. އަވަސްކަމާއި އެކު ކީބޯޑްގެ އަކުރު ތަކަށް ފިއްތާލީމެވެ. ނަމަވެސް ހިތާމަ ހުއްޓެވެ. އެ ކޮންޕިއުޓަރއަށް ވަދެވެން އިން ހަމައެކަނި ގޮތަކީ ޕާސްވޯޑެއް ބޭނުން ކޮށްގެންނެވެ. “މި ކޮންޕިއުޓަރއަށް ވަދެވެނީ ޕާސްވޯޑްއެއް ބޭނުންކޮށްގެން” އަހަރެން އަރުޖުންއަށް އަޑުއިވޭވަރަށް ގޮވާލީމެވެ. “ދެން މީހަކު ކައިރީގައި އަހާބަލަ” މީހަކާއި ތަޅަމުން އަރުޖުންގެ އަޑު އިވުނީ އަހަރެންނަށް އެތަނުގެ ދޮރު ބޭރުންނެވެ. “ކާކު ކައިރީގައި.. މިތަނުގައި މަރާލެވިފައިވާ ފަރީޤް ކައިރީގައިތަ މަ އަހަންވީ.. ނޫނީ..” އެހާ ހިސާބަށް ބުނެފައި އަހަރެން ހުއްޓާލީމެވެ. އަދި ރީޝާއާއި ދިމާލަށް ބަލާލީމެވެ. “ރާނިޔާ ބުނި ކަލެއަށް އެނގޭނެއޭ.. އެހެންވީމަ ތި ހޯދަބަލަ.. ކަލެއަށް ތިކަން ނުވާނެ ނަމަކަ އޭނަ އެހެނެއް ނުބުނާނެ” އަރުޖުން އެތެރެއަށް ބޯދިއްކޮށްލަމުން އެހެން ބުނުމަށްފަހު އަނެއްކާވެސް އިވެން ފެށި ތަޅަންފެށި އަޑެވެ.
އަހަރެން އެވަގުތު އަރުޖުން ދެކެ ހިތްހަމަނުޖެހުނެވެ. އެވަރަށް ނުމަރަން ބުނީމަވެސް ފަރީޤް މަރާލީ މޮޅެއް ވާނެ ކަމަށް ތޯއްޗެކެވެ.. ނަމަވެސް ވީ އެއްވެސް މޮޅެއް ނެތެވެ. ދެން އޮތް ގޮތަކީ އޭނަ ތަޅަމުންދާ މީހަކު މަރުނުވަނީސް އޭގެން މީހެއް ކައިރީގައި ޕާސްވޯޑް އެހުމެވެ. އެކަމަކު އޭގެން ރަނގަޅު ޖަވާބު ދޭނީ ކާކު ހެއްޔެވެ. އަހަރެން މަޑުމަޑުން އެ ކޮންޕިއުޓަރ ހެކް ކުރެވޭތޯ މަސައްކަތް ކުރަންފެށީމެވެ. އަހަރެން ޕޮލިހުގައި އުޅުނު އިރު އަހަރެންނަކީ އައި.ޓީ. ސެކްޝަންގައި އުޅުނު މީހެއްކަމުން ކޮންޕިއުޓަރ އިން ކުރާ ކޮންމެ ކަމެއްވެސް އަހަރެންނަށް އެހާ ފަސޭހައިން ކުރެވޭނެއެވެ. “އަދި ކިހާ ވަގުތެއް ބޭނުންވޭ.. މި މީހުން މަދުވާގޮތެއްނުވޭ” ބަޑި ގޮއްވަމުން އަރުޖުންގެ އަޑު އިވިގެންދިޔައެވެ. “އަދި ދިހަވަރަކަށް މިނެޓް..” އަހަރެން އަވަސް ކުރަމުން ގޮވާލީމެވެ. ނަސީބަމުން މާގިނަ މަސައްކަތެއް ނުކޮށް އަހަރެންނަށް ޕާސްވޯޑް ހެކް ކުރެވުނެވެ. އަވަސްކަމާއި އެކު ޕާސްވޯޑް ޖަހާލުމާއި އެކު ކޮންޕިއުޓަރ ހުޅުވުނެވެ. ރަނގަޅަށް ހުރިހާ އެއްޗެއް ބަލާލިއިރު ‘ޕްރޮމިސް’ ޖަހާފައިވާ ފޯލްޑަރ އެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަވަސް ކަމާއި އެކު އެ ފޯލްޑަރ ހުޅުވާލީމެވެ. ދެން ފެނިގެން ދިޔައީ އެކި ގައުމުތަކުގެ ނަން ޖަހާފައިވާ ފޯލްޑަރ ތަކެކެވެ. ރާއްޖޭގެ ނަން އިނުމުން އަހަރެން އެ ފޯލްޑަރ ހުޅުވާލީމެވެ. އެވަގުތު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސްކަމާއި އެކު އަރުޖުން ކޮބާތޯ ބަލާލަމުން އަރުޖުންގެ ޕެންޑްރައިވްއަށް އިންޑިއަ ޖަހާފައިވާ ފޯލްޑަރ އެއްކޮށް ފޮނުވާލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޮތް ހާޑްއެކެވެ. އަހަރެން އެ ހާޑްއަށް ރާއްޖޭގެ ފޯލްޑަރ އަޅާޅުމަށްފަހު އެ ފޯލްޑަރ ޑިލީޓް ކޮށްލީމެވެ. އަދި އަތުގައި އޮތް ބަޑި ކޮންޕިއުޓާރ އާއި ދިމާލަށް ދިއްކޮށްލީމެވެ.
***********
“މިއީ އަސްލުތަ” ފައިސަލް އޭނަގެ އަތުގައި އޮތް ގަނޑު ތިރިކޮށްލަމުން ހައިރާން ކަމާއި އެކު ވާހަކަ ދެއްކިއެވެ. ނިހާން ރައުޝާ ގެއިން ނިކުމެގެން ދިޔަ ގޮތަށް އޮފީހަށް ގޮސް ފައިސަލްއާއި ޔާސިރު އަދި ރޭޝާމް އެއްތަށްކޮށްފައި އެގަނޑު ދެއްކީއެވެ. “ތީގެން އަޅުގަނޑުމެން ބޭނުން ހުރިހާ އެއްޗެއް އެނގޭ.. ކޮބާތޯ އަޅުގަނޑުމެން އޭނަ ހައްޔަރު ނުކުރަންވީ ސަބަބަކީ” ރޭޝަމް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ތިއީ އަސްލު ނޫންކަމަށް ޝައްކު ވަނީތަ.. ތިޔައްވުރެއް ދެން އަސްލު އެއްޗަކަށް އަޅުގަނޑު ދައްކަން ޖެހޭނީ އެންމެ އެއްޗެއް” ރުޅިގަދަވެފައި ނިހާންވެސް ވާހަކަ ދެއްކިއެވެ. “ނިހާން.. ރޭޝަމް.. އަހަރެންނަށް އެނގޭ ތި ކުދިން ބޭނުންވަނީ އަވަހަށް އޭނަ ހައްޔަރު ކޮށްފަ ސުވާލު ކުރަންކަން.. އެކަމަކު އަދި ތިއީ ރަނގަޅު ވިސްނުމެއް ނޫން” ޔާސިރު ވާހަކަ ދެއްކީ ވިސްނައިދޭ ގޮތަކެވެ. “ރުޅިގަދަވެގެން ނެގޭ އެކްޝަންއަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ” ޔާސިރު ވާހަކަ ދެއްކިއެވެ. “ސަރ.. މިއީ އޭނަ އެކުރި ކަންތައްތަކުގެ ހެކި.. ކިހާ ހެއްކެއްތޯ ބޭނުންވަނީ.. އޭނަ އެއޮތީ މީހަކު މެރުމަށް ލާރި ދީފައޭ.. މީހަކު މެރުމަށް.. ހައްޔަރު ކުރަންޖެހެނީ ކިހާ ވަރެއް ވީމަތޯ” ކިތައްމެ ރުޅިގަދަވި ނަމަވެސް ނިހާން ވާހަކަ ދެއްކީ މަޑުންނެވެ. “އަހަރެން ގަބޫލު ކުރަމޭ” “ގަބޫލު ކުރަމޭ އެކަނި ބުނެލިޔަސް އަދި ނުފުދޭނެ.. ސަރ..” ރޭޝަމްވެސް ވާހަކަ ދެއްކީ ނިހާންއާއި އެއްކޮޅަށެވެ. ޔާސިރުއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނޭނގުނެވެ. އެހެންކަމުން އޭނަ ބަލާލީ ފައިސަލްއާއި ދިމާލަށެވެ.
ފައިސަލް ބަލާލީ ނިހާންއާއި ރާޝަމްއާއި ދިމާލަށެވެ. އޭނަވެސް ބޭނުންވަނީ ވަގުތުން އެމީހާ ހައްޔަރު ކުރާށެވެ. އަދި ވަގުތުން ކޯޓަށް ގެންގޮސް ހުކުމް ކުރާށެވެ. ނަމަވެސް ބައެއް ކަންތައްތަކީ ކިތައްމެ ބޭނުންވިޔަސް ނުވާނެ ކަންތައްތަކެވެ. ނޫނީ ނުކުރެވޭނެ ކަންތައްތަކެވެ. “ނިހާން.. ތި ގޮތަށް ތި ކޭސްއެއް ކުރިއަކަށް ނުގެންދެވޭނެ” ދެލޯ މަރާލަމުން ފައިސަލް ނިހާންގެ އެދުމާއި ދެކޮޅުހެދިއެވެ. ނިހާންއާއި ރޭޝަމް ހައިރާންކަމާއި އެކު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “ނިހާންއަށް ރަނގަޅަށް އެނގޭނެ.. ތިއީ މަނާކަމެއްކަން.. ތިކަން ފަޅާއަރާ ދުވަހަކުން ނިހާންއަށްވެސް އަދި ތި މަސައްކަތުގައި ނިހާންއަށް އެހީވި ކުއްޖަކަވެސް އެކަމުގެ ބަދަލު ލިބޭނެ” ފައިސަލް ވާހަކަ ދެއްކިއެވެ. ނިހާންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމާއި ފޫހިކަމެވެ. “އަހަރުމެންނަށް ޗިޓެއްނެތި ކޯޓުގެ ހުއްދައެއް ނެތި މީހުންގެ އެއްވެސް ޕާސަނަލް އެއްޗެއް ނުހޯދޭނެ.. ކޮންމެ ގޮތަކަށްވިޔަސް.. އަހަރުމެން ތި އެއްޗެހި ކޯޓަށް ހުށައަޅާއިރަށް ހުކުން އިއްވާނީ އޭނައަކަށް ނޫން.. ނިހާންއަށް” ފައިސަލް ނިހާންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. “އަޅުގަނޑު ހިޔެއް ނުކުރަން ސަރ މެން ތިއީ ތިހާ ބިރުގަންނަ ބައެއްކަމަކަށް.. ބަލަ އަދިވެސް މީގެ ގޯސްވަނީ އަޅުގަނޑު މި އެއްޗެހި ހޯދި ގޮތްތަ.. އޭނަ ކުރިކަމެއް ނޫން ދޯ ގޯސްވަނީކީ.. ނޫނީ ސަރމެން ބިރު ގަންނަނީ އޭނައަކީ މިނިސްޓަރ އަކަށް ވީމަތަ” ނިހާންގެ ރުޅި ގަދަވަމުން ދިޔައެވެ.
“ނިހާން” ފައިސަލް ނިހާން ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް ނިހާން އަތުން އެކަން މަނާކުރިއެވެ. “ސަރ.. އެގޭތޯ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ކުރައްވާ އިތުބާރު.. އެމީހުން ރައްކާތެރިކަމާއި އެކު ހިމާޔަތް ދޭނެ ކަމަށް.. ނަމަވެސް.. މިކަހަލަ ކިތައް މައްސަލަތޯ އަޅުގަނޑުމެން ވެލިގަނޑަށްލާ ފަސްއަޅަނީ.. ބޮޑެތި މީހުން އޭގެ ފަހަތުގައި އުޅޭތީ.. ނޫނީ ބޮޑެތި މީހުންގެ ދަރިން އޭގެ ފަހަތުގައި ތިބޭނީ.. ނޫނީ ބޮޑެތި މީހުންގެ ރައްޓެހިން އެކަމެއްގައި ބައިވެރިވާތީ… މިހާރު ވިސްނަވާ.. ނާޝިދު.. އަޅުގަނޑުމެން އޭނަ ދޫކޮށްލީ.. އެއީ މިނިސްޓަރއެއްގެ ރައްޓެއްސަކަށް ވީތީ.. ހިލްމީ މަރާލުމަށް ލާރި ދިނީ މި މިނިސްޓަރުކަން ކިތައްމެ ރަނގަޅަކަށްވެސް މި ލިޔުންތަކުން އެބަ ފެނޭ.. އެކަމަކު އޭނަވެސް ދޫކޮށްލަންވީ އެއީ މިނިސްޓަރަކަށްވީމަ.. މިވަރުން ކިހިނެއްތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ” ނިހާން ވާހަކަ ދެއްކިއެވެ. “އަޅުގަނޑުމެންނަށް މިހާރު ނޭނގޭ.. ހިލްމީ ދުނިޔޭގައި ހުރިކަމެއްވެސް.. މަރުވެއްޖެނަމަ އެއީ ކާކުގެ މައްސަލައެއްތޯ.. ކާކުތޯ ކުއްވެރިވާނީ.. ނާޝިދުތޯ.. ނޫނީ އޭނަ ރަހީނުކޮށްގެން އެ ވޭނަށް ލުމުގައި ބައިވެރިވި މީހުންތޯ… ނޫނީ މި މިނިސްޓަރުތޯ… ކިތައްމެ ގޮތެއްވިޔަސް މި މީހަކީ ކުށެއް ނުކުރާ މީހެކޭ ނުބުނެވޭ.. މިކަމުގައި އަޅުގަނޑުމެންވެސް ބައިވެރިވި ކަމަށްވާނީ.. މިކަން އެގި އަޅުގަނޑުމެން ކަމެއް ނުކޮށް ތިބޭހާ ހިނދު.. ހިލްމީ މަރުވެފައިވާނަމަ.. އޭނަ މަރާލުމުގައި އަޅުގަނޑުމެންވެސް ބައިވެރިވި ކަމަށްވާނީ ކަމެއް ނުކުރާހާ ހިނދު.. ރައްޓެއްސެއް މަރާލުމުގައި.. ހަނދާން ކުރައްވާތީ” އެހެން ބުނުމަށްފަހު ނިހާން އެތަނުން ނިކުމެގެން ދިޔައެވެ. ރޭޝަމްވެސް އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ. ފައިސަލް ހިތްހަމަ ނުޖެހިފައި ޔާސިރުއާއި ދިމާލަށް ބަލާލިއެވެ.
**********
“އޭނަ ގޮވައިގެންތަ ދަނީ” އަހަރެން ރީޝާ އަތްމައްޗަށް ނެގި ތަން ބަލަން ހުރެފައި އަރުޖުން ހައިރާން ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން އޭނަ މިތަނުގައި ބާއްވާފައެއް ނުދާނަން” އަހަރެން އަރުޖުންއާއި ދިމާލަށް ބަލާލީމެވެ. ގަޑި ހިގަމުން ދިޔައެވެ. އޭރު އެކެއް ޖަހައިފިއެވެ. ބާކީ އިނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އަރުޖުން ހިތްހަމަނުޖެހުނަސް އެއްވެސް އެއްޗެއް ނުބުނެ އަވަސްކަމާއި އެކު ދުއްވައިގަތެވެ. އަހަރެން އެތަނުން ނިކުތުމާއި އަރުޖުން އޭގެ ކުރިން ކުރި ބުރަ މަސައްކަތް ފެނިގެން ދިޔައެވެ. އޭރު އެތަނުގައި ގާތްގަނޑަކަށް ދިހަ މީހުންގެ ހަށިގަނޑު އޮންނާނެއެވެ. އަވަސްކަމާއި އެކު އަރުޖުންގެ ފަހަތުން އަހަރެން ދިޔައީމެވެ. އެތައް ސިޑިއަކުން ފޭބި ފަހުން އެތަނުން ބޭރަށް ނިކުންނަން އިން ދޮރު ފެނިގެން ދިޔައެވެ. އެވަގުތު އަހަރެންނަށް ނޭނގޭ އެތައް އިހްސާސް އެއް ކުރެވިގެން ދިޔައެވެ. ނަމަވެސް އެދޮރާއި ދެމެދަށް ކުއްލިއަކަށް ހުއްޓުނީ ހަތިޔާރާއި އެކު ތިބި ހަތަރުމީހުންނެވެ. އަރުޖުން މޫނަށް ފާޑެއްގެ ގޮތެއް ހަނދާލަމުން އެމީހުންނަށް ހަމާލާން ފެށިއެވެ. އަހަރެން ރީޝާ އެތަނުގައި ބާއްވަން ބޭނުން ނުވުމުން މަޑުމަޑުން އަހަރެން އެއްސައިޑްއަކަށް ޖެހިލީމެވެ. އެއީ އަރުޖުންއަށް އެހަތަރު މީހުން ‘ތިރި’ކޮށްލާކަށް އުނދުގުލެއް ނުވާނެކަން އަހަރެންނަށް އެނގޭތީއެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަރުޖުންގެ ފަހަތުން ފުރަގަހު ގައި މީހަކު ބަޑިއެއް ރެޑީކޮށްލައިގެން ހުރި މަންޒަރެވެ. ވިސްނާކަށް އަހަރެންނަކަށް ވަގުތެއް ނުލިބުނެވެ. ރީޝާ އެތަނުގައި ބާއްވާފައި އަވަސް ކަމާއި އެކު އަހަރެންނަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އަދި އަރުޖުންގެ ފުރަގަހުގައި ހުއްޓެލަމުން އެމީހާއާއި ދިމާލަށް ބަޑި ގޮއްވާލީމެވެ. ނަމަވެސް އޭގެ ކުރިން އެމީހާ ދެތިން ފަހަރު އޭނަގެ ބަޑީގެ ވަޒަން ދޫކޮށްލިއެވެ. ބާރު ސްޕީޑާއި އެކު ތިންވަޒަން އެއްވެސް ހުރަހެއްނެތި އަހަރެންގެ ގައިގައި ފިރުމާލިއެވެ. ވަގުތުން އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ.
“ޖަނާން” އަރުޖުން އަޑު އަހަރެންގެ ކަންފަތުގައި ޖެހުނު އިރު އަހަރެން ބިންމަތީގައި ޖެހިއްޖެއެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ބަޑި އަތުލައި އަރުޖުން އޭނަގެ ކުރިމަތީގެ ތިބި އެންމެންގެ ދުވަސް ދުއްވާލިއެވެ. “ކިހިނެއްތި ހެދީ” އަހަރެންގެ ބޯދަށަށް އަތްލާ ހިއްލާލަމުން އަރުޖުން ހާސްކަމާއި އެކު އަހާލިއެވެ. އަހަރެންނަށް އެއްވެސް އިހްސާސްއެއް ނުކުރެވުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންގެ ފައިގައި އެއްވެސް ވަރެއް ނެތްކަމެވެ. އަރުޖުން އަހަރެންގެ ބަނޑުމަތީގައި އަތްޖައްސާލުމުން އެތެރެއަށް ފިނިވެގެން ދިޔައެވެ. ބޯ ހިއްލާލަމުން އަހަރެންގެ ހަށިގަނޑަށް ބަލާލީމެވެ. އެއްވަޒަން އަރާފައި ހުރީ ސީދާ އަހަރެންގެ ބަނޑަށެވެ. އަނެއް ވަޒަން އަރިކައްޓަށް ވާގޮތަށް އަރާފައި ހުރި އިރު އަނެއްވަޒަން އަރާފައިވަނީ އަހަރެންގެ އަތުގެ ކޮޑާއި ދިމާލަށެވެ. އަހަރެންނަށް ނޭވާލާން އުނދަގޫވަމުން ދިޔަކަން އިހްސާސް ކުރެވެމުން ދިޔައެވެ. “ޖަނާން.. ލޯ ހުޅުވާ.. ލޯ ނުމަރާތީ.. އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮވޭ” އަރުޖުން އަހަރެން މޫނަށް ބަލާލަމުން ބުނެލިއެވެ. “ރީޝާ… ރީ..ޝާ… ހަ..ށި” އަހަރެން ބުނަން އުޅުނު ޖުމްލަ އަހަރެންނަކަށް ނުބުނެވުނެވެ. ފެންނަމުން ދިޔަ މަންޒަރު ފުސްވަމުން ދިޔައެވެ. “މެޑިކް.. ވަރަށް އަވަހަށް.. މެޑިކް” ފުސްވަމުން ދިޔަ މަންޒަރުން އަރުޖުންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ދެން އަހަރެންނަށް ވީ އެއްވެސް ގޮތެއް ނޭނގުނެވެ.
***********
ގަޑިން ފަތިހު ފަސްގަޑިބައިވަނީއެވެ. އިންޑިއ ހޮސްޕިޓަލް ކުރިމައްޗަށް ބާރު ސްޕީޑާއި އެކު މަޑުކޮށްލި އިންޑިއަގެ ސިފައިންގެ ކާރުން ފާބައިގެން އެތެރެއަށް ހިގައިގަތީ ފައިސަލްއާއި ވަހީދުއެވެ. އަދި ނިހާންއާއި ރޭޝަމްއެވެ. އޭގެ އިތުރަށް ޖަނާންގެ ކޮއްކޮ ޖީޒާއެވެ. ބާރު ހިގުމެއްގައި ފަސްމީހުން ލިފްޓަށް އެރިއެވެ. ފަސްވަނަ ބުރިއަށް ލިފްޓް ހުއްޓުމާއި އެކު ފަސްމީހުން ނިކުތެވެ. ލިފްޓްގެ ދޮރު ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ވެސް އެންމެންގެ ލޮލުގައި އަޅައިގަތީ އިންޑިއަގެ ސިފައިންގެ ޔުނީފޯމްގައި ތިބި ގިނަ މީހުންތަކެވެ. “ވަހީދު ދޯ” ޔުނީފޯމްގައި ހުރި މީހަކު ވަހީދުމެން ފެންނައިރަށް އައިސް ސަލާމްކޮށްލިއެވެ. “އަހަރެންނަކީ ލަކްޝްމަން.. އައި އޭމް ސޯ ސޮރީ” ލަކްޝްމަން އަމިއްލައަށް ތައާރަފް ވެލިއެވެ. “އާދޭ އަހަރެން އަރުޖުންއާއި ބައްދަލު ކުރުވާނަން” ލަކްޝްމަން އެމީހުން ގޮވައިގެން ގޮސް ހުއްޓުނީ އަރުޖުން ކައިރިއަށެވެ. “އަރުޖުން” ހާސްވެފައި ހުރުމުން އަރުޖުންއަށް ލަކްޝްމަންމެން ފަހަތުން އައިސް މަޑުކުރިކަމެއް ނުވެސް އެނގުނެވެ. ސިހިފައި އަރުޖުން ފަހަތް ބަލާލިއެވެ. “ސަރ” ސެލިއުޓް ނަގަމުން އަރުޖުން ބުނެލިއެވެ. “މިއީ ވަހީދު އަދި އޭނަގެ ގްރޫޕް.. ޖަނާންގެ ގްރޫޕް މީހުން..” ލަކްޝްމަން ވަހީދުމެން ދައްކާލަމުން ބުނެލިއެވެ. “ކޮބާ ހަބަރަކީ” ހާސްކަމާއި އެކު ފައިސަލް އަވަހަށް އަހާލިއެވެ. “އަދިވެސް އޮޕަރޭޝަންގަ.. ނޭނގެ.. ވަރަށް ގިނައިން ލޭ.. ޑޮކްޓަރުން ބުނަނީ.. ވަރަށް އުއްމީދު ކުޑައޭ..” އަރުޖުންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވިއެވެ.
ޖީޒާއަށް އެއަޑު އިވުމާއި އެކު އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި ފަހަތަށް ފަހަތަށް ގޮސް ދުރުގައި ހުރި ގޮޑިއެއް މަތީގައި އިށީދެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ކުރެވޭނެ ކަމެއް ނެތިއެވެ. އޭނަގެ އެންމެ ލޯބިވާ ބޭބޭ އެދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ. ރޭޝަމްއައިސް ޖީޒާ ކައިރީގައި ގޮޑީގައި އިށީދެލިއެވެ. އަދި އޭނަގެ ކޮނޑުގައި އަތްބާއްވާލިއެވެ. ޖީޒާ ރޭޝަމްއާއި ދިމާލަށް ބަލާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. ފައިސަލްގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ނިހާން ދެލޯވެސް ފެންވެގެން ދިޔައެވެ. ވަހީދު އަރުޖުން ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
ގަޑިން ހައެއް ޖަހައިގެން ދިޔައިރު އެތަނުގައި ތިބި އިންޑިއަ ސިފައިންވަނީ މަދުވެފައެވެ. އަރުޖުން މަޑުކޮށްގެން ހުރީ ޖަނާންގެ ހަބަރެއް ވުމުން ނޫނީ ނުދާން ނިންމައިގެންނެވެ. ރޭޝަމްއާއި ޖީޒާ ގޮޑިބަރީގައި އިށީދެލައިގެން ތިބިއިރު ނިހާން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ފައިސަލް އޭނަ ކައިރިއަށް އައިސް މަޑުކޮށްލާއިރަށް އަނެއްކާވެސް ދުރައްޖެހިލައެވެ. “ތި އީ ޖަނާންގެ ކޮއްކޮތަ” ޖީޒާ ކުރިމައްޗަށް އަރަމުން އަރުޖުން ސުވާލުކޮށްލިއެވެ. ޖީޒާ ރޭޝަމްއާއި ދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. “މިއީ ޖަނާން ލައިގެން ހުރި އެތީގެ ޖީބުން ފެނުނު ފޮތެއް.. އަހަރެންނަށް މާފު ކުރޭ.. މި ފޮތް ކުޑަކޮށް އަހަރެންނަށް ކިޔާލެވުނު.. އެކަމަކު މި ފޮތް ބޮޑަށް އޮތީ ކޮއްކޮއަށް އެޑްރެސް ކޮށްފައި.. އެހެންވީމަ އަހަރެން ހީކުރީ މި ފޮތް..” އެފޮތް ދިއްކޮށްލަމުން އަރުޖުން ވާހަކަ ދެއްކިއެވެ. ޖީޒާ ފަޑު ހިނިތުންވުމަކާއި އެކު އެފޮތް ހިފިއެވެ. އެވަގުތު އޮޕަރޭޝަމް ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރ ނިކުންތަން ފެނުނެވެ. ޑޮކްޓަރގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި އެކު ކަންބޮޑުވުމުގެ އަސަރެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.




reethi
aslu mee reesha and janaan ge luw stwry tha reysham and ganaan.. atually im confused
He alhe kihineh baa vaan eulhenee?? Anyways v reeethi…n hama dhigu…nxt ort avs khdhehchey…. good.luck 😀
mi baives hurihaa kudin nah kamudhaane kamah heekuran.. huriha kudinge comet thakah maruhaba 🙂
Nxt prt avas khdhehchey ingey…spelling mistake eh… 😉
V nice
thnks mae n shabee.. 🙂
mifaharu mae n shabee fantasy ah vureh avahah coment kohlee dhoo.. v happy vejje igey dhekudin.. 🙂
ifaasha v bodah thnk 🙂
Ur wc fantasy…aslu efennanee vaahaka kiyaa hiyy vaa kudhinn dhw mae…heeheee… 😛
alhe janaan dead eh nuvaane.. ehen vehjiyyaa emiliya vrh dera vaane fantasy ekahala kameh nukurah cheyyyyy… 🙁
aneh fantasy i think its not mee its mae.. dw..
Emiliya fantasy bireh nuganey meeheh.maraalaakah vex…hahah 😉
yaa.. emiliya vrh biru ganey ekahala scene eh fenunas.. boa anburaa goi vaane
thnks emiliya.. fantasy e name ragalhu kohlaifin igey.. 🙂
mae sory name nubai koh furathama bune vunyma 🙂
fantasy try kurany huriha kudin save kurevenytho emiliya.. ekam keekurany dhoo.. beynunviyas baeh kanthah thakakee nukureveyne kanthah thah 😛 dhoo
But fantasy janaan eyee bathal ehnun…dhen eyna maraaleema koanchakah vaanee?? :/
yaa.. he is the hero of this story
heheh shabee.. vaahaka eh veema evaru kureveney.. aslu manzareh fenijje nama emiliya ah vureh bodu varu fantasy ah vaane thocheh 😛
Hahahah evaru vaairu fantasy thiulhene ekahala scene eh sifavaa prt eh gennan…hahaha ingidhanethaa dhw…
fantasyyyy wednesdaygaey bunyma liu mihunany wednesday aadeytho,…..story varah varah reeeethi…and thanks avahah up kohdhinyma…
Fantasy faai ge janan ah gotheh nuhadhahchey….plx janan maru wehjiyya faai halaaku waane…. Plx janan salaamai kohdhehchey…
fantasyyyy pls janaan maraanulaathiiiiiiiiiiiiiiiiiiiiiiiiiiii
Fantasy ves heevany varah molhuvaane hen faitu kuran…….mibaives vvv reethi…dheravehje reesha maru v ma…..:-( janaan maraanulah chy….eyrun vahaka foohi vaane …..vvv lobi mivaahaka igey….
sry fantasy aal hekury ehn kujjeh kamah……………… neygeyne ehnu ehenya innany green colorga viyya author in comment kuryma ………………. anyways story is habeys………..ummeedh kuran next part vx avahah kiyaalan libeyne kamah……………………………….
Fantasy thy boy eh tha nuny girl eh tha? 😉 vaahaka hama varah obi.
thnks hurihaa kudinge lobi coment thakah v bodah shukuriyya 🙂
aal eiy massala eh nuney igey.. 🙂
alhey faai.. doc men v try kuraane janaan salaamaith veytho igey..:)
theena fantasy aky girl igey 🙂
Kn irakun next part .. reethi kamun hurevenyky nooney fantasy.. mihaa unique n loabi vaahaka eh genesdheythi fantasy ah special thanks eh from sahyn.. 🙂
😛 😉
<3
janan thi maraalee.. story ge main charecter maru vumn story hadi vaane.. eyga sif kof in gothun viyy janan dhen midhuniye aku nei. btw story salhi
sorry mi namuga cmt kurevunyma.. aslu namkee nuzha.. mee frds thakah gulhey nan vumun ehn jehunee
Varah molhu mi vaahaka
Varah reethi
thnks hurihaa kudinge lobi coment ah 🙂
thursday ga up koh dheynan igey sahyn 🙂
fantasyves kiyany nuska ok dhoo… v gina film thakuga ves enme fahu thalhaalun ganduga hero maruve eh nun dhoo 😛 janaan salaamai kureveytho v try kuraanan igey nuska 🙂
thnks yaaya 🙂