Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހީ…

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
2 Comments

ސައިކަލް ޕާރކްކޮށްލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތީމެވެ. ކުއްލިއަކަށް މީހަކު ފަހަތުން ގޮވާލިއެވެ. އަހަރެން ހުއްޓި ބަލާލީމެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ރައްޓެއްސެކެވެ. އެއް ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއްވެސްމެއެވެ.

” ވަރަށް ބޮޑުކަމަކު މިއައީ! އަންހެނުން ބަލިވެގެން ފައިސާކޮޅެއް ހޯދަންވެގެން މިއައީ. ފަހުން ދޭގޮތަށް ނަމަވެސް، ފައިސާކޮޅެއް ދީބަލަ.” ވަރަށް މަޑުމަޑުން އިމްދާޙް ބުންޏެވެ.
” ގެއަށްވަދެލާފަ އެބައަންނަން. މަޑުކޮށްލައްޗޭ.” އަހަރެން ބުނީމެވެ.
ގެއަށްވަދެފައި އަހަރެން އައިއިރުވެސް އޭނާ މަޑުކޮށްގެން ހުއްޓެވެ.
” މިގަޑީގައި އަހަންނަށް ދެވޭނީ މިވަރު.” ފައިސާކޮޅު ދިއްކޮށްލަމުން އަހަރެން ބުނީމެވެ.

އޭނާ ހިނިތުންވެލަމުން ހިނގައިގަތެވެ. އެއީ އަހަރެންގެ ގިނަ ރައްޓެހިންގެ ޙާލެވެ. ލިބޭ މުސާރައިން ދެކޮޅެއް ނުޖެހެއެވެ. ކުރަންޖެހޭ ބޭނުންތައް ނުކުރެވެއެވެ. ގިނަ ފަހަރަށް މަސްނިމޭއިރު، އެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ. ދަރަނިވެރިވަނީވެސް ވަކި ވަރަކަށް ނޫނެވެ. ބައެއް ފަހަރު، އަހަރެން ހައިރާންވެސް ވެއެވެ. ދިރިއުޅުުގައި އަހަރެމެންގެ ގިނަ މީހުންނަކީ ބޭކާރު ޚަރަދު ގިނަ މީހުންނެވެ. މާދަމާއަށް ރައްކާ ކުރުމެއް ނޯވެއެވެ. ހިތަށް އަރާ ކޮންމެ އެއްޗެއް ގަންނަން ޖެހެއެވެ. އަގު ބޮޑެތި ފޯނާއި ލެޕްޓޮޕާއި އިންސްޓޯލްމަންޓަށް ސައިކަލްވެސް ނަގަނީ ވަކި ވަރަކަށް ނޫނެވެ. ޙަޤީޤަތުގައި ދަރަނިވެރި ވަނީވެސް އެހެން ވެގެން ކަން ނޭނގެއެވެ. ފަހަށް ރައްކާކުރުމުގެ އެއްވެސް ކަމެއް އަހަރެމެން ގިނަ މީހުންގެ ދިރިއުޅުމުގައި ނޯވެއެވެ. ޙަޤީޤީ މައްސަލައަކީވެސް އެއީ ކަން ނޭނގެއެވެ. ނަމަވެސް، ހަރުދަނާ މީހުން އުޅޭކަން އަހަރެންވެސް ޤަބޫލުކުރަމެވެ.

” ކިހިނެއްތަ އަންހެނުން މިހާރު؟” މަގުމަތިން ދިމާވުމުން އަހަރެން އިމްދާޙް އާއި ސުވާލުކޮށްލީމެވެ.
” ދެން އެކަހަލަ ގޮތެއް. ފައިސާކޮޅު ފަހުން ދޭނަން. ވަރަށް ތާށިކޮށް މިއުޅެނީ.” ކަންނެތް ރާގަކަށް އިމްދާޙް ޖަވާބު ދިނެވެ.
” އެއީ މައްސަލައެއް ނޫން. ހަމަޔަކަށް އެޅުމުން ދިނީމަ ހުންނާނީ ރަނގަޅަށް.” އަހަރެން ބުނީމެވެ.
އެހެން ބުނުމަށްފަހު، އަހަރެން ދިޔައީ ގެއަށެވެ. ގެއަށް ނުވަންނަނީސް އިމްދާޙްގެ އަންހެނުން ސާމިޔާ އަހަންނަށް ގުޅިއެވެ. ގުޅާފައި ދެއްކީ އިމްދާޙްގެ ވާހަކަ އެވެ. ސާމިޔާގެ ވާހަކައިން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. ވަރަށް ދެރަވެސް ވިއެވެ.
” ކޮން އިރަކުތަ އޭނަ އެކަން ފެއްޓީ؟ މިއޮތް ހުރިހާ ދުވަހު އޭނަ ވަރަށް ރަނގަޅު އެކަމު؟” ވާހަކައިގެ ތެރެއިން އަހަރެން އަނހާލީމެވެ.
” ނޭނގެ. މިހާރު އަތުގައި އެންމެ ލާރިއެއްވެސް ނޯވޭ. ކޮންމެ ރެއަކު ގެއަށްވެސް އަންނާނީ ވަރަށް ދަންކޮށް. ދެން އައިސް އަހަންނަށް އަނިޔާ ކުރާނީ. ނަޞޭޙަތްދިނީމަ ޤަބޫލެއްވެސް ނުކުރޭ. އޭނާ އަށް ވިސްނަދީބަލަ. ޕްލީޒް.” އާދޭހުގެ ރާގެއްގައި ސާމިޔާ ބުނެލިއެވެ.
” ބަލާނަން ތިކަން ކޮށްދެވޭތޯ. އެކަމަކު، ވަރަށް ފަހުންވެސް އަހަރެންގެ އަތުން ފައިސާގެންދިޔަ ސާމިޔާ ބަލިވެގެނޭ ކިޔާފައި. އެއަށްވެސް ތިކަން ދޯ ތިކުރީ.” އަހަރެން އޮޅުން ފިލުވަން މަސައްކަތްކުރީމެވެ.
” ހަމަ ތެދެއްތަ؟ އަހަރެން ބަލިވެގެން ޑޮކްޓަރަށް ދައްކާކަށް ދުވަހަކުވެސް އޭނާއަކާއި ނުޖައްސަން. ރަނގަޅަށް ވެއްޖެއްޔާ ތިފައިސާއަށްވެސް ކުރާނީ ތިކަން ކަންނޭނގޭ.” ސާމިޔާ ކިޔައި ދިނެވެ.
އެހެން ދުވަހެކެވެ. ޕާމްޑެކުން ކޮފީއެއް ނިންމާފައި އަހަރެން ނިކުތީމެވެ. އަހަންނަށް ނިކުމެވުނީ އިމްދާޙްގެ ކުރި މައްޗަށެވެ.
” އޭ ވަރަށް ބޮޑު ކަމެއްކޮށް ދޭން ވެއްޖެ. އަނެއްކާވެސް އަންހެނުން ބަލިވެގެން މިއުޅެނީ. ފައިސާކޮޅެއް ދެވިދާނެތަ؟” އިމްދާހް ބުނެލިއެވެ.
” ފަހުން ދޭނަން. މިވަގުތު ދެވޭކަށް ނެތް؟” އަހަރެން ބުނީމެވެ.
” ތިހެން ނުހަދާ. ވަރަށް ސީރިއަސް ވެގެން މިބުނީ. ދެން ތިހެން ނުހަދާ.” އިމްދާހް އާދޭސްކުރަން ފެށިއެވެ.

އަހަރެން އިމްދާޙް ގޮވައިގެން އަނެއްކާވެސް ވަނީ ޕާމްޑެކަށެވެ. އެތަނުގައި އަހަރެން އިމްދާޙްއާއި ވަރަށް ވާހަކަ ދެއްކީމެވެ. ވަރަށް ނަޞޭހަތް ދިނީމެވެ. އިމްދާޙް އޭނާ މަސްތުވާ ތަކެއްޗަށް ދެވި ހިފިގޮތް ވަރަށް ސާފްކޮށް ކިޔައި ދިނެވެ. އެކަމުން ސަލާމަތްވާންވެސް ވަރަށް ބޭނުންކަން ވެސް ހާމަ ކުރިއެވެ. އަހަރެންގެ ކުރިމަތީގައި އިމްދާހް ވަރަށް ރީތިކޮށް ވާހަކަ ދެއްކިއެވެ. އިސްލާޙްވާން އެހީތެރިވެދިނުމަށް އާދޭސް ކުރިއެވެ.

” އަހަންނަށް ވެވުނު ވަރަކުން އެހީތެރިވެދޭނަން. އެކަމަކު ދެންވެސް ދޮގު ހަދައިގެން ނުވާނެ.” އަހަރެން ބުނީމެވެ.
އެތަނުން ނިކުމެގެން އަހަރެން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އިމްދާޙް އިސްލާޙް ވާނެކަމުގެ ހިތްހަމަޖެހުމާއި ގެންނެވެ. އަހަރެންގެ ރައްޓެއްސަކަށް އެއްވެސް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ދިިރިއުޅުމުގައި ރައްޓެހިންނަކީ ވަރަށް މުޙިންމު ބައެކެވެ. އަނެއްކޮޅުން އެއްވެސް މީހަކަށް ދެރަގޮތެއް ވުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ފަލްސަފާއެވެ.

ދުވަސްކޮޅެއް ފަހުން އަހަރެން އިމްދާޙްގެ އަންހެނުންނަށް ގުޅީމެވެ. އޭނާގެ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރީމެވެ. އެއްވެސް ބަދަލެއް އައިކަމަކަށް އޭނާގެ އަންހެނުން ނުބުނެއެވެ. އަހަރެން އިމްދާޙްއަށް ގުޅީމެވެ. ފޯން ބިޒީކޮށްލަނީއެވެ. އެހެންވެ، ދެވަނަ ފަހަރަށް އަހަރެން ނުގުޅަމެވެ.

އެއްރެއްގެ ދަންވަރެވެ. ގެއަށް ވަންނަން އަންނަނިކޮށް އިމްދާޙާއި އަހަންނާއި ދިމާވިއެވެ. އަހަރެން އިމްދާޙް ގެންގޮސް އަހަރެންގެ ގެއަށް ވެއްދީމެވެ. އޭރުވެސް އޭނަ ހުރީ ހަމައަކު ނޫނެވެ.
” މަޑުކޮށްލާ. އަހަރެން އެބަ އަންނަން.” އެހެން ބުނުމަށްފަހު، އަހަރެން ކޮޓަރިއަށް ވަނީމެވެ.
ކޮޓަރިއަށް ވަނުމަށްފަހު އަހަރެން އިމްދާހްގެ އަންހެނުންނަށް ގުޅީމެވެ. ގުޅާފައި އަހަރެން ކުރަން އުޅޭ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދެއްކީމެވެ. އަންހެނުން މައްސަލައެއް ނެތްކަމަށް ބުންޏެވެ. އޭގެ ފަހުން އަހަރެން ފުލުސް އޮފީހަށް ގުޅީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުސް އޮފީހުގެ ޖިޕް އަހަރެންގެ ގޭ ކައިރިއަށް އައެވެ. ފުލުސް އޮފީހުގެ މީހުން އައުމުން އެމީހުންނާއި އަހަރެން އިމްދާޙް ޙަވާލުކުރީމެވެ. އެމީހުން އިމްދާޙް ގޮވައިގެން ދަންދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ.

އޭގެ ތިން އަހަރު ފަހެވެ. އަހަންނަށް އިމްދާޙްއާއި އޭނަގެ އަންހެނުންނާއި ދިމާވިއެވެ. ޑައިނަމޯގެ ތެރެއިންނެވެ. އޭރު އެމީހުންގެ ކުޑަ ދަރިފުޅުވެސް ހުއްޓެވެ.

” ކޮބާ ކިހިނެއްތަ؟” އަހަރެން އަނހާލީމެވެ.
” ވަރަށް ރަނގަޅު” އިމްދާޙްއާއި ސާމިޔާ ދާދި އެކުއެކީގައިހެން ބުނެލިއެވެ.
” އެދުވަހު ހާމިދު އަހަންނަށް އެހީ ނުވެވުނުނަމަ، މިފަދަ އުފާވެރު ދިރިއުޅުމެއް ނުލިބުނީސް.” އިމްދާހް ވަރަށް ހިތްހަމަޖެހިގެން ހުރެ ބުނެލިއެވެ.

ތެދެކެވެ. ދިރިއުޅުމުގައި ހަމައެކަނި އެހީވުމުގެ މާނައަކީ ފައިސާތަކެއް ދިނުމެއްނޫނެވެ. މުދާތަކެއް ބޮލަށްއަޅާ ހިތްފުރާލުމެއް ނޫނެވެ. ދިރިއުޅުމުގައި އެހީވާންޖެހޭނީ މީހުންގެ ދިރިއުޅުން އިޞްލާޙްކުރުމަށެވެ. މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އެއީ އަހަރެން ވަރަށް ކުރާ ހިތްވާކަމެކެވެ. ދެން ހިތަށް އަރަނީ އެންމެ އެއްޗެކެވެ. މިޒަމާނުގައި މީހުން މީހުނަށް އެހީވަނީ މިފަދަ ނިޔަތުގައި ބާވައެވެ؟
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ފޯންކޯލް

Next

އެދަތުރަށްފަހު………

Next
July 29, 2015

އެދަތުރަށްފަހު………

Previews
July 29, 2015

ފޯންކޯލް

2 Comments!

  1. maahy says:
    July 29, 2015 at 2:10 pm

    mives reethi

  2. naxx says:
    July 29, 2015 at 11:14 pm

    mujuthamauaa varah gulhey
    .nice

Comments are closed.



All Right Reserved!