Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިޙްސާސް

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
4 Comments

” ދުވަހަކުވެސް ދެން އަހަންނަށް ނުގުޅާތި! ތިވާނީ ހަމަ ތިޔަށް. ތި ދުވަހަކުވެސް ބަދަލެއް ނުވާނެ. ހައްތަހާވެސް ދައްކާނީ މޮޅު ވާހަކަ. ޢަމްލުން އެކަން ދުވަހަކުވެސް ކަލެއަށް ނުދެއްކޭނެ. އެހެންވެ، މިބުނަނީ އިހުބަހާއި ފަހުބަސް. ދެން ދުވަހަކުވެސް އަހަންނަށް ނުގުޅާތި!” އަހަރެން ގުޅުމުން ޝާއިނާ ބުނީ އެހެންނެވެ.

އެހެން ބުނުމަށްފަހު، އޭނާ ފޯން ބޭއްވިއެވެ. ދެވަނަ ފަހަރަށް އަހަރެން އޭނާއަށް ގުޅީމެވެ. އެކަމަކު ހަމަ ފޯން ބިޒީ ކޮށްލަނީއެވެ. އަހަރެން ވަރަށް ގުޅަން މަސައްކަތް ކުރީމެވެ. އެކަމަކު، ޝާޢިނާ އަހަންނަށް ޖަވާބެއް ނުދިނެވެ. ދެން އަހަރެން އެސް.އެމް.އެސް ކުރީމެވެ. އެކަމަކު އެއިންވެސް ވީކަމެއް ނެތެވެ.

ޝާޢިނާއަކީ އަހަންނަށް ދިމާވި ވަރަށް ފުރިހަމަ އަންހެން ކުއްޖެކެވެ. އަހަރެންގެ ދިިރިއުޅުމަށް ގެންނަށް ބޭނުންވާ އަންހެން ކުއްޖެކެވެ. އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއް ޝާޢިނާގެ ގައިގައި އެބަ ހުއްޓެވެ. އެހާވެސް އޭނާ ފުރިހަމައެވެ. އަހަންނަށް މިހާތަނަށް ޙަޤީޤީ ލޯބި ވެވުނު އަންހެން ކުއްޖަކީ ވެސް ހަމަ ޝާޢިނާއެވެ. އެހާވެސް އަހަރެން ޝާޢިނާ ބޭނުމެވެ.

ތެދެކެވެ. އަހަރެންގެ ދިރިއުޅުުމުގައި ދިމާވާ މައްސަލައަކީ އެންމެ މައްސަލައެކެެވެ. އެއީ ހަމަ އަހަރެންގެ ފަރާތުން ދިމާވާ މައްސަލައެކެވެ. ޝާޢިނާވެސް އަހަރެންދެކެ ވަރަށް ލޯބިވާކަން އަހަންނަށް އިނގެއެވެ. އެކަމަކު، އަހަންނަކީ އަންހެން ކުދިން ވަރަށް އަޅަައިގަންނަ މީހެކެވެ. އެކަމުގައި އަހަރެންވެސް ކުރާނީ ވަކީ ކީއްހެއްޔެވެ؟ އެކަމުގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަންހެނުން ފަހަތުން ދުވާނަމަ، ހަމަހިމޭނުން ހުރެވޭނެ ހެއްޔެވެ؟ އަނެއްކާ، އެހާ ފުރިހަމަ އަންހެން ކުދިންނެވެ. ވީއިރު، އަހަންނަށް މަޑުން ހުރެވޭނެ ހެއްޔެވެ؟ އަހަންނަކީވެސް ފިރިހެނެކެވެ. އަހަރެންގެ ހިތުގައި ވެސް ދައުރުވަނީ އިޙްޞާޞްތަކެވެ. ޝާޢިނާއަށްވެސް މިކަން ރަނގަޅަށް އިނގޭނެއެވެ. އެކަމާއި އޭނާވެސް ކުރިން އެހާ ޝަކުވާއެއް ނުކުރާނެއެވެ. އެކަމަކު، ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. އެކަން އަހަންނަށްވެސް އިނގުނީ ކުއްލިއަކަށެެވެ.

” ކީއްކުރަންތަ މިގެއަށް ތިއައީ؟ އަސްލަމް މިގެއަށް އަންނާކަށް ނުޖެހޭނެ. އަސްލަމް ހޯދަންޖެހޭ އެއްވެސް މީހަކު މިހާރު މިގެއަކު ނޫޅޭނެ. ހަމަ މިހާރު މިގެއިން ނުކުމޭ!” ޝާއިނާ ހޯދަން ޝާޢިނާމެން ގެއަށް ދިއުމުން ޝާޢިނާ ބުނެލިއެވެ.
” އެއް ފަހަރަށް ނަމަވެސް، އަހަރެން ދައްކާ ވާހަކައެއް އަޑުއަނހާލަބަލަ. އަަހަންނަށް އެންމެ ފުރުޞަތެއް ނަމަވެސް ދީބަލަ.” އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ.

” ވަރަށް ބޮޑަށް ސޮރީ. ދެން ނުވާނެ އެހެނެއް. އަހަރެން ބަލާނަން ދެން އިޞްލާޙް ވެވޭތޯ. އެކަން އެހެން ވީވެސް ޝާޢިނާ ނުރުހުންވެގެން ވާހަކަ ދެއްކީމާ. ޝާޢިނާ ފޯން ބޭއްވިތަނުން ރީޝާ ގުޅީ. ޝާޢީނާއަށްވެސް އިނގޭނެ އެކަހަލަ ގަޑިއެއްގައި ގުޅުނުން އަހަންނަށް ވާނެގޮތް. ޝާޢިނާ ނަމަވެސް ވާނީ ހަމަ އެހެންކަން ނޭނގޭ.” ދިފާޢުގައި އަހަރެން ވާހަކަ ދެއްކީމެވެ.
” ތިހެން އަބަދުވެސް ބުނާނީ. އަސްލަމް ނޫނަސް ބައިވަރު ފިރިހެން ކުދިން އަހަންނަށް ގުޅައޭ. އެކަމު، ނުދަމެއްނު. ދުވަހަކުވެސް އަހަންނޭ ކިޔައިގެން މީހަކު އެއްވެސް ވާހަކައެއްް ދެއްކި އަޑުއެހިންތަ؟ އަހަރެން މިހާ ރަނގަޅަށް އުޅޭއިރުވެސް، އަސްލަމް ތިހަދާނީ ހަދާނެ އެއްޗެއް. ދެން ކިހިނެއް އަހަރެން އަސްލަމާއިއެކު އުޅޭނީ. ހަރުދަނާ ދިރިއުޅުމަކަށް ވިސްނާ މީހަކު ތިހެނެއް ނޫޅޭނެ. ތިހެން އުޅެގެން ދުވަހަކުވެސް އުފާވެރި ޙަޔާތެއް ނުލިބޭނެ.” ޝާޢިނާ އަކީ ހަރުދަނާ ދިރިއުޅުމަކަށް ވިސްނާ ކުއްޖެކެވެ.
” ދެން ނުވާނެ އެހެނެއް.” ޝާޢިނާގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ.
” އަހަރެން ބަލާނަން. ދެން ޖެހޭނީ އެންމެ މައްސަލައެއް. އެއާއިއެކު، އަސްލަމްގެ ޞަފްޙާ މުޅި ޢުމުރަށް އަހަރެން ލައްޕާލާނަން. ހަނދާން ކުރާތި މިބުނި ބަސް.” ހަރުކަށި ރާގެއްގައި ޝާއިނާ ބުނެލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. ދެން ޝާޢިނާއާއިކު އެކު އޭނާގެ ކޮޓަރިއަށް ވަނީމެވެ. ދެން އަހަރެމެން ދެމީހުން ވާހަކަ ދައްކަމުން ގެންދިޔައީމެވެ. ޝާޢިނާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެންގެ ހުރި މައްސަލަތަކާއި ބެހޭގޮތުން ޝާއިނާ ވަރަށް ވާހަކަ ދެއްކިއެވެ. ޝަކުވާވެސް ކުރިއެވެ. ކުށްވެރިއެއްހެން އަނގައިން ނުބުނެ އިސްދަށަށް ޖަހާލައިގެން އަހަރެން އިނީމެވެ. ޝާޢިނާ ވާހަކަ ދައްކާ ނިމުމުން އަހަރެން ޝާޢިނާއާއި ކައިރިއަށް ޖެހިލީމެވެ. ދެން ދިޔައީ ހަމަހިމޭނުގެ ވަގުތުކޮޅެކެެވެ. އަހަރެން ޝާއިނާގެ ކޮޓަރިން ނިކުތީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަންހެނުންނަކީ އެކަހަލަ ބައެކެވެ. ވާހަކައިން ގިނަ ފަހަރަށް ހައްދާލެވޭނެއެވެ.

ދުވަސް ކޮޅެއް ފަހެވެ. އަހަންނާއި ޝާޢިނާގެ ގުޅުން ރަނގަޅު ވާން ފެށިއެވެ. އެދުވަސް ކޮޅުގެ ތެރޭގައި އަހަންނަށް އެހެން އަންހެން ކުއްޖަކު ގުޅަން ފެށިއެވެ. އޭނާ އަހަރެންގެ ނަންބަރު ހޯދިގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އެކަމާއި އަހަރެން އަޅައެއް ނުލަމެވެ. މިބުނާ އަންހެން ކުއްޖާ ވަރަށް ގިނައިން އަހަންނަށް ގުޅައެވެ. އޭނާ އަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއްވެސް އިނގެއެވެ. ދެން އެދުނީ އަހަންނާއި ބައްދަލުކުރުމަށެވެ. އަހަރެން އެއްބަސްވީމެވެ.

އަހަރެން އޭނާއާއި ބައްދަލުކުރީމެވެ. އޭނާގެ ނަމަކީ ސުހާއެވެ. ވަރަށް ރީތި ފުރިހަމަ އަންހެން ކުއްޖެކެވެ. މޫނުމަތީގައިވާ މައުޞޫމް ހިނިތުންވުމުން އަހަރެން ކަހަލަ ހުރިހާ ފިރިހެނުންގެ ހިތްދަމައިގަންނާނެއެވެ. އެހާވެސް ފުރިހަމަ ގޮތެއް ސުހާގެ ގައިގައި ވެއެވެ. ސުހާ ފެނުމުން އަހަރެންގެ ހިތުން ޝާޢިނާގެ ހަނދާންތައްވެސް ފިލައިގެން ދިޔަ ކަހަލައެވެ. އަނެއްކޮޅުން އަހަންނަކީ ގިނަ އަންހެނުންގެ ފޮނި ބުއިމަށް ވަރަށް ބޭނުންވާ މީހެކެވެ. ލިބޭ އެފަދަ އެއްވެސް ފުރުޞަތެއް ދޫކޮށްލުމަކީ އަހަންނަށް ކުރެވޭނެކަމެއް ނޫނެވެ. ސުހާއި ބައްދަލުކޮށް ނިމުނުއިރު، އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ވަނީ ވެފައެވެ. ސުހާގެ ހިތުން އަހަންނަށް ވަނީ ޖާގައެއް ލިބިފައެވެ. އެކަން އެހެން ވާނެކަން އަހަންނަށްވެސް އިނގެއެވެ.

އޭގެ އަނެއްރޭ ސުހާ ގޮވައިގެން އަހަރެން ތަނަކަށް ދިޔައީމެވެ. އަހަރެން ބޭނުންވީ ސުހާގެ ފަރާތުންވެސް އުފާ ހޯދާށެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ވިއެވެ. ސުހާ އަހަރެންގެ ހިތްއުފާ ކޮށްދިނެވެ. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދިނެވެ. އެހާވެސް ސުހާ އަހަންނަށް ރަނގަޅެވެ.

އެތަނުން އަހަންނަށް ނިކުމެވުނީ ޝާޢިނާގެ ކުރިމައްޗަށެވެ. އޭރުވެސް ސުހާ އިނާ އަހަރެންގެ ގައިގައި ބައްދައިގަނެގެންނެވެ. ޝާޢިނާއަށް އެމަންޒަރު ފެނުމުން ވަރަށް ހިތްހަމަ ނުޖެހުނެވެ. އަހަރެން ޝާޢިނާގެ ކައިރިއަށް ދިޔައީމެވެ.

” ދެން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން. އަހަރެން ގާތުން ދުރައްދޭ. ތިކަހަލަ ފިރިހެނުން އުޅޭނީ ތިހެން. މިހާރު ކާކު ހަލާކުކޮށްލާފަ ތިނިކުތީ؟” އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް ޖަހަމުން ޝާޢިނާ ބުނެލިއެވެ. އެމަންޒަރު ސުހާއަށްވެސް ފެންނާނެއެވެ.

ޝާޢިނާ ހުރިހާ ވާހަކައެއް ސުހާއަށް ކިޔައި ދިނެވެ. އެއަށްފަހު ސުހާވެސް އަހަންނާއި ދުރަށް ދިޔައެވެ. ޝާޢިނާ ހަމަޔަކަށް އަޅުވަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެކަމެއް ނުވިއެވެ. ފަހުން ވަރަށް ފޯންވެސް ކުރީމެވެ. އެކަމަކު، ޝާއިނާ އަޅައެއް ނުލިއެވެ. އެސް.އެމް.އެސް ކުރުމުން ޝާޢިނާ ބުނީ އެންމެ އެއްޗެކެވެ. އޭނާގެ ޙަޔާތުން އަހަރެންގެ ޞަފްހާ މުޅި ޢުމުރަށް ލައްޕާލިކަމަށެވެ. ދެން ދުވަހަކުވެސް އެޞަފްހާ ނުހުޅުވާނެކަމަށެވެ. ސުހާވެސް ޙަޤީޤަތުގައި އަހަންނަށް ދިނީ ލަނޑެކެވެ. ބޭނުންވީ އަހަރެން ހައްދާލައިގެން އުފާ ހޯދާށެވެ. އެކަން ވަރަށް ރަނގަޅަށް ސުހާ ކުރިއެވެ.

ދުވަސްކޮޅެއް ފަހުން ޝާޢިނާ މީހަކާއި އިނެވެ. އިނީވެސް އަހަރެންގެ ކޮއްކޮއަކާއިއެވެ. އަހަރެންގެ ހިތުގައި ޖައްސަން ވެގެނެވެ. ނަޞީބަކުން އަހަންނާއި ޝާޢިނާއާއި އެއްވެސް ގުޅުމެއް އޮތްކަމަކަށް އަހަރެންގެ ކޮއްކޮއަކަށް ނޭނގެއެވެ. ޝާޢިނާ އަހަރެންގެ ކޮއްކޮއާއި އިނުމުން އަހަރެން ވަރަށް ދެރަވިއެވެ. ގޭތެރެއިން ޝާއިނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހަނދާންތައް އާވެއެވެ. އެކަމަކު ޝާޢިނާ އަހަންނަށް ބަލާވެސް ނުލައެވެ. އެކަމާއި އަހަރެންގެ ހިތުގައި ވަރަށް ޖެހެއެވެ. ޙަޤީޤަތުގައި އަހަންނަށް ޝާޢިނާ ނުލިބުނީ އަހަރެންގެ ސަބަބުންނެވެ. ފެންނަ ކޮންމެ އަންހެނެއްގެ ފަހަތުން ދުވަން ފެށުމުންނެވެ. މިޒަމާނުގައި ޝާޢިނާފަދަ އަންހެން ކުއްޖަކީ ޖަވާހިރެއްފަދަ އެއްޗެކެވެ. އެހާވެސް ތަދުވާނެކަން ނޭނގެއެވެ. އެކަމަކު، ދެން ޝާއިނާ އަހަންނާއި ދިމާލަށް ބަލާވެސް ނުލާނެއެވެ. އެކަމަކު، އަހަންނަށް ދިރިއުޅެންވެސް ދެން އުދަނގޫވާނެއެވެ. އެހެނަސް އަހަރެން ދިރިއުޅެން ޖެހޭނީ ޝާޢިނާއާއި އެއް ފުރާޅެއްގައެެވެ. އަހަރެންގެ އިޙްޞާޞްތައް މައިތިރިކޮށްގެންނެވެ. ކޮންމެ ގޮތެއްވިޔަސް ޝާޢިނާގެ އިޙްޞާޞްތައް އަހަންނަށް އުދަނގޫކުރާނެއެވެ. ދެން ހިތަށް އަރަނީ އެންމެ އެއްޗެކެވެ. މިއިޙްޞާޞްތައް މައިރިތިކޮށްގެން އަހަންނަށް ހުރެވޭނީ ކިހާދުވަހެއް ވަންދެން ބާވައެވެ؟
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ސިއްރު

Next

މާކުރިންނެވެ.

Next
July 29, 2015

މާކުރިންނެވެ.

Previews
July 29, 2015

ސިއްރު

4 Comments!

  1. suray says:
    July 29, 2015 at 4:53 pm

    Haadha “ekamaku” ginaey…

  2. ham says:
    August 5, 2015 at 8:37 am

    Mivaahakaige next part eh liyeba. V reethi vaane. Adhi ninmaalyma kamaku nudhey.v reethi story

    1. ThoO says:
      October 8, 2015 at 10:01 pm

      I support ??

  3. Girl says:
    October 16, 2015 at 12:40 pm

    Ham ebuny thedheh…mi vaahaka adhi ninmaalaakah nuve ennu…next part liyunyma adhi maa salhi vaane…

Comments are closed.


All Right Reserved!