Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރިވުމަށްޓަކައި….

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
2 Comments

ކޮފީ ބުއިމަށްޓަކައި އަހަރެން ވަނީ ސްކިޕީ އަށެވެ. ގޮސް މޭޒުގައި ޖައްސާލީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކުޑަ ތަންކޮޅެއް ދުރުގައިވާ މޭޒެއްގައި ހުރި މީހަކަށެވެ. އޭނާ އަހަންނަށް ބަލާލިއެވެ. ދެން ލުއި ހިނިތުންވުމެއް މޫނު މައްޗަށް ގެނުވިއެވެ. އަހަންނަށް އެއީ ކާކުކަން އިނގުނީ ދެނެވެ. އެއީ ޒަމާންވި ރައްޓެއްސެކެވެ. ފަހުދެވެ. މީގެ ފަސް އަހަރު ކުރިން ފެނުނު އިރުވެސް ފަހުދު ހުރީ ހަމަ އެހެންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މާބޮޑު ތަފާތެއް އޭނާއަށް އައިހެނެއް ހީއެއް ނުވެއެވެ. ފަހުދުގެ ޢިޝާރާތަކަށް އަހަރެން ގޮސް ފަހުދުގެ ކައިރީގައި އިށީނީމެވެ.
” މީހަކާއި އިދެފިންތަ މިހާރު؟” ފުރަތަމަވެސް އަހަރެންކޮށްލީ އެސުވާލެވެ.
” މިތިބީވެސް ހަމަ ރަނގަޅު ކުދިންނެއްނެ. ދެން އިންނަންވީ.” ސްކިޕީ ތެރޭގައިވާ އަންހެން ކުދިންތަކަކަށް އިޝާރާތްކުރަމުން ފަހުދު ބުނެލިއެވެ.
” ދެން ސީރިއަސްކޮށް ބުނެބަލަ. އިނީތަ މީހަކާއި؟” އަހަރެން ދެންވެސް ސުވާލު ކޮށްލީމެވެ.
” މިހާރު ދެން މީހަކާއި އިންނަ ހިތެއް ނެތް. އެހެނަސް އަހަންނާއި އިންނާނީ ކާކު؟” ސުވާލަކަށް ސުވާލަކުން އޭނާ ޖަވާބު ދިނެވެ.
” އިންނާނެ މީހުން ވާނެ. މަސައްކަތްކޮށްބަލަ.” އަހަންނަކީ މީހުންނަށް ހިތްވަރުދޭ ހިތްވާ މިހެކެވެ.
” ކޮންމެ މީހަކަށްވެސް ފެންނަނީ އަހަރެން މީހަކާއި ނުއިނދެ ހުންނާތީ އެތަން. އެއްވެސް މީހަކު އެކަމުގެ ސަބަބު އޮޅުން ފިލުވާކަށް ނޫޅޭ. އިނގޭތަ؟ އިންސާނެއްގެ ޙަޔާތުގައި މީހުންނަށް ނުފެންނަ ހާދަ ގިނަ ޞަފްޙާތަކެއް ވެޔޭ. ކޮންމެ މީހަކު ހުރިހާ ވާހަކަތަކެއް ހާމައެއް ނުކުރާނެ.” މަޑުމަޑުން ފަހުދު ވާހަކަ ދައްކަމުން ދިޔައެވެ.
” އެހެން ވިއްޔާ ބުނެދާނަންތަ ކީއްވެގެންކަން ތިހެން ތިހުންނަނީ؟” އަހަރެން އެ ސުވާލުކޮށްލީ ޖަވާބު ލިބޭނެކަމަކަށެއް ނޫނެވެ.

ޖީބުން ވޮލެޓެ ނެގުމަށްފަހު، އޭގެތެރެއިން ފޮޓޯ ގަނޑެއް ނަގާ، ފަހުދު އަހަންނަށް ދައްކާލިއެވެ. އަހަރެން އެއަށް ބަލާލީމެވެ. ވަރަށް ރީތި އަންހެން ކުއްޖެކެވެ. ދިވެހި އަންހެން ކުއްޖަކާއި އެއްގޮތަކަށްވެސް ވައްތަރެއް ނޫނެވެ. އެފަދަ ރީތި ދިވެހި އަންހެން ކުއްޖެއްގެ ފޮޓޯ އަހަރެން ކުރިއަކުން ނުދެކެމެވެ.
” އަޑުއަނހާ. ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ. ނަމަކީ ނުހާ.” ނުހާގެ ފޮޓޯގަނޑު މޭޒުމަތީގައި ބާއްވަމުން ފަހުދު ބުނެލިއެވެ. އަހަރެން އަޑު އަހަން ހުރީމެވެ.

” ނުހާ އާއި އަހަރެން ބައްދަލުވީ މިތަނުން، ހަމަ މިކަހަލަ ހަވީރެއްގައި. އެދުވަހުން ފެށިގެން އަހަރެމެން ދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުން. ހަފްތާއަކު އެއްދުވަހުގެ ބައްދަލުވުން ފަހުން ދުވާލަކު އެއްފަހަރަށް ބަދަލުވި. ދިރިއުޅުމުގައި އަހަރެމެން ދެމީހުންގެ އަމާޒަކީވެސް އެއް އަމާޒެއް. ވިސްނުމާއި ޚިޔާލް އެއްގޮތް. ރައްޓެހިވެގެން އުޅުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭ. ވަރަށް ތަފާތު އަންހެން ކުއްޖެއް ނުހާއަކީ. މިޒަމާނުގައި އަތްފުނާ އަޅައިގެންވެސް އެފަދަ އަންހެން ކުއްޖަކު ލިބޭނެހެނެއް އަހަންނަކަށް ހީއެއްނުވޭ. އެހާ ރީތިކޮށް ހުންނަ އިރުވެސް ކުރު އެއްޗިއްސެއް ނުލާނެ. މާބޮޑު މޭކަޕްތަކަކާއި ވެގެނެއް ނޫޅޭނެ. މީހުންނަށް ދެއްކެން ވެގެން ތުއިވެގެނެއް ނޫޅޭނެ. ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ އަންހެން ކުއްޖެއް އެއީ. އެހުރިހާ ސިފަތަކެއް ހުރުމުން އަހަންނަށް ނުހާއަށް ހިތްދެވުނީ. ނަޞީބަކުން ނުހާއަށްވެސް އަހަރެން ކަމުދިޔަ. އެހެންވެ އަހަރެން ހުރީ ވަރަށް އުފަލުން. މާބޮޑު އުދަނގޫތަކަކާއި ނުލާ އަހަރެންގެ މަންޒިލަށް ދެވޭނެކަމުގެ ފޮނި އުންމީދުގައި. ނުހާ އަހަންނަށް އާނއެކޭ ބުނުމުން މިދުނިޔޭން ހުރިހާ އުފަލެއް އަހަންނަށް ލިބުނު ކަހަލަ. ނުހާ އެހެން ބުނިރޭ އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރޭ. އެރޭ އަހަންނަށް ވުރެން ވަކި އުފާވެރި މީހަކު މިދުނިޔޭގައި ހުންނާނެ ހެނެއް އަހަންނަކަށް ހީއެއް ނުވޭ. އެހެން ދޯ ވާނީވެސް. އެކަކު އަނެކަކުދެކެ އެންމެ ލޯބިވާ ދެމީހުން ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެހެނަސް، އަހަރެމެން ދެމީހުންގެ ނަން އެލިސްޓަށް އެރުމުން އަހަރެމެން ތިބީ ވަރަށް އުފަލުން. ދުވަހަކުވެސް މިއުފާވެރިކަމަށް ނިމުންނާނެކަމަށް އުންމީދުގެ ފޮނި ހުވަންތަކެއް ދެކެމުން. ކުޑަ ދުވަސްކޮޅެއް ފަހުން ކޯހެއްގައި ރާއްޖޭން ބޭރަށް ފުރަން ނުހާއަށް ޖެހުނު. އެރޭ ފުރުމުގެ ކުރިން ނުހާ އަހަރެން ގާތު އަނހާލި “އަހަންނަށް ސަލާމަތުން ނާދެވިއްޖެއްޔާ ފަހުދު ހަދާނީ ކިހިނެއްހޭ؟” އަހަރެން ބުނިން، “މުޅި ޢުމުރަށްވެސް އިންތިޒާރުކުރާނަމޭ. މިދުނިޔޭން ނުލިބިއްޖެއްޔާ ދެން އަންނަ ދުނިޔެއެއްގައި ދެއްވާތޯ ދުޢާކުރާނަމޭ. ތިނޫން އެއްވެސް އެހެން އަންހެން ކުއްޖަކަށް މިހިތުން ލޯބީގެ މައިދާނުގައި ޖާގައެއް ނެތޭ. އެޖާގަ ހަމަ އެކަނީ ހުސްކުރެވިފައި އޮތީ ނުހާ އަށޭ. މީ އަހަރެން ބުނާ ތެދެކޭ. ކުރާ ވަޢުދެކޭ” އަހަރެން އެހެން ބުނުމުން ނުހާ އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލި. އަދި ވަރަށް ރީތިކޮށް ހިނިތުންވެލި. ދެން އައިސް މަޑުމަޑުން އަހަރެންގެ ގައިގައި ބައްދާލި. އެއަށްފަހު ދެން ޓާރމިނަލްގެ ތެރެއަށް ވަދެގެން ނުހާ ދިޔައީ. އެރޭ އެއީ ނުހާ އަހަންނަށް ފެނުނު އެންމެ ފަހުރޭ. އެރޭ ނުހާ ވެލި ހިނިތުންވުމަކީ އަހަންނަށް ފެނުނު ނުހާގެ އެންމެފަހުގެ ހިނިތުންވުން. އެރޭ އަހަންނާއި ނުހާ ގައިގޯޅިވެލީ އެންމެ ފަހުގެ ވަދާޢީ ސަލާމް ކުރުމުގެ ގޮތުން. އެއީ ކޯސް ފުރިހަމަ ނުވަނީސް، ވީ އެކްސިޑެންޓެއްގައި ނުހާ މަރުވީ. އޭރު ކޯސް ނިމެން އޮތީ އެންމެ ހަފްތާއެއް. އަހަންނަށް އެކަން އެންގީ ނުހާގެ މަންމަމެން. އެރޭ އަހަރެން ނުވެސް ނިދަން. ލިބުނު ހިތާމައިން އެއްވެސް ކަމެއް ކުރާ ހިތްނުވެފަ ހުރީ. ވަރަށް ދެރަވެސްވި. ހީވީ ގައިން އެއްބައި އުނިވެގެން ދިޔަހެން. ދިރިއުޅުމުގައި ބިނާ ކުރި ލޯބީގެ ގަނޑުވަރު ބިމާއި ހަމަވެގެން ދިޔަހެން. އެހެނަސް އަދިވެސް އަހަރެންގެ ހިތުގައި ވަނީ ނުހާގެ ހަނދާންތައް. އިންނަންވެސް ކުދިން އަނހާ. ވަރަށް ތަނަވަސް ރީތި ކުދިންވެސް އަނހާ. އެކަމަކު އަހަންނަށް ދެން އެއްވެސް މީހަކާއިއެކު ޙަޔާތެއް ނުފެށޭނެ. ނުހާ ކަހަލަ ރަނގަޅު ފުރިހަމަ އަންހެން ކުއްޖަކު ލިބޭނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. މިހާރު އުޅޭ ގިނަ އަންހެންކުދިންގެ އުޅުން ހުންނަނީ އަހަރެން ހިތްހަމަ ޖެހޭގޮތަކަށް ނޫން. މާޒިން އަށްވެސް ނުހާ ފެނުނުނަމަ، ބުނާނެ އަހަރެން މިދައްކަނީ ރަނގަޅު ވާހަކައެކޭ. މިހާރު މާޒިންއަށްވެސް އިނގެދާނެކަން ނޭނގޭ އަހަރެންގެ ދިރިއުޅުމުގައި އަންބަކަށް ޖާގަ ނުދެނީ ކީއްވެގެންކަން.” އެވާހަކަތައް ކިޔައިދީ ނިމުނު އިރު ފަހުދު ހުރީ ވަރަކަށް ދެރަވެފައެވެ. އޭނާގެ މޫނުމަތިން ހިތާމަވެރިކަމުގެ އިޙްޞާޞްތައް އަހަންނަށް ފާޅުވިއެވެ.

” އާނ. އެމީހެއްގެ ދިރިއުޅުން ކުރިއަށް ގެންދާނީ އެމީހަކު. އެކަމަކު ފަހުދު ކަހަލަ މީހުން މިޒަމާނުގައި ވަރަށް މަދުވާނެ.” އަހަރެން ބުނީމެވެ.

ކޮފީ ނިމިގެން ގެއަށް ދިޔައިރުވެސް އަހަރެން ފަހުދުގެ ވާހަކައަށް ވިސްނީމެވެ. ދިރިއުޅުމުގައި ތަފާތު މީހުންގެ ވިސްނުން ތަފާތު ވާނެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މިހުންނާއި ނާކާމިޔާބު މީހުން އުޅެއެވެ. ކުރީގައި އަހަރެން ހީކުރަނީ އެހެން ގޮތަކަށެވެ. މީހުންނާއި ނީދެ ގިނަ ދުވަސްވެފައިވާ، ގިނަ މީހުން މީހުންނާއި ނީދެ ތިބެނީ، އެމީހުންނާއި އިންނާނެ މީހުން ނުވެގެން ކަމަށެވެ. ނޫނިއްޔާ ޖިސްމާނީ އުނިކަމެއް އެމީހުންގެ ގައިގައި ހުންނާތީ ކަމުގައެވެ. އެހެނަސް ޙަޤީޤަތަކީ މުޅިން އެއެއް ނޫނެވެ. ބައެއް މީހުން ޢުމުރުން ދުވަސް ވާއިރުވެސް މީހަކާއި ނީދެ ތިބެނީ އެމީހުންގެ ހިތުގައި ފުރަތަމަ ލޯތްބަށް ދެވިފައިވާ ޤަދަރެއްގެ ބޮޑުކަމުންނެވެ. ފުރަތަމަ ލޯބީގެ ފޮނި ނުވަތަ ހިތި ހަނދާންތައް ހިތުން ފުހެލަން ބޭނުން ނުވާތީއެވެ. ފަހުދަކީވެސް ހަމަ އެފަދަ މީހެކެވެ. ފަހުދުގެ ވާހަކައިން އޭނާ ދެން ދުވަހަކުވެސް މީހަކާއި އިންނާކަށް ބޭނުމެއް ނޫނެވެ. ނުވެސް އިންނާނެއެވެ. ފަހުދުގެ ދިރިއުޅުމުގައި ނުހާ ނޫން އެހެން ނަމެއް ނެތެވެ. މުޅި ޢުމުރަށްވެސް ފަހުދު ހުންނާނީ އެގޮތަށެވެ. މީހަކާއި ނީދެއެވެ. ނުހާގެ ޙައްޤުގައެވެ. ނުހާއަށް ތެދުވެރިވުމަށްޓަކައެވެ. ދެން ހިތަށް އަރަނީ ސުވާލެކެވެ. ނުހާ އާއި ވަރަށް ވައްތަރު އަންހެން ކުއްޖަކު ފެންނަ ދުވަހުން ފަހުދުގެ ހިތް ބަދަލު ނުވާނެ ބާވައެވެ؟
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

Next

ކޮފީ ޓޭބަލް

Next
July 29, 2015

ކޮފީ ޓޭބަލް

Previews
July 29, 2015

ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

2 Comments!

  1. maahy says:
    July 29, 2015 at 1:48 pm

    v lwbi mi vaahaka ves

  2. ifaasha says:
    July 29, 2015 at 7:49 pm

    Kyhve shudhoo up nukoh ehen story thah up kury… btw nice

Comments are closed.



All Right Reserved!