Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
6 Comments

އަހަރެން މިވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ބުނާނީ ކާކުގެ ގާތުގައި ހެއްޔެވެ؟ ލަފަޔަކަށް އެދޭނީވެސް ކޮން ފަރާތަކުން ހެއްޔެވެ؟ އޭރުން ބަދުނާމު ވާނީ ހަމައެކަނި އަހަންނެއް ނޫނެވެ. މުޅި ޢާއިލާއަށްވެސް ހުތުރު ނަން ލިބޭނެއެވެ. ނުވިތާކަށް އަހަރެންގެ ދިރިއުޅުން ބަރުބާދުވުންވެސް ވަރަށް ގާތް ވާނެއެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުންވެސް މިލިބެނީ ވަކި ކުޑަ ވޭނެއްވެސްނޫނެވެ. މައްސަލައަކީ ބޮޑު މައްސަލައެކެވެ. ޙައްލު ހޯދަންވެސް މަޖުބޫރެވެ.

ބައެއް ފަހަރު ހިތަށް އަރައެވެ. މީހުންގެ މޫނު މަތީގައި އެމީހައަކީ ކޮންކަހަލަ މީހެއްކަން އިނގޭނެހެން ލިޔެވިފައި ހުންނަނަމަ، ކިހާ ރަނގަޅު ހެއްޔެވެ؟ އޭރުން ހަމަ ގައިމުވެސް އަހަރެންފަދަ އަންހެންކުދިންގެ ދިރިއުޅުން ހަލާކެއް ނުވީހެވެ. ގޯސްމަގުން ދިޔުމަށް ޙަޔާތުގެ ނައު ދޫކުރަން މަޖުބޫރެއް ނުކުރެވުނީހެވެ. އެހެނަސް އެއީ ނުވާނެކަމެކެވެ. އިންސާނުންގެ ތެރޭގައި ހެޔޮލަފާ މީހުން އުޅެއެވެ. މިހާރު ވަރަށްވެސް މަދެވެ. އިންސާނުންގެ ސިފައިގައިވާ ޝައިތާނުން އަހަރެމެންގެ ތެރޭގައި ގިނަވަމުންދަނީވެސް މަދެއްކޮށެއް ނޫނެވެ. މިހެން ބުނަން މިއަދު އަހަންނަށް މަޖުބޫރެވެ. މީހަކު ކުށެއް ކޮށްފާނެއެވެ. އެކަމަކު އޭނާ ކުރަމުން އެގެންދަނީ މަޢާފްކުރެވޭނެ ކުށެއް ނޫނެވެ. ހަމަގައިމުވެސް، އަހަރެން ހިތް އެއްވެސް ދުނިޔެއެއްގައި އޭނާއަށް ހެވެއްނުވާނެއެވެ. އެހެން މީހަކު ނަމަ، މިހާރު އޭނަގެ ވަސްވެސް މިދުނިޔެއިން ފުހެލައިފީހެވެ.

” ކޮބާތަ ޖަވާބު؟” ފޯން ކޮށްފައި ފިރުޝާން އެސުވާލުކޮށްލީ އަހަރެން ޚިޔާލުގައި އޮއްވައެވެ.
” ކީކޭދޯ ދެން ބުނާނީ؟ މަވެސް ވަރަށް ބޭނުމޭ ފިރޫއާއި ގުޅިގެން އުޅެން. އެކަމަކު…….” އަހަންނަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.
” ކޮބާތަ މައްސަލައަކީ؟ ނުރުހެނީތަ މައިންބަފައިން؟ ހަމަގައިމުވެސް ފަޤީރޭ ކިޔާފައި އަހަންނާއި އިންނަން ނުރުހޭނެ މީހަކު މިރާއްޖޭގައި ނޫޅޭނެ.” ފިރުޝާން އަކީ ވަރަށް ފޯރާ މީހެކެވެ.
” ތިބުނީ ރަނގަޅަށް. މައްސަލައަކީ މައިންބަފައިން. ވަކިން ޚާއްޞަކޮށް ބައްޕަ.” އަހަރެން ބުނީމެވެ.
” ހަމަގައިމުވެސް ޝުރޫގެ ބައްޕައަކަށް ޝުރޫއަކާއި ނީދެވޭނެ. ދެން ކީއްވެތަ ހިތްހަނުޖެހެންވީ؟” ބުނަން ބޭނުންކޮންމެ އެއްޗެއް ފިރުޝާން ބުނާނެއެވެ.
” އަދިވެސް އަހަންނަށް ވަގުތުކޮޅެއްދީ.” އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.

އަހަރެން ދެލޯ މަރާލީމެވެ. ދެންވެސް ހަމަ ވިސްނެނީއެވެ. ކުރިމަތިވަމުންދާ ކަންތައްތަކާއިއެވެ. އަހަންނަށް މިހެން ދިމާވާންވީ ކީއްވެގެން ހެއްޔެވެ؟ މައިންބަފައިންގެ ލޯބި އެހެން ގޮތަކަށް އަހަންނަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ޙިމާޔަތުގެ ބަދަލުގައި ވޭން ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ރީތި ކަމުގެ، އަގު އަހަންނަށް މިލިބެނީ ކިހިނެއް ހެއްޔެވެ؟ ފިރުޝާނަށް މިވާހަކަ ކިޔައިދޭން ވީހެއްޔެވެ؟ ކިޔައިދެވޭކަށްވެސް ނެތެވެ. އޭރުން އޭނާ ނުރުހުން ވާނެއެވެ. ހަމަ ޔަޤީނެވެ.

މަޑުމަޑުން އަހަރެންގެ ދެ ލޯ މެރެންފެށިއެވެ. ވިސްނަމުން ދިޔަލެއް ފުންކަމުންނެވެ. އަހަންނަށް ހޭލެވުނީ ކުއްލިއަކަށް ހާސްވެ، ދާ ހިތްލައިގެންނެވެ. ގައި މައްޗަށް ބަރުވެގެންނެވެ. ދެލޯ ހުޅުވާލިއިރު ފެނުނީ، ކުރިންވެސް ހަމަ ފެންނަ މަންޒަރެވެ. އެއީ ހަމަ އޭނާއެވެ. އަހަރެން ހަޅޭއްލަވައި ގަންނަން އަނގަހުޅުވާލީމެވެ. އަހަރެންގެ އަނގަމަތީގައި އޭނާ އަތްއެޅިއެވެ. ދެން މަޑުމަޑުން އޭނާ ބޭނުން ހުރިހާ ކަމެއްކުރިއެވެ. އަހަރެން ވަރަށް ގަދަ ހެދީމެވެ. އެކަމަކު، ފިރިހެނަކަށްވުރެ، އަހަންނަށްވެސް ގަދައެއް ނުވެވުނެވެ. އެކަންތައް ނިމުނުއިރު، އަހަރެން އޮތީ ވަރަށް ވަރުބަލިވެފައެވެ. އަންހެންކުއްޖަކަށް ވުމުން، މިލިބޭ ވޭނަށް ހިތާމަކުރަމުންނެވެ.

” މިކަންތައްތައް އެއްވެސް މީހެއްގެ ގާތުގައި ބުނެފިއްޔާ، މިގެއިން ނެރޭނީ ކަލޭގެ ޤަބުރު!” ކަރުހިއްކުން ފިލުމުން އޭނާ އަހަންނަށް އިންޒާރު ދިނެވެ.
” ތީ ބައްޕައެއް ނޫން. ތީ ޝައިތާނެއް.” އަހަރެން ވަރަށް ރުޅި އައެވެ.

ރީތި އަންހެންކުއްޖަކަށް ވުމަކީ ބަދުނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. މިލިބެމުންދާ ވޭނާއި ކެކުޅުން އަހަރެން ހާމަކުރަންވީހެއްޔެވެ؟ ވަރަށް ލަދުވެސްގަނެއެވެ. އެއީ އަހަންނަށް ޙިމާޔަތްދޭން ހުރި މީހާއެވެ. އެކަމަކު އެދެނީ ވޭނެވެ. އެންމެ ބޮޑު ވޭނެއެވެ. އެއީ އަހަންނަށް އުފާވެރިކަން ހޯދައިދޭން ހުރި މީހާއެވެ. އެކަމަކު، އޭނާ އަހަރެންގެ ހުރިހާ އުފާތައް ފޭރިގަނެފިއެވެ. ދެން އެހެން މީހަކަށް ދައްކާނެ އެއްޗެއް އަހަރެންގެ އަތަކު ނެތެވެ. އަންހެން ކުއްޖެއްގެ އެންމެ ބޮޑު ޝަރަފަކީ ޢިއްފަތްތެރިކަމެވެ. އެވެސް އެންމެ ފުރަތަމަ ދުވަހު އޭނާ އަހަރެންގެ އަތުން ޖަހައިގަނެފިއެވެ. އޭނާގެ ލަދެއް ޙަޔާތެއް ނެތްކަން ފެނިފައި އަހަރެން ހަމަ ޙައިރާން ވިއެވެ. ދަރިން ބޮޑު ކުރަނީ މިފަދަ ކަންތައްތައް ކުރިމަތި ކުރުވަން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ؟ ނޫނީ، ކަރުހިއްކުން ފިލުވުމަށް ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައި ބާވައެވެ؟

” ޖަވާބު ލިބިއްޖެ އަހަންނަށް.” ފިރުޝާން ފޯންކޮށްފައި ބުނެލިއެވެ.
” ކިހިނެއް؟” ވަރަށް ހާސްވެގެން އިދެ އަހަރެން އަނހާލީމެވެ.
” ޝުރޫގެ ފޯނުން، އަހަންނަށް ހުރިހާ ކަމެއް ސާފްވެއްޖެ. ދެން ބޭނުމެއް ނޫން. ހިތުން ފޯން ބާއްވާފައިދޯ ޖައްސާލީ. އެކަމަކު، ޝުރޫއަށް ފޯން ކަނޑާނުލާ ޖައްސާލެވުނީ. އޭގެ ފަހުން ހިނގި ހުރިހާ ކަމެއް ފޯނުން އަޑުއިވިއްޖެ. ސޮރީ. އެހެން މީހަކު ނަމަވެސް ބުނާނީ ހަމަ މިހެން. އަދި ވަރަށް ދެރަވެއްޖެ، ޝުރޫގެ އެމަޤާމްގައި ހުރި މީހާ އެފަދަ ހަޑި ހުތުރު ޢަމަލެއް ކުރަމުންދާތީ. ތީ ވަރަށް ނުރައްކާތެރިކަމެއް. ތިފަދަ ކަންތައް ދިމާވާ އަންހެން ކުދިންނަށް އުފާވެރި ހަޔާތެއް ނުފެންނާނެ.” އެންމެ ފަހުން ފިރުޝާންއަށް ހުރިހާ ކަމެއް އިނގުނީއެވެ.

އެވާހަކަތައް އަޑުއަނހާކަށް އަހަންނަށް ކެތެއް ނުވިއެވެ. އަވަހަށް ފޯން ބޭއްވީއެވެ. ދެން އެކަން އިނގޭނީ އެހެން މީހަކަށެވެ. އެހެންގޮސް އެންމެން ދައްކާ ބޮޑު ވާހަކަޔަކަށް އެކަން ވާނެއެވެ. ބަދުނާމްވެ، މުޅި ދުނިޔެއަށް ގިނަވާނީ އަހަންނެވެ. އެންމެން ކުށްވެރި ކުރާނީވެސް އަހަންނެވެ. ނުވިތާކަށް މަންމަވެސް އެއްޗެހި ކިޔާނީ އަހަންނަށް ކަންނޭނގެއެވެ. ގިނަ ފަހަރު ވެފައި އޮންނަނީ އެހެންނެވެ. ފިރިމީހާގެ ޙިމާޔަތުގައި އަނބިމީހާ ތެދުވާނެއެވެ. ދަރިފުޅުގެ ޙައްޤެއް، އަގެއް ނޯންނާނެއެވެ. މިކަމާއިހުރެ، އަހަންނަށް ޙަޔާތެއް ފެށޭކަށްވެސް ނެތެވެ. ތެދެކެވެ. މިދުނިޔޭގައި އެމީހަކު ބޭނުން ގޮތަށް އުޅެވިދާނެއެވެ. ބޭނުން ކުލައެއް ޙަޔާތުގައި ޖެއްސިދާނެއެވެ. އެކަމަކު، ދެން އަންނަ ދުނިޔޭގެ ޢަޒާބަށް މިފަދަ މީހުންނަށް ކެތްވާނެ ހެއްޔެވެ؟ ހިތާމައަކީ މަދުންނަމަވެސް، މިހާރުވެސް މިފަދަ މީހުން އުޅެމުންދާކަމެވެ. މައިންބަފައިންނަށްވެ ތިބެ، ދަރިން ހަލާކު ކުރާ މީހުންނެވެ. އެފަދަ މީހުންނަށް ދުވަހަކުވެސް އަހަންނެއް މަޢާފެއް ނުކުރާނަމެވެ. ބައްޕަ ވިޔަސްވެހެވެ.
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޓައިޕިސްޓް

Next

ތެދުވެރިވުމަށްޓަކައި….

Next
July 29, 2015

ތެދުވެރިވުމަށްޓަކައި….

Previews
July 29, 2015

ޓައިޕިސްޓް

6 Comments!

  1. shy irey says:
    July 29, 2015 at 10:16 am

    Vrah kada miden vaahakata

  2. suray says:
    July 29, 2015 at 5:16 pm

    Foohi….

  3. ifaasha says:
    July 29, 2015 at 7:41 pm

    Not v nice.. but okay

  4. Mush says:
    July 29, 2015 at 9:20 pm

    Dhen hama six seven vaahaka (mazumoonu) ehfaharaa upkohlyma varah foohi..kian beynunvaa ehcheh hoadhan mi jeheny dhen huri pages balan….varah foohi… “AMAAZ” eh kamaku mihen hedhyma site dheke foohi vany…konmes gotheh onnan vaane dhw ehcheh up kuraairuves…

  5. Kudu says:
    July 29, 2015 at 11:53 pm

    Amaaz ehffahara haadha gina story ekey thiiyanee thihen hadhanya ehaa kamak nudhey… Eki dhuvas mathin story thah genesdhenya rangalhu…

    1. Laisham says:
      July 21, 2016 at 12:50 pm

      ???❤?????

Comments are closed.


All Right Reserved!