Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ. . [25]

ޖުވެލްސް އެހާ ފުޅާ ކުންފުންޏަކަށް ވީ ސަބަބު އަހަރެންނަށް އެނގުނެވެ. ލޮލަށް ނިދިއައިސްފައި ވުމާއިއެކު އަހަރެން ނިދާލަން ޖައްސާލީމެވެ. މާދަމާއަކީ ސްކައިޕިޔާގެ ރަސްމީ އޯޕަނިންޑޭއެވެ. މިހާރުވެސް މުޅިހޮޓެލް ރީތިކޮށްފައި އޮތް ވަރުން ހީވަނީ ކާނިވަލެއް ހެނެވެ. މާދަމާގެ އިވެންޓް ތަކުގައި އަހަރެންނަށް ބައްޕައާއި އެކު ގިނަ ވަގުތު އުޅެން ޖެހޭނެއެވެ. އެހެން ކަމުން އަވަހަށް ތެދުވާން ބޭނުންވާތީ އާއިއެކު ނިދާލެވޭތޯ ބަލައިލީމެވެ.

އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ މަންމަ އެވެ. އަހަރެންގެ ކަންފަތުގައި ފޯނު ޖައްސައިލީމެވެ. “ހަލޯ..”

“ސިޔާން ތެދުވީތަ..؟ އަވަހަށް އާދޭ ތިރިޔަށް މިހާރު އެއޮށް އިވެންޓް ފެށެން ގާތްވަނީ..” މަންމަ އެހެން ބުނެލުމާއި އެކު އަހަރެން ގަޑިއަށް ބަލައިލީމެވެ. އޭރު ހަތެއް ޖަހަން ކައިރިވަނީ އެވެ. އަވަހަށް ފޯނު ބާއްވާފައި އަޔާން އަށާއި ޒާނިޝްގެ ގައިގާ ބާލިހުން ބޮނޑިއެއް އަޅާލާފައި ފާހަނައަށް ވަދެ ފެންވަރާލާ ތާޒާވެލައިގެން ނިކުތީމެވެ. މާ ގިނަ އިރެއް ނުވެ އެންމެންވެސް ތައްޔާރުވެގެން ސިޓިންރޫމަށް ނިކުތީމެވެ. އޭރު އަށެއް ޖަހަން ކައިރިވަނީ އެވެ. އަށްގަޑި ބަޔަށް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަމަޖައްސާފަ އެވެ. އެހެން ކަމުން އެ ފްލޯރ ގެ ޑައިނިންގް ރޫމަށް ދިޔައީމެވެ.

ރަނގަޅަށް ހެނދުނުގެ ސައި ބޮއެލައިގެން އަހަރެން ފުރަތަމަވެސް ބޭނުންވީ ޝާޔާގެ ޚަބަރެއް ބަލާށެވެ. ޒާނިޝް ކައިރިން ބުނެގެން ރިޔާއަށް ގުޅައިގެން ބެލިއިރު ޝާޔާ އިނީ އެމީހުނާއި އެކު ހޮޓަލުގެ ޕާރކު ތެރޭގައެވެ. ޝާޔާއާއި ކުޑަކޮށް ވާހަކަ ދައްކާލީމެވެ. މިޔަދު ޝާޔާއާއި އެކީގައި ވަގުތު ހޭދަކޮށްލަން ނުލިބިދާނެ ވާހަކަ ބުނެލީމެވެ. ޝާޔާ އުޅޭނީ ރަނާއާއި ރިޔާއާއި އެކުގައި ކަމުން ފޫހި ނުވާނެކަން އެނގެއެވެ. އެއީ އަހަރެންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

އަހަރެން އަޔާން އާއި ޒާނިޝް އާއި އެކު ތިރިޔަށް ދިޔައީމެވެ. އޭރު ޖްވެލްސް ކޮމްޕެނީގެ ބޮޑުންނާއި ޢާއިލާގެ މީހުން އައިސް ތިއްބެވެ. އޭގެ ތެރޭގައި ޖައުފަރާއި އެކު ނަޝީވެސް ހުއްޓެވެ. އަހަރެން އައިތަން ފެނުމާއިއެކު ބައްޕަ އަހަރެންނަށް ގޮވައިލިއެވެ. އަހަރެންވެސް ހިނިތުންވެލަމުން ބައްޕަ ކައިރިއަށް ދިޔައީމެވެ. އޭރު އެކި ނޫސް މަޖައްލާ ތަކާއި ޓީވީ ޗެނަލްތަކުން އެ ޙަފްލާ ކަވަރު ކުރަމުން ގެންދިޔަ އެވެ. އެހެންކަމުން މިޔަދު ވަރަށް މަންޒަރަށް ރީތި ވާން ޖެހޭނެ އެވެ. އަހަރެން ދިއުމާއި އެކު ބައްޕަ އަހަރެންގެ ގައިގާ ބައްދާލި އެވެ. އަދި އަހަރެންނާއި ނަޝީ ކައިރި ކައިރީގައި ބެހެއްޓިއެވެ. އޭރު ޖައުފަރުވެސް އަހަރެންނަށް ހިނިތުން ވެލަމުން ސަލާންކޮށްލި އެވެ. އަހަރެންވެސް ދަތްޕިލަ ދައްކައިލަމުން އަތާއި އަތް ޖޯޑުކޮށްލީމެވެ. ނަޝީގެ އެފަރާތުން ޖައުފަރު ހުރިއިރު އަހަރެންގެ މި ފަރާތުން ބައްޕަ ހުއްޓެވެ. ބައްޕަކައިރީ މަންމަ ހުރިއިރު ޖައުފަރުގެ އެފަރާތުން ހުރީ ތަންކޮޅެއް ޢުމުރުން ދުވަސްވީ ދައްތައެކެވެ. ހެނދުން އަޅާފައިވާ ގޮތުން ފައިސާވެރިކަމާއި ހައިބަތު ދޭޙަވާން ހުއްޓެވެ. ރަނާއި ރިހިން ޖަރީކޮށްފައި ވާ ހެނދުމެއް ގައި ހުރިއިރު އަތުގެ ކޮންމެ އިނގިއްޔަކަށް ރީތި ރަން އަނގޮޓިއެއް އަޅުވާލާފައި ވެއެވެ. އަހަރެން ނަޝީ އާއި ގާތަށް ބޯ އަރިކޮށްލާފައި އެއީ ކާކުތޯ އަހައިލީމެވެ.

“އެއީ އަހަރެންގެ މާމަ.. ފާތިނާ.. ބައްޕަގެ މަންމަ.. ވަރަށް ޒީލަގަދަވާނެ.. ބައްޕަ އަކަށްވެސް ނުކެރޭނެ މާމަ ބުނާ އެއްޗަކާއި ދެކޮޅު ވާކަށް..” ނަޝީ ތުންކޮޅަށް ގޮތެއް ހަދާލަމުން ވާހަކަ ދެއްކި ގޮތުން މާމަ ދެކެ ނަޝީ ހިތްހަމައެއް ނުޖެހޭކަން އެނގެއެވެ. ނަމަވެސް ފޮޓޯ ނަގާ މީހުން ފޮޓޯ ނަގަމުން ދާތީ އާއި އެކު ޕްލާސްޓިކު ހިނިތުންވުމެއް ނަޝީގެ ތުންފަތް މައްޗަށް ވެސް ވެރިކުރުވައިގެން ހުއްޓެވެ. އެވަގުތު އަޔާން އިޝާރާތް ކޮށްލުމުން ބަލައިލީމެވެ. އެމީހުން ރަނާ މެން ކައިރިޔަށް ބޭރަށް ދަނީކަމަށް ބުނުމުން އަހަރެން ބޯ ޖަހައިލުމާއި އެކު ނިކުންނަން ދިޔައެވެ.

އަށްގަޑި ބައި ވުމާއިއެކު ޙަފްލާ ތަޢާރަފްކޮށް ދިނުމަށް ހޮޓެލްގެ ޖެނެރަލް މެނޭޖަރ ޓްރިޝް ވައިޓް ވާހަކަ ދެއްކިއެވެ. އެއަށްފަހު އަހަރެންގެ ބައްޕަ ވާހަކަދެއްކިއެވެ. ބައްޕަގެ ކުރު ވާހަކަ ކޮޅަކަށް ފަހު ޖައުފަރުވެސް ވާހަކަ ދެއްކިއެވެ. އެއަށްފަހު އިވެންޓްގެ ޗީފް ގެސްޓް ޖޭމްސް އޮޓޫލޭ ވާހަކަ ދެއްކިއެވެ. އޭނާއަކީ އޮސްޓްރޭލިއާގެ އެންމެ މަތީފަންތީގެ ވިޔަފާރި ޝަޚްސެކެވެ. އޭނާގެ ވާހަކައިގައި ދިވެހިރާއްޖޭގެ ދެ ކުންފުންޏެއްގެ މިފަދަ ހޮޓެލެއް އޮސްޓްރޭލިޔާގައި ހުޅުވިގެން ދާތީ އެކަމާއި އުފާކުރާ ކަމަށާއި މި ހޮޓަލަކީ ޕާރޓްނަރޝިޕް ގެ ޒަރީޢާއިން ވިޔަފާރީގައި ޙާޞިލް ކުރެވޭނެ ކުރިއެރުން ދައްކުވައިދޭ ރަމްޒެއް ކަމުގައި ބުންޏެވެ. އަދި ވާހަކަ ކުރުކޮށްލުމަށް ފަހު އޭނާއަށް އެރުވުނު ރިމޯޓެއްގެ ފިތަކަށް ފިތާލުމާއި އެކު ފާރުގައި ހަރުކޮށްފައި ހުރި ސްކައިޕިޔާގެ ލޯގޯގެ ކުރިމަތީ ދަމާފައިވާ ފޮތިގަނޑު ކެހިގެން ގޮސް ރަސްމީކޮށް ހޮޓާ ހުޅުވިގެން ދިޔައެވެ. އެއާއިއެކު ޕާރޓީ ޕޮޕަރ ތަކުން ތަން ޖަރީ ވެގެން ދިޔައިރު ޝެމްޕޭން ފުޅިތައް ކެނޑިގެން ދިޔައެވެ. އެއަށް ފަހު މިޔަދުގެ އިވެންޓް ތަކުގެ ތާވަލް ޓްރިޝް ވައިޓް އިއްވާލަދިނެވެ.

އެވަގުތު އަހަރެންނަށް ފޯނެއް އައުމުން ބައްޕަގެ އިޒުނައާއި އެކު އެތަން ދޫކޮށްފައި އެއްފަރާތަކަށް ޖެހިލީމެވެ. ގުޅީ އިޝީއެވެ. އިޝީގެ އެ ކޯލުގެ އިންތިޒާރުގައި އަހަރެން ހުންނަތާ ކޮން އިރެއް ހެއްޔެވެ. އަހަރެން ހީކޮށްގެން ހުރީ ހެނދުނު އެންމެ ފުރަތަކަ ކޯލަކަށް އަންނާނީ އިޝީގެ ކޯލް ކަމަށެވެ. އެހެންކަމުން އަވަހަށް ފޯނަށް ޖަވާބު ދިނީމެވެ.

“ޝޯން.. ކިހިނެއްވީ އަނެއްކާ.. އިޓް ސައުންޑެޑް އާރޖެންޓް..؟” ފޯނު ނަގާއިރަށް އިޝީ ވާހަކަ ދެއްކިއެވެ.

“ޔާ.. އިޓް އިޒް.. އައި ނީޑްޓު އާސްކް ޔޫ އަ ފޭވަރ..” އަހަރެން އެދުނީމެވެ. އަހަރެން އެދުނު ގޮތުން އިޝީ ހިތްހަމަ އެއް ވެސް ނުޖެހުނެވެ. އެހާ ދުރު ކޮށްލީމައެވެ. އެއީ އަހަރެން ކޮންމެ ކަމަކު ބުންޏަސް އިޝީ ދުވަހަކުވެސް މިހާތަނަކަށް ނުކޮށްދީފަ އެއް ނެތެވެ. އެކަމަކު އަހަރެން އެހެން އެހީ ބުނަން އުޅޭ ކަންތަކަކީ ބޮޑު ކަމަކަށް ވާތީއެވެ.

“ޝާޔާގެ ބޮޑުބޭބެ، ވަށަފަރު ރަޝީދު ކެންބެއްރާ އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތް ގަ ހުއްޓާ ބަކުރުބެ ޝައިހާ ގޮވައިގެން އެ ހޮސްޕިޓަލަށް ދިޔަ ދުވަހު ފެނިގެން އެވާހަކަ ދެއްކި.. އަސްލު އެއީ އެހާ ފޯރާބަޔަކަށް ނުވެފަ، އެކަހަލަ ތަނެއްގައި ނަސްފާނީ ކަމަކަށް ބޭސް ކުރަމުން ދާތީ އޭގެ ޙަޤީގަތެއް އޮޅުން ފިލުވާލަން ވެގެން. އަނެއްކޮޅުން ޝާޔާގެ މައިން ބަފައިންގެ މަޢުލޫމާތެއް އެނގޭނެ ހުރި ހަމައެކަނި މީހަކީ އެއީ.. އިޝީއަށް ނޫނީ މިކަހަލަ އިންފޯ އެއް ހޯދާކަށް ފަސޭހައެއް ނުވާނެއެއްނު.. އަޅެ ބަލާލަ ދީބަލަ ކާކުގެ ޚަރަދުގައި ތޯ ބޭސް ކުރަމުން އެ ދަނީ.. އަދި ކޮން ބައްޔަކަށް ތޯ.. ދެން މިހެން ބުންޏަސް ރަޝީދުއާއި ބެހޭ ގޮތުން ލިބެންހުރި ހުރިހާ މަޢުލޫމާތެއް ބޭނުން..” އަހަރެން ކޮށްދޭން އެދުނު ކަންތަކުގެ ބޮޑުކަން އެނގި ހުރެވެސް ފަތިވަރަކަށް އަމުނައިލީމެވެ. އިޝީ ޖަހައިލީ ހިނިގަނޑެކެވެ.

“އެވަރުގެ ކަމެއްގެ ވާހަކަ އަހަން ވެގެންތަ އެހާ ފޯރމަލް ވެފަ ތި ފަށައިގަތީ.. ތީ ދެން އެއްވެސް ކަމެއް ނޫނެއްނު.. އައި ނޯ، ޝޯން އަށް ވަރަށް މުހިންމު ވީމަކަން ތި އެދުނީ އެކަންތައް ކޮށްދޭން.. އަހަރެން ޝޯން އަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދައިފަ ގުޅާނަން.. އޯކޭ..” އިޝީގެ ޖަވާބު ލިބުމާއިއެކު އަހަރެންގެ އުންމީދު އާވިއެވެ. ފޯނު ބޭއްވުމަށް ފަހު ވަކިން އެއްފަރާތެއް ގައި ހުރި ނަޝީ ފެނުމުން އޭނާ ކައިރިއަށް ޖެހިލީމެވެ. ނަޝީގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

“ހާއި..” އަހަރެންގެ އަޑަށް ކުޑަކޮށް ސިހިފައި ނަޝީ ބަލައިލިއެވެ. “ހާއި..” ނަޝީ ހިނިތުން ވެލިއެވެ. “އައި ވޯސް ވޮރީޑް މިޔަދު..” އަހަރެން ކައިރިން ދިޔަ ވެއިޓަރ އެއް ސާރވް ކުރަމުން ދިޔަ ނޮން އަލްކަ ހޯލިކް ބެވެރެޖް ތަށި ތަކުން ތައްޓެއް ނަގަމުން ބުނެލީމެވެ. ” އެ ކޮން ކަމަކާ..” ނަޝީ އަހައިލިއެވެ.

“އަހަރެން ހީކުރީ މި އިވެންޓްގެ ތެރޭގަ އަހަރުމެންގެ ކައިވެނިވެސް އިޢުލާން ކުރާނެކަމަށް.. އެހެން ވި ނަމަ ވަރަށް ސަކަރާތް ވީސް..” އަހަރެން ހިތުގައި އެނބުރި އެނބުރި ހުރި ވާހަކައެއް ނަޝީއާއި ޙިއްސާ ކޮށްލީމެވެ. “ނަޝީ އެއް ނުބުނަންތަ ޑޭޑް ކައިރީގައެއް މި ކައިވެނި ކުރަން އަހަރެންވެސް އެހާ ބޮޑަށް ބޭނުން ނުވާ ވާހަކަ އެއް..؟” ނަޝީ އެހެން ބުނެފިއްޔާ ފަހަރެއްގައި ޖައުފަރުވެސް އެކަމާ އިތުރަށް ވިސްނައި، ޚިޔާލު ބަދަލު ކޮށްފާނެ ކަމަށް ބަލައި އަހަރެން އަހައިލީމެވެ.

ނަޝީގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. މަޑު މަޑުން އިސް ޖަހައިލިއެވެ. “އަހަރެން ނުބުނެ ހުންނާނެތަ..” ނަޝީ އެތަނާއި ދުރަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. “އަހަރެން ވަރަށް އާދޭސް ކުރިން.. އަހަރެން ކައިވެނި ކުރަން ބޭނުންވަނީ ޑޭނީއާއި އޭ ވެސް ބުނިން.. ޝޯން ވެސް މިކައިވެންޏާ އެހާ ގަބޫލެއް ނޫނޭ ބުނީމައި ބުނަނީ ތީ އަދި ކުޑަ ކުދިންނޭ.. ބޮޑެތި މީހުން ނިންމާ ނިންމުންތަކަށް ގޮތް ކިޔާކަށް ނުޖެހޭނެޔޭ.. މިކައިވެނި ކުރެވޭނެޔޭ..” ނަޝީ އެހެން ބުނުމުން އަހަރެންނަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އަހަރެން ނަޝީގެ އަތުގައި ހިފާލާ މަގަތަށް އަނބުރައިލީމެވެ. “ނުބުނަންތަ ނަޝީ ޑޭނީގެ ދަރިއަކަށް ބަލިވެ އިން ވާހަކައެއް..” އަހަރެންނަށް ކުޑަކޮށް ރުޅި އާދެވުނެވެ. އޭރު އަހަރުމެންނާއި ދިމާލަށް ބަލަންހުރި ޖައުފަރު ފެނުނެވެ. ވަގުތުން ޖައުފަރު އަތުގައި އިން ޝެމްޕޭން ތަށި އުފުލައިލަމުން ހިނިތުންވެލިއެވެ. އަހަރެންވެސް ގަދަކަމުން ހިނިތުން ވެލީމެވެ.

އަހަރެން ބުނި އެއްޗަކުން ނަޝީއަށް އަސަރު ކުރިއެވެ. ނަޝީއަށް ކުރެވިފައިވާ ފާފައިގެ ވާހަކަ އިރުއިރުކޮޅާ އަހަރެން ނަޝީއަށް ހަނދާން އާ ކޮށްދޭން ޖެހޭހެއްޔެވެ؟ ނަޝީގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމުން މަޑުމަޑުން ޓިޝޫކޮޅަކުން ފުހެލައި ރީތިކޮށްލިއެވެ. “ޝޯން.. އަހަރެންނަކަށް.. އަހަރެންނަކަށް ނުކެރޭނެ..” ނަޝިގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ވިއެވެ. “އަހަރެން ކޮން މޫނެއް ދައްކާނީ.. މާމަ އަށް އެނގިއްޖިއްޔާ އަހަރެން މޮޔަކޮށްލާނެ..” ހާސްވެފައި ހުރެގެން ނަޝީ ވާހަކަ ދެއްކިއެވެ.

“ނަޝީ.. ތިކަމާ ނަޝީ މިހާރު ކުރިމަތި ނުލައިފިއްޔާ ފަހުން ނިކުންނަ ނަތީޖާ މާ ހިތިވެދާނެ.. ނަޝީގެ ބަނޑުން އެނގެން ފެށުމުގެ ކުރިން އަހަރެންނަށް ފެންނަނީ ބައްޕައާއި ވާހަކަ ދައްކައިގެން ޑޭނީއާއި އިނދެވޭތޯ ބަލަން..” އަހަރެންނަށް އެއްގޮތަކަށް ވެސް ނަޝީއަށް އެކަމާއި ކުރިމަތި ނުލެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

ހުރިހައި މޮޅެއްވެސް ނުލިބޭނެތާއެވެ. ދެންވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއްޖިއްޔާ ހަގީގަތާއި ކުރިމަތިލައި ކަންތައް ވީ ގޮތް ކިޔައި ނުދީ ކުރިއަށް ދެވޭނެ ހެއްޔެވެ؟ އަހަރެންވެސް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ.

“އަހަރެންނަށް ވަރަށް ރަނގަޅު ނަޝީ މި ވާހަކަ ބައްޕައާއި ހަމައަށް ގެނެސް މި ކައިވެނި ވެވުމުގެ ކުރިން ހުއްޓުވިއްޔާ..” އަހަރެން ނަޝީއާއި ނަޒަރު ހަމަކޮށްލަމުން ވާހަކަ ދެއްކީމެވެ. “އަހަރެންގެ އަނގައިން ނަޝީއޭ ކިޔައިގެން މި ވާހަކަ ބުނަން ވެއްޖިއްޔާ ވަރަށް ހަޑިވާނެ.. އަނެއްކާ ދެޢާއިލާ ދެމެދު މައްސަލަތައް ޖެހި ނަޝީގެ ޢާއިލާގެ އަގު ވެއްޓޭނެ.. މިހުރިހާ ކަމެއް، ރަނގަޅު ކުރެވެން އޮތީ ނަޝީއަށް.. ދެންވެސް ރަނގަޅު ނިންމުން ނިންމާ މިއަށްވުރެ ލަސް ނުވަނީސް..!” އެހެން ބުނެފައި އަހަރެން ފަސްދީ ހިނގައިގަތީމެވެ. އޭރު ނަޝީ ބުނާނެ އެއްޗެއް ނޭނގިފައި އިސްޖަހައިގެން އިނެވެ.

އޯޕަނިންޑޭގެ އިވެންޓް ތައް ބެހިގެން ދިޔައީ ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކަށް ދިޔައީ އައުޓް ޑޯ ބާރބެކިއު އެކެވެ. އެ އިވެންޓަށް ހޮޓެލްގެ ބިއްދަށު ފަރާތުގައި އޮތް ހުސްބިން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ. ބަރބެކިއު ގްރިލް ތަކާއި އެކި ވައްތަރުގެ މީޓް ތަކާއި ސްޕައިސްތައް އަދި ބޭނުންވާ އެހެން ސާމާނު ލިބޭގޮތް ހަމަޖެހިފައި ހުއްޓެވެ. އަމިއްލަޔަށް ބޭނުން އެއްޗެއް ނެގުމުން އެއެއްޗެއް ވަގުތުން ބާބަކިއު ކޮށްފައި ސްކައިޕިޔާގެ މޮޅެތި ކައްކާއިން އެމީހަކަށް ސަރވް ކުރަމުން ދިޔައެވެ. ދެވަނަ ބަޔަކަށް އޮތީ މެންދުރު ކެއުމަށް ފަހު އޮތް ޓްރެޜަރ ހަންޓިން އެކެވެ. މިކަމަށްވެސް ވަނީ ވަކި ހިސާބެއް ތައްޔާރު ކުރެވިފައެވެ. ކަނޑުފޭރޭމީހުންގެ އެކިއެކި ނިޝާން ތަކާއި ކުރެހުންތަކުން ފަރުމާ ކޮށްފައި ވާއިރު މުޅިން އެހެން ރަށެއްހެން އެ ސްޓޯލް ހީވެއެވެ. ތިންވަނަ ބަޔަކަށް އޮތީ ރޭގނަޑުގެ ކެއުމަށް ފަހު އޮންނަ ލައިވް މިއުޒިކެވެ. އޮސްޓްރޭލިޔާގެ މަޝްހޫރު ބޭންޑް ތަކުގެ ރީތި ލަވަތައް މި ޝޯގައި އިވިގެންދާނެއެވެ.

މެންދުރުގެ ކެއުމަށް އަހަރެންނަށް ބައްޕައާއި މަންމައާއި އެކު ބައްދަލުވިއެވެ. އަހަރެމެން ތިބީ އެއް މޭޒެއްގެ ދޮށުގައި ކެއުމަށް އިންސާފު ކުރާށެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒު ދޮށުގައި އައިޝާދައްތަގެ ފެމެލީ އާއި އެކު އަޔާން އާއި ޒާނިޝް ވެސް އިނެވެ. އަދި ބަކުރުބެގެ ދެމަފިރިންނާއި ޝާޔާވެސް އެ ދިގު މޭޒު ދޮށުގައި އިނެވެ. އަހަރެން މިކަހަލަ ފުރުޞަތެއްގެ އިންތިޒާރުގައި ހުންނަތާވެސް ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އަހަރެން ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކާލަން ބޭނުން ވެފައި ހުރުމުންނާއި އެކު އެއްފަހަރު މަންމައަށް އަނެއްފަހަރު ބައްޕައަށް ބަލައި ލެވެއެވެ. ނަމަވެސް ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި އިނީމެވެ. މަންމައަށް ވެސް އެކަން ފާހަގަ ކުރެވުނު ނަމަވެސް އަހަރެން އިސްނަގައިގެން ބައްޕަ ގާތުގައި އެވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.

“ޔޫ ލުކް ލައިކް ޔޫ ވޯންޓު ޓޯކް އެބައުޓް ސަމްތިން..؟ ސަން.. ޓެލްމީ.. ކޮން ވާހަކައެއް ދައްކާލަން ބޭނުންވެފަ ތިއިނީ..” އަހަރެން ހީކުރީ ބައްޕަ އަހަރެންނަށް އެހާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ. އެކަމަކު ބައްޕަ ހިނިތުންވެލަމުން އަހަރެންނާއި ނަޒަރު ހަމަކޮށްފައި އެހެން ބުނުމާއިއެކު ބައްޕައަށް ވެސް އަހަރެންނަށް އައި ބަދަލު ފާހަގަ ވީކަން އެނގުނެވެ. އަހަރެންނަށް އިސް ޖަހައިލެވުނެވެ.

“ޑޭޑް.. އެބައުޓް ދަ މެރިއޭޖް.. މިއަދުވެސް ނަޝީއާއި ދިމާވެގެން ވާހަކަ ދައްކާލިން.. ކުރިންރޭ ވެސް ނަޝީ އޮތީ ބުނެފަ ނަޝީ އެހާ ގަބޫލު ކައިވެންޏެއް ނޫނެކޭ މިއީ.. ނަޝީ ގެ އެހެން ލޯބިވެރިޔަކު ވެސް ހުރޭ.. އެހެންވީރު މި ކައިވެނި ކުރުން މީ ރަނގަޅު ގޮތަކަށް ވާނެތޯ..؟” އަހަރެންގެ ވާހަކަ ނިންމާލަމުން އިސް އުފުލައިލީމެވެ. އޭރު ބައްޕަ ލުއި ހިނިތުން ވުމަކާއިއެކު އަހަރެންނަށް ބަލައިގެން އިނެވެ. މަންމަ ގްރީން ޓީ ތަށިން ފޮދެއް ބޮއިލިއެވެ.

“އިޓް ޑަޒްންޓް މެޓަރ ސަން.. ދަރިފުޅަށް ނަޝީ ކަމު ނުދަނީތަ..؟” ބައްޕަގެ ސުވާލުން އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގި އިނދެ ބޯ ހޫރާލެވުނެވެ. “އެކަމަކު.. އަޅުގަނޑަށްވެސް ކަމުދާ ކުއްޖެއް އެބަހުރި.. އަޅުގަނޑުވެސް ނަޝީއާއި އެކު ކައިވެންޏަކާއި ހަމައަށް ދާން ބޭނުމެއް ނޫން..” ވަރަށް ހިތްވަރު ކޮށްފައި އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބައްޕަގެ ކުރިމަތީގައި ހާމަ ކުރީމެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހޭކަމެވެ. ބައްޕައަށް އެކަން ކުރިންވެސް އޮތީ އެނގިފައި ކަހަލައެވެ. އަހަރެން މަންމައަށް ބަލައި ލީމެވެ. މަންމަ އަނަގައިން ނުބުނެ އިނުމުން އެވާހަކަ ބައްޕައާއި ހަމައަށް ގެނެވިފައި ވާކަން ދޭހަވިއެވެ.

“ދަރިފުޅާ.. ލުކް އެޓް ދަ ބިގް ޕިކްޗަރ.. މިކައިވެނީގެ ސަބަބުން މި ދެ ކުންފުނި އެއް އާއިލާއަކަށް، އެއް ފެމެލީ އަކަށް ވެގެންދާނެ.. ލުކް އެޓް ދިސް ޕްލޭސް.. ދިސް އިޒް ދަ ފިއުޗަރ.. ބައްޕަ އަތް ފުޅާކޮށްލަމުން ފަޚުރުވެރި ވެލާފައި ބުނެލިއެވެ. މިއީ ކިހާ ބޮޑު ކާމިޔާބީއެއްކަން ދަރިފުޅަށް އެނގޭތަ.. މި ދެކުންފުނި އެކީގައި ކުރިއަށް ދަންޏާ މިއީ އިންޓަރނޭޝަނަލް ބްރޭންޑަކަށް ވެގެންދާނެ.. އެހެންވީ އިރު ޖައުފަރު މެން ކަހަލަ ބަޔަކު މިކަހަލަ އޮފަރ އެއް ކޮށްފައި އޮއްވައި، މި ދެޢާއިލާގެ ގުޅުން ބަދަހިވާން އޮއްވައި، އެ އޮފަރ ރިޖެކްޓް ކުރާކަށް ނުވާނެ.. ޓު ބީ ސަކްސެސްފުލް، ސަމްޓައިމްސް ޔޫ ނީޑް ޓު މޭކް ނެސެސަރީ ސެކްރިފައިސެސް..” ބައްޕަ އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަހަރެންނަކަށް އެވާހަކަތައް އަޑު އަހާކަށް އެހާ ފަސޭހައެއް ނުވިއެވެ.

“އަޅުގަނޑަށް ހީވަނީ ބޭބެއާއި މިކައިވެނި ކުރުވިއްޔާ މާ ރަނގަޅުވާނެހެން އަޅުގަނޑާއި ކައިވެނި ކުރުވުމަށް ވުރެ..” އަހަރެންގެ ހިތުގައި ވަރަށް ކުރިންސުރެ އުފެދިފައިވާ ވާހަކައެއް ބުނީމެވެ. ބައްޕަ ޖަހައިލީ ހިނިގަނޑެކެވެ. އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. ދަރިފުޅަކަށް ނޭނގޭދޯ.. ބޭބެ އިންނަން މިހާރު ހުރީ ކުއްޖަކު ހޯދައިފަ.. ވީ ވޯންޓެޑް ޓު ގިވް ޔޫ އަ ސަޕްރައިޒް..” ބައްޕަ އެހެން ބުނުމުން އަހަރެން އިތުރަށް ކަރު އެލޭ ގޮތް ވިއެވެ.

“ކިހާ ފައިސާއެއް އެކުއްޖާއަށް ދިނިއްޔާ މިކައިވެންޏަށް ދަރިފުޅު އެއްބަސް ވާނީ.. އޭރު މި ކައިވެނިވެސް ކުރެވުނީ، އެމީހުންނަށް ވެސް ދުވަހަކު ހުވަފެނުން ނުފެންނަހާ މުދަލާ ފައިސާ ލިބުނީ.. އިޓްސް އަ ވިން – ވިން..” ބައްޕަ ވަރަށް ހަމަޖެހިލާފައި އެހެން ބުނި ނަމަވެސް އެބުނި އެއްޗަކާއި ދޭތެރޭ އަހަރެން ހިތްހަމަ ނުޖެހުނެވެ.

“ޝާހިދު..” މަންމަ ބައްޕައަށް އެބުނެވުނީ ބުނަން އެންމެ ރަނގަޅު އެއްޗެއް ނޫންކަން ހަނދާން ކޮށްދިނެވެ. ކޮންމެ އެއްޗަކީ ވެސް ބައްޕައަށް ވިޔަފާރިއެއް ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމާއި އަހަރެންގެ ހިތުގައި ޝާޔާގެ މައްޗަށް އުފެދިފައިވާ ލޯބި އެއީ އަހަރެން ފައިސާއަކަށް ވިއްކާލާނެ އެއްޗެއް ނޫނެކެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލައިލީ ނުރުހުންވެ ހުރެއެވެ. ބައްޕަ ބޭރަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ލުކް.. ދަރިފުޅު މީހަކާ އިނދެގެން މި ޢާއިލާއަށް ގެންނައިރު، އެއީ ކިހާ ފެންވަރެއްގެ ޢާއިލާއެއްގެ ކުއްޖެއްތޯ ބަލަންވާނެ.. އަދި އަމުދުން ޖައުފަރުގެ ހުށަހެޅުމެއް އޮއްވަ އެހެން ގޮތަކަށް ނިންމަންވާނީ އެއަށް ވުރެ ރަނގަޅު ނިންމުމެއް ކަމަށް ވަންޏާ.. އެހެންނޫނީ މިޢާއިލާއަށް ހުތުރު ނަމެއް ލިބިދާނެ.. އަނެންކާ މި ދެ ޢާއިލާ ދޭތެރޭގައި އޮތް ރަހުމަތްތެރިކަމަށް ބުރޫ އަރާފާނެ..” ބައްޕަ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން އެހެން ބުނިއިރު މަންމަ އިނީ އިސް ޖަހައިގެންނެވެ. އަހަރެންނަށް އެތާނގައި ކެތް ކޮށްލެވެނީ ހަމަކިރިޔާއެވެ. އަތް ފޮޅާލާފައި ތެދުވެގެން ދާން ކިތަންމެ ފަހަރަކު ހިތަށް އެރި ނަމަވެސް ޝާޔާ އިނީ އަހަރެންނަށް ބަލަން ކަމަށްވާތީ އަހަރެންގެ އެންމެ ހަރަކާތަކުންވެސް ބައްޕައާއި ދެމީހުން ކަމަކާއި ދެބަސްވިކަން އަންގާކަށް ބޭނުމެއް ނޫނެވެ. އެހެން ކަމުން އަހަރެން ގަދަކަމުން ހިނިތުންވެލާފައި ބައްޕައަށް ބަލައިލީމެވެ. އަދި މަޑުމަޑުން ގޮނޑިން ތެދުވެގެން ޝާޔާއަށްވެސް ހިނިތުން ވެލުމަށްފަހު ކާގެއިން ނިކުމެގެން ދިޔައީމެވެ. އަހަރެން ކަންތައް ކުރިގޮތުން މަންމަވެސް ހުރީ ހައިރާންވެފައެވެ. އެއީ އަހަރެން ޝާޔާދެކެ ވާ ލޯބި މަންމައަށް ރަނގަޅަށް އެނގޭނެތީއެވެ. އެކަމަކުވެސް އަހަރެން އެހާ ކެތްތެރި ވެފައި އެތާ ތިބި އެންމެންގެ ކުރިމަތީގައި ސީން އެއް ކްރިއޭޓް ނުކުރީމައި މަންމަ އިނީ ހިތްހަމަ ޖެހިފަކަން އެނގެއެވެ.

އަހަރެން ދިޔައީ ލިފްޓަށް އަރައިގެން ކޮޓަރިއަށެވެ. ހިތުގައި ގިނަވެފައި ވާ އުދާސްތައް ބޭރޮކޮށްލަން އަހަރެން ބޭނުމެވެ. އަހަރެން ގޮތް ހުސްވާން ކައިރި ވަނީއެވެ. ބައްޕައަށް އަހަރެން މިކައިވެނި ކުރަން ބޭނުން ނުވާ ކަން އެނގުނީމައި ވެސް އެކަމަށް ބާރުއަޅާތީ އަހަރެން ބައްޕަދެކެ ފޫހިވާގޮތް ވިއެވެ. އަހަރެން ދެން ހަދާނީ ވަކި ކިހިނެއް ހެއްޔެވެ؟ އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. ހިތުގައި ގިނަވެފައި ހުރި އުދާސްތައް ކަރުނައިގެ ސިފާގައި އަހަރެންގެ ލޮލުން ފައިބަން ފެށިއެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު އިޝީގެ ކޯލެކެވެ. އަވަހަށް ކަރުނަތައް ފޮހެލާފައި ފޯނު ނަގާ ކަންފަތުގައި ޖައްސައިލީމެވެ.

“ހޭ ޝޯން.. ދެއަރ އިޒް ސަމްތިން ރިއަލީ ރޯންގް ހިޔަރ.. ” އިޝީގެ އަޑުގައި ވަނީ ހައިރާންކަމެވެ. “ވަޓް ހެޕެންޑް..” އަހަރެން ވެސް ކަންބޮޑު ވިއެވެ.. “އަނެއްކާ ކިހިނެއްވީ.. އިޝީ.. ޔޫ އަރ ފްރީކިން މީ އައުޓް..” އަހަރެން އެނދުން ތެދުވެ އިށީންނަމުން ބުނެލީމެވެ.

“ޖައުފަރަކީ ޖުވެލްސްގެ އޯނާރ އެއްނު..؟” އިޝީ ސުވާލު ކުރިއެވެ.

“ޔެސް ހީ އިޒް..! ބަޓް ޓެލްމީ އެބައުޓް ރަޝީދު..” އަހަރެން މިހާރު އަޑުއަހަން ބޭނުންވަނީ އެ ޖައުފަރުގެ ވާހަކައަކަށް ވުރެ ބޮޑަށް ޝާޔާގެ ބޮޑުބޭބެގެ ވާހަކައެކެވެ.

“ދެޓްސް ދަ ޕްރޮބްލަމް.. ރަޝީދުގެ ހުރިހާ ފަރުވާއަކަށް އެ ހޮސްޕިޓަލަށް ފައިސާ ދައްކާ ކަންތައް ކުރަނީ ޖައުފަރު!..”

“ވަޓް…!” އަހަރެންނަށް ލިބުނު ޚަބަރުން ބޮލަށް އެނބުރުން އެރިއެވެ.

“ވަޓް ދަ ހެލް އިޒް ގޮއިންގް އޮން؟؟؟” އަހަރެންނަށް ވާ ނުވާ ނޭނގިގެން ސުވާލުތަކުން ބޯ ފުރިގެން ދިޔައެވެ. “ރަޝީދާއި ޖައުފަރާއި އޮތީ ކޮން ގުޅުމެއް؟.. އެއީ ވަށަފަރު މީހެއްނު؟ އެހެންވީރު އޭނައަށް ޖައުފަރު ހަރަދު ކުރަންވީ ކީއްވެތަ؟.. ދިސް އިޒް ކްރޭޒީ.. ނޯ ނޯ ނޯ ނޯ.. އައި ކާންޓް ޕްރޮސެސް..” އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓުނެވެ.

-ނުނިމޭ-

 

P.S. ގުޑޫގެ އާ ކުރުވާހަކައެއް ބްލޮގްގަ މިހާރު އިންނާނެ.. ދޯކާ ކިޔާ ވާހަކައެއް.. ބަޓް އެއީ 18+ ވާހަކައެއް.. އެހެންވީމަ އެވާހަކަ ކިޔަން ވާނީ އެކަން ދަނެގެން.. އެއްވެސް ޙާލެއްގަ ވާހަކައިގެ މަޤްސަދަކީ ވާހަކައިގެ އެކުލެވިގެންވާ އެއްވެސް އަމަލެއް ޕްރޮމޯޓް ކުރުމެއް ނޫން.. ވާހަކައިގެ މައިގަނޑު މެސެޖަކީ “އެހެން މީހަކަށް ލަނޑެއް ދިނުމަށް ގަސްތުކޮށް ކުރާ ކަމަކުން އަމިއްލަ ލޮލަށް އެ ފޭހުނު އިލޮށި ވަދެވެސް ދާނެއޭ..” އެހެންވީމަ އެ ވާހަކަ ކިޔާލާ ހިތްވާ ކުދިން (މިހާރު އަދި ނުކިޔާ ކުދިން) މި ލިންކަށް ފިތާލީމައި ނިއު ޓެބް އެއްގަ އެ ވާހަކަ ހުޅުވޭނެ.. ހޭވް އަ ގުޑް ޑޭ.. 🙂

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. GuDuMeena

    Hope u like this part too.. 🙂

  2. maash

    Haadha kurey! V nice but Next part dhigukohgenesdhehchey plz plz

    1. GuDuMeena
      maash

      Mi part aanmukoh Gudu liyaa part thakah vure dhigukoh mi genes dhinee..
      any way Thanks.. 🙂

  3. Reader

    As a reader im first dhw!!!!! 😀 n mi part v v v v reethi

    1. GuDuMeena
      Reader

      Thanks Reader.. 🙂

  4. aish

    Gud ane part ah v inthixaaruga hurin. Mi part kiyaa hithun miadhu hedhunun sure gadiaku 6 faharu checke kole vunu

    1. GuDuMeena
      aish

      OMG.. u did?.. sorry to keep u waiting for that long.. ?

  5. GuDuMeena

    Guys the link I have provided will not be working for time being.. Try the link tomorrow..
    Actually the traffic exceeded the limit given as the blog is free hosted.
    Thank u for understanding.
    🙂

  6. ishii

    New vaahaka inee khon site ay ga tha

    1. GuDuMeena
      ishii

      gudu.esy.es ga.. bt miyadhu nuveh vadheveyne. try tomorrow..

  7. Hi

    E link ah fihtheema arany ehen ehcheh. Ekeevve ali gudhurathullah

  8. Hi

    Hmm. Ehendhw e vAny. I commentthah nubala comment Kureema veegoi e . Sorry GuDu..

    1. GuDuMeena
      Hi

      ehehe.. Its no prob.. Thank u.. 🙂
      Try tomorrow ingey..

  9. Faya

    Link dosent work

  10. Ary

    Warah reethi

  11. Hi

    ekeeve maadhamAA Ray thibuny? Alhey. Mirey nuvaanetha GuDuuuuu. Link heck kohleetha?

    1. Vinaashaa
      Hi

      Ey e site ah power kuraa site ge mahsala eh.. esfiya ah ves baeh faharu nuvadheveny mi site ah power kuraa site eh ge mahsala akun.. baeh website thah hurey e website akun ehen websites thah hedhey.. egothah hadhaafa hunna sites thakuga baeh faharah jeheyne mahsala thah. ehbai faharah nuhulhuvun kahala.. ey komme hen hack kohfa hureema dhimaavaa mahsala eh noon..
      Hack kohfa huhtas vadhevidhaane site ah. account ah ves.. ekamaku thima ah neygi thimaa ge ehchehi upload vun kahala kanthah vaane. adhi delete vun kahala..
      ?

    2. Fan
      Hi

      anekka free koh hulhuvaafa hunna website thakah hunnaane 24 hrs thereyga vaki limiteh dheefa vaki adhadhakah trafic libunyma vaguthy gothun site down vaane.. anekka vx aneh dhucahu vadhe veynee
      vedhaane ehen vefa kamah vx dho Gudu?

  12. sweety

    mi part ves v salhi.. dhivehi vaahaka hunna ithuru site eh bune deybala…. gudu keep it up..

  13. Fan

    Mihaaru e link work kurey eba 😀

  14. Bug

    Link still not working

    1. GuDuMeena
      Bug

      Actually as it is a free blog I have limited visitors allowed every 24hrs.. Like Fan said, So even today that limit has exceeded. Thank u all for ur profound interest and support to my stories and countless visits.
      To be honest roughly 600 visitors are allowed per 24 hrs.. and that limit has exceeded today roughly around 2.30pm.. so anyone tried that link would be redirected to hostinger webpage. So I would recommend to visit as early as possible..
      In Sha Allah in the future I would upgrade the blog to get more bandwidth to allow more visits.
      So Im sorry for the inconvenience and thank u for ur support. ? ❤?

  15. Me

    Gudu. Kobr next part

  16. aish

    Gudu next part plx

Comments are closed.