Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ފަނަރަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 24, 2015 9 Mins Read
25 Comments

ދަތްކުނޑި ވިކައިގެން ހުރެ ވާހަކަ ދައްކަމުން އައި ނާއިފްގެ ވާހަކަ މެދުކަނޑާލީ ފަޔާޒުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފަޔާޒް އޭނާގެ ޖީބުން ފޯނުނަގާ އަވަހަށް އެކޯލަށް ޖަވާބުދިނެވެ.

“ސަރ…. ޝިޔާނާ ހޭ އަރައިފި….” އެކޮޅުން ވާހަކަ ދެއްކީ އައިންތުއެވެ.

ސާނިޔާގެ ދުލުން…..

ފަޔާޒަށް ލިބުނު އުފަލާއި ހައިރާން ކަމާއި އެކު އަހާލެވުނެވެ. “ކީކޭ އައިންތޫ…. މިހާރު ޝިޔާނާ ރަނގަޅުތަ؟… މަށަށް ވާނުވާ އަންގަމުން ދާތި….”

“ސަރ… ޝިޔާނާގެ ހާލު މުޅިން ރަނގަޅެކޭވެސް ނުބުނެވޭނެ….. ޑޮކްޓަރުން އަންގަނީ ވީ އެންމެ އަވަހަކަށް ސިކުނޑީގެ އޮފަރޭޝަނެއް ކުރުމަށް…. އެއީ ދެން މިކަމަށް އޮތް އެންމެފަހުގެ ހައްލަކީ… ނަމަވެސް އެއީ 50/50 ގެ އޮޕަރޭޝަނެއް…..” އައިންތުގެ މި ވާހަކަތަކުން ފަޔާޒަށް ލިބެމުން އައީ ވޭނާއި ހިތްދަތިކަމަކެވެ.

“ޑޮކްޓަރ އަމީލިޔާއާ ވާހަކަ ދައްކާފަ މިކޮޅުން ފޮނުވަން ޖެހޭ ހުރިހާ ލިޔެ ކިޔުންތަކެއް ހަމަޖައްސާނަން… ފަރުވާ ކުރިއަށް ގެންދޭ…. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ….” ފަޔާޒު ފޯނު ކަނޑާލިއިރު އޭނާ ހުރީ އިންތިހާއަށް ބިރުގެންފައެވެ. ޝިޔާނާގެ މޫނު ދެކިލަން ބޭނުން ވެފައެވެ. މިވަރުގެ ބޮޑުކަމަކާއި ޝިޔާނާ ކުރިމަތިލަމުން ދާއިރު ފަޔާޒު ބޭނުންވަނީ ޝިޔާނާއި އެންމެ ގާތުގައި ހުންނާށެވެ. މިހާރު ޝިޔާނާގެ ކުށެއް ނެތްކަން ފަޔާޒަށް ވަނީ ޔަޤީންވެފައެވެ.

ފޯނު ކަނޑާލުމަށް ފަހު އައިންތު ބުނި ވާހަކަތައް ނާއިފަށް ފަޔާޒު ކިޔައިދިނެވެ. އަދި ހަމަ އެވަގުތު ނާއިފު ޑޮކްޓަރ އަމީލިޔާއަށް ގުޅާލީ ލަންކާގައި ކުރަން އެއުޅޭ އޮޕަރޭޝަން އަވަސް ކުރުމަށް މިކޮޅުން ކުރަންޖެހޭ ހުރިހާ ކަމެއް ލަސްނުކޮށް ނިންމުމުގެ ބޭނުމުގައެވެ.

ޑޮކްޓަރ އަމީލިޔާއާ ވާހަކަ ދައްކަމުން ދިޔަ ވަގުތު ފަޔާޒް އަތް ނަގާ ބޮޑުތަކުރުފާނު މަގުން އެވަގުތު ދިޔަ ހުސް ޓެކްސީއެއް ހުއްޓާލިއެވެ. ދެން އެމީހުންގެ އަމާޒަކަށްވީ ހުޅުމާލެއަށް ދިއުމެވެ.

*** *** *** *** *** ***

“ސާނިޔާ….. ސާނިޔާ…” ގޮވާލި އަޑުއިވުމުން ސިހިފައި ސާނިޔާ ބަލާލިއިރު އޭނާގެ ކުރިމަތީގައި ހުރީ ސާނިޔާމެން މަސްތުގައި ތިއްބާ ހައްޔަރުކުރި ފުލުހުންގެ އޮފިސަރެއް ކަމަށްވާ ރިފްދާއެވެ.

“ސާނިޔާ…. މީ ކުރިން ސާނިޔާ އުޅުނު ގޮތެއް ނޫން… ކީއްވެ އެހާ ފަސޭހައިން މިހާބޮޑު ޗޭންޖެއް ތިއައީ؟….” ރިފްދާ ހުރީ އޭރު ކުށްވެރިންނާ ސުވާލުކުރަން ހަމަޖައްސާފައިވާ މޭޒު ދޮށުގައި ސާނިޔާއި ކުރިމަތިވާގޮތަށެވެ.

ސާނިޔާގެ ކަޅި އަމާޒުވީ އެވަގުތު އެކޮޓަރިއަށް އިތުރު ފައިލްތަކެއް ހިފައިގެން އައި ރީޝާއި ޒިދްނާއާ ދިމާލަށެވެ. “އަބަދު އެއްގޮތަކަށް އުޅޭކަށް ނުވާނެ….. މީ ވެސް އަހަރެމެންނާ އެކީ އުޅުނު ބައެއް…. މީނަ ހުންނަނީ މަތީނާ ހެދި މޮޔަވެފައި… ހޭބަލިވެފަ…. ކަލޭ މަސްތުވާ އެއްޗެއް ބޭނުން ނުކުރަންތަ؟…. ކަލޭވެސް އެ ގެސްޓް ހައުސަށް ދިޔައީމެއްނު…” ސާނިޔާގެ ވާހަކަތައް އަމާޒު ކުރަމުން ދިޔައީ ޒަހާއަށެވެ. އަޑުގައިވަނީ ރުޅިވެރިކަމެވެ. ޒަހާ ފެނުމުން ސާނިޔާގެ ލޭ ކެކިގެން ދިޔައެވެ.

“ސާނިޔާ… ހަމަޖެހިބަލަ…. މީ އަހަރެމެންގެ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ބައެއް…. މި މީހުން މަތީނުމެންގެ އޮފީހަށް ފޮނުވީވެސް އަހަރެން…… ދެން ސާނިޔާ ތެދު ބަހުން ވާހަކަ ދެއްކުން ރަނގަޅުވާނީ… މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން އަހަރެމެންނަށް އިނގޭ…” ރިފްދާ ސާނިޔާގެ ފަރާތުން ޖަވާބެއް ލިބޭތޯ ވާހަކަ ދައްކަމުން އައީ ވަރަށް މަޑުމައިތިރި ކަމާއި އެކުގައެވެ. ޒަހާމެންނަކީ ފުލުހުންގެ ބައެއްކަން އެނގުމުން ސާނިޔާ ހުރީ އަޖައިބުވެފައެވެ.

ސާނިޔާގެ ދެލޯބޮޑުވީ އެމީހުން އެދެއްކި ވާހަކަ ތަކުން ސާނިޔާގެ ހިތުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތައް ފުލުހުންނަށް ފަޅާ އަރާފާނެތީއެވެ. ސާނިޔާގެ ދުލުން ބަހެއް ބޭރު ނުވުމުން ރިފްދާ އެނާގެ ޓެބްލެޓްނަގާ ސްކްރީން ހުޅުވާލުމަށްފަހު ވީޑިޔޯއެއް ޕްލޭކޮށްލިއެވެ.

އެ ވީޑިޔޯ ބަލަންހުރި ސާނިޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހުރިހާ ސިއްރެއް އެއްފަހަރާ ބޭޒާރު ވަނީއެވެ. ވީޑިޔޯ ކްލިޕް ނިމުމުން ސާނިޔާގެ ކުރިމަތީގައި ބޭއްވީ 1 ފޫޓުގެ ބޮޑު ވަޅީގެ ފޮޓޯއެވެ. ސާނިޔާގެ ހިތް ތެޅިގެންލެއް ބާރުކަމުން ހީވީ މޭ ފަޅާފަ ނުކުމެ ދާނެ ހެންނެވެ.

“މި ވަޅީގައި ސާނިޔާގެ އިނގިލީގެ ނިޝާން ފެންނަން އެބަހުރި…. ކުށެއްނެތް ސާނިޔާގެ ދައްތައަށް މިކަމުގެ އަދަބު ދޭން ސާނިޔާ ބޭނުންވަނީތަ؟….” ރިފްދާގެ އަމާޒު ވަރަށް ސީދަލެވެ.

ހާސްވެ ހަށިގަނޑަށް ތަފާތު އުނދަގޫތަކެއް ކުރަމުން ދިޔަ ސާނިޔާ އޭނާގެ ބިޑި އަޅުވާފައިވާ ދެ އަތުގެ ނިޔަފަތިތަކުން ލައިގެން ހުރި ޖިންސު މަތިން ފައިގެ ކަށިމަތި ކަހަން ފެށިއެވެ. އޭނާއަށް އުނދަގޫވާ ވަރަށް ހަށިގަނޑު ދަލުން ތެމި ފޯވާން ފަށައިފިއެވެ. ކުރުކޮށް ކޮށާފައިވާ އިސްތަށިތަކުގެ ކޮޅުތައް ތެމިގެން ކަނދުރާގައި ތަތްލާފައި ހުއްޓެވެ. މިހެން ވާނެ ވާހަކަ މާކުރިންވެސް ރިފްދާ ގާތު ޒަހާމެން ވަނީ ބުނެފައެވެ.

މަސްތުވާ ތަކެތި އާންމު ގޮތެއްގައި ބޭނުން ކޮށްކޮށް ހުރި ސާނިޔާއަށް އެ ތަކެތި ނުލިބި ތިން ދުވަސް ވީ އިރު މީހާއަށް އެކި ކަހަލަ އުނދަގޫތައް ވާން ފަށައިފިއެވެ. މި ވަގުތަކީ އޭނާގެ ފަރާތުން މި ކަމުގައި ހޯދަން ބޭނުންވާ ހުރިހާ ޖަވާބެއް އެންމެ ފަސޭހައިން ހޯދޭނެ ވަގުތުކަން ރިފްދާއަށް އެނގުމުން ދެވަނަ ފަހަރަށް ސުވާލު ކޮށްލިއެވެ. “ސާނިޔާ ދޯ މުއާޒު މަރާލީ…. މުއާޒު ސާނިޔާ ދެކެ ނުލާހިކު ލޯބިވޭ… ދެން ކީއްވެ އެހެން ހެދީ؟…”

އަދިވެސް ސާނިޔާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. ރިފްދާ މިފަހަރު ސުވާލުކުރީ ވަރަށް ހަރުކަށިކޮށެވެ. މޭޒުމަތީގައި އަތުން ބާރަށް ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ސާނިޔާ…. މުއާޒްގެ މަރުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް؟…. އަހަރެންނަށް އިނގޭ ސާނިޔާ ކުރިކަމެއްކަން… ދެން ޖަވާބު ދޭންވީނުން….. ވަކީލަކު ހޯދަން ވެސް ބުނެފިން ދޯ…. ސާނިޔާއަށް ގުޅަން ފުރުޞަތުވެސް ދީފިން…. ގުޅާނެ މީހަކު ނެތްތަ؟….”

ސާނިޔާ ދެފަރާތަށް ބޯހުރާލިއެވެ. “އަހަރެން ވަކި ގުޅާނީ ކާކަށް؟… ބައްޕައަށް ގުޅާކަށް ނުކެރޭނެ… ދެން ހުރީ ކާކު…. މަތީންވެސް…..” ސާނިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ބިޑިއަޅުވާފައިވާ ދެއަތް އެކީ އުފުއްލާލަމުން ފުހެލިއެވެ. ހީކަރުވާފައި އިން މީހެއް ފަދައިން އޭނާއިނީ ކުޑަވެލައިގެންނެވެ.

ސާނިޔާއަށް ވަމުންދާ ގޮތްތައް ފެނި ރިފްދާ ފަސްޖެހޭކަށް ބޭނުމެއްނޫނެވެ. “ދެން ބުނެބަލަ ސާނިޔާ ދޯ މުއާޒް މަރާލީ؟ މުއާޒް ސާނިޔާދެކެ އެހާ ލޯބިވާ އިރުވެސް… ސާނިޔާއަށް އެވަރުކަމެއް ކުރަން ކެރުނުބާއޭ……”

ރިފްދާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސާނިޔާގެ ދުލުން ބޭރުވި ބަސްތައް ބޭރުވީ އޭނާގެ އިޚްތިޔާރަކުން ނޫނެވެ. “އާން އާން….. އޭނަ ހުންނަނީ މަށާ އަޅައި ގެންފަ… އެކަމަކު މަށެއް ނޫޅެން…. މަ އޭނަ މަރާލީ މަތީނައްޓަކައި….” ކުއްލިއަކަށް އަނގަމަތީ އަތް އެޅުމަށް ފަހު ސާނިޔާ ރޯން ފެށިއެވެ.

“ސާނިޔާ… ނޭނގި ނަމަވެސް ތިވަނީ ގޯސް މަގު އިޚްތިޔާރު ކުރެވިފައި…. ޝިޔާނާ މި ހުރިހާ ކަމެއްގެ މެދުގައި ހުރެ ހަލާކުވެގެން ނިމިގެން އެދަނީ… މަތީނު އޭނާ ވަރިކޮށް… ދަރިފުޅު ލަންކާއަށް ބަދަލު ކޮށް… މަންމަގެ ބަލި ވާހަކަ އެނގި ޝިޔާނާ މިހާރު އެދަނީ އެކަމުގެ ހިތާމައިގައި ސްޓްރޯކް ޖެހި މަރާ ހަނގުރާމަ ކުރަމުން…..” ރިފްދާގެ ބަސްތަކުން ސާނިޔާއަށް ވަރަށް އަސަރުކުރިއެވެ.

“ނޫން ނޫން… އަހަރެން ބޭނުމެއް ނޫން ދޮންތައަށް އެހެން ހަދާކަށް….”

ރިފްދާ ސާނިޔާއަށް ހިތްވަރު ދިނުމުގެ ގޮތުން އިށީނދެގެން ހުރި ގޮނޑިން ތެދުވެ ވާހަކަ ދައްކަމުންދިޔައީ މޭޒުވަށާ ހިނގަމުންނެވެ. “ސާނިޔާއަށް އިނގޭތަ މިނޫނަސް އެހެން ދުވަހެއް ވާކަން…. މިހުރިހާ ނުބައި ޢަމަލުތައް ކޮށްގެން ކިހިނެއް ދިރިއުޅޭނީ؟…. މުސްކުޅިން ބުނެއުޅެއެއްނު ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް އޮވެޔޭ!…… ސާނިޔާއަށް އުނދަގޫވެސް ނުވަނީތަ؟… ހެއްދެވި ފަރާތް މަތިިންވެސް ހަނދާންނެތީތަ؟ މަރަކީ އަހަރެމެންގެ މުށުތެރޭގައިވާ ބާރެއް ނޫން…. މީހެއްގެ ފުރާނައާ ތި ކުޅެލީ… މުއާޒްގެ އާއިލާއަށް މިކަމުން ކުރާނެ އަސަރު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟….” ވާހަކަ ނިންމާލިއިރު ރިފްދާހުރީ ވަރުބަލިވެފައެވެ. މޭޒުގައި އަތްވިއްދާލައިގެން ހުރެ ސާނިޔާގެ މޫނަށް ބަލާލިއެވެ. އޭރު ހުއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެއިން އެންމެ ކަރުނަ ތިއްކެއްވެސް ފުހެލަން ހިތަށްނާރާ ކަހަލައެވެ.

ނޭފަތުން އަންނަމުން ދިޔަ ފެންތައް ފައިބަމުން ސާނިޔާގެ ތުންފަތާ ހަމައަށް ދިޔައިރުވެސް އޭނާގެ ހަށިގަނޑަކަށް އެއްވެސް ހަރަކާތެއް ނުގެނެއެވެ. މުޅި މޫނަށް ވަނީ ފިޔާތޮށިކުލަ އަރާފައެވެ. އެންމެ ފަހުން ރިފްދާ ފައިލްތައް ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔުމަށް ހިނގައިގަތެވެ.

ދޮރާ އަރާ ހަމަވިތަނާ އިވުނީ ސާނިޔާގެ އަޑުން އަޑުނަގާ ރޯން ފެށިއަޑެވެ. ފަސް އެނބުރި ބަލާލިއިރު އޭނާގެ ބިޑިއަޅާފައިވާ ދެއަތް މައްޗަށް އުފުލާލައިގެން ސީލިންގަށް ބަލަމުން ދިޔައެވެ. ލޮލުގެ ދެމިޔަކަނުން ކަރުނަތައް އޮހެމުން އައީ ހުއްޓުމެއް ނެތިއެވެ. އަނގަހުޅުވައިގެން ހުރެ ރޮމުން ދިޔަ އިރު އިވެމުން އައީ ވޭނީ އާހުގެ އަޑެވެ.

“ދޮންތާ…. އަހަރެންނަށް މާފު ކުރޭ….. އަހަރެންމީ ކުށްވެރިއެއް…. އަހަރެންމީ ކުށްވެރިއެއް…..” ގިސްލަމުން ސާނިޔާ ވާހަކަ ދައްކަމުން ދިޔައީ ސީލިންގްގައި ހަރުކޮށްފައިވާ ފަންކާއާއި ދިމާލަށް ބަލަން ހުރެއެވެ. އެހިސާބުން ރިފްދާ އަނބުރާ މޭޒާ ހަމައަށް އައިސް ހުއްޓުމުން ސާނިޔާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންގެ ކުށް އަހަރެން ޤަބޫލުކުރަން… އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން…” ސާނިޔާ ކަންތައް ހިނގި ގޮތް ކިޔައިދިނުމަށް އެއްބަސް ވިއެވެ.

ރިފްދާ ބަޔާން ލިޔުމަށް ލެޕްޓޮޕް މޭޒުމަތީ ބަހައްޓާ ހުޅުވާލުމަށް ފަހު ސާނިޔާގެ ބަޔާން ލިޔަން ފެށިއެވެ.

ސާނިޔާގެ ހިތުގައި ޖަމާކޮށްފައިވާ ސިއްރުތައް ގިނަވެ ބަރާވުމުގެ ސަބަބުން ދުލުން އޭގެން ބޮޑުބައި ވަނީ ބޭރުވެފައެވެ. އޭނާދެކެ ލޯބިވާ ދައްތައާއި ދޭތެރޭ އުފެދުނު ހަސަދަވެރިކަމުގެ ބަދަލުގައި މިވަރުގެ ބޮޑު ބަދުނާމެއް އެޅުވުމަށް ވުރެއް ސާނިޔާ ކޮށްފައިވާ ހުރިހާ ކުށްތަކެއް އެހިސާބުން ކިޔައިދީ އިސްލާހުވުން ވަރުގެ ރަނގަޅު ގޮތެއް ނެތްކަން ސާނިޔާއަށް ވިސްނިގެން ކަންތައް ހިނގާދިޔަގޮތް ކިޔައިދޭން ފެށިއެވެ.

*** *** *** *** *** ***

ޝިޔާނާއި މަތީނުގެ ކައިވެންޏަށް ފަހު ސާނިޔާގެ ކިޔެވުން ޣާޒީ ސްކޫލަށް ބަދަލު ކުރި ހިސާބުން ފެށިގެން ސާނިޔާގެ ކިޔެވުން އައީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ. ފުއާދާއި ވަހީދާ ދިޔައީ ސާނިޔާއި ޝިޔާނާގެ ކިޔެވުމާއި އަޅާކިޔައި ފާޑުކިޔަމުންނެވެ. މިކަންކަމަކީ ސާނިޔާގެ ހިތުގައި އޭނާގެ ދައްތައަށް ނަފްރަތާއި ހަސަދަ އުފެދެންފެށި ފުރަތަމަ ހިސާބެވެ.

މި ޒަމާނުގައި މަތީނު ކަހަލަ ފިރިޔަކު ލިބޭނީ ކިޔަވައިގެން އުޅޭ މީހުންނަށްށޭ ބުނެ މިހެން މި ދެކެވޭ ވާހަކަތަކަކީވެސް ސާނިޔާ ވަރަށް ރުޅިއަންނަ ވާހަކަތަކެކެވެ. އޯލެވެލް އިމްތިހާނަށް ފަހު ސާނިޔާ ބޭނުންވީ އަމިއްލަ ތަނަކަށް ވަޒީފާއަށް ދިއުމަށެވެ. ނަމަވެސް ޝިޔާނާގެ އެދުމުގެ މަތިން މަންމަމެންވެސް ބޭނުންވީ އާއިލާގެ ތެރޭގައި ހިންގަމުންދާ ވިޔަފާރީގައި މަތީނުމެންގެ އޮފީހުގައި މަސައްކަތް ކުރަން ދިއުމަށެވެ.

މުއާޒާއި ޝާޑުމެން ކިތެންމެ ފަހަރަކު ގެއިން ދިމާވެފައި ވީނަމަވެސް އެއް އޮފީހެއްގައި މަސައްކަތް ކުރަން ދިއުމުން އެމީހުންގެ މެދުގައިވެސް ސާނިޔާއި ދޭތެރޭ ރަނގަޅު ރަހްމަތްތެރިކަމެއް އުފެދިގެން ދިޔައެވެ.

ޒާން ލިބުނު ފަހުން ރިސޯޓްތަކުގައި ބާއްވާ ބައްދަލުވުންތަކަށާއި ލިބޭ ދައުވަތުތަކަށް ޝިޔާނާއަށް ނުދެވޭތީ ޝިޔާނާގެ ބަދަލުގައި އެތަންތަނަށް މަތީނާއެކު ސާނިޔާ ދާންފެށުންވީ މަތީނަށް ލިބުނު ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ.

މިގޮތަށް ދ އަތޮޅުގައިވާ ރިސޯޓަކުން ލިބުނު ދައުވަތަށް ދިޔަ ފުރަތަމަ ދަތުރަކީ ސާނިޔާގެ ހަނދާނުން ފޮހެލަން ވަރަށް އުނދާގޫވި އެއް ދަތުރެވެ. ބައްދަލުވުން ނިންމާލުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ މާލެ ނާދެވުނެވެ. އެ ރިސޯޓަށް ދިޔަ ގިނަ އަދަދެއްގެ މީހުންނަށް ޖެހުނީ އެރޭ އެ ރިސޯޓުގައި މަޑު ކުރާށެވެ.

ސާނިޔާއި މަތީނަށް ދެވިފައިވާ ކޮޓަރިއަށް ދިޔައީ އެރޭ ރޭގަނޑު 12 ޖެހުމުންނެވެ. ކޮޓަރިއަށް ވަދެ ފާހާނަ ކޮށްލައިގެން ނުކުމެ ސާނިޔާ އެނދުގައި އޮށޯވެ ފޯނު ނަގާ ފޯނާ ކުޅެން އޮތީއެވެ. އެވަގުތު ފޯނަށް އައި މެސެޖް ހުޅުވާލިއިރު އެއީ މަތީނެވެ.

“ހެއި ބިރެއް ނުގަނޭތަ އެކަނި އޮންނަން…. ވަރަށް ވިއްސާރަ… ވަރަށް ގުގުރާ….” އެ ވަގުތު ވިދާލި ވިދުވަރާއި އެކީ ބާރަށް ގުގުރާލިއެވެ. ސާނިޔާ އޮތީ އިންތިހާއަށް ބިރުގެންފައެވެ. މެސެޖުން މަތީނަށް އެނާ ޖަވާބުގައި “އާން ވަރަށް ބިރުގަނޭ…” މިހެން ޖަހާފައި ފޮނުވާލިއެވެ.

މީ ފަހަކަށް އައިސް މި ދެމީހުން ވާހަކަދައްކައި އުޅޭ ގޮތެވެ. ގޭތެރޭގައި އުޅޭ އިރުވެސް ފޯނުން މެސެޖްކޮށް ސަމާސާކޮށް ހަދައެވެ. ދެން އިވުނީ ކުއްލިއަކަށް ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑެވެ. މިގަޑީގައި އެކޮޓަރިއަށް އަންނާނީވެސް ކާކުބާއޭ ހިތަށް އެރިއެވެ. ފަހަރުގައި ރިސޯޓުގެ މުވައްޒަފެއް އެމީހުންނަށް އިތުރު އެއްޗެއް ބޭނުންވޭތޯ ބެލުމަށް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސާނިޔާ ކޮޓަރީގެ ދޮރު ހުޅުވާލީ ވަރަށް ބިރުން ހުރެއެވެ. ދޮރު ކުރިމަތީގައި ތެމި ފޯވެގެން މިހުރީ މަތީނެވެ.

“މަތީނުބޭ…” ސާނިޔާ އަނގަހުޅުވާފަ ބުނި ބަސް މެދުކެނޑުނީ މަތީނު ސާނިޔާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. ސާނިޔާ ހުރީ ވާނުވާ ނޭނގިފައެވެ. ކޮޓަރި ތެރެއަށް މަތީނު ދެމިގަނެ ދޮރު ލައްޕާ ތަންޑު އެޅުވިއެވެ. އެވަގުތު ގުގުރާލި އަޑާއިއެކީ ސާނިޔާ ގޮސް މަތީނުގެ މޭގައި ބޮނޑިވެގަތެވެ. ގަޔާލާ ސާނިޔާގެ ތުނި ހަށިގަނޑުގައި މަތީނު ބާރަށް ބައްދާލިއެވެ. ކުޑަ ކުއްޖެއް ފަދައިން އުރާލައިގެން ގޮސް އެނދުމަތީ ބޭއްވިއެވެ. ސާނިޔާ ދެކޮޅުހަދައި ތެދުވަން ފެށުމުން މަތީނުގެ ދުލުން ބޭރުކޮށްލި އެ ޖުމްލައިން ސާނިޔާގެ ދެފައި ގަނޑުވެގެން ދިޔައެވެ.

“އައި ލަވް ޔޫ ސާނިޔާ…. އައި ނީޑް ޔޫ”

މީގެ ކުރިން ދުވަހަކުވެސް މިފަދަ ގޮތަކަށް ފިރިހެން ކުއްޖަކު އޭނާއަށް ލޯބި ހުށައަޅާފައެއް ނުވެއެވެ. ސާނިޔާ ދެކޮޅުހެދިއެވެ. އޭނާގެ ލޯބިވާ ދައްތައަށް ބޭވަފާރެތިވާން ބޭނުން ނުވާތީއެވެ. މަތީނުގެ ކޮންމެ ޖުމްލައަކުން ސާނިޔާއަށް ވަމުން ދިޔަގޮތުން ސާނިޔާ މިލްކު ކުރެވޭނެކަން އައީ ޔަޤީންވަމުންނެވެ.

ސާނިޔާގެ މޮޅުކަމާއި، ރީތިކަމާއި، ކުޅަދާނަކަމުން މަތީނުގެ ހިތުން ހާއްސަ މަގާމެއް ލިބިގެން ދިޔަ ވާހަކަ ދައްކަމުން ދިޔައެވެ. މީ މީހަކު މިފަދަ ރީތި ބަސްތަކަކުން ތަޢުރީފު ކުރި ފުރަތަމަ ފަހަރެވެ. އޭނާ ކުރާ މަސައްކަތަށް ފާޑުކިޔުމަކީ އޭނާގެ މަންމަގެ އާދައެކެވެ. ނަމަވެސް މި އިވުނު ތައުރީފްގެ ބަސްތަކުން ސާނިޔާއަށް އިހްސާސްވެގެން ދިޔައީ މުޅިން ތަފާތު ކަމެކެވެ. އެހެން މީހަކަށް އޭނާ ހާއްސަ ވެފައިވާ މިންވަރެވެ.

މަތީނުގެ ފިރުމުންތަކަށް ލެނބި އޭނާގެ އަތްމައްޗަށް ސާނިޔާގެ ހަށިގަނޑު ދޫކޮށްލީ މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާއި މެދު ވިސްނާލުމެއް ނެތިއެވެ. މަތީނުގެ ހޫނު ހަށިގަނޑުގެ ތެރޭގައި ފޮރުވިފައިވާ ސާނިޔާއަށް ދުވަހަކުވެސް އިހްސާސް ނުވާ އެތައް ރާހަތަކާއި އަރާމެއް އިހްސާސް ކޮށްދެމުން މަތީނު ދިޔައީ ސާނިޔާގެ އިއްފަތްތެރިކަމުގެ ފަރުދާ ކަހަމުންނެވެ. މި ނުބައި ފާފައަށް އަރައިގަނެވުނު އިރުވެސް ސާނިޔާއަށް މިކުރެވުނު ކަންތަކާ ދޭތެރޭ ވިސްނާލެވުނީ ޖެހިގެން އައި ދުވަހަށް އިރު އެރުމުންނެވެ.

ލޯ ހުޅުވުމާއި އެކީ މޯޅިއަކަށް ދެމިލާ ބިއްދޮށަށް އެނބުރުނު އިރު ގާތުގައި މިއޮތީ ސާނިޔާގެ ޅިޔަނު މަތީނެވެ. ދެމީހުންގެ ހަށިގަނޑުގައިވެސް ނިވާކަމެއް ނެތުމުން ސާނިޔާގެ ހަނދާނަށް އައީ ރޭގައި ހިނގި ކަންތަކެވެ. ސާނިޔާ ތެޅިގަތެވެ. އެނދުގެ ހެޑްބޯޑް މަތީގައިވާ އޭނާގެ ޖަންގިޔާ ނަގައިގެން އެނދުން ފޭބީ ރަޖާ ގަނޑުން ހަށިގަނޑު ނިވާ ކުރަމުން ނެވެ. އެނދުކައިރީ އަޅާފައިވާ ކާޕެޓްމަތީގައި އޮތް ހެދުން ހިފައިގެން ސާނިޔާ ދުވެފައި ފާހާނައަށް ދިޔައެވެ. ކުރެވުނު ކަންތައް ހިތަށް އަރާފައި ސާނިޔާ ހުރީ ލަދުން މަތީނާއި ކުރިމަތިލާން ނުކެރިފައެވެ.

ފާހާނައިން ނުކުތްއިރު މަތީނު ހޭލައިގެން އުޅެއެވެ. ޖިންސުގެ ގޮށް އަޅުވަން އޭނާހުރީ ފާހަނާ ކައިރީ ހުރި ލޯގަނޑެއްގެ ކުރިމަތީގައެވެ. ސާނިޔާއަށް މަތީނާއި ހަތަރު ކަޅި ހަމަކުރަން ވަރަށް ދަތިވިއެވެ. އިސްދަށަށް ޖަހައިގެން ހުރެ މަތީނު ކުރިމަތިން ހުރަސްކޮށް ޑްރެސިންގް ޓޭބަލް ހުރި ދިމާލަށް ދާން ސާނިޔާ ހިނގައިގަތެވެ. ނަމަވެސް މަތީނު ވަރަށް ހުށިޔާރެވެ. ސާނިޔާ ކުރިމަތިން ހުރަސްކުރި ވަގުތު އެއްލި އަތުން ސާނިޔާގެ އަތުގައި ހިފައި އޭނާ ދަމާ ގެނެސް މަތީނުގެ ކުރިމަތީ ބެހެއްޓިއެވެ.

“ލަދު ނުގަނޭ…. އަހަރެން ސާނިޔާ ދެކެ އިންތިހާއަށް ލޯބިވޭ…. ސީރިއަސްލީ… އަހަރެން ޝިޔާނާއި މެރީ ކުރީ ލޯބިން ނޫންކަން ސާނިޔާއަށް އިނގޭނެ…. ސާނިޔާ އަހަރެންގެ މީހަކަށް ހަދާނަށް…. ކެތްތެރިވޭ… މި ސިއްރު މިހެން ބާއްވަދީ… އަހަރެމެންގެ މި ސިއްރު ގުޅުން އެކަކަށް ވެސް އަންގާނެ ކަމެއް ނެތް…” ސާނިޔާގެ ދަތްދޮޅީގައި ހިފައިގެން ހުރެ މަތީން ހުރިހާ ވާހަކައެއް ދެއްކި އިރު މަތީނުގެ ލޮލުން ކަރުނައިގެ ވިދުން ފާޅުވޭވޭ ހުއްޓެވެ.

މަތީނު ގެ ވާހަކަތައް އަޑުއަހަން ހުރި ސާނިޔާއަށް ރޮއެގަނެވުނެވެ. އޭނާގެ ހިތުގައި ލޯބީގެ ޖަޒްބާތު އުތުރިގެންފިއެވެ. އޭނާއަށް އޭނާގެ އާއިލާއަށް ވުރެއްވެސް މަތީނު މުހިއްމުވެއްޖެއެވެ. މަތީނު ބުނި ކަންތަކަށް އެއްބަސް ވާގޮތަށް ސާނިޔާ ބޯޖަހާލިއެވެ.

ލޯބީގައި ސިއްރުން ވަގުތުތައް ހޭދަކުރަމުން އައި ނަމަވެސް ޝިޔާނާއަށް އެއްވެސް ކަމެއް ނޭނގެއެވެ. މިހެން ދުވަސްތައް ފާއިތުވަމުން ދަނިކޮށް ދެން ސާނިޔާއަށް ކުރިމަތިވާން ފެށީ ހިތަށްވެސް ނުގެނެވޭފަދަ ކަންތައް ގަނޑަކާއެވެ. އެއީ މުއާޒު އޭނާގެ ލޯބީގައި ދީވާނާވެގެން އުޅެންފެށި ހިސާބެވެ. ސާނިޔާ އެލޯތްބަށް ފުރަގަސްދީ އެތައް ބަހަނާއެއް ދައްކަމުން އައި ނަމަވެސް މުއާޒު ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ހުކުރު ދުވަހު ހެނދުނު ސާނިޔާއަށް އައި ފޯނުކޯލުން ސާނިޔާ ހުރީ ވަރަށް ބިރުގެންފައެވެ. މުއާޒް ދެއްކި ވާހަކަ ތަކުން ސާނިޔާގެ ސިއްރު ފަޅާއަރާފާނެތީ ހިތްއަވަސްވެ މޭތެޅި ބުނެދޭން ނޭނގޭ ފަދަ އުނދަގޫތަކެއް ވަމުން ދިޔައެވެ. ނަމަވެސް އޭނާ ޖެހިލުމެއް ނެތި މުއާޒާއި ޖަދަލުކުރަމުންގޮސް ކެތްނުކުރެވިގެން ފޯނު ނިއްވާލިގޮތަށް ހުކުރު ނަމާދަށް ގޮވަން ކައިރިވީ އިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ.

ޒާން ހުކުރަށް ދާން ރީތި ކުރުމަށް ފަހު ކޮޓަރިއަށް ދާން އުޅެނިކޮށް މަންމަ ބުނިބުނުމަށް ސާނިޔާ ދިޔައީ ސަޓަނިކޮޅެއް ހަދާލަން ކެރެޓްކޮށާށެވެ. ކެރެޓް ކޮށަން ހުއްޓާ މަތީނު އައިސް ބޭރު ފާހާނައަށް ވަނެވެ. އެ ފާހާނައަށް އައުމަށް ސާނިޔާއަށް އިޝާރާތް ކޮށްލާފައެވެ.

ސާނިޔާ އަވަސް އަވަހަށް ކެރެޓް ކޮށާ ނިންމާލަން އުޅެނިކޮށް އެގޭތެރެއަށް އައިސް ވަނީ މުއާޒެވެ. ސާނިޔާ ގާތަށް އައިސް އޭނާގެ ފޯނުނަގާ ވީޑިޔޯ ޕްލޭ ކޮށްލިއެވެ. އެއީ މުދާ ޝިޕްމަންޓާއި އެކީ ޑްރަގްސް އެތެރެކުރާ ވާހަކަ ދެކެވިފައިވާ ވީޑިޔޯ އެވެ. ސާނިޔާ އަވަހަށް އެފޯނު އަތުލައިގަނެ ކޮޓަރިއަށް ވަނެވެ. އަދި އެ ވީޑިޔޯ ފުހެލިއެވެ. ސާނިޔާގެ ފަހަތުން މުއާޒު އެކޮޓަރިއަށް ވަދެ، ސާނިޔާއަށް ވިސްނައިދޭން ފެށިއެވެ.

“އަހަރެންނަށް އެނގޭ ސާނިޔާ އާއި މަތީނުގެ ކަންތައްވެސް…. ޝިޔާނާއަށާއި މަންމައާއި ބައްޕައަށް އެނގިއްޖިއްޔާ ދެން ވާނީ ކިހިނެއް؟…. ތިކަންތައް ހުއްޓާލާ….” މުއާޒުގެ ވާހަކަތައް އަޑު އިވިފައި ސާނިޔާއަށް ހުރެވުނީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ސާނިޔާގެ ކަނާއަތުގައި އޭރުވެސް ކެރެޓް ކޮށަން ގެންގުޅުނު ވަޅި އޮތެވެ. އެ ވަޅި ނަގާ ވާއަތުގެ މުލައްދަނޑީގައި ޖައްސާލީ އަމިއްލައަށް މަރުވާންވީއޭ ހިތަށް އެރުމުންނެވެ.

މުއާޒު އަވަސް ފިޔަވަޅުތަކެއްގައި ސާނިޔާއި ހަމަޔަށް ދިޔައީ އޭނާ ސަލާމަތް ކުރާށެވެ. ނަމަވެސް ސާނިޔާގެ ވިސްނުމަށް އެ ވަގުތު އައި އެންމެ ބުއްދިވެރި ގޮތަކަށްވީ މި ވާހަކަ އެނގި މިކަމާ ދެކޮޅު ހަދާ މީހާ މަރާލުމެވެ. ސާނިޔާ މަތީނު ދޫކޮށްފައި މިދުނިޔެއިން ވަކިވެގެން ދާން ބޭނުން ނުވާތީއެވެ.

ސާނިޔާގެ ވާއަތުގައި މުއާޒު ހިފުމާއެކީ ސާނިޔާ ކަނާއަތް ދެފަރާތަށް ހޫރާލިއެވެ. އަތުގައިވާ ވަޅި މުއާޒުގެ އަރިކައްޓަށް ވަނެވެ. ދެވަނަ ހަމަލާވެސް ދިޔައީ އަރި ކައްޓަށެވެ. ވީ ތަދުން މުއާޒް ހަޅޭއްލަވައިގަތެވެ. އެހިސާބުން މުއާޒުއައިސް ސާނިޔާ ގައިގައި ލައްވެލިއެވެ. ސާނިޔާ ތިންވަނަ ފަހަރަށް އެ ވަޅި ނަގާ މުއާޒުގެ ބުރަކައްޓަށް ހަރާލި ވަގުތު މުއާޒުގެ އަނގައިން ނުކުތް އާހުގެ އަޑާއިއެކު މުއާޒުގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވި ކަހަލައެވެ.

ވަޅިން އަތް ދޫކޮށްލި އިރު އެ ވަޅި ހުރީ މުއާޒުގެ ބުރަކަށީގައެވެ. ސާނިޔާ މުއާޒު ގައިގައި ބައްދައިގެން އިނދެ މުއާޒް ލައިގެން ހުރި ޖިންސު ބާލަން މަސައްކަތްކުރިއެވެ. އަދި ގަމީހުގެ ގޮށްތައްް ނެއްޓޭތޯވެސް މަސައްކަތްކުރިއެވެ. އެވަގުތު ސާނިޔާ މުއާޒާއި އެކީ ބިންމައްޗަށް ވެއްޓުނެވެ. ބިންމަތިން ތެދުވަމުން ސާނިޔާގެ ހެދުމުގެ ބައެއް ވީދާލިއެވެ.

އެ ދަނޑިވަޅަށް އެކޮޓަރީގެ ދޮރުމައްޗަށް އާދެވުނީ ޝިޔާނާއަށެވެ. މުއާޒުގެ ބުރަކައްޓަށް ހެރިފައިވާ ބޮޑުވަޅި ޝިޔާނާ ނައްޓާލިއެވެ. އަދި ސާނިޔާއަށް ބަލާލިއިރު ސާނިޔާ ހުރި ހާލަތުން ޝިޔާނާއަށް ރޮއެ ގަނެވުނެވެ. ކަކޫ ޖަހާ ބިންމައްޗަށް ތިރި ވިއެވެ. ސާނިޔާ ލައިގެން ހުރި ޓޮޕްކޮޅު ވަނީ ވީދިފައެވެ. ސާނިޔާ ރޮއެގެންފައި އޭނާގެ ދައްތަ ގައިގައި ބައްދަމުން ވާހަކަ ދެއްކިއެވެ. “މުއާޒު އަހަންނާ ބެހެން އުޅުނީ….” އެހިސާބުން ޝިޔާނާ ތެދުވެ ޑްރެސިންގް ޓޭބަލް މަތީ ހުރި ރީތިވާ ސާމާނުތައް ބުރުވާލިއެވެ. އެނދުގައިވާ ބެޑުޝީޓުވެސް ދަމައިގަތެވެ.

ޝިޔާނާ ހާސްވިއެވެ. ސާނިޔާ ގާތަށް ޖެހިލުމަށްފަހު ސާނިޔާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ނޫން ދޮންތާ!….. ނޫން……!…” ސާނިޔާގެ ކުށެއް ނެތްކަން ދެއްކުމަށް އެކްޓްކޮށް ރޯން ފެށިއެވެ. އެވަގުތު ޝިޔާނާ އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފާ “ޝްޝްޝްޝްޝް…….” ބުނުމުން، ސާނިޔާގެ އަޑުކަނޑާލިއެވެ. އަނެއްކާ އޭނާގެ ދައްތަ މޮޔަވީބާވައޭ ހިތަށް އެރިއެވެ.

“ސާނިޔާ،…. ދޭ… މިތަނުން ދޭ… މިތާހިނގި އެއްވެސް ކަމެއް ސާނިޔާ އަކަށް ނޭންގޭނެ…. ސާނިޔާ ދޭ އަވަހަށް ފެންވަރަން…. ދޭ މިތަނުންދޭ….. ސާނިޔާއަށް އެއްވެސް ކަމެއް އެނގޭ ކަމަށް ނުހަދާތި….” ޝިޔާނާ ބޭނުންވީ އަވަހަށް ސާނިޔާ އެތަނުން ފޮނުވާލާށެވެ. އޭނާ ކޮޓަރިން ނުކުމެ ޝިޔާނާމެންގެ ކޮޓަރީގައި ހުރި ފާހާނައަށް ދިޔައީ ދައްތަ ބުނިބަސް އަހައި، މި ކަމުގެ ޒިންމާ ދައްތަ އަމިއްލަ ބޮލުގައި އެޅީކަމަށް ހީކޮށް ހުރެ ވަރަށް އުފަލުންނެވެ.

ފާހާނައަށް ވަދެ ފެންވަރާ، ލައިގެން ހުރި ހެދުންް ދޮވެގެން ސާނިޔާ ނުކުންނަމުން ފާހަނާގައި ހުރެގެން މަތީނަށް ގުޅާ ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނެވެ. ޝިޔާނާ ކައިރިން ސަލާމަތްވާން މަގުފަހި ކޮށްދެވުނީ ކަމަށް ސާނިޔާ ބުންޏެވެ.

މަންމަ ބަލިވުމުން ސާނިޔާ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް ފަހަކަށް އައިސް ރޭގަނޑު ނިދަން އުނދަގޫވުމާއި، ބިރުވެރި ހުވަފެން ފެނި، އެކަނި އުޅެން އުނދަގޫވަމުން ދިޔައެވެ. އެހިސާބުން އެ ވާހަކަ ޝާޑުއަށް ކިޔައިދިނުމުން އޭނާ ދޭންފެށި ބޭހެއްގެ ސަބަބުން ސާނިޔާއަށް އިތުރު އުނދަގޫތައްވުން މަދުވިއެވެ.

ނަމަވެސް އޮފީހަށް އަލަށް ވެއްދި ޒަހާއި ރަމްޝާމެން އައުމަށް ފަހު މަތީނު އެމީހުންނާ މާގާތް ގުޅުމެއް ބާއްވަން ފެށުމުން ސާނިޔާގެ ހަސަދަވެރިކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މި ކަންތަކުގެ ތެރޭގައި ޝާޑާއި ގުޅިގެން ޕާޓީކުރަން ދިޔުމާއި، އެކި ޒާތްޒާތުގެ މަސްތުވާ ތަކެތި ނަގަން ފެށުން ވެގެން ދިޔައީ ސާނީޔާއަށް ލިބެން ފެށި އިތުރު ހިތްހަމަޖެހުމަކަށެވެ. ޝާޑާއި އެކީ އެ އޮފީހުން އެތެރެ ކުރަމުންދާ މަސްތުވާތަކެތި ވިއްކުމުގައިވެސް ސާނިޔާ އެހީތެރިވެދީ ހަދަމުން ދިޔައެވެ.

= ނުނިމޭ =

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހިތުގަ މިވާ ސޫރަ ތެދޭ! 3

Next

ދީވާނާ ލޯބިން ވެއްޖޭ. . [25]

Next
September 25, 2015

ދީވާނާ ލޯބިން ވެއްޖޭ. . [25]

Previews
September 24, 2015

ހިތުގަ މިވާ ސޫރަ ތެދޭ! 3

25 Comments!

  1. Shax Lyn says:
    September 24, 2015 at 5:41 pm

    ހުރިހާ ކިޔުންތެރިންނަށް ޢީދު މުބާރިކް

  2. ken? says:
    September 24, 2015 at 6:10 pm

    v reethi…eid mubarak…?

  3. sim says:
    September 24, 2015 at 6:14 pm

    Wow… V nice mi part.. N this story is awesome<3 <3 <3

  4. shif says:
    September 24, 2015 at 6:17 pm

    Omg!!at last… alhe dhen oi part ves avaha up kohlaba…so interesting

  5. bubbly says:
    September 24, 2015 at 6:24 pm

    shazlyn ge hunarah hama saabahey buneveynee. really mioh dhigu bai kiyaa nimunu iruves heevanee varah kuruhen. I love this story <3

    1. Shax Lyn says:
      September 24, 2015 at 7:53 pm

      thanks bubbly

  6. aish says:
    September 24, 2015 at 6:59 pm

    Ur v v telented. Keep it up. Lv this psrt. Eid mubarak

  7. yala says:
    September 24, 2015 at 7:00 pm

    Maa detail koh inyy mathynu aa saaniya ge ulhun. I mean headboard mathy oii jangiyaa negiyey bla bla bla….. ekm vs mi part habeys ingeyy…. thi hunar.. mashaallah…… waiting for the nxt part….

    1. Shax Lyn says:
      September 24, 2015 at 7:52 pm

      Thanks yala….. 🙂

  8. sana says:
    September 24, 2015 at 7:01 pm

    really nice…am enjoying reading this…. good job saaxu

    1. Shax Lyn says:
      September 24, 2015 at 7:52 pm

      Sana thanks for reading this story…..

  9. nukko says:
    September 24, 2015 at 7:02 pm

    Mashaallah…….Va va va shax u r de bst. Salhi ingeyy.. v salhi… salhi salhier salhiest mi storyy.. luvin it…

    1. Shax Lyn says:
      September 24, 2015 at 7:51 pm

      Thanks nukko…. 🙂 thank you for reading

  10. neesh says:
    September 24, 2015 at 8:04 pm

    next part genes dhybalaz

  11. Anonymous says:
    September 24, 2015 at 8:25 pm

    varah thihthi ???????????????????????????

  12. Mee says:
    September 24, 2015 at 8:54 pm

    Vvvvv, reethe

  13. Bush says:
    September 24, 2015 at 9:14 pm

    Vaahaka varah reethi…:)

  14. nasha says:
    September 24, 2015 at 10:50 pm

    V reeeeeeeeeethi igey mi part

  15. Aru says:
    September 25, 2015 at 8:30 am

    V nice story. Keep it up. Eid mubaarik all….

  16. zee says:
    September 25, 2015 at 4:19 pm

    ވވވވވވވވވވވވވވވވވވވވވވވވވރީތީ

  17. shania says:
    September 26, 2015 at 7:09 pm

    Kobaa Magey Naaif? I MISS U Naif..plx Help me..Hehe Interesting story! eagerly waiting for it??

  18. leen says:
    September 27, 2015 at 10:09 am

    Varah nice.. keep it up.. waiting for 3rd story

  19. Someone says:
    September 27, 2015 at 12:56 pm

    Ale kobatha next part? kon irrakun genes deny?

  20. aish says:
    September 27, 2015 at 3:23 pm

    Ane part kiyaalan libey neee kon dhuvahaku

  21. bubbly says:
    September 27, 2015 at 7:24 pm

    haadha inthizaarekey

Comments are closed.


All Right Reserved!