Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 21

Esfiya Level 310 Stories100 Login
October 13, 2015 4 Mins Read
13 Comments

އީމަން ބޭރުގައި ހުރި ބޮޑު ސޯފާތަކުގައި އިށިނދެލީ ތެޅެމުންދާ އެހިތަށް ހަމަ ޖެހުމެއް ހޯދައި ދިނުމަށެވެ. ނަމަވެސް ހިތްތެޅެމުން ދިޔައީ އާދަޔާ ހިލާފަށެވެ. ކުރިއަށް އޮތް އުފާވެރި ވަގުތުކޮޅު މަތިން ހަނދާންވާ ކޮންމެ ފަހަރެއްގައިވެސް ހީވަނީ ހިތް އައިސް ލަގޮނޑީގައި ޖެހިތާށިވެދާނެ ހެނެވެ.

ކުއްލި އަކަށް މުޅި ތަން އަނދިރިވެގެން ދިޔައެވެ. ހީވަނީ ކަރަންޓު ކެނޑިގެން ދިޔައީހެނެވެ. ތަނެއް ދޮރެއް ނުފެނެއެވެ. އީމަން ތެޅިގަނެވުމާއެކު ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވުމުގެ ސަބަބުން މުޅި ތަނަށް ވެރިވެފައިވަނީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. އީމަން ފޯނުން އަލިކުރަމުން ކޮޓަރީގެ ދޮރު ހޯދާލިއެވެ. އެތަނުގައި ދެ ދޮރުހުރިކަން ފާހަގަ ކުރެވުނީ އެވަގުތުއެވެ. އީމަން މަޑުމަޑުން ޔާނާމެން ތިބި ކަމަށް ލަފާކުރެވޭ ކޮޓަރިއަށް ގޮސް ވަނެވެ. ކޮޓަރީގެ ދޮރު ހުރަސް ކުރުމާއެކީ ބާރަށް ދޮރު ލެއްޕުނެވެ. ސިހިފައި ފަހަތަށް ބަލައިލެވުނީ އެދޮރުޖެހީ މީހެއްހެން ހީވުމުންނެވެ.

އީމަން އަށް އެތެރެއަށް ނަޒަރު ހިންގާލެވުނީ ޔާނާވީ ކޮންތަނެއްގައި ބާވައޭ ހިތަށް އެރުމުންނެވެ. އަނެއްކާ މިއީ ޖާހަތުގެ ޕްލޭނިންގެ ބައެއްބާވައޭ ހިތަށް އެރިއެވެ. މުޅި ކޮޓަރި ތެރޭގައި އުއްބައްތީގެ އޮރެންޖް ކުލައިގެ އަލި އެތަން މިތަންނުން ބަބުޅަމުން ދިޔައިރު ސީލިންގަނޑުގެ އެތަންމިތަނުން އެލުވާފައިވާ ހުދުކުލައިގެ ނެޓް ފޮތިތައް ބިމާހަމައިން ދޫކޮށްލެވިފައިވުމުން ޖެހެމުން ދިޔަ އޭސީގެ މަޑުމަޑު ވައިރޯޅި ތަކަށް ނަށަމުން ދިޔައެވެ. ހުދުކުލައިގެ ބޮޑު އެނދު ރަތް ފިނިފެންމަލުން ޒީނަތްތެރި ކުރެވިފައިވާއިރު ދެފަރާތުގައި ހުރި ސައިޑްޓޭބަލް މަތީގައި ފެން އެއްޗެއްގެ ތެރެއަށް ރަތްފިނިމެންމާ ފިޔައަޅާ މަތީގައި ކުދި އުއްބައްތިތައް ދިއްލާފައި ހުރިއެވެ. މުޅި ކޮޓަރި ތެރޭގައިވަނީ މަސްތީ ވަހެކެވެ.

އީމަން ކުރިމަތީގައި ހުރި ލޭސް ފޮތިގަނޑު ދުރުކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެކި ތަންތަނުގައިވާ ފޮތިގަނޑުތަށް ކޮޅުކޮޅަށް ނަށަމުން ދިޔުމުން އީމަންއަށް އެކި ދިމަދިމާއިން ނަޒަރު ހިންގަމުން ދިޔައެވެ. ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ޔާނާ ކޮބައިބާވައެވެ؟ ކުރިއަށް ހިނގަމުން މަޑުމަޑުން ލައިގެން ހުރި ކޯޓު ބޭލީ ހިތަށް ނުތަނަވަސްކަން ވެރިވާހެން ހީވާންފެށުމުންނެވެ. މިއީ ޖާހަތުގެ ޕްލޭނެއްކަމެއް ޔަޤީން ނުވާތީއެވެ.
އަޅައަޅާ ހުރި ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ދެފޮތިގަނޑު ދުރުވެލި ވަގުތު ފެނުނު މަންޒަރަކުންނެވެ. ޔަޤީންނުވާފަދަ ނަޒަރަކުން ބަލަހައްޓައިގެން އިނދެ ވުނީ ޤަބޫލުކުރަން ދަތިވުމުންނެވެ. ލަދުރަކި ހިނިތުންވުމަކާއެކީ އިސްޖަހާލައިގެން ޔާނާ ހުއްޓެވެ. ނަމަވެސް ކުރިން ހުރި ގޮތަކަށް ނޫނެވެ. ރީތިވެފައި މާފުރިހަމަހެން ހީވެއެވެ.

ދެންމެ ލައިގެން ހުރި ވެޑިންޑްރެސްގެ ދެއަތުގެ ބަދަލުގައި ވަނީ އަތުގެ އުޅަ ބޮށްޓާ ހަމައަށް އަންނަ ވަރުގެ ސިލްކު ވެޑިން ގްލޯވް އެއް އަރުވާފައެވެ. ކޮނޑުމަތިން ގެނެވިފައިވާ ހުދުކުލައިގެ ސިލްކް ފޮތި ފަށްތަކަކުން ކޮނޑު ވަނީ ކުޑަކޮށް ނިވާކޮށްލެވިފައެވެ. ލޭޔާސްކޮށް ކޮށާލެވިފައިވާ އެދިގު ފަން އިސްތަށިގަނޑު ބޯމަތިން ކުޑަ ހަމްޕެއް ނެގުމަށްފަހު ފަހަތަށް ދޫކޮށްލެވިފައިވާ ބައި ވަނީ ރާޅުބާނި ތަކެއް ހެން ހަދައި ކޮނޑުމައްޗަށާއެކީ ދޫކޮށްލެވިފައެވެ. ހެދުމުގެ ފުޅާ ކަރުގެ ސަބަބުން އެރީތި ކަރާ މޭ ވަނީ ހާމައަށެވެ. ދޮން ކަރުގެ ފަޅުފިލުވާދެވިފައި ވަނީ ހުދާ ރަނުގެ މުތީތަކަކުން ހެދިފައިވާ ރީތި ތުނިތުނި ހާރަކުންނެވެ. މޫނުގެ ދެފަރާތާ ކަންހުޅިއާއި ދިމާއިން އެކިވަރުގެ އިސްތަށިކޮޅުތަށް ލޯބިކޮށް ނަށަމުން ގެންދެއެވެ. އިސްތަށިގަނޑުން ނަގާފައިވާ ހަމްޕްކައިރީގައި ހުދާ ރަންކުލައިމުތީތަކުގެ ބޭންޑެއް ހުރިއެވެ.

ޖާހަތު ހެދުމަށް ގެނައި ބަދަލަކީ އެއީއެވެ. ހެދުމުގެ އަތް ވަކިން ނެއްޓޭގޮތަށް އިނުމުން ޔާނާ ކުޑަކޮށް ޖެހިލުންވިޔަސް ޖާހަތުގެ ނިންމުމާ އެއްބަސްވީ ކައިވެނީގެ ފުރަތަމަ ރޭގައި ފިރިމީހާއަށް ޓަކައި ވެވުނު އެންމެ ބޮޑަށް ޒީނަތްތެރިވާން ބޭނުންވީތީއެވެ.

ޔާނާގެ ފުރިހަމަކަމާ ރީތިކަން ފެނި އީމަންއަށް ހުރިފިޔަވަޅު މަތީގައި ހުރެވުނީއެވެ. ކަޅުހެދުމުގައި ނިވާވެގެން ހުރުމުން އެ ލޫޅާފަތި ފަރި ހަށިގަނޑު ފޮރުވިފައިވީ ނަމަވެސް ވެޑިން ޑްރެސްގައި ޔާނާގެ ހަށިގަނޑުގެ ރީތިކަން ފާޅުވެ އީމަންގެ ހިތުގެ ތެޅުން އަވަސްވެގަތެވެ. ކުރިއަށް ހިނގައިގަތްއިރު ޚުދު އީމަންގެ އަތްފައިވެސް ވަނީ ފިނިވެފައެވެ.

އީމަން ކައިރިވަމުން ދިޔަ ވަރަކަށް ޔާނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެބޮޑު ދެލޮލުގެ ދިގު އެސްފިޔަތަކުން ޖަންބުކުލައަރާ ކޯތާފަތްމައްޗަށް ހިޔަނި އެޅިފައިވީއިރު ފިނިފެންމަލެއްފަދަ ތުންފަތުގައި ދަތްއަޅާލެވުނީ ލަދުންގޮސް ކުރާނެ ކަމެއް ނޭނގުމުންނެވެ.

އީމަން ޔާނާއާ މަޑުމަޑުން ކައިރިވެލިއެވެ. “ވާއޮ. މިހުރީ ހަމަ ބުނާނެ އެއްޗެއް ނޭނގިފަ. ޔާނު ހަމަ ތިހާ ރީތިތަ؟” އީމަން އަށް ބުނަންވީ އެއްޗެއްވެސް ނޭނގިގެން އުޅެނިކޮށް ދުލުން ނިކުތީ ހިތުތެރޭގައި އޮތް ޖުމުލައެވެ. ބުނެވުނު ޖުމުލައިގެ މޮޔަކަމުން ހިނިއައިސް އިސް ޖަހައިލިއެވެ. ޔާނާއަށްވެސް މިކަން ފާހަގަ ވުމުން ހިނިއައެވެ. އަދި އީމަންވެސް ހުރީ ހިތްއަވަސްވެފައިކަން ދެނެގަނެވުނެވެ.

“ޖާތުގެ އައިޑިއާއެއްމީ.” ޔާނާވެސް ހިތްވަރުކޮށްފައި މަސައްކަތްފެށީ ދެމީހުންގެ ދެމެދުގައިވާ ނުތަނަވަސްކަން ފިލުވައިލެވޭތޯއެވެ.

އީމަން މަޑުމަޑުން ޔާނާގެ އަތްތިލައިގައި ހިފައި ކައިރިކޮށްލިއެވެ. “ޔާނު އަށް އެނގޭތަ؟ އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެން މިވަރަށް އުފާވާނެ ކަމަކަށް. އަޑުއަހަން، އަލަތު ލޯބި ކާމިޔާބު ކުރެވޭނީ ވަރަށް ނަސީބުގަދަ މީހުންނަށޭ ބުނާއަޑު. މިރޭ އަހަރެމެންގެ ނަންވެސް އެލިސްޓުގައި ހިމެނިގެން ހިނގައްޖެ.” އީމަން ޔާނާގެ އަތުގައި ހިފައިގެން މަޑުމަޑުން އެނދާ ދިމާއަށް ހިނގައިގަތެވެ. އަދި ކޮނޑުގައި ހިފައި އެނދުގައި ބޭންދުމަށްފަހު މަޑުމަޑުން ކައިރީގައި އިށީނދެލިއެވެ.

“ޔާނު! މިފަދަ އުފާވެރި ރެއެއްގައި ބޭނުން ކުރާނެ ފަށުވި ރީތި އިބާރާތްތަކެއް އަހަންނަކަށް ނޭނގޭ. އަންހެންކުދިންގެ ހިތް ރުއްސަން އެންމެ އެކަށޭނެ މޮޅު އުކުޅުތައްވެސް އަހަންނަކަށް އެނގިފައެއް ނުވޭ. އެނގޭހާވެސް އެއްޗަކީ މިރޭ މިފެށުނު އުފާވެރި ގުޅުން އަހަރެންގެ އެންމެ ފަހު ނޭވާޔާ ހަމައަށްވެސް ދަމަހައްޓަން ބޭނުންކަން. އުފާވެރި ލޯބި ދިރިއުޅުމެއް ޔާނު އާއެކީގައި ވޭތުކުރަން ބޭނުންކަން. އަހަރެންގެ ފަރާތުން ޔާނު ހިތްހަމަ ނުޖެހޭފަދަ..” އީމަންގެ ވާހަކަތައް ހުއްޓުވާލުމަށް ޓަކައި ޔާނާ އަވަސް އަވަހަށް އީމަންގެ އަނގަ މަތީގައި އަތް އެޅިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ދުލުން ބަޔާންކުރަން ދަތި އެތަށް ވާހަކަ ތަކެއް އެ މަދު ސިކުންތު ކޮޅުގައި ހާމަކޮށްލިއެވެ.

ޔާނާ ކޮޅަށް ތެދުވަމުންވާހަކަ ދެއްކިއެވެ. “އީމް. ތިކަހަލަ ވާހަކަ ނުދައްކާ. އަހަރުމެން ދެމީހުންގެ މިގުޅުމަކީ ދުލުން ބުނެދޭ ވާހަކަ ތަކަކުން ބަޔާންކޮށްދެވޭނެ ގުޅުމެއްނޫން. އެއަށްވުރެ މާފުރިހަމަ މާތް ގުޅުމެއް. އަހަރެންގެ ފަހުނޭވާ އާ ހަމައަށްވެސް އީމަންގެ އަންބެއްގެ ގޮތުގައި ހުންނާނަށް. އަހަރެން އީމަންއާ ވަކިވާކަށް ދުވަހަކުވެސް ނޭދެން. އެއަށް ވުރެ މާ ލޯބިވޭ.” ޔާނާގެ ހިތުގެ ހާލު އީމަން ކުރިމައްޗަށް ފަސްޖެހުމެއްނެތި ބަންޑުންކޮށްލިއެވެ.

އީމަންގެ ހިތްއުފަލުން ފުރުނެވެ. ކޮޅަށް ތެދުވުމައެކު ޔާނާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އެބާރުގަދަ ދެއަތް ޔާނާގެ ތުނިތުނި ހަށިގަނޑުވަށާލެވުމުން ޔާނާއަށް ބޭއިޚްތިޔާރުގައި އީމަންގެ އަތުތެރޭގައި ބޮނޑިވެގަނެވުނެވެ. ޔާނާގެ ބުރަކަށީގައި އީމަންގެއަތް ބީހެންފެށުމުން ނޭނގޭފަދަ ފުންއަރާމެއް ހަށިގަނޑަށް ކުރުވިއެވެ. ދެހިތުގެ ވިންދު މަޑުމަޑުން އަވަސްވާންފެށިއެވެ. އީމަން ބޯ ހިތްލާލުމަށްފަހު ޔާނާއަށް ބަލައިލި ހިނދު އެދެލޮލުގައި މަސްތީކަމެއް އެކުލެވިފައިވެއެވެ. އީމަން ކުރިއަށް ގުދުވެލައި މަޑުމަޑުން ޔާނާގެ ތުންފަތުގައި ބޮސްދޭން ފެށުމުން ޔާނައަށް ބޭއިޚްތިޔާރުގައި ލޯމަރާލެވި އީމަންގެ ކަނދުރާގައި ހިފަހަށްޓާލެވުނީ ކުރެވެމުން ދިޔަ އިހްސާސަށް މަރުޙަބާކިޔަމޭ ބުނާފަދަ ގޮތަކަށެވެ. ދެހަށިގަނޑު އިހުނަށްވުރެ ކައިރިވެ އެދެމެދަށް ހިޔަންޏަކަށްވެސް ނުވަދެވޭނެވަރުވިއެވެ. އީމަން މަޑުމަޑުން ބޯހިތްލާލުމަށްފަހު ޔާނާއަށް ލޯބިން ފުރިގެންވާ ހިނިތުންވުމަކާއެކީ ބަލައިލިއެވެ. ޔާނާގެ ދެލޮލުން އީމަންއަށް ޓަކައި ލޯބި އިހުސާސް ކުރެވިގެން ދިޔައެވެ.

އީމަންގެ އެބާރުގަދަ އަތްމައްޗަށް ޔާނާ އުފުލާލުމަށްފަހު އެނދާ ގާތްވެލައި އެނދުމަތީގައި ބާއްވައިލިއެވެ. އަދި ޔާނާއާ ޖެހިފިތޭވަރަށް ކައިރިވެލިއެވެ. ދެ ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވެ ފުންމިން އެނގުމެއްނުވާ ލޯބީގެ ކަނޑަކަށް ޢަރަޤުވެގެން ދިޔައެވެ. ހިތުގައި އެކަކު އަނެކަކަށްޓަކައި ފޮރުވިފައިވާ ޒަމާންވީ ލޯބީގައި ދާއިމަށް ދެމިގެންވާކަމުގެ ސިއްކަ ޖެހިގެން ދިޔައެވެ. އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު ހަމައެކަނި އެޒުވާން ދެހިތުގެ އެދުމަށް އިޖާބަދިނެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އުފާވެރިކަމާ މަސްތުން ފުރިގެންވާ ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ.

ޔާނާމެން ތިބި ހޮޓެލްގެ ރިސެޕްޝަނުގައި ހުރި ބޮޑެތި ސޯފާތަކުން ސޯފާއަކަށް އާއިޒު ކަންނެތް ގޮތަކަށް ވެއްޓިގަނެގެން އޮތީ ފޯނުގައިވާ ޔާނާގެ ފޮޓޯގަނޑަށް ބަލާށެވެ. ވެޑިން ޑްރެސް ލައިގެން ޔާނާ ހުރިއިރު ޔާނާގެ ރީތިކަން ސާދަފަނަރައިގެ ހަނދެއް ފަދައިން ފާޅުވާން ހުއްޓެވެ. އެއީ ކުޑަ އިރުކޮޅެއްކުރިން ޖާހަތު ފޮނުވި ފޮޓޯއެވެ.

“ވަރަށް އުފަލުން ދޯ ތިހުރީ؟ އެކަމަކު އަންނަން އުޅޭ ތޫފާނުގެ އަސަރުތަށް ވަށައިގެންވާއިރުވެސް ދެނެގަންނާކަން ނޭނގުނެއްނު. މިރެއަކީ ޔާނުގެ ލައިފްގަ ވަރަށް ހާއްސަރެއެއް. ސަބަބަކީ މިރެއަށްފަހުގަ ޔާނުގެ ހަޔާތާ އުފާވެރިކަން މުޅިއުމުރަށް އަލްވަދާއުކިޔާނެ. ބީ ރެޑީ!” އާއިޒު ފޮޓޯގަނޑާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުގައި ވަނީ ބަދަލު ހިފުމުގެ ރޫޙެވެ.

އަތުގައި އޮތް ފޯނަށް ޖާހަތުގެ ފޯނުން ރިންގެއްއައެވެ. ވަގުތު ޖެހުނީކަން އާއިޒުއަށް އެނގިއްޖެއެވެ. ސޯފާއިން ތެދުވެގެން ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ލިފްޓް ތެރޭގައި ހުރިއިރު އެމޫނުމަތިން ފެންނަނީ އުފާވެރިކަމާ ފަޙުރުވެރިކަމެވެ. ޔާނާގެ ކިބައިން ރަނގަޅު ބަދަލެއް ހިފާލުމުގެ ފުރުސަތު ލިބުނީތީއެވެ. މިރޭގެ ހިތި ރަހަ ޔާނާގެ ހަޔާތުގެ އެންމެ ފަހު ނޭވާއާ ހަމައަށްވެސް އަރުތެރެއިން ކެނޑިގެން ނުދާނެކަން ޔަޤީންވާތީއެވެ.
ލިފްޓް ދެފަރާތަށް ކެހުމާއެކު ކުރިމަތީގައި ހުރި ބޮޑު ޝާހީ އެޕާރޓްމަންޓަށް ވަނެވެ. ކައިރި ކައިރީގައި ދެކޮޓަރި ހުއްޓެވެ. ޖާހަތު ބުނި ކޮޓަރިއާ ދިމާއަށް މިސްރާބު ބަދަލުކޮށްލަމުން ފޮނިގޮތަކަށް ހިނގާލާފައި ގޮސް މަޑުމަޑުން ދޮރުގައި ހިފާލިއެވެ. ކޮޓަރިއަށް ވެރިވެފައި ވަނީ އަނދިރިކަމާ ހަމަހިމޭންކަމެވެ.

އާއިޒު ވަށައިގެން ހޯދާލިއެވެ. ކަހާލެވިފައިވާ ކުޑަދޮރުގެ ބިއްލޫރިގަނޑުން ފޭދިގެން ކޮޓަރިއަށް އެޅިފައި ހުރި މަޑުމަޑު އަލި ފިޔަވައި އިތު އެހެން އެއްވެސް އަލިކަމެއް އެކޮޓަރީގައެއް ނުވެއެވެ. އަނދިރިކަމަށް ލޯ ހޭނުމާއެކު ކުޑަދޮރުގެ އެއްފަރާތުގައި ހުއްޓިލައިގެން ބޭރު ބަލަހައްޓައިގެން ހުރި ޔާނާ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ޖާހަތު ފޮނުވި ފޮޓޯގަނޑާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އެ ވެޑިން ޑްރެސް އެވެ.

ވަދެވުނީ ރަނގަޅު ކޮޓަރިއަށް ކަމާއި ޖާހަތުގެ ވަފާތެރިކަން އިހުސާސްވުމުން މޫނުމައްޗަށް ވެރިވި ނުލަފާ ހިނިތުންވުމަކާއެކީ އާއިޒުގެ ފިޔަވަޅުތަށް އަވަސްވިއެވެ. ޔާނާގެ ފަހަތުގައި ހުއްޓި ފަހަތުން އައިސް އުނަގަނޑުގައި ހިފައި ބައްދައިލިއެވެ. ކުޑަ ދޮރުގެ ފޮތިގަނޑު އާއިޒު އަތް އުފުލައި ދަމާލިއެވެ. ކޮޓަރި ތެރެއަށް އިތުރު އަނދިރިކަމެއް ވެރިވެގެން ދިޔައެވެ. އާއިޒު ޔާނާ މަގަތަށް އަނބުރާލުމާއެކި ބާރަށް ގައިގައި ބައްދާލިއެވެ. ރައްދުގައި ޔާނާވެސް އާއިޒުގެ ގައިގައި ދެއަތުން ހިފައި ބައްދާލުމުން ކުޑަކޮށް ސިހުންވިއެވެ. ހިތަށް އެރިއެވެ. ޔާނާއަށް ހީކުރެވިގެން އުޅެނީ މިއީ އީމަން ކަމަށްތާއެވެ. މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބޭނުންވީ ޔާނާގެ ހިތް ކުދިކުދި ކޮށްލާށެވެ. އެހެންކަމުން ސިއްރުސިއްރުން ކަންފަތް ދޮށުގައި ބުނެލިއެވެ. “ހިތްއަވަސްވެފައި ވާ ވަރުން ފިރިސޮރު ވެސް ވަކިކޮށްގަންނާކަށް ނޭނގުނު ދޯ؟”

“އާނ. އެކަމަކު އަހަރެން ބޭނުމީ ކަލޭ.” ޖަވާބެއްގެ ގޮތުން އާއިޒުގެ ކަންފަތް ދަށުގައި އެއިވިގެން ދިޔަ ޖުމުލައިން ދެލޯ ބޮޑުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ޝެރިން (5 ވަނަ ބައި)

Next

ހިތަކުން ނުފިލާނެ 42

Next
October 14, 2015

ހިތަކުން ނުފިލާނެ 42

Previews
October 13, 2015

ޝެރިން (5 ވަނަ ބައި)

13 Comments!

  1. isha says:
    October 13, 2015 at 8:45 pm

    mi dhen liye nimefa oiy vaahakaennu.. keehtha vaaane alhe fahe konme dhuvahaku mi vaahaka upload kohdhiniyyyaaaaaaaaa!!!

    1. dark princess says:
      October 13, 2015 at 9:08 pm

      I agreed u isha… asluves eyrun readers ves happy vaane dhw… any way story v salhi… mifaharu aaiz ah heyaruvaalanvaane…

    2. Julie b jones says:
      October 14, 2015 at 3:52 pm

      I also agree

  2. mode says:
    October 13, 2015 at 9:28 pm

    i agree too… bt what to do..??

  3. maash says:
    October 13, 2015 at 9:51 pm

    Haadha kurey! Plz dhigukoh genesdhyba part thah! V nice mi story

  4. zai says:
    October 13, 2015 at 11:07 pm

    I agree too..maalas up kuraaleh..plxxx thankolheh avahah up kohdhiiba

  5. zukan says:
    October 13, 2015 at 11:46 pm

    I also agree. Plz tankolhe avaha upkodee

  6. maduwarry shaxra says:
    October 14, 2015 at 12:16 am

    Hmmm vrh foohi dhen garuneh kohfa thankolheh kiyah

  7. sofoo says:
    October 14, 2015 at 12:51 am

    Vara salhi …thankolhe dhiguko avaha up koladhinun edhen.mi story any mihaaru esfiyaaga in eme interesting ..eme reethi story….waiting …waiting…waiting…

  8. mack says:
    October 14, 2015 at 12:42 pm

    Haadha kurey……mihaa dhuvas khfa vx kurukuru kh….dhn faharakun thankolheh dhigu khlahchey….knirakun nxt part….

  9. reen says:
    October 14, 2015 at 2:45 pm

    mivaahaka akee v reehi vaahaka eh… dhevana faharah mikiyany… foosseh nuvey.

  10. fareeeaaa says:
    October 14, 2015 at 10:15 pm

    Ya.thankolheh dhigukoh genesdhee balaa.plxx

  11. lovely says:
    October 15, 2015 at 10:55 am

    varah salhi thankolheh thgukoh genesdhee balaaaa.

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 22←


All Right Reserved!