Skip to content
އެސްފިޔަ

ކަނޑުފެން (ފުރަތަމަ ބައި) KanduFen (part-1)

 

ކަޅު ކާރެއްގައި އައިސް މަޑުކޮށްލުމަށްފަހު އެ ކާރުން ފޭބީ ޕަރީއެއް ފަދަ ރީތި ޒުވާނެކެވެ. އެ ޒުވާނާ ހުރީ ހުދުކުލައިގެ ބޮޑު ޕްރޮމް ޑްރެސްއެއް ލައިގެންނެވެ. ހެދުމުގެ މޭމަތީގައި ވަނީ ރިހި ކުލައިން ދިއްލޭ އެސްތަކަކުން ޖަރީ ކޮށްފައެވެ. އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުވަނީ ނިއުޅުވާލާފައެވެ. އަތުކުރީގައި އަޅާފައިވާ ބޯ، ރިހި ތަނޑުގަނޑު ފިޔަވާ އިތުރު ގަހަނާއެއް ބޭނުން ކޮށްފައެއް ނުވެއެވެ.

ކާރުން ފޭބުމާއި އެކީ ވަށައިގެން އެއްވެ ތިބި މީހުންގެ އަމާޒަކަށް އެ އަންހެން ކުއްޖާ ވެގެންދިޔައެވެ. ކެމެރާމަނުން ފޮޓޯނަގަމުން ދިޔައެވެ. ކެމެރާގެ ދިއްލެމުންދާ ފްލޭޝްތަކަށް ހިނިތުންވުމުގެ މޫނެއް ދައްކަމުން އެ ހަފްލާއަށް ވަނުމަށް ޙާއްސަ ކުރެވިފައިވާ ރަތް ދޫލައިގެ މަތިން ހިނގާފައި މައި ދޮރާށިން އެތެރެއަށް ވަނެވެ.

މިރޭގެ އުފާވެރި މާހައުލަށް އައިސްތިބި މެހެމާނުންނާއި އިއްޒަތްތެރިން ތިބީ އެކި ފަރުމާކުރުންތެރިންގެ ރީތި ހެދުންތަކާއި ގަހަނާތަކުން ޖަރީވެގެންނެވެ. މިހަފްލާ ވަގުތުން ދުރަށް ދެއްކުމަށް ރާއްޖޭގެ އެކި ޓީވީ ޗެނަލްތަކުގެ ޓީމްތައް ދިޔައީ ހުޅުމާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ‘ކޯސްޓަލް ވިލާގެ’ ގޯތިތެރޭގައި ހަރަކާތްތެރި ވަމުންނެވެ. މި ހޮޓެލަކީ ސެވަން ސްޓާރ 10 ބުރީގެ ބޮޑު ޢިމާރާތެކެވެ. ޢިމާރާތުގެ ތިރީބައިގައި ބޮޑު ޕާކިން ލޮޓެއް ހަދާފައިވާއިރު، މިހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންގެ ކާރުކޮޅުތައް ޕާކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޯސްޓަލް ވިލާގެ ގޯތިތެރޭގައި ވަނީ ތަފާތު ކުލަތަކުގެ ބޮކިތަކުން ދިއްލާ މަސްނޫއީ ގަސްތަކުންނާއި މާމަލުން ޒީނަތްތެރި ކުރެވިފައެވެ. ހީވަނީ ރީތި، ބޮޑު ގަނޑުވަރެއްހެންނެވެ. ހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ރައްޖޭގެ ގިނަ ފަންނާނުން ބައިވެރިވާ ހަފްލާއެއް ކަމުން މި ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުންް ވަނީ އެއްވެފައެވެ. ބައިބޯ ވަމުންދާ އާންމުންގެ މީހުންތައް ކޮންޓްރޯލްކޮށް ތަނުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ފުލުހުންގެ ގިނަ ޒުވާނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހޮޓެލް ތެރޭގައިވެސް ފުލުހުންގެ ޓީމެއް މަސައްކަތް ކުރަމުން ދިޔައެވެ.

އިމާރާތުގެ އެތެރެއަށް ވަންނަން ހުރި މައިދޮރާށި ކައިރީގައި އެ ހޮޓެލްގެ ޔުނީފޯމުގައި ދެ ޒުވާނުން ތިއްބެވެ. މެހެމާނުންނަށް ދޮރުހުޅުވާލަ ދިނުމަށްފަހު އެމީހުންގެ އިޝާރާތަށް ކޮންމެ މެހެމާނަކުވެސް ރިސެޕްޝަން ކުރިމަތީހުރި ޒުވާނާ ކައިރިއަށް ދެއެވެ. އެ ޒުވާނާ ލައިގެން ހުރީ ކަކުލާހަމައަށް އަންނަ ކުރު ޔުނީފޯމެކެވެ. ވަންނަމުން ދިޔަ މެހެމާނުންގެ ނަން ލިސްޓަށް ބެލުމަށްފަހު އެމީހަކަށް ދެވިފައިވާ ދަޢުވަތު ކާޑުގައިވާ ކިއު.އާރް ނަންބަރ ސްކޭންކޮށްލުމުން އެމީހަކަށް ޙާއްސަ ކުރެވިފައިވާ މޭޒުގެ ނަންބަރު އެ ރިސެޕްޝަން ކައިރީގައިވާ މެށިނުން ޕްރިންޓް ވެގެން ނިކުމެއެވެ.

ހޯލުތެރޭގައި ދުރު ދުރުގައި ވަށް މޭޒުތަކެއް އަތުރާފައި ހުރިއިރު އެއިން ކޮންމެ މޭޒެއްގެ ދޮށުގައި ފަސް ގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި އަޅާފައިވަނީ ރަންކުލައިގެ ވިދުމެއްވާ ފޮތިގަނޑެކެވެ. އަދި މުޅި ހޯލްތެރެވެސް ވަނީ ރަން ކުލައިންނާއި ރިހި ކުލައިން ޖަރީކޮށްފައެވެ.

އެހަފްލާއަށް އައުމަށް ދަޢުވަތު ދެވިފައިވާ މީހުން ވަދެ ހޯލުގައި ހުރި ހުސްގޮޑިތައް ފުރިއްޖެއެވެ. ކޮންމެ މޭޒެއްގެ ދޮށުގައި ޚިދްމަތް ކޮށްދިނުމަށް ވެއިޓަރެއް އަވަދިނެތި އުޅުނެވެ. އެވަގުތު އެ ހޯލުގައިވާ ސްޓޭޖުމަތީގައި ރާއްޖޭގެ މަޝްހޫރު އަދި ވަރަށް ޒުވާން މިޔުޒިކް ގްރޫޕެއްކަމަށްވާ ‘ދަ އައިލެންޑް ބޯއިސް’ ގެ ވޯކަލިސްޓް އަރްޝަދު، މަޑުމައިތިރި ލަވައެއް ހުށައަޅައިދެމުން ދިޔައެވެ.

ތިން ޒުވާނުން އެކުލެވޭ މި ގްރޫޕުގެ ޒުވާނުން ތިބީ ގޮނޑިތަކެއްގައި އިށީިންދެގެންނެވެ. ކޮންމެ ޒުވާނެއްގެ އަތުގައި ގިޓައެއް އޮތް އިރު އެއިން ކޮންމެ ޒުވާނެއްގެ ކުރިމަތީގައި މައިކް ސްޓޭންޑެއް ބެހެއްޓިފައި ހުއްޓެވެ. އިވެމުން ދިޔަ މަޑުމައިތިރި ރީތި ލަވައިގެ ތެރެއަށް ގެނބިފައި އަލީނާއަށް ހުރެވުނެވެ.

މަރުހަބާ ކިޔުމަށް މޭޒު މައްޗަށް ގެނެސްދެވިފައިވާ ހާއްސަ ބުއިމަށް އިންސާފުކުރަމުން އަލީނާ އޭނާގެ އަތްދަބަހުން ފޯނު ނަގާ ގަޑި ބަލާލިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައިސްފައިވާތަން ފެނުމުން ކިޔާލުމަށް ހުޅުވާލިއެވެ. “ޔޫ ލުކް ގޯޖަސް…” ރަކި ހިނިތުން ވުމަކާއިއެކީ ޖަވާބުގައި ތޭންކްސް އޭ ޖަހާލިއެވެ.

ފޯނުން މެސެޖު ކުރުމުގައި އަވަދިނެތި ހުރެވުނީ ކިހާވަގުތަކު ކަމެއް އަލީނާއަކަށް ނޭނގުނެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަންހުރި އަލީނާއަށް ސިހުމެއް ލިބުނީ ޖެހިގެން ހުރި ގޮނޑީގައި އިން ޒުވާން ފިލްމް ސްޓާރެއްކަމަށްވާ ޝިޔާ އޭނާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ފޯނު ދަބަހަށް ލުމަށްފަހު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނީ ހަފްލާގައި ވަމުންދާ ކަންތަކަށް އޭނާއަށް ސަމާލުކަން ނުދެވި ހުރުމުންނެވެ.

އަލީނާގެ ހަށިގަނޑަށް ސްޕޮޓް ލައިޓް އަޅުވާލުމާއި އެކީ އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ވާނުވާ ނޭނގި ހުރި އަލީނާގެ ކަޅި އަމާޒުވީ ސްޓޭޖާ ދިމާލަށެވެ.

އެރޭގެ ހާއްސާ އެނައުންސަރ ދެވަނަ ފަހަރަށް އެނައުސް ކޮށްލިއެވެ. “2025 ވަނަ އަހަރުގެ އެންމެ މޮޅު ވާހަކައަކަށް ހޮވިފައިވަނީ………. އައިޝަތު އަލީނާގެ ‘ކަނޑުފެން’…..” ހޯލް ތެރޭގައިވާ އެންމެންގެ ލޯތައް އަލީނާއަށް އަމާޒުވެގެން ދިޔައެވެ. ގޮނޑިން ތެދުވެ އަވަހަށް ސްޓޭޖަށް ދިޔުމަށް ހިނގައިގަތެވެ. އެއްއަޑަކުން އިވެމުން ދިޔަ އަތްތިލަ ބަޑީގެ އަޑުން މުޅި ހޯލްތެރެ ގުގުމާލިއެވެ.

މިއީ އަލީނާއަށް ލިބޭ ފުރަތަމަ އެވޯޑަށްވާތީ ކުރަމުން ދިޔަ އިޙްސާސްތަކުން އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ސްޓޭޖަށް އެރުމަށް ޙާއްސަ ކުރެވިފައިވާ ދޫލާގައި ހިނގާފައި ދިޔައިރު އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. އިނާމު ހަވާލުކޮށްދިނުމަށް ޓްރޮފީ ހިފައިގެން ހުރީ ރާއްޖޭގެ އެންމެ މޮޅު އެއް ވާހަކަ ލިޔުންތެރިޔާއެވެ. ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

ރަތް ކުލައިގެ ހެދުމެއްގައި ހިނިތުންވެ ހުރި ފާތިމަތު ނަހުލާއާއި ސަލާމް ކުރުމަށް ފަހު އަލީނާ ޓްރޮފީގައި ހިފިއެވެ. ހަޔާތުގައި ލިޔުނު ފުރަތަމަ ވާހަކައަށް ރަން ވަނައެއް ލިބޭނެކަމަކަށް އަލީނާ އުންމީދެއް ނުކުރެއެވެ. ޓްރޮފީއާއި އެކު މައިކް ކައިރިއަށް ހުއްޓުމުން އެކި ފަރާތް ފަރާތުން މީހުން ފޮޓޯނަގަން ފެށިއެވެ. އެވަގުތު އަލީނާ ވާހަކަ ދެއްކުމަށް އަނގަ ހުޅުވާލިއެވެ.

“މި ވާހަކަ އަކީ ހަޤީޤީ ވާހަކައެއް… އަޅުގަނޑަށް މި ވާހަކަ ލިޔުމަށް އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…. ޙާއްސަކޮށް އަޅުގަނޑުގެ މަންމަ އަދި ބެސްޓް ފްރެންޑް މިޝްކާ….”

*** *** *** *** *** ***

އޮފީސްތަކުގެ ވޮލީ ބޯޅަ މުބާރާތުގެ މެޗުތައް ކުރިޔަށް ދިޔަ ދުވަސްވަރު ކަމުން ޒުވާނުންގެ މަރުކަޒުގެ ފާރު ބުރިމަތީ އިށީނދެގެން ވިޝާލްގެ އިންތިޒާރުގައި ކަޔާން ހުރީ އެނާގެ ފޯނުން ލަވައެއް ޖަހާލައިގެންނެވެ. މެޗު ނިމުމުން އޮފީހުގެ ހުރިހާ ކުދިން އެކީގައި ނުކުތެވެ. މާދަމާރޭގެ މެޗަށް އައުމަށް ގަޑި ކިޔުމަށްފަހު ދިޔައީ އެކުއްޖެއްގެ ގެއަށެވެ. ކަޔާން ދިރިއުޅޭގެ ހުންނަނީ ހެންވޭރުގައި ކަމުން އޭނާގެ އެކުވެރި ވިޝާލަށް ގުޅީ ފަސޭހައިން ގެއަށް ދާން ބޭނުންވެގެންނެވެ. އަޑުއަހަން އިން ތިންވަނަ ލަވަ ނުނިމެނީސް ވިޝާލްގެ ސައިކަލު ކަޔާން އިށީނދެގެން ހުރި ފާރު ބުރި ކައިރިޔަށް މަޑުކޮށްލިއެވެ.

“ކޮބާ ކިހިނެއްވީ؟؟……” ކަޔާން ސައިކަލް ފަހަތަށް އެރުމުން ވިޝާލް އަހާލިއެވެ.

“ހެހެހެ…. މޮޅުވީ… ތިން ސެޓުންވެސް…. މިހާރު ދެން ފައިނަލަށް ދިޔަކަން ޔަގީންވީ… މާދަމާ މެޗުން ބަލިވިޔަސް މިއޮތީ ފައިނަލަށް ގޮއްސަ…” ކަންފަތުގައިވާ ހެޑްސެޓު ނައްޓާލަމުން އެ އުފާވެރި ޚަބަރު ކަޔާންގެ އެކުވެރިޔާއާ ހިއްސާކުރީ ދަތްޕިލަށް އަތަށް ލައިގެންހުރެއެވެ.

“ގަދަ އިނގޭ….. މިރޭ ކެއުމަކަށް ނުދާނަންތަ؟ އެއްކަލަތާގަ އެބައޮތް ޗައިނީސް ބުފޭއެއް… ހިނގާ ޖައްސާލަމާ” ވިޝާލަކީ އާންމު ގޮތެއްގައި ބޭރުން ކައިބޮއެ ހަދާ ޒުވާނެއްކަމުން އޭނާ އެކަނި ދާން ބޭނުން ނުވާތީ ކަޔާން ގާތު ކާން ދާނަންތޯ އަހާލިއެވެ.

“ނޮޓް ޓުނައިޓް…. ވަރަށް ވަރުބަލި… އަނެއްކޮޅުން މާދަމާ އޮފީހަށްވެސް ދާންޖެހޭ…. އެހެން ރެއަކުން ދޯ..” ކަޔާން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ.

ފެންވަރައިގެން އައިސް ނިދުމުގެ ކުރިން ކަޔާން އޮތީ އާދައިގެ މަތިން އޭނާގެ ފޯނާ ކުޅޭށެވެ. ފޭސްބުކް ފީޑްސްއަށް ވަދެގެން ހުއްޓާ މިޝްކާ ޝެއަރކުރި ފޮޓޯ ފެނުމުން ކަޔާނަށް ލިބިގެން ދިޔަ ހައިރާންކަމުން އަވަސްވެގަތީ ހަވީރު ނޫހުގެ ސައިޓަށް ވަދެ އެ ޚަބަރު ކިޔާލުމަށެވެ. “2025 ވަނަ އަހަރުގެ މޯލްޑިވިއަން ސްޓާރސް އެވޯރޑް ކޯސްޓަލް ވިލާގައި ބާއްވައިފި” ސުރުޚީ ކިޔާލުމަށްފަހު އެ ލިޔުމުގެ ތިރިޔަށް ހުރި ބައިތަކަށް ދިޔައެވެ.

ފޭސްބުކަށް މިޝްކާ ޝެއަރ ކުރި ފޮޓޯ ފެނުމުން އެފޮޓޯގަނޑު ހުޅުވާލިއެވެ. ހުދުކުލައިގެ ވިދާ ފޮތިން ފަހާފައިވާ ހެދުމުގައި ހުރި އަލީނާ ފެނުމުން ކަޔާންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސެއް ކޮށްފިއެވެ. އަލީނާގެ އެ ފުރިހަމަ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދިވެސް އެމޫނު އެހާ ގާތުން ފެންނާނެ ނަމައޭ ހިތަށް އެރިއެވެ. ކުރިއަށްވުރެ މިހާރު އަދި މާ ފުރިހަމައެވެ. އެ ފޮޓޯގައިވާ ލިޔުން ކޮޅު ކަޔާން ކިޔާލިއެވެ. އެ ފޮޓޯގެ ދަށުން އައިސްފައިވާ އެ ޚަބަރާއި ގުޅުންހުރި ލިޔުންތައް ފެންނަން ހުރުމުން އެއަށް ނަޒަރު ހިންގާލިއެވެ.

އިނާމު ދިނުމުގެ ހަފްލާއަށް ފަހު އަލީނާގެ އިންޓަވިއު ނަގައިފައި ވެއެވެ. މި އިންޓަވިއު ކިޔާލީ އަލީނާއަކީ މިފަދަ ހުނަރެއް ލިބިފައިވާ ޒުވާނެއް ކަން ކަޔާނަށް ކުރިން އެނގިފައި ނުވާތީއެވެ. އަލީނާ ލިޔުނު ފުރަތަމަ ވާހަކައިންވެސް މިހާ ބޮޑު ކާމިޔާބީއެއް ހާސިލްވުމުން ކަޔާން ވަރަށް އުފާވިއެވެ. ނަމަވެސް ކަޔާނަކީ ދިވެހި ވާހަކަ ކިޔުމަށް ޝަޢުގުވެރިކަން ހުންނަ ޒުވާނަކަށް ނުވާތީ މިފަދަ ވާހަކައެއް ނުކުތަސް އޭނާއަށް ނޭނގި އޮތުން އެކަށީގެންވެއެވެ. އަލީނާ ލިޔެފައިވާ ވާހަކައެއްކަން އެނގުމުން ކިޔާލުމުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. ގޫގަލް ހާވާލުމަށްފަހު އޮންލައިންކޮށް އެވާހަކަ ކިޔާލަން ލިބޭތޯ ބަލާލިއެވެ. “ކަނޑުފެން” ޖަހަފައިވާ ލިންކެއް ފެނުމުން ކަޔާންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

“ޔެސް… ޔެސް… ޔޭސްސްސް…” ލިންކް ހުޅުވާލަން ފިއްތާލުމަށްފަހު މަޑުމަޑުން މިހެން ބުނެލީ މުއްކަވާއިގެން ހުރި އަތުން ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތް ކަޔާނަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެވޯޑް ލިބިފައިވުމުން މިހާރު އެ ވާހަކަ ވަނީ ސައިޓުތަކުން ނަގާފައެވެ. ވީ ދެރައިން ފޯނު ނަގާ މިޝްކާއަށް ގުޅާލީ އެވާހަކަ ލިބޭނޭގޮތެއް ހޯދާލާށެވެ.

ތިންފަހަރުވެސް ފޯނު ދިޔައީ ވޮއިސް މެއިލަށެވެ. ކަޔާން ޖަވާބެއް ނުދީ ފޯނު ބޭއްވީ އެކަމާ ވަރަށް މޫޑު ޚަރާބުވެ ހުރެގެންނެވެ.

އެނދުގެ ހެޑްބޯޑް މަތީގައިވާ ޑިޖިޓަލް ގަޑިއަށް ބަލާލިއިރު އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މިހާ ދަންވީމަ މިޝްކާވެސް ހޭލާ ނުހުންނާނެ ކަން އިނގޭތީ މާދަމާ މިޝްކާއަށް ގުޅާނީއޭ ހިތަށް އެރިއެވެ.

ފޭސްބުކް ސްޓޭޓަސްގައި “ޑެސްޕަރޭޓްލީ ވެއިޓިންގް ޓު ރީޑް ދެޓް ބުކް…” މިހެން ޖަހާލުމަށްފަހު ފޯނު ބާއްވާ ނިދަން އޮށޯތީ މާދަމާ އެ ވާހަކަ ހޯދައިގެން ކިޔާލުމުގެ ނިޔަތުގައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (69)

  1. aish

    salhi feshumeh shaazuuu! desperately waiting for the next part. keep it up

    1. Shax Lyn
      aish

      🙂 thanks aish….. 🙂 hope youll like every episode…

  2. Mask

    V reethi vaanehen hyvany. Mi part ves v salhi.

  3. Naaji

    wow. Nice. Intresting ingey. Waiting for the next part

  4. Shax Lyn

    Thanks @Mask and @Naaji 🙂

  5. Mushy

    Wooooh hooo…salhi feshumeh

  6. sofoo

    Vara salhi….waiting 4 next part….

  7. Shax

    Wow.. nice.. waiting for the next part

  8. Shax Lyn

    @Mushy @sofoo @Shax <3 🙂 thank you for reading

  9. ayya

    salhi.. biruveri kohlahchey.. v kiyaahithun mi kiyaalee..

  10. zai

    Salhi feshun dhnkuriah dhaa goith vex salhivaane kamah unmiidhu kura..mihen bunaa iruvex ingey salhi vaanekan??

    1. Shax Lyn
      zai

      thanks Zai…. 🙂 😀

  11. najah

    varah reythi 🙂

  12. mishka

    asfiyaa ga vaahaka thah liyeliye hurefa nunimenees ahen vaajaka liyaathy kiyan fasha vaahaka dhen genlenee

    1. Elsa
      mishka

      thee dhen mivaahakayaa gulheyves commenteh noon. hahahaha. dhen ehenvaahaka gelleytha. :p

    2. coffee
      mishka

      thee dhen emeeheh ge amilla kamehthaa… ehen noonas mi vaahaka liyaa liyun theriyaa hama gaimuves eh vaahaka nimmaafa aneh vaahaka e feshee ves. i think mishka ah kurin liyunu vaahaka kiyai nunimmaa kanneynge mi vaahaka thi kiyan feshunee.. thee ehgothakah ves liyun theriyaa ge massala eh noon

  13. Pearl

    Feshun v v reethi… kayaan bunihen desparetely waitting for next part…

    1. Shax Lyn
      Pearl

      hehehehe….. pearl so its next Thursday…. 🙂 thankyou for reading! <3

  14. Ifaa

    Nice story…:-) waiting 4 the next part…

  15. Miee

    V reethi vaanehan heevanee mi vaahakaves

  16. ryyn

    woww shax.. i lyk it vrh salhi feshun…. waiting fr the nxt part.. 🙂 🙂 🙂 i jxttttttt luv it 🙂

    1. Aisha
      ryyn

      V salhi ingey

    2. Shax Lyn
      ryyn

      thanks Ryyn… 🙂

  17. dark princess

    Nice.. heevey v rythi vaanehen… dhn kn irakun next part… ginadhuvas nukoh avahah up kohdhaehchey

    1. Shax Lyn
      dark princess

      &dark-princess will upload this story on every Monday n Thursday… n thank u for reading 🙂 😀

  18. yaas

    Interesting…… Waiting for the next part…..?

  19. beauty queen

    Nice

  20. aisha

    V v reethi

  21. Leen

    Nice..

  22. gurey

    ooohhhh….. morning ga online vee gothah mi balaalee kandufen jahaifi tho 12th octber ey buneema…. varah ufaavi uploadkoffa inthan fenuneema… thanks for uploading a beautiful story….

    1. Shax Lyn
      gurey

      thank you Gurey…. 🙂 hope u like it

  23. Blue

    When is the next part??? Waiting ??

  24. ken?

    nice…but 1st paragraph ga rihi esthakun dhilley ehen jehumuge badhaluga “vidhaa” jehinama aslu reethivaanee..think abt it..☺

    1. Shax Lyn
      ken?

      Thanks Ken…. 🙂 yaa asluves that’s true…. but shaz vidhaa ethankolhu fahun liyefa innaane kayaan efoto balaairu…. that’s the reason furathama fenilumuga sifakohdhinumuga rihi esthakakun genesdhyfa eyneee…. thanks for reading….. just giv ur thoughts and ideas… inge <3

  25. ken?

    nice…but 1st paragraph ga rihi esthakun dhilley ehen jehumuge badhaluga “vidhaa” jehinama aslu reethivaanee..think abt it..☺

  26. Anonymous

    2025 dhoa.. hehe.. gadha igey shaz lyn. aslu kuriah huri aharu thakuga higaa kanthah thakeh khiyaalah genes gen thi liyely.. aslu mikahala vaahaka thah gina ginain liyanya bas ves kuri araane…
    shax lyn ah Kaamiyaabah edhen.. ?

    1. Shax Lyn
      Anonymous

      Thank you! Anonymous 🙂 yaaa imaginary world ehgga indhegen mi liyaneee…. but try kuranee 2025ga Maldives gai kanthah hunnaane hen liyan…. hope u liked this 😉

  27. Fakko

    Esfiyaiga liyaa vaahakathah up kurun maabodah lasvaathy foohi. & dhuvas kolhehga varah avahah up kuraane. Bt dhen lasvamun lasvamungos vaahaka nuninmaa huhtaalaane up kurun. Anehkaa aharu dheaharu kohfa anehbai. Liyuntherinnah bunelan othy vaahaka liye nuninmaa huhtaalan vaahaka up nukuraashey. Liyaa hihvanyaa liyefa bahahtaa. Ehkoh ninmunu dhuvahakun vaki usoolakun vaahaka up kurun rangalhu kamah feney. Dhen mivaahaka ehen nuvaanekamah unmeedhu kuran…

    1. Shax Lyn
      Fakko

      Fakko ge hiyaalaa alhugandu varah thaaeedhu kuran… mee alhugandu liyaa dhevana vaahaka.. kurin vaahaka akeeves gavaidhun upload koggen genesdhevunu vaahaka eh…. vaahaka ehkkoh genesdhinumah fahu mi vaahaka mi genedheyn fesheee…. mi vaahaakaves gavaaidhun nimen dhen kiyuntherinnah genedheyne vaahaka ufalaa eku bunelan…. thanks for reading… 🙂 😀 adhi thi dhevvaa hiyaaluthakah alhugandu varah thaaeedhu kuran

      <3

    2. Nish
      Fakko

      dats so true!! i agree with yew! writers pls think abt dis nd be more responsible!!

  28. isha

    mee konkahala namehtha???

    1. Shax Lyn
      isha

      mi vaahakaige namakee Dhivehi name eh…. KanduFen which also means Moodhu Lonu… vaahaka ekkoh kiyaa nimeyiru vaahakaige nama vaahakayaa huri gulhun ingigen dhaane…. 🙂

  29. min

    haaaaaaadha kureyyyyy…. vedhaaane kiyaa hithun inyma kamah..
    anyways reethi vAANE HEN HEEVEY.

    1. Shax Lyn
      min

      Thanks min….. 🙂

  30. rugiyya

    V salhi

  31. nukko

    Shaxx its awsom… feshun v nalla.. missed u a lot… btw kn dhuvas dhuvahaku up kuranyy…??? V kiyaahithun mi hunnany. 🙂 🙂 🙂 🙂 🙂 🙂

    1. Shax Lyn
      nukko

      Thanks Nukko… 🙂 Will upload this story every MONDAY and THURSDAY…. hope u enjoyed reading this… 🙂
      <3

  32. sheynn

    Feshunn v nyc…hurihaa ba eh vex mihaa rythi koh genes dheyne kamah ummydhu kuran…waiting for next part…god bless yu dear…

    1. Shax Lyn
      sheynn

      thank u sheynn… 🙂 thanks for reading

  33. Aaal

    vvvvvvvvvvvvvvvv nice feshun

  34. Elsa

    Future storyeh dhoa. hykuran varah habeyskoh genesdheyne kamah. Mibaives varah bestu. I think thankolheh kuruhen. Waiting waiting.

    1. Shax Lyn
      Elsa

      thanks ELSA 🙂

  35. apoo

    An amazing story…. salhi feshumeh.. 🙂 Cover foto ves v v salhi. waiting for the next part

    1. Shax Lyn
      apoo

      thanks apooo…… hehehe 🙂 <3

  36. Color Bank Najah

    Varah unique varah salhi feshumeh. Waiting for next part. 🙂

    1. Shax Lyn
      Color Bank Najah

      thanks Najah 😀

  37. yooha

    mashah faahaga vi shax lyn vaahaka liyaa iru abadhuves back ground akee hulhumale?r u related to hulhumale?
    anehkamaky u always write a story using the date of a year like this stry ga 2025????
    i like to ask u y u do this?????????????????????????????????????????????

    1. Shax Lyn
      yooha

      &yooha…. yooha thi faahaga kuri point mi vaahaka kuriyah dhaa varakun ingeyne….. mee hulhumaaleyge haadhisaaeh describe kohdhey vaahakaeh noon…. 2025 future ge kamakaa gulhuvaa vaahaka akah vaa iru male yah vureh bodah tharaggee fennan oiy thanakah vaanee hulhumale kamah vaathy mi baiga hulhumaleyge hotel eh sifa kohdhyfa einee… mee alhuganduge visnun…. dhen bunelan othy alhugandu liyunu dhevaahaka in DATE 2025 faalhuvaan inas NAJAA vaahakaiga vaki thaareehkeh haama koffa eh neennaane…. but Thank you for reading…. and asking ur doubt…. kuriyah huri baithah kiyamun dhaa iru ingeyne…. 🙂 hope you will read it… 😀

  38. eenal

    Wow feshun vv nice … kuriah huri part thah vx hama mihaa nice vaane kamah hykuran .. gd luck shaax

    1. Shax Lyn
      eenal

      thanks eenal…. 🙂

  39. sira

    Vv Nice feshun waiting for next episode.

  40. mezzo

    v reethi. I luv it

  41. luyoo

    Very nice and waiting for the next part

  42. Abee

    V salhi… waitin for next part.. vaahakaige baiverin ge nan v reethi n description ves….. 🙂 hope to read next soon….

  43. Saee

    salhi salhi salhi <3 <3 <3

  44. Xim

    Feshunee varah salhi, ekam kee iru varah alhaigain thankolheh aee girl akah zuvaanaa beynun kohfa ineema, aanmukoh zuvaanaa beynun kuranee boys ah kamah vaathee.

  45. Aish aleena

    It’s great shaazu u make me so proud

  46. layaa

    Varah salhi ;^):-P

  47. raf

    V salhi vaahaka ey mii..raf akeeves dh.kudahuvadhoo kuje…zeek kiyaa kuje ves ulheyne…:)…mi hageega the tha…raf a ekiga ulhey dh.gemendho kudin raf ge classmates kaariga bunaanan mi story kiyaa laashey

Comments are closed.