Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 16 )

saarah Level 210 Stories100 Comments
October 12, 2015 8 Mins Read
53 Comments

ޒުހޭރު ސިހިފައި މާޔާއާ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” ހަނދާންވެއްޖެ ދޯ؟ މޫނުމަތިން ފެންނަމުންދާ ކުލަވަރުން މާ ރަނގަޅަށްވެސް އެނގޭ ހަނދާންވެއްޖެކަން.. ވާއު ” މާޔާ ޒުހޭރުގެ މޫނު ކުރިމަތިން އަތް ހޫރާލަމުން ބުނެލީ ހީލަމުންނެވެ. ” ހަ. ހަމަ އަކަ.. އަކަށް އެޅުނު އި.. އި.އިރަކުން އައިސް ވާހަކަ ދައްކަބަ.. މޮ.. މޮޔަ ވާހަކަ އެބަ ދައްކައެއްނު އައިސް.. ދޭބަ ގޮސް ބޮލަށާ އެކީ ފެންއަޅައިގެން ފެންވަރަން… ” ޒުހޭރު ހަމަޖެހެން މަސައްކަތްކުރަމުން ވާހަކަ ދެއްކި އިރުވެސް ދެއްކުނީ އުދަގުލުންނެވެ. ދެވަނަ ސުކުންތުގައި ޒުހޭރު ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. އެހެންނަމަވެސް މާޔާ ހުޝިޔާރުކަމާއެކީ އަތުގައި އޮތް ދަނޑި ބުރި ޒުހޭރުގެ ފައިގަ އަޅުވާލިއެވެ. ޒުހޭރު ނުވިސްނާ ހުރުމުން ގޮސް ބަންޑުން ވެއްޓުނު ގަޑީ ކުޑަކޮށް ހަޅޭލައްވައިގަނެވުނެވެ. މާޔާ ހީލަމުން ޒުހޭރު ކައިރީ ދެފައި ވަށްކޮށްލައިގެން އިށީދެލިއެވެ.

ފާއިޒު ރުޅިއައިސްފައި ހުރެ އައިސް މާޔާގެ އަތުގައި ހިފާ ނުކުންނާށޭ ބުނެލުމުން މާޔާ އަތް ފޮޅުވާލަމުން ފާއިޒުއަށް ބަލާލީ ބުމަގޮށްޖަހާލަމުންނެވެ. ” ވެއިޓް!! ” މާޔާ އަތް އުފުލާލަމުން ބުނެލީ ރުޅިވެރިކަމާއެކީއެވެ. ” ކިހާ ދެރަކަމެއްތަ… މަޑުކުރާށޭ ބުނީމަ މަޑުކޮށްބަލަ.. މަ ކުރަން ޖެހޭ ކަންތައް އެބަހުއްޓޭ… ދުރުގަ ހުރޭ މަށާ.. ދެން މި ދަނޑި ބުރީގެ ޝީކާރައަކަށް ބައްޕަ ވާން ބޭނުންނުވަންނާ ދުރުގަހުރޭ!… ” ޒުހޭރު އަނެއްކާވެސް މާޔާގެ އަތުގަ ހިފާ ތެދުކުރުވަން އުޅުމުން މާޔާ ދަނޑި ބުރި ދިއްކޮށްލަމުން ބުނެލީ ރުޅި ވެރިކަމާއެކީއެވެ. ” އައި ހޭވް ސަމް އަންފިނިޝްޑް ބިޒްނެސް ވިތް ހިމް.. ސޯ ޕްލީސް ލެޓް މީ ޑޫ ދެޓް…. ” މާޔާ ޒުހޭރުއަށް ބަލާލަމުން ހީލީ ނުލަފާ ފާޑަކަށެވެ. ޒުހޭރު ދެލޯ ބޮޑުކޮށްލަމުން ތެދުވަން އުޅުނުތަނާ މާޔާ ދަނޑިބުރި ޒުހޭރުގެ މެއާ ހިސާބުން ހުރަސްކޮށްލަމުން ތެދުވިޔަކަ ނުދިނެވެ. މާޔާ ދަނޑިބުރި ޒުހޭރުގެ މޭމަތީ ވިއްދާލަމުން ކޮޅަށް ތެދުވެ ހިންދެމިލިތަނާ ޒުހޭރު އަނެއްކާވެސް ތެދުވާން އުޅުމުން މާޔާ އައި ރުޅީގަ ދަނޑިބުރިން ބާރަކަށް ޒުހޭރުގެ ގައިގަ ޖަހާލިއެވެ. ” ދުރުގަ ތިބޭ! އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިފިއްޔާ މިއަށްވުރެ ނުބައިވަރު ކޮށްލާނަން.. ” އެންމެން އެކީ އެއްފަހަރާ ޒުހޭރުއަށް ގޮވާލަމުން މާޔާއާ ދިމާލަށް އައިތަން ފެނިގެން މާޔާ ދަނޑިބުރި ދިއްކޮށްލަމުން ބުނެލީ ހަރުކަށިކަމާއެކީއެވެ. މާޔާގެ ޖުމުލައިން އެންމެންގެ ވެސް ފިޔަވަޅުތައް ހުއްޓުނެވެ.

މާޔާ އަނެއްކާވެސް ޒުހޭރުއަށް ބަލާލަމުން ޒުހޭރު ކައިރީ ތެދުވާށޭ ބުނެލިއެވެ. ޒުހޭރު ބިރުން ހުރެ އުދަގުލުން ތެދުވިތަނާ މާޔާ އަނެއްކާވެސް ދަނޑި ބުރިން ޒުހޭރުގެ ގައިގަ ބާރަކަށް ޖަހާލިއެވެ. ޒުހޭރުއަށް ތަދުވިވަރުން ހަޅޭލައްވައިގަނެވުނެވެ. މާޔާ ދެންވެސް ހުއްޓާނުލާ ޒުހޭރު ގައިގަ ދަނޑިބުރިން ޖަހަމުން ދިޔައެވެ. ކޮޅަށް ހުންނާނެ ވަރެއް ނެތުމުން ގޮސް ބިންމައްޗަށް ޒުހޭރު ވެއްޓުނު އިރު މުޅިގައިގަ ހުރީ ލެއެވެ. ޝާނިމް ދުވެފައި އައިސް މާޔާ ހުއްޓުވަން އުޅުމުން މާޔާ ޝާނިމް ބަނޑުގަ ފައިން ބާރަކަށް ޖެހުމުން ގޮސް ވެއްޓުނެވެ. ފާއިޒު ދުވެފައި އައިސް ޝާނިމްކައިރީ އިށީދެލައިގެން އިނދެ މާޔާއަށް އެއްޗެހި ގޮވައިގަތެވެ. ސަމީރާއާ މަލީހާއާ ދެމީހުންވެސް އައިސް މާޔާ ހުއްޓުވަން މަސައްކަތްކުރުމުން މާޔާ އެމީހުންވެސް ދުރަށް ކޮށްޕާލީ އެމީހުންގެ ގައިގަ ޖަހަން ތިމަންނައަށް މަޖުބޫރުނުކުރާށޭ ބުނަމުންނެވެ. މި ވަގުތު މާޔާ ކޮންމެކަމެއްވެސް ކޮށްފާނެ ކަން އެނގޭތީ އެންމެންވެސް ފަސްޖެހެވުނެވެ. ދުރުގައި މާއިޝާ މަންޒަރު ބަލަން ހުރި އިރު ބިރުން ތުރުތުރު އަޅައެވެ. އޭރު ޝަހާ ގެއަކު ނޫޅެއެވެ.

” މި މީހުން މަ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ.. ކަލޭވެސް އުޅެނީ އެންމެނަށް ހަގީގަތް ސިއްރުކުރަން.. ދެން ކިހިނެއް އަހަރެން އެންމެނަށް ހަގީގަތް އަންގާނީ؟ މައި ލައިފް އިޒް އޯލްރެޑީ ރުއިންޑް.. ދެން އިތުރަށް ކަމެއް ކުރިޔަސް ވަކި ވާނެ ރަނގަޅެއް ނެތް…. އެކަމަކު ކަލޭވެސް ތީ ނުބައި މީހެއްނު. ދެން ކީއްވެ ކަލޭ ތިހާ އުފަލުގަ ހަމަޖެހޭ ދިރިއުޅުމެއް ތިއުޅެނީ؟ ނޮޓް ފެއާރ..ދޯ؟ ސޯ ލެޓްސް މޭކް ދިސް އީވެން.. އެކަމަކު އަނިޔާ ކުރިޔަސް ހަމަހަމަ އެއް ނުވާނެ އެއް ނު… މި އާއިލާއަށް އަހަރެން މީ މަރުވެފަ ހުރި މީހެއް.. ދެން ކަލޭ ދުނިޔޭގަ ހުރެގެން ކިހިނެއް ހަމަހަމަ ވާނީ؟ ސޯ… ކީއްކުރާނީ؟ ” މާޔާ ޒުހޭރު ކައިރީ ދެކަކޫ މައްޗަށް އިށީދެލައިގެން އިނދެ ވާހަކަ ދެއްކީ ޝަހާދަތް އިނގިލި ކޮލުގައި ވިއްދާލަމުން ވިސްނާލާ ފަދަ ގޮތަކަށެވެ. ޒުހޭރު ދެލޯ ބޮޑުކޮށްލަމުން މާޔާއަށް ބަލަން އޮތީ ބިރުގެންފައެވެ. ” ވިސްނިއްޖެ.. އައި ވިލް ކިލް ޔޫ ” މާޔާ ފުޅާ ހިނިތުންވުމަކާއެކީ ބުނެލި ޖުމުލައިން އެންމެން ސިހިގެން ދިޔައެވެ. ޒުހޭރު ރޮމުން ނޫނެކޭ ބުނެލީ އާދޭސް ކުރަމުންނެވެ. މާޔާ ތެދުވެ ދަނޑި ބުރި ނަގައިގެން ޒުހޭރުގެ ކަރުގަ ޖައްސާލިއެވެ. ” ނޫން. ނޫން. އަހަރެން ނުމަރާ.. އާދޭސް ކޮށްފަ މި ބުނީ އަހަރެން ދޫކޮށްލާ.. އަހަ. އަހަންނަށް މާފު ކުރޭ.. އަހަރެން އެންމެންނަށް ހަގީގަތް ކިޔައިދޭނަން.. އެކަމަކު އަހަރެން ނުމަރާ.. ޕްލީސް.. އެންމެން އަޑުއަހާ.. އެ.. އެ..އެ.. އެދުވަހު.. މާ.. މާޔާ.. ރޭ.. ރޭޕް.. ކުރީ އަހަރެން.. މާޔާ އެ.. ދުވަ.. ދުވަހު.. ދެއްކީ ހުސް ތެދު ވާހަކަ.. އަހަންނަށް މާފުކުރޭ މާޔާ.. މާ.. މާފު ކު.. ކުރޭ.. ” ޒުހޭރު އުދަގުލުން ބުނެލި ކޮންމެ ޖުމުލައިން އެ މުޅި ސިޓިންރޫމުގައި ބޮމެއް ގޮށްވާލި ފަދައެވެ. އެންމެން ގަބޫލުނުކުރެވިފައި ޒުހޭރުއަށް ބަލަން ތިބީ ހައިރާންވެފައެވެ. މާޔާ ފެންކަޅިވެފައި ހުރެ ވަކި ވަކިން އެންމެނަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލާފައ ޒުހޭރުގެ މޫނު މަތީގައި ބާރަކަށް ޖެހިއެވެ. ޒުހޭރު މާޔާކައިރީ އެހެން ނެހެދުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ. ” އާހްހްހް…. ކަންފަތަށް އުދަގޫވެއްޖެއޭ މިހާރު ” މާޔާ ކަންފަތުގައި އަތް އަޅާލަމުން ސޯފާ ކުރިމަތީ ހުރި މޭޒުމަތީ އޮތް ފޮތިކޮޅެއް ނަގައިގެން އައިސް ޒުހޭރުގެ އަނގައަށް ކޮށްޕާލިއެވެ. ” ހަނދާންވޭތަ؟ އެ ދުވަހު އަހަރެންވެސް އާދޭހަށް އެދި ރުއީމޭ. އެކަމަކު ކަލޭ ކީއްކުރީ. ބެޑްޝީޓް އަހަރެން އަނގައަށް ކޮށްޕާލީ.. ހަނދާންވޭތަ؟ އޭނ..؟ ” މާޔާ ޒުހޭރުގެ ދަތްދޮޅީ ހިފާ އުފުލާލަމުން ބުނެލީ ދަތްތަކަށް ބާރުލާފައެވެ. އޭރު ސިޓިންރޫމުގައި ދެން ތިބި މީހުން ހުއްޓުން އަރާފައި އެ މަންޒަރު ބަލަން ތިބީ އެއްވެސް ހަރަކާތެއް ނެތިއެވެ. މިއަދު ޒުހޭރު އަމިއްލަ ދުލުން ހުރިހާ ކަމަކަށް އެއްބަސްވީއެވެ. އެއްވެސް މީހަކު މާޔާ ހުއްޓުވާކަށް މިހާރު ނޫޅެއެވެ.

” މާފުކުރާށޭ ދޯ ތިބުނަނީ.. ޑު ޔޫ އިވެން ޑިޒާރވް މައި ފޮރގިވްނެސް؟؟ މިއަދު ކަލޭ މާފަށް އެދިގެން އަހަންނަށް މި އެއް އަހަރު އަނބުރާ ލިބޭނެތަ؟ އޭނނ؟ އަހަންނަށް އަބުރާ އަހަރެންގެ އިއްފަތްތެރިކަން ލިބޭނެތަ؟ އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ލިބޭނެތަ؟ މާމަ އަނބުރާ މި ދުނިޔެއަށް އަންނާނެތަ؟ އޭނނ… ” މާޔާ ހުރިހާ އެއްޗެއް އެއްފަށްޗަކަށް ކިޔާލިއިރު ދެލޮލުން ކަރުނަ ފައިބައިގަތެވެ. މާޔާގެ ފަހު ޖުމުލައިން އެންމެން އެކީ އެއްފަހަރާހެން މާމައޭ ކިޔާލީ ސުވާލުއުފެދިފައެވެ. އޭރު ޒުހޭރު ކުއްވެރިއަކުހެން އިސްޖަހާލައިގެން އޮވެފަ މާމަގެ ނަން އިވުމުން އިސްއުފުލާލީ ހައިރާންކަމާއެކީއެވެ. ” އާނ… މާމަ މަރުވީވެސް ކަލެއާ ހެދި.. މާމައަށް ކަލޭގެ މުޑުދާރު ހަގީގަތް އެނގިގެން އަހަރެން ހޯދަން އަންނަނިކޮށް އެކްސިޑެންޓްވީ.. ނަސީބެއް އެ ދުވަހު އަހަންނަށް ބޭރަށް ނުކުމެވުނުކަންވެސް.. މާމަ އަހަރެން ކައިރީ ބުނި ގެއަށް ގެންދާށޭ.. އެކަމަކު ދެރައީ އެދުވަހު މާމައަށް އެހެން މީހަކަށް އެ ހަގީގަތް ކިޔައިދިނުމުގެ ކުރިން މި ދުނިޔެ ދޫކުރީތީ..” މާޔާ ރޮމުން ކިޔައިދިން ވާހަކައިން ޒުހޭރު ލޯމަރާލީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

ދެވަނަ ސުކުންތުގައި މާޔާ ކަރުނަ ފޮހެލަމުން ޒުހޭރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ތެދުކުރުވިއެވެ. ޒުހޭރުއަށް ކޮޅަށް ހުރެވެނީވެސް ކިރިޔާއެވެ. މާޔާ ޒުހޭރު ދަމަމުން ކަހަލަ ގޮތަކަށް ގޮސް ސިޑިން އަރައިގެން ގޮސް ހުއްޓިލީ އެއްވަނަ ބުރީ ސިޑީގެ ކުރިމަތީގައެވެ. އެންމެން މާޔާ ކުރަން އުޅޭ ކަމެއް ނޭގިގެން ބަލަން ތިބީ ހައިރާންވެފައެވެ. ” ގުޑް ބައި ” މާޔާ މަޑުން ކިޔާލަމުން ޒުހޭރުގެ ބުރަކަށީ ދެއަތް ވިއްދާލަމުން ބާރަކަށް ކޮށްޕާލިއެވެ. ޒުހޭރު އެނބުރެމުން އެނބުރެމުން ގޮސް އެންމެ ތިރީ ހަރުފަތާ ހަމައަށް އައިއިރު އޮތީ ހަބަރުހުސްވެފައެވެ. ” ނޫން.. ބައްޕާ…. ” ބޭރުގައި އުޅެފަ އައި ޝަހާއަށް އެ މަންޒަރު ފެނުމުން ދުވެފައި އައިސް ޒުހޭރުގެ ގައިގަ އޮޅުލައިގަންނަމުން ރޯންފެށިއެވެ. ” ހީ އިޒް ގޯން ” މާޔާ ތިރިއަށް ފައިބާ ޝަހާ ކައިރީ ހުއްޓިލަމުން ބުނެލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. އޭރު ދޮރުމަތީ ހުއްޓިލައިގެން ނިހާން ހުރީ ދެލޯ ބޮޑުކޮށްގެނެވެ. މާޔާއަށް ނިހާން ފެނުމުން ބުމަ އަރުވާލަމުން ހީލިއެވެ. ޝަހާ ފަސްދީފައި މާޔާ ދަނިކޮށް ކުއްލިއަކަށް ފަހަތުން މީހަކު ބާރަކަށް ބޮލުގައި ޖެހުމުން ލޯމަތި އަނދިރިވެގެން ދިޔަހިނދު ވެއްޓެން ދިޔައެވެ. ” މާޔާ ” ނިހާން ބާރަކަށް ގޮވާލަމުން އައިސް މާޔާ ވެއްޓުމުގެ ކުރިން މާޔާގެ އުނަގަނޑުގައި ހިފާ އުފުއްލާލިއެވެ. މެރެމުން ދިޔަ ދެލޯ ދޭތެރެއިން މާޔާއަށް ނިހާން ފެނުނީ ހުވަފެނެއްގައި ވަނިކޮށެވެ.

މާޔާއަށް ހޭލެވުނު އިރު އަދިވެސް ބޮލުގައި ރިއްސަމުން ދިޔައެވެ. ދެއަތުން ބޮލުގައި ހިފާލަމުން މުޅިތަން ވަށާ ހޯދާލީ ވަކިތަނެއްކަން ނޭގިގެންނެވެ. ” ދަރިފުޅާ! ” މާޔާ ސިހުނީ މަލީހާ ގޮވާލުމުންނެވެ. ހައިރާންވެފައި މަލީހާއަށް ބަލާލީ ދަރިފުޅާ އޭ ބުނުމުންނެވެ. ” ދަރިފުޅާ ކިހިނެއް؟ ރަނގަޅުތަ މިހާރު؟ ” މަލީހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ކޮންތާކު އަހަރެން މިއޮތީ؟ ” މާޔާ ދެލޯ މަރާ ބާރުކޮށްލަމުން ސުވާލުކޮށްލިއެވެ. ” ހޮސްޕިޓަލްގަ ” މަލީހާގެ ޖަވާބުން މާޔާއަށް ރޭގަ ވީ ކަންތައް ސިކުނޑިއަށް ވެރިވެގަތުމުން ލޯ ހުޅުވާލަމުން މަލީހާއަށް ބަލާލީ ހާސްކަމާއެކީއެވެ. ރޭގަ އެހާ ވަރަށް މަސްތުވާއެއްޗެހި ބޭނުންނުކުރާތީ ރޭގަ ވީ ކަންތައް ހަނދާންހުރިއެވެ. ” އޯ މައި ގޯޑް.. ވަޓް ހޭވް އައި ޑަން؟ ކޮބާ ޒުހޭރު ؟” މާޔާ ހާސްކަމާއެކީ ސުވާލުކޮށްލަމުން އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. މަލީހާ މާޔާ ގަދަކަމުން އެނދުގައި ބާއްވަމުން ޒުހޭރުއަށް ދަނީ ފަރުވާ ދެމުންނޭ ބުނުމުން ހަމަޖެހުނެވެ. ޒުހޭރު މަރެއް ނުވޭތާއެވެ. މާޔާ ދެލޯ މަރާލައިގެން އޮށޯވެލައިގެން އޮއްވާ ލޮލުގެ ކޮޅުން ކަރުނަ ފައިބައިގަތެވެ. ތުންފިއްތާލަމުން ނުރޯން މަސައްކަތްކުރަމުން މާޔާ ދިޔައެވެ. ” ދަރިފުޅާ.. މަންމަމެންނަށް މާފު ކުރޭ.. އެ ދުވަހު ދަރިފުޅު ދެއްކި ވާހަކަ ގަބޫލުނުކުރެވުނީ.. މަންމަމެންނާ ހެދި ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވީ..” މަލީހާ ދެރަވެފައި މާޔާގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ހިޔާރު ކުރީ ހިމޭންކަމެވެ.

އިރުކޮޅަކުން ފާއިޒު އެތެރެއަށް ވަދެ ވާހަކަ ދެއްކި އިރުވެސް މާޔާ އޮތީ ހަމަ ލޯ މަރާލައިގެނެވެ. ޒުހޭރުވެސް މާޔާ ކުރެން މާފަށް އެދުނެވެ. މާޔާ ދެންވެސް އެއްޗެކޭ ނުބުނެއެވެ. ޒުހޭރު މަލީހާއާ ވާހަކަދައްކަމުން ގޮސް ޒުހޭރު ވީ ކޯމާއަކަށް ގޮއްސައޭ ބުނުމުން ދެރަވިއެވެ. ކޯމާއެއްގައި އޮންނަ މީހަކާ ވަކި މަރުވެފައި އޮތް މީހަކާ އޮތީ ކޮން ތަފާތެއް ހެއްޔެވެ. މިއަދު އޭނައާ ހެދި މީހަކު އެ އޮތީ މަރުގެ ތުންފަތްމަތީގައެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުންނެވެ. މާޔާ އަމިއްލަ ނަފްސަށް އަޑުލިއެވެ. ދެން މަސްތުވާތަކެތީގަ ދުވަހަކު އަތްނުލާން ވައުދުވިއެވެ. މަންމަގެ ފަރާތުން މާޔާގެ ބޮލުގައި ޖެހީ ޝަހާ ކަމުގައި އެގުމުން މާޔާ އިތުރަށް ދެރަވިއެވެ. އެންމެނަށް ހަގީގަތް އެނގުނު އިރުވެސް ޝަހާއަށް ހަގީގަތް ނޭގުނެވެ. އަމިއްލަ ބައްޕަގެ މުޑުދާރު އަމަލުތަކުގެ ހަގީގަތް ނޭގުނެވެ. ރޭގަނޑުވަގުތު މާޔާ ގެއަށް ދޫކޮށްލިއެވެ. މާޔާ ޒުހޭރު ބަލާލަންވެސް ނުދެއެވެ. ސަމީރާ އަދި ޝާނިމްވެސް މާޔާއާ ބައްދަލުކުރަން ނާދެއެވެ. މާޔާ ގެއަށް ނުވަދެ ދާން އުޅުމުން ޒުހޭރު ދެރަވެފައި އަނެއްކާވެސް މާފަށް އެދިފައި މިގެއަކީ މާޔާގެ ގެއޭ ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން ކޮޓަރިއަށް ދިޔައިރު ހުރީ ފެންކަޅިވެފައެވެ. އަހަރެއް ފަހުން މިގެއިން އަމިއްލަ ވަންތަކަން އިހްސާސްވިއިރު ރޭގަ ހާދިސާ ލޯ މަތިން ތަކުރާރުވަމުން ދިޔައެވެ. ފާއިޒު އައިސް މާޔާ ކައިރީ ބޭނުންވަނީ ކޯއްޗެއްހޭ އެހުމުން މި ގޭގަ އުޅެން ބޭނުންނުވެޔޭ ބުނެލިއެވެ. ފާއިޒުއަށް ވިސްނުނެވެ. ފާއިޒު ވަގުތުން މާޔާގެ އެ އެދުމާ އެއްބަސްވިއެވެ. ފާއިޒުއަށް ކުރިން ލިބިފައި ހުރި ގޯއްޗެއް ހަދަން ވަގުތުން ބަޔަކާ ހަވާލުކުރިއެވެ. ގެ ހެދެންދެން އެޕާރޓްމެންޓްއެއް ކުއްޔަށް ހިފައިގެން ބަދަލުވިއެވެ. އެ ހާދިސާ ހިނގި ދުވަހަކީ މާޔާ އެންމެ ފަހުން ނިހާނާ ބައްދަލުވި ދުވަހެވެ. އޭގެ ފަހުން ނީހާނާ ބައްދަލުވީ އޮފީސް ކަމެއްގައި ހުޅުމާލެގައި އުޅެނިކޮށް ހުޅުމާލެއިންނެވެ. އެއީ ހަތް އަހަރު ފަހުންނެވެ. މަންމަމެން ކައިރީ ނިހާން ކޮބާހޭ އެހުމުން ބުނީ އެދުވަހަށް ފަހު ނުފެންނަ ކަމުގައެވެ. ނިހާން މާޔާ ހޮސްޕިޓަލް އަށް ގެންދިޔަކަމަށާ އެފަހުން ވީ ތަނެއް ނޭގޭ ކަމުގައެވެ. ސަމީރާއާވެސް މާޔާ އެންމެ ފަހުން ބައްދަލުވީ އެ ހާދިސާ ހިނގި ރޭގައެވެ. އޭގެ ފަހުން ދެން ދިމާވީ ކިޔާވާ ނިމިގެން މާލެ އައި ފަހުންނެވެ.

މާޔާގެ އެދުމުގެ މަތިން މާޔާ ރިހެބްއަކަށް ފޮނުވިއެވެ. އެތާގަ ހަމަސް ދުވަހު އުޅެފަ މާލެ އައިތަނާ މާޔާ ބޭނުންވީ ކިޔަވަން ދާށެވެ. އެންމެ ދުވަހެއްވެސް މާލޭގަ އުޅެން ބެނުންނުވެޔޭ މާޔާ ބުނުމުން ފާއިޒު އަވަސް އަރުވާލާފައި މާޔާ ދިއުމުގެ ތައްޔާރީތައް ހަމަޖެއްސިއެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ހަމަޖެހެން ހަފްތާއެއްހާ ދުވަސް ނެގިއެވެ. އެ ދުވަސްތަކު ތެރޭ މާޔާ ގެއިން ބޭރަށްވެސް ނުނުކުމެއެވެ. އޭރު ފާއިޒުގެ އާ ގެ ހުރީ ހަދާފައެވެ. މެލޭޝީޔާގަ ކިޔަވަން އުޅުނު އިރު މާޔާ ޗުއްޓީއަކަށް ވެސް މާލެ ނާދެއެވެ. ފާއިޒުމެން މާޔާއާ ބައްދަލުކުރަން ބޭނުންވާ ކޮންމެ ފަހަރަކު މެލޭޝިޔާއަށް ދަނީއެވެ. އެ ހާދިސާއަށް ފަހު މާޔާގެ މުޅި ދިރިއުޅުން އެއްފަހަރާ ބަދަލުވިއެވެ. ކުރިން ހީ ސަމާސާކޮށް އުޅޭ ކުއްޖާ އަބަދު އިންނަނީ މޮޅިވެރިވެފައެވެ. ޒުހޭރުގެ ސަބަބުން މާޔާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލީއެވެ. އަމިއްލައަށް ކުރެވުނު ފާފަތަކަށް މާޔާ ތައުބާލިބުމަށް އެދި ދުއާ ކުރިއެވެ. ފަސްވަގުތު ނަމާދަށް އަރަން ފެށިއެވެ. މެލޭޝިޔާގަ ހައަހަރާ ބައި އަހަރު އުޅެފަ މާޔާ އެނބުރި މާލެ އައީ ކޯސް ނިމި ދެން މާލެ އައުން ނުން އިތުރު ގޮތެއް ނެތީމައެވެ. އެކޮޅުގައި ދިރިއުޅެންވެސް މާޔާ ބޭނުންވިއެވެ. އެހެން ނަމަވެސް މަންމަ މެން ކިޔާ ވަރުން އަންނަށް ނިންމީއެވެ. ކާފަގެ ކުންފުނީގެ ހުރިހާ ޒިންމާއެއް އޮތީ ބައްޕައަށެވެ. މަންމަގެ ފަރާތުން ސަމީރާ އޭނަގެ މަންމަގެ ގެއަށް ބަދަލުވި ހަބަރު ލިބުނަސް ޒުހޭރުގެ މަރުގެ ހަބަރެއް ނުލިބެއެވެ. ކާފަމެންގެ ގެ ހުންނަނީ ކުއްޔައް ދޫކޮށްފައެވެ. މާޔާ މާލެ އައުމަށްފަހު ނިހާން މަތިން ހަނދާން ވިޔަސް ބައްދަލުކުރަން ބޭނުންނުވީއެވެ. މާޒީ ހަނދާންނައްތާލަން މާޔާ އެ މާޒީގައި ހިމެނޭ މީހުންވެސް ހަނދާންނައްތާލަން ބޭނުމެވެ. އެހެންނޫނަސް އެރޭ މާޔާއާ ނިހާނާ ދެމީހުންގެ ދެމެދުގައި ހިނގި ކަމަކަށް ފަހު މާޔާ ނިހާންގެ ކުރިމައްޗަށް ވެސް ދާން ބޭނުމެއް ނޫނެވެ. އެދުވަހު ނިހާން ފެނުމުން މާޔާ އެހާ ބިރުގަތީވެސް އެހެންވެއެވެ. އެދުވަހު ނިހާން ހުރީވެސް ކުރިން އޭނައަށް ނިހާން ފެނުނު އިރު ހުންނަ ގޮތަކަށް ނޫނެވެ. ނިހާން ހުރީ ބަދަލުވެފައެވެ. ކުރިން މަސްތުވާތަކެތި ބޭނުންކުރިޔަސް ނިހާން ފަށްތަކާ އެއްޗެހި އަޅާ ނޫޅެއެވެ.

*******

މާޔާ ބެލްކަނީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީދެލައިގެން އިނީ ލޯ މަރާލައިގެނެވެ. މާޒީ މަތިން ހަނދާންވުމުން މޫޑު އެއްކޮށް ސަކަރާތްވިއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ މާޒީ އޭނަގެ ފަސްފަހަތުން ދާ ކޮންމެ ތާކަށް ދާނެއެވެ. އޭރު މާޔާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ. ތެދުވަން ބޭނުންނުވެފައި މާޔާ އެ އޮތް ގޮތަށް އޮއްވާ ނިދިއްޖެއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މާޔާއަށް ހޭލެވުނެވެ. ނިދިފަ އޮތްތަނާ މެދުވެސް ވިސްނުނީ ދެނެވެ. ފާޑަކަށް މޫނު ހަދާލަމުން މާޔާ ގޮސް ފެންވަރާލައިގެން ނަމާދު ކޮށްލިއެވެ. ނަމާދު ކޮށްނިންމާލާފައި މާޔާ ބަދިގެއަށް ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީއެއް ހަދާލައިގެން މާޔާ ދިޔައީ ޓެރެސްއަށެވެ. ޕޫލަށް ދެފައި ބާލައިގެން އިންއިރު އަރާމުވިއެވެ. ކޮފީބޮމުން ދިޔައިރު ސިކުނޑީގައި އެތައް ހިޔާލުތަކެއް އެނބުރެމުން ދިޔައެވެ. ކިޔާނަށް ހަގީގަތް ކިޔައިދޭން ހިތަށް އަރާފަވެސް ކިޔާން އޭނަދެކެ ރުޅިއައިސްދާނެތީ ބިރުގަނެއެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ކިޔާނަށްވެސް ހަގީގަތް އެނގޭނެތާއެވެ. މާޔާ އެންމެ ފަހުން ވިސްނާލަމުން ހަގީގަތް ކިޔައިދޭން ނިންމިއެވެ.

މާޔާ ކޮފީ ބުއި ތަށި ދޮންނަން ބަދިގެއަށް ގޮސް ހެނދުނަށް ސައި ތައްޔާރުކުރަން ނިންމިއެވެ. މާޔާ ބަދިގޭގައި އުޅެނިކޮށް މަލީހާ އައިސް އެހީވެދިނެވެ. އޭރު އަދިވެސް މާއިޝާ ނުނުކުމެއެވެ. މާޔާ ސައި ތައްޔާރުކޮށް ނިމުމުން ގޮސް އޮފީހަށް ދާން ރެޑީވެލިއެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ތިރިއަށް އައި އިރު ކިޔާން ފެނުމުން ހައިރާންވިއެވެ. މިހާ ހެނދުނާ ކިޔާން މި ގޭގައި ކީއްކުރަނީ ހެއްޔެވެ. މާޔާ މަޑުހިނގުމެއްގައި އައިސް ކިޔާން ކުރިމައްޗަށް ހުއްޓުމުން ކިޔާން ހައި ބުނެލީ ހިނިތުންވެލަމުންނެވެ. މާޔާ ހައިރާންވެފައި މާ ހެނދުނަކާ ތިއައީ ކަމަކުހޭ އަހާލިއެވެ. ” އަހަރެން މި ގެއަށް އަންނަށް ޖެހެނީ ކޮންމެހެން ކަމަކުތަ؟ އޯކޭ ތިހާ އަންނަން ބޭނުންނުވަންޏާ ގޮސްދާނަމޭ.. ” ކިޔާން ދެރަވެލާފައި ހިނގައިގަތްތަނާ މާޔާ ކިޔާންގެ އަތުގައި ހިފާ ހުއްޓުވައި ” ޑްރާމާ ކިންގް ” އޭ ބުނެލިއެވެ. ކިޔާން ހީލަމުން މިއަދު އޮފް ދުވަހަކަށް ވީމަ މާޔާ އޮފީހަށް ލައިދޭން އައީއޭ ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން ސައިބޯން ހިގާށޭ ބުނެލަމުން ދިޔައީ ކާގެއަށެވެ. ފަހަތުން ކިޔާންވެސް ދިޔައެވެ. އޭރު ފާއިޒުއާ މަލީހާ ދެމީހުން މޭޒުކައިރީ އިށީދެލައިގެން ތިބީ މާޔާއާ މާއިޝާގެ އިންތިޒާރުގައެވެ. މާޔާއާ އެކީ ކާގެއަށް ވަން ކިޔާން ފެނިގެން މަލީހާއާ ފާއިޒުދެމީހުންވެސް ހައިރާންވެފައި ހަމަ މާޔާ ކުރި ސުވާލުކޮށްލިއެވެ. މާޔާ ކިޔާންގެ މޫނަށް ބަލާލަމުން ބުމައަރުވާލީ ހެވިފައެވެ. ” އަދިވެސް މާއިޝާ ނުހޭލަނީތަ؟ ” މާއިޝާ ފެންނަށް ނެތުމުން މާޔާ ސުވާލުކޮށްލިއެވެ. ” މިއައީ އަހަރެ… ” މަލީހާ މާޔާގެ ސުވާލަށް ޖަވާބު ދޭން އުޅުނުތަނާ ދޮރުން ވަދެގެން އައި މާއިޝާ ވާހަކަދައްކަމުން ހުއްޓާލީ ކިޔާން ފެނިފައެވެ. އަނގަހުޅުވިފައި ކިޔާނަށް ބަލަން ހުއްޓާ ކިޔާން ހީލަމުން މާއިޝާއަށް ގޮވާލިއެވެ. މާއިޝާ ހުވަފެނަކުން ހޭލެވުނުހެން ދެފަރާތަކަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ.  ސައިބޯން އިން އިރު މާއިޝާ ސިއްރު ސިއްރުން ކިޔާނަށް ބަލާލައެވެ. މާޔާއާ ކިޔާން ދެމީހުން ހެވިފައި އެކި ވާހަކަ ދައްކަމުން ދިޔަތަން ފެނިގެން ދެރަވިއެވެ. މާއިޝާ އެވަރަށް ބެލިއިރުވެސް ކިޔާން އެންމެ ފަހަރަކުވެސް މާއިޝާއަށް ބަލާނުލައެވެ.

ކިޔާން މާޔާ އޮފީހަށް ލާން ދިޔައިރު މާޔާ ފަހުން ބައްދަލުވާން ބޭނުމޭ ބުނެލުމުން ކިޔާން ތިމަންނަ ހުންނަނީ އަބަދު ބައްދަލުކުރާ ހިތުންނޭ ބުނެލީ ލާނެތް ގޮތަކަށް ހީލަމުންނެވެ. ކިޔާން މަގަށް ނަޒަރު ހުއްޓާލައިގެން އިން އިރު މާޔާ ކިޔާނަށް ބަލާލަމުން ހިނިތުންވެލީ މާނަވީ ގޮތަކަށެވެ. މަޑުފެހިކުލައިގެ ޓީޝާޓަކާއެކީ ނޫކުލައިގެ ޖީންސްސޯޓެއްގައި ކިޔާން ފެންނަލެއް ނިކަން ފުރިހަމައެވެ. އެ ރީތި ދެލޯ ފޮރުވިފައިވަނީ ކުއިކްސިލްވާ އަވިއައިނަކުންނެވެ. ތުންފަތުގައި ހިތްކަތިލާފަދަ ހިނިތުންވުމެއް ވިއެވެ. ” މައި މޭން ” މާޔާ ހިތުން އެހެން ބުނެލީ ލަދުރަކިގޮތަކަށް ހީލަމުން އިސްޖަހާލަމުންނެވެ. އޮފީސް ކައިރިއަށް ކާރު ހުއްޓާލަމުން މާޔާ ފައިބަން އެނބުރިލިވަގުތު ކިޔާން ކައިރިވެލިއެވެ. މާޔާ ވިސްނާނުލާ ކިޔާނާ ވީ ފަރާތަށް އެބުރުނުވަގުތު ދެމީހުންގެ ތުންފަތް ޖެހުނެވެ. މާޔާ ދެލޯ ބޮޑުކޮށްލި އިރު ކިޔާން އަޅާވެސްނުލާ ކުޑަކޮށް ހީލަމުން މާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ތުންފަތުގައި ބޮސްދީފައި ކުޑަކޮށް ދުރެވެލާފައި މާޔާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. މާޔާ ލޯ މަރާލިއިރު ތުންފަތުގައި ކުޑަ ހިނިތުންވުމެއް ދުވެލިއެވެ. ހިތަށް ހިތްހަމަޖެހުން ލިބުނެވެ. ކިޔާން ދުރުވެލަމުން ލޯ މަރާލައިގެން އިން މާޔާގެ މޫނަށް ފުންކޮށް ބަލާލަމުން ހިނިތުންވެލަމުން ” ހޭވް އަ ގުޑް ޑޭ ” ބުނެލިއެވެ. މާޔާ ލޯ ހުޅުވާލަމުން އަވަހަކަށް ކާރުން ފައިބައިގެން ދިޔައީ “ޔޫ ޓޫ” އޭ ބުނެލަމުންނެވެ.

މެންދުރު ވަގުތެވެ. ބްރޭކްގަޑީ ނިހާން ގުޅާލާފަ ކާން ދާން މާޔާ ގާތު ބުނެލިއެވެ. ބަނޑުހައިވެފަ ހުރިވަރުން މާޔާ އާއެކޭ ބުނެލިތަނާ ނިހާން އުފާވެލާފައި ބަލާ އެބަދަމޭ ބުނެލިއެވެ. ނިހާން އައިސް ގުޅާލުމުން މާޔާ ބޭރަށް ނުކުތެވެ. ނިހާން ހަމަ ކުރީ ދުވަހެކޭ އެއްގޮތަށް ރީއްޗަށް ހެދުން އަޅާފަ ފަށްތަކާ އެއްޗެހި ނަގާލާފަ ހުރުމުން ރީއްޗެވެ. މާޔާއަށް ނިހާން އެ ގޮތަށް ހުންނަ އިރު ރީއްޗަސް ނިހާން މާޔާއަށްޓަކާ ބަދަލުވާތީ ދެރަވިއެވެ. މާޔާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން އައިސް ކާރަށް އެރިއެވެ. ނިހާން ކާރުދުއްވާލަމުން ކިހިނެއްހޭ އަހާލިއެވެ. ” ނިހާން…. ޔޫ ޑޯންޓް ހޭވް ޓު ޗޭންޖް ޔޯ ސެލްފް.. ” މާޔާ އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނދެފަ ބުނެލީ އިސްޖަހާލަމުންނެވެ. ނިހާން ފާޑަކަށް މާޔާއަށް ބަލާލިއެވެ. ” އަހަރެން ހުންނަ ގޮތަށް ހުރެ މާޔާއަށް އަހަންނާ އެއްކޮށް ތަންތަނަށް ދާން ކެރޭނެތަ؟ ”

( ނުނިމޭ )

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ކަނޑުފެން (ފުރަތަމަ ބައި) KanduFen (part-1)

Next

އަހަރެންގެ މިނިވަންކަން ކޮބައި ހެއްޔެވެ؟

Next
October 12, 2015

އަހަރެންގެ މިނިވަންކަން ކޮބައި ހެއްޔެވެ؟

Previews
October 12, 2015

ކަނޑުފެން (ފުރަތަމަ ބައި) KanduFen (part-1)

53 Comments!

  1. isha says:
    October 12, 2015 at 5:14 pm

    meee mihaaaru esfiyaiga in emme reethi vaaaahaka… keeep it up!!! waiting 4 the next part.. ??????????????????? awesome

    1. saarah says:
      October 12, 2015 at 6:53 pm

      Thats a veryy big compliment isha.. Thank you so much ❤️❤️

    2. Aishh says:
      October 12, 2015 at 10:53 pm

      Agree with u

  2. ilaan says:
    October 12, 2015 at 5:20 pm

    v reethi mi part ves next part kon irakun

    1. saarah says:
      October 12, 2015 at 6:54 pm

      ThanQ ilaan 🙂
      Next part hopefully dayafter tomorrow 🙂

  3. yaan says:
    October 12, 2015 at 5:28 pm

    bayeh thanthankolhuga mistakes ebahuri… anehhen habeyyxxzz

    1. saarah says:
      October 12, 2015 at 6:55 pm

      ThanQ yaan. 🙂

  4. dark princess says:
    October 12, 2015 at 5:50 pm

    Maashaa Allah..!!! Vvv rythi… dhn kn dhuvahaku next part..

    1. saarah says:
      October 12, 2015 at 6:56 pm

      ThanQ dark princess 🙂
      Next part hopefully dayafter tomorrow 🙂

  5. Rish says:
    October 12, 2015 at 5:55 pm

    Nice

    1. saarah says:
      October 12, 2015 at 6:57 pm

      ThanQ rish 🙂

  6. Crazi says:
    October 12, 2015 at 5:57 pm

    Mi part ves vrh reethi..next part kon irakun..ya i agree ehgey…eh hen vahaka tha vahki hisaabakun wait kohfah foohi eh hen vaathee..but mi vahaka kuriah gendathee vrh uhfaa vey

    1. saarah says:
      October 12, 2015 at 6:58 pm

      ThanQ crazi 🙂
      I will try my best to finsh this story inshaa allah. 🙂

  7. reader says:
    October 12, 2015 at 6:14 pm

    v reethi…………….. nxt part avahah up koh dhehchey

    1. saarah says:
      October 12, 2015 at 7:00 pm

      ThnaQ reader 🙂
      Next part hopefulyy day after tomorrow 🙂

  8. m.tee says:
    October 12, 2015 at 6:51 pm

    V salhi.v kiyaa hiyvey mi vaahaka.

    1. saarah says:
      October 12, 2015 at 7:01 pm

      ThanQ m.tee 🙂
      Ummeedhukuran vaahaka nimendhn ves kiyaa hihvaa gothah genesdheveyne kamah 🙂

  9. aathu says:
    October 12, 2015 at 7:27 pm

    Story is awsum saarah ;).. its a nice story..kyp it up

    1. saarah says:
      October 13, 2015 at 9:02 pm

      ThanQ aathu 🙂

  10. Ifaa says:
    October 12, 2015 at 8:21 pm

    Vvvvvvvvvvvvvvvvvv nice story..<3 waiting 4 the next part.. <3

    1. saarah says:
      October 13, 2015 at 9:03 pm

      ThanQ ifaa <3

  11. Nish says:
    October 12, 2015 at 8:58 pm

    ekkala hatharu udhares vaahaka ves huttaalee dhw? foohi lomme vaahakaeh fashaafa nunimmaathee

    1. uhaf says:
      October 13, 2015 at 6:05 am

      Eiyvs ves v kiyaahithun kiyanmun dhiya story eh but mihaaru foohi vehjje…..

  12. myschic says:
    October 12, 2015 at 9:12 pm

    I love this story….its beautiful..the best story in esfiya…must agree…really ♡

    1. saarah says:
      October 13, 2015 at 9:07 pm

      Thank you so much myschic ❤️

  13. Avvie says:
    October 12, 2015 at 11:06 pm

    Esfiya ga inna emme emme best story ey bunumun dhogakah nuvaane.. Yuh r such a good writer.. Vhk up kh dhey varu vz n dhigu min vz hama perfect.. Goodluck with your work.. God bless you..
    Waiting for next part..

    1. saarah says:
      October 13, 2015 at 9:09 pm

      Thank you Avvie ❤️

  14. minnu says:
    October 12, 2015 at 11:13 pm

    Nice story.. maasha Allah wa thabaarakallah… keep it up… waiting for the nxt part:)

    1. saarah says:
      October 13, 2015 at 11:54 pm

      ThanQ minnu 🙂

  15. shima says:
    October 12, 2015 at 11:14 pm

    Warah reethi. ..it’s weird but I think that nihans mom is maaya mom…. it’s what I think….let’s see some day we are gonna know right…about her mom….anyways waiting for the next part….. it’s really nice…. ☺

    1. saarah says:
      October 13, 2015 at 11:56 pm

      ThanQ shimaa. Heheh mihaaru maayge mamma eh vejje tha hoadhan dhw. Lets see dhw vaa gotheh 🙂

  16. shaz says:
    October 12, 2015 at 11:46 pm

    waiting waiting waiting

    1. saarah says:
      October 13, 2015 at 11:57 pm

      Tomorrow upkohdheynan insha allah 🙂

  17. uhaf says:
    October 13, 2015 at 6:08 am

    Saarah aharenvs bunan othy hama ehvaahaka eh miy mihaaru hama ehvanaiga in story v salhi… unmeedhu kurany nimeynyvs 1vana ga kamah…. good luck god bless you…… 🙂

    1. saarah says:
      October 13, 2015 at 11:58 pm

      ThankQ uhaf. I will try my best to make the sotry more intresting and hope you will like the story till the end 🙂

  18. nazi says:
    October 13, 2015 at 8:43 am

    vara reethi kon irakun next part

    1. saarah says:
      October 13, 2015 at 11:58 pm

      ThanQ nazi. Maadhan next part insha allah 🙂

  19. aisha says:
    October 13, 2015 at 11:17 am

    Waiting 4next part

    1. saarah says:
      October 13, 2015 at 11:59 pm

      Maadhan upkohdheynan insha allah 🙂

  20. Lai says:
    October 13, 2015 at 11:22 am

    I love this story ♥
    Esfiya site ga mihaaru in emme salhi vaahaka mee..
    Saarah.. vaahaka liyumuge talent ebahuri.. vaahaka ehkoh genes ninmaalahchey..
    Mi part ves hama varah varah salhi ♡♡ 🙂

    1. saarah says:
      October 14, 2015 at 12:00 am

      Thank you Lai. That means a lot.. ❤️
      Iraadhakurehviiya nimendhn genesdheynan. 🙂

  21. Maya says:
    October 13, 2015 at 11:45 am

    Isha buny hama bodu thedheh… SAARAH is the BEST

    1. saarah says:
      October 14, 2015 at 12:01 am

      ThanQ maya. 🙂

  22. Maya says:
    October 13, 2015 at 11:46 am

    SAARAH hope.. hope…

  23. 4f!4h says:
    October 13, 2015 at 1:06 pm

    Zuhair n faaiz olhey thankolheh ebain mi part ga. aneh hen hama ehen meehun ves bunaa hen this is the best story i hv ever read! varah salhi. ekam alhuganduge imagine ge kuda ethi kolheh dho eh goih vee? This is the interest of readers. imagining the next episode -_^ I LIKE IT 😀

    1. saarah says:
      October 14, 2015 at 12:04 am

      Heheh, type kuri iruves varah gina faharu olhunu zuheyru aa faaiz a. Varah check ves kurin. kuda ethikolheh dhw mi dhimaav 4f!4h ge imagination a. Next part ga thankolheh boduthaneh dhimaaveytho balamaa.. 🙂 thank you 🙂

  24. jeyys says:
    October 13, 2015 at 6:25 pm

    Next part ah wait mi kurany… kondhuvahakun up kurany?

    1. saarah says:
      October 14, 2015 at 12:05 am

      Next part maadhan inshaa allah 🙂

  25. zooo says:
    October 13, 2015 at 10:22 pm

    Keep it up…..nice story….

    1. saarah says:
      October 14, 2015 at 12:43 am

      ThanQ zooo 🙂

  26. nazi says:
    October 14, 2015 at 8:37 am

    saarah koba kihineytha mihaaru vaahaka kiyaahithun plz avaha up kolladheebala

  27. nazi says:
    October 14, 2015 at 2:03 pm

    mihaaru inthizaarah
    inthizaaru koh koh varubaliveyje

  28. mausoom manje says:
    December 13, 2015 at 2:51 pm

    V v reethi

Comments are closed.


All Right Reserved!