Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 15 )

saarah Level 210 Stories100 Comments
October 9, 2015 11 Mins Read
51 Comments

އެހެން ނަމަވެސް އަމިއްލަ ހާލަތާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ހިތަށްވާތަދުން ޑްރަގްސް ބޭނުންކުރެވެއެވެ.

މާޔާ އޭނަގެ އަސްލު މައިންބަފައިން ހޯދަން ބޭނުންވިއެވެ. އެހެންކަމުން އެއްދުވަހު ގެއަށް ދިޔައީ މަންމައާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭތޯއެވެ. މާޔާ ފެނުމުން އެންމެންވެސް އޭނައަށް ބަލާލާ ގޮތުން ދެރަވެއެވެ. އެންމެ ގާތްކޮށް އުޅުނު ޝަހާ މިހާރު އޭނަ ފެނުނަސް ދަނީ ދުރަށެވެ. މާއިޝާއާ ޝާނިމްވެސް މާޔާ ފެނުމުން މޫނު އަބުރާލަމުން ދުރަށް ދާ ގޮތް ފެނުމުން ދެރަވެއެވެ. ޒުހޭރު ފެނުމުން މާޔާ ލޯ އަޅާލާފަ ޒުހޭރުއާ ވީހާވެސް ދުރަކަށް ޖެހިލީ ބިރުން ހުރެއެވެ. މަލީހާ ކައިރިއަށް އައިސް މިހާރު ތިއައީ ކީއްކުރަންހޭ ބުނެލީ ތަންކޮޅެއް ބާރަށެވެ. ސަމީރާ ދުރުގައި މާޔާއަށް ބަލަން ހުރިއިރު އެމޫނުމަތީގައިވީ ކުލަވަރުން ދެވަނަ ފަހަރަށް ވެސް ބަލާލެވުނެވެ. އެހެން އެންމެން އޭނަ ފެނިގެން ރުޅިއައިސްގެން ދާއިރު ސަމީރާއްތަ ކޮންމެފަހަރަކުވެސް ހިތްހެޔޮ ކަމާއެކީ އޭނައަށް ބަލާލާކަން ފާހަގަވެއެވެ. ” އަހަރެންގެ މައިންބަފައިން ވީ ތަނެއް އެގޭތަ؟ ” މާޔާ ސީދާ ކުރަން ބޭނުންވި ސުވާލުކޮށްލިއެވެ. މަލީހާ މާޔާގެ މޫނަށް ބަލާލަމުން ހީލީ މަލާމަތްކުރާ ފަދައިންނެވެ. ” މިހާރު އެމީހުންނަށް އުނދަގޫ ޖައްސަން ދާންތަ ތި ވިސްނަނީ؟ އަހަންނަށް ޔަގީން އެމީހުންވެސް ފޫހިވާނެކަން ކަލޭ ފެނުނީމަ..” މަލީހާގެ ބަސްތަކުން މާޔާ ދެރަވިއެވެ. އޭނަ އެމީހުންނަށް އުނދަގޫ ޖެއްސީ ކޮންއިރަކު ހެއްޔެވެ. އެމީހުން ބޭނުންނުވާތީ އޭނަ އެ ހުރީ އެގެއިންވެސް ދުރަށް ގޮއްސައެވެ. މާޔާ ހިތަށް ތަދުވީ ވަރުން އެއްޗެކޭ ނުބުނެ ދާން އުޅުނުތަނާ ސަމީރާ ވާހަކަދެއްކި އަޑަށް ހުއްޓިލެވުނެވެ. ” މާޔާގެ މައިންބަފައިން ވީ ތަނެއް ނޭގެ އެކަކަށްވެސް. ބައްޕަ މާޔާ މި ގެއަށް ގެނައީ.. ބައްޕަ ބުނީ މާޔާގެ މަންމަ އެބައުޅެއޭ. އެކަމަކު ބައްޕަވަނީ ނިޔާވެފައޭ.. އެކަމަކު އަހަރަމެން އެއްވެސް މީހެއް ކައިރީ ބައްޕަ ނުބުނޭ އެއީ ކޮން ރަށެއްގެ ކާކު ކަމެއްވެސް. މަންމައަކަށްވެސް ނޭގޭ..” ސަމީރާ މަޑުމައިތިރިކަމާއެކީ ކިޔައިދިނެވެ. މާޔާ ސަމީރާއަށް ބަލާލަމުން ހިނިތުންވެލެވުނީ ބޭ އިހްތިޔާރުގައެވެ. އެހެންނަމަވެސް ދެވަނަ ސުކުންތުގައި މާޔާ މޫނު އަބުރާލަމުން ނުކުމެގެން ހިނގައިގަތެވެ. އެވަރުން މަންމަ ހޯދަން އައުމުންވެސް އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ. ނުވެސް ފެންނައިރުވެސް އަމިއްލަ ބައްޕަ ދުނިޔޭގަ ނެތް ކަން އެގުމުން ދެރަވިއެވެ. ދެލޮލަށް ކަރުނަ ޖަމާވީ ހިތައް ކުރި އަސަރުންނެވެ. އަނެއްކާ މަންމަ ކޮބާބާއެވެ.

މާޔާ އަމިއްލަ ހިތާ ސުވާލުކުރަމުން ހިނގާފައި ދަނިކޮށް ފަހަތުން މީހަކު އައިސް އަތުގައި ހިފާލުމުން ސިހިފައި އަތް ފޮޅުވާލެވުނެވެ. ފަހަތަށް އެބުރި ބަލާލިއިރު ކުރިމަތީ ނުލަފާ ފާޑަކަށް ހެވިފައި ހުރި ޒުހޭރު ފެނުމުން ބިރުގަތެވެ. ބޭއިހްތިޔާރުގައި ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” ހާދަ ދެރައެއް ވެއޭ މާޔާ ތިގޮތަށް ތެޅޭ ގޮތް ފެނުނީމަ. މާޔާ މާ ބޮޑަށް ވެސް މޮޔައީ. އޭރުވެސް އަހަރެންގެ ނަން ބުނި އިރު ރަނގަޅަށް އެގޭނެ އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަން.. ދެން ކީއްކުރަން.. އެދުވަހު އެހެން ނެހެދިނަމަ މިއަދު ކިހާ އުފަލެއްގަ މާޔާ އުޅޭނީ.. މި އާއިލާއެކު. އަހަންނާއެކު… ” ޒުހޭރު މާޔާއާ ކައިރިވެލަމުން މާޔާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. މާޔާ ރުޅިއައިސްގެން ޒުހޭރުގެ އަތް ފޮޅުވާލާފަ ފަހަތަށް ޖެހިލިއިރު އެހާ ބިރުވެސް ގަތެވެ. މުޅިމީހާ ތުރުތުރު އަޅަން ފެށީ ބިރުގަތްވަރުންނެވެ. ބޭރުގައި މާޔާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ނިހާން ގޭޓް ކުރިމައްޗަށް އައީ އެއްވެސް އިރެއްގައި އެ މަންޒަރު ފެނިދާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ނިހާން އައި ރުޅީގަ ދެއަތް މުއްކަވާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒުހޭރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ދުރަށް ކޮށްޕާލީ ބާރަށް ހަޅޭލައްވައިގަންނަމުންނެވެ. ޒުހޭރު ލޯބޮޑުކޮށްލަމުން ނިހާނަށް ބަލާލީ ބުމަ ގޮށްޖަހާލަމުންނެވެ. ” މާޔާއާ ދުރުގަ ހުންނާތި!! ” ނިހާން ޒުހޭރުއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ދިން އިންޒާރުން ޒުހޭރު މަޑުޖެހިލިއެވެ. ނިހާންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުން ޒުހޭރު ފަސްޖެހެވުނެވެ. މާޔާ ނިހާންގެ ފަހަތަށް ވަދެ ނިވާވެލައިގެން ހުރީ ނިހާންގެ މުލައްދަޑީގައި ހިފާލަމުންނެވެ. އޭރު ބޭރުގަ އަޑުގަދަވެގެން އެތެރޭގަ ތިބި މީހުން ބޭރަށް ނުކުމެ ތިބީ ހައިރާންވެފައެވެ. ” މިހާރު އަހަރަމެންނަށް ބިރުދައްކަން ޕާޓޭއިންވެސް މި ގެއަށް ގެންނަން ފެށީތަ؟ ” ފާއިޒު ރުޅިއައިސްގެން މާޔާގެ އަތުގަ ހިފާ ދަމާލަމުން ބުނެލީ ބާރަށެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. ” ކިހިނެއްވެގެންތަ ކަލޭމެން ތިއުޅެނީ؟ މާޔާއާ ދިމާލަށް ދެން ކުޑައެއްޗެކޭ ބުނެލިޔަސް މަ ވަރުގެ ނުބައި މީހެއް ނެތްކަން އަންގާލާނަން.. ހަނދާންކުރާތި. ދެން މާޔާއާ ނުބެހޭތި..” ނިހާން މާޔާގެ އަތުގަ ހިފާލަމުން ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން ހިނގައިގަތީ ވަރުގަދަ އިންޒާރެއް ދީފައެވެ. މާޔާ ގަބޫލު ކުރަން ދަތި ގޮތަކަށް ނިހާނަށް ބަލާލިއެވެ. އޭނައަށްޓަކާ ނިހާން އެދަނީ މިހާރު މީހުންނަށް އިންޒާރުވެސް ދެމުންނެވެ. ވަކި ހިސާބަކަށް ގޮސް ނިހާން ކުއްލިއަކަށް ހުއްޓިލަމުން ފަހަތް ބަލާލި ގޮތުން މާޔާވެސް ބިރުގަތެވެ. ރުޅިއައިސް ރަތްވެފަ ހުރެ ނިހާން މާޔާގެ އަތުން ދޫކޮށްލަމުން ގޮސް ހުއްޓިލީ ސީދާ ޒުހޭރު ކުރިމައްޗަށެވެ. ” މިއަދު މާ ބޮޑަށް ފުއްޕާލާފަ އުޅުނަސް އަބަދު ތިހެން އުޅެވޭނެޔެކޭ ހީނުކުރަށްޗޭ.. ކޮންމެވެސް ދުވަހަކުން ކަލޭގެ ތި މުޑުދާރު އަމަލުތައް މިގޭ އެންމެނަށް އެނގޭނެ.. އެދުވަހަކުން ތިގޮތަށް އެންމެންގެ ކުރިމަތީ މާ ރަނގަޅުމީހަކަށް ހެދިގެން ނޫޅެވޭނެ. އަދި ބުނަން. މާޔާއަށް ކަލޭގެ ވައިވެސް އެޅިޔަކަ ނުދޭތި. ކަލެއަށް ރަނގަޅުނުވާނެ.. ކަލޭ މާޔައަށްދޭ ކޮންމެ ގެއްލުމަކީ އެއީ ކަލެއަށް ލިބޭ އަނިޔާއެއްކަމަށް ހީކޮށްގެން އުޅޭތި!! ” ނިހާން ޒުހޭރުގެ މޫނުގަ މަޑުން އަތުން ޖަހާލަމުން ހިނގައިގަތީ ނުލަފާ ފާޑަކަށް ހީލަމުންނެވެ. ޒުހޭރު ހުއްޓުން އަރާފައި ނިހާން ދިޔަ ދިމާލަށް ބަލަން ހުރެފަ ގަދަކަމުން ހިނިތުންވެލީ އެހެން އެންމެން އޭނައަށް ބަލާކަން އެގިގެނެވެ.

ނިހާން މާޔާގެ އަތުގަ ހިފައިގެން ގޮސް ކާރަށް އަރާ ދުއްވާލި އިރު މާޔާ އިނީ ނިހާނަށް ބަލާށެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އިންސާނިއްޔަތުކަމަށްޓަކައިވެސް މީހަކު މިވަރު ނުވާނެއެވެ. ” ކީއްވެ؟ ” މާޔާ ފެންކަޅިވެފައި ކޮށްލި ސުވާލުން ނިހާން މާޔާއަށް ބަލާލަމުން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަގޮތަކަށެވެ. ” ކީއްވެ ނިހާން މި ހުރިހާ ކަމެއް ތިކުރަނީ؟ ކީއްވެ ތިހާވަރަށް އަހަރެން ރައްކާތެރިކޮށްދޭން ތިއުޅެނީ؟ ” މާޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނިހާން ފާޑަކަށް މާޔާއަށް ބަލާލަމުން މަގުމައްޗަށް ނަޒަރު ހުއްޓާލީ ތިރީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. މާޔާ ނިހާންގެ މޫނަށް ބަލަން އިނީ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. އެހެންނަމަވެސް ނިހާން އެއްވެސް އެއްޗެކޭ ނުބުނެ އިން ގޮތުން މާޔާ ރުޅިގަދަވިއެވެ. އަނެއްކާވެސް ބާރަކަށް ކީއްވެހޭ މާޔާ އަހާލިއެވެ. ދެންވެސް ނިހާން އެއްޗެކޭ ނުބުނުމުން މާޔާ ތުން އަބުރާލަމުން ބޭރުބަލަން ފެށިއެވެ. ގެއަށް ދެވުމުން ނިހާން މާޔާއާ އަޅާވެސްނުލާ ކާރުން ފައިބައިގެން ދިޔަތަން ފެނިގެން މާޔާ ދުވެލާފައި ގޮސް ނިހާނާ އެއްހަމައެއްގައި ހިނގާލާފައި ދިޔައީ އަނެއްކާވެސް ކުރިން ކުރި ސުވާލުތައް ކުރަމުންނެވެ. ނިހާން ކުއްލިއަކަށް ހުއްޓިލަމުން މާޔާގެ އަތުގައި ބާރަކަށް ހިފާ ގަޔާ ކައިރިއަށް މާޔާ ދަމާލިއެވެ. ” ބިކޯސް އައި ލަވް ޔޫ.. އާނ. އަހަރެން މާޔާދެކެ ލޯބިވާތީ.. މި ލޮތްބެއް ވާން ފެއްޓީ މިއަދަކު ނޫން. އެންމެ ފުރަތަމަ މާޔާ ފެނުނު ދުވަހުން ފެށިގެން އަހަންނަށް މާޔާދެކެ ލޯބިވެވިއްޖެ..  މާޔާއާ ދުރަށް ދާން ބޭނުންވިޔަސް ނުދެވޭ ވަރަށް އަހަންނަށް މާޔާދެކެ ލޯބިވެވިއްޖެ.. އަހަރެން މާޔާދެކެ ވާ ލޮތްބަށްޓަކައިވެސް އަހަރެން މާޔާ ރައްކާތެރިކޮށްދޭނަން.. ” ނިހާން މާޔާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އެއްނޭވައިން ހުރިހާ އެއްޗެއް ކިޔާ ނިންމާލިއިރު މާޔާ ހުރީ ލޯ ބޮޑުކޮށްލައިގެނެވެ. ނިހާން ދެން އެއްޗެކޭ ނުބުނެ ހުރީ މާޔާ ކިޔާނެ އެއްޗެއްގެ އިންތިޒާރުގައެވެ. މާޔާ އެ ހުރި ގޮތަށް ނިހާނަށް ބަލަން ހުރިއިރު އެތައް ހިޔާލުތަކެއް ސިކުނޑީގައި އެބުރެމުން ދިޔައެވެ. ” އަހަރެންގެ އަސްލު ބައްޕަ ނެތް މި ދުނިޔެއަކު.. މަންމަ ހުރި ތަނެއް އެމީހުންނަށްކަށް ވެސް ނޭގެ ” މާޔާ ބަލަން ހުރެލާފައި ބުނެލި ޖުމުލައިން ނިހާން ބުމަ އަރުވާލީ ” ހައް ” އޭ ބުނެލަމުންނެވެ. ނިހާން އޭނަގެ ހިތުގެ ހާލު ބުނުމުންވެސް މާޔާ ޖަވާބު ދޭ ގޮތަކީ އެއީ ހެއްޔެވެ. ނިހާން މާޔާގެ އަތުން ދޫކޮށްލަމުން ހިނގައިގަތީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ. ނިހާން ދިޔަ ދިމާލަށް ބަލަން ހުރެލާފައި މާޔާ ފުންނޭވައެއް ދޫކޮށްލަމުން މެއާ ދިމާލުގައި ފިރުމާލީ ހަމަޖެހިލަންވެގެނެވެ. ނުވެސް ގުޅޭ ވާހަކައެއް މާޔާ ދެއްކީ ނިހާންގެ އެ ވާހަކަ އޮއްބާލުމުގެ ނިޔަތުގައެވެ. ނިހާން ކައިރީ ތިމަންނަ ލޯބިވަނީ އެހެން މީހަކުދެކެ އޭ ބުނުމަށް ވުރެ އެއްޗެކޭ ނުބުންނަށް މާ ރަނގަޅުވާނެކަން ޔަގީނެވެ. ހަގީގަތް ބުނެގެން ނިހާން ހިތުގަ ޖައްސާކަށް މާޔާ ބޭނުމެއް ނޫނެވެ.

އެދުވަހަށް ފަހު މާޔާއާ ނިހާންގެ ދެމީހުންގެ ދެމެދަށް ކޮންމެވެސް ވަރެއްގެ ދުރުމިނެއް އައެވެ. ނިހާން މާޔާއާ ވާހަކަ ދައްކަން އުޅުނަސް މާޔާ އަވަހަށް އެތަނަކުން ދުވެ ފިލައެވެ. އަބަދު ކޮޓަރީގަ ތަޅުލައިގެން އޮންނަށް ފެށިއެވެ. އެހެންނަމަވެސް އެއް ގެ އެއްގައި އުޅޭ އިރު ވާހަކަ ނުދައްކާ ނޫޅެވޭނެތީ މާޔާ ނިހާނަށް ހަގީގަތް ކިޔައިދޭން ނިންމިއެވެ. މާޔާ މަންމަ ހޯދަން މަސައްކަތް ކުރިއެވެ. އެކަމަކު ދުވަކަހު ނުވެސް ފެންނަ މީހަކު ހޯދާނީވެސް ކިހިނެއް ހެއްޔެވެ. މާޔޫސްކަމާއެކީ މާޔާ މަންމަ ހޯދުން ހުއްޓާލީ ނުފެންނާނެ ކަމަށް ޔަގީންކޮށްފައެވެ.

މޫސުން ރީތި ދުވަހެކެވެ. ފުދޭ ވަރަކަށް އަވި ދީފައި އޮތެވެ. ހަވީރު ވަގުތު ކުޑަކޮށް ފިނިޖެހިލާފައި އޮއްވާ ނިހާން ޓެރެސްގައި ކޮފީއެއް ބޯން ހުރީ ޓެރެސްގަ ވަށާ ފާރުމަތީ ކޮފީތަށި ބަހައްޓައިގެނެވެ. މާޔާ މަޑު ހިނގުމެއްގައި ހިނގާލާފައި އައިސް ނިހާންގެ ފަހަތަށް ހުއްޓި ގޮވާލުމުން ނިހާން އެބުރި ބަލާލި ތޫނު ނަޒަރުން މާޔާ އިސްޖަހާލިއެވެ. ” އަހަރެން ލޯބިވާ އެހެން މީހަކު ހުރޭ.. އަހަރެންގެ ބެސްޓް ފްރެންޑް ކިޔާން.. ކިޔާންގެ އެއްވެސް ހަބަރެއް އަހަންނަށް ނުވިޔަސް އަހަރެންގެ ހިތް ބުނޭ ކިޔާން ކޮންމެވެސް ދުވަހަކުން އެބުރި އަންނާނެއޭ. އަހަރެން ބޭނުން އެހާ ދުވަސްވަންދެން ކިޔާނަށް އިންތިޒާރުކުރަން. އެހެން މީހަކުދެކެ އަހަންނަށް ލޯބިނުވެވޭނެ… އައި އެމް ސޮރީ ” މާޔާ ދުރަށް ޖެހިލަމުން ފާރުމަތީ އަތްއަޅުވާލަމުން ދުރަށް ބަލާލަމުން ސީދާ ވާހަކަ ދެއްކިއެވެ. ހަގީގަތް ކިޔައިދިމުން ހިތުން ބޮޑު ބަރެއް ނެތިގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. ” އޯހހ… ” ނިހާންގެ ދުލުން ނުކުތް އެ ކުޑަ ލަފްޒުން މާޔާ ދެރަވިއެވެ. ނިހާން ދެން އެއްވެސް އެއްޗެކޭ ނުބުނެ ކޮފީތަށި ހިފައިގެން ދިޔައީއެވެ. މާޔާ ބަލަން ހުރެލާފައި ތިރީ ތުންފަތުގައި ދަތް އަޅާލަމުން ފާރުގައި ބޯ ޖައްސާލިއެވެ. ނިހާންގެ އެހީއަށްޓަކައިވެސް އޭނައަށް ނިހާންގެ ލޯބި ގަބޫލުކުރެވޭކަށް ނެތެވެ. މާޔާ އިރުކޮޅަކު އެހެން ހުރެލާފައި ފަހަތަށް އެބުރިލިއިރު ކުރިމަތީ ހުއްޓިލައިގެން ހުރި ފަރީޝާ ފެނުމުން ހިނިތުންވެލިއެވެ. ފަރީޝާވެސް ހިނިތުންވެލުމުން މާޔާ އިސްޖަހާލަމުން ހިނގާލަފައި ދިޔައީ ތިރިއަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކީއެވެ. މާޔާ ހަގީގަތް ކިޔައިދިން ދުވަހަށް ފަހުވެސް ނިހާން ހަމަ ކުރިން އުޅުނު ގޮތަށް މާޔާއާ އެކީ އުޅެއެވެ. ނިހާންގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުމުން މާޔާ އުފާވިއެވެ. މާޔާ ނިދާއިރު ބާލީސް ދަށުގައި ބާއްވާފައި އޮންނަ ފޮޓޯގަނޑަކަށް އަބަދު ބަލައެވެ. ހިނިތުންވެލަމުން އެ ފޮޓޯ ގަނޑުގައި ތުންފަތް ޖައްސާލައެވެ. އެއްދުވަހަކު މާޔާ ކޮޓަރިއަށް ވަން އިރު ނިހާން އެނދުގެ ބޯލާކޮޅުގައި ހުއްޓިލައިގެން ހުރީ މާޔާއާ ފުރަގަހަށެވެ. މާޔާ ހައިރާންވެފައި ގޮސް ނިހާންގެ ކުރިމައްޗަށް ހުއްޓިލި އިރު ނިހާން އަތުގައި އޮތް ފޮޓޯ ފެނުމުން އަވަހަކަށް ފޮޓޯގަނޑު ދަމައިގަތެވެ. ނިހާން ޖީބަށް އަތް ޖަހާލަމުން ކިޔާން ހޭ ސުވާލުކޮށްލިއެވެ. މާޔާ ފޮޓޯއަށް ބަލަން ހުރެ ބޯ ޖަހާލަމުން ނިހާނަށް އެނގުނީ ކިހިނެއްހޭ އަހާލިއެވެ. ނިހާން ހީލަމުން މާޔާ މާ ރައްކާތެރިކޮށް ގެންގުޅޭނީ ކިޔާން ނޫން ދެން ކާކުހޭ އަހާލިއެވެ. މާޔާ ހިނިތުންވެލިއެވެ.

ހަފްތާއެއްހާ ފަހެވެ. ހަވީރު ވަގުތެވެ. މާޔާ ބޭރަށް ނުކުމެލީ ފިހާރައަށް ދާންވެގެނެވެ. މާޔާ ހިނގާލާފައި ދަނިކޮށް މަގުމަތީ މާ މީހުން ގިނަވެގެން އުޅޭތީ ބާރަކަށް ހިނގާލާފައި ގޮސް ބަލާލިއިރު ކޮންމެވެސް މީހަކު އެކްސިޑެންޓް ވެގެން އުޅެނީއެވެ. އޭރު އެމްބިއުލެންސްއަށް އެމީހާ އަރުވަނީއެވެ. މާޔާ ރަނގަޅަށް ބަލާލީ އެމީހެއްގެ މޫނު ފެނޭތޯއެވެ. މާޔާ ބާރަކަށް ހަޅޭލައްވައިގަންނަމުން ދުއްވައިގަތީ އެއީ މާމަކަން އެގުމުންނެވެ. މާޔާ ރޮމުން ގޮސް އެންބިއުލަންސް އަށް އަރަން އުޅުމުން އެތާ ހުރި ޕޮލިސް މީހަކު މާޔާ ހުއްޓުވަން އުޅުމުން މާޔާ އެއީ ތިމަންނަ މާމައޭ ބުނެލުމުން އަރަން ހުއްދަ ދިނެވެ. މާޔާ މާމަ ކައިރީ އިށީންނަމުން މާމަ އަތުގަ ހިފާ ގޮވާލުމުން އުދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. ” ދަރި.. ދަރިފުޅާ.. މާމަ އަށް މާ.. މާ… މާފު ކުރޭ.. ޒު… ޒުހޭރު ހަގީ… ހިގީގަތް މާމަ އަށް އެ.. އެގިއްޖެ… މާމަ މި ދަނީ ދަރިފުޅު ހޯ… ހޯދަން.. މާމަ… އެންމެ.. އެންމެނަށް ހަ.. ހަގީގަތް ކިޔަ.. ކިޔައި.. ކިޔައިދޭނަން… މާމަ… ގެން.. ގެ.. ގެންދޭ.. ގެ.. ގެ.. ގެއަށް…. ” މާމާ އުދަގުލުން ވާހަކަ ދައްކަމުން ދިޔައިރު މާޔާ އިނީ ލޯ ބޮޑުކޮށްލައިގެނެވެ. މާމައަށް ހަގީގަތް އެގުނީ ކިހިނެއް ހެއްޔެވެ. މާމަ ދެން އެއްޗެކޭ ބުނަން އުޅުނު ވަގުތު ދެލޯ މެރިގެން ދިޔައެވެ. ” މާމާ.. މާމާ.. ނޫން ނޫން. އަހަރެން ދޫކޮށްފަ ނުދޭ. މާމާ.. މާމާ.. އަހަންނަށް މާފު ކުރޭ.. މާމާ.. މާމާ.. ” މާޔާ މާމަގެ ގައިގަ ހިފާ ތަޅުވަމުން ގޮވަމުން ދިޔައެވެ.

ހޮސްޕިޓަލް އަށް މާމަ ގެންދެވުމާއެކު އަވަސް ފަރުވާ ދެވެން ފެއްޓުނެވެ. މާޔާ ގެއަށް ގުޅާފަ މާމަ އެކްސިޑެންޓްވި ވާހަކަ ބުނުމުން އެންމެން އެކީ ހޮސްޕިޓަލްއަށް އައެވެ. ފާއިޒު އެވަގުތުވެސް މާމަގެ އެކްސިޑެންޓްގެ އިލްޒާމް ވެސް އެޅުވީ މާޔާގެ ބޮލުގައެވެ. މާޔާ ދެރަވެފައި ތިމަންނަ ނޫނޭ ބުނަން އުޅެފަވެސް ހިޔާރުކުރީ ހިމޭންކަމެވެ. އެވަގުތު އެތާ ހުރި ޕޮލިސް މީހަކު އައިސް މާމަ އެކްސިޑެންޓް ވީ ބާރު ސްޕީޑެއްގައި ދުއްވާފަ ދިޔަ ކާރެއްގަ ޖެހިފަޔޭ ބުނެލިއެވެ. މާޔާގެ އެއްވެސް ކުށެއް ނެތް ކަމުގައި ބުނެލިއެވެ. މާޔާ ދުރުގައި މަޑުކޮށްލައިގެން ހުރީ އާއިލާ ކައިރިއަށް ދާން ބޭނުންނުވެފައެވެ. އިރުކޮޅަކުން ޑޮކްޓަރ ނުކުމެފައި މާމަ ސަލާމަތް ނުކުރެވުނޭ ބުނުމުން އެންމެން އެކީ ރޯންފެއްޓިއެވެ. މާޔާ ހުއްޓުން އަރާފައި ބަލަން ހުރިއިރު ރޯންވެސް ނޭގުނެވެ. މަޑުހިނގުމެއްގައި މާޔާ ނުކުމެގެން ދިޔައީ އެތާ ހުންނަން ބޭނުންނުވެގެނެވެ. ސިކުނޑީގައި ކުރިންރޭ މާމައާ ދިމާލަށް ކިޔުނު އެއްޗެހި އެބުރެމުން ދިޔައެވެ. އެންމެ ފަހުން ބޮލަށް ބާރުވެގެން މާޔާ ހަޅޭލައްވައިގަންނަމުން ދެކަކޫ މައްޗަށް ތިރިވީ ރޮމުންނެވެ. މަގުމެދުގައި ދެކަކޫމަތީގައި އިށީދެލައިގެން އިން އިރު އިދެވުނީ ކޮންތާކުކަމެއްވެސް ނޭގެއެވެ. އެތައް ބަޔަކު ހުއްޓިލައިގެން މާޔާއަށް ބަލަން ހުއްޓިލައިގެން ތިއްބެވެ. ނިހާނަށް ގުޅާފައި މާޔާ އެކްސިޑެންޓްގެ ވާހަކަ ބުނުމުން ހޮސްޕިޓަލް އަށް އައި ނިހާނަށް މާޔާ ފެނިގެން ދުވެލާފައި އައިސް މާޔާގެ ދެކޮނޑުގައި ހިފާ ތެދުކޮށްލަމުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. އޭރުވެސް މާޔާ ދިޔައީ ރޮމުންނެވެ. ގެއަށް ދެވުމުން ނިހާން މާޔާ ގޮވައިގެން ދަމުން ފަރީޝާ ކައިރީ ފެން ތައްޓެއް ގެނެސްދެން ބުނެލިއެވެ.  މާޔާ އެނދުގައި ބާއްވާލަމުން ނިހާން ފަރިޝާ ގެނެސްދިން ފެންތަށި މާޔާއަށް ދިނެވެ. މާޔާ ފެން ފޮދެއް ބޯލައިގެން އެކަނިވެލަން ބޭނުންވެޔޭ ބުނުމުން ނިހާން ބޯ ޖަހާލަމުން ބޭރަށް ނުކުމެލިއެވެ.

މާޔާ އޮށޯވެލައިގެން އޮއްވާ ސަމީރާ ގުޅަމުން ދިޔައެވެ. މާޔާ ފޯނު ނުނަގަން ހުވާ ކޮށްގެން އޮތް ފަދައެވެ. ކޮންމެފަހަރަކު ރިންގް ވެފަ ރިންގް ނިވޭ އިރުވެސް މާޔާ އޮތީ ބަލާށެވެ. ދެގަޑިއެއްހާ ފަހުން މާޔާ ތެދުވެ ފެންވަރާލައިގެން ބޭރަށް ނުކުމެ ނިހާން ކައިރީ ތިމަންނަ ސަހަރާއަށް ގެންގޮސްދޭށޭ ބުނެލިއެވެ. ނިހާން އެއްޗެކޭ ނުބުނެ ބޯ ޖަހާލަމުން މާޔާ އެދުނު ގޮތަށް މާޔާ ސަހަރާއަށް ގެންގޮސްދިނެވެ. ނިހާން ބޭރުގަ ކާރުގަ މަޑުކޮށްގެން އިނީ މާޔާ އަންނަންދެނެވެ. މާޔާ މަޑުހިނގުމެއްގައި މާމަ މޫނު ދައްކަން ބާއްވާފަ އޮތް ތަނަށް ދިޔައިރު ދެފައި ތުރުތުރު އަޅަމުން ދިޔައެވެ. އާއިލާގެ އެންމެންގެ ތޫނު ނަޒަރުތައް މާޔާއަށް ހުއްޓިފައި ހުރިތަން ފެނިގެން އިސްޖަހާލަމުން ދަނިކޮށް ޝަހާއައިސް މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ” ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟ ނުވެސް ބެހޭ މީހުން އަހަރެންގެ މާމަގެ މޫނުބަލަން ކޮންމެހެން އަންނާނެކަމެއް ނެތް. ތިއީ މިއާއިލާގެ މީހެއްވެސް ނޫން. ދެން ކީއްކުރަން ތިއައީ؟ ” ޝަހާ މާޔާގެ އަތުގަ ހިފާލަމުން މާޔާ ބޭރުކުރަން ދަނިކޮށް ސަމީރާ ޝަހާ ހުއްޓުވައި މަޑުން ހުންނާށޭ ބުނެލީ ހަރުކަށިކޮށެވެ. ޝަހާ ތުން އަބުރާލަމުން މަންމަގެ ބަސް ގަބޫލުކޮށްގެން މާޔާގެ އަތުން ދޫކޮށްލިއެވެ. މާޔާ ސަމީރާއަށް ޝުކުރުވެރި ނަޒަރަކުން ބަލާލަމުން ގޮސް މާމަގެ ބޯ ކޮޅުގައި ހުއްޓިހުރެ ގުދުވެ މާމަގެ ނިތްކުރީގައި ބޮސްދެމުން “އައި އެމް ސޮރީ” ބުނެލީ ހިތުންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި މާމަގެ ނިތްކުރީގައި ބޮސްދިން ހިނދު މާޔާ އިގިލި ކުރިން ކަރުނަތިކި އަވަހަށް ފޮހެލީ އެހެން މީހަކަށް ނުދައްކަންވެގެނެވެ. މާޔާ ބޯ ހިއްލާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ނުކުމެގެން ދިޔައިރު ސަމީރާއާ ހަތަރުކަޅި ހަމަވިއެވެ. ސަމީރާ ލޯ މަރާލަމުން ބޯ ޖަހާލީ ހިތްހަމަޖެހިފައެވެ.

ގެއަށް ދެވުމާއެކު މާޔާ ދިޔައީ ކޮޓަރިއަށެވެ. ހިތަށް ތަދުވަމުން ދިޔަވަރުން އެވަގުތުވެސް މާޔާއަށް ވިސްނާލެވުނީ ޑްރަގްސްއާ ދޭތެރޭއެވެ. އިރުކޮޅަކުން ނިހާން އައިސް ދޮރުގަ ޓަކި ޖެހުމުން މާޔާ ގޮސް ދޮރު ހުޅުވާލިއިރު މާޔާ ހުރި ހާލު ފެނުމުން ލޯ ބޮޑުކޮށްލާފައި އަނެއްކާވެސް ހޭ އަހާލީ ހިތްހަމަނުޖެހިފައެވެ. ހެނދުނު ހޭލިއިރު މާޔާ ހުރީ ބޮލަށް ބާރުވެފައެވެ. ރޭގަވީ އެއްވެސް ކަމެއް ހަނދާނެއްވެސް ނެތެވެ. ނިހާނާ ވާހަކަ ދައްކަން އިން ހަނދާނެއް ފާޑަކަށް ހަނދާންވިޔަސް ދެއްކި ވާހަކައެއް ހަނދާނެއް ނެތެވެ. މާޔާ ދެލޯ މަރާފިއްތާލަމުން ދެފަރާތަކަށް ބޯ ހޫރަމުން ލޯ ހުޅުވި ގަޑީ ކައިރީގަ އަރާމު ނިންޖަކުން ނިދާފަ އޮތް ނިހާން ފެނުމުން ސިހިފައި ކޮޅަށް ތެދުވީ ކުޑަކޮށް ހަޅޭލައްވައިގަންނަމުންނެވެ. ހަމައެކަނި ސޯޓުގައި ނިހާން އޮތް އިރު މާޔާ ބިރުގަތެވެ. އަމިއްލަ ހަށިގަނޑަށް ބަލާލިއިރު މާޔާވެސް ހުރީ ރޭގަ ލައިގެން ހުރި ހެދުމެއް ލައިގެނެއް ނޫނެވެ. މާޔާ ހެދުން ބަދަލު ކުރި ހަނދާނެއް ނުވެއެވެ. ދެން ހެދުން ބަދަލު ކުރީ ކާކު ހެއްޔެވެ. މާޔާ ދެލޯ ބޮޑުކޮށްގެން ނިހާނަށް ބަލަން ހުއްޓާ ނިހާން މޯޅިއަކަށް ދެމިލަމުން ތެދުވެލިއެވެ. ނިހާން ފާޑަކަށް މާޔާއަށް ބަލާލަމުން ކޮޅަށް ތެދުވި އިރު ކިހިނެއްވީހޭ އަހާލިއެވެ. މާޔާ ގަބޫލުކުރަން ދަތި ގޮތަކަށް ނިހާނަށް ބަލާލަމުން އަނެއް ފަރާތަށް މޫނު އަބުރާލިއެވެ. ” ކާ..ކާކު.. އަހަރ. އަހަރެންގެ ހެދުން ބަދަލު ކުރީ؟ ނި.. ނިހާން އަހަ.. އަހަން.. އަހަންނަށް ކީއްކުރީ؟ ” މާޔާ އުދަގުލުން ސުވާލުކުރި އިރު ދެލޯ ފެންކަޅިވިއެވެ. ނިހާން އެއްޗެކޭ ނުބުނުމުން މާޔާ އެބުރިލިއިރު ނިހާން ފާޑަކަށް ބަލަން ހުރި ގޮތުން މާޔާ ބުމައަރުވާލަމުން އަނެއްކާވެސް ” ތިމަންނައަށް ކީއްކުރީހޭ ” އަހާލީ ތަންކޮޅެއް ބާރަށެވެ. ނިހާން ތިރީ ތުންފަތުގައި ދަތް އަޅާލަމުން މާޔާއަށް ބަލާލީ އެއްމިޔަކަނުން ހީލަމުންނެވެ. ” އަސްލުވެސް އެއްވެސް އެއްޗެއް ހަނދާނެއް ނެތްތަ؟ ” ނިހާން މާޔާއަށް ފުންކޮށް ބަލާލަމުން ކޮށްލި ސުވާލުން މާޔާ ބޯ ހޫރާލީ ހަނދާން ނެތޭ ބުނަމުންނެވެ. ނިހާން ދެންވެސް އެއްޗެކޭ ނުބުނެ ހީލުމުން މާޔާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

” ކީއްކުރީހޭ.. ތިހެން އަހާއިރު ހީވަނީ ކުރި ކަމެއް ވިއްޔާ ކުރީ އަހަރެން ގަދަކަމުންހެން.. އަހަރަމެން ދެމީހުން ދޭތެރޭ ވީ ކަމެއް ވިއްޔާ ވީ މާޔާގެ ވެސް ރުހުމުގައޭ.. ” ނިހާންގެ ޖަވާބުން މާޔާ ސިހުނެވެ. އެދެމީހުންދޭތެރޭ ހިނގީ ކޮންމެއް ހެއްޔެވެ. ” ކޮންކަމެއް ހިނގީ ” މާޔާ އެބުރިލަމުން ސުވާލުކޮށްލިއެވެ. ” ޑޫ ޔޫ ރިއަލީ ވޯންޓް ޓު ނޯ އެބައުޓް ދި ޑީޓއެއިލްސް.. އޯކޭ. ރޭގަ އަހަރަމެން ދެމީހުން އެއްކޮށް ސްލީޕް ކުރީ.. އެން….. ” ނިހާންގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ މާޔާ އެބުރިފައި ނިހާންގެ މޫނުމަތީ ޖެހުމުންނެވެ. ” އައުޗް ” ނިހާން މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ” ހައު ކުޑް ޔޫ؟ އަހަރެން ހަމައިގަ ނެތް ކަމުގަ ފައިދާ ނެގީ ދޯ. ނިހާނާ ޒުހޭރުގެ ވަކި ތަފާތެއް އެބަ އޮތްތަ؟ ނުކުމޭ މި ކޮޓަރިން ” މާޔާގެ ދެލޯ ކަރުނުން ފުރިފައި ހުރިއިރު އެހާ ރުޅިގަދަވިއެވެ. ނިހާން އެއްޗެކޭ ނުބުނެ ނުކުމެގެން ދިއުމުން މާޔާ ދޮރު ތަޅުލާފައި އައިސް ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައީ ރޭގަ މަތިން ހަނދާން ކުރަން ބޮލަށް ބާރުއަޅަމުންނެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ހަނދާންވާ ގޮތެއް ނުވިއެވެ. މާޔާގެ ރުޅިވެރިކަން އެންމެ ފަހުން ކަރުނައިގެ އެހީ ހޯދިއެވެ. މޫނުގައި ދެ އަތް އަޅާލަމުން ބާރަކަށް ރޮމުން ދިޔައެވެ.

އެ ދުވަހަށް ފަހު މާޔާއަށް އެ ގޭގައި އުޅެންވެސް އުދަގޫވިއެވެ. އެހެންނަމަވެސް ދާނެ ވަކި އެހެން ތަނެއް ނެތުމުން މާޔާ ހިތާ ދެކޮޅަށްވެސް އެ ގޭގައި މަޑުކުރިއެވެ. އެހެންނަމަވެސް ނިހާންގެ ކުރިމައްޗަށް މާޔާ އޮޅިގެންވެސް ނުދެއެވެ. ނިހާންވެސް ވަކި މާޔާއާ ވާހަކަދައްކަން މަސައްކަތެއް ނުކުރެއެވެ. ދުވަސްތައް ހަލުވިކަމާއެކީ ފާއިތުވަމުން ގޮސް މިއަދަކީ މާޔާގެ މުޅި ދިރިއުޅުން ބަދަލުކުރި އެ ދުވަހަށް އެއް އަހަރު ފުރުނު ދުވަހެވެ. މުޅި ދުވަސް މާޔާ މޫނު ހަދާލައިގެން ހުރީ އެ ހާދިސާއާ މެދު ވިސްނޭ ވަރުންނެވެ. ހަވީރު ވަގުތު މާޔާ ޓެރެސްގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން އިނީ ލޯ މަރާލައިގެންނެވެ. އެހެން އިންދާ މީހަކު އައިސް ކައިރީގައި އިށީދެލުމުން މާޔާ ލޯ ހުޅުވާ ބަލާލިއެވެ. ފަރީޝާ ކައިރީގަ ލުއި ހިނިތުންވުމަކާ އެކު އިށީދެލައިގެން އިދެ މާޔަގެ އަތުގައި ހިފާލިއެވެ.

” މާޔާ..  އަހަރެން މިއައީ އަހަރެންގެ ދަރިފުޅުގެ އުފަލައްޓަކައި މާޔާގެ ކިބައިން ސަލާން ޖަހަން.. ނިހާން މާޔާދެކެ ހަގީގަތުގައިވެސް ވަރަށް ލޯބިވޭ.. އަހަރެން ހަނދާން އެބަހުރި ނިހާން އެއްދުވަހު އައިސް ބުނި ކުއްޖަކު ދެކެ ލޯބިވެވިއްޖެއޭ. ބުނި އެ ކުއްޖާއަށްޓަކާ މިހުރިހާ ކަމެއްވެސް ދޫކޮށްފަ ރަނގަޅުވާން ބޭނުމޭ.. އޭރު ނޭގެ އެއީ މާޔާ ކަމެއް. މާޔާ މިގެއަށް ގެނައި ދުވަހު ނިހާން ބުނީ އެ ކުއްޖަކީ މާޔާއޭ.. އެދުވަހު ނިހާންގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުމެއް އަހަރެން ދުވަހަކުވެސް ނުދެކެން. މާޔާ މި ގޭގައި އަބަދު ނިހާންގެ ކުރިމަތީ ހުރުމުން ނިހާން ހުންނަނީ ނިކަން އުފަލުން. މާޔާ.. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުވުމުގެ ކުރިން އެދަރިފުޅު ސަލާމަތްކޮށްދީ… މާޔާވެސް ތިކަންތައް ދޫކޮށްލާފަ ހަމަޖެހޭ ދިރިއުޅުމެއް އުޅެން އުޅޭ. ދިރިއުޅުމުގައި ހިތްދަތިކަން ވެސް ދިމާވާނެ. އޭގައިން އިބްރަތް ލިބިގަނެގެން ޖެހޭނީ ދިރިއުޅުމައިގެން ކުރިޔަށް ދާން. ތިގޮތަށް ދިރިއުޅުން ހަލާކު ނުކުރޭ މާޔާ.. އުއްމީދުކުރަން މާޔާ އަހަރެން މިދެއްކި ވާހަކައާ ދޭތެރޭ ވިސްނާނެކަމަށް.. ” ފަރީޝާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް ކިޔާލަމުން ދާން ހިނގައިގަތީ މާޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުންނެވެ. މާޔާ ހައިރާންވެފައި ފަރީޝާ ދިޔަ ދިމާލަށް ބަލަން އިނީ ބަސްހުއްޓިފައެވެ. މިއަދު މަންމައަކު އެއައީ ދަރިއެއްގެ ދިރިއުޅުން ސަލާމަތްކޮށްދޭން އެދި އޭނަ ކައިރިއަށް އާދޭސް ކުރާށެވެ. އެކަމަކު އޭނަ ކުރާނީވެސް ވަކީ ކީއްހެއްޔެވެ. އޭނައަށް ނިހާންގެ ދިރިއުޅުމާ ގުޅޭކަށް ނެތެވެ. އޭނަ ހިތުގައި ވަނީ ހަމަ އެކަނި ކިޔާނެވެ. އެހެން މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެއެވެ.

ރޭގަނޑު ވަގުތެވެ. މާޔާ އެނދުގައި އޮށޯވެލައިގެން އޮތީ ނިދާލަން ކަމަށް ހީކޮށެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ސިކުނޑީގައި އެއް އަހަރު ކުރީ ހާދިސާއާ ދެންމެ ފަރީޝާ ދެއްކި ވާހަކަތައް އެބުރެމުން ދިޔައެވެ. މާޔާ ބޮލަށް އުދަގޫވިއެވެ. ” ނޫން. އާހހހ ” ދެއަތުން ބޮލުގައި ހިފަހައްޓާލަމުން މާޔާ ކިޔާލިއެވެ.  މިފަހަރުވެސް ހިތާމަ ލުއި ކުރަން ބޭނުން ކުރެވުނީ ޑްރަގްސް އެވެ. މާޔާ ދެކޮޅަށް އެއްލެމުން ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައިރު ސޯފާގައި އިށީދެލައިގެން އިން ފަރީޝާ ފެނިގެން ހުއްޓިލިއެވެ. ” ސޮރީ ނިހާން މަންމާ.. އަހަރެން ވަރަށް ރެސްޕެކްޓް ކުރަން ދައްތައަށް.. އެކަމަކު އަހަންނަށް ނިހާނާ އެކީ ނޫޅެވޭނެ. އަހަރެން ލޯބިވާ އެހެން މީހަކު ހުރޭ..” މާޔާ ދެރަވެފައި ހުރެ ނުކުމެގެން ދިޔައީ ނިހާންގެ ކާރުގެ ތަޅުދަނޑި ނަގައިގެންނެވެ. ކާރުގައި ގޮސް މާޔާ މަޑުކޮށްލީ މާޔާގެ ގެއަށެވެ. ކާރުން ފައިބައިގެން ދިޔައިރު ބަގީޗާގެ ކާރޕެޓް މަތީ އޮތް ދަނޑިބުރިއެއް ނަގާ އަތަށް ހެޔޮވަރު ކޮށްލިއެވެ. ބެލް ޖަހާލަމުން މާޔާ ހުރީ ދޮރު ހުޅުވަންދެނެވެ. ދޮރު ނުހުޅުވުމުން އަތުން ދޮރުގައި ޖަހާވެސް ހެދިއެވެ. އެތައް ފަހަރަކު ބެލް ޖެހިއެވެ. އިރުކޮޅަކުން ޒުހޭރު އައިސް ދޮރު ހުޅުވުމުން މާޔާ ފުޅާ ހިނިތުންވުމަކާއެކީ އެތެރެއަށް ދެމިގަތީ ” ހައި ” ބުނެލަމުންނެވެ. އޭރު ބެލް ޖެހި އަޑަށް ގޭގެ އެހެން މީހުންވެސް އައިސް ތިއްބެވެ. މާޔާ ދެކޮޅަށް އެއްލެމުން ގޮސް ހުއްޓިލީ ސީދާ ސިޓިންރޫމުގެ މެދުގައެވެ. ” ބޮއެގެންތަ ތި އައީ؟ ” ފާއިޒު ކައިރިވެލަމުން ކޮށްލި ސުވާލުން މާޔާ ތުންފިއްތާލަމުން ބޯ ޖަހާލިއެވެ. ޒުހޭރު ރުޅިއައިސްގެން މާޔާގެ އަތުގައި ހިފާލަމުން ދޮރުން ނެރެން ދަނިކޮށް މާޔާ އަތްފޮޅުވާލާފައި މަޑުކޮށްލާށޭ ބުނެލީ ހަރުކަށި ރާގެއްގައެވެ. މާޔާ ދެން ގޮސް ހުއްޓިލީ ޒުހޭރު ކުރިމައްޗަށެވެ. މާޔާ ބުމަ ގޮށްޖަހާލަމުން ބަލާލި ގޮތުން ޒުހޭރު ހިންދިރުވާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ޒުހޭރުއަށް ވީ ގޮތް ފެނުމުން މާޔާ ހޭންފެށީ މަލާމަތްކުރާ ފަދައިންނެވެ.

” އެނގޭތަ އަހަރެން މިގެއަށް މިއައީ ކީއްކުރަންކަން؟ ” މާޔާ ޒުހޭރުއަށް ބަލަން ހުރެ ސުވާލުކޮށްލަމުން ޒުހޭރު އެއްޗެކޭ ނުބުނުމުން ނޭގޭހޭ އަހާލިއެވެ. ” އަހަރެން މިއައީ ވަރަށް މުހިއްމު ކަމަކު.. އޯކޭ.. އެހެންވީއިރު އެގޭތަ މިއަދުމީ ކޮން ދުވަހެއްކަން؟ ” މާޔާ އަނެއްކާވެސް ސުވާލުކޮށްލަމުން މިފަހަރު އެންމެންގެ މޫނަށް ވަކިވަކިން ބަލާލަމުން ބުމަ އަރުވާލިއެވެ. ” ނޯ؟ ނޭނގެ؟ ” އެކަކުވެސް އެއްޗެކޭ ނުބުނުމުން މާޔާ ދެފަރާތައް ބޯ ހޫރާލަމުން ކިޔާލިއެވެ. ” އޯކޭ.. އަހަރެން ބުނެދީފާނަން.. އެންމެން އަޑުއަހައްޗޭ.. އޭރުން ދެން ފަހަރަކުވެސް ހަނދާން ހުންނާނެއެއްނު.. ” މާޔާ ހީލަމުން ޒުހޭރުއާ ކުރިމަތިލިއެވެ. ދެވަނަ ސުކުންތުގައި އެ ހިނިތުންވުން ފިލާ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. ” މިއަދަކީ ކަލޭ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރިތާ އެއް އަހަރު ފުރުނު ދުވަސް ” މާޔާ ޝަހާދަތް އިނގިލި ޒުހޭރުއާ ދިމާލަށް ދިއްކޮށްލަމުން ބުނެލީ ދަތްތަކަށް ބާރުލާފައެވެ. ޒުހޭރު ސިހިފައި މާޔާއާ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ.

( ނުނިމޭ )

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ނަހުލާގެ – އެ ރެނދު

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

Next
October 10, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

Previews
October 9, 2015

ނަހުލާގެ – އެ ރެނދު

51 Comments!

  1. Crazi says:
    October 9, 2015 at 8:44 pm

    Me 1st vrh shalhi…ahvaha next part beynun..mithqnun dho eyna maraalee

    1. saarah says:
      October 10, 2015 at 8:34 pm

      Thank crazi 🙂 lets see dhw vaa gotheh 🙂

  2. Thoo says:
    October 9, 2015 at 9:07 pm

    Me 2nd v v v salhi waiting for the nxt prt

    1. saarah says:
      October 10, 2015 at 8:35 pm

      ThanQ thoo 🙂

  3. nazi says:
    October 9, 2015 at 9:44 pm

    vara reethi vara kiya hithun indha ninmaalaafi inthizaarah vara inthizaaru rurevey waiting 4 next part ♥

    1. saarah says:
      October 10, 2015 at 8:36 pm

      Thank you nazi 🙂

  4. sheynn says:
    October 9, 2015 at 10:10 pm

    Woooowwww…mi part vex v v salhi…next part avahah up koh dhehcheyyy…plxxx

    1. saarah says:
      October 10, 2015 at 8:37 pm

      ThankQ sheynn 🙂

  5. mal says:
    October 9, 2015 at 10:33 pm

    V v v salhi mi partves…..

    1. saarah says:
      October 10, 2015 at 8:38 pm

      ThankQ mal 🙂

  6. aisha says:
    October 9, 2015 at 11:09 pm

    V v reethi .nihaan ah maaya libuneema adhi maa reethi vaane

    1. saarah says:
      October 10, 2015 at 8:39 pm

      ThanQ aisha 🙂 lets see maya libeyny kaakahtho?:)

  7. nuzoo says:
    October 9, 2015 at 11:21 pm

    v v salhi.. waiting for the next part..

    1. saarah says:
      October 10, 2015 at 8:40 pm

      ThanQ 🙂

  8. Axoo says:
    October 9, 2015 at 11:51 pm

    V vv reethi. Aslu nihan ah Maya libenveedhoa. Eyrun emme reethivaanee

    1. saarah says:
      October 10, 2015 at 8:41 pm

      ThanQ Axoo 🙂
      Lets see maya libeny kaakahtho? 🙂

  9. shaz says:
    October 9, 2015 at 11:52 pm

    v reethi mi part vx….
    waiting for the next part.
    nihaan ah maaya libumah vureh kiyaan ah libun ragalheee. lwbi vaanama maaya ge kibain advantage eh nunagaane so kiyaan ah libun salhi vaany. heevany maaya ge mamma akee fareesha hen…. next part ga mamma akee kaaku kan angaaladhechey…

    1. saarah says:
      October 10, 2015 at 8:43 pm

      ThankQ Shaz 🙂

  10. MarSha says:
    October 10, 2015 at 12:53 am

    Really nice story. Inthizaaring for part 16 of inthizaar

    1. saarah says:
      October 10, 2015 at 8:44 pm

      ThanQ MarSha 🙂

  11. kia says:
    October 10, 2015 at 4:06 pm

    nihaan aslu mayaa meehakah beynunvi dhuvahu emme help v. kurikameh kuree nihaan rkanyehves noon. aslu nihaan v rangalhu. ekam emme fahun vaahakige villain akah thi hedhy nihaan. dhn kommes gothakun nihaan goas kollaanee dhw. but he luvd her truly n was thr wen maya needed sum1. dhn kiyaan hero akah vefa nihaan villain akah hedheema v foohi vejje!!!!

    1. hana says:
      October 10, 2015 at 6:44 pm

      i agree with yew. suddenly out of blue kiaan becomes the hero while poor nihaan has to play d villain part. not nice! ?

    2. saarah says:
      October 10, 2015 at 8:46 pm

      You have a point. Asllu nihaan ah ehn hadhaakah nuvaane eh nu.
      Love wins. Lets see whose love wins? 🙂

  12. Zila says:
    October 10, 2015 at 5:30 pm

    Aslu mayaa haggu vany nihan ah. insaanaa anme nikamethi vaa vaguthaky hithaamaige vaguthu. so nihan helped t maya when she is in need

    1. hana says:
      October 10, 2015 at 6:45 pm

      absolutely correct.!!

    2. saarah says:
      October 10, 2015 at 8:48 pm

      lets see wot will happn? 🙂 keep reading 🙂

    3. Aisha says:
      October 10, 2015 at 9:02 pm

      Kiyan gasthuga eh noon dhw maya aa dhruga hury. He had reasons. He thought maayaa vee maruvefa kamah.
      I agree with you. Nihan was there for maya when she was in need of someone badly.

  13. mwah says:
    October 10, 2015 at 6:10 pm

    Inthizaar kiya aneh vaahaka haadha lahey dhw up vaaleh…. bored of waiting for it..

    1. saarah says:
      October 10, 2015 at 8:50 pm

      I dnt knw about the other story (inthizaaru) 🙂 cant’ say anything

  14. nazi says:
    October 10, 2015 at 8:25 pm

    inthizaar mee hama dhigu inthizaarey thaadhoa mihaaru kiyaahithun nunidhifa pkz pkz avaha up kolla dheebala ♥

    1. saarah says:
      October 10, 2015 at 8:54 pm

      Hehe. I am little buxy these days. Dnt get much time to type. Each time have to type 5 pages on msword. Have to think, so takes a lot of time to type. Hope you guys wud understand 🙂 I will upload the next part maybe tomorrow night or day after tomorrow insha allah 🙂

  15. Nee says:
    October 11, 2015 at 1:41 am

    I guess nihaan vaany maayage brother ah. Aslu nihaan sleepeh nukurey eyna maya birugannavaaly. He loves her alot ekam eii brother eh ge sidun. Its awsome hama. Fareesha aky mayage mum dhw

    1. saarah says:
      October 12, 2015 at 1:43 pm

      ThanQ Nee.
      Hehe nee keep reading to knw whats going to happn. 🙂

  16. nazi says:
    October 11, 2015 at 9:17 am

    ehen vejjeyamun rangalhee

  17. nazi says:
    October 11, 2015 at 9:20 am

    adhi reethi vaane mihaaruves vara reethi kiyaahithun heevanee up nukuraatha hafthaayaka vureves gina veyjehen i love this storyyyyy

    1. saarah says:
      October 12, 2015 at 1:43 pm

      ThanQ naxi. Miadhu upload kohdheynan insha allah. 🙂

  18. malak says:
    October 11, 2015 at 10:09 am

    Wow vvvvv reethi.

    1. saarah says:
      October 12, 2015 at 1:44 pm

      ThankQ malak 🙂

  19. sadh says:
    October 11, 2015 at 11:38 am

    Sadh beynumy Nihaan ah Maaya liben. Aslu Nihan Nihaan ge gothuga v v rangalhu. Society makes people worse :/ abadhu dhen egothah one side lovers ah dhera goiy vaathy haadha dhera ey. They protect their lovers and at the end no one values it. 🙁 mivaahaka assues v v rythi. Keep it up dear. Eagerly waiting for the next part. 🙂

    1. saarah says:
      October 12, 2015 at 1:46 pm

      ThanQ sadh. Assluves dhw. Society makes people worse.
      Anyway keep reading to know whats gonna happn 🙂 miadhu up kohdheynan insha allah 🙂

  20. 4f!4h says:
    October 11, 2015 at 10:36 pm

    alhugandah mi vaahakaiga dhen vaane goih imagine kurevey goih……..
    Maayaa ge flashback eh dho e genes dhiny.. Maayaa ge present ga ves Nihan Maayaa protect kurey adhi ehaa loabi vey. So he will not be a brother. Dhen heevany hageegaih engeny Sameeraa ah hen. Cox eyna furathama Maayaa Zuheyru ah ingili dhih kuri iru furagas dhin nama ves mihaaru eyna Maayaa ah handharudhee vey. Sameeraa kanneynge hageegaih kiyaa dheyny dho kommes gothakun. dhen emmen ekan gabool kuryma Maayaa geah change vany. Ehen dho vaany Saaraa?

    Waiting for nxt part! Mi inthizaaru maa reethi aneh inthizaarah vure. I LIKE IT! ^_^

    1. dark princess says:
      October 12, 2015 at 12:06 pm

      Vedhaane.. ekm nihaan maya ge bro ah hadhaafa kiyaan ah maya dhinyma rangalhu vaany.. maya nihan dheke loaibehves nuve ehnu.. maya ge parents hoadhan eba jehe ehnu..

    2. saarah says:
      October 12, 2015 at 1:50 pm

      4f!4h lets see dhw vaa goiy. Thank you 🙂
      Dark princess. Maya ge parents hoadhaane adhi thankolheh fahun. 🙂

  21. minnu says:
    October 11, 2015 at 11:14 pm

    Alhe kn irakuntha nxt part upload kurany… waiting for the nxt part…. plxxx upload it sooooon

    1. saarah says:
      October 12, 2015 at 1:51 pm

      Minnu i am on it now. Will upload today insha allah. Most probably evening ga. 🙂

  22. shima says:
    October 11, 2015 at 11:45 pm

    Warah reethi……waiting for the next part…..

    1. saarah says:
      October 12, 2015 at 1:52 pm

      ThanQ shima 🙂

  23. nazi says:
    October 12, 2015 at 1:41 pm

    alhey mee haadha dhigu inthizarekey plz plz plz avaha up kolla dheebala

    1. saarah says:
      October 12, 2015 at 1:54 pm

      Really sorry nazi to keep you waiting 🙁
      I am on it now. Will upload as soon as done 🙂

  24. Zayaa says:
    October 12, 2015 at 3:11 pm

    Next prt koniakun tha?.. Can’t wait.

  25. Hhh says:
    October 12, 2015 at 3:39 pm

    Saarah kobaa tha next part

Comments are closed.


All Right Reserved!