Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

Esfiya Level 310 Stories100 Login
October 10, 2015 7 Mins Read
19 Comments

“އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތް އެނގިއްޖެ؟” ޖާހަތު އަމިއްލަ ނަފްސާ މުހާތަބު ކޮށްފައި ބުނެލިއެވެ.

“ކިހިނެއް ކަންކުރާ ވާހަކައެއްތަ ތިބުނީ؟” އީމަން އެނދުގައި އޮށޯވެލަމުން ބްލޫޓޫތު ހެޑްސެޓް ޖަހައިގެން އިނދެ ވާހަކަ ދެއްކީ ޔާނާ އާއި އެވެ.
“އަހަރެން ހިތަށް އަރަނީ ޖާތުވެސް ގޮވައިގެންނޭ ފުރާނީ. އަހަރެން ދިޔައީމަ އޭނަ އެކަނިވާނެ.” ޔާނާ ބޭނުންވި ގޮތް ކިޔައިދިނެވެ.
“އާނ، ތިގޮތަށް ނިންމައިގެން އަހަރެންވެސް މިހުރީ. މައްސަލައެއް ނެތް.” އީމަން ބާލީހުގައި ބޯއަޅާލަމުން ހަމަޖެހިލިއެވެ. އަދި ލޯމަރާލައިގެން އޮވެ ޔާނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ޔާނާ މާދަމާގެ ޕްރޮގްރާމްގެ ވާހަކަ ދައްކަން ފެށިއެވެ. އީމަންގެ ހިލަމެއް ނުވިއެވެ. ޔާނާ ދެތިން ފަހަރަށް ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ދެން އިވެންފެށީ ގުގުރީގެ އަޑެވެ. އީމަންއަށް ނިދުނީއެވެ. ޔާނާ ހެވުނު ވަރުން އަނގަމަތީ އަތްއަޅައިގެން އިނދެ ފޯނު ބޭއްވިއެވެ. އަދި އޮށޯވެ ދެލޯމަރާލި އިރުވެސް އެތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.

އިރުގެ ދޯދިތަކުން ދުނިޔެ އަލިވަމުން ހޫނު ވަމުން ދިޔައެވެ. ނިދިފައި އޮތް ޖާހަތުއަށް ހޭލެވުމާއެކީ ގަޑިބަލައިލިއެވެ. އަށެއް ޖަހަނީއެވެ. އަވަސްއަވަހަށް އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ތައްޔާރުވެލައިގެން އެންމެ ފުރަތަމަވެސް މިސްރާބު ޖެހީ ބޭރަށެވެ. ޖާހަތު ބޭރަށް ދާތަން ފެނި ބަދިގޭގައި ހުރި ޔާނާ އަވަސްއަވަހަށް ނުކުމެ ގޮވާލިއެވެ.

“މިދަނީ ޔާނުގެ ވެޑިން ޑްރެސްގެ ކަންތައް ދިޔަ ހިސާބެއް ބަލާލަން.” ޖާހަތު ޖަވާބުގައި ބުނެލިއެވެ.
“ސައި ބޮއެގެންވެސް ދެވިދާނެއްނު. އެހުރީ މަސްހުނި މޮޑެ ރޮށިފިހެފަ.” ޔާނާ އެދުނެވެ. ނަމަވެސް ޖާހަތު ދާން ބޭނުންވެފައި ހުރިވަރުން ސައިނުބޮއެ ނުކުމެގެން ދިޔައީއެވެ. ޔާނާވެސް އެކަނި ވުމުން ސައިބޯ ހިތެއް ނުވިއެވެ. ތަށިތަށް ނެގުމަށްފަހު ބޭރަށް ނުކުތްތަނުން އީމަން ވަދެގެން އައިތަން ފެނުނެވެ. ރޭގެ މަތިން ހަނދާންވެފައި ޔާނާ ހިނި އަންނަ ގޮތްވިއެވެ. ނަމަވެސް ހިނިގަނޑު އޮއްބާލީ ގަދަކަމުންނެވެ. ނަމަވެސް އީމަންއަށް މިކަން ފާހަގަ ކުރެވުނެވެ.

“ކީއްވެ ތިހެނީ؟” އީމަން ސުވާލު ކޮށްލިއެވެ.
“ކަމެއް ނުވޭ.” ޔާނާ ބޯހޫރާލަމުން ސީރިއަސްވެލާފައި ބުނެލިއެވެ. ނަމަވެސް އީމަން ދުލެއް ނުކުރިއެވެ. އެންމެ ފަހުން ޔާނާ ރޭގައި އީމަން ގުގުރި ދެމިވާހަކަ ބުންޏެވެ. ފޯނުގައި އޮވެ ނިދުނު ހަނދާން އީމަންވީ އެހިނދުއެވެ. ހިނިއައިސްފައި އިނދެ ބޯކަހާލިއެވެ. އަދި އެއީ ޔާނާއަށް ހީވި ގޮތެއް ކަމަށް ބުނެލިއެވެ.
“ތިވާނީ ޔާނުއަށް ހީވި އެއްޗެއް ކަމަށް. އެހެންނޫނަސް އަހަންނަކަށް ނޭނގޭ ގުގުރި ދަމާކަށް.” އީމަން ގަސްދުގައި ނޫންކަމަށް ހެދުނެވެ. ނަމަވެސް ޔާނާ ދުލެއް ނުކުރިއެވެ.
“އެންމެ ރަނގަޅު. އަދި ދެރޭ ފަހުން އެނގިދާނެ ގުގުރި ދަމާ މީހެއްވެސް. ކެތްކޮށްލާ” އީމަންގެ ކޮޅު ބަލިވާހެން ހީވުމުން ވާހަކަ ހިންދާލިއެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ޔާނާވެސް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ.
“ކޮބާ ޖާހަތު. އަދި ނުތެދުވަނީތަ؟” އީމަން ގޭތެރަށް ބޯ ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ.
“ޖާތު ހިނގައްޖެ ބޭރަށް. ކިހިނެއްވީ؟” ޔާނާ ސީރިއަސްވެލާފައި ޖަވާބުދިނެވެ.
“އެހެންތަ. މިއަދު ޔާނުގެ ވެޑިންޑްރެސްގެ ކަންތައް ބަލާލަން ދާންވާނެޔޭ ބުނިން. ކޮންތަނަކަށް ދިޔައީ؟” އީމަން ސުވާލުކޮށްލިއެވެ. ޔާނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ދެމީހުން އެއްކޮށް ދާންކިޔައިފައި ވާއިރު ޖާހަތު ވަކިން އެދިޔައީ ކީއްވެ ހެއްޔެވެ.

“ހަމަ އެހެދުން އިން ޑިޒައިނަށް އަހަރެންގެ ހެދުންވެސް ފަހާނީ. އެއްވެސް ތަފާތެއް ނުގެންނާތި” ޖާހަތު ވާހަކަ ދައްކަމުންދިޔައީ ޔާނާގެ ވެޑިން ޑްރެސް ފަހަން ހަވާލުކޮށްފައިވާ މީހާ އާއި އެވެ. އެމީހާ ޖާހަތުގެ ގައިން މިންނަގައި ނިންމާލިއެވެ.
“އަދި ބުނަން. މި ހެދުމުގެ ވާހަކަ އެހެންމީހެއްގެ ކައިރީ ނުބުނާތި. ނިމުނީމަ އަހަންނަށް ގުޅާނީ.” ޖާހަތު ހަދަންވީ ގޮތް ބުނެދިނެވެ. އެމީހާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ޖާހަތު ބޭރަށް ނިކުމެ ފުންނޭވާއެއް ލިއެވެ. އަދި އެއަށްފަހު ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅާލިއެވެ. “ހަލޯ. ކީކޭ؟”
“ކީކޭހޭ. ކިހާވަރަކަށް ގުޅައިފިން. އަހަރެން ބުނީ ކިހިނެއްހޭ އެކަންތައް އޮތީ؟” އެކޮޅުން ވާހަކަ ދެއްކީ އާއިޒުއެވެ.
“މިހާރުވެސް މިއުޅެނީ އެކަމުގެ ތައްޔާރީގަ. އާއިޒު ދާންވީ ތަނަކާ ގަޑި އަހަރެން އަންގާލާނަން. އެނގެންދެން ކެތްކޮށްލައިގެން އިނދޭ. ދެން މިނަމްބަރަށް ނުގުޅާތި. އަހަރެން އާއިޒަށް ގުޅާނީ.” ޖާހަތު އާއިޒުއާ ވާހަކަ ދައްކަމުން ކުރިއަށް ހިނގަމުން ދިޔައެވެ.
“ބުނަން. މާ ހުޝިޔާރުވެގެން އުޅެން ނަހަދާތި. އަހަންނަށް އޮޅުވާލައިފިނަމަ ދުވަހަކުވެސް ހިތުން ނުފިލާ ވަރުގެ ލަނޑެއްދޭނަން.” އާއިޒު ޖާހަތުއަށް އިންޒާރު ދިނެވެ.
“މަވެސް ބުނަންތަ ވާހަކައެއް. މިއީ ކޮންމެހެން އާއިޒު ބުނެގެން މަ ކުރާ ކަންތަކެއް ނޫން. ކޮންމެ މީހަކުވެސް ވިސްނަނީ އެމީހެއްގެ މުސްތަޤް ބަލާމެދު. އަހަރެންވެސް ވަގުތު ފާއިތުވުމުގެ ކުރިން ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރެވޭތޯ މިބަލަނީ. އަހަރެން އާއިޒުއަށް އަންގާނީ ދާންވިތަނަކާ ގަޑިއެއް. އެގަޑިއަކަށް އާއިޒު އެތަނަކަށް ދިޔައީމަ އެނިމުނީ. ދެން ފޯނު ބާއްވާ.” ޖާހަތު ފޯނު ބޭއްވިއެވެ.

ކައިވެނީގެ ތައްޔާރީތަކުގައި ޔާނާ އަވަދިނެތި އުޅެމުން ދިޔަނަމަވެސް ޖާހަތުގެ ކިބައިން ބަދަލެއް ފާހަގަ ކުރެވެން ފެށިއެވެ. ވަރަށް ދުރުން ޖާހަތު އުޅެމުން ދާކަން ފާހަގަ ކުރެވެން ފެށިއެވެ. ޔާނާ އެކަމާ ސުވާލު ކުރިއެވެ.

“ޔާނު. މާދަމާއަކީ ބޮޑުދުވަހެއް. އެދުވަހަށް ޓަކައި އަހަރެންވެސް ވަރަށް މުހިންމު ކަންކަން ނިންމަން އެބަޖެހޭ. އަނެއްކޮޅުން އަހަރެންގެ ބެސްޓް ފްރެންޑްގެ ކައިވެނި. ބޭނުމީ އެރެއަކީ ޔާނުގެ ވެސް އަދި އީމަންގެ މުޅި ހަޔާތުންވެސް ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ވަރުގެ ހާއްސަ ރެއަކަށް ހަދާލަން.” ޖާހަތު ޔާނާއަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.

ޖާހަތު ޔާނާއާ މެދު ވިސްނާވަރު ހިތަށް އެރުމުން ލޮލުން ކަރުނަ ހިލުނެވެ. އަދި ކުރިއަށް ޖެހިލާ ޖާހަތުގައިގަ ބައްދައިލީ ޖާހަތު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. “އިރާދަކުރެއްވިއްޔާ ޖާތުގެ ކައިވެންޏަކީ މުޅި ދުނިޔެއަށްވެސް އެނގިގެންދާފަދަ އުފާވެރި ކައިވެންޏަކަށް އަހަރެން ހަދައިދޭނަން.” ޔާނާ ޖާހަތުއަށް ބަލއިލަމުން ބުނެލިއެވެ.
“އެކަމަކު އެކަންވެސް ވާނީ މީހެއް ހޯދައިގެނެއްނު. ފުރަތަމަ މީހެއް ހޯދަންވީ. މިބޮޑު މާލެއިންވެސް މިކަމަނާ ހިތްޕުޅާވާ މީހެއް ނުލިބުނު.” ޔާނާ ކުޑަކޮށް ރުޅިމޫނު ދައްކާލަމުން ޖާހަތުއާ ދިމާކޮށްލިއެވެ.
“ކިހިނެއް އެނގެނީ އަހަރެން މީހެއް ނުހޯދާކަން؟” ޖާހަތު ޔާނާއާ ސަމާސާ ރާގެއްގައި ސުވާލުކޮށްލާފައި ޔާނާ ސީރިއަސް ވުމުން ހީގަތެވެ. ޔާނާއަށްވެސް ހީގަނެވުނެވެ. ޖާހަތު ސަމާސާ ކުރަނީ ކަމުގައި ވިސްނައެވެ.
“އެހެންތަ؟ ކޮބާ އެކުއްޖަކީ؟ އަހަރެންނަށްވެސް ދައްކާލައްޗޭ!” ޔާނާ ދިމާކޮށްލަމުން ބުންޏެވެ.
“ނޫނޭ. ނުކެރޭނެ. ޔާނު ފެއިންޓް ވެދާނެ. އެހެންނޫނަސް އޭނާ ފެނިގެން ދެން ޔާނު އަހަރެން އެކުއްޖާއާ އިންނަން އެއްބަސް ނުވެއްޖެނަމަ މާދެރައެއްނު.” ޖާހަތު މާނަ ފުން ގޮތަކަށް ބުނެލިއެވެ.

ޔާނާ ކުޑަކޮށް ސީރިއަސްވެލިއެވެ.
“ޔާނު. ބައެއްފަހަރު އަމިއްލަ ނަފްސަށްވުރެ ބޮޑަށް ހާލަތާއި މުސްތަޤްބަލަށް ވިސްނާފަވެސް ނިންމުން ތަކެއް ނިންމަންޖެހޭ. އަހަރެން ކައިވެނި ކުރާނީ ހުރިހާ ގޮތަކުންވެސް އެންމެ އެކަށީގެންވާ މީހާއާ. އަހަރެން ގަބޫލުކުރަން އަހަރެންގެ ހަޔާތުގައި މިފިޔަވަޅާ ހަމައަށްވެސް ޔާނު އާ ހާމިޒާއްތަމެން އަހަރެން ދެކެ އަމިއްލަ މީހެއްފަދައިން ލޯބިވާކަން. އެކަމަކު އަހަރެންގެ ނިންމުމާ ޔާނުމެން ނުގަބޫލު ވެއްޖެނަމަ..”
ޖާހަތު އެދައްކަނީ ކޮންވާހަކައެއްކަމެއް ޔާނާއަކަށް ނުވިސްނުނެވެ. “ނޫނޭ. އަހަންނަށް ޔަޤީން ޖާތު ހޯދާނީ ހަމަ އެންމެ ޕާފެކްޓް ކުއްޖާކަން. އެ ކޮންމެ ކުއްޖަކަށް ވިޔަސް އަހަރެންގެ ޖާތު އޭނާގެ ދިރިއުޅުން ބާއްޖަވެރިކޮށް އުޖާލާކޮށްލާނެ. ޖާތުއާ އެއްކޮށް އުޅެން ފެށުމުން ކޮންމެ މީހަކަށްވެސް ޖާތުދެކެ ލޯބި ވެވިދާނެ.”
“އެހހެމް. ހާދަ އިމޯޝަނަލް ސީންއެއް.” ގޭތެރަށް ވަދެގެން އައި އީމަންއަށް ވާހަކަ ތައް އަޑުއިވުމުން ކަރުކެހިލާފައި ވާހަކަ ދެއްކިއެވެ.
“އާނ. މިދައްކަނީ ޖާތުގެ ވާން އުޅޭ ފިރިމީހާގެ ވާހަކަ. އަދި އެއީ ކާކު ކަމެއްވެސް ނޭނގޭ އެކަމަކު.” ޔާނާ ހެވިލާފައި އީމަންއަށް ކިޔައިދިނެވެ.

އީމަން އާ ޔާނާ ވާހަކަ ދައްކަމުން ކުރިއަށް ހިނގައިގަތެވެ. ޖާހަތު ބުދެއްހެން ހުރިތަނުގައި ހުރީ އެދެމީހުންނަށް ބަލަހައްޓައި ގެންނެވެ. އެދެލޮލުން ކަރުނަ ހިލުނެވެ.

ކައިވެނި ކުރަން އޮތް ދުވަހު އެރި އިރާއެކީ އީމަން އިނީ ޔާނާމެންގެ ގޭގައެވެ. ޕާރޓީއެއް ނުދިނަސް ޤާޒީންނަށް ހާއްސަ ކެއުމެއް ދިނުމަށް ތަފާތު އެއްޗެހި ތައްޔާރު ކުރުމަށް ނިންމިއެވެ. ހުރިހާ ކެއްކުމެއްވެސް އީމަންގެ ގޭގައި ކައްކާގޮތަށް ވަނީ ހަމަ ޖެހިފައެވެ.

ކައިވެނި ކުރުމަށްޓަކައި ސިޓިން ރޫމު ޒީނަތްތެރި ކުރާނެ ގޮތަކާމެދު ޔާނާއާ އީމަން ވާހަކަ ދައްކުމުން ދިޔައެވެ. ޔާނާ ބޭނުންވީ ވަރަށް އާދައިގެ ގޮތަކަށް ހުރިހާ ކަމެއް ނިންމާލުމަށެވެ. މަންމަ އެފަދަ ހާލެއްގައިވަނިކޮށް އެއްވެސް ކަމެއް ކުލަގަދަ ގޮތެއްގައި ކުރަން ބޭނުން ނުވަނީއެވެ.

“މައްސަލައެއްނެތް. އެކަމަކު މިރޭގެ ހުރިހާ ކަމެއް އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ. ޕްލީޒް.” ފަހަތުން ވާހަކަ ދައްކަމުން އައިސް ހުއްޓުނު ޖާހަތުގެ އަޑަށް ދެމީހުންވެސް އެނބުރި ބަލައިލިއެވެ. އީމަން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
“އޯކޭ. ޖާތު އަށް ހުރިހާ ކަމެއް ހަވާލު. އޯޕަން ބަޖެޓެއް. އެކަމަކު އިޓް ޝުޑް ބީ ވެރީ ސްޕެޝަލް.” އީމަން ބުނެލިއެވެ.
ޖާހަތުގެ މޫނު މައްޗަށް ވެރިވި އުފާވެރި ކަމެއްގެ ސަބަބުން ވާހަކަ ދައްކަންވެސް ދަތިވިއެވެ. އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އަދި އެނބުރި ޔާނާ އަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

“އަހަރެން ބޭނުމީ ރޫމެއް ހަޔަރ ކުރަން.” ޖާހަތު އެދުނެވެ. ނަމަވެސް ޔާނާ ދެކޮޅު ހެދިއެވެ. އޭނާ ބޭނުމީ އޭނާގެ ކޮޓަރި އެރެއަކަށް ޒީނަތްތެރި ކުރުމަށެވެ. ނަމަވެސް ޖާހަތު އެދެން ފެށުމުން އީމަންގެ އެދުމާއެކީ ޔާނާވެސް އެއްބަސްވިއެވެ.
ޖާހަތު އުފަލުން ނުކުމެގެން ދިޔަތަން ބަލަން ޔާނާއާ އީމަން ތިބީ ހިނިތުންވެފައެވެ. އެމީހުންގެ ކައިވެނީގެ ކަންތައްތަކުގައި ޖާހަތު ބިޒީވެ އޭނާ އާއި މެދު ކަންތައްވީ ގޮތް ހަނދާން ނެތުމުންނެވެ.
ޖާހަތު މަގަށް ނުކުމެވުނު ތަނާ ފޯނު ރިންގުވިއެވެ. މޫނު މައްޗަށް ނުރުހުން ވުމުގެ އަސަރު ވެރިވެގެން ދިޔަވަގުތު ދެކޮޅު ހޯދާ ބަލާލެވުނެވެ.

“އަހަރެން ބުނީމެއްނު އަހަންނަށް ފަށާ ނުގުޅާށޭ.” ޖާހަތު ދެދަތްޕިލަ ފިއްތާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“އަހަރެން ބުނީ ތިގެއަކަށް ނުދެވޭނޭ. ކިހިނެއް އަހަރެން ތިގެއަށް ވަންނާނީ. އެއީމަންވެސް ހުންނާނެއްނު. ކޮންމެވެސް އެހެން ތަނެއް ތައްޔާރު ކުރޭ.” އާއިޒު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.
“ކެތް ކޮށްބަލަ. މިއައީ ތިކަން ވެސް ހަމަ ޖައްސާފައޭ. މިހާރު މިއުޅެނީ ރޫމެއް ހިފަން.” ޖާހަތު ހަމަ ޖެހިލާފައި ޖަވާބުދިނެވެ.
“ގްރޭޓް.” އާއިޒު ބުނެލިއެވެ.
“ކުރިންވެސް އަހަންނާ އާއިޒުގެ ކަންކަން ހަވާލުކުރިނަމަ ހުރިހާ ކަމެއްވެސް “ގްރޭޓް’ ވާނެ. ހާސްނުވޭ. އަހަރެން މިހުރީއެއްނު ދޯ. ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް” ޖާހަތު ބުނެލިއެވެ.

ކައިވެންޏަށް ޓަކައި ޔާނާ ތައްޔާރު ކުރުމަށް އީމަން ބުނެގެން އިރު އޮއްސުމުން ބިއުޓީޝަނުން އެގެއަށް އައެވެ. އެމީހުން އައުމުން އީމަންވެސް ގެއަށް ދިޔައީ އެރެއަށް ތައްޔާރު ވެލުމަށެވެ.
ޖާހަތު ނެތުމުން ދެތިންފަހަރަކު ޔާނާ ގުޅާވެސް ލިއެވެ. ނަމަވެސް ހަބަރެއް ނުވިއެވެ. ޔާނާ މާޔޫސްވާ ގޮތްވިއެވެ. އިރުކޮޅަކަން ޖާހަތު ގުޅިއެވެ. އަދި ހެދުން ހިފައިގެން މިދަނީ ކަމަށާ ފޮޓޯ ސްޓޫޑިއޯގެ ކަންތައް ބަލާލަން ދިޔުމުން ލަސްވީކަމަށް ބުންޏެވެ.

މާގިނައިރުތަކެއް ނުވެ ޖާހަތު ހެދުން ހިފައިގެން އައިސް ޔާނާގެ ކޮޓަރިއަށް ވަނެވެ. ހެދުން ނިއުޅާލާފައި ދައްކާލިއެވެ. އެތަނުގައި ތިބި ބިއުޓީޝަނުން ވެސް އެހެދުމަށް ތަޢުރީފު ކުރިއެވެ. ހުދުކުލައިގެ ސިލްކް ފޮތިން ފަހާފައިވާއިރު ހެދުމުގެ މަތިން ވަނީ ވަރަށް ޝާހީ ރޭނދާ އަޅާފައެވެ. ރޭނދާގައި މަޑުމަޑު ރަންކަލައެއް ބަބުޅަމުން ދެއެވެ. އުނަގަނޑާ ދިމާއަށް ފަހަތުގައި ޓައީއެއް ހަރުކުރެވިފައި ހުއްޓެވެ. ހެދުމުގެ ތިރިއަށް އުޅާސްވެފައި ފަހަތަށް ބޮޑުބައެއް އޮތެވެ. ހެދުމުގެ މޭމަތީގައި ހުދު މިނާ ފުށް ހަރުކުރެވިފައިވެއެވެ.

“މިހެދުމަށް އަހަރެން އިންނާނެ ކުޑަބަދަލެއް ގެނެސްފަ. ޔާނު ތައްޔާރު ކުރާއިރު ވެސް އަހަރެން މިބުނާ ގޮތަށް ތައްޔާރު ކޮށްދީ.” ޖާހަތު އެހެން ބުނުމަށްފަހު ބިއުޓީޝަނުންނަށް ޖާހަތު ބޭނުންވާގޮތް ކިޔައިދިނެވެ. ހެދުމަށް ޖާހަތު ގެނެސްފައިވާ ބަދަލު ފެނުމުން ޔާނާ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް ޖާހަތުގެ އެދުމެއްކަމުން އިތުރު އެއްޗެކޭ ނުބުންޏެވެ. ޖާހަތު ކިޔައިދިން ގޮތަށް އެމީހުން ޔާނާ ތައްޔާރު ކުރަން ފެށުމުން ޖާހަތު އަވަސް އަވަހަށް އެތަނުން ނުކުތީ އޭނާވެސް ތައްޔާރުވެލުމަށް ކަމުގައި ބުނެއެވެ.

ގަޑިން ހަތްގަޑި ބައިވި އިރު އީމަންގެ ކާރު އައިސް ޔާނާމެންގެ ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނެއްގައި އީމަން ފެނުނު ކޮންމެ އަންހެން ކުއްޖެއްގެވެސް ހިތް ކަތިލެވިދާނެފަދައެވެ. އީމަން އެގެއަށް ވަނީ ފަހަތުން އައި އެމްބިއުލާންސުން ގެނައި ހާމިޒާ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން އެކޮށްޕަމުންނެވެ. ޔާނާގެ އުފަލަކަށް ޓަކައި އީމަން ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ހާމިޒާ އެތަނަށް ގެނައީއެވެ. ހާމިޒާއާއެކު ނަރުސް ކުއްޖަކުވެސް އައެވެ. އީމަން ގޮނޑި ދުއްވަމުން ގޮސް ޔާނާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ދޮރު ހުޅުވާލެވުމާއެކު އީމަން އާޝޯހުވިއެވެ. ލޯގަނޑު ކުރިމަތީގައި ހުރި ޔާނާ އެނބުރިލާފައި ހީލިގޮތުންނެވެ. އެރީތި ކަން ދުލުން ބަޔާންކޮށްދޭން ދައްޗެވެ. ހާމިޒާ ފެނުމުން ޔާނާ ހެދުމުގެ ދެފަރާތުގައި ދެއަތުން ހިފައިގެން އަވަސް ފިޔަވަޅުމަތީ ހިނގައިގަތެވެ. އައި ގޮތަށް އައިސް ހާމިޒާގެ ގައިގައި އޮޅުލައިގަތެވެ. އީމަންއަށް ބަލަން ހުރެވުނީއެވެ. ޔާނާ ހާދަ ރީއްޗެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި ބުރުގާ އަޅައިގެން ހުރި އިރު މައުސޫމުކަމާ އެއްވަރަށް ރީތިކަން ހުރުމުން ވަރަށް މާތް ގޮތެއް ހުރިއެވެ. އަދި އޭގެ އިތުރުން މޭކަޕް ކޮށްފައި ހުރުމުން އެދެލޮލުގެ ކަޅުކަން އިތުރުވެސް އެތުންފަތް ރަތްކުލައިން ބަބުޅަމުން ދިޔައެވެ.

ކައިވެނި ކުރެވޭގަޑި ޖެހުމުން ގެއަށް ޤާޒީން އައެވެ. އޭގެ އިތުރުން ޔާނާގެ ރަށްޓެހިން ކޮޅަކާ ނޫހުގެ ބޮޑުދައިތަމެންވެސް ތިއްބެވެ. ފޮޓޯ ނަގާ މީހާވެސް ފޮޓޯ ނެގުމާއިގެން އުޅެއެވެ. ހުރިހާ އެންމެން މޭޒުދޮށުގައި އިށީނުމުން ޖާހަތު ޔާނާ ގޮވައިގެން ކޮޓަރިން ނިކުމެގެން އައެވެ. ހުރިހާ އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔާނާ އަށެވެ. ޔާނާގެ މޫނުމަތީގައިވާ ލަދުވެތިކަން ޔާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދީފައިވާ ފަދައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ކައިވެނި ކުރެވެން ފެށިއެވެ.

“އަނބި ގަބޫލުކޮށްފިން.” އީމަންގެ ޖުމުލަ އިވުނު ހިނދުން ފެށިގެން ޔާނާގެ ހިތް އުފަލުން ނަށައިގަތެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ކައިވެނި ކޮށް ނިމުނެވެ. ކުރިއަށް އޮތް ކުޑަކުޑަ ހަފްލާގައި އެންމެން ބައިވެރިވެގެން ތިބިއިރު މުޅި މާހައުލަށް އުފާވެރިކަން ވަނީ ގެނުވާފައެވެ. ޖާހަތު ދުރުގައި ހުރެގެން ޔާނާގެ ފޮޓޯއެއް ނެގިއެވެ. އަދި އާއިޒުއަށް ފޮނުވާލަމުން މެސެޖްގައި ލިޔެލިއެވެ. “ޖަސްޓް މެރީޑް”
ހިނދުކޮޅަކަށްފަހު މެސެޖުގެ ރިޕްލައި އައެވެ. “ފަސްޓްނައިޓް ވިތް މީ”

ޖާހަތުގެ މޫނަށް ނުލަފާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި އިސްއުފުލާ ޔާނާ ހޯދާލިއެވެ. ޔާނާ ޖާހަތުއާ ދާދި ކައިރީގައި ވުމުން ސިހުން ލިބިގެން ދިޔައެވެ.
“ކިހިނެއްވީ ސިހުނީ؟ އަހަރެންނަށް މުބާރަކުބާދުވެސް ނުކިޔާނަންތަ؟” ޔާނާ ހިނިތުންވެ ހުރެ ބުނެލިއެވެ.
ޖާހަތު ޔާނާގެ ގައިގައި ބައްދާލިއެވެ. އަދި ހެޔޮދުޢާ ކުރިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކުޑަކުޑަ ހަފްލާ ނިމިގެން ދިޔައެވެ. ޔާނާވެސް މަންމަވެސް ހޮސްޕިޓަލަށް ގެންދެވުނެވެ.

ހަމަ ޖެހިފައިވާ ގޮތަށް ދެން ޔާނާމެން ދިޔައީ ފޮޓޯ ނެގުމަށް ސްޓޫޑިއޯ އަށެވެ. ޔާނާ މެން އެތެރެއަށް ވަނުމުން ޖާހަތު ބޭރު މަޑުކޮށްލިއެވެ. އަދި ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި އައިސް ކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލައިގެން އިށީނދެ ލޯމަރާލިއެވެ. ހިތަށް އެރިއެވެ. އަހަންނަށް ކުރެވެން މިއުޅެނީ ރަނގަޅުކަމެއް ބާވައެވެ. އަހަރެންގެ މުސްތަޤްބަލް މިނޫން ގޮތަކަށްވެސް ރޭވިދާނެއެވެ. ނަމަވެސް ދެން ކިހިނެއް ހެއްޔެވެ؟ މިހާރު މިވަނީ ފަހަތަށް ނުޖެހެވޭ ވަރަށް ކުރިއަށް އާދެވިފައެވެ. ދެން އޮތީ ކުރިމަތިލުމެވެ. ޔަޤީނެވެ. މިކަމުން އެންމެން އަހަރެން ދެކެ ނަފްރަތު ކުރާނެއެވެ. ޔާނުގެ ހިތް ކުދިކުދި ވެދާނެއެވެ. ނަމަވެސް އަހަރެން މިގޮތަށް މިކަން ނުކޮށްފިނަމަ ޔާނުގެ މުސްތަޤްބަލްވެސް ބަނަ ވެދާނެއެވެ. ޔާނުގެ އުފަލަށްޓަކައި ނަމަވެސް މިކަން ކުރާނަމެވެ. ކުރިން ދެރަވިޔަސް ޔާނުވެސް ފަހުން އަހަރެންގެ ނިންމުން ބަލައި ގަންނާނެއެވެ.

ޖީބުގައި އޮތްފޯނު ނެގުމަށްފަހު ޖާހަތު އާއިޒުއާ ގުޅާލިއެވެ. “ތައްޔާރުތަ؟ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދާނެ. އަހަރެން ހުރިހާ ކަމެއް ރެޑީވުމުން ރިންގެއް ދޭނަން.” ޖާހަތު ފޯނު ބޭއްވިއިރު އެހިތް ބާރުބާރަށް ތެޅެމުން ދެއެވެ.

ފުން ހިޔާލުތަކެއްގައި އިންދާ ޔާނާމެން ބޭރަށް ނުކުތެވެ. ޔާނާ ފެނުމުން ޖާހަތުގެ ހިތް ވަކިން ބާރަށް ތެޅެން ފެށިއެވެ. އެމޫނަށް ބަލަން އިނދެވުނީ ކުށްވެރިއެއް ފަދައިންނެވެ. ތިންމީހުން އެކުގައި ނިކުމެގެން ގޮސް ކާރަށް އެރިއެވެ. ޖާހަތު މަގު ކިޔައި ދިނުމުން އީމަން ކާރު ދުއްވާލިއެވެ.

ކާރުގޮސް މަޑުކޮށްލީ މާލޭގެ ހުރި އެންމެ ފެންވަރު ރަނގަޅު ގެސްޓް ހައުސް ކުރިމަތީގައެވެ. ޗެކިން ވުމަށްފަހު އެތެރެއަށް ވަދެގެން ދޮސް ލިފްޓަށް އެރިއެވެ.
“އަހަރެން ފުރަތަމަ ޔާނު ގޮވައިގެން ކޮޓަރިއަށް ވަންނާން. އީމަންއަށް އަންގާލަންދެން ބޭރުގަ މަޑުކޮށްލާތި. އެނޫނީ ސަޕްރައިޒް ފަނިވެދާނެ.” ލިފްޓް ތެރޭ ހުރެ ޖާހަތި ކިޔައިދިނެވެ. ޔާނާއާ އީމަންވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިއައިސްފައި ތިބެ ބޯޖަހާލިއެވެ.
ލިފްޓު ދެފަރާތަށް ކެހިގެން ދިޔުމާއެކު ތިން މީހުންވެސް ނުކުތެވެ. ހީވަނީ ޝާހީ ގެއެއްގެ ސިޓިން ރޫމަކަށް ވަދެވުނުހެނެވެ. އީމަންވެސް ޖާހަތުގެ ހުނަރުވެރިކަމަށް ތަޢުރީފުކުރިއެވެ.

ޖާހަތުގެ އެދުމުގެ މަތިން އީމަން ބޭރުގައި މަޑުކޮށްލިއެވެ. ޖާހަތު ޔާނާ ގޮވައިގެން އެތެރެއަށް ވަނެވެ. ޔާނާ އީމަންއަށް އެނބުރި ބަލައިލިއެވެ. ދެމީހުންގެ ދެމެދުގައި ލޯބިން ފުރިގެންވާ ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. ޔާނާ ދޮރާ ނިވާ ވަންދެން އީމަން ބަލަން އިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރު ( 15 )

Next

ހިޖުރަ (ފަންސަތިރީސްވަނަ ބައި)

Next
October 10, 2015

ހިޖުރަ (ފަންސަތިރީސްވަނަ ބައި)

Previews
October 9, 2015

އިންތިޒާރު ( 15 )

19 Comments!

  1. Thoo says:
    October 10, 2015 at 12:33 pm

    Me 1st v salhi

  2. sim says:
    October 10, 2015 at 1:18 pm

    Wow v reethi… Nxt part avahah up kuraathi.

  3. risha says:
    October 10, 2015 at 2:29 pm

    woh ho very nice…

  4. aathu says:
    October 10, 2015 at 3:14 pm

    Alhe yaanu ah kihine hadhan baa eulheny..pls Yaanu ah dhera gotheh nuhadhaa..my heart is beatung so fast now..pls up it fast.. story is owsum

  5. sofoo says:
    October 10, 2015 at 3:38 pm

    Story hama vara salhi…….avaha up kohdhy..igay .

  6. kia says:
    October 10, 2015 at 4:17 pm

    dhn jaathu dhaanee yaanu kamah hedhigen aaizu kairiah. eeman aan yaanu aa first night celeb kuraanee.

  7. neha says:
    October 10, 2015 at 8:31 pm

    Neha ahves heevany jaath dhaany aaix kairiah hen yaanu hedhigen, eyrun v salhi vaane

  8. SHAU says:
    October 10, 2015 at 9:38 pm

    Story v nice…waiting for the next part…

  9. zai says:
    October 10, 2015 at 11:38 pm

    Alhey next part avahah up kohdheeba..

  10. Hau says:
    October 10, 2015 at 11:39 pm

    Varah reethi… Can’t wait for next part….

  11. cuty pie says:
    October 10, 2015 at 11:41 pm

    story vv salhi…next part avahah up kohlahchey…im waiting for next part..

  12. Naju says:
    October 11, 2015 at 11:45 am

    Gaath nudaane Hama yanaa gendhaany

  13. Naju says:
    October 11, 2015 at 11:47 am

    Varah foohivaane yanaa ehen nuhadhahche alley plueeese varah nice storyeh

  14. Naa says:
    October 11, 2015 at 1:12 pm

    Hama aslu ves story vv salhi…

  15. loabi says:
    October 11, 2015 at 6:27 pm

    Mivaahaka up kurany non dhuvahakukan bunedhybala plz plz plz… Esfiya

  16. dark princess says:
    October 12, 2015 at 12:01 pm

    Jaathu gandu amihla ah dhaanvnu e nulafaa aaiz kairiah.. konmehen yaanu fonuvaane kameh neiy ingey… dhn kn dhuvahakun tha up kuraany… mi vaahaka ahves haadha inthizaareh kuran jeheyey dhw…

  17. Dear Admin. says:
    October 12, 2015 at 2:43 pm

    Ey admin. Me search kohleveygoi hadhaidheebala. V udhaguvey vaahakaeh hoadhanves. Please admin. Mikam kohdheyne kamah ummeedhu kuran.

    1. Admin says:
      October 12, 2015 at 3:45 pm

      ill try and fix it.. thanks 🙂

    2. Admin says:
      October 13, 2015 at 12:07 pm

      this has been fixed. now you can search.. even in mobile.

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 21←


All Right Reserved!