Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 26

Esfiya Level 310 Stories100 Login
October 31, 2015 5 Mins Read
5 Comments

ސައުދިއްޔާ އޭނާއަށް ކުރެވިފައިވާ ކުށަށް މަޢާފަށް އެދުނެވެ. އަދި ޖާހަތުއަށް ދެރައެއް ދިނުމުގެ ނިޔަތުގައި އެއްވެސްކަމެއް ކޮށްފައި ނުވާނެކަމުގައި ބުންޏެވެ.

ހޮސްޕިޓަލުގައި ހާމިޒާގެ ކައިރީގައި އިން ޔާނާގެ މޫނުމަތި ވަނީ މިލާފައެވެ. ފޮނި ހުވަފެންތަކަކާ އުންމީދުތަކަކާއެކީ އޭނާ މިޤައުމަށް އައީ ހަޔާތުގެ ކުރިއަށް އޮތް ކޮންމެ ސިކުންތެއްވެސް އުފާވެރި ކަމާއެކީގައި ހޭދަކުރުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ހުރިހާކަމެއް ވިއްސިވިހާލި ވެގެން ދިޔައިރު ހިލަމެއްވެސް ނުވިފަދައެވެ.

ފުން ހިޔާލު ތަކުތެރެއިން ބޭރަށް ނިކުމެވުނީ އެކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ. ކުރިމަތީގައި ހުރި އީމަން ފެނި ޔާނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެއް ކުރުވިއެވެ. ބީރަށްޓެހި ތަނެއްގައި އެކަނިވެރިކަން އިހުސާސް ކުރެވިފައި ވަނިކޮށް ކުއްލިއަކަށް އީމަން ފެނުމުން އޮޅުލައިގަންނަން ބޭނުންވިއެވެ. ނަމަވެސް އަނެއްފަރާތަށް މޫނު އަނބުރާލަން މަޖުބޫރުވީ އީމަން ކަންތައްކޮށްފައިވާ ގޮތް ހަނދާންވުމުންނެވެ. ޔާނާ މަޑުމަޑުން ގޮނޑިން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެ ރެއިލިންގައި ހިފަހައްޓާލައިގެން އުޑަށް ބަލައިލިއެވެ.

އުޑުމަތިސާފުވެފައި ތަރިތައް ވިދާ ބަބުޅަމުން ގެންދާ މަންޒަރު ކިތަންމެހައިވެސް ހިތްގައިމެވެ. ނަމަވެސް މި ޤުދުރަތީ ރީތި މަންޒަރުން ޔާނާގެ ހިތަށް އިތުރަށް ވެރިވެގެން ދިޔައީ މާޔޫސްކަމެވެ.
އީމަން އައިސް ޔާނާގެ ކައިރީގައި ހުއްޓުނެވެ. ނަމަވެސް ޔާނާ ބަލައިވެސް ނުލައެވެ.

“އެނގޭ ޔާނު ތިހުރީ ދެރަވެފައިކަން. ޔާނު އަށް ރުޅިއައުން ހައްގުކަން އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަން.” އީމަން އިސްޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އެދެލޮލުން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. ސަލާމަތް ނުވެވޭވަރުގެ ފުންކަނޑެއްގައި ގެނބެމުން ދާފަދައެވެ.

އީމަން ހުރިހާ ވާހަކަ ތަކެއް ޔާނާއަށް ކިޔައިދޭން ބޭނުމެވެ. އޭނާގެ ހަޔާތުގައި ކޮންމެ ގޮތަކަށް ކަންވެގޮސްފައިވީ ނަމަވެސް ހަޤީޤަތަކީ އެހިތުގައި ޔާނާ ނޫން އެހެން ކުއްޖެއް ރަނިކަން ނުކުރާކަމެވެ. އީމަން ހުރިހާ ވާހަކަ ތަކެއް ކިޔައިދޭންފެށިއެވެ.

އީމަންގެ ބައްޕަ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެން އިންޑިޔާއަށް ދާންޖެހުނެވެ. ބައްޕަގެ ބައްޔަކީ ކެންސަރުކަމާއި އަދި ވަނީ އެންމެ ފަހު ސްޓޭޖްގައިކަން އެނގުމުން އީމަންއަށް ހަތަރު އުދަރެސް ފެނު ޖެހުނުފަދައެވެ. ބައްޕަގެ ބައްޔަށް ބޭސްކުރާނެ ފައިސާއެއް އީމަން އަތަކު ނެތެވެ. އިންޑިޔާއަށްވެސް އާދެވުނީ އެކި މީސްމީހުން އަތުން ހޯދާފައިވާ ފައިސާކޮޅަކުންނެވެ.

ބައްޕަ އެޑްމިޓްކުރުމާއެކު އީމަން މަސައްކަތް ފެށީ އަތުގައި ތިބި ފައިސާ އެއްކޮށް ހުސްވުމުގެ ކުރިން ލާރިކޮޅެއް އެއްކުރެވޭތޯއެވެ. އެގޮތުން ދުވާލު ހަތަރުދަމު މަސައްކަތް ކޮށްގެން މަދު ލާރިކޮޅެއް ލިބެމުން ދިޔަނަމަވެސް އަތަށް އަރާ އެއްޗަކަށްވުރެ އަތުން ދާ ވަރު މާ ގިނަވިއެވެ. މާޔޫސްކަމާއި ހިތްދަތިކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރެވޭތޯ ބެލިނަމަވެސް އުންމީދީ ހުޅުކޮޅެއް ރޯކޮށްލެވޭވަރުވެސް ނުވިއެވެ.

ނިކަމެތިހާލުގައި އީމަންވަނިކޮށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ ރީމްގެ ބައްޕަ ހާލިދެވެ. ޝުކުރުވެރި ކަމާއެކީ އީމަން އެ އެހީތެރިކަން ބަލައިގަތީ އެކަމުގެ ބަދަލު ކޮންމެ ފަދަގޮތަކަށް ވެސް އަދާ ކުރަން ޖެހިދާނެޔޭ ނުވިސްނައެވެ. ނަމަވެސް ފުރާނައަކީ ފައިސާގެ ބާރުން ހިފެހެއްޓޭނެ އެއްޗެއްނޫނެވެ. މާގިނަ ދުވަސްތަކެއް ނުވެ އީމަންގެ ބައްޕަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއުކީ އީމަން މުޅި ދުނިޔެއަށް އެކަނިވެރި ކުރުވާފައެވެ.

ރީމްގެ ބައްޕަ ވެދިން އެހީގެ ބަދަލުގައި އެދުނީ އެންމެ ކަމަކަށެވެ. ރީމްގެ ކައިވެންޏަށެވެ. އޭނާގެ މަގުއޮޅިފައިވާ ދަރިފުޅަށް ރަނގަޅު މަގު ދައްކައިދީ ހަމަ މަގަށް އަޅުވައި ދިނުމަށެވެ. އީމަން އޭނާގެ މަޖުބޫރީ ހާމަކުރިއެވެ. ކައިވެނި ކުރެވިދާނެ ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން ލިބެވެންޖެހޭނެ ލޯތްބާއި އަޅާލުން ދެވެން ނެތްކަމަށް ބުނީ އޭނާ ފުރާނަފަދައިން ލޯބިވާ ކުއްޖެއް ހުރި ކަމަށް ބުނަމުންނެވެ. އަދި އޭނާގެ އިންތިޒާރުގައި އެކުއްޖާ ހުންނާނެ ކަމުގައި ބުންޏެވެ. ނަމަވެސް ހާލިދުގެ ވިސްނުން ތަފާތެވެ. ހާލިދު ކިޔައިދިން ގޮތުން ރީމްއަކީ ދުނިޔޭގެ ދަޅައަށް ހެއްލިފައިވާ ކުއްޖެކެވެ. އަމިއްލަ އުފާތަކަށް އިސްކަން ދީ މިނިވަންކަމަށް އަބަދުވެސް ލޯބިކުރެއެވެ. އެހެންކަމުން ވަފާތެރި ފިރިއެއްގެ ފަރާތުން ލިބެވެންޖެހޭ އެއްވެސް އަރާމަކާއި ލޯތްބެއް އޭނާ ބޭނުމެއް ނުވެއެވެ. އެކަމުގެ އިތުރުން މިނިވަންކަން ގެއްލިދާނެތީ އޭނާ ކައިވެންޏެއް ކުރާކަށްވެސް ބޭނުމެއްނޫނެވެ.

އީމަން ކައިވެންޏަށް ދެކޮޅު ހަދައި އޭނާ ހޯދި ފައިސާތައް އަނބުރާ ދިނުމަށް ނިންމިއެވެ. ނަމަވެސް ހާލިދު އެކަމާ އެއްބަހެއް ނުވިއެވެ. އޭނާގެ އާދޭސްތަކަށް އީމަން އެއްބަސްނުވުމުން އެންމެ ފަހުން އީމަންއަށް ހަޤީޤަތް ކިޔައިދިނެވެ. އީމަންގެ ބައްޕަފަދައިން އޭނާއަކީވެސް ކެންސަރާއި ހަނގުރާމަކުރަމުން ދާ މީހެކެވެ. މިކަން އޭނާވަނީ އޭނާގެ އާއިލާއަށް ސިއްރުކޮށްފައެވެ. ލިބިފައިވާ މުއްސަނދިކަމުގެ ހިޔަލުގައި ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލި ލިބިފައިވާ ހަމައެކަނި ދަރިފުޅުގެ އެދުންތައް ފުރިހަމަކޮށްދެމުން ދިޔައިރު އެންމެ ފަހަރަކުވެސް ހަމަ ވިސްނައިނުލެވުމުގެ ނަތީޖާ ހާލިދަށް ވަރަށް ހިއްޗެވެ. އޭނާ މިދުނިޔެއާ ވަކިވުމުގެ ކުރިން އެދަރިފުޅަށް ރަނގަޅުގޮތެއް މެދުވެރި ވުން އެދެއެވެ.

އެތަށް އާދޭސް ތަކަކަށްފަހު އީމަން އެކައިވެންޏަށް އެއްބަސްވިއެވެ. ނަމަވެސް ޝަރުތު ތަކަކާ އެކީގައެވެ. ރީމްއާ ކައިވެނި ކޮށްގެން ހުއްޓަސް އޭނާ ލޯބިވާ ކުއްޖާއާ ކައިވެނި ކުރާނެ ކަމަށެވެ. ހާލިދުވެސް ޝަރުތު ކުރިއެވެ. ރީމް ހަމަ މަގަށް އައިސް އޭނާ ލޯބިވާ ކުއްޖަކާ ކައިވެނި ކުރަން ބޭނުން ވެއްޖެ ހިނދެއްގައި ރީމް ވަރިކޮށް އެކުއްޖާއާ ކައިވެނިކޮށްދީ ރީމްއަށް ބާއްޖަވެރި ހަޔާތެއް ހޯދަދިނުމަށެވެ. އަދި ކައިވެނިކޮށްގެން އުޅޭ އިރު ރީމްގެ ނުގަބޫލުގައި އޭނާއާ އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށެވެ. އަދި އެފަދަ ގުޅުމެއް ބާއްވައިފިނަމަ އީމަން މުޅި އުމުރަށް ރީމްގެ މީހެއްގެ ގޮތުގައި ހުރެ ރީމްގެ ލޯބި ހޯދަން ޖެހޭނެ ކަމަށްވެސް ނިންމިއެވެ. އެތަށް ވާހަކަ ތަކެއް ދެފަރާތުން ދެއްކުމަށްފަހު ރީމްއާ އީމަންގެ ކައިވެނި ހަމަޖެހިގެން ދިޔައެވެ.

ރީމްއަށް މިހަބަރު ވެގެން ދިޔައީ އޭނާގެ ދުނިޔެއަށް ކުރިމަތިވި ބޮޑު ޒަލްޒަލާ އަކަށެވެ. މެލޭޝިޔާއަށް ހާލިދު އައީ އީމަން ގޮވައިގެނެވެ. ރީމްގެ އިތުރުން ޝަކީލާގެ ފަރާތުންވެސް މަރުހަބާ ކިޔުމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. އެންމެ ފުރަތަމަ ފެނުނު އިރު ރީމްލައިގެން ހުރި ކުރު މިނިސްކާރޓާއި، ގަޔަށް ހިފިފައިވާ ބާރު ޓޮޕުން އީމަން އަށް ފުންމާލެވެން މި އުޅެވެނީ އަލިފާންގަނޑަކަށް ކަން އިހުސާސް ކުރެވުނެވެ. އެވަގުތުވެސް އަތުގައި އަނދައި ހުލިވަމުން ދިޔަ ސިނގިރެޓުން އަރަމުން ދިޔަ ދުންތަށް މުޅި ތަނަށް ފެތުރިފައިވާފަދައެވެ.
އެރޭ ވެގެން ދިޔައީ އެގޭތެރޭގައި ބޮޑު ހަނގުރާމަ ގަނޑެއް އުފެދިގެން ދިޔަ ރެއަކަށެވެ. ރީމް ރުޅި އައިސްގެން ދުލަށް އައިހައި އެއްޗެއް ހާލިދަށް ގޮވަމުން ދިޔައިރު އޭނާ ހުރީ ހަމައިގައެއް ނޫނެވެ. އެއިރުވެސް ލައިގެން ހުރި ކުރުހެދުމުން މޭމައްޗާއި ފައިގެ ބޮޑުބައެއް ހާމަވަމުން ދެއެވެ.

އީމަންއަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ރީމްގެ އަމަލުތައް ހުރީ މާލޭ މަގުމަތީގައި އުޅޭ ޕާޓޭންނަށް ވުރެވެސް ދަށްފެންވަރުގައި ކަމުގެ އިހުސާސް އީމަންއަށް ކުރެވުނު ހިނދު މި ކައިވެންޏަށް އިންކާރުކޮށް ހާލިދު ކައިރިން މަޢާފަށް އެދުމަށް ނިންމިއެވެ.

ނަމަވެސް ޖެހިގެން އައިދުވަހުގެ އިރުގެ އަލިކަން ފެނުމުގެ ނަސީބެއް ހާލިދަކަށް މިންވަރެއް ނުވިއެވެ. އެތަށް ވަސިއްޔަތް ތަކަކަށްފަހު ހާލިދު ދުނިޔެއާ ވަކިވެގެން ދިޔައީ ރީމް ކައިވެންޏަށް އެއްބަސް ކުރުވާފައެވެ.
ރީމްއާ އީމަންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ކައިވެނީގެ ކުރީ ދުވަސްކޮޅުގައި ރީމް ތަންކޮޅެއް ރީއްޗަށް އުޅުނަސް ފަހުން ފަހުން އައިސް އޭނާގެ ކުރީގެ އުޅުމަށް އިއާދަވިއެވެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ބައްޕަގެ ވަސިއްޔަތައް ބޯ ލެނބުމުގެ ގޮތުން ކައިވެނި ކޮށްގެން އުޅެނީއެވެ. ނަމަވެސް ހުސްހަށިބައި ފިރިހެނަކަށް ވުރެ ރީމްގެ މިނިވަންކަން ބޮޑެވެ.

އީމަން އޭނާގެ މަސައްކަތް ފެށިއެވެ. އެތަށް ގޮތަކުން ރީމަށް އެތަށް ކަމެއް މަނާކުރިއެވެ. މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ރިހެބަށް ފޮނުވިއެވެ. ގެއިން ނިކުމެގެން ދިޔުން މަނާކުރިއެވެ. ކުރީކޮޅުގައި ރީމް ގަދަ ދައްކައި ރުޅި ހަދައި އުޅުނަސް އެއްރެއަކު މޫނު މައްޗަށް އެރި އީމަންގެ އަތުގެ ހޫނު ހަމަލާއަކާއި ރުޅިވެރި ބަސްތަކެއްގެ ފަހުން ކޮންމެވެސް ވަރަކަށް އީމަންއަށް ޖެހިލުން ވިއެވެ. ނަމަވެސް ސިއްރުގައި ކަންތައް ކުރަމުން ދިޔައެވެ.

އީމަން އަމިއްލަ މަސައްކަތުން ވިޔަފާރިއެއްފަށައި ފުޅާކުރަމުން ދިޔައެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ކާމިޔާބީގެ ސިޑީގެ ބޮންތިއަށް އެރިއެވެ. ރީމްގެ އުޅުމަށްވެސް މަޑުމަޑުން ބަދަލުތަކެއް އަންނަން ފެށިކަން ފާހަގަ ކުރެވުނެވެ. ރީމް އެހެން ހަޔާތެއް ފަށަން ބޭނުންވާ ކަމާއި ވަރިވާން ބޭނުންވާ ވާހަކަ އީމަން ކައިރީގައި ބުނުމުން އީމަން އެކަމާއި އެއްބަސް ވިއެވެ. އަދި ރީމްގެ އެތަށް އާދޭހަކަށްފަހު ހާލިދުގެ ހުރިހާ މުދަލެއް ރީމްގެ ނަންމައްޗަށް ބަދަލުކުރިއެވެ. އެއަށްފަހު ކައިވެނި ކުރަން ބޭނުންވާ ކުއްޖާ އާއި ބައްދަލުކޮށް ހުރިހާ ކަމެއް އޮޅުން ފިލުވިއެވެ.

އީމަން އެނބުރި މާލެއައީ ވަރީގެ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށް ފޯމު ލުމަށްފަހުގައެވެ.

“ޔާނު، އަހަރެން މާލެ އައީ މާޒީވި ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު ޔާނުއާއެކީ އުފާވެރި ދިރިއުޅުމެއް ފެށުމުގެ ނިޔަތުގައި. އަހަރެންގެ މާޒީ ޔާނުއާ ހިއްސާކޮށްގެން ޔާނުއަށް ހިތާމަ ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުލިބޭނެ ކަން އެނގޭ. އެހެން ނޫނަސް ހަމަޖެހިފައިވާ ގޮތުން އަހަރެމެންގެ ވަރީގެ ކަންތައް އަހަރެން މާލެ އައި ދުވަހުގެ ކުރީ ދުވަހު އޮންނަންވާނީ ނިމިފައި.” އީމަން ހުރިހާ ވާހަކަ ތަކެއް ކިޔައި ދީ ނިމުނު އިރު ޔާނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދަނީއެވެ. ފުރާނަ ފަދައިން ލޯބިވާ ފިރިމީހާ އާ މެދު ނުބައި ހީއެއް ކުރެވުނު ކަމަށްޓަކައި ހިތާމަކޮށް ލަދުވެތިވިއެވެ. އީމަންގެ ގައިގައި އޮޅުލައިގަތުމާއެކު މާފަށް އެދެމުން ރޮމުން ދިޔައެވެ. ކޮންމެ ގޮތަކަށް ކަންތައްވެފައިވީ ނަމަވެސް ޔާނާއަށް މުހިންމުވީ ޔާނާގެ ފިރިމީހާގެ ރުހުމެވެ.

އީމަން ޔާނާގެ ކަރުނަތައް ފޮހެލަދެމުން ނުރޮއުމަށް އެދުނެވެ. އަދި ޔާނާ އެއީ އޭނާގެ ހިތްވަރުކަމުގައި ބުންޏެވެ. “ޔާނު! މިއީ ނުބައި ރޭވުންގަނޑެކޭ އަހަރެންގެ ހިތްބުނަމުން ދާތީ އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުންނަން ޖެހުނީ. ރީމް މެންގެ ވިސްނުމާ ފިކުރު ހުންނަގޮތް އަހަންނަށް އެނގޭ. އަމިއްލަ އުފަލެއް ހާސިލުކުރުމަށްޓަކައި އެމީހުން ކިތަންމެ ދަށްފެންވަރަކަށްވެސް ހިނގައިދާނެ. އެމީހުންގެ މަޤްސަދަކީ ކޮބައިކަން ދެނެގަންނަން ނޭނގުނީތީ ޔާނުގެ ހަޤީޤަތް ކިޔައި ނުދިނީ.” އީމަން ޔާނާގެ ކިބައިން މަޢާފަށް އެދުނެވެ. ނަމަވެސް ޔާނާ އީމަން ހުއްޓުވިއެވެ. އެދެމުދުގައިވި ހުރިހާ ޝަކުވާތަކެއް ފިލައި ދިޔަ ހިނދު އެކަކު އަނެކަކުގެ އަތުތެރޭގައި ބޮނޑިވެގަތީ ހިތަށް ލިބުނު އުފަލާ ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުންނެވެ.

ދެތިން ދުވަހެއްގެ ތެރޭގައި ސައުދިއްޔާގެ ހާލަތު ހަމައަކަށް އެޅި ގެއަށް ފޮނުވާލިއެވެ. ޖާހަތު ސައުދިއްޔާއަށް މަޢާފުކޮށް އެނބުރި އެގެއަށް އައުމުން ސައުދިއްޔާއަށް ވަނީ ބަޔާންކޮށްދޭން ދަތި އުފަލެއް އިހުސާސް ކުރެވިފައެވެ. ޖާހަތު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެންމެ ސިކުންތަކަށްވެސް އޭނާ އެކަނި ކޮށްނުލައެވެ.
ކައިވެނިކުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ގޭތެރޭގެ ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ. ސައުދިއްޔާގެ ރައްޓެހިންނާއި އާއިލާގެ މީހުން އައިސް ތައްޔާރީތަކުގައި އެހީތެރިވެދެމުން ދެއެވެ. އާއިޒުވެސް ބައެއްފަހަރު ގޭތެރޭގައި އުޅޭތަން ފެނެއެވެ. ސައުދިއްޔާގެ ހާލު ގޯސް ނުވިނަމަ އޭނާ މިކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ބައެއްފަހަރު ސައުދިއްޔާގެ އަމަލުތައް ހުންނަގޮތުން އޭނާގެ ނިޔަތާމެދު އާއިޒުއަށް ޝައްކު ކުރެވެއެވެ.

ކުލަގަދަ ހަފްލާއަކަށް ފަހު އާއިޒު އާއި ޖާހަތުގެ ކައިވެނި ކުރެވިގެން ދިޔައެވެ. ނަމަވެސް ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. މީހުންގެ މޫނުމައްޗަށް ހިނިތުންވެލައިގެން ތިއްބަސް އެކަކު އަނެކަކަށް ބަލައިލެވޭ ހިނދު އެދެމުގައި ނަފުރަތުގެ އަލިފާން ރޯވެގެން ދާފަދައެވެ.

ކޮޓަރިއަށް ވަދެވުމާއެކީ އާއިޒު މިސްރާބުޖެހީ ފާހަނާ އަށެވެ. އަޅައިގެން ހުރި ޓައީ ބޭލުމަށްފަހު އެނދަށް ހޫރާލުމާއެކީ މަދުސިކުންތުކޮޅެއްގެ ތެރޭގައި ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. ޖާހަތު އެދިމާއަށް ބަލަން ހުރެފައި ފޫހިކަމުގެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަލަމާރި ހުޅުވާލާފައި ނިދަން ލާ ހެދުމެއް ނެގިއެވެ. އަތްކުރު ހެދުމަކަށްވީތީ އަނބުރާ އެ އަލަމާރިއަށް ލުމަށްފަހު ގޭއުޅޭއިރުލާ ހެދުމެއް ނެގިއެވެ. އަދި ބުރުގާއެއްވެސް ނެގިއެވެ. ފާހާނާއިން އާއިޒު ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލަހުރީ ވަރުބަލި ކަމާއެކީއެވެ. ނަމަވެސް އާއިޒުގެ ހިލަމެއް ނުވިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ހިޖުރަ (ސައުރަޔާޅީސްވަނަ ބައި)

Next

މަލިކާ (1)

Next
November 1, 2015

މަލިކާ (1)

Previews
October 31, 2015

ހިޖުރަ (ސައުރަޔާޅީސްވަނަ ބައި)

5 Comments!

  1. sim says:
    October 31, 2015 at 10:38 pm

    Finally mi vaahaka kiyaalan libihje…nxt part avahah up kohdhey thi. Pls

  2. lily says:
    October 31, 2015 at 11:06 pm

    kon irakun next part. haadha inthizaareh kuryme mi partah ves. dhen faharakun thankolheh dhigukoh gennahche.

  3. Phaxu says:
    November 1, 2015 at 1:33 am

    Aa lass vany update vaaleh… Ehn vaathy kiyaa hiy nuvany.. Ekm vahaka v reethi…..

  4. Shiba says:
    November 1, 2015 at 8:15 am

    V v salhi update vaaleh maabodahvex lax ingey

  5. zaun says:
    November 1, 2015 at 11:20 am

    Thankolheh avahah update kohba…..v rythi vaahakaeh……

Comments are closed.


All Right Reserved!