Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 25 )

saarah Level 210 Stories100 Comments
October 31, 2015 9 Mins Read
38 Comments

ކުރިމަތީގައި ދެންމެ އޭނައާ ބެހުނު މީހާގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި މީހާ ފެނުމުން މާޔާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫ ކޮށްލިއިރު ހިނިތުންވެލެވުނެވެ. ކިޔާން ރުޅިއައިސް ރަތްވެފައި އެ މީހާގެ ގަމީހުގެ ގިރުވާނުގަ ހިފަހައްޓައިގެން ހުރި އިރު އެ ދޮ ލޮލުން އެކަނި ވެސް އޭނަ ފިއްސާލާނެހެން ހީވެއެވެ. އެމީހާވެސް ރުޅިއައިސް ހުރެ ކިޔާންގެ އަތް ނައްޓުވާލަމުން ކިޔާން ކޮށްޕާލަމުން ކުރިއަށް ފިޔަވަޅެއް އަޅާފަވެސް ދުރުގައި މަޑުކޮށްގެން އޭނައާ ދިމާލަށް ލޯ އަޅާލައިގެން ހުރި މީހާ ފެނުމުން ކުއްލިއަކަށް އެއްފަރާތަކަށް ޖެހިލަމުން ދުރަށް ހިނގައިގަތެވެ. ހީވަނީ ބިރެއް ފެނިގެން ދުއްވައިގަތް ހެނެވެ. މާޔާ ހައިރާންވެފައި އެ މީހާއަށް ބަލާލީ އޭނަ ބަލިގަބޫލުކޮށްފަ ދިއުމުންނެވެ.

” ހިނގާ ދާން ” ކިޔާން އައިސް މާޔާގެ އަތުގައި ހިފާލަމުން ބުނެލީ ހަރުކަށިކަމާއެކީއެވެ. މާޔާ ކިޔާން ހިފައިގެން ހުރި އަތަށް ނަޒަރެއް ދެމުން ކިޔާނަށް ބަލާލިއެވެ. ” އަހަރެން އެކަނި ގޮސްދާނަން..” މާޔާ ކިޔާންގެ އަތް ނައްޓުވަމުން ބުނެލިއެވެ. ކިޔާން ރުޅިގަދަވިއެވެ. ” އަހަރެން މާޔާ ކައިރީ މި އަހަނީއެއް ނޫނޭ.. ހިނގާށޭ ބުނީމަ ދިޔައީމަ ވީނު.. ” ކިޔާން އަނެއްކާވެސް މާޔާގެ އަތުގަ ހިފައިގެން ހިނގައިގަތެވެ. ކިޔާނާ އެކީ ދާކަށް މާޔާ ބޭނުމެއް ނޫނެވެ. އެހެންކަމުން މާޔާ ހުއްޓިލިއެވެ. ކިޔާން އެނބުރިލަމުން ބެލިއިރު ހުރީ ބުމަގޮށްޖަހައިގެންނެވެ. ” ކާރު އެ އޮތީ އެއްނު.. އަހަރެން ހިނގައިދާނަމޭ އެކަނި.. ކާރު މިތާ ބާއްވާފަ ދިޔައީމަ ދެން ޖެހޭނީ އަނެއްކާ ބަލާ އަންނަން.. ފަސޭހަ ކަމެއް ނޫނެ.. ” މާޔާ ކާރާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ” ފައިން ” ކިޔާން ބުމަ އަރުވާލަމުން ގޮސް މާޔާގެ ކާރުގެ ކައިރިއަށް ހުއްޓިލަމުން ތަޅުދަނޑި ދޭށޭ ބުނެލިއެވެ. މާޔާ ލޯ ބޮޑުކޮށްލަމުން އެއީ ކިއްކުރަންހޭ އަހާލިއެވެ. ” ދޭށޭ ބުނީމަ ދިނީމަ ވީ ނުން. އައި ވިލް ޑްރައިވް.. ގޮސް އަރާ.. ” ކިޔާން ރުންކުރު ގޮތަކަށް ބުނެލަމުން މާޔާގެ އަތުގަ އޮތް ތަޅުދަނޑި ޖަހައިގަތެވެ. ” އޭރުން ކިޔާންގެ ކާރު…. ” ” ކިހާ ދެރަކަމެއްތަ.. އެއް ފަހަރު ބުނީމަ އަޑުނީވެނީތަ؟ އަރާށޭ ބުނީމަ އަނގަ މަޑުން ލައިގެން އަރަންވީނު. އަހަރެން ކޮންމެހެން މާޔާ އެއްކޮށް ދާ ހިތަކުން ނޫން މިއުޅެނީ.. މާއިޝާގެ ފިރިމީހާގެ ހައްގުން އަހަރެންގެ ވާޖިބެއް މީ މާޔާއަށް އަޅާލުން. މިހާ ދަންވަރު މާޔާ މިތާ ބަހައްޓާފަ ދިޔައީމަ އަހަރެން ގޯސް ވާނީ.. ސޯ ޖަސްޓް ގެޓް އިން ދި ކާރ ނައު.. ” މާޔާ ބުނަން އުޅުނު ޖުމުލަ މެދު ކަނޑާލަމުން ކިޔާން ކިޔާނެ އެއްޗެއް ކިޔާފަ ކާރުގެ ދޮރު ހުޅުވާލަމުން އަރާ އިށީދެލިއެވެ.

މާޔާ ބަލަހައްޓައިގެން ހުރެފަ އަނެއް ފަރާތަށް އެނބުރިލިއެވެ. ” ސްޓަރބަން ގާރލް ” ކިޔާން ދެފަރާތަށް ބޯ ހޫރާލަމުން ކާރުން ފައިބައިގެން އައިސް މާޔާގެ އަތުގެ މުލައްދަނޑީގަ ހިފާލަމުން ގޮސް އަނެއްފަރާތުގެ ދޮރު ހުޅުވާލަމުން ގޮނޑީގައި ބައިންދަމުން ދޮރު ޖެހިއެވެ. ކިޔާން އަނެއްފަރާތަށް ދާން އެނބުރިލި ގަޑީ މަގުގެ އަނެއްފަރާތުގައި ސިގްރެޓެއް ބޯން ހުރި ނިހާން ފެނުމުން ހުއްޓިލި އިރު ބުމަ ގޮށްޖަހާލިއެވެ. ކިޔާން ހުއްޓިލުމުން މާޔާވެސް ކިޔާން އެ ބަލާ ދިމާލަކަށް ބަލާލިއެވެ. ނިހާން ފެނުމުން މާޔާ ދެލޯ ބޮޑުކޮށްލިއެވެ. އޭނައާ އެ ޕާރޓޭތައް ބެހުނު އިރުވެސް ނިހާން އެތާގަ ބަލަން ހުރި ހެއްޔެވެ؟ ރަނގަޅެވެ. ދެން ނިހާންގެ އިތުރު އެހީތެރިކަމެއް މާޔާ ބޭނުމެއް ނޫނެވެ. ނިހާން ސިގްރެޓެ އެއްލާލަމުން އެނބުރިލަމުން ހިނގައިގަތެވެ. ކިޔާން ނިހާން ދިޔަ ދިމާލަށް ބަލަން ހުރެލާފައި ބުމަ އަރުވާލިއިރު ފާޑަކަށް ހީލެވުނެވެ. ދެން އައިސް ކާރަށް އެރިއިރު މާޔާ އިސްޖަހާލައިގެން އިންތަން ފެނުމުން ދެރަވީހޭ އަހާލިއެވެ. މާޔާ ފާޑަކަށް ކިޔާނަށް ބަލާލަމުން އަނެއްކާވެސް އިސްޖަހާލިއެވެ. ” އެއީ ތަ އޭނަ ވާ ލޮތްބަކީ؟ އަހަންނަށް ޔަގީން އެ ޕާރޓޭ މީހާ މާޔާ ބެހުނު އިރުވެސް އޭނަ އެތާ ބަލަން ހުންނާނެކަން.. ތި ވައްތަރުގެ ލޮތްބެއް ނުވާނެ އެހެން މީހަކު.. ލޯބިވާ މީހާއާ ފިރިހެނުން އައިސް ބެހޭ އިރުވެސް ދުރުގަ ބަލަން ހުންނަ ވައްތަރުގެ.. އެ ވަރުގެ މީހަކަށްޓަކާ މާޔާ އަހަރެން ދޫކޮށްލީވެސް.. އަހަރެން ހީކޮށްގެން މިހުރީ އަދި ނިކަން ރަނގަޅުވާނެކަމަށް… ” ކިޔާން ކާރު ދުއްވާލަމުން މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކަމުން ދިޔައިރު މާޔާ އިނީ ފެންކަޅިވެފައެވެ. އެއްވެސް އެއްޗެކޭ ނުބުނެ ބޭރަށް ބަލަން ފެށިއެވެ. މާޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ކިޔާންވެސް ދެން އެއްޗެކޭ ނުކިޔައެވެ.

ގެއަށް ދެވުމުން މާޔާ ފުންނޭވައެއް ދޫކޮށްލިއެވެ. ” ތެންކިޔު ” މާޔާ މަޑުމަޑުން ބުނެލިއެވެ. ކިޔާން މާޔާއަށް ބަލާލަމުން ބުމަ އަރުވާލިއެވެ. މާޔާ ކާރުން ފޭބުމުން ކިޔާންވެސް ފައިބައިގެން އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލަމުން ތަޅުދަނޑި ދިއްކޮށްލިއެވެ. މާޔާ ތަޅުދަނޑިއަށް ބަލާލަމުން ކިޔާންގެ މޫނަށް ބަލާލިއެވެ. ” ކިޔާން ދޭ ކާރުގަ. މާދަން މާއިޝާ ކައިރީ ބުނޭ ކާރުގަ ގެއަށް އަންނާށޭ.. މި ގަޑީގަ ކިޔާން ހިނގާލާފަ ދާނެ ކަމެއް ނެތް.. ” މާޔާ ކުޑަކޮށް ހީލަމުން އެހެން ބުނެލާފައި ހިނގައިގަތެވެ. ކިޔާން ހިނގާލާފަ ދާން ޖެހޭނެތީ މާޔާ ހުރީ ކަންބޮޑުވެފައެވެ. ކިޔާން ދެބަސްވުމުގެ ގޮތުން އެއްޗެކޭ ނުބުނުމުން އުފާވިއެވެ. މާޔާގޮސް ދޮރުން ވަންނަންދެން ކިޔާން ބަލަން ހުއްޓެވެ.

ނިހާން ބީޗް ސަރަހައްދުގައި ދެންމެ މާޔާއާ ދިމާކުރި މީހާގެ ކުރިމަތީ އިށީދެލައިގެން އިނީ ފާރުމަތީގައެވެ. އެ މީހާ ދެކަކޫ މައްޗަށް ބިންމަތީގައި އިށީދެލައިގެން އިނީ އިސްޖަހާލައިގެންނެވެ. ” ކީކޭ..؟ އަޑެއް ނީވޭ ” ނިހާން ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ. ” ސޮރީ.. ދެން ނުބެހޭނަން އެއްވެސް މީހަކާ.. ” އެ މީހާ ބިރުން އިނދެ ބުނެލީ ތަންކޮޅެއް ބާރަށެވެ. ނިހާން ކުޑަކޮށް ހީލަމުން ކޮޅަށް ތެދުވެ ހިންދެމިލަމުން ތެދުވާށޭ ބުނެލިއެވެ. އެމީހާ ބިރުންހުރެ ކޮޅަށް ތެދުވެލިއެވެ. ނިހާން އެއް އަތުން އޭނަގެ ދަތްދޮޅީގައި ހިފާލަމުން އަނެއް އަތުން އޭނަގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. ” ދެން އޮޅިގެންވެސް އެ އަންހެންކުއްޖާއަށް ބަލާލިޔަސް އެދުވަހަކީ ކަލޭ މި ދުނިޔޭގެ ހުންނާނެ އެންމެ ފަހުދުވަސްކަން ހަނދާން ބަހައްޓާތި! ދާން އުޅޭ މިތަނުން.. ” ނިހާން ހަރުކަށިކޮށް އެހެން ބުނެލަމުން އެމީހާ ކޮށްޕާލިއެވެ. ނިހާން ޖީބަށް އަތް ޖަހާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. މާޔާއަށް ހީވާނީ އޭނަ ގަސްތުގަ މާޔާ އެމީހުން ކިބައިން ސަލާމަތްކުރަން ނައީ ކަމުގައެވެ. އެހެނެއް ނޫނެވެ. އޭނައަށް އެ މަންޒަރު ފެނިގެން ދާން އުޅުނުތަނާ ކިޔާން ފެނިގެން ހުއްޓުނީއެވެ.

ކިޔާންމެން ހުޅުމާލެއަށް ބަދަލުވި ދުވަހު ދެ އާއިލާގެ މީހުންވެސް ދިޔައެވެ. ދެ ކޮޓަރީގެ އެޕާރޓްމެންޓް ފެނުމުން އެންމެންވެސް ހައިރާންވެ އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ. ކިޔާން އެހާ ކުޑަވަގުތެއްގައި އެއް ކޮޓަރީގެ ތަނެއް ނުލިބުނީއޭ ބުނުމުން އެންމެން ހަމަޖެހިލިއެވެ. އެމީހުންވެސް އެހެން އުޅެލާފަ އަންނަ ދުވަހަކު ދެކޮޓަރި ހުރުމުން އުޅެވިދާނެޔޭ ބުނެލިއެވެ. މީހުން ތިބުމުން ދެމީހުންވެސް އެއްޗެހި ވައްދާ ރެޑީ ކުރުވީ އެއް ކޮޓަރިއެވެ. ދުވަހުގެ އަނެއްބައި ހުސްކޮށް އޮތުމުން އެންމެން ހަވީރު ގަޑީ މޫދަށް އެރިލަން ދިޔައެވެ. ބޮޑެތި މީހުންވެސް މޫދުގައި އުޅުނު އިރު ކުޑަކުދިންތަކެކޭ އެއްފަދައެވެ. މާޔާ ދުރުގައި ހުއްޓިލައިގެން ހުރީ މޫދަށް އެރެން ބޭނުން ނުވެފައެވެ. މަންމަމެން ސަކަރާތް ޖަހަމުން ދިޔަތަން ފެނުމުން ހިނިތުންވެލައެވެ. ކިޔާން މޫދުގައި އޮވެފައި އެނބުރިލި ވަގުތު މާޔާގެ ހިނިތުންވެފައިވާ މޫނު ފެނުމުން ބަލަން ހުރެވުނެވެ. ނިޝާއާ ޒިޔާނާ ދެމީހުން ސަކަރާތް ޖަހަމުން އައިސް މާޔާގެ ދެ އަތުގައި ހިފާލަމުން ގޮސް ގަދަކަމުން މޫދަށް ލިއެވެ. އެ މަންޒަރު ބަލާފައި އެންމެން އެކީ ހީގަތެވެ. އެކަމަކު މާޔާ ވެއްޓުނު ގޮތަކުން ލޮނު ބޮވި ހޮޑުލެވެން ފެށުނެވެ. ކިޔާނަށް އެ މަންޒަރު ފެނުމުން ހާސްވެފައި އައިސް މާޔާ ދެ އަތް މައްޗަށް އުފުލާލައިގެން ގެންދިޔައިރު ޒިޔާނާ ދިމާލަށް ނުރުހިފައި އެއްޗެކޭ ބުނެލިއެވެ. އޭރު މާޔާ އޮތީ ހަމައަކަށް އެޅިފައި ކަމުން ކިޔާންގެ އެ ހަރަކާތުން ހާސްވިއެވެ. އެންމެން ހީކުރާނީ ކީކޭ ހެއްޔެވެ؟ މާއިޝާ ހީކުރާނީ ކީކޭ ހެއްޔެވެ؟ މާޔާ މޫނު އަނބުރާލި ވަގުތު މާއިޝާގެ މޫނު ފެނުމުން ކިޔާން ކައިރީ މަޑުމަޑުން ދޫކޮށްލާށޭ ބުނެލިއެވެ. ކިޔާންވެސް ހޭވެރިކަންވީ އެވަގުތުއެވެ. އެންމެންގެ މޫނަށް ބަލާލަމުން މާޔާ ބިމުގައި ބަހައްޓަމުން ” އާރ ޔޫ އޯކޭ ” ހޭ އަހާލިއެވެ. މާޔާ ބޯ ޖަހާލަމުން ކައިރީގަ ހުރި ފެންފުޅިއެއް ނަގައިގެން ފެން ބޯލިއެވެ. މަލީހާވެސް ކައިރިއަށް އައިސް ރަނގަޅުހޭ އަހާލިއެވެ. މާޔާ ހީލަމުން ބޯ ޖަހާލަމުން ގެއަށް ހިނގާށޭ ބުނެލުމުން އެންމެންވެސް އެ ހިޔާލަށް ތާއިދު ކުރަމުން ގެއަށް ދިޔައެވެ.

ހަފްތާއެއްހާ ފަހުން ޝާޔަންއާ ޝާނިމްގެ ކައިވެނި ކުރެވުނެވެ. އާއިލާ މީހުންނާ ރައްޓެހިންނަށް އެކަނި ސައެއް ދޭން ހަމަޖެހިފައި އޮތީ ޝާޔަންގެ ގޭގައެވެ. ޝާޔަން ކިޔާންމަތިން ހަނދާންނައްތާލާ އެހެން މީހަކާ އެކީ އުޅެން ފެށީތީ ކިޔާން ހުރީ ނުހަނު އުފާވެފައެވެ. އެވެސް ޝާނިމް ފަދަ ރަނގަޅު ޒުވާނަކާއެވެ. ކިޔާންގެ އައިލާމީހުންވެސް ޝާޔަނަށް އުފާވެރި ދިރިއުޅުމަކަށް ހެޔޮހިތުން ދުއާކުރީ އުފާވެރިކަމާއެކީއެވެ. އާއިލާގެ ބޮޑެތި މެންބަރުން ސިޓިންރޫމުގެ ސޯފާތަކުގައި ވާހަކަ ދައްކަން ޖައްސާލައިގެން ތިބިއިރު ކުދިވެރިން އުޅުނީ ޓެރެސްގައެވެ. މާޔާ ޝާޔަންއާ ވާހަކަ ދައްކަން އިން އިރު ޝާނިމްއާ ޒިޔާން ވާހަކައިގެ ތިއްބެވެ. ނިޝާއާ މާއިޝާއާ ދެމީހުން އައިސް ޝާޔަންއާ ދިމާކުރަމުން ދިޔައިރު ޝާޔަން އިނީ ލަދުންނެވެ.

ޝަހާ ރެއިލިންގް ކައިރީ އެމީހުންނަށް ބަލަން ހުރި އިރު ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ކިޔާން އައިސް ކައިރިއަށް ހުއްޓިލަމުން ދުރުގައި ތި ހުރީ ކީއްވެހޭ އަހާލިއެވެ. ޝަހާ ކިޔާނަށް ބަލާލަމުން އެއްޗެކޭ ނުބުނެ ދުރަށް ބަލާލިއެވެ. ” އަމިއްލަ ނަފްސަށް އަނިޔާ ނުދީ ގޮސް ވާހަކަ ދައްކައިގެން ތި ހުރިހާ ރުޅިވެރިކަމެއް ދުރުކޮށްލީމަ ކިހާ ރަނގަޅު.. އޭރުން ދުރުގަ ހުރެގެން އެހެން މީހުން އުފާ ފާޅުކުރާތަން ބަލަން ނުޖެހޭނެ. ” ކިޔާންވެސް ދުރަށް ބަލާލަމުން ބުނެލީ ޖީބަށް އަތް ޖަހާލަމުންނެވެ. ” ބައެއް ރުޅިވެރިކަމަކީ ވާހަކަ ދައްކައިގެން ހައްލުކުރެވޭ ކަމެއް ނޫން.. ” ޝަހާގެ މާނަވީ ޖުމުލައިން ކިޔާން ކުޑަކޮށް ހީލިއެވެ. ” މާޔާ އެހެން ބައެއްގެ ދަރިއަކަށް ވުމަކީ މާޔާގެ ކުށެއް ނޫން. މާޔާ އެހެން ބައެއްގެ ދަރިއަކަށް ވިޔަސް ހަގީގަތަކީ މާޔާ އުޅެ ބޮޑުވީ ތި އާއިލާގެ ދަރިއެއްގެ ގޮތުގަ. ޝަހާގެ އަމިއްލަ ދައްތައަކަށް ނުވިޔަސް އެއީ ހަމަ ޝަހާއާ އެކީ ބޮޑުވި ޝަހާގެ ދައްތަ.. ކިތައް މީހުން އަމިއްލަ މަންމަ ބައްޕަ ނޫން މީހުން ކައިރީ އަމިއްލަ ދަރިންހެން އުޅެނީ.. ގުޅުންތައް ބަދަހިވަނީ ކޮންމެހެން އަމިއްލަ ލެއަކާ އެކަނި ނޫން.. ކިހާ ދުވަހެއް ވަންދެން ޝަހާ މާޔާއާ ތި ގޮތަށް ވާހަކަ ނުދައްކާ ހުންނާނީ.. ޖަސްޓް ބިކޯޒް ޝީ އިޒް ނޮޓް ޔޯ އޯން.. މާޔާ ދިޒާވް އެއް ނުވޭ ތި ނަފްރަތެއް.. ” ކިޔާން ހަގީގަތް ނޭގި ހުރެ ދެއްކި ވާހަކަތަކުން ޝަހާ ކިޔާންގެ މޫނަށް ބަލާލީ ފާޑަކަށެވެ.

” ޑޯންޓް ޓެލް މީ ޔޫ ސްޓިލް ޑޯންޓް ނޯ ދި ޓުރުތް؟ ” ޝަހާ ބުނެލިއެވެ. ކިޔާން ކޮނޑު އަރުވާލަމުން ” ވަޓް ޓުރުތް ” އޭ ބުނުމުން ޝަހާ ހީލިއެވެ. ” އޯ ގޯޑް.. ހައް.. އަހަރެން މާޔާދެކެ ނަފްރަތު ކުރަނީ މާޔާ އެއީ އަހަރެންގެ އަމިއްލަ މީހަކަށް ނުވާތީއެއް ނޫން. ޔެސް.. އަހަރެން ގަބޫލެއް ނުކުރަން މިހާރު މާޔާ އެއީ އަހަރެންގެ އާއިލާ މީހެއް ކަމަށް.. އެކަމަކު އަހަރެން މާޔާދެކެ ނަފްރަތު ކުރަނީ އެހެން ސަބަބަކާ ހުރެ. ” ޝަހާ އިސްޖަހާލިއެވެ. ބައްޕަ މަތިން ހަނދާންވުމުން ފެންކަޅިވިއެވެ. ކިޔާންގެ ހައިރާންކަން އިތުރުވިއެވެ. އޭނަށް ނޭގޭ ހާދަ އެއްޗެއް އެބަ އޮތް ހެއްޔެވެ؟ އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ ” ކޮން ކަމަކާ ހުރެ؟ ” ކިޔާން ސުވާލުކޮށްލި އިރު ދުރުގައި އިން މާޔާއަށް ބަލާލެވުނެވެ. ” އަހަރެން ނެތިން ބުނެދޭކަށް.. އިޓްސް ނޮޓް އީޒީ ފޯ މީ ޓު ރިމެމްބަރ އޯލް ދޯސް އޯލް އޯވާރ އެގެއިން.. އެކަމަކު އަހަރެން ވާހަކައެއް ބުނެފާނަން.. މީހުން ދައްކާ ހުރިހާ ވާހަކައަކީ ހަގީގަތެއް ނޫން. މީހަކު ބުނާ ކޮންމެ އެއްޗެއް ގަބޫލުނުކޮށް އޭގަ ފޮރުވިފައި ހަގީގަތެއް ވޭތޯވެސް ބެލުމަކީ ގޯހެއްނޫން.. ބައެއް ފަހަރު މީހުން މަޖުބޫރު ވެގެން ވެސް ބުނަން ބޭނުންނުވާ ކިތަންމެ އެއްޗެއް ބުނެ ހަދާ.. ބައެއް ފަހަރު ސެލްފިޝް ވެގެން ވެސް ދޮގު ހަދާ.. ކިޔާނަށް ވުރެ ރަނގަޅަށް މި ވާހަކަ އެނގޭނެ އެހެން މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވޭ.. އަހަރުތަކެއް ކުރިން އަހަރެން ބުނި ދޮގަކަށް ކިޔާން މާޔާއާ ދުރުގަ އެތައް އަހަރުތަކެއް ހޭދަ ކުރި.. އެންޑް ޔޫ އާރ ޑުއިން ދެޓް އޯލް އޯވާރ އެގެއިން.. މީހަކު ހަމަ ބުނެލިހާ އެއްޗެއް ގަބޫލުކޮށްގެން ޔޫ އާ ރުއިނިންގ ޔޯ އޯން ލައިފް.. އެންމެ ފަހަރަކުވެސް ލޯ ހުޅުވައިގެން ރަނގަޅަށް ވާނުވާ ބަލާލަބަ ކިޔާން… ”

ޝަހާ މާނައިން ފުރިގެންވީ ބަސްތަކެއް ބުނެލި އިރު ހެވިފައި އިން މާޔާއަށް ބަލާލިއެވެ. ޝަހާ ދައްކަން ބޭނުންވި ވާހަކަ ދައްކާ ނިމުމުން އެތަނުން ދިޔައެވެ. ކިޔާން ހައިރާންވެފައި ޝަހާ ގޮސް ތިރިއަށް ފޭބިތަން ބަލަން ހުރީ ސުވާލުއުފެދިފައެވެ. ޝަހާ އެ ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އަމިއްލަ ދިރިއުޅުން ” ރުއިން ” ކުރަން އޭނަ އެހީ ކާކުގެ ދޮގު ވާހަކަތަކެއް ހެއްޔެވެ؟ ޝަހާ މާޔާއަށް ބެލީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ޝަހާ އޮޅުވާލާފަ އެ ދެއްކީ މާޔާގެ ވާހަކަ ހެއްޔެވެ؟ އެކަމަކު މާޔާ އޭނަ ކައިރީ ހެދީ ކޮންދޮގެއް ހެއްޔެވެ؟ ކިޔާން މާޔާއަށް ބަލާލިއެވެ. އޭރު މާއިޝާ އޭނައަށް ބަލަން އިންތަން ފެނުމުން ކިޔާން ގަދަކަމުން ހީލިއެވެ. މާއިޝާއާ ސުވާލުކުރަން ވީ ހެއްޔެވެ. ނޫނެކެވެ. މާއިޝާ މި ކަންކަމުގެ ތެރެއަށް ވައްދާނެ ކަމެއް ނެތެވެ. މިހާރުވެސް އޭނައާ ހެދި މާއިޝާ އުޅެނީ ހިތާމައިގައެވެ. ކިޔާން އެނބުރިލަމުން ދުރަށް ބެލި އިރު ބޮލުގައި ރިހުމެއް ވިއެވެ.

އެންމެން އަނބުރާ އެމީހެއްގެ ގެއަށް ދިޔައިރު ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ޝާނިމްއާ ޝާޔަންއަށް މާޔާގެ ފަރާތުން ހަނިމޫން ދަތުރެއް ރާއްޖޭގެ ރިސޯޓަކަށް ދާން ހަދިޔާ ކުރިއެވެ. ފުރުން އޮތީ މާދަން މެންދުރުއެވެ. އެރޭ ދެމީހުން ހޭދަކުރީ ޝާނިމް މެން ގޭގައެވެ. ކައިވެނީގެ ގުޅުމުން ދެމީހުން ބަދެވިގެން ދިޔައީ އުފާވެރިކަމާއެކީއެވެ.

ކިޔާން ވަޒީފާގައި އުޅެފަ ގެއަށް އަންނައިރު މާއިޝާ ހުންނަނީ މީރުކޮށް ކައްކާފައެވެ. ކައްކަން އެނގެނީ މަދު އެއްޗެއް ނަމަވެސް މާއިޝާ ކައްކާ ފޮތްތަކާ އެއްޗެހި ބަލައިގެން މީރު އެއްޗެހި ހަދާލައެވެ. ދެމީހުން ދެ ކޮޓަރީގަ ނިދާއިރު ކިޔާން މާއިޝާއަށް ވާނުވާ ބަލައެވެ. ކިޔާން ޗުއްޓީ ލިބޭ ބައެއް ދުވަސް ދުވަހު ދެމީހުން ދުއްވާލަން ދެއެވެ. ގިނަވަގުތު ހިމޭންކަންމަތީ ހޭދަވެގެން ދިޔަޔަސް މާއިޝާ އުފާވެއެވެ. މާއިޝާ ނުބުންޏަންކަމަކު މާއިޝާގެ މޫނުމަތިން ހިތްހަމަޖެހުން ކިޔާނަށް ވެސް ފެނެއެވެ. ކޮންމެވެސް ގޮތަކުން މާއިޝާއަށް އެ ވަރުގެ ހިތްހަމަޖެހުމެއް ދެވޭތީވެސް ކިޔާން ހުންނަނީ ހިތްހަމަޖެހިފައެވެ. ދޭތެރެއަކުން މާލެ ގޮސް ހަދާލާ އިރު މާޔާއާ ކިޔާން ދެމީހުން ދިމާވިޔަސް މީހުން އުޅެންނާ ވާހަކަ ދައްކާލައެވެ. އެކަނި ވެއްޖެޔާ ދެ ބީރައްޓެހިންނެކޭ ތަފާތެއް ނޯވެއެވެ. އެރޭ ޝަހާ ދެއްކި ވާހަކައާ ބެހޭގޮތުން މާޔާ ކައިރީ ސުވާލުކުރަން ހިތަށް އަރާފަވެސް މާޔާއާ ވާހަކަދައްކަން ބޭނުންނުވާތީ ކިޔާން ފަހުން އެކަމާ އަޅާނުލައެވެ. ކޮންމެވެސް ދުވަހަކުން ހަގީގަތް އޭނައަށް އެނގޭނެ ކަމުގައި ހިތްބުނަމުން ދެއެވެ.

ކައިވެންޏަން ތިންމަސްވީ ދުވަހު ކިޔާން މާއިޝާއަށް ފިނިފެންމާ ބޮނޑިއެއް ދިނެވެ. މާއިޝާ ރަކިގޮތަކަށް ހީލަމުން ޝުކުރު އަދާކުރިއެވެ. އޭގެ ދުވަސް ތަކެއް ފަހުން މާއިޝާ ވަރަށް ގަދައަށް ހުން އައިސް ހޮޑުލަވާ ހެދިއެވެ. ކިޔާން މާއިޝާއަށް އަޅާލަމުން ދިޔައީ ނުހަނު ރަނގަޅަށެވެ. މާއިޝާ ހޮސްޕިޓަލަށް ގެންދަން އުޅުމުން އެކަމާ ދެކޮޅު ހެދުމުން ކިޔާން ބޭހާ އެއްޗެހި ހިފައިގެން އައިސް މާޔާއަށް ދީ ހެދިއެވެ. ކުރުނބަލާ އެހެނިހެން ސިއްހަތަށް ރަނގަޅު ކާ އެއްޗެހި ދީ ހެދިއެވެ. ހުން އައިސްގެ އެ އުޅުނު ރޭ ރޭ ކިޔާން ނިދީވެސް މާއިޝާގެ ކޮޓަރީގައެވެ. މާއިޝާ ހިތްހަމަނުޖެހިދާނެތީ ސޯފާގައި އޮވެގެންނެވެ. ހުން ކުރިއަށްވުރެ ރަނގަޅު ވިޔަސް މާއިޝާ އެއްކޮށް ރަނގަޅުވަންދެން ކިޔާން މާއިޝާގެ ކޮޓަރީގަ ނިދަން ނިންމިއެވެ. މާއިޝާއަށް ކިޔާންގެ މި ސިފަ ކިތަންމެހާވެސް ކަމުދިޔައެވެ. ހިތުގައި ކިޔާނާ މެދުވި ލޯބި ކުރިއަށްވުރެވެސް އިތުރުވިއެވެ. ބައެއް ފަހަރު ދެލޯ ފެންކަޅިވެގެން ދަނީ އުފާވެގެންނެވެ. އޭގެއިން ރެއެކެވެ. ކިޔާން ނޫޑްލްސް ސޫޕް ހަދައިގެން މާއިޝާއަށް ގެނެސްދިނެވެ. ކައިނިމުމުން ކިޔާން ތަށި ބަދިގޭގައި ބަހައްޓާފަ މާއިޝާ ކައިރީ ބުނެފަ ފެންވަރަން ދިޔައެވެ. ފެންވަރައިގެން އައިސް މާއިޝާއަށް ބޭސް ދީފަ ދާން އުޅުމުން މާއިޝާ ކިޔާންގެ އަތުގައި ހިފާލިއެވެ. ކިޔާން އެނބުރިލަމުން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާ ފަދަ ގޮތަކަށެވެ. ” ޔޫ ކެން ސްލީޕް ހިއަރ.. ” މާއިޝާ އެނދުގެ އަނެއް ފަރާތުގައި އަތް ޖަހާލަމުން ބުނެލިއެވެ. ކިޔާން ގަބޫލުނުކުރެވިފައި އެނދުގަހޭ އަހާލިއެވެ. މާއިޝާ އެއްޗެކޭ ނުބުނެ އިސްޖަހާލިގޮތުން ކިޔާން ހީލާފައި ގޮސް އެނދުގެ އަނެއް ކޮޅުގައި އޮށޯވެލީ މާއިޝާއާ ވީ ފަރާތަށް އަރިއަކަށެވެ. މާއިޝާވެސް ކިޔާނާ ވީ  ފަރާތަށް އަރިއަކަށް އޮށޯވެލިއެވެ. ދެމީހުންގެ ދޭތެރޭ ފޫޓެއްހާ ދުރުމިނެއްވެސް ނެތެވެ.

” ތެންކިޔު ފޯރ ބީން ސޯ ގުޑް.. ” މާއިޝާ މަޑުމަޑުން ބުނެލިއެވެ. ” ދެޓްސް މައި ޑިއުޓީ ” ކިޔާން ކުޑަކޮށް ހީލަމުން ބުނެލިއެވެ. ” ކިޔާން އަދިވެސް އެ ކުއްޖާ ދެކެ ލޯބިވޭތަ؟ ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު މާއިޝާ ސުވާލުކޮށްލިއެވެ. ކިޔާން މާއިޝާއަށް ބަލާލިއިރު މޫނުގެ ކުލަވަރު އެއްކޮށްހެން ބަދަލުވިއެވެ. މާޔާގެ މޫނު ލޯ ކުރިމަތީ ސިފަވެގެން ދިޔައެވެ. ” މޭ ބީ އައި ވުޑް ނެވަރ ސްޓޮޕް ލަވިންގ ހާރ ” ކިޔާން ދޮގު ހަދާކަށް ބޭނުމެއް ނުވީއެވެ. މާއިޝާ ދެރަވިއެވެ. ދުވަހަކުވެސް ކިޔާންގެ ހިތުން އޭނައަށް މަގާމެއް ނުލިބޭނީ ހެއްޔެވެ؟  މާއިޝާ ކިޔާންގެ އަތްމަތީ އަތް ބާއްވަމުން މަޑުމަޑުން ” ސޮރީ ” އޭ ބުނެލިއެވެ. ކިޔާން މާއިޝާއަށް ބެލިހިނދު ހަތަރުކަޅިހަމަވެގެން ދިޔައެވެ. އެވަގުތު ކިޔާނަށް މާއިޝާގެ މޫނު ފެނުނީ މާޔާގެ މޫނުހެނެވެ. ހިނިތުންވެލަމުން މާއިޝާގެ މޫނުގައި އަތުން ހިފާލަމުން ކައިރިވެލިއެވެ. މާއިޝާ ލޯ މަރާލިއެވެ. ކިޔާން މާއިޝާގެ ތުންފަތުގައި ބޮސްދިން ހިނދު މާއިޝާއަށް ކިޔާންގެ އަތާ އަތް މަހާލެވުނެވެ. ހިނދުކޮޅަކަށް ފަހު ކިޔާން މޫނު ދުރުކޮށްލިއިރު ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް އިތުރަށް ބޭނުންވެފައެވެ. މާއިޝާ ކިޔާންގެ އަތުން އަތް ވަކިކޮށްލަމުން ކިޔާންގެ ކަނދުރާގައި ދެއަތް އަޅުވާލިއިރު ކިޔާން ކުރިއަށްވުރެވެސް މާއިޝާއާ ކައިރިވެލިއެވެ. ދުވަސްތަކަށް ފަހު ދެމީހުން ކައިވެނީގެ ފޮނި މީރުކަން ލިބިގަތީ އެންމެ ފުރިހަމަ ގޮތުގައެވެ.

ހެނދުނުގެ ވަގުތެވެ. މާއިޝާއަށް ހޭލެވުނު އިރު ކައިރީގަ ނިދިފަ އޮތް ކިޔާން ފެނުމުން ހިނިތުންވެލެވުނެވެ. ރޭގެ ހާދިސާ ހިތަށް އެރުމުން ޝަހަދާތް އިނގިލީގަ ދަތް އަޅާލެވުނީ ލަދުގެންފައެވެ. ބެޑްޝީޓް މެއާ ހިސާބުން އަޅާލަމުން ނިވާކޮށްލަމުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ބުރަކަށި ޖައްސާލިއެވެ. ކިޔާންގެ މޫނުގައި ކުޑަކޮށް އަތުން ފިރުމާލަމުން ބޯގުދުކޮށްލީ ނިތުގައި ބޮސްދޭށެވެ. އެހެންނަމަވެސް ހުއްޓިލެވުނީ ކުއްލިއަކަށް ކިޔާން ލޯ ހުޅުވާލުމުންނެވެ. އެހާ ކައިރިން މާއިޝާގެ މޫނު ފެނުމުން ކިޔާން ލޯ ބޮޑުކޮށްލިއެވެ. މާއިޝާހައިރާންވެފައި ތެދުވެ ކިޔާނަށް ބަލާލިއެވެ. ކިޔާނަށް ރޭގެ ހާދިސާ ހަނދާންވުމުން ” ޝިޓް ” އޭ ބުނެލަމުން ކޮޅަށް ތެދުވެ ބިންމަތީގައި އޮތް ސޯޓުލަމުން އެ ކޮޓަރިން ނުކުމެގެން ދިޔައީ ދެން މާއިޝާއަށް ބަލާވެސް ނުލައެވެ. މާއިޝާ ދެލޯބޮޑުކޮށްގެން ކިޔާނަށް ބަލަން އިން އިރު ފެންކަޅިވިއެވެ. ރޭގަ ހިނގި ކަމަކަށް ފަހުވެސް ކިޔާން އެ ދިޔައީ އަޅާވެސްނުލައެވެ. ކިޔާން ޝިޓް އޭ އެ ބުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެއީ އޮޅުމަކުން ވީ ކަމެއްވާބައެވެ. މާއިޝާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން ބިރުގަތެވެ.

ކިޔާން ފެން މާގަނޑުގެ ދަށުގައި ހުރި އިރު ރޭގެ ހާދިސާ ލޯމަތިން ސިފަވަމުން ދިޔައެވެ. އަމިއްލަ އިހްސާސަތައް ކޮންޓްރޯލް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ މިހާ އަވަހަށް ކިޔާން މިހާ ދުރަށް ދާން ބޭނުމެއް ނޫނެވެ. އަދި މި ކައިވެންނަށް ވަގުތު ދޭން ކިޔާން ބޭނުމެވެ. އެކަމަކު މިވީ ކީއް ހެއްޔެވެ؟ ކިޔާން ރުޅިގަދަވިއެވެ. ގޮށްމުށުގެ އެތިފަހަރެއް ފާރަށް ދޫކޮށްލިއިރު ދެލޯ ފެންކަޅިވިއެވެ. ނޭގިނަމަވެސް މާއިޝާ އެ ދެވުނީ ނުބައި މެސެޖެކެވެ. މާއިޝާ އަމިއްލައަށްވެސް ކިޔާނަށް ވަގުތު ދޭން އުޅުނެވެ. އެކަމަކު ރޭގަ ވީ ކަމެއް ވިއްޔާ ވީ ހަމައެކަނި މާއިޝާގެ ރުހުމުގެ ނޫނެވެ. ހުދު ކިޔާންވެސް ބައިވެރިވިއެވެ. އެކަމަކު ދެން ކިޔާން ބަލާނެއެވެ. ކިޔާން ރީތިވެލައިގެން ބޭރަށް ނުކުތް އިރު އަދިވެސް މާއިޝާ ނުނިކުމެއެވެ. ކިޔާން ކޮފީއެއް ބޯން މޭޒުކައިރީ އިށީދެލައިގެން އިންއިރު އިރުއިރުކޮޅާ މާއިޝާގެ ކޮޓަރިއާ ދިމާލަށް ބަލާލައެވެ. އެންމެފަހުން ކިޔާން ތެދުވެގެން ގޮސް ކޮޓަރީގަ ޓަކި ޖަހާލިއެވެ. ދެފަހަރަކު ޖެހިތަނާ މާއިޝާ އައިސް ދޮރު ހުޅުވާލިއެވެ. މާއިޝާގެ ރަތްވެފައިވާ ދެލޯ ފެނުމުން ރޮއެފައި ހުރިކަން އެނގެއެވެ. ކިޔާން އެތެރެއަށް ވަންނަންހޭ އެހުމުން މާއިޝާ އެއްފަރާތަކަށް ޖެހިލީ ވަންނާށޭ ބުނާ ފަދައިންނެވެ. މާއިޝާގޮސް ރީތިވާ މޭޒުކުރިމަތީ ހުއްޓިލި އިރު ކިޔާން ސޯފާގައި އިށީންނަމުން މާއިޝާއަށް ބަލާލިއެވެ. ކިޔާން އެއްޗެއް ބުނަން އުޅޭކަން ހީވުމުން މާއިޝާ ގޮސް ކިޔާނާ ދެމީހުންގެ ދޭތެރޭ ދުރުމިން ބަހައްޓަމުން ސޯފާގައި އިށީދެލިއެވެ.

” މާއިޝާ.. ރޭގަ.. އަހަރެން.. އައި އެމް ސޮރީ.. ރޭގަ ވީ ކަމެއް ވިއްޔާ ވީ އޮޅުމެއްގަ.. އަހަރެން ކުރިންވެސް ބުނިންދޯ އަހަންނަށް އަދި ވަގުތު ބޭނުންވެޔޭ މި ކައިވެނި ކުރިއަށް ގެންދަން. ރޭގަ ނޭނގެ އަހަންނަށް ވީ ގޮތެއް ވެސް.. އެބަ ގެޓްވޭ ދޯ މިކިޔާ އެއްޗެއް؟ ” ކިޔާން މާއިޝާއަށް ބަލަން އިނދެ ބުނެލިއެވެ. މާއިޝާއަށް ކުރިންވެސް ކިޔާން އެހެން ބުނާނެކަން އެނގޭ ފަދައެވެ. އެއްވެސް އަސަރެއް ނެތި ކިޔާންގެ މޫނަށް ބަލާލަމުން ތެދުވެގެން ދާން އުޅުނުތަނާ ކިޔާން މާއިޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މާއިޝާ ކިޔާންގެ އަތް ފޮޅުވާލަމުން އެނބުރި ކިޔާންގެ މޫނަށް ބެލިއިރު އެދެލޯ ފެންކަޅިވެފައި ވީނަމަވެސް މޫނުމަތީގައި ވީ ނުރުހުމެވެ.

( ނުނިމޭ )

 

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު…1

Next

ހިޖުރަ (ސައުރަޔާޅީސްވަނަ ބައި)

Next
October 31, 2015

ހިޖުރަ (ސައުރަޔާޅީސްވަނަ ބައި)

Previews
October 30, 2015

ވަކިވީ އަސަރާ މަންޒަރު…1

38 Comments!

  1. saarah says:
    October 31, 2015 at 5:09 pm

    SORRY FOR THE LATE UPDATE.. NEXT PART HOPEFULLY DAY AFTER TOMORROW 🙂

  2. mteee says:
    October 31, 2015 at 5:20 pm

    V nice.haadha kurey story

  3. saadhu says:
    October 31, 2015 at 5:30 pm

    V v v reethi

  4. Elena says:
    October 31, 2015 at 5:31 pm

    Alhe Kihineh evee.. Kiyaaaaan dhen dhw.. kihinehthr vaan miulhenyves alhe

  5. MarSha says:
    October 31, 2015 at 5:34 pm

    Come on kiyaan… maaisha aa marry kury amilla ah is nagaigen so u shud go ahead with the whole thing… n now too late to back out… give her n yourself a chance to make it work… varah rythi… maaisha rulhi aisgen kiyaan aa dhimaa ah ehcheh buniyya rangalhy. Waiting for next part..

    1. shine says:
      October 31, 2015 at 6:46 pm

      yeah right. marry kohfa kameh kurevuneema regret vey. ekam kaivenin beyrun kameh kuriyaa aee loabi. maja dhw. idnt lyk dat attitude

    2. @isha says:
      October 31, 2015 at 10:48 pm

      shine… ru the writer shine????

  6. Piyara says:
    October 31, 2015 at 5:40 pm

    V dheyra dhen mayaa ah kiyan nulibeynitha

  7. Lai says:
    October 31, 2015 at 5:41 pm

    Varah salhi.. ♡

  8. me says:
    October 31, 2015 at 5:41 pm

    hope she will not get pregnant just in one night…. :p

  9. nazi says:
    October 31, 2015 at 5:56 pm

    vvvv reethi waiting 4 the next part

  10. nawhoo says:
    October 31, 2015 at 6:02 pm

    Wattttt theeeee ******dhennn dwwwwwwwww …nexttt partttt thankolheh avahahh up kureveyne gotheh nownnaaneth saraah..

  11. sarah says:
    October 31, 2015 at 6:09 pm

    Varah Salhi.❤
    Hope kuran dhen part ei dhiguvaane kamah.
    Best of luck. You are on the right track ?

  12. SAMA says:
    October 31, 2015 at 6:49 pm

    Dhn maayaa aa kiyaan aa gulhuvabaa… heyo nuvaane… dhn maaishaa preg vehjehyaa varah hadi vaane…

  13. Yushiii says:
    October 31, 2015 at 6:59 pm

    Dhn alhe maaya n kiyaan nugulhuvan dhw thiulheniii. Thx is bad. ??

    1. kina says:
      October 31, 2015 at 7:22 pm

      aee maaya emotional melodramatic kamun amihlayah hedhi ehcheh. hama maaya ah oiy dhw hageegaiy kiyai dhinumige option. maaya ah takka ehen bayehge kaiveni roolhumuge beynumeh neh. and kiyaan amihlayah kaiveni kohfa mihaaaru kon naatak eh tha. aee regret vaan jehey varuge kameh kamh nudhene hurin. aharen v foohi mi kahala meehun dheke. marry nukoh komme kameh ok vefa marry kureema maa soalih vaan ulhey meehun?

  14. homs says:
    October 31, 2015 at 7:13 pm

    dhn mi marriage work kuruveema rangalhee. aee dhw reethi gothakee. marriage eh break kohfa alun maaya aa gulhuneema aharen nubunaana aee loebbekey. eygein engigen dhanee marriage ah respect eh nukuraakan. loabi veveyne kaiveneege gulhumun gulhumun. that whole love idea is childish. yew ‘ll undstand wat i mean of yew thnk logically

    1. kokko says:
      October 31, 2015 at 7:16 pm

      i agree with you. dnt chnge the story in to a disney fairytale where the hero nd heroine has to become one at any cost. no matter for that kill all the characters heart in the story

    2. Meekail says:
      November 1, 2015 at 8:00 am

      Eheney mavs mikiyany. Miohkamehvaa. Mihaaru kaiveny gevs maana eh noavey. Dhen e ee hama time pass akah kohlaa ehcheh fada.????

  15. 4f!4h says:
    October 31, 2015 at 7:33 pm

    Maisha anekkaa preg vaan tha e ulheny Saarah? Ehen nuhadhaathi plx. Maayaa and Kiyaan. Not Maisha and Kiyaan. Story is soooo nice. Triangle stories r resally nice dho. But this story is extreme. Waiting for nxt part. ^_^

  16. 4f!4h says:
    October 31, 2015 at 7:33 pm

    Maisha anekkaa preg vaan tha e ulheny Saarah? Ehen nuhadhaathi plx. Maayaa and Kiyaan. Not Maisha and Kiyaan. Story is soooo nice. Triangle stories r resally nice dho. But this story is extreme. Waiting for nxt part. ^_^

  17. Luvna says:
    October 31, 2015 at 7:48 pm

    Mayaa and nihaan is better. Now that kiyaan and maisha are married please keep them together. And nihaan truly loves mayaa so they both are better together. Not everyone can get their true love dw.????.. story is awwwwwwwsomeeeeee???????

  18. lily says:
    October 31, 2015 at 8:31 pm

    beynumy kian n maaishaa ekkoh ulhen. maaya foni bodu v. dhen rangalhy maaishaa preg viyya.

  19. @isha says:
    October 31, 2015 at 11:23 pm

    story v nice

  20. shaz says:
    October 31, 2015 at 11:24 pm

    dhnn mioh vaa kameh…
    maaya ar kiyaan gulhunyma reethi vaany ekm mihaar mi vaaa gothun neyge vaane gothe…. maisha ar kiyan divorce vefa kiyan ar gulhunyma maisha ekani vaane…dhnn neyge vaan miulheny keeh kameh. ekm vx bunaany maaya ar nihaan gulhijeyaa reeche nuvaane vahaka eh…waiting for the next part….

  21. Crazi says:
    November 1, 2015 at 12:25 am

    Mi baa aslu rh haa reeche noon..but vahahaka nimey goi balan ehbh beynun vry

  22. Meekail says:
    November 1, 2015 at 7:54 am

    Mayaa keetha vany ehfaharuvs kiyaan ah truth kiyaidhin kamun. Polihah vs dhevidhaane noony rajjeyn beyrah vs dhevidhaane. Nihaan nekey kiyaa partey ehgge sababun amilla ah luv sacrifice kury. Vrh hama nujehey mivaahaka. Kiyaan vs hama maya no buny ma vy avahah maisha aa marry kuran. Pis pis. Miohkameh vaa.???.. dhen anekka hero aa heroine gulhuvaashey kiyaafa maishaa maraalaafa ehen kameh kohfa ehen kameh. Keevetha abdhu hero aa heroine gulhen jeheny. E heyo marry kohgen thibi dhemy hunas. Dhen mioh kamehvaa. Thafaathu vaahaka akah hadhaane kamah unmeeduu kuran.???????????? ???

  23. Meekail says:
    November 1, 2015 at 7:57 am

    Adhi mi shahaa hama enmen gabulu kuraa thedheh gabuleh nukurey. Eyna hunna ny sikundieh ge badhalu meedha key unbeh thoacheh. LOL.. vaahka vrh hama nujehey. ???????????? ????? ???????

  24. sadh says:
    November 1, 2015 at 4:47 pm

    Dhen nihaan aa maya aa gulhuvaa.

  25. Anonymous says:
    November 1, 2015 at 7:06 pm

    Dhen maayaa aa nihan gulhuvaa.. Eyrun nihaan kuri inthizaaru nimeyne.. Nihaan akee goas kujjeh nunehnu.. Maayaa ge sababun nihan badhal ves vedhaane.. Eyrun dhen salhi vaane vaahaka.. 🙂

  26. nazi says:
    November 1, 2015 at 9:56 pm

    kobaa vaahaka mi inthizaaru hama inthizaaru plz avas koh dheebala

  27. nukko says:
    November 2, 2015 at 11:22 am

    Kbaaaaaaaa anrh baiiii?????
    Kiyaaaaaaa huthunnneyyy saaaaaraaaahh……….. plxxxx up it sooooon.. 🙂 🙂 🙂

  28. nukko says:
    November 2, 2015 at 11:22 am

    Kbaaaaaaaa anrh baiiii?????
    Kiyaaaaaaa huthunnneyyy saaaaaraaaahh……….. plxxxx up it sooooon.. 🙂 🙂 🙂

  29. nazi says:
    November 2, 2015 at 1:31 pm

    mi inthizaazakee hama inthizaaru mi kuran jehenee haadha dhigu inthizaarekey plz plz plz avaha up kolladheebala

  30. nukko says:
    November 2, 2015 at 5:37 pm

    Kbaa thaa????????
    🙁 🙁 🙁 🙁

  31. nukko says:
    November 2, 2015 at 6:51 pm

    Alhey…. 🙁 🙁 🙁 🙁 🙁 🙁 🙁
    🙁 🙁 🙁 :-(:-( 🙁 ……….
    🙁 🙁 🙁 🙁

  32. saarah says:
    November 2, 2015 at 7:20 pm

    Hey guys. Really sorry. My laptop is having some problems due to which i am unable to upload the story. As soon as iy gets fixed i will upload.☺️
    And thank you for your comments ❤️

  33. Samu says:
    November 3, 2015 at 12:24 am

    Ohh…intizaaru hataa ves

Comments are closed.


All Right Reserved!