Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލިކާ (1)

Reems Level 110 Stories
November 1, 2015 4 Mins Read
18 Comments

ޒިފާން ހުއްޓިލައިގެން ހުރީ ރަށަށް އަރަން އޮންނަ ޖެޓީ މަތީގައެވެ. ރަށަން ނާންނަތާ 10 އަހަރު ފަހުން ރަށަށް އައީ ކައިރީ އޮތް ރިސޯޓުން ވަޒީފާ ހަމަޖެހިގެނެވެ. މީގެ 10 އަހަރު ކުރިން ދިމާވި ހާދިސާއަށްފަހު ރަށަށް އަންނަން ބޭނުންނުވެ ހުރެވެސް އައީ މަންމައާއި ބައްޕަ ވެސް މުސްކުޅި ވެ ޒިފާންގެ އެހީއަށް ބޭނުންވާނެ ވަރު ހިތަށްއަރާފައެވެ. މަޑުމަޑުން ހިނގާލާފައި ރަށުތެރެއަށް އަރައިގެން ދިޔައިރު ރަށުތެރައަށް އައިސްފައި އޮތް ބަދަލުތައް ބަލަމުން ދިޔައެވެ. 10 އަހަރު ތެރޭ އުމްރާނީ ތަރައްގީ ވަރަށް ބޮޑަށް އައިސްފައިވާކަން ފާހަގަކުރެވުނެވެ. ޒިފާންގެ ގެއަށް ވެސް ވަރަށް ބޮޑެތި ބަދަލު އައިސްފައި ހުރިކަން ފާހަގަކުރެވުނެވެ.

ޒިފާން ރަށަށްއައިކަން އެނގެނީ ހަމައެކަނި ދޮންތައަށެވެ. ދޮންތަ އަތުގައި އޮތް ތަޅުދަނޑި ހިފައިގެން ގެއަސް އައިސްވަނީ މަންމައަށާއި ބައްޕައަށް ސަޕްރައިސްއެއް ދޭންވެގެނެވެ. ގޭ ދޮރު ހުޅުވާލައިފާ ބަލާލިއިރު މުޅި ގޭތެރެ އަނދިރި ކޮށްލާފައި އޮތުމުން މަންމަމެން ނިދީކަމަށް ހީކޮށް ހެނދުނު ގޮވަން ނިންމިއެވެ. އަދި ވަރަށް ބަނޑުހައިވެފައި ހުރުމުން ބަދިގެއަށް ވަދެ ކާނެ އެއްޗެއް ހަދަން މަސައްކަތް ފެށިއެވެ. ކަބަޑުތައް ހާވަނިކޮށް އެތާހުރި ހުސްދަޅެއް ބިންމައްޗަށް ވެއްޓުމުން އެ ދަޅު ނަގައި އެ ހުރިތަނުގައި ބޭންދުމަށްފަހު އައިސްއަލަމާރިން ލިބެން ހުރި އެއްޗެށް ބެލުމަށް އަވަސްވެގަތެވެ. އަދި ސޭންޑްވިޗެއް ތައްޔާރުކުރާނެ ސާމާނު ހަމަކޮށްލުމަށް ފަހު ސޭންޑްވިޗް ހަދާ ކާން ފެށިއެވެ.

އައިޝާ ނިދާފައި އޮއްވާ ގޭތެރެއިން އަޑެއް އިވިގެން ހޭލެވުނެވެ. އެއީ އަނެއްކާ ހީވި އެއްޗެއް ބާވައޭ ހިތައްއަރާ އަނެއްކާ ވެސް ނިދަން އުޅެފައި އަނެއްކާވެސް ނިންމީ ޔަގީންކޮއްލަށް ކޮޓަރިން ބޭރު ބަލައިލުމަށެވެ. އަނެއްކާ ވަގަކު ވަނީ ބާއޭ ހިތައްއެރުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަޑުމަޑުން ތެދުވެ ވިސްނާލީ ވަގެއް ނޫނީ އައިޝާއާއި ދިމާކުރަން ވަތް މީހެއް ހުރެދާނެތީ އެމީހަކާއި ކުރިމަތިލާނެ ގޮތަކާއިމެދުއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން ކޮޓަރި ތެރޭ އޮތް ރެކެޓެއް ފެނުނެވެ. އޭތި އަތަށް ހެޔޮވަރު ކޮށްލަމުން ކޮޓަރިން ނުކުމެ ބަލާލިއިރު ބަދިގޭން އަލިވާހެން ހީވެގެން އެދިމާލަށް މިސްރާބު ޖެހިއެވެ.

ވަގު މީހާ ބަދިގޭން ކޮންއެއްޗެއް ވަގަން ނަގަނީބާއޭ އައިޝާ ހިތައްއެރިއެވެ. ވަރަށް ސިއްރު ސިއްރުންގޮސް ބަލާލިއިރު ވަގުކަލޭގެ އިނީ ކާ މޭޒުކައިރީ އިށީންދެލައިގެން ދޮރަށް ފުރަގަސް ދީގެނެވެ. އެމީހާ އިށީންދެގެން އިނަސް އެއީ ދިގު ބިޔަ ހަށިގަނޑެއްގެ ވެރިއެއްކަން އެނގެއެވެ. އެއްޗެއްކާން އިންހެން ހީވެއެވެ. “މީހާދަ ހެއްވާ ވަގެއް، ބަނޑު ހައިވީ ތޯއްޗެ” އައިޝާ މަޖާ އެއްޗެއް ހިތައްއެރިއަސް މޭގަނޑު އޭރު ޑަން ޑަން ލާފައި ޖެހެއެވެ. ހަދާނެގޮތެއް ވިސްނާލަފައި ބަދިގެތެރެއަށް ފިޔަވަޅެއް އަޅާފައި ވަރަށް ހަރުކަށި އަޑަކުން ބުނެލިއެވެ. “ދެއަތް މައްޗަށްނަގާ ތިތަނުން ތެދުވޭ ނޫނީ މީގެ ވަރަދުއްކާލާނަން”

 

އައިޝާ ބިރުން ހުރި ނަމަވެސް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އައިޝާ އެހެން ބުނުމާއިއެކު އެމީހާ ކާން އިން އެއްޗެއް ބާއްވާފައި ދެއަތް މައްޗަށް ނަގަމުން އެނބުރި ބަލައިލިއެވެ. އަދި ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. ” ތި ޓޯއީ ރެކެޓުންތަ މަގޭ ދުވަސް ދުއްވާލާނީ”

ޒިފާންގެ ކުރިމަތީ ހުރި އަންހެން ކުއްޖާގެ ފައިންފެށިގެން މައްޗަށް ޒިފާން ނަޒަރު ހިންގާލިއެވެ. ތުނިތުނި ނައިޓީއެއްގައި ހުރި އިރު އެއް އަތުގައި އޮތީ މަޅާލައިފައޮތް ކުޑަކުޑަ ރެކެޓެކެވެ. “މަގޭ މައިންބަފައިންގެ ގޭގަ ތީނަ ކީއްތިކުރަނީ. ތީ ކާކު؟”

ޒިފާންގެ އެ ސުވާލާއިއެކީ އައިޝާ ހައިރާންވެ ރެކެޓް ތިރިކޮށްލިއެވެ.

“މަ މީނީ ވަރަށް ހައިވެފައި، އާ ދޭ ސޭންޑްވިޗެއް ކާލަން. އަދި ވެސް ނުބުނެވެއެއްނު ތީ ކާކުކަމެއް” ޒިފާން މަޖާވެލާފައި ބުންޏެވެ.

އައިޝާއަށް ހަދާނެގޮތެއް ނޭނގި ހުރެ ގޮސް ގޮނޑީގައި އިށީންދެލި ވަގުތު ހުރެވުނު ގޮތާއި ދޭތެރޭ ވިސްނާލެވުނެވެ. ލައިގެންއިން ތުނި ނައިޓީއާއި އޭގެ އެތެރެއިން އެއްވެސް އެއްޗެއް ނުލާ ހުރިކަން ރޭކާލިއިރު ވަގުތު ފާއިތުވެއްޖެއެވެ. ލަދުން ގޮސް އައިޝާގެ ދޮން މޫނުކޮޅު ރަތްވެގެން ދިޔައެވެ. ކުރިމަތީ އިނީ ޒިފާންކަން އެނގުމުން އަދި އެއަށްވުރެ ބޮޑަށް ލަދު ގަތެވެ. އެހާ ގިނަ ދުވެސްވެފައި ފެނުމުން ނުވެސް އެނގުނީއެވެ. އޭރު ހިކި ހިކިކޮށް ކުޑަކޮށް ހުރި ޒިފާން މިހާރު ހުރީ ބޮޑުވެ ފުރާ ފުރިހަމަ ވެފައިވާ ފިރިހެނަކަށް ވެފައެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ޝާހީ ގޮތެއް ޒިފާންގައިގާ ހުއްޓެވެ.

“ޒިފާން މަންމަމެނަށް ކިޔައިދޭން މަޖާ ވާހަކައެއްދޯ މީ. ނޭނގޭނެއެންނު. ޒިފާން އަންނަ ވާހަކަ ނުބުނޭ ވިއްޔަ. އައިޝާ ހީކުރީ ވަގެއްވަނީ ކަމަށް. ވަރަށް ނިދި އެބައާދޭ. ނިދަން ދަނީ އިނގޭ” އައިޝާ ރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ.

އެހެން ކިޔާ ގޮނޑިން ތެދުވެ ހިނގައިގަތްތަނުން ޒިފާން ބުނި އަޑުއިވުނެވެ.

“މަޑު ކޮއްބަލަ އަދި ދާކަށް ނުވެއެއްނުދޯ. އަހަރެން މިގެއަށްވަނީ ދޮންތަ ދިން ތަޅުދަނޑި ބޭނުންކޮށްގެން. ކައިރީ މިއޮށް ރިސޯޓުން ވަޒީފާ ހަމަޖެހުމުން އަހަރެން ރަށަށް ބަދަލުމިވީ. މަންމަމެން ކާރީ ވެސް ނުބުނަން. މީ ޒިފާންކަން ވެސް ތިކުއްޖާއަށް އެނގިއްޖެ. އެކަމު އަދިވެސް ނުބުނަމެއްނު ތީ ކާކު ކަމެއް، މިގޭގަ ތިއުޅެނީ ކީއްވެ؟ ކޮބާ މަގޭ މަންމައާއި ބައްޕަ.؟”

” މީ އައިޝާ. ނުވެސް އެނގުނު ދޯ. އާނ ދެން އެހެންތާވާނީ ބޭރު ގައުމުތަކަށް ގޮސް އުޅެވުނީމާ ކުޑަ އިރުގެ ރަހުމަތްތެރިން މަތީން ވެސް ހަދާން ނެތުނީ. ޒިފާން މަންމަމެން ވީ މިތާ ކައިރި ރަށަކަށް ގޮސް އެމީހުން ބުނެގެން މިގެ ފަޅަށް ނުބަހައްޓަން އަހަރެން މިގޭގަ މަޑުކޮށްލީމި” އައިޝާ ހަށަން ބަދެލަމުން ބުނެލިއެވެ.

“އޯހް. އައިޝާތަ ހާދަ ތަފާތޭ. ހާދަ ބޮޑު ވެއްޖޭ. މިހާރު ހާދަ ރީއްޗޭ” އައިޝާކަން އެނގުމުން ލަދު ގަންނަވާލަންވެގެން ގަސްދުގާ ދިމާކޮށްލިއެވެ.

އައިޝާ ތުންކޮޅު އޫކޮށްލާފައި ދެބުމަ ގޮއް ޖަހާލިތަން ފެނުނެވެ. “ޒިފާން ކިތަންމެ ބޮޑު ވިޔަސް ތިކަމެއް ބަދަލުނުވޭދޯ. ވަރަށް ފޫހި”

“ހެދުން ބަދަލުކޮށްގެން އަހަރެން ގެއަށް މިދަނީ” އައިޝާ ދާން އެނބުރެމުން ބުނެލިއެވެ.

“ސާބަސް ރުޅިބޮކި .. އައިޝާވެސް ހަމަ އެ ވިޔަރިގަނޑު ބަދަލު ނުވެއެއްނު. ދެން މިރޭ މިގޭގައި މަޑު ކޮއްލާފައި މާދަން ދާން މަޑުކޮއްލާ. އަހަރެން އައިޝާއަށް އުނދަގޫ ނުކުރާނަން. އަދި ހަދާންނެތިފަ މިހިރީ އަހަރެން މާދަމާ ހެނދުނު ހެދުނާ ވަޒީފާއަށް ދާންޖެހޭ. ގެ ހުހަށް ހުރެއްޖެޔާ މަންމަ ހިތްހަމަ ނުޖެހޭނެ، ސޯ މަންމަ އަންނަންދެން މިގޭގަ މަޑުކޮށްލަދީ ޕްލީޒް” ޒިފާން ބުނެލިއެވެ.

“އޯކޭ” އައިޝާ ވިސްނާލާފައި ބުނެލިއެވެ.

“ބައިދަވޭ ކޮންއިރަކު މަންމަ އަންނަނީ. ގުޅިޔަސް ނުބުނަށްޗޭ އަހަރެން އައިސް އުޅޭ ވާހަކަ. ސަޕްރައިސް ސަޕްރައިސް. ހަހާހަހާ ބަޓް ސަޕްރައިސް އަސްލު މިލިބުނީ މަށަށް ދޯ.. ހެހެހެހެ.” ޒިފާން ހެމުން ހެމުން ބުނެލިއެވެ.

“ދެތިން ދުވަސް ވާނެ. އެރަށުގައި އޮތް ކުޅިވަރުތަކެއް ބަލަން ދިޔައީ.ގުޑްނައިޓް ” އައިޝާ ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ.

 

އައިޝާ ދިއުމުން ޒިފާންގެ ހަނދާންތައް ކުޑައިރުގެ ދުވަސްތަކަށް މިސްރާބުޖެހިއެވެ. އެއީ ހާދަ އުފާވެރި ދުވަސްކޮޅެކެވެ. އެ އުފާތަށް ނެތި ދިޔައީ ހަމަ ކުއްލިއަކަށެވެ. ހުރިހާ އެކުވެރިންގެ ދިރިއުޅުން ބަދަލުވި އެ ހާދިސާގެ މަތިން ޒިފާން ހަދާންވުމުން މޫޑު ޚަރާބުވެ ކާންއިން ސޭންޑްވިޗް ޑަސްބިންއަށް އެއްލާލައިފައި ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ.

“އައިޝަތު މަލިކާ، ޕްރިންސަސް އައިޝާ” ޒިފާނަށް ހިތާ ހިތާ ކިޔާލެވުނެވެ.

ޒިފާން ދެލޯ މަރާލައިގެން އޮތްއިރު އައިޝާ ކުޑައިރު ހުންނަގޮތް ސިފަވެގެން ދިޔައެވެ. 14 އަހަރުގައި ހިކިހިކިކޮށް ހުރި ކުއްޖާ މިހާރު ހުރީ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށްވެފައެވެ. އަންހެންވަންތަ އެހަށިގަނޑު އަދިވެސް ޒިފާންއަށް ފެންނަ ފަދައެވެ. ލައިގެން ހުރި ތުނި ތުނި ނައިޓީން ހަށިގަޑުގެ ވަނާތަށް ކޮންމެވެސް ވަރަކަށް ފެންނަށް ހުރުމުން ޒިފާންގެ ހިތުގެ ވިންދު އަވަސްވިއެވެ. ގިނަ އިރު އައިޝާ އެތާ ނުބަހައްޓާ ފޮނުވާލީވެސް އެހެންވެއެވެ. ޒިފާންއަކީ ވެސް ޒުވާންކަމުގެ ޖޯޝުން ފުރިފައިވާ މީހަކަށް ވާތީ ގޯހެއް ހެދިދާނެތީ އިތުރު ވާހަކަ ދަންކަން ނުބަހައްޓާ އައިޝާ ދިއުމަށް ހުއްދަދިނީއެވެ.

ނިދަން އުޅެ އުޅެ ޒިފާންއަށް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލުމާއިއެކު ފެންނަނީ އައިޝާގެ އެރީތި ސޫރައެވެ. މައުސޫމު މޫނުކޮޅެވެ. ނިދި ބަރުވެފައިވާ ދެލޮލެވެ. ދިގުދިގު އެސްފިޔަތަކެވެ. ކިސްކޮށްލާހިއްވާ ކަހަލަ ތުންފަތެކެވެ. ޒިފާންއަށް އެހެން އޮވެފަ ހީލެވުނެވެ. އެއޮއް ބަލިކަށިކޮށް ހުރި ކުއްޖާ ޒިފާނާއި ކުރިމަތިލާން އައިގޮތް ހިތައްއަރާފައެވެ. މާދަމާ އައިޝާއާއި ކޮންމެހެން ވެސް ދަންކަން ޖެހޭ ވާހަކައެއް އޮތްކަން ޒިފާންގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ސިގްނަލް އަޅަމުން ދިޔައެވެ. އައިޝާގެ ޚިޔާލުތަށް އުނދަގޫ ކުރަމުންގޮސް ޒިފާންއަށް ނިދުނުއިރު ވަރަށް ދަންވެއްޖެއެވެ.

ފަތިސް ނަމާދަށް ބަންގިގޮވާ އަޑަށް ޒިފާން އަށް ހޭލެވުމުން އަވަސްވެގަތީ ތައްޔާރުވެލައިގެން ފަތިސް ނަމާދަށް ދާންށެވެ. ނަމާދުން އައިއިރު ގޭ ދޮށް ކުނިކަހަން އައިޝާ އޮތެވެ. ޒިފާން ވަރުބަލިވެފައި ހުރުމުން ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ބޯލައިގެން އަނެއްކާވެސް އަރާ ނިދީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 26

Next

ކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)

Next
November 1, 2015

ކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)

Previews
October 31, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 26

18 Comments!

  1. nukko says:
    November 1, 2015 at 3:47 pm

    V rythi feshumeh… up kohdhechey avahah v kiyaa hiyy veyy… 🙂 🙂 🙂 🙂

    1. Reems says:
      November 1, 2015 at 3:49 pm

      thanks for reading.. Insha allah

  2. Ibaana says:
    November 1, 2015 at 4:05 pm

    V salhi ingey avahah update kurahchey

    1. Reems says:
      November 1, 2015 at 4:44 pm

      Thanks..insha allah

  3. sim says:
    November 1, 2015 at 4:24 pm

    Feshun v reethi. Nxt part kon dhuvahakun up kohdheyny?

    1. Reems says:
      November 1, 2015 at 4:29 pm

      Thanks Insha allah v soon

  4. mmmmmm, says:
    November 1, 2015 at 5:19 pm

    Nice

    1. Reems says:
      November 1, 2015 at 8:38 pm

      Thanks

  5. shy irey says:
    November 1, 2015 at 6:52 pm

    Dhn kon irakun enebai

    1. Reems says:
      November 1, 2015 at 8:39 pm

      Insha allah soon

  6. sumone says:
    November 1, 2015 at 7:55 pm

    In sha allah type kuraani mi gothah… insha allah migothah liunyma maana badhal vey… stry feshun vrh salhi whn next part

  7. Reems says:
    November 1, 2015 at 8:40 pm

    Thanks in sha allah soon

  8. Anonymous says:
    November 1, 2015 at 9:13 pm

    V Gina sukunuge kuh eba huri.. dheyn kiss koala hiyvaa. E thanuga boys debt hiyvaa jehinama Maa ragalh vees. Aneh hen reethi ….

    1. Anonymous says:
      November 1, 2015 at 9:17 pm

      Boys debt hiyvaa eh noon I GEY keyboard buhdhi filaafa huri gadi eh..
      Boss DHEY hiyvaa jehinama Maa ragalh vees

    2. Reems says:
      November 1, 2015 at 9:17 pm

      Next time rangalhu kollanan

  9. Samu says:
    November 2, 2015 at 2:13 am

    Story avaha up koladinu varaboda eyden….story takuga kuraahen intizaaru kurumakee vara bodu kamey…vara reeti fesun

  10. philhu says:
    November 2, 2015 at 8:56 am

    V nice story eh avahah update kohdheh chey

  11. Fasy says:
    November 2, 2015 at 9:01 am

    V reethi story eh waiting for the next part

Comments are closed.

Next Episodeމަލިކާ (2)←


All Right Reserved!