Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
November 1, 2015 7 Mins Read
19 Comments

ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ގަސްތަކުގެ ގޮފިތަކާއި ހިކިފައިހުރި ފަތްތައް މުގުރުމުން ގޮވާ އަޑުއިވެމުން ދިޔައެވެ. ބިރުގެންފައިވާ މަޒީންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ.

އެ މަގުން ހުރިގޮތަށް ގޮސް ޖެހިގެން ހުރިމަގަށް ލަނބާލަން ދިޔަވަގުތު ލޮލުގެ ކޮޅުން ގަދަ އަލިގަނޑެއް ފާޅުވާން ފަށައިފިއެވެ. އެ އަލިގަނޑާ ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސްވެ ހުރެއެވެ. އަދި މަޒީންގެ ހަޔާތުގައި މިކަހަލަ ކަމަކާއި ކުރިމަތިލާފައި ނުވާތީ އެ ފިޔަވަޅުމަތީ ބަލަން ގަބުއަރާފައި ހުރެވުނީއެވެ.

އެ އަލިގަނޑަށް ބަލަން މަޒީނަށް ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އަލިގަނޑު މަޒީނާ ދިމާލަށް އަންނަމުން ދިޔަކަން ފާހަގަވުމުން މަޒީން ގަތީ އަމަށަކު ބިރެއްނޫނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާ ފަސް އެނބުރި އައިމަގާ ދިމާލަށް ދުއްވައިގަތެވެ. ގަސްތަކުގެ ގޮފިތަކުން ރެކެމުން ގޮނޑުދޮށަށް ދެވެން އޮތްމަގުން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

*** *** *** *** *** ***

ނޭވާ ލާން ކަޔާނަށް ވަރަށް އުނދަގޫ ވިއެވެ. ހާސްވެ މުޅި މީހާ ހުރީ ދަލުން ތެމި ފޯވެފައެވެ. ގަސްތަކުގެ ތެރެއިން ދުވަމުން ނުކުންނަން މަސައްކަތް ކުރަމުން ދިޔައެވެ. ކަޔާންގެ ފަހަތުން އެ އަލިގުޅަ އައީ ވަރަށް ހަލުވި ބާރު މިނެއްގައެވެ. މަންޒިލާ ވަރަށް ގާތްވެއްޖެއެވެ. އޭރު ގަސްތަކުގެ ތެރެއިން ކަޔާނަށް ނިކުމެވެނީއެވެ. އަލިގަނޑު ވީ ހިސާބެއް ބެލުމަށް ފަހަތަށް ބަލާލެވުނެވެ. ނަމަވެސް ދެން ކުރިޔަށް އެޅި ފިޔަވަޅު އަޅައިގަތީ ގަހެއްގެ މޫގަނޑުގައެވެ. ދޮންވެލިގަނޑު މައްޗަށް އަގަވަތަށް ކަޔާން ވެއްޓުނެވެ.

ވީތަދުން އަނގަމަތީ ފިރުމަމުން ލޯހުޅުވާލީ އަލިގަނޑު ހުރި ހިސާބެއް ބަލާލުމަށެވެ. ލޮލަށް އެޅެމުންއައި އިރުގެ ދޯދިތަކުން ލޯ ހުޅުވަން އުނދަގޫވިއެވެ. އެހެންވެ ދެ ލޮލަށް ރޫއަރުވާލައިގެން ކުޑަކޮށްލަމުން ބަލާލިއިރު ދާދި ގާތުގަ މިހުރީ ކަޔާންގެ ކޮއްކޮ ކައިސަނެވެ. އެގާރަ އަހަރުގެ ކައިސަން އައިސް އެހުރީ ހުކުރަށް ދާން ހޭނުލާތީ ކަޔާނަށް ގޮވާށެވެ. ނިދީގައި އޮވެ ކަޔާނަށް ހޭލެވުނީ އެނދުން ވެއްޓުނީމައެވެ. ހެމުން ހެމުން އެ ކޮޓަރިން ނުކުމެގެން ކައިސަން ދިޔައީ ދޮންބެއާ ދިމާކުރަމުންނެވެ.

ކަޔާން ގަޑި ބަލާލިއިރު އޭރު ގަޑިން ހެނދުނު ދިހަގަޑި ބައި ވަނީއެވެ. އެނދުކައިރީ ހުރި ކުޑަދޮރުގެ ދޮރުފޮތި ކަހާލީ ކޮޓަރިއަށް ވަންނަމުން ދިޔަ އަވިން ހިޔާވުމަށެވެ. ރޭގަ ކިޔަން ގެންގުޅުނު ވާހަކަ ފޮތް އޭރުވެސް އެނދުމަތީގައި އޮތެވެ. ރޭގަ އެވާހަކަ ފޮތް ކިޔަން އޮއްވާ ނިދުނީކަން އެހިސާބުން ކަޔާނަށް އެނގުނެވެ. އަދި އެ ފެނުުނީ ބިރުވެރި ހުވަފެނެއްކަން އެނގުމުން ހިތަށް ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ. މޯޅިއަކަށް ދެމިލުމަށްފަހު ފާހާނާއަށް ދިޔައީ އަވަހަށް ފެންވަރާލައިގެން ހުކުރަށް ދާށެވެ.

ކަނޑު ނޫ ކުލައިގެ ގަމީހަކާއި އައިސްބްލޫ ޖިންސެއް ލައިގެން ގަމީހުގެ އަތުކުރި އޮޅަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ސިޓީންް ރޫމާ އަރާ ހަމަވިތަނުން މަރީޝާ ބަދިގެ ތެރެއިން ނިކުމެ ކަޔާނަށް ގޮވާލީ މޭޒު މައްޗަށް ސައި ހެދުމަށްފަހު ސައިބޯން އައުމަށެވެ. ކަޔާން ކާމޭޒު ދޮށުގައި އިށީންއިރު ކަޔާންގެ ބައްޕަ ހަމްދުﷲ، ކައިސަން ގޮވައިގެން ހުކުރަށް ދިޔުމަށް މައި ދޮރާށިން ބޭރަށް ނިކުތެވެ.

ރޮއްޓާއި ބޭކަޑް ބީންސް ޖައްސައިގެން ކާން އިން ކަޔާނަށް ބަލަން ހުރެ މަރީޝާ ސުވާލުކޮށްލިއެވެ. “ކަޔާން، ކީއްވެތަ އެހާ ލަސްވަންދެން ހޭލާ ހުންނަނީ؟… ޒިންމާދާރު ވާންޖެހޭނެ ދޯ…. އަބަދުވެސް ބައްޕަ ބޭނުންވަނީ ހުކުރު ދުވަހަކީ އާއިލީ ދުވަހަކަށް ހަދަން…. ހެނދުނުގެ ސައިން ފެށިގެން ރޭގަނޑުގެ ކެއުމުގެ ވަގުތާ ހަމަޔަށް އާއިލާ އެކީގައި ވަގުތު ހޭދަކުރަން ބޭނުންވާކަން ކަޔާނަށް އެނގޭނު..”

އަވަހަށް ސައިތަށި ބޯލުމަށްފަހު ސިންކު ދޮށުން އަތް ދޮވެލައިގެން ކޮޓަރިއާ ދިމާލަށް ކަޔާން މިސްރާބުޖެހީ ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނެ ހުރެއެވެ. ކޮޓަރިއަށް ވަދެ ރީތި ވެގެން ހުކުރަށް ދާން ގެއިން ނިކުމެގެން ދިޔައީ ފުރަތަމަ ޚުތުބާ ކިޔަން ފެށި ފަހުންނެވެ.

*** *** *** *** *** ***

މެންދުރުގެ ކެއުމަށް ތައްޔާރު ކޮށްފައިވަނީ ހަމްދުﷲއަށް އެންމެ ކަމުދާ ކުކުޅު ބިރިޔާނީއެވެ. ކާ މޭޒު ދޮށުގައި ކަޔާން ހުރީ ކެއުމާ އެހާ ގަޔާވެފައެއް ނޫނެވެ. މިކަން ކަޔާނުގެ ބައްޕައަށް ފާހަގަވުމުން ސުވާލުކޮށްލިއެވެ. “ކަޔާން، ބަލީތަ؟ ކިހިނެއްވެފަ ތި ހުންނަނީ….” ކަޔާން އަވަސްއަވަހަށް ބިރިޔާނީ ސަމުސަލެއް އަނގަޔަށް ލިއެވެ. “ބައްޕާ… އަޅުގަނޑު ރަނގަޅު.. ރޭގަ މަސައްކަތެއް ކުރަން ހޭލާ ހުރީމަ އަދިވެސް ނިދިއައިއްސަ މިހުރީ…”

މެންދުރުގެ ކެއުމަށްފަހު ސިޓިންގް ރޫމުގައި ހުރި ބޮޑު ޓީވީގެ ދަށުގައި ކަޔާން އިށީނީ ކައިސަނާއެކު ގޭމު ކުޅޭށެވެ. ކައިސަނާއެކު ކަޔާނަށް ވަގުތު ހޭދަކުރަން ލިބޭ ދުވަހަކަށް ވަނީ ހަފްތާ ބަންދަށް ލިބޭ ދެ ދުވަހެވެ. ކަޔާންމެން ގޭމް ކުޅެން ތިބީ ސިޓިންގް ރޫމްގައި އަޅާފައިވާ ކާޕެޓެއްގެ މަތީގައެވެ. ކައިސަނަށް ތަރުހީބުދޭން ހަމްދުﷲ އިނީ ސޯފާގައި އިށީިނދެގެންނެވެ.

ކަޔާންގެ ކޮޓަރި ފޮޅާ ސާފުކުރަން މަރީޝާ އެކޮޓަރިއަށް ވަނެވެ. އާންމު ގޮތެއްގައި ކަޔާނުގެ ކޮޓަރީގެ ހުރިހާ އެއްޗެއް ހުންނަނީ ވަރަށް ތަރުތީބުކޮށެވެ. ނަމަވެސް ފަހަކަށް އައިސް ކޮޓަރީގައި ތަރުތީބެއް ނެތި އެއްޗެތި ބަހައްޓާފައި ހުންނަކަން މަރީޝާއަށް ފާހަގަވިއެވެ. އެނދުފޮޅަން މަސައްކަތް ކުރި ވަގުތު ދިވެހި ވާހަކަފޮތެއް މަރީޝާގެ ލޮލުގައި އަޅައިގަތެވެ. މަރީޝާއަށް ލިބުނީ ހައިރާންކަމެކެވެ. ކަޔާނަކީ އެއްވެސް އިރަކު ދިވެހި ވާހަކަ ކިޔުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖަކަށް ނުވާތީއެވެ. ވާހަކަ ފޮތުގެ ނަން ކިޔާލުމަށްފަހު ފޮތުގެ ފަހަތުކޮޅުން ގަނޑެއް ހުޅުވާލިއެވެ.

*** *** *** *** *** ***

“ގަހުގެ ގޮފިތައް ވައިގެ ގަދަ ހަމަލާއަށް ކެތް ނުވެގެން ހޫރެމުން ދާއިރު ހީވަނީ މޫގަނޑު ބިމުން ލުހިގެން ވަޔާ ހިނގައިދާނެ ހެންނެވެ. ޝިފާނަށް ފުންމައިގެން ގޮސް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށް އިވުނު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑަށެވެ.

ޝިފާންގެ ގާތުގައި އޭނާގެ އަންހެނުން އޭރު އޮތީ ފުން ނިންޖަކުން ނިދާފައެވެ. އެހެން ކަމުން ޝިފާން ބޭނުންވީ އޭނާގެ އަންހެނުންނަށް އުނދަގޫ ނުކުރުމަށެވެ. އެނދުގައި އިށީނދެގެން އަޖައިބުވެ ބަލަން ހުރެވުނީ ކޮޓަރީގެ ކުޑަ ދޮރާ ދިމާލަށެވެ. ޝިފާން ނިދަން އައުމުގެ ކުރިން އޭނާ އައީ ކުޑަދޮރު ލައްޕާ ކުޑަދޮރުގެ ފަރުދާވެސް ކަހާފައެވެ. ނަމަވެސް އެނދާ ކުރިމައްޗަށް ވާގޮތަށް ހުރި ކުޑަދޮރުވަނީ ހުޅުވިފައެވެ. ވައިރޯޅި ބާރުކަމުން ކުޑަ ދޮރުގައިވާ ފަރުދާތައްވެސް އުކާލަފާނެހެން ހީވާހާ މިރޭގެ ތޫފާނުގެ ބާރު ގަދައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ތެދުވެގެން ގޮސް އެ ކުޑަދޮރު ލައްޕަން މަސައްކަތް ކުރަން ޝިފާން އުޅުނު ވަގުތު އެގޭގެ ބަގީޗާތެރޭގައި އަންހެނަކު ހުރިހެން ހީވިއެވެ. އޭނާ ހުރީ ޝިފާނާ ދިމާލަށް ބަލަހައްޓައިގެންކަން އެނގުނީ ވިދާލި ވިދުވަރުގެ އަލި އޭނާގެ މޫނަށް އެޅުމުންނެވެ.

ޖެހެމުން ދިޔަ ވައިރޯޅީގެ ގޯނާތަކަށް ހާވާލާފައިވާ ޒީކްގެ އިސްތަށިގަނޑު އެކި ގޮތްގޮތަށް އުދުހެން ފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ލޮލުން އަލިފާންކަނި ބުރާހެންވެސް ހީވިއެވެ.

ޝިފާން އަވަސްއަވަހަށް ކުޑަދޮރު ލައްޕާލިއެވެ. އަދި ކުޑަދޮރުގެ ފަރުދާ ކަހާލައި ފަސްދީ އެނބުރުމަށްފަހު އެނދާ ދިމާލަށްދާން ހިނގައިގަތެވެ. އެނދުގައި އިށީނދެ ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގާ އެއިން ފެންފޮދެއް ބޯލިއެވެ. ޝިފާން ހުރީ ޖެހިލުން ވެފައެވެ. އޭނާގެ އަތުގެ އިނގިލިތައް ތުރުތުރު އަޅާވަރުންވެސް އެކަން ދޭހަކޮށްދެއެވެ. އަނބުރާ ސައިޑް ޓޭބަލް މަތީ ފެންފުޅި ބެހެއްޓުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ގައިމަތީގައި ރަޖާގަނޑު އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ އެ ޚިޔާލުތަކުން ދުރުހެލިވެ ނިދާލެވޭތޯއެވެ.

ކައިރީގައި އޮތް އޭނާގެ އަންހެނުން އެނބުރި ލުމަށްފަހު އޭނާގެ ގައިމަތީގައި އަތްބާއްވާލުމުން ނިދާކަމަށް ހަދާ ޝިފާން ދެލޯ ބާރުކޮށްލައިގެން އޮތީއެވެ. މިހެން އޮއްވާ ދެން އިވުނީ ކަންފަތް ދޮށުގައި ވައިއަޑުން ގޮވާލި އަޑެވެ.

“ޝިފާން…….”

ސިއްސައިގެންގޮސް ލޯހުޅުވާލެވުނު އިރު ޝިފާނުގެ ގައި މައްޗަށް އަރާ މިއޮތީ ޒީކެވެ. ހޭވިފައިވާ އޭނާގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ. އެެ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ޝިފާންގެ ހަށިގަނޑު މައްޗަށް ޖަހަމުން ދިޔައެވެ. ތެމިގެންގޮސް ގައިގާ ތަތްވެފައިވާ ހުދު ކުލައިގެ ތުނި ހެދުމެއްގައި އިން ޒީކްގެ މޫނުމަތީގެ ދެ ދިމާލެއް ވަނީ ޒަޚަމްވެފައެވެ. ބުމަ މަތިވަނީ ފަޅައިގެން ގޮސްފައެވެ. ލޯކައިރިވަނީ ވަޅުވަދެ ވަށައިގެން ކަޅުވެފައެވެ. ގައިގެ ހަންގަނޑު ހޫރީ ރޫޖެހި ހުދުވެފައެވެ. ހީވަނީ ގައިން ލޭ މަދުވެފައި ހުރިހެންނެވެ. ހިކިގެން ހަނގަނޑު ދޫވެފައި ހުރިހެންނެވެ.

ހަށިގަނޑަށް ހަރާކާތެއް ގެންނަން ޝިފާން މަސައްކަތް ކުރި ނަމަވެސް އަތާއި ފައިގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ޝިފާން ގާތުގައި އޭނާގެ އަންހެނުން އަދިވެސް އޮތީ ފުން ނިންޖަކުން ނިދާފައެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވާ ނުލެވި ނިކަމެތި ކަންމަތީގައި އޮންނަން އޭނާއަށް މަޖުބޫރުވިއެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހަޅޭލަވަން ޝިފާން އަނގަހުޅުވާ ދެ ލޯ ބޮޑު ކޮށްލުމުން ޒީކް އޭނާގެ މޫނު ޝިފާންގެ މޫނާ ގާތް ކޮށްލަމުން ހަށިގަނޑު މައްޗަށް ގުދުވިއެވެ. ޒީކްވެސް ޝިފާނެކޭ އެއްގޮތަށް ތަންމިނަށް އަނގަ ހުޅުވާލިއެވެ. ޒީކްގެ އަނގައިން ނުކުތް ހަޅޭކުގެ ތޫނު އަޑުން ޝިފާންއަށް ލޯމަރާލެވުނެވެ. ހީވީ ކަންފަތް ފަޅައިގެން ގޮސްދާނެ ހެންނެވެ.

*** *** *** *** ***

ސިއްސައިގެން ދިޔުުމުން މަރީޝާގެ އަތުގައިވާ ފޮތް ނަގާ އަތުކޮޅަށް ހޫރާލެވުނީ ބޭއިޚްތިޔާރުގައެވެ. ޗާރޖަށް ޖަހާފައިވާ ކަޔާންގެ ފޯނު ރިންގްވާން ފެށުމުން މަރީޝާ ސިހުނީއެވެ. އެ ފޯނު ހިފައިގެން މަރީޝާ ސިޓިންގް ރޫމަށް ނިކުމެ ކަޔާނަށް ދިއްކޮށްލިއެވެ. އޭރުވެސް މަރީޝާ ހުރީ ފުދޭ ވަރަކަށް ޖެހިލުން ވެފައެވެ. މަރީޝާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކުން ހަމްދުﷲ އަހާލިއެވެ. “ކިހިނެއްވީ…. ހާދަ ރުޅި އައިސްފަ..”

“ހޫންންން…. މި ކަޔާން ފޯނަށް ލާފަ ހުރި ރިންގް ޓޯނެއް… އެޔަށްވުރެ ތާހިރު އެއްޗެއް ލާކަށް ނޭގުނުތަ؟ މަ ދިޔައީ ސިއްސައިގެން…. އަޑުވެސް ބާރޭ….. ހީވީ ސްޕީކަރެއްގެ ބުޑުގައި ހުރެވުނުހެން…..” މަރީޝާ ވާހަކަ ދެއްކީ ރުޅިވެރި މޫނެއް ދައްކަމުންނެވެ. ސިޓިންގްރޫމްގައި ތިބި އެންމެނަށް ހެވެން ފެށުނީ މަރީޝާއަށް ވީ ގޮތް އެނގުމުންނެވެ.

ޖޮއިސްޓިކް ބައްޕަ އަތަށް ދިނުމަށްފަހު ފޯނުން ވާހަކަ ދައްކަމުން ކޮޓަރިޔާއި ދިމާލަށް ކަޔާން ހިނގައިގަތީ މަންމައަށް ވެފައި ހުރި ގޮތް ފެނި އެކަމާ ހިނިއައިސް ހުރެގެންނެވެ.

“ހެއި ހިނގާ ކޮފީއަކަށް ދާން… މިޝްކާވެސް އަންނާނަމޯ ބުނި… ލެޓްސް މީޓް ދޯ….” ވިޝާލް ގެ ދައުވަތު ކަޔާން ބަލައިގަތީ ވަރަށް އުފަލުން ހުރެއެވެ. ސަބަބަކީ މިޝްކާއާ ހިއްސާ ކުރަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރީމައެވެ.

ކަނދުރާޔާއި ހަމައަށް އަންނަ ކަޔާންގެ އިސްތަށިގަނޑު އޮމާން ކޮށްލިއެވެ. މީރުވަސް ދުވާ ފިރިހެން ސެންޓެއް ޖަހާލުމަށްފަހު ކޮޓަރިން ނިކުމެ މަންމައާއި ބައްޕަ ގާތުގައި ވިޝާލާއެކު ބޭރަށް ދާ ވާހަކަ ބުނުމަށްފަހު ގެއިން ނުކުތުމަށް ހިނގައިގަތެވެ.

ކައިސަން އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ތުންގަނޑު ދަމައިގެން އޭނާގެ ދޮންބެއަށް ބަލަން ހުރިތަން ފެނުމުން މަރީޝާ ގާތު ރީތިވެގެން ބޭރަށްދާން ތައްޔާރުވުމަށް ހަމްދުﷲ އެދުނެވެ. އެ ނިންމުމަށް ކައިސަން ވަރަށް އުފާވިއެވެ. އަވަހަށް ގޭމް ނިއްވާލާ ޖޮއިސްޓިކްތައް ނެގުމަށްފަހު ކޮޓަރިއަށް ދިޔައީ ރީތިވާށެވެ.

ކަޔާން ގެއިން ނުކުތުމުން މަރީޝާ އަނބުރާ އެ ކޮޓަރިއަށް ދިޔައީ އެކޮޓަރި ސާފު ކޮށްލުމަށްށެވެ. ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ތަރުތީބު ކުރުމަށްފަހު ކަޔާންގެ ދާވެފައިވާ ހެދުންތައް ހިފައިގެން ނުކުންނަމުން އެ ވާހަކަފޮތް އެ ކޮޓަރީގައި ހުރި ފޮތް ބަހައްޓާ ހަރު މަތީ ބާވާފައި ކޮޓަރިން ނުކުތެވެ. އަދި ހިތާހިތުން ބުނެލިއެވެ. “ކޮންކަހަލަ ބިރުވެރި ވާހަކައެއްތަ؟ މިރޭ ނުވެސް ނިދޭނެ ތޯއްޗެ… ކިޔުނު މޮޔަ ހިތަށް އަރާ…”

ކެފޭތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބި ވިޝާލާއި ކަޔާން ހުރީ މިޝްކާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނުގެ އެކި އެޕްލިކޭޝަންތައް ހާވަމުން ދިޔަ އިރު ކަޔާން ހުރީ ކެތްމަދުވެފައިކަން ބަލަންހުރި ހޮންމެ މީހަކަށް އެނގޭނެއެވެ. ކަޔާންމެން އޯޑަރުކުރި ކޮފީތަށި ހިފައިގެން ވެއިޓަރ މޭޒުދޮށަށް އައެވެ. އެ ވަގުތު އެމީހުން ތިބި މޭޒު ކައިރިއަށް ދެ ޒުވާނުން އައިސް ހުއްޓުމުން އެމީހުންގެ އޯޑަރ ނެގުމަށް ވެއިޓާރ މަޑުކޮށްލީ އެ މޭޒުދޮށަށް އަދި ބަޔަކު އަންނާނެ ވާހަކަ ކުރިން ވިޝާލްމެން ބުނެފައި ވާތީއެވެ. ފޯނުގެ ޑިސްޕްލޭއަށް ކަޅި ހުއްޓައިގެން ހުރި ކަޔާނަށް ކައިރިން ދުވި މީރު އަންހެން ސެންޓެއްގެ ވަހުން ފުން ނޭވާއެއް ދަމާލަމުން އެމީހުންނާ ދިމާލަށް ބަލާލިއެވެ. ލިބުނު ހައިރާންކަމާއެކު ކަޔާނަށް އެ މޭޒު ދޮށުން ތެދުވެވުނެވެ.

“ހެއި… ކިހިނެއްވީ…. އިށީންދެބަލަ…” ކަޔާން ފުންމައިގެން ތެދުވުމުން ވިޝާލް މިހެން ބުނެލީ މިޝްކާއާއި އަލީނާ ގާތުގައިވެސް އިށީނުމަށް އިޝާރާތް ކުރަމުންނެވެ.

އަލީނާ އާއި ކަޔާން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކަޔާންވެސް މަޑުމަޑުން ގޮނޑީގައި އިށީނދެ ފޯނާ ކުޅެން ފެށިއެވެ. މިޝްކާއާއި ބައްދަލުވުމުން އެތައް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރި ކަޔާންގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. މިޝްކާއާއި ވިޝާލް ސަމާސާ ކުރަމުން އެކި ވާހަކަތައް ހިއްސާ ކުރުމުގައި ތިބިއިރު އަލީނާއާއި ކަޔާން ހުރީ އެމީހުން ދައްކާ ވާހަކަތަކަށް ހިނިތުން ވުމުގެ މޫނެއް ދައްކައިގެން ދޫންޏެއް ފަދައިން ބޯ ޖަހާލަޖަހާލައެވެ.

ކަޔާންގެ ހިތް އަވަސްވެ އެތައް އުނދަގޫތަކެއް ވަމުން ދިޔައެވެ. މަޑު މަޑުން ކޮފީތަށި ގިރާލުމަށްފަހު ތުބުގައި ޖަހާލާ މަދު އެތިފޮދެއް ބޯލިއެވެ. އެވަގުތު އަލީނާ ވާހަކަ ދައްކަން ފެށިއެވެ. “ކޮފީ…. ކަޔާން ކޮފީއެއް ނުބޮމެއްނު؟…”

“ހުންންން…. ކޮފީ ދޯ!…. މި ނުބޮންޏާ މިހާރު ބިޓެއްވެސް ސެޓު ނުވޭ….” ކަޔާން ސަމާސާ ރާގަކަށް މިހެން ބުނެލީ ޖެއްސުމަށްކަން އަލީނާއަށް އެނގުނެވެ. “ސީރިއަސްކޮށޭ…. ކަޔާން ބުނި ކޮފީ ޓޭސްޓް ކަމުނުދާ ވާހަކަ….ދެން މިހާރު މީރުވެގެންތަ ތިބޮނީ…” އަލީނާ ގެ އަމާޒު ހުރީ އަދިވެސް ކަޔާން ބޮމުން ގެންދާ ކޮފީތައްޓަށެވެ. އެކަމާ ވިޝާލް ގާތަށް ލާނެއް ހިންޏެއް އަންނަމުން ދިޔައެއްކަމަކު ހިނިގަނޑު ބަނޑަށް ހިންދާލައިގެން މިޝްކާއާ ހަތަރު ކަޅި ހަމަކޮށްލާފަ ނިއްއަރުވާލިއެވެ. މިޝްކާ ވެސް ތުން ފިއްތައިގެން ނުހޭން މަސައްކަތް ކުރަމުން ދިޔައެވެ.

އަނެއްކާވެސް ކަޔާން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. “އަލީނާ ތި ދައްކަނީ މީގެ 3 އަހަރު ކުރީގެ ވާހަކައެެއް…. އޭރާ މިހާރާ ވަރަށް ތަފާތުވާނެ ދޯ…. އޭރު ކަމު ނުދާ ކިތަންމެ ކަމެއް މިހާރު ކަޔާން ކުރަމޭ….”

ވާހަކަ އެހިސާބަށް ދިޔައިރު އަލީނާމެން އޯޑަރުކުރި ޖޫސްތަށިތައް މޭޒު ދޮށަށް ވެއިޓަރު ގެނެސްދީފިއެވެ. ބައި ގަޑިއިރުގެ އެ ކޮފީގައި އެތައް ވާހަކަ ތަކެއް ހިއްސާ ކުރަމުން ދިޔަ ނަމަވެސް އެ ކޮފީގައި ދައްކަމުން ދިޔަ ގިނަ ވާހަކަތައް ކަޔާނަށް އަޑު ނީވޭ ކަހަލައެވެ. މިޝްކާ ގާތުގައި އަހަން ޖަމާކޮށްގެން ހުރި ވާހަކަތައް އަހަން ހައްޤުވާ ފަރާތް މިއަދު މި ތަނަށް ހާޒިރުވެފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އަހާކަށެއް ކަޔާނަކަށް ނުކެރުނެވެ. މާޒީގައި އަލީނާ އާއި ކަޔާން ދުރުވާން ދިމާވި މައިގަނޑު ސަބަބު ސިއްރު ކުރެވިފައިވާ އިރު އެ ސަބަބު އޮޅުންފިލުވަން ކަޔާން ކިތަންމެހާ ވެސް ބޭނުމެވެ. އަދިވެސް ކަޔާން އެ އުޅެނީ ލޯބީގެ ގޮތުން އެހެން އަންހެން ކުއްޖަކާއި ގުޅޭނެ ހިތްވަރު ނުލިބިގެންނެެވެ.

އެވަގުތު ވިޝާލް ދައްކަމުން ދިޔަ ވާހަކައަށް މެދުކެނޑުމެއް ގެނުވީ ވިޝާލަށް އައި ފޯނުކޯލެވެ. ވަރަށް އަވަސް އަވަހަށް ތުންޖަހާ އެއްފަހަރުން ކޮފީތަށި ދަމާލުމަށްފަހު ތަށި ބަހައްޓާފައި ދުފަން ގެންސްފައިހުރި ފޯއް ތަބަކުން އެތިކޮޅެއް އަނގަޔަށް ލަމުން ތެދުވެ ފޯނު ޖީބަށް ލިއެވެ. އަދި މޭޒުމަތީގައި އޮތް ތަޅުދަނޑި ފަތި ނަގަމުން ވަރަށް މުހިއްމު ކަމެއްގައި ދާންޖެހިގެން ދަނީއޭ ބުނެލިއެވެ. އެވަގުތު މިޝްކާވެސް ގަޑި ބަލާލަމުން ތެދުވީ ކުއްލިއަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. “ހެއި…އަހަރެން އިރުއޮއްސެން ވާއިރަށް ޑިއުޓީއަށް ދާންޖެހޭ…. މަވެސް ތި ދާއިރު ގެއަށް ޑްރޮޕް ކޮށްދީބަލަ…” މިޝްކާގެ އެދުމަށް ބޯޖަހާލަމުން ވިޝާލް އެ ކެފޭއިން ނުކުތުމަށް ހިނގައިގަތީ މިޝްކާއާއި އެކީގައެވެ.

ވެއިޓަރު ބިލް ގެނެސް ދިނުމުން ކަޔާން އެ ބިލަށް ފައިސާ ދެއްކުމަށް އަވަސް ވެގަތެވެ. އެ ވަގުތު އަލީނާ އެނާގެ ފޯނުން މީހަކަށް ގުޅައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް މާޔޫސްވެ ހުރެ ފޯނު ބޭއްވުމަށްފަހު ކަޔާނަށް ބަލާލިއެވެ.

ކަޔާންގެ ހިތަށް ކުރަމުން ދިޔަ އުނދަގޫތަކުން ބައެއްފަހަރު ނޭވާލާން އުނދަގޫ ވާހެންވެސް ހީވެއެވެ. އެހެން ކަމުން އޭނަ ބޭނުންވީ އަވަހަށް އެ ކެފޭއިން ބޭރަށް ނުކުތުމަށެވެ. ކަޔާންގެ ފަހަތުން އަލީނާވެސް ނުކުތެވެ. އަދި ކަޔާނަށް ގޮވާލިއެވެ. “ހެއި ކަޔާން ސައިކެއްވެސް ނުގެންގުޅެންތަ؟..” ކަޔާން ލުއި ހިނތުންވުމަކާއި އެކީ އަލީނާއަށް ޖަވާބުދިނެވެ. “ފަހަތަށް އަރުވާނެ ކުއްޖެއް ނެތޭ…. ސޯ ހިނގާފަ ދިޔުންވެސް މާ ސަޅިވާނެއްނު…. ކިހިނެއްވީ….”

އަލީނާ އެ ސުވާލުކުރިި ސަބަބު އޮޅުން ފިލުވައި ދިނެވެ. “އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ… އަހަރެން ހިނގާލާފަ ހިނގައިދާނަން….” އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ވީ ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮން ވާހަކައެއް ބާއޭ ހިތައް އަރުވަމުންނެވެ. އާޓިފިޝަލް ބީޗް ކައިރިން އައިސް މަޖީދީ މަގު ހުރަސް ކުރުމަށް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. ކަޔާން އަވަސް ފިޔަވަޅު ތަކެއްގައި އައިސް އަލީނާއާއި އެއްވަރުކޮށްލިއެވެ.

“ހެއި ކަޔާން ކޮންތާކަށް….” އަލީނާއަށް ލިބުނު ސިހުމާއި އެކީ އަހާލިއެވެ.

“އަލީނާ އެކަނި ދާތީ…. ޑްރޮޕްކޮށްދޭން… ޔޫނޯ ވަރަށް ނުބައި މީހުން އުޅެޔޭ… މޭބީ އަލީނާ ކިޑްނޭޕްވެސް ކޮށްފާނެއްނު…. އެންޑް ނައު ޔޫއާ ފޭމަސް… ސޯ..” ކަޔާންގެ ޖުމްލަތަކުން އަލީނާ ގާތަށް ހިނިއައެވެ.

“އޯކޭ ބޮޑީ ގާޑް…. މި ދަނީ ބްރިޖް ކައިރިއަށް…. އެކަނި އިޓްސް ބޯރިންގް…. އާދޭ… އައި ޑޯންޓް މައިންޑް..” އަލީނާ ގެ މިސްރާބު ހުރި ދިމާ ހާމަކުރިއެވެ.

ދެމީހުންގެ މެދުގައި ދެކެވުނީ މަދު ވާހަކަ ތަކެކެވެ. ކަޔާން ކިތަންމެ އަހަން ބޭނުންވި ކަމުގައިވީ ނަމަވެސް، ހިތުގައި ބަހައްޓައިގެން ހުރި ވާހަކަތައް އަހާކަށް ނުކެރުނެވެ. ތިން އަހަރަށް ފަހު ދިމާވި ފުރަތަމަ ދުވަހު އެހުރިހާ ޝަކުވާއެއް ކުރާނެ ހިތްވަރު ނުލިބުނީއެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރި ހުޅުލެއަށް ދާ ބްރިޖް ކައިރިއަށް ދެވުމުން އެ ބްރިޖްގެ ގޭޓުކައިރީގައި ހުރި ބޮޑު ސްކްރީނަށް އަލީނާ ބަލާލިއެވެ.

= ނުނިމޭ =

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

މަލިކާ (1)

Next

މަލިކާ (2)

Next
November 2, 2015

މަލިކާ (2)

Previews
November 1, 2015

މަލިކާ (1)

19 Comments!

  1. Crazi says:
    November 2, 2015 at 12:03 am

    Wow shAlhi….

    1. Shax Lyn says:
      November 2, 2015 at 12:14 am

      Thanks Crazi 🙂

  2. LULLY says:
    November 2, 2015 at 12:47 am

    reethi 🙂

    1. Shax Lyn says:
      November 2, 2015 at 10:35 am

      thank LULLY
      🙂 🙂

  3. Nimee says:
    November 2, 2015 at 1:00 am

    Vaahakaiga v gina kuh eba huri.. thibi liyan jehey thanehga huri liyefa hurun kahala

    1. Shax Lyn says:
      November 2, 2015 at 10:33 am

      Thanks Nimeee….

  4. Nimee says:
    November 2, 2015 at 1:00 am

    Vaahakaiga v gina kuh eba huri.. thibi liyan jehey thanehga huri liyefa hurun kahala

    1. Shax Lyn says:
      November 2, 2015 at 10:33 am

      Kuriyah huri baithakugai ebai thakah bodah samaalkan dheynan…. 🙂 <3

  5. gurey says:
    November 2, 2015 at 1:15 am

    Wow… Awsome….. I now wonder who’s this Shifan…. Waiting curiously…. Great work

  6. rifa says:
    November 2, 2015 at 8:02 am

    Dhivehi bahuga meehaku sai boan hunnanyekey nubunaane bunaany sai boan inee dhen farudhaa dhamaalan kiyaany kuda dhoru lappaafa beyru nufenna gothah fothigandu dhamaalumah kahaalaany beyru fenna gothah dhefaraathah kahaalumah☺

    1. Shax Lyn says:
      November 2, 2015 at 10:32 am

      Thanks Rifa…. will change that place….. 🙂 thanks for letting me know… and hope u will help me through… 🙂

  7. Hasy says:
    November 2, 2015 at 10:29 am

    Shalhi

  8. Sarey says:
    November 2, 2015 at 11:34 am

    V nice..alynaa aky zeek dhw???¿

  9. isha says:
    November 2, 2015 at 12:00 pm

    so nice

  10. Anonymous says:
    November 2, 2015 at 12:31 pm

    ކެފޭތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބި ވިޝާލާއި ކަޔާން ހުރީ
    vishaalaa kayaan thibee ey kiyaanee.. cafe’ thereygai huri meyzeh dhoshugai vishaalaai kayaan thibee..
    dhe meehunneh nuhunnaane.. thibeynee..
    Jumla gothehga ragalhu.

  11. ken? says:
    November 2, 2015 at 2:01 pm

    masha allah…v beutiful story…keep de hard work ☺

  12. Aby says:
    November 2, 2015 at 7:39 pm

    Hulhule n male’ bridge ge vaahaka genessa inyma v salhi… ur the best… can’t wait for the next episode

  13. Mary says:
    November 2, 2015 at 9:53 pm

    Ooohhh wow v v v hbeys..

  14. Ary says:
    November 19, 2015 at 12:53 pm

    Haadha haavaa salhi ey

Comments are closed.


All Right Reserved!