Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 13

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 6, 2015 6 Mins Read
12 Comments

ރޭގަނޑުގެ ވަގުތެވެ. މާހުތާބް ހުރީ އޭނަ ގާތު ލިމްޝާ ދެއްކި ވާހަކަތައް ބަލްޤީޝްއަށް ހާމަކުރާނެ ވަގުތެއް ނުވެގެންނެވެ. އޭނަ ބޭނުންވި ފަދަ ފުރުސަތެއް ލިބުނީ ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޢާއިލާގެ މެންބަރުންތައް ކާމޭޒު ދޫކޮށްދާން ފެއްޓުމުންނެވެ. ބަލްޤީޝް އޭރު އިނީ ވިސްނުމަކަށް ގެއްލިފައެވެ.

”މޭމް…” މާހުތާބް އަދަބުވެރިކަމާއެކު ބަލްޤީޝްއަށް ގޮވާލިއެވެ. ބަލްޤީޝް ފަރުވާކުޑަ ރާގަކަށް ހޫމްމްމް ލައްވާލިއެވެ.

”މިއަދު ލިމްޝާ ގާތު ޔަޝްމް އެހިކަމަށް ވަނީ އެއަންހެނާއާ ބެހޭ ގޮތުން…” މާހުތާބްގެ ޖުމްލަ ފުރިހަމަ ނުވަނީސް ބަލްޤީޝް ބަލާލި ގޮތުން މާހުތާބްގެ މޭގަނޑަށް ލޮޅުމެއް އަރައިފިއެވެ. އޭނަ އެހެން މީހުން ކުރިމަތީގައި ހަރުކަށިކަން ދައްކަމުން ހިނގިޔަސް ބަލްޤީޝްއާ ކުރިމަތި ލާން ޖެހުމުން އޭނައެކޭ ބިރުން ގޮސް ރޫރޫއަޅައަޅައި ހުންނަ ކުޑަކުއްޖެކޭ އެއްފަދައެވެ.

”ކީކޭ؟” ބަލްޤީޝްއަށް ގޮނޑިން ތެދުވެވުނެވެ. ޔަޝްމް އެސުވާލު ލިމްޝާއާ ކުރިމަތި ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިހާ އަވަހަށް ޔަޝްމްއަށް ޝައްކުވީ ހެއްޔެވެ؟ އެގޮތަށް ހީވުމުގެ ފަހަތުގައި ސަބަބެއް އޮއްނާނެއެވެ.

”ދީމް!” ބަލްޤީޝްއަށް ހިތާހިތުން ބުނެވުނެވެ. އެއާއެކު ދީމް ދެކެ އޭނައައީ އަމަށަކު ރުޅިއެއް ނޫނެވެ. ދީމް އެއުޅެނީ އިޒްކާންއަށް އުފަލެއް ލިބިދާނެތީ ބިރުންނެވެ. ޔަޝްމްގެ ބޮލަށް އެރިގަންނަން އުޅުނީ ކަން ނޭގެއެވެ. އެފުލަފާ އިފުރީތު ގަނޑު ގެއިން ބޭރުކޮށްލެވުނުކަން އެއީ ނަސީބެކެވެ.

”ލިމްޝާ މިއަދު އެވާހަކަ ބުނީ…” މާހުތާބް އިތުރުކޮށްލިއެވެ.

”ލިމްޝާއަށް ގޮވާ…” ބަލްޤީޝް އަމުރުކޮށްލިއެވެ. އޭނަ ހުރީ ރުޅިއާއެއް ވަރަށް ހާސްވެފައެވެ. ޔަޝްމްއަށް އެކަން ކޮންމެ ގޮތެއް ހަދާފައިވެސް ސިއްރުކުރަން ޖެހޭނެއެވެ. އެކަމަށް ޓަކާ ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް ހެވެވެ. ޔަޝްމްއާއި އިޒްކާންގެ ގުޅުމަށް ހީނަރުކަމެއް ގެނެސްދީފާނެ ހުރިހާ ދޮރެއް އޭނަ ބަންދުކޮށްލާނެއެވެ.

މާހުތާބް އަވަސްވެގަތީ ބަލްޤީޝް ބުނި ކަންތައް ފުރިހަމަކޮށް ދިނުމަށެވެ. ބާރު ފިޔަވަޅުތަކެއްގައި އޭނަ ނޯކަރުންގެ ބަޔާ ދިމާއަށް ހިނގައިގަތެވެ.

ވަރުބަލިވެފައިވާ ހަށިގަނޑަށް އަރާމު ހޯދަދޭން އެނދުގައި އޮށޯތް ލިމްޝާ ސިއްސައިގެން ދިޔައީ މާހުތާބް އެކޮޓަރިއަށް ވަނުމުންނެވެ. ޚައިރާން ވެސް ވިއެވެ. މިއިން ޒަމާނެއްގައި ވެސް މާހުތާބް އެކޮޓަރިއަށް ވަދެފަކާ ނެތެވެ. ލިމްޝާއާއެކު އެކޮޓަރި ހިއްސާ ކުރާ އިތުރު ތިން ކުދިންވެސް ލޯބޮޑުކޮށްލައިގެން މަހުތާބްއަށް ބަލަން ތިއްބެވެ. ބިރުގެންފައެވެ.

”ލިމްޝާ…” އަތުގެ އިޝާރާތުން ލިމްޝާ ގާތު އައުމަށް ބުނެލަމުން މާހުތާބް އެކޮޓަރިން ނިކުތެވެ. ލިމްޝާ ބިރުން ހަލާކުވެފައި ހުރެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭރު ލިމްޝާއަށް ކުރެވު ކުށަކީ ކޮބައިތޯ ބަލަން ދެން ތިބި ކުދިން ތިބީ ކެތްތެރިކަން ކުޑަވެފައެވެ.

”އާދޭ…” ލިމްޝާއަށް ނިކުމެވޭއިރަށް މާހުތާބް އިއްވާލިއެވެ. ސުވާލު އުފެދިފައި ހުރެ ލިމްޝާ ކުރިއަށް ހިނގައިގަތެވެ. އޭރު އޭނަ ހުރީ އިންތިހާއަށް ބިރުގެންފައެވެ. ސުވާލުކޮށްލަން ބޭނުންވި ކަމުގައި ވިޔަސް އެހިތްވަރެއް ނުލިބުނެވެ. އޭނަގެ ހިތް ބުނަމުން ދިޔައީ މިއީ މިގޭގައި އުޅެލެވޭނެ ފަހު ދުވަސް ކަމަށެވެ. ޔަޝްމް އޭނައާ ސުވާލު ކުރީއްސުރެ އޭނަ ހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތްއަވަސްވެ އަތްފައި ވެސް ތުރުތުރު އަޅައެވެ. ދެލޯ ވަނީ ފެންކަޅި ވެފައެވެ.

މާހުތާބްގެ ފަހަތުން ގޮސް ލިމްޝާ ކާކޮޓަރިއަށް ވަނެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ބަލްޤީޝް ހުއްޓެވެ. ބަލްޤީޝް ފެނި ލިމްޝާގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އިސްޖަހާލި ގޮތަށް އޭނަ ހުރީ މާބްލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަ މިގެއިން ނިކުމެގެންދާ ދުވަސް މިއޮތީ އައިސް ކުރިމަތި ވެފައެވެ. އޭނަ މި ވަޒީފާއިން ވަކިކޮށްފިނަމަ ބަލިއެނދުގައި އޮތް މަންމައަށް އެހީތެރިވެދޭނީ ކާކު ހެއްޔެވެ؟ ދެމައިން ބިކަހާލުގައި ޖެހިދާނެއެވެ. ލިމްޝާގެ ލޮލުން ކަރުނަ ހިލުނެވެ.

ބަލްޤީޝް އެންގީ ލައިބްރަރީއަށް އައުމަށެވެ. ބަލްޤީޝްގެ ފަހަތުން ލިމްޝާއާއި މާހުތާބް ހިނގައިގަނެންފިއެވެ. އޭރު ލިމްޝާ ލޮލުން ފައިބަންފެށި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. މިމަންޒަރު ފެނި މާހުތާބްގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އޭނަ ހަވާލުކުރި މަސައްކަތަށް މިއަދު ލިމްޝާ އަހައްމިއްޔަތުކަން ދިންނަމަ އޭނަ ލިމްޝާއަށް އިތުރު ފުރުސަތެއް ދިނީހެވެ. ނަމަވެސް ލިމްޝާ ގޮތް ދައްކާލީއެވެ. މިއީ އެކަމުގެ ސަޒާ އެވެ. އޭނަގެ ކަމަކަށް ފުރަގަސް ދީފި މީހަކަށް ހިތުން ނުފިލާވަރުގެ އަދަބެއް އޭނަ ދޭނެއެވެ.

”މާހުތާބް މިތާ މަޑުކުރޭ….” ބަލްޤީޝް ބުންޏެވެ. މާހުތާބް ބޯޖަހާލިއެވެ. ބަލްޤީޝް އެފަދައިން ކަންތައް ކުރަން ބުނި ސަބަބު އޭނައަށް އެނގުނު ކަހަލައެވެ. ބަލްޤީޝް ހާދަ ވިސްނުން ތޫނެވެ. ޔަޝްމް އެމީހުންނަށް ފާރަލައިގެން ވާހަކަ އަޑު އަހަފާނެތީ އޭނަ ގާތު އެބުނީ ފާރައަށް ހުންނާށެވެ.

މާހުތާބް ދޮރާ ކައިރިއަށް ޖެހިލަމުން ލިމްޝާމެން ދައްކާ ވާހަކައަށް ސަމާލުކަން ދިނެވެ. ލިމްޝާ ގިސްލި އަޑު އިވުނެވެ. ބަލްޤީޝްގެ ރުންކުރު އަޑު ވެސް އިވުނެވެ.

ފެށުނީއްސުރެ ހުރިހާ ކަމަކަށް ސަމާލުކަން ދީގެން ޔަޝްމް ހުރީ ބޮޑުކޮޓަރީގައި ހުރި ތަނބެއްގެ ނިވަލުގައެވެ. އޭނައަށް އިތުރު ރައްކާތެރިކަމެއް ދިނީ އެތާނގައި ހުރި ބޮޑު ރަބަރު މޭޕްލް ގަހެވެ. މާހުތާބް އާ ހެދި އެކޮޓަރި ތެރޭގައި ހިނގާ ކަންތައް އޭނައަށް އެނގޭ ގޮތެއް ނުވިއެވެ. އެހެނަސް ހިތުގައި އިންދާލެވުނު ޝައްކުގެ އޮށަށް މޫއެރި ނިރު ފަޅައި ހެދެން ފަށައިފިއެވެ. އެގަހަށް ލިބިގެން ދިޔަ ފެންކަމުގައި ވެގެން ދިޔައީ އޭނައަށް ފެނުނު މަންޒަރެވެ. އޭނަ އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓަން އެންމެން މަސައްކަތް އެކުރަނީ ކީއްވެގެން ހެއްޔެވެ؟ އިޒްކާންގެ މާޒީގައި އެހާ ބޮޑު ކަންތައްގަނޑެއް ހިނގާފައި ވަނީ ހެއްޔެވެ؟ އިޒްކާން އަކީ ރަގަޅު މީހެއް ހެއްޔެވެ؟

ލިމްޝާ ރޮމުންރޮމުން ލައިބްރަރީން ނިކުމެގެން ދުއްވައިގަތީ މައިދޮރާއި ދިމާއަށެވެ. ޔަޝްމްއަށް ހުރެވުނީއެވެ. ގުޑިލާން ވެސް ނޭގިފައެވެ. އޭނަ ލިމްޝާގެ ފަހަތުން ދާން އުޅުނު ކަމުގައި ވިޔަސް އެފުރުސަތު ނުލިބުނީ މާހުތާބްއާ ހެދިއެވެ. މާހުތާބް ހެވި ދިއްލިފައި ހުރެ ޕޯރޓިކޯއަށް ނިކުތެވެ. އަދި މަޑުކުރުމެއްނެތި ނޯކަރުނެގެ ބަޔަށް ދާން ހިނގައިގެންފިއެވެ.

ޔަޝްމް ހުރީ ބަލްޤީޝް އާ މެދު ހިތްހަމަނުޖެހިފައެވެ. ލިމްޝާ ރޮމުން ދާނީ ބޮޑު ކަމެއް ވީމައެވެ. ވަޒީފާއިން ވަކިކުރީ ބާވައެވެ.

ޔަޝްމް ބޭރަށް ދާން ހިނގައިގަތްތަނާ އިޒްކާންގެ ގައިގައި އަޅައިގެންފައި ވެއްޓެން ދިޔައެވެ. އިޒްކާންއަށް ޔަޝްމްގެ އުނގަނޑުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެއާއެކު ޔަޝްމްގެ ހަށިގަނޑުގައި ކަރަންޓް ރާޅުބާނީތަކެއް ދަތުރުކޮށްލިއެވެ. ދެލޯމަރާތަގުޅިކޮށްލައިގެން އޮތުމުން އެއީ އިޒްކާންކަމެއް އޭނައަކަށް ނޭގުނެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމާއެކު އިޒްކާންގެ ސޫރަ ފެނި އޭނައަށް ވީ ގޮތެއް ނޭގުނެވެ. އެއަތުގެ ތެރޭން ނިކުންނަން އުޅެގަތުމުން ފައި އަނެއްކާ ވެސް އަރިއަޅާލިއެވެ. މިފަހަރު ޔަޝްމްއަށް ހިފައިގަނެވުނީ އިޒްކާންގެ ގަމީހުގައެވެ. ހިފައިގަނެވުނުލެއް ބާރުކަމުން ގަމީހުގެ ބައެއް ގޮށްތައް ވެސް މިނިވަންކަމާއެކު އެކިދިމަދިމާއަށް ބުރުއްސައިގެންފިއެވެ. ހާމަވެގެން ދިޔަ އިޒްކާންގެ ހަށިގަނޑުގެ ބޮޑުބައެއް ފެނި ޔަޝްމް ނުބަލަން ހުރިކަމުގައި ވިޔަސް ބެލުނެވެ. އިޒްކާންއަކީ ރީތި ފިރިހެނެއްކަމަށް އޭނަ ޤަބޫލުކުރެއެވެ. ނަމަވެސް މިފިރެހަނާއާއި އެއްވެސް ސިފައެއްގައި ގުޅުމެއް ބާއްވާކަށް އޭނަގެ ހިތެއް ނޭދޭނެއެވެ. މިއީ ބޮޑު އަރަތެކެވެ. ރުޅިގަދަ މީހެކެވެ. އޭނަ އިޒްކާން ދެކެ އިންތިހާއަށް ފޫހި ވެއެވެ.

ބަލްޤީޝްއަށް ފެނުނު މަންޒަރުން ތުންފަތުގައި ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ. އޭނައަށް އެމަންޒަރު ނެގުނީ މުޅިން ގޯސްކޮށެވެ. ޔަޝްމްއާއި އިޒްކާންގެ ގާތްކަން ފެނި އޭނަގެ ކަންބޮޑުވުން ފިލައިގެން ދިޔަ ކަހަލައެވެ. އޭނަ ނިކަން އަވަހަށް އެތަނުން ދިޔައެވެ. އިޒްކާންއާއި ޔަޝްމްއަށް އޭނަގެ ސަބަބުން އުނދަގުލެއް ކުރިމަތި ވެދާނެތީ އެވެ.

”އައެމް ސޮރީ، ސޯ ސޮރީ…” ޔަޝްމް ބުންޏެވެ. އިޒްކާން އޭނައަށް ބަލަން ހުރި ގޮތުން ބިރު ވެސް ގަތެވެ. އޭނަ އަވަސް އަވަހަށް ދާން އުޅުނެވެ. ތެޅިތެޅި އޮތް ހިތާއެކު އޭނަ ގޮސް ވަނީ ބޮޑުކޮޓަރިއަށެވެ. އިޒްކާން ކޮޓަރިއަށް ދިޔަތަން ފެނުނެވެ. ގަމީސް ބަދަލުކޮށްލައިގެން އޭގެ އިރުކޮޅެއްފަހުން ނިކުމެގެން ދިޔައީއެވެ.

”އިޒްކާން އާ ދުރުން އުޅެން މަސައްކަތްކުރިޔަސް ކޮންމެ ވެސް އެއްގޮތަކުން ކައިރިވެވޭ، އަޅެ ދެން ވަރަށް ފޫހިވޭ…” ޔަޝްމް ތުން ދަމާލިއެވެ. ޓީވީގެ ރިމޯޓް ހޯދާލަމުން އޭނަ ޓީވީ އޮން ކޮށްލިއެވެ. އެއާއެކު ފެނިގެން ދިޔަ ޚަބަރަކުން މުޅި މީހާގެ ކަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދިވެހި ޗެނެލަކުން ކުއްލި ޚަބަރުގެ ގޮތުގައި ދައްކަމުން ދިޔަ ޚަބަރާއެކު އޭނަގެ ދެލޯ ބޮޑުވެ އަނގަވެސް ތަންމިނަށް ހުޅުވާލެވުނެވެ. ޓީވީ ސްކްރީނަށް އަރުވާފައި އެއިނީ އަލަފް ނޫން ދެވަނަ މީހެއް ނޫނެވެ.

މަސްތުވާ ތަކެއްޗާ އެކު ހުޅުލޭން އަލަފް ހައްޔަރުކުރެވުނީއެވެ. އަދި އެވެސް އިތުރު ބަޔަކާއެކުގައެވެ. ޔަޝްމް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަލަފްގެ ހަޤީޤީ ސޫރަ އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ. އުފާވީ އެނުލަފާ ފިރިހެނާ ހައްޔަރު ކުރެވުނީމައެވެ. ޔަޤީނެވެ. އަލަފް މާލެ އައީ އޭނަގެ ފަހަތުންނެވެ. ފާއިތުވެގެން ދިޔަ ދުވަސްކޮޅުގެ ތެރޭގައި އަލަފްގެ ޚަބަރެއް ނުވެ ހުއްޓާ މިފެނުނު ޚަބަރުން އޭނަގެ ހާސްކަމަށް ނިމުން ގެނެސްދީފިއެވެ. ދެން އެނުލަފާ ފިރިހެނާގެ އުނދަގޫ އޭނައަށް ނުފޯރާނެއެވެ.

”ނަސީބެއް އޭނަ ހައްޔަރު ކުރިކަން…” ޓީވީ ނިއްވާލަމުން ޔަޝްމް ކޮޓަރިއަށް ދިޔައިރު ނުދަންނަ ނަންބަރަކުން ފަންސާސް ވަރަކަށް މިސްކޯލު ދީފައި އިނެވެ. އެއީ އަލަފްގެ ކަމެއްކަން ޔަޝްމްއަށް ޔަޤީންވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އަލަފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީމައެވެ.

އެނދުމައްޗަށް ފޯނު ދޫކޮށްލަމުން ޔަޝްމް ފާޚަނާއަށް ވަނެވެ. އިޝާ ނަމާދުނުކުރެވޭކަން ހަނދާން ވީ ފޯނުގައި އިން ނޮޓިފިކޭޝަން ފެނިފައެވެ. މާލެ އާދެވުމުން ނަމާދަށް ވެސް ފަރުވާކުޑަ ކުރެވެނީއެވެ. ޔަޝްމް އެކަމާ ދެރަވިއެވެ. އޭނަ އަޒުމު ކަނޑައެޅީ މިރެއިން ފެށިގެން ނަމާދު އޭގެ ވަގުތުގައި ކުރުމަށެވެ.

ނަމާދުކޮށް ނިންމާލަމުން މުސައްލާ ބޭއްވިތަނާ އަމަލް ގުޅަން ފެއްޓިއެވެ. ޔަޝްމް ފޯނު ނަގަމުން މިސްރާބު ޖެހީ ޓެރަސް އަށެވެ. އެތާނގައި ހުންނައިރު ވަރަށް ރީތިކޮށް ގޭގެ ބަގީޗާ ފެންނާނެއެވެ. އަދި ބޮކިތަކުން ދިއްލާ އަޅާފައިވާ މާލެ ވެސް ފެންނާނެއެވެ.

”ޔުމް، ޑިޑް ޔޫ ސީ ދަ ނިއުސް؟…” އަމަލް އެހިއެވެ. ”ހޫމްމް، ދެންމެ ފެނުނީ، އޭނަ ހައްޔަރު ކުރުމުގެ ކުރިން އެބައިން ފަންސާސް މިސްކޯލް ދީފަ، ނަންބަރު ބަދަލުކުރަން އުޅެނިކޮށް އެހާދިސާ ދިމާ އެވީ، އެކަމަކު ޑްރަގްސް އެޑިކްޓަކަށް ވީމަ އަންބިލީވަބްލް، އެފާޑެއް ވެސް ޖަހާ، އެކަމަކު ބަލާފަ މީހެއްގެ ގޮތެއް ނޭގޭނެ ދޯ؟…” ޔަޝްމް ބުނެލިއެވެ.

”މިކޮޅުން ދިޔައިރު މާރަމާރީއެއް ވެސް ހިނގާފަ ދިޔައީ، އެކުއްޖާގެ ހާލު ވަރަށް ސީރިޔަސް، ސަލާމަތްވާނެކަމުގެ އުއްމީދެއް ވެސް ނެތޯ…” އަމަލްގެ ޖުމްލައިން ޔަޝްމްގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލައިފިއެވެ. އެފަދަ ނުލަފާ ފިރިހެނެއްގެ އަތްދަށުން އޭނަ ސަލާމަތް ކޮށްދެއްވުމުން މާތް ﷲއަށް ހަމްދުކުރެވުނެވެ.

”ޔުމް؟…” ޔަޝްމްގެ ޚަބަރެއް ނުވުމުން އަމަލް ގޮވާލިއެވެ.

”ހޫމްމް…” ޔަޝްމް ބުނެލިއެވެ.

”ޔޫ އޮކޭ؟… އޭނައަށް އަންނާނެ ބޮޑު ހުކުމެއް…” އަމަލް ބުނެދިނެވެ.

****

ޔަޝްމް ފޯން ކޯލް ނިންމާލާފައި ކޮޓަރިއަށް ވަނުމާއެކު އަލަމާރި ހުޅުވާލައިގެން ހުރި އިޒްކާން ފެނި ހަޅޭއް ވެސް ލަވައިގަނެ ވުނެވެ. އިޒްކާން އަކީ ވެމްޕަޔަރެއް ހެއްޔެވެ؟ އެދިޔަ ތަނަކަށް ގޮސްފައި އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟ މިފިރިހެނާއެކު އުޅެން ވެއްޖެއްޔާ ދުވަސްކޮޅަކުން ހިތްހުއްޓިގެން އޭނަ މަރުވެދާނެއެވެ.

ޔަޝްމް ފެންނައިރަށް އިޒްކާން ކުރަން ހުރި މަސައްކަތެއް ހުއްޓާލަމުން އެއްޗެއް ތަޅުލިހެން ހީވިއެވެ. އެއަށް ވަގުތުން ޔަޝްމްގެ ސަމާލުކަން ދެވުނެވެ. އިޒްކާން އަލަމާރީގެ ދޮރު ލައްޕާލުމަށްފަހު ނިކުންނަން ދިމާކޮށްލުމުން ޔަޝްމް މަގު ދައްކާލިއެވެ.

އިޒްކާން ދިޔަކަން ޔަޤީންކޮށްލަން އޭނަ ކޮޓަރިން ބޭރަށް ބޯ ވެސް ދިއްކޮށްލިއެވެ. ސިޑިން ތިރިއަށް ފައިބަން ފެއްޓި އިޒްކާން ފެނި އޭނަ ފުން ނޭވާއަކާއެކު ދޮރުލައްޕާލިއެވެ. އަދި ދޮރު ތަޅު ވެސް ލައިފިއެވެ. ދެން އޭނަ ގޮސް އަލަމާރި ހުޅުވާލިއެވެ.

”ތަޅު ލާފަޔޭ އެދިޔައީ….” ޔަޝްމް އެއަށް ބަލާލިއެވެ. ކުޑަ ތިޖޫރީއެކަހަލަ އެއްޗެކެވެ. އިޒްކާން އެއަށް ލާފައި ހުންނާނޭ އެއްޗަކާ މެދު ސުވާލު އުފެދުނެވެ.

”ދެން އަހަރެން މިއުޅެނީ ފައިސާ ވަގަށް ނަގަންތަ އެ ތަޅޅުލާފަ އެދިޔައީ…” ޔަޝްމް އެއަށް ފުން ނަޒަރެއް ދިނެވެ. އޭނަގެ ޝައުޤުވެރިކަން އެތިޖޫރީ އަތުލިއެވެ. ”މޭއިބީ ސަމްތިންގް އެލްސް އިޒް އިން ދެއާރ، ކަތުރަކުން ހުޅުވޭނެތަ؟…” ޔަޝްމް ވިސްނާލިއެވެ.

ރީތިވާމޭޒުގެ ވަތްގަނޑު ހުޅުވާލަމުން އޭގައި އޮތް ކުޑަ ކަތުރެއް ނެގިއެވެ. ތިޖޫރީގެ ތަޅުދަނޑިވަޅަށް އޭތި ކޮއްޕަން އުޅުމުން ނުވަނެވެ.

”އައެމް ސޯ ސްޓުޕިޑް…” އެއީ މޮޔަ ޚިޔާލެއްކަން ޔަޝްމްއަށް އެނގުނެވެ. އެހުޅުވަން އޭނަ ޖެހޭނީ އިޒްކާން އަތުން އޭގެ ތަޅުދަނޑި އަތުލާށެވެ. ބޭނުންވަނީ މޮޅު ރޭވުމެކެވެ.

****

ވިއްސާރަ ވިލާތަކުން ދުނިޔެ ވަށާލައި ނުރައްކާތެރި ތޫފާނެއް އަންނަން އުޅޭ ކަމުގެ އިންޒާރު ދޭން ފަށައިފިއެވެ. ވައިރޯޅިތައް ބާރުވެ ފަޒާގައި ގުގުމާލަމުން ދަނީ ބޫން އަޑެކެވެ. ރޭގަނޑު ދުވާލަށް ހަދާލާ ފަދަ އަލިގަދަ ވިދުވަރުތަކުން ލޮލުގެ ފެނުމުން މަހުރޫމްކޮށްލަފާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތައް ބާރުބާރަށް ހެއްޕޭއަޑަށް ޔަޝްމްއަށް ހޭލެވުނެވެ. އޭރު ކުޑަދޮރުގެ ފޮތިތަށް ވެސް ވަޔާއެކު ނަށައެވެ. ޔަޝްމް ތެދުވެލައިގެން ގޮސް ކުޑަދޮރުގެ ތަންޑު އަޅުވާލަން އުޅުނު ވަގުތު އުޑުމަތި ފަވާލީ އަލިގަދަ ވިދުވަރަކުންނެވެ. ގަތް ބިރާއެކު އޭނަ ކުޑަދޮރު ލައްޕާލަމުން ފޮތި ކަނޑު ވެސް ދަމާލިއެވެ. އޭނަ އެނދަށް އަރައި ހަމަޖެހިލިތަނާ ބާރުބާރަށް ގުގުރައިގަތް އަޑު އިވުނެވެ. ކަންފަތުގައި އަތްއަޅާ ބާރުކޮށްލަމުން ޔަޝްމް ލޯމަރާލިއެވެ. ގުގުރައިގަތުމުން ކިޔާ ދުޢާ އޭނަ ކިޔަވާލިއެވެ.

ދެވަނަ ފަހަރަށް ވެސް ގުގުރައި ގަތް އަޑު އިވުނެވެ. ޔަޝްމްއަށް މިފަހަރު ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސޯފާގައި ނިދާފައި އޮތް އިޒްކާންއަށް ހޭލެވިއްޖެއެވެ. ބިރުން ވިރިވިރިހުރި ޔަޝްމް އެއްޗެއް ކިޔަވާހެން އޭނައަށް ހީވިއެވެ. ކަންނެތްކަމާއެކު އޭނަ ލޯހުޅުވާލާފައި ދެން ވެސް ނިދަން އޮށޯތެވެ. އެހެނަސް އެކަމެއް ނުވިއެވެ. ގުގުރައިގަންނަ ކޮންމެ ފަހަރަކު ޔަޝްމް ހަޅޭއްލަވައިގަނެއެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން އިޒްކާން ތެދުވުނެވެ.

”ޔަޝްމް…” އިޒްކާން އެނދު ކައިރިއަށް ހުއްޓެމުން ގޮވާލިއެވެ. ނިދިބަރުވުމުން އޭނަގެ އަޑުގައި ވެސް އެކަން އެކުލެވިގެން ވިއެވެ. ލޯމަރާލައިގެން އިން ޔަޝްމްއަށް ފުންމައިގެން ގޮސް އިޒްކާންގެ ގައިގައި ބައްދާލެވުނީ ވާރޭގެ ބަރުތިކުތަކުގެ އަޑު އިވިގެން ދިއުމުންނެވެ. ކުއްލިޔަކަށް ވާރޭ ވެހެން ފެށުމުން އެހިތްގައިމު އަޑުވެސް މިފަހަރު ޔަޝްމްއަށް އިވުނީ ބިރުވެރި ގޮތަކަށެވެ. ފުރޭތަތަކުގެ ހަޅޭކުގެ އަޑު ހެންނެވެ.

އިޒްކާންގެ ކަރުގައި ދެއަތް އަޅުވާލަމުން އޭނަ އަވަސް ނޭވާތަކެއް ލިއެވެ. ޔަޝްމްގެ ހިތުގެ ތެޅުން އިޒްކާންއަށް އިހުސާސް ކުރެވުނެވެ. ޔަޝްމްއާ މެދު ހަމްދަރުދީ ވެވުނެވެ.

އިޒްކާން ގައިގައި ބާރަކަށް ބައްދާލައިގެން ހުރި ޔަޝްމްއަށް ކުޑަ ނަމަވެސް ރައްކާތެރިކަމެއް އިހުސާސްކުރެވުނެވެ. އޭނަ ފުންނޭވާތަކެއް ލަމުން ދިޔައެވެ. އޭރު ކުރެވުނު ކަންތައް މަތިން އޭނަ ހަނދާނެއް ނެތެވެ. ގުގުރައިގަތުމުން ޔަޝްމްއަށް ބިރުން ގޮސް ރޮވޭވަރު ވިއެވެ. ދެން އިވުނީ ކަންފަތް ބައްވެގެންދާހާ ބަރު އަޑެކެވެ. އެއާއެކު ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ލޯބީގާ ވާތީފަނާ… (6ވަނަ ބައި)

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (8)

Next
December 6, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (8)

Previews
December 6, 2015

ލޯބީގާ ވާތީފަނާ… (6ވަނަ ބައި)

12 Comments!

  1. Inaa says:
    December 6, 2015 at 4:40 pm

    Yay. Me 1st.. I haven’t read it yet. Will comment again after reading it..:-):-):-)

    1. Inaa says:
      December 6, 2015 at 6:50 pm

      Awesome…! Kn irakun thr next part up koh dheyny??? Pls make it fast. Pls pls pls plsssss…. :-):-):-):-):-):-):-):-):-)

  2. mishy says:
    December 6, 2015 at 4:49 pm

    Vvvvvv reethi waiting for the next part.

  3. aroo says:
    December 6, 2015 at 4:56 pm

    alhe komme dhuvahaku kiyan libeyne nama dho…varah reeethi

  4. maash says:
    December 6, 2015 at 5:20 pm

    Nice story! Haadha kurey Next part dhigukohlahchey muthaa plx

  5. R says:
    December 6, 2015 at 5:32 pm

    V nice. Next part kon irakun??

  6. naxoo says:
    December 6, 2015 at 6:35 pm

    V nice…avaha next part up koahla dheeba…

  7. Aroo says:
    December 6, 2015 at 10:24 pm

    Alheyyy vvvvvv reeethi just perfect cnt wait for another part please up koh dhehche vvvvv avahah

  8. Inu says:
    December 7, 2015 at 12:18 am

    Balgeesh and maahuthab mi v kada dhe nan udhagu dhene gannan anhen nuni firihen kan

  9. Naxoo says:
    December 7, 2015 at 12:46 am

    first part kiyaafa ehaa interest ey nuvi kiyaakah..
    Ekam nw waiting for the next episode….muthaa ge first vaahaka v reethi…hope mivaahaka ves ehaame reethivaane kamah…:-) 🙂 best of luck…:-)

  10. Star says:
    December 7, 2015 at 1:21 pm

    Vvvvvvvvv salhiyee. You are the best

  11. Shifoo says:
    December 7, 2015 at 2:43 pm

    v v reethi… keep it up nd waiting 4 the next part…

Comments are closed.


All Right Reserved!