” އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހްރޫމް ވެފައެވެ. އެއީ ކީއްވެ ހެއްޔެވެ؟ . އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟. އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީމެވެ. އެކަމަކު ބޭރަށް ނިކުމެއްޖެއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ. އަހަރެންވެސް އެހެން ކުދިންހެން އުޅެން ބޭނުންވެއެވެ. އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތިބެއެވެ. ހޯދަން ބޭނުންނުވަނީއެއް ނޫނެވެ. ނުލިބެނީއެވެ.
އަހަންނަކީ އެހާ ރީތިވެސް ކުއްޖެއް ނޫނެވެ. އެކަމަކު ރީތި ދެލޮލާ ރީތި ތުންފަތެއް އަހަންނަށް ގުދުރަތުން ދެއްވާފާވެއެވެ. އަހަންނަކީ ދޮންނޫނަސް މީހުން ކަޅޭ ކިޔާވަރުގެ ކުއްޖެއްވެސް ނޫނެވެ. އަހަރެން ނިސްބަތްވަނީ އާދައިގެ ފޯރާ އާއިލާއަކަށްށެވެ. ދުނިޔޭގައި ހަމަޖެހިލައިގެން އުޅެން އަހަރެންވެސް ބޭނުމެވެ. އެކަމަކު އެއީ ދުވަހަކުވެސް ވާނެކަމެއް ނޫންކަން އަހަންނަށް އިނގެއެވެ.
އަހަންނަށް އިނގެވެ. އަހަންނަށްވުރެ ބޮޑަށް މަންމަ ދޮންބެއާއި ދޮންތަދެކެ ލޯބިވެއެވެ . އެކަމާ އަހަރެން ދުވަހަކުވެސް ޝަކުވާއެއްނުކުރަމެވެ. މަންމަ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އިނގެއެވެ. އެކަމަކު ބައެއްފަހަރު އަހަރެންދެކެ މަންމަ ލޯތްބެއް ނުވެޔޭ ހީވަނީ ކީއްވެގެންހެއްޔެއެވެ؟.އަހަރެންގެ ކޮންމެ ބޭނުމެއް ކޮންމެ ކަމެއް މަންމަ ފުއްދައިދެއެވެ. އެކަމަކުވެސް އެހެން ހިތަށް އަރަނީ ކީއްވެހެއްޔެވެ؟. އަހަރެން ގަބޫލުކުރަމެވެ. އަހަންނަކީ ރީތި ކުއްޖެއް ނޫނެވެ. އެކަމަކު ރީތި ނުވުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟. އެއީ މާތް ﷲ ގެ ކުޅަދުންވަންތަކަމެއް ނޫންހެއްޔެވެ؟. އޭގައި އަހަރެންގެ އޮތީ ކޮން ކުށެއްހެއްޔެވެ؟.
އަހަރެންގެ ދޮންބެއަށް އަހަރެން މީ އެއްވެސް މީހެއްނޫނޭ ހީވާ ފަހަރުވެސް އާދެއެވެ. ދޮންބެ ކަންތަށް ކުރާ ގޮތުން އަހަރެންގެ ހިތަށް ހާދަ އަސަރެއްކުރެވެ. ބައެއްފަހަރު އަހަރެން މީ މި އާއިލާ ކުއްޖަކަށް ނުވި ނަމަ އޭ ވެސް ހިތަށް އަރައެވެ . މީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ . ގޭތެރޭގައި ވަރަށް އުފާވެރި ކުއްޖަކަށް ހެދިގެން އުޅުނަސް އަހަރެން އެކަނިވުމުން ރޮވެއެވެ. ދެރަވެއެވެ. ”
ރީޝާ ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީގައި ޓަކިދޭއަޑައްށެވެ. ޑައިރީ ލައްޕާލަމުން އަވަސްއަވަހަށް ކަރުނަތަށް ފުހެލުމަށްފަހު މޫނު ރީތި ކޮއްލިއެވެ. އަދި ޑައިރީ ކަބަޑަށް ލާ ތަޅުލުމަށްފަހު އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ކޮޓަރި ދޮރުމަތީގައި ހުރީ ރީޝާގެ ދޮންބެ ނުހައިކް އެވެ. ” ރީޝް އާދެބަލަ ކާން ހަދައިދެން .. ވަރަށް ބަނޑުހައި ” ” ހޫމް މިދަނީ ބުރުގާ އަޅައިގެން” އެހެންބުނުމަށްފަހު ރީޝާ ބުރުގާ އަޅައިގެން ގޮސް ކާގެއަށްވަދެ ކާން ހަދާލިއެވެ.ރީޝާ ހުއްޓިލީ ކާން ހަދާފައި ކޮޓަރިއަށް ވަންނަން ދަނިކޮށް މަންމަ އޭނައަށް ގޮވާލުމުންނެވެ. ” ކީކޭ މަންމާ” “މެޝިނުގައި ހުންނާނެ ދޮވެފައި ހުރި އެއްޗެހި .. އެއްޗެހި އަޅުވާލަދީބަލަ .. މަންމަ މިދަނީ މެންދުރަށް ކައްކަން ” ހޫމަ ލައްވާލަމުން ރީޝާ ހިނގައިގަތީ ދޮންނަމެށިނާއި ދިމާލަށްށެވެ.
މެޝިނުގައި ހުރި އެއްޗެހި ހިއްކަން އަޅާލުމައްފަހު ރީޝާ ގޮސްވަނީ ކޮޓަރިއަށްށެވެ. އޭރު ނުހައިކްގެ ރައްޓެއްސެއް ގެއަށް އައިސް ގެން އުޅެއެވެ. އަވަސް އަވަހަށް ރީޝާ ކޮޓަރިއަށް ވަތް ސަބަބަކީވެސް އެއީއެވެ. ކޮޓަރިއަށް ވަދެވުމާއެއު ރީޝާ އޭނާ އަޅައިގެން ހުރި ބުރުގައި އެނދުމައްޗަށް އެއްލައިލިއެވެ. މެންދުރުނަމާދު ވަގުތު ޖެހުމުން ވުޟޫ ކޮއްލައިގެން އައިސް ނަމާދަށް އެރިއެވެ. ނަމާދު ކޮށް ނިމިގެން ރީޝާ އޭނާގެ ހުޅިޖަހާފައިވާ ދިގު ދިގު އިސްތަށިގަނޑު ނިއުޅުވާލިއެވެ.
ހަމައެވަގުތު މީހަކު ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ސިހިފައި ދެލޯ ބޮޑުކޮއްލަމުން ރީޝާ ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު ކޮޓަރި ދޮރު ހުޅުވާލާފައި ވަތް ރާއިންވެސް ހުރީ ރީޝާއާއި ދިމާއަށް ބަލަހަށްޓައިގެންނެވެ. ރާއިންއަށް އޭނާ ބުރުގާނާޅާ ހުއްޓައި ފެނުމުން ދުވެފައި ގޮސް ފާހާނާތެރެއަށް ދެމިގަތެވެ. އޭރު އޭނާގެ އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ރީޝާ މަޑު މަޑުން ކޮޓަރިތެރެއަށް ބޯދިއްކޮއްލިއިރު ކޮޓަރި ތެރޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. ފުންނޭވައެއް ދޫކޮއްލުމަށްފަހު ރީޝާ މަޑުހިނގުމެއްގައި ގޮސް ލޯގަނޑު ކުރިމަށްޗަށް ހުއްޓިލިއެވެ. އޭރު އެރީތި ދެލޮލުގައި ކަރުނަތަށް ވިދަމުންދިޔައެވެ. އެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ތަގުދީރު ރީޝާއާއި މި ކުޅެނީ ކޮންކަހަލަ ކުޅިގަނޑެއްހެއްޔެވެ. ކުޑަމިނުން ރީޝާ އެންމެ ލޯބިވާ ކުއްޖާ ލިބޭކަށްވެސް ނެތެވެ. މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ. އެއްބައި މީހުން މަޖަލާ އުފަލުގައި ދުވަސްތަށް ވޭތުކުރާއިރު އަނެއްބައި މީހުންގެ ދުވަސްތަށް ނިމިދަނީ ހިތާމަޔާއި ހިތްދަތިކަމުގައެވެ.
އޭރު ރީޝާގެ ދެލޮލުން ހޯސްލައިފަ ކަރުނަ ފައިބަމުން ދިޔައެވެ. އެނދުކައިރީގައި އިޝީނުމަށްފަހު ބެޑްޝީޓުގަނޑު އެއަތުގެ ތެރޭގައި ބޮނޑި ކޮއްލީ އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްނުކުރެވިގެންނެވެ. ރީޝާގެ ހިތަށް އެތަށް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ރާއިން އަށް އަހަރެން މިވާ ލޯބި އިހްސާސްވެސް ނުވޭ ހެއްޔެވެ؟. މިހިތަށް ކުރާ އަސަރު ހަމަ ނުފެނޭ ހެއްޔެވެ؟. ނޫނެކެވެ. އޭނައެއް ނުރޯނެއެވެ. ލިބެން ނެތް އެއްޗަކަށްޓަކައި ކަރުނަ އެޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟. ރީޝާ އަވަސްއަވަހަށް ފާހާނަޔަށް ވަދެ މޫނު ދޮވެލިއެވެ. ރީޝާ ހިނިތުންވެލީ ރާއިން ފެނުމުންނެވެ. ދުވަސްތަކަކަށް ފަހު އެ ސޫރަ ފެނުމުން އެހިތަށް ކުޑަނަމަވެސް ހަމަ ޖެހުމެއްލިބިގެން ދިޔައެވެ.
ވާހަކަ ފޮތެއް ހިފައިގެން ސޯފައިގައި ޖައްސާލިތަނާ ރީޝާއަށް ސިއްސައިގެން ގޮސް ކޮޅަށް ތެދުވެވުނީ ރީޝާއަށް ގޮވާލަމުން ކޮޓަރިތެރެއަށް ވަތް މީހާ ފެނިފައެވެ. ވަގުތުން އެ މޫނުމަތީގައި ދާތިކިތަށް ވިދަން ފެށިއެވެ. މީހާ ބިރުން ގޮސް ރޫރޫއަޅަން ފެށިއެވެ.
( ނުނިމޭ )
23 Comments!
Comments are closed.
this is my first story ehnve mistakes hurun ekashygen vey .. mistake eh fenihjehyaa pls do tell me so that i can improve .. hope u all will like it
🙂
V nice dhn kndhuvahaku up vaany waiting ?
thanks lillygirl.. insha allah varah avahah upload kohdheynan 🙂
i cant see any mistakes. story is very nice .i liked it. when next part?
thank u ishaa.. dhen oihbai varah avahah upload kohdheynan insha allah 🙂
Komme dhuvahaku vv dhogu koh genes dhechey ingey ashal dear
varah masahkaiy kuraanan anyways thnks alya 🙂
varah reethi…….. bt maa kury………. kon irakun nxt part up kurany kiyaa hithun kei nuvey mihaaru.. 🙂
thnks shelly .. yah i knw .. ekm dhen dhen oiy bai dhigu koh genes dheveytho balaanan .. dhen oiy bai insha allah varh avahah upload kohdheynan 🙂
Vrh vrh reethi..
thanks nuhnu 🙂
V reethi kyhve thr. Up kuraa dhuvaheh nubunaani. . v avahah up kon dhehchey .. Beynun now vx mi stry kiyaalan. .plx ..fast
vaahaka varah reethi! <3 ekam vaahakaiga ulhey kuhjaa nama photo akaa nugulhe!!! keep it up 🙂 varah avahah story upload koh dhehchey 🙂
Vaan miulheny kuhinekame kudako ves neenge
Habeys 🙂
Vrh vrh reethi ?
vrh vrh habeys hama…nice story..good luck..
shaviyani jahan jehey thaakah sheen jehifa in kan faahaga kurevey… anehhen maa gina kusheh nei.. jumla koh habeys.. ?????
V interesting when next part?
v reeti ti story …………….just like my past…………………..
Alhey I want aneh bai
haadha lahey… nxt part kon irakun up kurany varh kiyaa hiy vey mi vrhaka