Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 2 ވަނަ ބައި

princess lily
January 23, 2016
3 Mins Read
20 Comments

“ނިހާ ޕްލީޒް.. އެނގޭތަ އަހަރެން މިހުންނަނީ ހަމައެކަނި ނިހާއަށްޓަކާ..! ވަރަށް ލޯބިވޭ.. ކީއްތަވާނީ އަހަރެންގެ ލޯބި ގަބޫލުކުރިއްޔާ” އަލާން ނިހާމާއާއި ކައިރިވުމައްޓަކައި އަޅާކޮންމެ ފިޔަވަޅަކަށް ނިހާމާ ފަހަތައް ފިޔަވަޅެއް އަޅައެވެ. އެންމެފަހުން ނިހާމާއަށް ފަހަތަށް ދަމުންގޮސް ޖެހެވުނީ ފާރުގައެވެ. އަލާން ނިހާމާގެ ދެފަރާތުން ފާރުގައި ދެއަތް ވިއްދާލިއެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ނިހާމާ ކުއްލިއަކަށް އަލާން ފަހަތަށް ކޮއްޕާލާ ގެއާދިމާލައް ދުއްވައިގަތެވެ. މިކަމަށް ނުވިސްނާހުރި އަލާންގެ އަތްދަށުން ނިހާމާ ސަލާމަތްވެގެން ދުއްވައިގަން ވަގުތު އަލާން ވެއްޓުނީ މަގުމަތީގައިހެދިފައިވާ ފެންގަނޑަކަށްށެވެ. މިމަންޒަރުބަލަން ދުރުގައިހުރި ނާއިފްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ލުއި ހިނިތުންވުމެކެވެ.

“އަޔާ..! ކިހާއިރެއް ގުޅާތާ..؟ މިހިރީ ގެއަށް ނުދެވިފަ..!” ނާއިފް ވާހަކަ ދެއްކީ އެންމެގާތް އެކުވެރިޔާ އަޔާޒްއާއެވެ.

“ހޫމް.. އަދި ރަށަށް އެރިތާނުވޭ ބާރަގަޑީއިރުވެސް.. މިހާ އަވަހަށް ދަސްވެގެން ރަށުތެރޭ ދުވަންފެށީދޯ..!” އަޔާޒް މަޖާވެލާފަ ބުނެލިއެވެ.

“އެހެންނެއްނުވާނީ.. އަހަރެން މިރަށަށް ގެނެއްސަ އަޔާ ތިއުޅެނީ ކޮންތާކުތަ؟ ފޫހިވެގެން މިނުކުމެލީ. އާދެބަލަ ސްކޫލްހުންނަމަގަށް” ނާއިފް އަޔާޒަށް އަންނަންވީތަން ބުނެދިނުމަށްފަހު ފޯނު ކަނޑާލިއެވެ.

ނިހާމާއަށް ގެއަށްދެވުނު އިރު ގަޑިން އެގާރަޖަހަނީއެވެ. އޭރު މިހާދު ހުރީދޮރުކައިރީގައެވެ.

“ދޮންބޭ.. އަހަރެން ހީކުރީ މަންމައޭ ހުންނާނީ އިންތިޒާރުގަ..” ނިހާމާ ގޭތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ.

” ދެންމެ ދޮންބެ ކައިރީ ނިހާ އަންނަންދެން ހުންނާށޭ ކިޔާފައެދިޔައީ.. ދެން ނިހާވެސްދޭ ނިދަން މިހާރު ވަރަށް ލަސްވެއްޖެ…” މިހާދު ގަޑިބަލާލަމުން ވާހަކަދެއްކިއެވެ. މިހާދު ގޭގެދޮރު ތަޅުލުމައްފަހު ކޮޓަރިއާދިމާލަށް ހިނގައިގަތެވެ. ނިހާމާވެސް ނިހާމާގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ.

އެއްޗެހިބަދަލުކޮއްލައިގެން ނިކުމެ އެނދުގައި އޮށޯވެލިއެވެ. އެވަގުތު ނިހާމާގެ ކަންފަތްދޮށުގައި ގުގުމަމުންދިޔައީ ނާއިފްގެ އަޑެވެ. އެއީ ޖާދުލެއްފަދަ އަޑެކެވެ. އެދެލޮލުގެ ތޫނު ނަޒަރުވެސް ހަމައެފަދައެވެ. ހަތަރުކަޅިހަމަކޮށް ބަލާލާ ކޮންމެމީހެއްގެ ހިތް ފިދާކޮއްލާފަދަ ބާރެއް އެދެލޮލުގައިވެއެވެ. ކޮންފަދަފުރިހަމަ ކަމެއްހެއްޔެވެ…. ނިހާމާ ހިތާހިތުން ނާއިފްގެ ފުރިހަމަކަމަށް ތައުރީފްކުރިއެވެ.

“””””ތިހާރީތި ކުއްޖެއް މިހާލަސްގަޑިއެއްގަ.. ބޭރުގައުޅުން އެހާރަނގަޅެއްނޫން…އެވެސް މިކަހަލަރެއެއްގަ..! މީ ނަސޭހަތެއް އިނގޭ…!” ނާއިފްގެ މިޖުމުލަ ތަކުރާރުކޮން ނިހާމާއަށް އިވޭކަހަލައެވެ.

“އަޅޭ….! ދެންދެން.. ކިހިނެއްތަމިވަނީ..؟ ނާއިފް ނާއިފް… ވާއު..! އެކަމަކުވެސް އަހަރެންނަށް އޭނަ ލިބޭނެތަ.. ރަނގަޅަށްވިއްޔާ މިހާރުވެސް އޭނަގެ ބިޓެއް ހުންނާނެ.. މަށަށް މަށަށް ކިޔާލަކިޔާލާ ކިތައްކުދިން ތިބޭނެ.. އޭނަބޭނުން ކުއްޖަކު އޭނައަށް ލިބޭނެ….” ނިހާމާ ފުންނޭވާއެއް ފަޒާގެތެރެއަށް ދޫކޮއްލިއެވެ. މަޑުމަޑުން ނިދީގެ އަރާމުކަން ވެރިވާންފެށިއެވެ.

ސައިކަލުގައި އައިސް އަޔާޒް މަޑުކޮށްލީ ނާއިފްހުރިތާ ކައިރީގައެވެ.

“ހާދަލަސްވީ؟ ” އަޔާޒް ފެނުމުން ނާއިފް ސުވާލުކުރިއެވެ.

“ބިޓެއްކައިރީ ހުއްޓަ ގުޅީމަ އެހެންދޯވާނީ…” އަޔާޒް ހީލަމުން ޖަވާބުދިނެވެ.

“ސާބަސް.. މިއޮއްފަދަ ތޫފާނީރޭވެސް…؟ ” ނާއިފް އަޔާޒްއާއި ދިމާކޮއްލިއެވެ.

“ކީއްތަވީ…؟ ނާއިފްވެސް ތިއުޅެނީ ބިޓެއްހޯދަން ނިކުމެއެއްނު… ހެހެހެ…” އަޔާޒް ދޫދޭކަށް ބޭނުމެއްނުވިއެވެ. ވާހަކައިގަ ދެމީހުން ސައިކަލުގައި މިސްރާބުޖެހީ ގެއާދިމާލައްށެވެ.

ކޮޓަރިތެރެއަށް ވަދެގެން އައިއިރުވެސް ދެމީހުން އައީ އެކަކު އެނެކަކާ ދިމާކުރަމުންނެވެ.

“ނުފެނޭތަ ބިޓެއް؟ ” އަޔާޒް އެނދުމަތީ އިށީންނަމުން ސަމާސާ ރާގެއްގައި ނާއިފްއާ ސުވާލުކުރިއެވެ.

“އާނ… ނޫނޭ…!” ނާއިފްއަށް ދޭނެޖަވާބެއްނޭނގުނެވެ.

“އާނ… ނޫނޭ…؟ އެބުނީ ކީކޭ..؟ އޭގެން ރަނގަޅީ ކޮންޖަވާބެއް…؟” ނާއިފް ޖަވާބުދިންގޮތުން އަޔާޒްގާތަށް އައީ ހިންޏެވެ.

“ފެނުނު..އެކަމް އަދިނޭނގެ.. ވަރަށް ރީތި.. ” ނާއިފް އެހިޔާލުތަކަށް ގެއްލިފައި އިނދެ ވާހަކަދެއްކިއެވެ.

“އޭތް.. އޭތް..! ހާދަ ވަރެއްވީ.. ކޮންކުއްޖެއްތަ؟” ނާއިފް އިންގޮތުން އަޔާޒް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

“ނަން ބުނި.. ނިހާމާ.. ނިހާ…!” ނާއިފް ވިސްނާލަމުން ބުނެލިއެވެ.

“ސާބަހޭ… ނިހާ….! މިހާއަވަހަށް ގައިތް ކޮށްލީދޯ.. ހޫމް…!” ނާއިފްއާއި ދިމާކުރަމުން އަޔާޒް ނިއްއަރުވާލިއެވެ.

“އިތުރުއެއްޗެއް ނޭނގެ..؟ ރީތިކަމުން ހައިރާންވެފަ ހުރެވުނީދޯ.. ދެން ތިވަރުވެސްވީކަން ނަސީބު..” އަނެއްކާވެސް އަޔާޒް ވާހަކަދެއްކިއެވެ.

“އިތުރުއެއްޗެއް ނޭހޭނެއްނު.. ފާޑެއްގެ ސޮރެއް އައިސްގެން އެމަންޖެއަށް އުދަގޫކުރާވަރުން… އެމަންޖެ ދިޔައީ… ހާދަ ހާދަ ރީއްޗޭ… އަޔާ ހުރިނަމަ… ވާއު…!” ނާއިފްއަށް އަދިވެސް އިނދެވުނީ އެހިޔާލުތަކަށް ގެއްލިފައެވެ. ހީވަނީ ކުރިމަތިން ނިހާމާ ފެންނަހެންނެވެ.

“އޯހ… ކީކޭތަ ތިޔަށް ކިޔާނީ…؟ ހޫމް.. ފުރަތަމަ ނަޒަރުން ލޯބި.. ދޯ… ތި ނިހާއެއް ހޯދަން މާދަމާ ނިކުންނާނީ.. ދެން މިރޭ ނިދާލާ.. ދަނީ..” އަޔާޒް ނާއިފްގެ ކޮނޑުގައި ޖަހާލަމުން ތެދުވެގެން ކޮޓަރިންނިކުންނަން ހިނގައިގަތެވެ.

“ނިދޭނެތަ؟ ” ދޮރުކައިރީ ހުއްޓެމުން އެނބުރި އަޔާޒް އަހާލިއެވެ.

“ކީކޭ..؟” ނާއިފްއަށް ސިހިފާ އަހާލެވުނެވެ.

“މިހާރުވެސް ހުވަފެނުގަދޯ.. ހެހެހެހެ.. ދަނީ!” ނާއިފްއަށްވީގޮތް ފެނުމުން އަޔާޒް އަށް ހެވުނެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ފަތިހުފަތިހާ ތެދުވެ ގޭދޮއްކުނިކެހުމަކީ ނިހާމާގެ އާދައެކެވެ. އެހެންކަމުން މިއަދުވެސް އިލޮށިފަތި ހިފައިގެން ނިހާމާ ނުކުތީ މަގުމައްޗަށްށެވެ. މަގުމަތިން ގެއާވީހިސާބު ކުނިކަހާލުމުގެ ބޭނުމުގައެވެ.

ގަޑިން ހެނދުނު ނުވައެއް ޖެހީއެވެ. ފަޒީލާ ހުރީ ހެނދުނުގެ ސައިތައްޔާރު ކުރާށެވެ. އެވަގުތަކީ ނާއިފްއާއި އަޔާޒް އައިސް ބަދިގޭ ދޮރުމަތީ މަޑުކޮއްލިވަގުތެވެ.

“މަންމާ.. ނުނިމޭތަ؟” އަޔާޒް ސުވާލުކޮއްލިއެވެ..

“ނޫނޭ.. މިނިމުނީ. އާދޭ ދެކުދިން ސައިބޯން..” އަޔާޒްގެ މަންމަ ފަޒީލާ މޭޒުމަތީގައި ތަށިތަށް އަތުރަމުން ބުންޏެވެ.

“ފަޒިއްތަ އެކަނި އުޅެންޖެހޭތީ ވަރަށް ފަޅުދޯ..؟” ނާއިފް މޭޒުކައިރީ އިން ގޯނޑި ދަމާލަމުން އިށިނެވެ.

” އާނ.. އަޔާޒް އަކީ ގޭގައުޅޭ މީހެއްނޫން.. އަޔާޒްގެ ބައްޕަވެސް އުޅޭނީ ވިޔަފާރީގެ ކަންތައްތަކުގަ ބޭރުގަ ގިނަވަގުތު..” ފަޒީލާ ގޭތެރޭގެ ވާހަކަތަށް ކިޔާދިނެވެ.

“އަޔާވެސް މީހަކާ އިނީމަ ފަޒިއްތަޔަށް ކިހާފަސޭހަވާނެ..!” ނާއިފް ބުނި މިޖުމުލައިން އަޔާޒް އަށް ބަލާލެވުނެވެ.

“އެހާ އަވަހަކަށް ތިކަމެއް ނުވާނެ.. މަ ބުނާ އެއްޗެއް އަޑުއަހަންޏާ ނާއިފްވެސް އެހާ އަވަހަށް އެކަހަލަ ގޯހެއް ނުހަދާތި..!” އަޔާޒް މިހެންބުނެލިއެވެ. އަޔާޒް ދިރިއުޅުމާމެދު އަބަދުވެސް ދެކޭގޮތް ނާއިފްއާއި ތަފާތެވެ. ދެމީހުންގެ ހިޔާލް މި ކަމުގައި ތަފާތުވާތީ މި ވާހަކައަކީ ދެމީހުންގެ މެދުގައި އެންމެ ފޯރިގަދަކޮން ދެކެވޭ ވާހަކައެވެ.

” އަޔާޒް ހުރޭ މީހަކާ ނީނދެ.. ނާއިފް ކައިރީ ތިހެން ބުނާނެކަމެއްނެއް… އެމީހަކަށް ދިރިއުޅުމެއްގެ ކަންތައްތައް ބެލެހެއްޓެންޔާ ލަސްނުކޮއް މީހަކާ އިންނަންވީ.. ކީކުރަންތަ މުސްކުޅިވަންދެން ހުންނަންވީ…!” ފަޒީލާ ތާއީދުކުރީ ނާއިފްގެ ކޮޅަށްށެވެ. އަޔާޒް މީހަކަ އިނދެގެން ގެއަށް ގެންނަދުވަހަކަށް ކުރެވޭ ފޮނިފޮނި އިންތިޒާރެއްގެ ސަބަބުންނެވެ. ފަޒީލާ އެދެނީ އަޔާޒްގެ ޒުވާން ދުވަސްތަށް ނުގެއްލެނީސް ހިޔާލު ބަދަލުވެ ދިރިއުޅުމެއް ފެށުމެވެ.

“ހޫމް.. އެއްކަލަ މަންމަ..! މި ނާއިފް އަކަށް އެ ކުއްޖެއް ފެނުނު ފަހުން އެނޫން ކަހަލަ ވާހަކައެއް ނުދެއްކޭ…! ސައިބޮއެގެން ހިނގާބަލަ ތާކަކަށް ދާން” އަޔާޒް ނާއިފް އަށް ބަލާލަމުން ބުނެލިއެވެ.

އަޔާޒް އާއި ނާއިފްއާއި ބައްދަލުވީ ރަށުގައި ބޭއްވި ފުޓުބޯޅަ މެޗެއްގައި ފަޔައްތަދުވެގެން ދިވެހި ބޭސްހަދަން އަޔާޒް ކައިރި ރަށްކަށް ދިޔަ ދަތުރެއްގައެވެ. އެރަށުން ނާއިފްއާއި ބައްދަލުވެ އެކުވެރިވީއެވެ. އޭގެފަހުން ދޭތެރެދޭތެރެއިން އަޔާޒް ނާއިފްމެންގެ ރަށަށްގޮސްހަދައެވެ. އަޔާޒް އެތައްފަހަރަކު އަޔާޒް އާއެކު އެރަށަށް އައުމަށް އެދުނެވެ. އެހެންނަމަވެސް މަސައްކަތް ހުންނަގޮތުން ނުދެވޭނެ ކަމަށްބުނެ ނާއިފް އިންކާރުކުރެއެވެ. އެންމެފަހުން އަޔާޒް އެތައްގޮތަކުން އާދޭސްކޮއްގެން ތިން ހަފްތާއަށް ނާއިފް ރަށަށް އަންނަން އެއްބަސް ކުރުވީއެވެ.

ގޭތެރޭގެ ހުރިހާކަމެއް ނިންމާލުމަށްފަހު ނިހާމާ އައިސް ކުންނާރުގަސްދަށުގައި ހުރި ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއަކާވެސް ރޭގެ ހަނދާންތައް އާވާން ފެށިއެވެ.

“އައްސަލާމް އަލައިކުމް…” ނިހާމާ ސިހިގެންދިޔައި ދޮރުމަތީގައި ހުރި މީހަކު ސަލާމްގޮވާލުމުންނެވެ.

“ވާލައިކުމުއްސަލާމް…” ނިހާމާ ސަލާން ބަލައިގަންނަމުން އެދިމާލަށް ބަލާލިއެވެ.

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (އަށާރަވަނަ ބައި)

Next

ކުރަމުން ތިދާހާ ގޯނާ..

Next
January 24, 2016

ކުރަމުން ތިދާހާ ގޯނާ..

Previews
January 23, 2016

މިއީ ތަޤްދީރު ހޭ؟ (އަށާރަވަނަ ބައި)

20 Comments

  1. princess lily says:
    January 23, 2016 at 4:27 pm

    މިއަދުގެ ބައި ދިގުކޮން ގެނެސްދޭ ބުނީން… އެކަމަކު ބިޒީވީމަ ކުރުކޮން ލިޔެވުނީ.. ސޮރީ… ހުރިހާކިޔުންތެރިންނަށްވެސް ސޮރީ ވަރަށް ވަރަށް ބޮޑަށް ސޮރީ

  2. Pwincex Nukko says:
    January 23, 2016 at 4:30 pm

    Wow v loabi mi part vx…keep it up princess… when next part

  3. Pwincex Nukko says:
    January 23, 2016 at 4:31 pm

    It’s k dear… ☺

  4. misty says:
    January 23, 2016 at 5:12 pm

    Varah salhi.. When nxt prt?

  5. Aimsithu says:
    January 23, 2016 at 5:12 pm

    Kureeege baii maa dhigu koh laafa dho..
    But story varah reethi

  6. xee says:
    January 23, 2016 at 5:58 pm

    Vaahaka varah salhi, ekamaku maa lahi up kuraaleh

  7. reader says:
    January 23, 2016 at 7:00 pm

    dailyko up kuranyaa ok kuruviyas…. 😀 ekamaku kommedhuhuku up nukurevenya dhigu kolaathi.. 🙂

  8. princess lily says:
    January 23, 2016 at 7:07 pm

    v v try kuraanan daily up kureveytho.. nukurevijjeyaa dhen genesdhey part dhigukollyma ok dhw.. thanks hurihaaaaaaa kiyuntherinnah ves … i love ol readers…

  9. xiu says:
    January 23, 2016 at 8:33 pm

    hi a love the story…. its very nice

  10. Anonymous says:
    January 23, 2016 at 9:16 pm

    vv rythi

  11. NIHAA says:
    January 23, 2016 at 9:47 pm

    V v reethi…keep it up. ……avahah up kohdehchey……

  12. ny says:
    January 23, 2016 at 10:04 pm

    V v saliey. .

  13. Lyn says:
    January 23, 2016 at 10:36 pm

    Me 2

  14. isha.. fathun says:
    January 23, 2016 at 10:40 pm

    Hi sis v nice ngey… sory nubunyas ok vaane eyyy.. i luv dis prt.. keep it up princess lilyyy

  15. Xxxxx says:
    January 24, 2016 at 10:59 am

    Reethi ekamaku dhigu kuran vegen kury part ge eh bai ithuru kohlaafa dho

  16. Kidy says:
    January 24, 2016 at 2:13 pm

    V v salhi…. kiyaa hithun huttaa thi ninmaaly… plx plx dhigukoh genesdhyba

  17. raees yamin says:
    January 24, 2016 at 2:41 pm

    Avaskurey mee kuraa comand?????????????????

  18. raees yamin says:
    January 24, 2016 at 2:43 pm

    Beynumee hama avaskurun verinnah kiyaman vaangehey

    1. Jenny says:
      January 24, 2016 at 3:20 pm

      Stupid yaamin..????

  19. lam says:
    August 17, 2017 at 3:34 pm

    kon iraku tha thin vana bai

Comments are closed.

All Right Reserved!