Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (9)

lai
January 22, 2016
6 Mins Read
47 Views
20 Comments

” ތި ފޮޓޯގަ ތިބި ދެކުދިންނަކީ ދަރިފުޅާ ދަރިފުޅުގެ އެއްމާބަނޑު ދައްތަ އައިލީން .. ނަމަވެސް ކަންދިމާކުރިގޮތުން އައިލީން މި ދުނިޔެ ދޫކޮށް ދިޔައީ .. ” އެ ހިސާބަށް ބުނެވުނު އިރު ނަޖުމާ އަށް ރޮވޭ ވަރުން ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. އައިރީން ވެސް ހުއްޓުން އަރާފަ ހުރި އިރު ހީވަނީ އެވާހަކަތަށް ގަބޫލު ނުކުރެވިފައި ހުރިހެންނެވެ. ސިޓިން ރޫމުގައި ދެން ތިބި އެންމެން ގެ ވެސް ދެލޯ ވަނީ ފެންކަޅިވެފައެވެ. ” ކީކޭ؟ މަރުވީއޭ؟ .. ދެން ..ދެން އެހެންވީރު އެއީ ކޮން އަންހެން ކުއްޖެއް؟ .. މަންމާ .. ” ނަޖުމާ ގެ އަތުގާ ހިފާލަމުން އައިރީން ބުނެލި ވާހަކައިން އެންމެން ވެސް ހައިރާންވެފައި އައިރީން އާއި ދިމާއަށް ބަލާލިއެވެ. ނަޖުމާވެސް ކަރުނައިގެ ތެރެއިން ވާހަކަ ދައްކަން ފެށިއެވެ. ” ދަރިފުޅު ކޮން އަންހެން ކުއްޖެއްގެ ވާހަކަތަ ތި ދައްކަނީ .. ދެން މީ ކޮއް ލެއެއް؟ .. މުޅި ގައިގަ ތިހުރީ ލެއެއްނު ” އައިރީން ގެ ގައިގާ ލޭ ހުރިކަން ވެސް އޭނައަށް އިނގުނީ ނަޖުމާ އެހެން ބުނުމުންނެވެ. އައިރީން އެއްވެސް ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ނަޖުމާ އާއި އާއިލާގެ އެހެން މެންބަރުން ކައިރީގައި ކިޔައިދިނެވެ. ” މަންމާ .. އެ އަންހެން ކުއްޖާ ރީން އަކާ އެއްވެސް ތަފާތެއް ނެތް .. މަންމަ އަކަށް ގަބޫލެއް ނުކުރެވޭ ދޯ .. ” އައިރީން ގެ ވާހަކަ އަޑުއަހަން ހުރި ނަޖުމާ ހުރީ ދެލޯ ބޮޑު ކޮއްލައިގެންނެވެ. ” ހަމަ އަސްލުވެސްތަ ދަރިފުޅާ ” ” ލައްބަ މަންމާ .. ރީން މި ބުނީ ހަމަ ތެދެކޭ .. ގަބޫލު ނުކުރެވެންޔާ ހިނގާ ރީން އާ އެއްކޮއް ހޮސްޕިޓަލަށް ދާން .. އޭރަށް މަންމައަށް ވެސް ގަބޫލު ކުރެވޭނެ ” ނަޖުމާގެ އަތުގާ ހިފައިގެން އައިރީން ގެއިން ނިކުތުމުން ދެން ތިބި އެންމެންވެސް އެ ދެމީހުން ފަހަތުން ނިކުތެވެ.

_______________

ދުރަށް ނަޒަރު ހުއްޓާލައިގެން އިން ރަޔާން ބަލައިލީ ބަޔަކު ކައިރިއަށް އައިސް ހުއްޓުނު ހެން ހީވުމުންނެވެ. އެވަގުތު އެތާ ތިބި މީހުން ފެނުމުން ހައިރާންވެފައި ރަޔާނަށް ކޮޅަށް ތެދުވެވުނެވެ. ހަމަ އެވަގުތު ދޮރު ހުޅުވާލާފަ ނުކުތް ޑޮކްޓަރު ފެނުމުން އެންމެންގެ ސަމާލުކަން އެ ދިމާއަށް ހުއްޓިގެން ދިޔައެވެ. ” ޑޮކްޓަރ .. ” އަވަސް އަވަހަށް ވާހަކަ ރަޔާން ދައްކަން ފެށި ވާހަކަ މެދު ކަނޑާލީ ޑޮކްޓަރެވެ. ” އިންޝާﷲ .. ޝީ އިޒް ފައިން ނައު .. ނޯ ނީޑް ޓު ވޮރީ .. އިރުކޮޅަކުން ހޭ އަރާނެ .. ބޭނުމިއްޔާ މިހާރު ބައްދަލު ވެސް ކުރެވިދާނެ .. ވަދެވޭނީ ފަހަރަކު ތިންމީހުންނަށް ” ހިނިތުންވުމަކާއިއެކު ރަޔާން ގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ޑޮކްޓަރު އެހެން ބުނެލުމުން ރަޔާން ހިނިތުން ވެލަމުން ކައިރީގާ ހުރި އައިރީން އަށް ބަލާލިއެވެ.

______ ________ ________

ދެލޯ މަރާ ތަގުޅި ކޮއްލުމަށް ފަހު ދެލޯ ހުޅުވާލުމާއިއެކު ލޮލަށް އެޅިގެން ދިޔަ ގަދަ އަލީގެ ސަބަބުން އީނާލް އަނެއްކާވެސް ދެލޯ މަރާލިއެވެ. އިރުކޮޅެއް ފަހު އަނެއްކާވެސް ދެލޯ ހުޅުވާލުމާއިއެކު މަންޒަރުތަށް ފެނުނީ ފުސްކޮށެވެ. މަޑު މަޑުން ރަޔާން އަށް ގޮވާލެވުނު އިރު ވަށައިގެންވި މަންޒަރުތަށް ސާފު ވާން އިރުކޮޅެއް ނެގިއެވެ.

އީނާލް އޭނައަށް ގޮވާލުމުން އެއީ އީނާލް ކަން ރަޔާން އަށް އެނގި ކަށަވަރުވިއެވެ. ލޯ ހުޅުވާލުމާއިއެކު ފުރަތަމަވެސް އީނާލް އަށް ފެނުނީ ރަޔާން ގެ ހިނިތުންވެފައިވާ މޫނެވެ.އީނާލް ވެސް ހިނިތުން ވެލަމުން ތެދުވަން ވެގެން އުޅުމުން އެކަން މަނާ ކުރީ ރަޔާންއެވެ.މި އޮވެވުނީ ކޮންތަނެއް ގައިކަންވެސް އީނާލް އަށް ރެއަކާލީ ދެނެވެ.  އޭރު ތަންކޮޅެއް ދުރުގައި އީނާލްއަށް ބަލަހައްޓައިގެން ހުރި އައިރީންވެސް ހުރީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އެ ލޮލުގައި ތާޒާ ކަރުނަތަށް ވިދަމުން ދިޔައެވެ. ދުރުގައި އޭނައަށް ބަލަހައްޓައިގެން ހުރި އައިރީން  އީނާލްއަށް ފެނުނީ ތަންކޮޅެއް ފަހުންނެވެ. ކަޅި ޖަހާނުލާ އައިރީން ހުރި ދިމާއަށް އިނާލް ބަލަހައްޓައިގެން އޮތުމުން ރަޔާން ވެސް އެދިމާއަށް ބަލާލިއެވެ.

އީނާލް ބަލަން ފެށުމުން އައިރީން މަޑު މަޑުން ހިނގާލާފައި އައިސް އީނާލް ކައިރިއަށް ހުއްޓިލިއެވެ.އީނާލް އޮތީ އައިރީން ފެނުމުން ފާޑަކަށް ހުއްޓުން އަރާފައެވެ. އައިރީން ފެނުމުން ހީވީ ހަމަ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރަ ފެނުނުހެންނެވެ. އީނާލް ބަލަހައްޓައިގެން އޮތް ގޮތުން އައިރީން ހީލަމުން އެނދުމަތީގައި އިށީނދެ އީނާލްގެ އަތުގާ ހިފަހައްޓާލިއެވެ. އެވަގުތު ސިހިފައި އީނާލްއަށް އަތަށް ބަލާލެވުނެވެ. ” ވަރަށް ހައިރާންވެފައި ދޯ ތި އޮތީ .. ރީން ވެސް ފުރަތަމަ ވަރަށް ހައިރާންވި .. ޝޮކެއް ލިބުނީ .. އެކަމަކު މިހާރު ހުރިހާ ހަގީގަތެއް އިނގިއްޖެ ..” އައިރީން ދެއްކި ވާހަކަތަކުން ހައިރާންވެފައި އޮތް އީނާލް ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. ” ކޮން .. ކޮން ހަގީގަތެއް؟ ” އީނާލް އެ ސުވާލު ކޮއްލުމުން އައިރީން ދެ ލޯ މަރާލަމުން އިސް ޖަހާލިއެވެ. ” ރީންގެ އެއްމާބަނޑު ދައްތަ އަކީ ތިއީ އެއްނު .. އާން .. ތިއީ ރީން ގެ އެއްމާބަނޑު ދައްތަ .. މަންމަ ބުނީ މަރުވެއްޖެޔޭ  .. ދެން އެހެންވީއިރު ތީ ކާކު؟ .. ރީން އާއި އެހާ ވައްތަރީ ކީއްވެ؟ .. ރީން އަށް ހުރިހާ އެއްޗެއްވެސް ވިސްނިއްޖެ .. އައިލީން މަރެއް ނުވޭ .. އައިލީން އަކީ ތީ .. މިއޮއް ހުރިހާ ދުވަހު ކޮންތާކު އުޅުނީ ؟ ” ރޮވިފައި އިނދެ އައިރީން ދައްކަމުން ދިޔަ ވާހަކައިން ރަޔާން އާ އީނާލް ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ.

ހަމަ އެވަގުތު ދޮރު ހުޅުވާލާފައި ވަތް ނަޖުމާއާއި ހަސަނު ފެނުމުން ރަޔާން އިންތަނުން ތެދުވެ ބޭރަށް ނިކުތެވެ.  ނަޖުމާއާއި ހަސަނު ފެނުމުން އީނާލް ބަލަހައްޓައިގެން އޮތީ ބީރައްޓެހި ނަޒަރަކުންނެވެ. ނަޖުމާ ހުރީ ލޮލަށް މި ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ނަޖުމާ ދުވެފައި ގޮސް އީނާލް ގެ ގައިގާ ބައްދައިގަތެވެ. އެވަގުތު ހަށިގަނޑަށް އަރައިގެން ދިޔަ ކުއްލި ތަދާއިއެކު އީނާލްއަށް އަނގައިން އަޑެއް ލައްވާލެވުނެވެ. އީނާލް ގެ އަގައިން ނިކުތް ވޭނީ އާހުގެ އަޑު އިވުމުން ނަޖުމާ ސިހިފައި ދުރަށް ޖެހިލިއެވެ. ކަރުނަވީ ލޮލަކުން އީނާލް އަށް ބަލަހައްޓައިގެން ހުރި އިރު ހީވަނީ އެ ދުލުގައި ތަޅެއް ލެވިފައި އިންހެނެވެ. ބުނަން ބޭނުންވި ކިތަންމެ އެއްޗެއް ހުރި ނަމަވެސް އެކަމަށް ދޫ އިޖާބައެއް ނުދިނެވެ. އޭރު ކައިރިއަށް އައިސް ހުއްޓުނު ހަސަނުވެސް ހުރީ ފެންނަމުން ދާ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ . އައިރީން އާ އީނާލް އެއްކޮށް ފެނުމުންވެސް އެކަން ގަބޫލު ކުރަން ދަތިވިއެވެ.

” މަންމާ ” ނަޖުމާއަށް ހަމަހޭވެރިކަން ވީ އައިރީން އޭނާގެ ކޮނޑުގައި ހިފަހައްޓާލުމުނެވެ. އެވަގުތު ނަޖުމާ އޭނާގެ އަތުގައި ވިކައިގަތުމަށް އައިރީން ކައިރިން އެދުނެވެ. އަދިވެސް ނަޖުމާއަށް އެމަންޒަރު ގަބޫލުނުކުރެވެނީ އެވެ. އައިރީން ކައިރިއަށް އެވަގުތު ހިނިއައި ނަމަވެސް ނަޖުމާގެ އަތުގާ ހިފައި ތަޅުވާލަމުން އަނެއްކާވެސް ނަޖުމާއަށް ގޮވާލިއެވެ. ” މަންމާ .. މީ ހުވަފެނެއް ނޫނޭ .. ހަގީގަތޭ .. އެއީ އައިލީން ނޫންނަމަ ދެން ރީން އާއި އެހާ ވައްތަރު ވާންވި ސަބަބެއް ކޮބާ ؟ .. މަންމާ އެއީ އައިލީން އޭ ” އައިރީން އެހެން ބުނެލުމުން ނަޖުމާ ރޮއެގެންފައި ދަރިފުޅާއޭ ކިޔާ އަނެއްކާވެސް އީނާލް ގެ ގައިގާ އޮޅުލައިގަތެވެ. އޭރު މަންޒަރުބަލަން ހުރި ހަސަނުގެ ލޮލުން ވެސް ވަނީ ކަރުނަ ނީރާލާފައެވެ. ދުވަސްތަކަކަށްފަހު އަމިއްލަ ދަރިފުޅު ފެނުމުން ވާނީވެސް އެހެންތާއެވެ.

އެ ތިންމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އޮތް އީނާލް ގެ ސިކުނޑީގައި އެތަށް ސުވާލެއް ބުރުޖަހަމުން ދިޔައެވެ. އީނާލް އޮތީ މިވަނީ ކިހިނެއްކަން ނޭނގިފައެވެ. އެނގޭހާވެސް އެއްޗަކީ އެމީހުން ފެނުމުން ތަފާތު އިހްސާސްއެއް ކުރެވުނު ކަމެއެވެ. ނަމަވެސް ގަބުވެފައި މިހެން އޮތުމަކުން އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބޭނެކަން ވިސްނުމުން އީނާލް ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް ނަޖުމާ ދިޔައީ އީނާލް ގެ ގައިގާ ބައްދާލައިގެން އޮވެ ރޮމުންނެވެ. ” އަމް .. ތީ ކޮން ބައެއް .. އަހަރެން ނުދަންނަން .. ތި ކުއްޖާ އަހަންނާ އެހާ ވައްތަރީ ކީއްވެ ؟ .. ކޮން އައިލީން އެއްގެ ވާހަކަ ތި ދައްކަނީ؟ .. އަހަރެން މީ އީނާލް ..” އީނާލް ގެ ވާހަކަތަކުން ނަޖުމާގެ ހިތް ރޮއްވާލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ކައިރީގައި ފެންނަން ހުއްޓަސް އެ ދަރިފުޅުވަނީ އޭނައާއި އެތަށް މޭލެއް ދުރުގައި ކަމުގައި ހިތް ބުނެލިއެވެ. ” ދަރިފުޅާ .. މީ ދަރިފުޅުގެ މަންމަ އޭ ” ރޮވިފައިވާ އަޑަކުން ނަޖުމާ ވާހަކަ ދެއްކިއިރު އީނާލް އޮތީ ކަޅި ޖަހާނުލާ އެމޫނަށް ބަލަހައްޓައިގެންނެވެ. އާސިޔާގެ މަތިން އީނާލް ހަނދާންވީވެސް ނަޖުމާގެ އަނގައިން “މަންމަ” މި ލަފުޒު އަޑު އިވުމުންނެވެ. އެ ރަށަށް އައި ފަހުން އަދި އީނާލްއަށް އާސިޔާގެ ހަބަރެއްވެސް ބަލައިނުލެވެއެވެ. ހަނދާންވެސް ނުވީއެވެ. ރަޔާން އެތާނގަ ނެތްކަންވެސް އީނާލް އަށް ފާހަގަވީ އެވަގުތެވެ. އަދި ކުއްލިއަކަށް ވީ ކަންތަށް މަތިން ހަނދާން ވުމުން އީނާލް އަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ” ކޮބާ .. ކޮބާ ރެން؟ .. ކޮންތާކަށް ދިޔައީ؟ .. މަންމަ އޭ؟ .. އަހަރެންގެ މަންމަ …. އަހަރެން ބޭނުން މަންމަ އަށް ގުޅަން .. އަހަރެން އަދި މިރަށަށް އާދެވުނު ފަހުން މަންމަ އަކަށް ނުގުޅޭ .. މަންމަ ހުންނާނީ ވަރަށް ރުޅި އައިއްސަ .. ޕްލީޒް .. ރެން ކައިރީގާ ބުނެދީ އައިސްދޭށޭ .. އަހަންނަށް ދައްތަ ތި ދައްކާ އެއްވެސް ވާހަކައެއް ނޭނގެ .. ތީ ކާކު ކަމެއްވެސް ނޭނގެ .. ޕްލީޒް ރެން ގެނެސްދީ ” ރޮމުން ރޮމުން ވާހަކަ ދެއްކި އީނާލް ގެ ކޮންމެ ޖުމްލައެއް ވީ ނަޖުމާގެ ކަންކަށިމަތީގައި ޖެހި އެތިފަހަރަކަށެވެ. އޭނައަށް އީނާލް “ދައްތަ” ގެ ނަމުން މުހާތަބު ކުރުމުން ހިތް ހީވީ މީހަކު މުށުތެރެއަށް ލާ ފިއްތާލިހެންނެވެ. ” މަންމަ އޭ .. އެއީ ކާކު؟ ” ދެން އީނާލް ގެ އަގައިން ނިކުތް ޖުމްލައިން އެ އޮތް ހުރިހާއިރު މަޑުން ހުރި ހަސަނު ދިޔައީ ސިއްސައިގެންނެވެ. ” އަހަރެންގެ މަންމަ އަކީ އާސިޔާ ” އީނާލް އެ ބުނި ޖުމްލަ ހަސަނުގެ ސިކުނޑި ތެރޭގައި ތަކުރާރު ވޭވޭ ހުއްޓެވެ. މަޑު މަޑުން އެނަން ކިޔާލެވުނު އިރު މާޒީ ގެ އެތަށް ހަނދާންތަކެއް އާކުރުވިއެވެ. އޭރު ނަޖުމާވެސް އިނީ ދެލޯ ބޮޑުވެފައެވެ. ކަންފަތަށް އެ އިވުނު އަޑު ގަބޫލު ނުކުރެވިފައެވެ. އެވަގުތު އެއީ އެމީހުންގެ ދިރިއުޅުމަށް ޒަހަރުލީ އަންހެނާއަށް ވެދާނެ ބާއޭ ހަސަނާއި ނަޖުމާގެ ހިތަށް އަރަމުން ދިޔައެވެ. ” ކީކޭ ؟ .. އާސިޔާއޭ ؟ ފޮޓޯ .. ފޮޓޮއެއް އެބައިންތަ؟ ”  އޭރުވެސް އީނާލް ދިޔައީ ގިސްލަ ގިސްލާފަ ރޮމުންނެވެ. އީނާލް ރޯ މަންޒަރު ބަލަން އައިރީން އަށް ނުހުރެވުމުން ނަޖުމާ ކައިރީގައި މި ވަގުތަށް ދެން ދާން ހިނގާށޭ ކިޔާފައި ދޮރުން ނިކުންނަން ހިނގައިގަތެވެ. ނަޖުމާއާއި އައިރީން ގެ ފަހަތުން ދަމުން ހަސަނުވެސް ދިޔައީ އީނާލް ގެ ބޮލުގައި ފިރުމާލާފައެވެ.

____________ ________

ކައިރިއަށް އައިސް އިށީނދެލި ރަޔާން ފެނުމުން  އީނާލް ރަޔާންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ގައިގާ އަޅަމުން ދިޔަ ވޭން ވެސް އީނާލްއަށް އިހްސާސް ނުވާ ކަހަލައެވެ. އީނާލް ރޮމުން ދިޔަ މަންޒަރު ފެނުމުން ރަޔާންގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އީނާލް ގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ރަޔާންވެސް އީނާލް ގެ ގައިގާ ބައްދާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ރޮމުން ރޮމުން އީނާލް ސޮރީ އޭ ބުނެލުމުން ރަޔާން ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އީނާލް ގަޔާ ދުރުކޮއްލުމަށް ފަހު ވަރަށް ލޯބިން އެ ކޯތާފަތްމަތީގައި ރޮނގު ދެމެމުންދިޔަ ކަރުނަތަށް ފޮހެލަދިނެވެ. އަދި މައާފަށް ނޭދުމަށާއި ނުރޮއުމަށް އެދުނެވެ. ކުޑަ ކުއްޖެއް ފަދައިން ބޯ ޖަހާލުމަށްފަހު އީނާލް ރަޔާންގެ މޭގައި ބޯ އަޅާލިއެވެ. ރުއިން ހުއްޓާލިއަސް އީނާލް އަށް ގިސްލެވެމުން ދިޔައެވެ. ދެން  ދެމިގެން ދިޔަ ހަމަހިމޭން ވަގުތު ކޮޅަށްފަހު އީނާލް ވާހަކަދައްކަން ފެށިއެވެ.އޭރު ގިނައިން ރުއިމުގެ ސަބަބުން އީނާލް ގެ އަޑު ވަނީ ކުރަކިވެފައެވެ.” ރެން .. އައިމް ސޮރީ .. އަހަރެން ރެންގެ އަޑު އެހި ނަމަ މިއަދު އެހެންނެއް ނުވީސް .. އޭނަ .. އޭނަ ” އީނާލް ދައްކަ ދައްކާ ހުރި ވާހަކަ މެދުކެނޑުނީ ރަޔާން އެ ކޯތާފަތުގާ ހިފަހައްޓާލުމުންނެވެ. އަދި ކައިރި ވެލުމަށްފަހު އީނާލް ގެ ނިތް ކުރީގައި ބޮސް ދިނުމުން އީނާލްއަށް އޭނާގެ ދެލޯ މަރާލެވުނެވެ. ރަޔާން ދުރަށް ޖެހިލުމުން އީނާލް މަޑު މަޑުން ލޯ ހުޅުވާލާ ރަޔާން އާ ހަތަރު ކަޅި ބައްދަލު ކޮއްލިއެވެ. އީނާލް ގެ ދެލޮލުގެ ތެރެއަށް ގެއްލިފައި އިން ރަޔާން މަޑު މަޑުން އީނާލް ގެ ކޯތާފަތުގާ އެއް އަތުން ފިރުމާލިއެވެ. އެވަގުތު އަނެއްކާވެސް އީނާލް ގެ ދެ ލޯ މެރިގެން ދިޔައެވެ. އީނާލް ލޯ މަރާލިތަން ފެނުމުން ރަޔާން އީނާލް ގެ މޫނާއި ކައިރިވެލުމަށްފަހު އެ ތުންފަތުގައި ބޮސްދިނެވެ. އެގަޑީގައި އީނާލް އަށް ތަފާތު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. ކުރިން ދުވަހަކުވެސް ނުލިބޭ ކަހަލަ ހިތް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

އިރުކޮޅެއް ފަހުން ރަޔާން ކުޑަކޮށް ދުރުވެލުމަށް ފަހު ބުނެލި ޖުމްލައިން އީނާލް ގެ މަރާލެވިފާވައި ދެލޯ ކުއްލިއަކަށް ހުޅުވާލިއެވެ. އެވަގުތު ރަޔާން ގެ ތޫނު ދެލޯ އެ މޫނަށް އަމާޒުވެފައި ވާތަން ފެނުމުން އީނާލް ލަދުން ގޮސް އެ ދިގު ދިގު އެސްފިޔަތަށް ތިރިކޮއްލިއެވެ. އީނާލްގެ މޫނަށް ބަލަހައްޓައިގެން އިން ރަޔާން އޭނާގެ އަތުތެރޭގައިވާ އީނާލް ގެ އަތްތިލައަށް ފިއްތާލީ ކޮންމެވެސް ޖަވާބެއް ދޭށޭ ބުނާ ފަދައަކުންނެވެ. އެވަގުތު އީނާލް ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ރަޔާން ގެ ގައިގާ ބައްދާލިއެވެ.” އައި ލަވް ޔޫ ޓޫ ރެން ” އެވަގުތު ރަޔާންއަށް  ދުނިޔޭގައިވި ހުރިހާ އުފަލެއް ލިބުނު ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ދެމީހުން ހަމަހޭވެރިކަންވެ ސިހިފައި ދުރަށް ޖެހިލީ ދޮރު ހުޅުވުނު އަޑު އިވުމުނެވެ. އޭރު އީނާލްއަށް ހަށިގަނޑުގައި ބުރަކައްޓާއި ދިމާލުގައި ހުރި ރިހުން އިހްސާސްވީވެސް ދޮރު ހުޅުވާލާފައި ވަދެގެން އައި ޑޮކްޓަރު ފެނުމުންނެވެ. މަޑު މަޑުން އޮށޯވެ އީނާލް ރަޔާން އަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލިއިރު އެ ދެމީހުންގެ އަތްވަނީ ގުޅި ލާމެހިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތަށް އެރި އެއްޗަކުން އެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ނުރޯން ކިތަންމެ ހިތްވަރު ކުރިއަސް ކަރުނައިގެ އަސަރު އެ ދެލޮލުން ފާޅު ވޭވޭ ހުއްޓެވެ. އީނާލް އަނެއްފަރާތަށް މޫނު އަނބުރާލަމުން ލޯ މަރާލުމާއިއެކު ކަރުނަ ތިއްކެއް ވެއްޓި ބާލީސް ތެރެއަށް ހިނދިގެން ދިޔައެވެ.

( ނުނިމޭ )

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lai

Other Articles

Previous

އަލްމާޝް 23

Next

ދޭނަން ހިތާ ޖާނާ…! 1ވަނަ ބައި

Next
January 22, 2016

ދޭނަން ހިތާ ޖާނާ…! 1ވަނަ ބައި

Previews
January 20, 2016

އަލްމާޝް 23

20 Comments

  1. lai says:
    January 22, 2016 at 11:20 am

    hey evryone .. here is the next part .. i knw its shrt n i’m really v srry for late update .. hope u al will like this part too .. enjoy 🙂

  2. ina says:
    January 22, 2016 at 11:32 am

    Alheyyyyyy laitukuriiiiiiiiii emme kiya hiyyvi hisaabun thi nimmaaly…wowww vrh nice mi prt vx….hama rovijje…..hehehe…….laitukuriii..nw aasiya aky kaaku????step mom dhw………..whn is nxt part?????????????thankolheh dhigu kollahchey plx……luv U n miss U laitukuriiiiiiiiii

    1. lai says:
      January 22, 2016 at 11:44 am

      alheyyy inathuu ehentha? .. thanks inaaaa .. hehehe fake 😛 .. no nt step mom .. dhn next part liyevunu haavahakah .. next weekend ga iraadhakurehviyya .. yah dhigu kohlaanamey .. love u n miss u 2 inathuu 🙂 😉 😀

  3. ina says:
    January 22, 2016 at 11:33 am

    Yayyyyyy yayyyy yayyyyyy…me first…….hahahaha…….vrh vrh nice mi stry dhaa goiyy…kyp it up laitukuriiiiiiiiiiiiiiiiiiiiiii

    1. lai says:
      January 22, 2016 at 11:48 am

      hehehehe hmm hmm hmm congratss … thanks once again inathuuuuuuuuu 🙂

  4. maluudxxx says:
    January 22, 2016 at 11:41 am

    Laiiiiiii…….mi part ves hama awesome……v v v habeys….bt maa kury…nxt part thankolheh dhigu kohlah chey…lai♡♡♡♡♡♡hehehe…whn nxt part? ? ? ? ? ? ? thankolheh avahah up kohdheh chey…..mi part hama v v v nice….yayyy me secound dhw♡♡♡♡♡lolxxxx….miss u laiiii……keep it up dear………

    1. lai says:
      January 22, 2016 at 11:52 am

      maluuuuuuu .. thank u soo muchhh …hehe yah i knw kurukan .. nsxt prt dhigu kohlaanamey iraadhakurehviyya .. hehehe .. nxt part nxt weekend ga insha allah or liyevun haa avahakah i will upload 🙂 .. hehehe yha ur scnd ..miss u 2 maluu .. 😉 🙂 😀

  5. Niz says:
    January 22, 2016 at 11:50 am

    Mi part vvv reethi bt maakury…nd haadha lahakuney thi. Up kurany….so sad…..ehn nxt part

    1. lai says:
      January 22, 2016 at 11:55 am

      thanks niz .. thanks alot .. yh i knw n i’m srry fr tht ..bt next part i will upload v soon insha allah 🙂 ..once again thanks 😀

  6. Liu says:
    January 22, 2016 at 12:07 pm

    Wen next prt….haaadha shrt ey…..vaahaka vrh reeeethi……..laige mi stry rythiyas maa lahun genesdheythi borevey……ehaa inthixaar kohfa kurukoh kian foohi……..next prt miahvure dhigukoh avahah genesdheynekamah unmeeedhukuran……waiting curiously to read the next prt

    1. Liu fan says:
      January 22, 2016 at 12:29 pm

      Liu thibuny hama good vaahakaeh….maalahun genesdhenyaa foohi dho kiyan…btw liu can we be frnds….

  7. Shahaa says:
    January 22, 2016 at 12:10 pm

    Very nyc nxt part vrh avahah.up khdhehchey??

  8. maalu says:
    January 22, 2016 at 12:11 pm

    Laitukuriiiiiiiiiiiiiiiiiiiii????
    Lailathuuuuuuuuuu????
    Lailaaaaaaaaaaaaaa????
    Storyyyyyyyyyyyyy vrh vrh vrh vrh reethiiiii???????
    Wow wow wow wow????
    When is the next part??????
    ……..WAITING………????

  9. shyx says:
    January 22, 2016 at 12:38 pm

    v reethi ☺

  10. Aishly says:
    January 22, 2016 at 1:21 pm

    Nice lai youre wonderful

  11. shau says:
    January 22, 2016 at 1:55 pm

    Varah wait kurevihje mi prt kiyaa hithunnn…I luv this stry….u r the best…varah salhi mi stry genna goiii…wen nxt prt…eager to know wat ll happen nxt…nxt prt dhigu kohla dhehchey igey lai…plxxxxxx plxxxxxx…

  12. Lyn says:
    January 23, 2016 at 1:34 pm

    Wen nxt part

  13. yoosuf says:
    January 23, 2016 at 8:32 pm

    Ahannakah ekahchevves nuvisnunu neynge vee gotheh. Miohvarah vaahakakiyaameehaayah hama ekahchevves nuvisnuneemaa maves mihuree hairaanvefa. Mibunee mivaahaka reethikamun komentkuraanegotheh nuvisnunuvaahaka.lol

  14. lai says:
    January 27, 2016 at 4:24 pm

    owh v bodah srry liu n liu ge fan .. n thanks liu , shahaa , mal , shyx , aishly , shau n lyn .. thanks v bodah .. n yoosuf thanks fr reading 🙂

  15. aish says:
    January 27, 2016 at 7:11 pm

    Keehve aabai nukiyeny

Comments are closed.

All Right Reserved!