Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 1ވަނަ ބައި

princess lily Level 110 Stories
January 22, 2016 3 Mins Read
12 Comments

ނިހާމާ އިނީ ކޮޓަރިތެރޭގައެވެ. އޭރު ނިހާމާގެ ހިތަށްކޮއްފައިވާ ފުންއަސަރު ލޮލުން ކަރުނައިގެ ސިފައިގައި އޮހޮރެމުންދެއެވެ. މަޑުމަޑުން ނިހާމާތެދުވެގެންގޮސް ޑްރެސިންޓޭބަލް ކައިރީ މަޑުކޮއްލިއެވެ. ގިނައިރު ރޮއުމުގެ ސަބަބުން ނިހާމާގެ ދެލޯކައިރިވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ނިހާމާ ކަރުގައި އަޅާފައިއޮތް ރިހިކުލައިގެ ފަށަށް ބަލާލިއެވެ. އަދި އެފަށުގައިވާ “އެން” އަކުރުގައި އަތްޖައްސަލިއެވެ. އެއާއެކު ދެލޯމަރާލާ ބާރުކޮއްލެވުނެވެ.

“ނިހާ…!” ނިހާމާ ސިހިގެންދިޔައީ ނާއިފްގެ އަޑަށްށެވެ. އެއީ ނިހާމާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ ނިހާމާގެ އަލަތުފިރިމީހާއެވެ. ނިހާމާ އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތައްފޮހެލަމުން ބަލާލިއެވެ.

“ނިހާ.. އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބުދީފާނަންތަ…؟” ނާއިފްގެ އަޑުވަނީ ހިތާމައެވެ. އެދެލޮލަށް ޖަމާވަމުންދާ ކަރުނަތައް ފޮރުވަން މަސައްކަތްކުރަމުން ނާއިފް ވާހަކަދެއްކިއެވެ.

“ނިހާ ކީއްވެ…؟ ކީއްވެ ތިހެންތިހެދީ….؟ އަހަރެންގެ ފަރާތުން ކޮންއުފަލެއް ނުލިބެނީ.. ނިހާ..” ނާއިފްގެ އަޑު މިފަހަރު ކުރިޔައްވުރެން ބާރެވެ. ހިސާބަކަށް ނުރުހުންވުން އެކުލެވިގެންވާ އަޑަކުން ނާއިފް ވާހަކަދެއްކީ ނިހާމާއަށް ފުރަގަސްދީގެންހުރެއެވެ. ނިހާމާގެ ލޮލުން އޮހޮރެމުންދާ ކަރުނަތަށް ބަލާނެހިތްވަރު ނާއިފްއަށް ނުލިބުނީއެވެ.

“ނާއިފް ޕްލީޒް.. އަހަރެން ދައްކާވާހަކަ އަޑުއަހާބަލަ.. އަހަރެން…” ނާއިފް އަތުގެ އިޝާރާތުން ނިހާމާގެ ވާހަކަތައް ހުއްޓުވިއެވެ.

“އިތުރަށް އަޑުއަހާނެ އެއްޗެއް އެބައޮތްތަ..؟؟ އަހަރެންވީ ލޯބީގެ އަގު.. އަދާކުރިގޮތް ވަރަށް ރަނގަޅު…” ނާއިފްއަށް ރޮވުނެވެ. އިތުރަށް ވާހަކަދައްކާނެ ހިތްވަރު ނުލިބުނީއެވެ. މަޑުމަޑުންގޮސް ފާރުގައި ލެނގިލިއެވެ.

“ނާއިފް… ހަމަ އެންމެ ފަހަރަކު އަޑުއަހާބަލަ.. އަހަރެންނަށް އިތުބާރުކޮއްބަލަ.. ޕްލީޒް…” ނިހާމާ ނާއިފްގެ ގާތައްއައިސް ނާއިފްގެ އަތުގަ ހިފަމުން ވާހަކަދެއްކިއެވެ.

“ނާއިފް އަށް ހީވޭތަ.. އަހަރެން އެވަރުގެ ބޮޑު ފާފައެއްކުރާނެހެން.. އަހަރެންނަކަށް ނުވެސް އެނގޭ އެއީ ކާކުކަމެއްވެސް…!” ނިހާމާ ނާއިފްގެ މޫނުގައި ދެއަތުން މަޑުމަޑުން ހިފާއްޓާލިއެވެ.

“ދުރަށްދޭ .. ބޭނުމެއްނޫން ތިވާހަކަތަށް އަޑުއަހާކަށް.. ހުރިހާކަމެއް ލޮލަށް ފެނުނިމާވެސް… އަހަރެން ހީކުރީ އިތުރަށް އޮޅުވާނުލާ ނިހާ މާފަށް އެދޭނެކަމަށް.. އެކަމަކު… އަދިވެސް ތިބަލަނީ ދޮގުހެދެތޯ.. ” ނާއިފް ނިހާމާ ދުރަށް ކޮއްޕާލަމުން ނިހާމާގެ ކަރުގައި އަޅާފައިއޮތް ރިހިކުލައިގެ ފަށް ކަނޑާލާ ދުރަށް އެއްލާލިއެވެ.

“ނާއިފް…!” ނިހާމާއަށް ނާއިފްގެ މޫނަށް ބަލާލެވުނެވެ.

“އަހަރެން ބުނީމެއްނު… އަހަރެމެންދެމީހުން އެކުގައި ވާހާހިނދަކު މިފަށް ނުނަގައްޗޭ..! މިހާރު މިފަށް ނިހާއަތުގަ ބޭއްވުމުގެ ބޭނުމެއްނެއް.. އަހަރެން ނިހާއަކަށް މާފެއްނުކުރާނަން…! އެހެންވީމަ އެކުގަ އުޅުމުގެ އެއްވެސް މާނައެއްނެއް.. މިކޮޓަރީގަވެސް އަދި އަހަރެންގެ ހިތުގަވެސް ތިނިހާ އަކަށް މިހާރަކު ޖާގައެއްނެއް….!! އަޑު އިވިއްޖެތަ..؟” ނާއިފް ނިހާމާއަށް ބަލާލީ ނަފްރަތުންފުރިގެންވާ ނަޒަރަކުންނެވެ. އެއަށްފަހު އެންމެސިކުންތަކުވެސް އެތާމަޑުކުރާކަށް ނާއިފް ބޭނުމެއްނުވިއެވެ. އަވަސް ފިޔަވަޅުތަކެތް އަޅަމުން ގޮސް ކޮޓަރިން ނިކުތެވެ.

ނިހާމާއަށް އެހުރިގޮތަށް ތިރިވެ ޓައިލްސްތަކުގެ މަތީ އިށީނދެ އެނދުގައި ބޯއަޅާލެވުނެވެ. އެއާއެކު ހިފޭއްޓިފައިހުރި ކަރުނަތައް އަނެއްކާވެސް އޮހޮރިގަތެވެ. ގިސްލަގިސްލާފައި ރޮމުންދިޔައިރު އެރުއިން އަޑުއަހާނެ އެކަކުވެސް މިއަދު ނިހާމާގެ ގާތުގައިނެތެވެ. އެވަގުތު ނިހާމާގެ މާޒީގެ ސޮފުހާތައް ތަސްވީރުތަކެތް ފަދައިން ކުރިމަތީ ސިފަވާންފެށިއެވެ.

+++++++++++++++++++++++++++

އިރުއޮއްސުނުގަޑީގައި ވެހެންފެށިގޮތަށް ހުއްޓުމެއްނެތި ބޯކޮން ވާރޭވެހެމުންދިޔަ ރެއެކެވެ. ގިނައިރު ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ފެންހެދިފައެވެ. ނިހާމާ ހުރީ ބޮޑުދައިތަގޭގެ ދޮރުމަތީގައެވެ. ވާރޭ ހުއްޓާލާނެ އިރެއްގެ އިންތިޒާރުގައެވެ.

“ވާރޭ އެއްކޮން ހުއްޓާނެހެންނެއް ހިއެއްނުވޭ.. މަންމަ ހުންނާނީ މިހާރު ނިހާމާ ނުގޮސްގެން ލަސްވެފަ.. މިހާރު ދިހައެއް ޖަހަނީ..” ބޮޑުދައިތަ ނިހާމާގެގާތުގައި ހުއްޓެމުން ބޭރުބަލާލިއެވެ.

“ފޯނުވެސް ނިވިފަ އޮތީ.. ކުޑަކޮން ތުނިކޮއްލީމަ ދެންދާނީ…” ނިހާމާ ފޯނަށް ބަލާލަމުން ބުނެލިއެވެ.

ބައިގަޑީއިރެއްހާއިރު ފަހުން ވާރޭ ތުނިކޮއްލައިފިއެވެ. ނިހާމާ އަވަސްފިޔަވަޅުތަކެއްގައި ގެއާދިމާލައް ހިނގައިގަތެވެ. ނަސީބު ދެރަކަމުން ނިހާމާއަށް ދެވުނީ ވަކިހިސާބަކަށްށެވެ. އަނެއްކާވެސް ވާރޭ ބޯކޮއްލައިފިއެވެ. ނިހާމާ ދުއްވައިގަތީ ގެއެއްގެ އަސްކެނިދަށަށް ވަދެ ހިޔާވުމުގެ ބޭނުމުގައެވެ. ނިހާމާއާއި އެކުއެކީގައި އިތުރުމީހަކުވެސް އައިސް އަސްކެނިދަށަށް ވަނެވެ.

އެއީ އިސްކޮޅުންދިގު ރީތި ޒުވާނެކެވެ. ކުރުކޮންކޮށާލައިފައިވާ ފަން އިސްތަށިގަނޑާއި އެކަސްރަތީ ހަށިގަނޑުގެ ސަބަބުން ރީތިކަން އިތުރުކޮއްދެއެވެ. ކަނޑު ނޫކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ އަތްދިގު ގަމީހުގައި އެޒުވާނާ ފެންނަނީ ވަރަށްވެސް ހިތްގައިމުކޮންނެވެ. އެޒުވާނާ އިރުއިރުކޮޅުން ފޯނަށްބަލާލައެވެ. މޫނުމަތިންނާ އެކިއެކި ހަރަކާތްތަކުން ކަމަކާ ހާސްވެފައިވާކަން ބަލާލާކޮންމެމީހަކައްވެސް އެނގޭނެއެވެ. މިމަންޒަރުބަލަން ނިހާމާއަށް ހުރެވުނީ ގެއްލިފައެވެ. އެފަދަ ސިފަތަކެއް ލިބިފައިވާ ޒުވާނެއް މީގެކުރިން ފެނިފައި ނުވާކަހަލައެވެ.

އެޒުވާނާއަށް ނިހާމާ ހުރިކަންވެސް ރޭކާލީ މާފަހުންނެވެ. ނިހާމާފެނުމާއެކު ދެފިޔަވަޅެއްވަރު ކައިރިއަށް ޖެހިލިއެވެ. އެއާއެކު ނިހާމާ ވެހެމުންދިޔަ ވާރޭގެ ތެރެއަށް ނަޒަރުހުއްޓާލިއެވެ.

“ހޭ.. މިރަށު ކުއްޖެއްތަ؟” އެޒުވަނާ ނިހާމާއާއި ސުވާލުކުރިއެވެ.

“ނާއިފް… މީ ނާއިފް އިނގޭ…! ތީ…؟” ނާއިފް އަމިއްލައަށް ތައާރަފްވަމުން ސުވާލުކޮއްލިއެވެ. ނިހާމާ ޖަވާބެއްނުދީ އިސްޖަހާލިއެވެ.

ނިހާމާހުރީ ނާއިފްގެ ސުވާލުތަކަށް ޖަވާބުދޭހިތުންނެވެ. އެހެންނަމަވެސް އެތޫނު ނަޒަރުފެނުމުން ނިހާމާގެ ދޫހަރަކާތްނުކުރީއެވެ.

“ވާހަކަ ނުދައްކާނަންތަ..؟ އޯކޭ…!” ނާއިފް އަނެއްކާވެސް ނިހާމާއަށް ބަލާލިއެވެ. ހަގީގަތުގައި ނާއިފްއަށްވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނާއިފްބޭނުންވީ އެ އަޑު އަހާލާށެވެ.

“މިރަށު ކުއްޖެއްތަ؟ ކޮންނަމެއް ކިޔަނީ..؟” ވާހަކަނުދައްކާ ދާކަށް ނާއިފްގެ ހިތެއް ގަބޫލެއްނުވިއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ނާއިފްއެވެ.

“ތިހާރީތި ކުއްޖެއް މިހާލަސްގަޑިއެއްގަ.. ބޭރުގައުޅުން އެހާރަނގަޅެއްނޫން…އެވެސް މިކަހަލަރެއެއްގަ..! މީ ނަސޭހަތެއް އިނގޭ…!” ނާއިފް ނިހާމާއަށް ބަލާލިއެވެ. އޭރުވެސް ނިހާމާ ހުރީ އިސްދަށަށް ޖަހައިގެންނެވެ.

“ދެން ބުނެދީބަލަ ނަން… ޕްލީޒް…!” ނާއިފް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ނިހާމާ…!” މަޑުމައިތިރި އަޑަކުން ނިހާމާ ޖަވަބުދިނެވެ.

“ނިހާމާ… ނިހާ… ފްރެންޑްސްތަ؟ ނާއިފް ސަލާންކޮއްލަން އަތްދިއްކޮއްލިއެވެ. އެހެންނަމަވެސް ނިހާމާ ޖަވާބެއްނުދިނެވެ.

ނިހާމާ ސިހިގެންދިޔައި ކުއްލިއަކަށް މީހަކު ނިހާމާގެގައިގާޖެހިގަތުމުންނެވެ. ފަހަތުން އައިސް އެމީހަކު ނިހާމާގެ އަތުގަހިފާ އެމީހާއާއި ދިމާލަށް އަނބުރާލީ ނޭނގިހުއްޓައެވެ. އެކުއްލި ހަރަކާތުން ނިހާމާއަށް ގޮސް ލައްވެވުނީ އެމީހާގެ މޭގައެވެ. ހަމަ އެސިކުންތުގެތެރޭގައި އެމީހާގެ އަތް ފޮޅުވާލަމުން ނިހާމާ ދުރައްޖެހުނެވެ.

“އަލާން…!” ނިހާމާއަށް އަލާންގެ ނަން ކިޔާލެވުނީ ބާރަށްށެވެ.

“ލޯބި ތަދުވީތަ.. ސޮރީ..” ނިހާމާ އަތުގައި ހިފާއްޓައިގެން ހުރިގޮތްފެނުމުން އަލާން އިތުރަށް ކައިރިއަށް ޖެހެމުން ސުވާލުކުރިއެވެ.

“ދުރުގަހުރޭ….! ކިހިނެއްވެގެން ތިއުޅެނީ…؟؟” ނިހާމާއާއި ދިމާލަށް އަލާން އަންނަން ފެށުމުން ފަހަތަށް ޖެހެމުން ނިހާމާ ރުޅިވެރިކަމާއެކު ސުވާލުކުރިއެވެ.

“އޭތް…! ކިހިނެއްވެގެން ތިއުޅެނީ..؟” އަލާންގެ ކުރިމައްޗައް އަރަމުން ނާއިފް ވެސް ވާހަކަދެއްކީ ބާރަށްށެވެ.

“ތީކާކުތަ..؟ ބުނަންތަ ވާހަކައެއް.. މީ އަހަރެންގެ ހައްގެއް.. މިކަމުގެ ތެރެއައް ކަލޭ ނުވަނިއްޔާ ރަނގަޅުވާނީ… އެހެންނޫނީ..!” އަލާން ނާއިފްއަށް އިންޒާރުދެމުން ޝަހާދު އިނގިލި ނާއިފްއާދިމާލަށް ދިއްކޮށްލިއެވެ. ނާއިފް ނިހާމާއަށް ބަލާލީ ގަބޫލުކުރަންދަތިވެގެން ބާލަލާ ނަޒަރަކުންނެވެ.

އަލާން އަށް ބަލާލުމުންހީވަނީ ފެންނުވަރާ އެތައްދުވަހެއް ވަންދެން އުޅެފައި ހުރިހެންނެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ކޮނޑާހަމައަށް ދިގުކޮއްފައެވެ. ކަންފަތުގައި އެއްޗެއްހިލައި ދެއަތް ފުރެންދެން ރަބަރު ބޭންޑު އަޅާފައިހުއްޓެވެ. ފުރަތަމަފެނިލުމުންވެސް އަލާންގެ އަހުލާގު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެހެންނަމަވެސް ބަލާބެލުމަށް ނިހާމާއަކީ އަހުލާގު ރަނގަޅު މަޑުމައިތިރި ކުއްޖެއް ވައްތަރު ޖަހައެވެ. ނިހާމާ ފަދަ މަޑުމައިތިރި ކުއްޖަކު އެއީހަމަ އަލާން ކަހަލަ ވިޔާނުދާ އުޅުމެއް އުޅެމުން އަންނަ މީހެއްގެ ހައްގަކަށް ވެދާނެބާއޭ ހިތަށް އެރުމުންވެސް ނާއިފްގެ ހައިރާންކަން އިތުރުވިއެވެ. ނާއިފް މަޑުމަޑުން ދުރަށްޖެހިލިއެވެ.

“ނިހާ ޕްލީޒް.. އެނގޭތަ އަހަރެން މިހުންނަނީ ހަމައެކަނި ނިހާއަށްޓަކާ..! ވަރަށް ލޯބިވޭ.. ކީއްތަވާނީ އަހަރެންގެ ލޯބި ގަބޫލުކުރިއްޔާ” އަލާން ނިހާމާއާއި ކައިރިވުމައްޓަކައި އަޅާކޮންމެ ފިޔަވަޅަކަށް ނިހާމާ ފަހަތައް ފިޔަވަޅެއް އަޅައެވެ. އެންމެފަހުން ނިހާމާއަށް ފަހަތަށް ދަމުންގޮސް ޖެހެވުނީ ފާރުގައެވެ. އަލާން ނިހާމާގެ ދެފަރާތުން ފާރުގައި ދެއަތް ވިއްދާލިއެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ނިހާމާ ކުއްލިއަކަށް އަލާން ފަހަތަށް ކޮއްޕާލާ ގެއާދިމާލައް ދުއްވައިގަތެވެ. މިކަމަށް ނުވިސްނާހުރި އަލާންގެ އަތްދަށުން ނިހާމާ ސަލާމަތްވެގެން ދުއްވައިގަން ވަގުތު އަލާން ވެއްޓުނީ މަގުމަތީގައިހެދިފައިވާ ފެންގަނޑަކަށްށެވެ. މިމަންޒަރުބަލަން ދުރުގައިހުރި ނާއިފްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ލުއި ހިނިތުންވުމެކެވެ.

“އަޔާ..! ކިހާއިރެއް ގުޅާތާ..؟ މިހިރީ ގެއަށް ނުދެވިފަ..!” ނާއިފް ވާހަކަ ދެއްކީ އެންމެގާތް އެކުވެރިޔާ އަޔާޒްއާއެވެ.

“ހޫމް.. އަދި ރަށަށް އެރިތާނުވޭ ބާރަގަޑީއިރުވެސް.. މިހާ އަވަހަށް ދަސްވެގެން ރަށުތެރޭ ދުވަންފެށީދޯ..!” އަޔާޒް މަޖާވެލާފަ ބުނެލިއެވެ.

“އެހެންނެއްނުވާނީ.. އަހަރެން މިރަށަށް ގެނެއްސަ އަޔާ ތިއުޅެނީ ކޮންތާކުތަ؟ ފޫހިވެގެން މިނުކުމެލީ. އާދެބަލަ ސްކޫލްހުންނަމަގަށް” ނާއިފް އަޔާޒަށް އަންނަންވީތަން ބުނެދިނުމަށްފަހު ފޯނު ކަނޑާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ލޯބިން އެކީގަ ވާނަމޭ.. (9)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

Next
January 22, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

Previews
January 22, 2016

ލޯބިން އެކީގަ ވާނަމޭ.. (9)

12 Comments!

  1. princess lily says:
    January 22, 2016 at 3:00 pm

    ވަރަށް ބޮޑަށް ސޮރީ އެހާ ކުރުކޮން ގެނެސްދެވުނީމަ . ދެން ގެނެސްދޭ ބައި މިއަށްވުރެން ދިގުކޮންލާނާން. އުންމީދުކުރަން މިވާހަކަ ކިޔުންތެރިންނަށް ކަމުދާނެކަމަށް. ތިޔަކިޔުންތެރިންގެ ފަރާތުންލިބޭ ކޮމެންޓުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ ވާހަކަތަކަށް ލިބޭ ފާޑުކިޔުންތަކަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމަށް ގަބޫލުކުރަމެވެ. ޝުކުރިއްޔާ ހުރިހާކިޔުންތެރިންނަށްވެސް .

  2. Zaanaa says:
    January 22, 2016 at 3:05 pm

    V nice khon erakun next part genesdaynee

  3. shau says:
    January 22, 2016 at 3:22 pm

    Yeyyy my favrt write..thanx for uploading a new stry…v nice…I luv it..wen nxt prt…cant wait

  4. no body says:
    January 22, 2016 at 3:33 pm

    VVVV REETHI DHEN OATH PART VES AVAHAH GENES DHEH CHEY…..

  5. misty says:
    January 22, 2016 at 4:14 pm

    Varah salhi.. When nxt prt ?? Avahah up koh dhechey…

  6. Mar Sha Marsha says:
    January 22, 2016 at 6:55 pm

    Nice start.. interesting … waiting for next part

  7. NIHAA says:
    January 22, 2016 at 6:57 pm

    V nice…..v v v nice ….knirakun nxt part . dhighukoh genesdehchey hingey.. …….;-) nihaaa dho ulheny vhkaiga…mi ah vx kiyany nihaaa…hehehd…nice story

  8. Niha says:
    January 22, 2016 at 9:08 pm

    Oww.
    Thatx my Name.. heheh
    Btw Nice story.. 🙂

  9. Pandit says:
    January 23, 2016 at 11:44 am

    So far so good!

  10. haula says:
    January 23, 2016 at 1:54 pm

    so good

  11. xee says:
    January 23, 2016 at 6:41 pm

    Varah salhi

  12. babe says:
    April 24, 2020 at 5:53 am

    Masha ALLAH! Varah furihama vaahakae??

Comments are closed.


All Right Reserved!