Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (އަށާރަވަނަ ބައި)

Ahmed Ammu
January 23, 2016
12 Mins Read
47 Views
25 Comments

ވެހެމުންދާ ވާރޭގެ އަޑު ފިޔަވާ އިތުރު އަޑެއް ޝާމިންއަކަށް ނީވެއެވެ. ވިއްސާރަ ވެފައި ވުމުގެ ސަބަބުން ބޭރުތެރެއިން މީހެއްގެ ހިލަމެއްނުވާއިރު ޖެހެމުންދާ ވައިރޯޅިތަކުން ވިއްސަމުންދާ ވާރޭގެ ތިކިތަށް ޝާމިންގެ ގައިގައި ޖެހުމުން އަތުގައި ހުރި ލޯލިތަށް ކޮޅަށް ޖެހެމުން ދިޔައެވެ. އެވަގުތު ޖީބުގައި އޮތް ޝާމިންގެ ފޯނު ރިންގުވާއަޑަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ؟” ފޯނު ނެގުމާއި އެކު ޝާމިން އެހެން ބުނެލިތަނާ އެކޮޅުން ވާހަކަ ދެއްކި މީހާ މިގުޅައިލީ ސަނާ ބުނެގެން ކަމަށް ބުނެ ސަނާގެ އަތަށް ފޯނު ދިނެވެ. ފުރަތަމަވެސް ޝާމިންއަށް އިވުނީ ސަނާގެ ރުއިމުގެ އަޑެވެ. “ކިހިނެތްވީ ދައްތާ؟” ވެގެން އުޅޭގޮތް ނޭނގި ހުރެ ޝާމިން ސުވާލުކޮށްލުމުން ސަނާ ހުރިހާވާހަކައެއް ޝާމިންއަށް ކިޔައިދީ އަވަހަށް މާލެ އައިސް ދިނުމަށް އެދި ސަނާ ފޯނު ބޭއްވިއެވެ. ޝާމިންއަށް ބުނާނެ އެއްޗެއް ނޭނގި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓައި ލަމްޔާ ގުޅުމުން ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. “ޝާމިން މަންމަ ނިޔާވީ!!!” ލަމްޔާ އެހެންބުނެ ބާރަށް ރޮއެގަތެވެ.

*** *** ***

ޝާމިންއަށް ލިބުނު ހިތާމަވެރި ހަބަރުތަކުން މޭގައި އަތްއަޅައިގެން ހުރެ ހިތުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވި ހުރިތަނަށް ތިރިވެވުނެވެ. އަޑުގެ ނެތްތަނަށް ޝާމިން ހަޅޭލަވައިގަތްއަޑަށް ދުވެފައި ހަސަނު ނިކުމެ ޝާމިން ކައިރީ ވީ ކިހިނެތްތޯ ސުވާލުކުރިއެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރު ޝާމިންއަށް ނުލިބުމުން ޝާމިންގެ އަތުގައި އޮތް ފޯނު ހަސަނަށް ދިއްކޮށްލިއެވެ.

ހަސަނު ފޯނުގެ ސްކްރީނަށް ބަލާލިއިރު ލަމްޔާގެ ކޯލެއް ކުރިއަށްދާތީ ފެނުމުން ކަންފަތުގައި ޖައްސައިލިއެވެ.”ލަމް ކީއްވެތި ރޮނީ؟ ޝާމިންއަށް ކިހިނެތްވީ؟” ކަންފަތުގައި ފޯނު ޖައްސައިލިއިރު ލަމްޔާގެ ރުއިމުގެ އަޑު ހަސަނަށް އިވެމުންދާތީ ވެގެންއުޅޭގޮތް ނޭނގިހުރެ ލަމްޔާއާއި ސުވާލުކޮށްލިއެވެ.

“ބޭބޭ މަންމަ ނިޔާވީ” ގިސްލާ ރޮމުން ލަމްޔާ އެހެންބުނިއިރު ލަމްޔާގެ އަޑު ކިރިޔާބޭރުވާކަމެވެ. “ކޮބާ ހަރީރާ ދައްތަ؟” ލަމްޔާ އެހެންބުނުމުން ހާސްވެފައި ހުރެ ހަސަނަށް ހަރީރާ ކޮބައިތޯ އަހައިލެވުނެވެ. “ހަރީރާ ދައްތަވެސް އެބަހުރި، ހަރީރާ ދައްތަ ހަސަނުބެއަށް ގުޅަން އުޅެނިކޮށް އަހަރެން ޝާމިންއަށް ގުޅާ ވާހަކަ ބުނީމަ މަޑުކޮށްލީ” ހަސަނު ސުވާލުކުރުމުން ލަމްޔާ ޖަވާބުދިނެވެ. އަދި ލަމްޔާއަށް ހިތްވަރުރުދީ މާދަން ހެނދުނު ރަށަށް ދާނެކަމަށްބުނެ ފޯނު ބޭއްވުމަށްފަހު ޝާމިން އަތުލަފިކޮށްގެން ހަސަނު ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއި އެކު އެނދުމަތީގައި ޝާމިން ބޭންދުމަށްފަހު ހަސަނުވެސް ޝާމިންކައިރީ އިށީނދެ ޝާމިންއަށް ހިތްވަރުދެމުންދިޔަ ނަމަވެސް ހަސަނުގެ ހިތުގައި އަޅަމުންދާވޭންވެސް ވަކި ކުޑައެއްނޫނެވެ.

“ހަސަން، އަހަރެންގެ ދައްތަވެސް ގުޅި، ބުނީ ފަލާހް އަނިޔާކުރަނީ އޯ، ފަލާހް އެއީ ޒަރީނާގެ ކޮއްކޮ އެކޯ، އަހަރެންގެ ކަންތަކުގަ ސަނާދައްތައާއި ހެދި ޒަރީނާ ހައްޔަރުކުރީމަ ސަނާ ދައްތައަށް އޭގެ ބަދަލު ދިނީއޯ، ދައްތަ އޮތީވެސް ހޮސްޕިޓަލުގަ ބާއްވާފަ، ދައްތަ ގުޅާފަ އެހެން ބުނެފަ ފޯނު ބޭއްވިތަނާ ލަމްޔާ ގުޅީ، އަހަރެން ކިހިނެތް ހަދާނީ؟ އެއްކޮޅުން ލޯބިވާ ދައްތަ، އަނެއްކޮޅުން ފުރާފަދަ ލޯބިވާ އަހަރެންގެ ލަމްޔާ” އިންގޮތަށް އިނދެ ޝާމިން ވާހަކަ ދައްކަމުން ދިޔައިރު ޝާމިންގެ ހިތުގައި އަޅަމުންދާވޭން ހަސަނަށް ހަމަ ރަނގަޅަށްވެސް އިހްސާސް ކުރެވުނެވެ. ޝާމިން އެހެންއިނދެ ރޮމުންގޮސް ހަސަނުގެ ގައިގައި ބައްދައިލިއެވެ.

ޝާމިން ހަމައަކަށް އެޅުމުން އަނެއްކައިވެސް ލަމްޔާއަށާއި ސަނާއަށް ގުޅުމަށްފަހު މާދަން ދާނެކަމަށްބުނެ ސަނާއާއި ލަމްޔާ ހިތްހަމަޖައްސައިދީ އެދުގައި އޮށޯވެލިތަނާ ޝާމިންއަށް ނިދުނުގޮތްވެސް ނޭނގުނެވެ.
“މިހާރު އެފޯނަށް ގުޅުނު އަދަދުވެސް ނޭނގެ، ކޮންމެ ފަހަރަކުވެސް ބުނަނީ ނިއްވާލާފައޭ، އަނެއްކާ ކިހިނެތްވީބާ؟” މަރީނާގެ ބޮލުތެރޭގައި އެނބުރެމުންދާ ހިޔާލުތަކުން ނުނިދިގެން ދެކޮޅަށް ފުރޮޅި ފުރޮޅި އެނދުމަތީގައި އޮތެވެ. ނަމަވެސް ސަނާއަށް ދެރަގޮތެއް ނުވާނޭ ހިތަށްއަރުވާލައި މިފަހަރުވެސް މަރީނާ ހިތްހަމަ ޖައްސައިލިއެވެ.

“ޝާމިން، ޝާމިން، ތެދުވޭ މިހާރު 6:00 ޖަހައިފި، އަދި ބޮޑުމީހާއަށްވެސް އަންގަން ޖެހޭނޭނުން” ހަސަނަށް ހޭލެވުމާއި އެކު ޝާމިންއަށް ގޮވާ ހޭލެއްވުމަށްފަހު ގޮސް ފާހާނައަށް ވަނެވެ.

ފެންވަރައި ތައްޔާރުވެގެން ޝާމިންމެން އަވަސްވެގަތީ ހައުސްކީޕިންގެ ބޮޑުމީހާއާއި ބައްދަލުކުރުމަށެވެ. ހައުސްކީޕިންގެ ބޮޑުމީހާއާއި ބައްދަލުކޮށް ވާހަކަ ދައްކައި ޝާމިންމެންނަށް ވެގެންއުޅޭގޮތް ކިޔައިދިނުމުން ޝާމިންއަށާއި ހަސަނަށް 10 ދުވަހުގެ އެމަރޖެންސީ ލީވް ދިނުމަށްފަހު ރަށަށް ފޮނުވާލެވިގެން ދިޔައެވެ.

ހަނިމާދޫއަށް އާދެވުމާއިއެކު ލޯންޗުން ފައިބައި ޝާމިންމެން ބަލާއައިސް އޮތް ހަސަނުމެންގެ ގޭގައި ދުއްވާ ލޯންޗްގެ މީހުންކައިރީ މަޑުކުރުމަށްބުނެ ޝާމިން ފުރަތަމަވެސް ބެލީ މިއަދު ހަވީރުނަމަވެސް މާލެ ދިއުމަށް ފުރާ ފްލައިޓެއް އޮތްތޯއެވެ. ނަސީބު ކަންދިމާކުރިގޮތުން ހަވީރު 05:00 ގައި ފުރާ ފޮލައިޓެއް އޮތުމުން ޝާމިންމެން އަވަހަށް ޓިކެޓް ނެގުމަށްފަހު އައިސް އުތީމަށް ދިއުމަށްޓަކައި ލޯންޗަށް އެރިއެވެ.

ލޯންޗް އުތީމުގެ ފަޅުތެރެއަށް ވަދެގެން އައިސް ޖެޓީއާއި ގާތްކުރިއިރު ތަންކޮޅެއް ދުރުގައި ހުރި ބުރެއްގެމަތީ ލަމްޔާއާއި ހަރީހާ އިށީނދެލައިގެން ތިބިތަން ފެނުނެވެ. ޝާމިންގެ ލޮލުގައި ލަމްޔާ އަޅައިގަތީންސުރެ ޝާމިންގެ ނަޒަރު ލަމްޔާއާއި ވަކިކޮށެއް ނުލެވުނެވެ. ލަމްޔާގެ އެދޮންރީތިމޫން ވަނީ މިލާ މޯޅިވެފައެވެ. ރޮއެރޮއެ ގޮސް މީހާގެ މޫނު ރަތްވެފައިވާއިރު އެމޫނުމަތިން ފެންނަމުންދިޔަ މާޔޫސީ ކުލަވަރުން ހީވަނީ މީންދުވަހު އުފަލެއް ލިބިފައި ނުވާހެންނެވެެ.

ލޯންޗުން އެއްޗެހި ބޭލުމަށްފަހު ލަމްޔާމެންތިބި ހިސާބަށް ދިއުމަށް ޝާމިންމެން ހިނގައިގަތެވެ. “ލަމް” ލަމްޔާމެން ތިބި ބުރާހަމައަށް ދެވުމާއި އެކު ޝާމިން، ލަމްޔާއަށް ގޮވައިލިތަނާހެން ލަމްޔާ ބާރަށް ރޮއެގަނެ ޝާމިންގެ ގައިގައި ބައްދާލިއެވެ. ޝާމިން، ލަމްޔާއަަށް ހިތްވަރުދެމުން ބޮލުގައި ފިރުމައިލުމަށްފަހު ހަސަނުމެންގެ ގެއަށް ދިއުމަށް އެންމެން އެކީ ހިނގައިގަތެވެ.
ހަސަނުމެންގެ ގެއަށް ވަދެވުމާއިއެކު ފެންޑާގައި ހުރި އުނދޯލީގައި ޝާމިންއާއި ލަމްޔާ އިށީއިނުމުން ޝާމިންގެ އެއްޗެހިތަށް ވެއްދުމަށްޓަކައި ހަސަނު ގޭތެރެއަށްވަތްއިރު ހަރީރާވެސް ހަސަނުގެ ފަހަތުން އެތެރެއަށް ވަނީ ލަމްޔާއާއި ޝާމިންއަށް އެކަނި ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ.

“ދެން ނުރޮއެ ހުއްޓާލާ، އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް، އަހަރެން މިހުރީނުން، އަހަރެން ވަރަށް އަވަހަށް ލަމްއާ މެރީކުރާނަން، އެދުވަސް އަންނަންދެން މިގޭގަ ހަރީރާ ދައްތަ ކައިރީ މަޑުކުރޭ އިނގޭ” ގެއަށްއައިސް ވަދެވުނު އިރުވެސް ލަމްޔާ ރޮމުން ގެންދިއުމުން ޝާމިން ހުއްޓުމެއްނެތި ލަމްޔާއަށް ހިތްވަރުދެމުން ވަރަށް އަވަހަށް އިންނާނެ ވާހަކަ ބުނެ ލަމްޔާގެ ކޯތާފަތް މަށްޗަށް ފައިބަމުންދިޔަ ކަރުނަތަށް ފުހެދިނެވެ.

“ޝާމިން އެކަމަކު މަންމަ އެދިޔައީ، އަހަރެން ދޫކޮށްލާފަ، އަަހަރެން އަބަދުވެސް ބޭނުންވި އަހަރެން މީހަކާ އިންނަ ދުވަހު މަންމަ އަހަރެންގެ ކައިރީގަ ހުންނަން، އެކަމަކު ދެން ކީއްކުރާނީ، މަންމަ މިހާރު އެވަނީ މިދުނިޔެއާ ވަކިވެފަ، ދެން ދުވަހަކުވެސް….” ޝާމިން އެހެން ބުނުމުން ލަމްޔާ އުފާވިއެއްކަމަކު ހައްވާފުޅު ނެތްކަމުގެ އިހްސާސް ކުރެވުމުން އަނެއްކައިވެސް ލަމްޔާއަށް ރޮވޭގޮތް ވިއެވެ. ރޮއެރޮއެ ގޮސް ލަމްޔާއަށް ވަރުބަލިކަން އިހްސާސް ކުރެވެމުން ދިއުމުން އުދޯލީގައި އޮށޯވެ ޝާމިން ފައިގެ ފަލަމަސްގަނޑުގައި ބޯއަޅައިލިއެވެ. އަދި މަޑުމަޑުން ލޯމެރެމުން ގޮސް ލަމްޔާއަށް ނިދުނު އިރުވެސް ލަމްޔާގެ ގިސްލުމުގެ އަޑު ޝާމިންއަށް އިވެމުންދިޔައެވެ.

“ލަމްޔާއަށް ކިހިނެތްވީ؟” ކޮޓަރިތެރޭގައި އެއްޗެހިތަށް ބެހެއްޓުމަށްފަހު ހަސަނު ފެންޑާއަށް ނުކުތްއިރު ލަމްޔާ އޮތްގޮތުން ޝާމިން ކައިރީ ސުވާލުކޮށްލިއެވެ. އެވަގުތު ހަރީރާވެސް ސިޓިން ރޫމްގައި އިނދެފައި ބޭރަށް ނިކުތެވެ. “ރޮއެރޮއެ ގޮސް މީހާ ވަރުދެރަވީ، ހަސަން އަހަރެން މާލެ ދާކަމެއް އަދިވެސް ލަމްޔާއަކަށް ނޭނގޭނެ، އެކަމަކު ހޭލީމަ ބުނާނަން، ކޮންމެ ގޮތެއްވިޔަސް ލަމްޔާ ކައިރީ ބުނެފައޭނުން ދެވޭނީ” ހަސަނު ކުރި ސުވާލަށް ޖަވާބުދެމުން ޝާމިން އެހެންބުނިތަނާ މާލެދަނީ ކީއްކުރަންތޯ ޝާމިން ކައިރީ ހަރީރާ ސުވާލުކުރިއެވެ. “ދައްތަ ވެސް ހޮސްޕިޓަލުގަ ބާއްވާފަ އޮތީ، ރޭގަ ގުޅާފަ ބުނީ މާލެ އައިސްދީބަލާށޭ” ސަނާއަށް ވީގޮތުގެ އިތުރު ތަފްސީލު ޝާމިން، ހަރީރާއަށް ދޭންބޭނުން ނުވާތީ އެހެންބުނެ ވާހަކަ އޮޅުވައިލިއެވެ.

“ރޭ ކިހާއިރަކު ލަމްޔާގެ މަންމަ ވަޅުލީ؟” ޝާމިން، ހަރީރާއާއި ސުވާލުކޮށްލުމުން ހައްވާފުޅު މަރުވިތާ މާގިނައިރެއްނުވެ ވަޅުލައިފިކަމަށްބުނިއިރު ހަރީރާގެ ލޯ ފެންކަޅިވެގެން ދިޔަތަން ޝާމިންއަށް ފެނުނެވެ. އެހެންކަމަށްވުމުން ޝާމިން އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީ ބޯޖަހައިލުމަށްފަހު ނިދިފައި އޮތް ސަނާގެ މޫނަށް ބަލައިލިއެވެ.

“ދެން ހިނގާ ސައިބޯން ދޯ؟” ޝާމިންމެން ކައިރީ ސައިބޯން އައުމަށްބުނެ ހަރީރާ ބަދިގެ ފަރާތަށް ދިޔައެވެ. “ޝާމިން ހިނގާ ސައިބޯން، މިއަދު އަދި އެއްވެސް އެއްޗެއް ނުކަމޭނުން” ހަސަނުގެ ކޮނޑުގައި އަތްބާއްވާލަމުން ޝާމިންކައިރީ ހަސަނު އެހެންބުނިކަމުގައިވީނަމަވެސް ޝާމިން ސައިބޯހިތް ނެތްކަމަށް ބުނުމުން ހަސަނު އިތުރު ވާހަކައެއް ނުދައްކާ ބަދިގެފަރާތަށް ދިޔައެވެ.

“ސަނާއަށް ކިހިނެތްވީ؟ މާބޮޑަށް ބަލިވީތަ؟” ސައިބޯން އިނދެ ސަނާއަށް ވީގޮތް އިތުރަށް އޮޅުންފިލުވަން ބޭނުންވާތީ ހަރީރާ، ހަސަނު ކައިރީ ސުވާލުކޮށްލުމުން ސަނާއަށް ކަންތަށް ދިމާވިގޮތް ކިޔައިދިނެވެ. “ހާދަ ނުލަފާ މީހެކޭ ދޯ އެ؟ ދެން ކިހާއިރަކު ފުރަނީ؟” ސަނާއަށް ދިމާވި ކަންތަކުގެ ވާހަކަ ހަރީރާއަށް ކިޔައިދިނުމުން ހައިރާންވެ ދެލޯބޮޑުވެފައި އިނދެ އަނެއްކައިވެސް ހަރީރާ، ހަސަނު ކައިރީ ސުވާލުކޮށްލިއެވެ. “ހަވީރު ފުރާ ފްލައިޓުން ޓިކެޓް ނަގާގެން މިއައީ” ހަރީރާކުރި ސުވާލަށް ޖަވާބުދެމުން ދެން ނުކެވޭނެ ކަމަށްބުނެ ފެންފޮދެއް ބޯލުމަށްފަހު ގޮނޑިން ތެދުވެ ހަސަނު ބޭރަށް ނިކުތެވެ.

“ލަމްޔާ ކޮޓަރިއަށް ގެންދަންވީނުން” ހަސަނު ނިކުތްއިރުވެސް ލަމްޔާ އުނދޯލީގައި އެގޮތަށް ނިދާފައި އޮތުމުން ހަސަނު، ޝާމިން ކައިރީ އެހެންބުނުމުން ޝާމިންގެ އަތްދަނޑި މައްޗަށް ލަމްޔާ ލައިގެން ގޮސް ކޮޓަރިއަށްވަދެ އެނދުގައި ބޭއްވުމަށްފަހު ޝާމިން ބޭރަށް ނިކުތެވެ.

“އަހަރެން ބޭނުމީ ޖައްސާލަން” ޝާމިންގެ ހާލަތު ރަނގަޅަށްވެސް ހަސަނަށް އިހްސާސް ކުރެވެމުން ދިއުމުން ޝާމިންއަށް ކޮޓަރި ދެއްކުމަށްފަހު ވަރުބަލިވެފައި ހުރުމުގެ ސަބަބުން ހަސަނުވެސް ޖައްސާލިއެވެ.

**** **** ****

ފުންމައިގެން ޝާމިންއަށް އެނދުން ތެދުވެވުނީ ހޭލެވުނުއިރު ގަޑިން 14:00 ޖަހައި ބޮޑުވެފައި ހުރުމުގެ ސަބަބުންނެވެ. އަވަހަށް އެނދުން ތެދުވެ ފެންވަރާ ތައްޔާރުވެލައިގެން ނިކުތްއިރު ސިޓިންރޫމްގައި ހަސަނުއިންތަން ފެނި ހަސަނު ކައިރިއަށްގޮސް ޝާމިންއަށް ނުގޮވުމުން ޝަކުވާކުރިއެވެ. “އަހަރެން ހަނދާން ނެތިފަމީނީ، އަވަހަށްދޭ ލަމްޔާ ކައިރީ އެވާހަކަ ބުނެފަ އަންނަން، އެބައޮތް ކޮޓަރިތެރޭ، މަ ލޯންޗް ރެޑީކުރާނަން 15:00 ޖަހާއިރަށް” ޝަމިންކައިރީ އެހެންބުނެ ލޯންޗް ދުއްވުމަށް ހަމަޖައްސާފައި ހުންނަ އާދަނަށް ގުޅުމަށް ފޯނުނެގިއެވެ.
“އެބައަންނަން ލަމް ކައިރީ އެވާހަކަ ބުނެފަ، އެކަމަކު ލަމް ދެރަވާނެވަރު ހިތަށް އަރާފަ ބުނަން ޖެހިލުންވެސްވޭ” ހަސަނު ކައިރީ އެހެންބުނެ ލަމްޔާ އޮތް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ލަމްޔާ އޮތް ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ޝާމިން އެތެރެއަށްވަދެ އެނދުމަތީގައި އޮތް ލަމްޔާގެ ކައިރީ އިށީނުމަށްފަހު ލަމްޔާގެ އަތުގައިހިފައި ހާލުކިނެތްތޯ ޝާމިން ސުވާލުކޮށްލިއެވެ. “ރަނގަޅު، އެކަމަކު ވަރަށް ހަނދާންވޭ މަންމަ މަތިން” ޝާމިންކުރި ސުވާލަށް ޖަވާބުދެމުން އަނެއްކައިވެސް ލަމްޔާއަށް ހައްވާފުޅުގެ ވާހަކަ ދެއްކުނެވެ. “ލަމް އަހަރެން މިއަދު މާލެ ދާން ޖެހޭއެބަ، ދައްތަ ވަރަށްބަލި ހޮސްޕިޓަލުގަ އޮތީ، އަހަރެން ދިޔަސް ދެރަނުވައްޗޭ އިނގޭ، ދައްތަ ގޮވާގެން ވަރަށް އަވަހަށް އަންނާނަން” ލަމްޔާގެ ހާލަތާއި ދޭތެރޭ ވިސްނައިލުމަށްފަހު ވަރަށް ހިތްވަރުކޮށްފައި ޝާމިން އެހެންބުނީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. ފަހަރެއްގައިވެސް ލަމްޔާ އެކަނި ކޮށްފަ ދާއްބޭނުންވެގެންނެއްނޫނެވެ. “ދައްތަ ތިހާ ބަލިކޮށް އުޅެންޏާ ދިޔަސް އެންމެ ރަނގަޅު، އެކަމަކު އަވަހަށް އަންނަށްޗޭ، ކޮންއިރަކުން ފުރަނީ؟” ލަމްޔާގެ ކައިރީގައި ޝާމިން ބަހައްޓަން ބޭނުންވިކަމުގައިވީ ނަމަވެސް ޝާމިންއަށް އިތުބާރު ކުރާތީ އިތުރު ޝަކުވާއެއް ނުކޮށް ޝާމިން ދިއުމުގެ ހުއްދަދީ ޝާމިން ފުރަން ހަމަޖެހިފައިވާ ގަޑި އޮޅުން ފިލުވަން ބޭނުންވާތީ އަނެއްކައިވެސް ޝާމިންއާއި ސުވާލުކޮށްލިއެވެ. “ތޭންކްސް، މިކޮޅުން ފުރަން މިއުޅެނީ 15:00ޖަހާއިރު، ފްލައިޓް އިނީ 05:00 ޖަހާއިރު” ޝާމިން، ލަމްޔާއަށް ޝުކުރު އަދާކޮށް ލަމްޔާކުރި ސުވާލަށް ޖަވާބުދީ ލަމްޔާގެ އަތަށް ބޮސްދިނުމަށްފަހު ކޯތާފަތުގައި ފިރުމައިލިއެވެ.

“ޝާމިން ހިނގާއަވަހަށް ދާން ލޯންޗް ރެޑީގަ އޮތީ” ލަމްޔާއޮތް ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ހަސަނު އެހެންބުނުމުން ލަމްޔާއާއި ސަލާން ކޮށްލުމަށްފަހު ދަނީކަމަށްބުނެ ކޮޓަރިން ނިކުތުމަށް ހިނގައިގަތްއިރު ލަމްޔާވެސް ޝާމިންގެ ފަހަތުން ބޭރަށް ނިކުތެވެ.

“ފުރަނީ ދޯ؟ ނުވެސް ކަމޭނުން އަދި” ދަބަސް ހިފައިގެން ޝާމިން ނިކުންނަތަން ފެނުމުން ހަރީރާ އެހެން ބުނުމުން މިހާރު މާބޮޑަށް ލަސްވެެއްޖެ ކަމަށްބުނެ ހަރީރާއާއި ސަލާންކޮށް ހިތްހެޔޮކުރުމަށްބުނެ ހަސަނާއިއެކު ގެއިން ނިކުތުމަށްފަހު ޖެޓީއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.

ލޯންޗް ހަނިމާދޫ ފަޅުތެރެއިންވަދެ ޖެޓީއާއި ގާތްކޮށްލުމުން ޝާމިންގެނައި އެއްޗެހިތަށް ބޭލުމަށްފަހު އެއާރޕޯޓްތެރެއަށްވަދެ ޗެކިންގެ ކަންތަކައިގެން ކުރިއަށްދިޔައެވެ.

“ހަލޯ މީޝާމިން، އަފީފް ދެއްތޮ؟ އަޅުގަނޑުގެ ދައްތަ ސަނާއަތަށް ފޯނު ދީފާނަންތޯ؟” ޗެކިންގެ ކަންތަށް ނިމުމާއިއެކު ރޭގައި ޝާމިންގެ ފޯނަށް ގުޅާފައިވާ އަފީފްގެ ނަންބަރަށް ގުޅައިލުމަށްފަހު ސަނާއަތަށް ފޯނު ދިނުމަށްއެދުނެވެ. ” އާދެ އަފީފް ވާހަކަ ދައްކަނީ، އަޅުގަނޑު މިވަގުތު މީނީ ހޮސްޕިޓަލަކު ނޫން އެކަމަކު އަޅުގަނޑު ހުންނާނެ ސަނާގެ ކަންތަކުގަ އެހީތެރިވެދޭނެ މީހަކު ސަނާ ކައިރީ ބަހައްޓާފަ” ޝާމިންގެ ކޯލަށް ޖަވާބުދާރީވަމުން އަފީފް އެހެންބުނުމުން ޝާމިން، އަފީފްކައިރީ ޝާމިން މިހާރުމި ފުރަނީކަމަށްބުނެ ފޯނު ބޭއްވިއެވެ.

ހުޅުލޭ އެއާރޕޯޓަށް ބޯޓު ޖެއްސުމާއި އެކު ޝާމިންއަށްވީ އެންމެ އަވަހެއްކޮށް ނިކުމެ ފެރީއަަށް އެރިއެވެ. 10 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ފެރީ ޖެޓީއާއި ކައިރިކުރުމުން ފެރީއިންފައިބައި ކާރަކަށް އެރުމަށްފަހު ސަނާ އޮތް ިހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ސަނާއަށް ޝާމިން ފެނުމާއިއެކު ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަތަށް ފައިބައިގަތެވެ. “ދައްތާ ދެންނުރޮއެ، އިރާދަކުރެއްވިއްޔާ ދެން ހުރިހާކަމެއްވެސް ރަނގަޅުވާނެ” ސަނާ ރޯތަންފެނުމުން ޝާމިން ދެރަވިއެއްކަމަކު ލޮލުތެރެއަށް ޖަމާވަމުންއައި ކަރުނަތަށް އެތެރެއަށް ހިންދާލަމުން ސަނާއަށް ހިތްވަރުދިނެވެ.
“އަޅުގަނޑުމެން ވާނީ މިމައްސަލާގައި އެ އެންމެން ހައްޔަރުކޮށްފައި، ސަނާވެސް ކުރިއަށްވުރެ ހާލު ރަނގަޅުވަމުން އަންނާތި ޑޮކްޓަރުވެސް މިއަދު ބުނުއްވާފަ އޮތީ ސަނާ ދޫކޮށްލާ ވާހަކަ، އެކަމަކު ސަނާގެ ބެލެނިވެރިއެއް އަންނަންދެން މަޑުކޮށްގެން އެތިބީ، ދެން އަފީފް ވަކިއެއްޗެއް ވިދާޅުވީމަ އަޅުގަނޑަށް އެންމެ ރަނގަޅު ސަނާ ގޮވައިގެން ރަށަށްފުރިއަސް” ސަނާގެ ކަންތަކާއި ހަވާލުވެގެން ހުރި މީހާ ޝާމިން އާއި ވާހަކަ ދައްކަމުން ދިޔައެވެ.

“އެކްސް ކިއުޒް، މީތޯ ސަނާގެ ބެލެނިވެރިއަކީ؟” އިރުކޮޅެއްތެރޭގައި އެތަނަށް އައި ނަރުސް ކުއްޖާ ޝާމިންއާއި ސުވާލުކޮށްލުމުން އާނ އެކޭ ބުނުމުގެ ގޮތުން ޝާމިން ބޯޖަހައިލިއެވެ. އަދި ނަރުސް ކުއްޖާގެ އެދުމުގެމަތިން އެކުއްޖާއާއި އެކު ޑޮކްޓަރު އިންނަ ކޮޓަރިއަށް ދިއުމަށް އެކުއްޖާގެ ފަހަތުން ޝާމިން ހިނގައިގަތެވެ.

“އަޅުގަނޑުމެން ބެލި ބެލުމުން ސަނާއަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިފަ، އެކަމުގެ ސަބަބުން ސަނާގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް އެކަމުން އަސަރުކޮށްފަ، ސަނާ ހިތުގަ ނުޖައްސާ ލޯބިދީގެން ގެންގުޅެވޭތޯ ބަލާތި، އަދި ގަވައިދުން ބޭސް ދެމުން ގެންދާތީ” ޑޮކްޓަރުގެ ކޮޓަރިއަށް ޝާމިން ވެއްދުމަށްފަހު އެތާއިން ގޮނޑިއެއްގައި ޝާމިން ބައިންދައި ސަނާއަށް ލިބިފައި ހުރި އަނިޔާތަށް ކިޔައިދެމުން ގޮސް ސަނާއަށް ގަވައިދުން ބޭސްދީގެން ގެންގުޅެފިއްޔާ މުޅިން ރަނގު ވާނެކަމަށް ބުނެ ސަނާ ދޫކޮށްލެވިގެން ދިޔައެވެ.

“އަފީފް އަޅުގަނޑުމެން ކިހިނެތްތޯ ހައްދަވަންވީ؟ އަދި މިކޮޅުގަ މަޑުކުރައްވަން ޖެހޭނެތޯ؟” ހޮސްޕިޓަލުގައި ސަނާއާއި ހަވާލުވެގެން ހުރި އަންހެންމީހާ އަފީފްއަށް ގުޅައި ސަނާ ގެއަށް ދޫކޮށްލިވާހަކަ ބުނުމުން އަފީފް އައިސް ޝާމިންމެން ކައިރީ ހުއްޓުނުތަނާ ޝާމިން، އަފީފްއާއި ސުވާލުކުރިއެވެ. “ނޫނޭ، ދެން އެންމެ ރަނގަޅު ރަށަށް ފުރިއަސް، އަޅުގަނޑުމެން މިމައްސަލައާއި ބޭހޭގޮތުން އިތުރަށް ސަނާއާއި ސުވާލުކުރަން ބޭނުން ވެއްޖިއްޔާ ކުޅުދުއްފުށީ ޕޮލިސްޓޭޝަން މެދުވެރިކޮށް މިކަންތަށް ބެލޭނެގޮތް ހުންނާނީ ހަމަޖައްސަދީފަ” އަފީން އެހެންބުނެ ޝާމިންމެން ރަށަށް ދިއުމުގެ ހުއްދަ ދިނުމުން ޝާމިންއާއި ސަނާ ވަރަށް އުފާވިއެވެ. އަދި އަފީފްއަށް ޝުކުރު އަދާކޮށް ސަނާ ގޮވައިގެން ޝާމިން ހޮސްޕިޓަލުން ނިކުމެ އެތާ ކައިރީގައި ހުރި ކުލީ ކޮޓަރިދޭތަނަކުން ކޮޓަރިއެއް ނެގިއެވެ.

“ދައްތާ ދެން ނިދޭތޯ ބަލާ، އަންނާނަން މާދަމާ ފުރާ ފްލައިޓެއް އޮތްތޯ ބަލާފަ ޓިކެޓް ނަގައިގެން” ސަނާއަށް ބޭސްދީ އެނދުގައި ބާއްވައިލުމަށްފަހު މާދަމާ ފުރާއެއްޗަކުން ޓިކެޓްނަގަން ދިއުމަށްޓަކައި ޝާމިން ކޮޓަރިން ނިކުތެވެ.

ފުދޭވަރަކަށް ދުރަށް ހިނގުނުތަނާހެން ޝާމިންއަށް ޓިކެޓް ވިއްކާތަނެއް ފެނުމާއިއެކު އެތަނުގެ ތެރެއަށްވަދެ މައުލޫމާތު ސާފުކުރުމަށްޓަކައި ކައުންޓަރުގައި އިން ކުއްޖާ ކައިރީ ޝާމިން ސުވާލުކޮށްލިއެވެ. އެކުއްޖާ ދިން މައުލޫމާތުން ޝާމިންމެންނަށް އެންމެ އަވަހަކަށްވެސް ފުރެންއޮތީ 09:30ގައި ކަމުން އެގަޑީގައި އޮތް ފްލައިޓުން ޓިކެޓް ނެގުމަށްފަހު ޝާމިން އެތަނުން ނިކުމެ ޝާމިން ހިފާފައިހުރި ކޮޓަރިއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ހިނގަމުންގޮސް މަގު ކުރުކޮށްލާނަމޭހިތާ ޖެހިގެންއިން ހަނިގޯޅި އަޅައިލިއެވެ. ގަޑީގެގޮތުންނާއި ފުދޭވަރަކަށް އަނދިރިވެފައި އޮތުމުން އެގޯޅިގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. “އޭ ބްރޯ” ވަކި ހިސާބަކަށް ދެވުނުތަނާހެން މީހަކު އެހެންބުނިއަޑަށް ޝާމިން ފަހަތްބަލައިލިއެވެ. ގޯޅިގަނޑު އަނދިރިކޮށް އޮތުމުން ޝާމިންއަށް އެމީހެއްގެ މޫނު ވަކިވާވަރެއް ނުވިއެވެ. އެމީހަކު ހިނގާފަ އައިއިރު ފައި ހިއްލާލާނެ ވަރުވެސް ނެތްކަހަލައެވެ. ބިންމަތީގައި އަރައިގެން ހުރި ފައިވާން ކާއްތަމުން އައިސް ޝާމިންއާއި އަރާ ހަމަކޮށް އެތެރެއަށް ނޭފަތް ދަމައިލުމަށްފަހު ޝާމިންގެ ކޮނޑުގައި ޖަހައިލިއެވެ. “އޭ ބްރޯ މިއުޅެނީ ވަރަށް ދެރަކަމެއްވެގެން، މަގޭ މަންމަ ހޮސްޕިޓަލުގަ ބާއްވާފަ އޮތީ، މިއުޅެނީ ބޭސްނަގަން ޖެހިގެން، މަށަށް އެހީއެއްވެދީބަލަ” އެމީހާގެ އަމަލުތަށްހުރި ހުރިގޮތުންނާއި ވާހަކަ ދެއްކި ގޮތުން ޝާމިންއަށް އޭނާ އެހަދަނީ ހުސްދޮގުކަން ޔަގީންވިއެވެ. “ނެތް މިވަގުތަކު ލާރިއެއް” ޝާމިން ހިތްހަމަނުޖެހިފައި ހުރެ އެހެންބުނެ ހިނގައިގަތް ވަގުތު އެމީހާ ޝާމިންގެ އަތުގައި ހިފެހެއްޓިއެވެ. “ނުދީފިއްޔާ މަރާލާނަން” އެމީހާ އެހެންބުނެ ލައިގެން ހުރި ފަޓުލޫނުގެ ޖީބުން ވަޅިއެއް ނެގުމަށްފަހު ޝާމިންއާއި ދިމާއަށް ދިއްކޮށްލިއެވެ. ޝާމިން އައިސްފައިހުރި ރުޅި ދެގުނައަށް އިތުރުވެ އެމީހާ ވަޅިދިއްކޮށްގެން ހުރި އަތުގައި ހިފައި އެމީހާގެ އަތް އަނބުރައިލިއެވެ. “ކަލޭމެން ހާދަ ފިނޑިއޭދޯ؟ އަތުންފައިން މަސައްކަތެއް ކުރަން ނުކެރޭއިރު އަދިވެސް އެހެންމީހުން ފެލައިގެން ތިގޮތަށް އުޅެންތަ ތިގަސްތުކުރަނީ؟ ކަލޭމެން ހީކުރީތަ ކަލޭމެންނަށް އެކަނިކަމަށް ކަންތަށް ކުރެވޭނީ؟ ބަލަ އަހަރެމެންވެސް ބުރަ މަސައްކަތް ކޮށްގެންނޭ ލާރި ހޯދަނީ، އަހަރެމެންވެސް ކުރަންޖެހޭ މުހިންމު ކަންތަށްތަށް ހުރެއޭ، ތިހާ ލާރިބޭނުމިއްޔާ ކޮންމެސް މަސައްކަތެއްކޮށްގެން އަމިއްލައަށް ލާރިހޯދާ” ޝާމިން އެހެންބުނެ އެމީހާގެ ގައިގައި އަޅައި ކޮށްޕައިލިތަނާ އެމީހާގެ ހާލަތުހުރި ގޮތުން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ޝާމިން ބަލާކަށްނުހުރެ ގައިހުރިބާރެއްލައި ދުއްވައިގަތެވެ.

ޝާމިން ދުވެފައި އައިސް ކޮޓަރިއަށްވަތްއިރު މީހާހުރީ މާނޭވާލެވިފައެވެ. އެނދުމަތީގައި އެއްޗެހިތަށް ބެހެއްޓުމަށްފަހު ފާހާނައަށްވަދެ ފެންވަރާއިގެން ނިކުމެ ބާލީސް ހިފައިގެން އައިސް މުށިގަނޑުމަތީ އޮށޯވެލިއެވެ.

*** *** ***
ފޯނު އެލާމްވާއަޑަށް ޝާމިންއަށް ހޭލެވުމުން އެލާމް އޮފް ކޮށްލުމަށްފަހު ފާހާނައަށް ވަނުމަށްޓަކައި ހިނގައިގަތްއިރުވެސް ސަނާ އޮތީ ނިދާފައެވެ.
“ދައްތާ ތެދުވޭ ޗެކިން ފެށުމުގެ ކުރިން ދެވޭތޯ ބަލަންވާނޭނުން” ޝާމިން ގޮވާލުމުން ސަނާ ސިއްސައިގެންގޮސް ޝާމިންގެ މޫނަށް ބަލަހައްޓައިގެން އޮތީ ބިރެއްފެނިފައި އޮތްހެންނެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ފާހަނައާއި ދިމާއަށް ހިނގައިގަތުމުން ޝާމިން ތައްޔާރުވާން ފެށިއެވެ.

ފްލައިޓް ފުރައިގެން ހަނިމާދޫ އެއާރޕޯޓަށް ޖެއްސިއިރު ޝާމިން އެވަރަށް ސަނާއާއި ވާހަކަ ދެއްކުމުންވެސް ސަނާ އިތުރު އެއްޗެއް ނުބުނުމުން ޝާމިން ދެރަވިއެއްކަމަކު އެކަމެއް ސަނާއަކަށް ނުދައްކައެވެ. ބޯޓުން ފައިބައި އެއްޗެހިތަށް ހިފައިގެން ޖެޓީއާއި ދިމާއަށް ގޮސް ލޯންޗެއް ނަގައިގެން ރަށަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.

ސަނާގޮވައިގެން ގޭތެރެއަށް ވަދެގެން ދިޔައިރު ސަނާއަށް ގޭތެރޭގެ ތަންތަން ބެލެމުންދިޔައީ ކުރިއާއި އަޅައިބަލާފަ ގޭތެރެމުޅިން ތަފާތުވުމުންނެވެ. ގޭގެ ގޯތިތެރޭގައި ކުރީގައި ފަނުން ހަދާފައިހުރި ބަދިގެއާއި ކާގެ ނެގުމަށްފަހު މިހާރު އެތާހުރި ކާގެއާއި ބަދިގެވަނީ ރީތިކޮށްރާނާފައެވެ. ގޭވެސް ބޮޑުކޮށް ހަދާފައިވާއިރު ސިޓިންރޫމްގައި މުށިޖަހައި އެންމެ ޒަމާނީ ތަކެތި ވެއްދިފައިވެއެވެ. އަދި ގޭގައި ބޮޑު 4 ކޮޓަރިހުރި އިރު މީގެ ދޮޅުއަހަރު ދުވަސްކުރިން މީ ސަނާ އުޅެފައިދިޔަ ގެއޭވެސް ނުބުނާނެއެވެ. މުޅި ގޭތެރެއަށް ނަޒަރު ހިންގައިލުމަށްފަހު ޝާމިންއާއި ދިމާއަށް ބަލައިލައި ސަނާ ހިނިތުންވެލިއެވެ. ސަނާ އަބަދުވެސް އުއްމީދުކުރި ގޮތަށް ޝާމިން އެވަނީއަމިއްލަ ފައިމައްޗަށް ތެދުވެ ޒިންމާނަގައިފައެވެ. “ދަރިފުޅާ، މަންމަ ހާދަ އުފާވެއްޖޭ ދަރިފުޅު ފެނުނީމަ، ދެން ނުދާނަންދޯ؟ ކޮބާ ފަލާހް؟” ގޭތެރޭގައި މީހަކު އުޅޭހެން ހީވެގެން ފާހާނާގައި ހުރި މަރީނާ ބޭރަށްނުކުތްއިރު މަރީނާއަށް ސަނާ ފެނުމާއިއެކު ދުވެފައި ގޮސް ސަނާގެ ގައިގައި ބައްދައިލުމަށްފަހު އެހެންބުނެ ފަލާހް ކޮބައިތޯ ސުވާލުކުރުމުން ސަނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މަރީނާ، ސަނާގެ ގަޔާއި ދުރުކޮށް ޝާމިންގެ މޫނަށް ބަލައިލުމަށްފަހު ސިިޓިންރޫމްގައި ހުރި ސޯފާގައި އިށީނެވެ.

ސަނާ ވަކިއެއްޗެއް ނުބުނެ އެއިންގޮތަށް އިނދެ ރޯންފެށުމުން ޝާމިން، ސަނާގެންގޮސް ސަނާގެ ކޮޓަރީގެ އެނދުގައި ބޭއްވުމަށްފަހު ކޮޓަރިން ނިކުތެވެ. އަދި މަރީނާއަށް ސަނާއާއި ދޭތެރޭ ފަލާހްމެން ކަންތަށްކުރިގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީ މިހާރު ސަނާހުރި ހާލަތު ބުނެދިނުމުން މަރީނާ ފެންކަޅިވިއެވެ. މޮޅިވެފައި ހުރެ މަރީނާ މަޑު ހިނގުމުގައި ގޮސް ސަނާގެ ކޮޓަރިއަށް ވަނުމުން ލަމްޔާއަށް ގުޅައިލުމަށްޓަކައި ޝާމިން ގޮސް ޝާމިންގެ ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ.

“މަރީނާ ކޮބާ ސަނާ، އެމަންޖެ ދެކިލާހިތުން މިއައީ، ފަލާހްވެސް އައިތަ؟” ޝިފާނާއަށް ސަނާއައި ހަބަރު ލިބުމުން މަރީނާމެންގެ ގެއަށްއައިސް މަރީނާ ކައިރީގައި ސަނާގެ ވާހަކަ ދައްކަމުން ގޮސް ފަލާހްގެ ވާހަކަ އެހުމުން މަރީނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ކިހިނެތްވީ؟” ޝިފާނާއަށް މަރީނާގެ މޫނުމަތިން ފެނުނު މާޔޫސީ ކުލަވަރުން މަރީނާއާއި ސުވާލުކޮށްލުމުން ޝިފާނާއަށް ސަނާއާއި ދޭތެރޭގައި ކަންތަށްދިމާވިގޮތް ކިޔައިދެމުން ދިޔައެވެ.

“ޝިފާނާ ދައްތާ” ކޮޓަރިތެރޭގައި އޮތް ޝާމިންއަށް ޝިފާނާގެ އަޑުއިވުމުން ނިކުމެ ޝިފާނާއަށް ގޮވައިލުމަށްފަހު ޝިފާނާ ކައިރިއަށް އައެވެ. އަދި ޝިފާނާއާި މަރީނާ ކައިރީ ލަމްޔާއާއި އިނދެގެން ވަރަށް އަވަހަށް މިގެއަށް ގެންނަވާހަކަ ބުނުމުން މަރީނާ ހިތްހަމަނުޖެހުނުކަން ޝާމިންއަށް ޔަގީންވީ މަރީނާގެ މޫނުމަތިން ރުޅިވެރިން ފެނިގެން ދިއުމުންނެވެ. “އަވަހަށް ގެނޭ އޭރުން ދޯ މަރީނާއަށްވެސް ފަސޭހަވާނީ، ދައްތަ ވަރަށް ބޭނުން ލަމްޔާ ބަލާލަން” ޝިފާނާ އެހެެންބުނެ ޝާމިންގެ ކޮނޑުގައި ޖަހައިލިއެވެ.

“މަންމަ މެންނާ ވާހަކަ ދައްކައިފިން މިހާރު ދެންހަމަ ފޯމްލާންވީ، އެކަމަކު އަހަރެން ބޭނުމެއްނޫން ޕާޓީއެއް ބާއްވާކަށް އެކަމަކު ދޫނި ބޭނުމިއްޔާ އަހަރެން އެކަންތަށްވެސް ކޮށްދޭނަން” މަރީނާމެންގެ ކައިރީ އެވާހަކަ ބުނުމަށްފަހު ކޮޓަރިއަށްވަދެ ލަމްޔާއަށް ގުޅައިގެން އޮވެ ޝާމިން ވާހަކަދައްކަމުން ދިޔައެވެ. “ވަރަށް އުފާ ވެއްޖެ، އަހަރެންވެސް ބޭނުމެއްނޫން ޕާޓީއެއް ބާއްވާކަށް، ބޭކާރު ހަރަދު ކުރުމަކީ އަހަރެން ވަރަށް ފޫހިވާކަމެއް، ޝާމިންގެ މަންމަ ވަރަށް ރަނގަޅުވާނެތަ؟” ލަމްޔާ ވާހަކަ ދައްކަމުންގޮސް މަރީނާގެ ވާހަކަ އެހުމުން ޝާމިންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ލަމްޔާއާއި އެކު ހޭދަވެގެން މިދިޔަ ދުވަސްތަކުގައި ދުވަހަކުވެސް މަރީނާގެ ވާހަކަ ލަމްޔާކައިރީ ޝާމިން ދައްކާފަ ނެތުމުން އެކަމާއި ދޭތެރޭ ޝާމިން އެއްޗެއް ނުބުނެ ފަހުން ގުޅާނެކަމަށްބުނެ ފޯނު ބޭއްވިއެވެ. “އަހަރެން ކިހިނެތް ހަދާނީ ލަމްޔާއަށް ހުރިހާވާހަކައެއް ކިޔައިދޭންވީތަ؟، ލަމްޔާއާއި ދޭތެރޭ މަންމަ ކަންތަށް ކުރާނީ ކިހިނެތްބާ؟” ފޯނު ބޭއްވުމަށްފަހު ޝާމިން ވިސްނަމުންދިޔަ ކަންތަކުން އަނެއްކައިވެސް ޝާމިންގެ ބޯ ހާސްވާން ފެށިއެވެ. ނަމަވެސް މިފަހަރު ކޮންމެ ގޮތެއްވިޔަސް ސަނާއާއި ކައިވެނި ކުރުމަށް ނިންމައި ފޯނުގެ ޑިސްޕްލޭއަށް ލާފައިވާ ލަމްޔާގެ ފޮޓޯއަށް ބަލައިލުމަށްފަހު ދެލޯމަރައިލިއެވެ.

*** *** ***
އޭގެ ހަފްތާއެއް ފަހުން ލަމްޔާއާއި ޝާމިންގެ ކައިވެނި ޝާމިންގެ ރަށު ކޯޓުގައި ކުރެވިގެންދިޔައެވެ. ނަމަވެސް ހަރީރާއަށާއި ހަސަނަށް އާދެވެން އޮތީ އެއްދުވަސް ފަހުންކަމަށްބުނެފައި ވުމުން ގެއަށްއައި މަގުމަތީގައި ހަސަނުމެންނަށް ކުޑަވަރެއްގެ ސައެއް ތައްޔާރުކުރުމަށް ޝާމިން، ލަމްޔާއާއި މަޝްވަރާކުރަމުން ދިޔައެވެ. “ކީއްކުރަން ގެނައި އެއްޗެއް ތީ؟ ތަނަކުން ރަންޑިއެއް ފެންނަ އިރަށް ކަލޭ ނުޖެހޭ އިންނާކަށް، އަދި މަށަށް ނޭނގޭނެކަމަށް ފޮއްޓާއި އެއްޗެހި ކޮޓަރިއަށް ވައްދާފަ ހިނގައްޖޭނުން، އެފޯމާ އެއްޗހި ހިފައިގެން އުޅުނީމަށް މަށަށް އެނގިއްޖޭ އެއުޅެނީ އެކަމެއް ކުރަންކަން، މަށަށް ދައްކައިވެސްނުލާ ވަގުވަގަށް މިއަދު އޭނަ އެރަށަކުން ގެނެސް ކޯޓަށް ގޮސް އިނދެލައިގެން އެއައީނުން” ގެއަށް އައިސް ސިޓިންރޫމުގައި ހުރި ސޯފާގައި ލަމްޔާގޮވައިގެން އިށީނދެލިތަނާ ކޮޓަރިތެރޭގައި ހުރި މަރީނާ ނިކުމެ ޝާމިންއާއި ދިމާއަށް ހަޅޭލަވައިގަތް އަޑަށް ސަނާވެސް ނިކުތެވެ. ޝާމިން ވަކިއެއްޗެއް ނުބުނެ ލަމްޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަނެ ސަނާގެ މޫނަށް ބަލައިލިއެވެ. މަރީނާ ކިތަންމެ އެއްޗެއް މިއަދު ކީކަމުގައިވީނަމަވެސް ޝާމިންގެ ދިފާއުގައި ސަނާ އެއްޗެއް ނުބުނާނެކަން ޝާމިންއަށް އެނގެއެވެ. މީގެކުރިން ހުރިހައި ކަމެއްގައި ޝާމިންއަށް ސަނާ އެހީތެރިވަމުން ދިޔަކަމުގައިވީނަމަވެސް މިއަދު ސަނާގެ އެވިސްނުން ނުހުންނާނެކަން ޝާމިންއަށް އެނގެއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ރަށަށްގެނައި ދުވަހު ސަނާގެ ހާލު ބޮޑުވެެގެން އަނެއްކައިވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިގެން ދިޔައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރެވިގެން ދިޔަތާ ތިންވަނައަށްވީދުވަހު އަނެއްކައިވެސް ސަނާގެ ހާލު ގޯސްވެގެން ގޮސް ސިކުނޑިއަށް ލިބުނު ޝޮކެއްގައި ސަނާވަނީ ދުނިޔެއިން މޮޔަވެފައެވެ. އެކަންތަކާއި ސަނާގެ ވިސްނުންދުރުކުރެވޭތޯ ޝާމިން މަސައްކަތްކުރި ކަމުގައިވީނަވެސް އެކަންތަށް ޝާމިންއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް ޝާމިން އުންމީދު ކަނޑައެއްނުލައެވެ.

އިރުކޮޅަކު އެހެން ހުރުމައްފަހު ލަމްޔާ ގޮވައިގެން ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. “އެއީތަ ޝާމިންގެ މަންމައަކީ؟ ދެން އެހުރީތަ ޝާމިންގެ ދައްތަ؟” ކޮޓަރިއަށް ވަދެވުމާއިއެކު ސަނާ ސުވާލުކުރަން ފެށުމުން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމަށްފަހު ޝާމިން ގޮސްް އެނދުގައި އޮށޯވެލިއެވެ.

ހައިރާންވެފައި ލަމްޔާއަށް އެހުރިގޮތަށް ހުރެ ލަމްޔާގެ ނަސީބާ ދޭތެރޭ ވިސްނާލެވުމުން ރޮވޭގޮތްވިއެވެ. ލަމްޔާ އިސްޖަހައިގެން ހުރެ ފާހާނައަށްވަދެ މޫނު ދޮވެލުމަށްފަހު ނިކުމެ ޝާމިން ކައިރީ އެނދުގައި އޮށޯވެލުމުން ޝާމިން ލަމްޔާއަށް ފުރަގަސްވާގޮތަށް އެނދުމަތީގައި އޮވެ އެނބުރެލީ ލަމްޔާ ކުރާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތުމުންނެވެ. ދެމީހުންކުރެ އެކަކުވެސް އިތުރުވާހަކައެއް ނުދައްކައި އެއޮތްގޮތަށްއޮވެ ނިދުނުއިރެއްވެސް ނޭނގުނެވެ.

*** *** ***

“ކޮބާ ޝާމިން؟ ލަމްޔާ ގެނެސް ބުނެވެސްނުލާ އެސޮރު” ސަނާގެ ހާލުބަލައިލުމަށްޓަކައި މަރީނާމެންގެ ގެއަށް އައިސް ބަދިގެތެރެ ބަލައިލިއިރު ލަމްޔާ ފެނުމުން ޝިފާނާ އެހެންބުނެ ހިނިތުންވެލިއެވެ. “ނޭނގިފަ ދޯ ތިހުރީ؟ މި ޝިފާނާދައްތަ އިނގޭ” ޝިފާނާގެ މޫނަށް ލަމްޔާ ބަލަންހުރިގޮތުން ޝިފާނާ އަމިއްލައަށް ތައާރަފްވެލިއެވެ. “އާނ ނޭނގޭނޭނުން އަދި މިފެނުނީވިއްޔަ، ޝާމިންވެސް އަބަދު ދައްކަނީ ސަނާ ދައްތަގެ ވާހަކަވިއްޔާ، ޝާމިން އެބޮތް ނިދާފަ، މިއުޅެނީ ހޭލަންވާއިރަށް ސައި ތައްޔާރުކުރެވޭތޯ” ހިނުތުންވެހުރެ ލަމްޔާ ވާހަކަ ދައްކަމުންދިޔައިރު ލަމްޔާ ދެއްކިވާހަކައިން ޝިފާނާގެ ވާހަކަ ލަމްޔާކައިރީ ޝާމިން ދައްކާފަ ނެތްކަން އެނގުމުން ޝިފާނާ ދެރަވިއެވެ. ނަމަވެސް އެކަން ލަމްޔާއަށް ފޮރުވުމަށްޓަކައި މިއަންނަނީ ކަމަށްބުނެ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

“ޝާމިން ކީއްވެ ދައްތަ ކައިރީ ލަމްޔާ ގެނައިވާހަކަ ނުބުނީ، އެންމެ ކުޑަމިނުން ލަމްޔާ ކައިރީ އަހަރެންގެ ވާހަކަ ނަންވެސް ނުގަނޭ” ގޭތެރެއަށް ވަދެވުމާއިއެކު ނިދާފައި އޮތް ޝާމިން ހޭލެއްވުމަށްފަހު ޝިފާނާ ޝަކުވާކުރުމުން ޝާމިން ހިނިއަންނަގޮތްވިއެވެ. “އިއްޔެ ރަށުން ގެނައިގޮތަށް ދިޔައީ ކޯޓަށް ދެން ގެއަށް އައިސް ކޮޓަރިއަށް ވަތްތަނާ ނިދުނީ، ހުރިހާކަމެއް އެއްފަހަރާ ކުރަންހަދައިގެން ނޭންގުނީ” ޝިފާނާއާއި ވާހަކަ ދައްކަންއޮވެ މިއަންނަނީކަމަށް ބުނެ ޝާމިން ފާހާނައަށް ވަނުމުން ސަނާގެ ހަބަރެއް ބަލައިލުމަށްޓަކައި ޝިފާނާ ބޭރަށް ނިކުތެވެ.
“މާދަން ހެނދުނު ފުރަންޖެހޭނެ އިނގޭ، މިއަދު އަންނާނެ ހަސަނުއާއި ހަރީރައްތަވެސް” ސައިބޯން އިނދެ ޝާމިން، ލަމްޔާއާއި ވާހަކަދައްކަމުން ގޮސް ހަސަނުމެން އަންނާނެ ވާހަކަ ބުނުމުން ލަމްޔާ އުފާވިއެވެ. “ހޫމްމްމްމް، މިހާރު މީހުން ގެންނަން ފެށީ ދޯ؟ މީނދި އަންހެނާގެ ރަށުން ފާޑުފާޑު މީހުން ގެނެސް މިގެއަށް ވައްދައިގެން ނުވާނެ” ޝާމިން ދެއްކި ވާހަކަތަށް އަޑުއަހަންހުރެފައި ކާގެތެރެއަށްވަދެ ޝާމިންއާއި ދިމާއަށް އެހެންބުނެ ސަނާއަށް ސައިހެދުމަށްޓަކައި މަރީނާ އުޅުނެވެ. މަރީނާ އެހުރިހައި އެއްޗެއް ކިޔާފައި ކާގެއިން ނިކުމެގެން ދިއުމުން އިރުކޮޅަކު އިސްޖަހައިލައިގެން އިނދެ ޝާމިން ތެދުވެ ބޭރަށް ނިކުތެވެ.

“ހަލޯ ހަސަން، ވަރަށްދެރަވޭ މިހެންބުނަންވެސް އެކަމަކު އަހަރެން ބޭނުމެއްނޫން އަހަރެންގެ މަންމައާ ހެދި ހަސަނުއާއި ދިމާއަށް އެއްޗެހި ކިޔާތަންބަލާކަށް، ލަމްޔާ ގެނައީމަވެސް ހިތްހަމަ ނުޖެހިފަހުރީ، އެހެންވީމަ މިކޮޅަށްނައިސް މަޑުކުރަންވީނުން” ބޭރަށް ނިކުމެ ހަސަނަށް ގުޅުމަށްފަހު ޝާމިންގެ ރަށަށް ނައިސް މަޑުކުރުމަށް ޝާމިން، ހަސަނު ކައިރީ ބުންޏެވެ. “ހާދަ ދެރައޭ، ޝާމިން ވިއްޔާ ދޯ ، މަންމަ ކައިރީ ބުނެގެން ކޮންމެސް ދޮގެއް ހަދާފަވެސް މަޑުކުރަންތާ މިޖެހުނީ! ” ޝާމިންމެން ރަށަށް ހަސަނު ކިތަންމެ ދާންބޭނުންވި ކަމުގައިވީނަމަވެސް ޝާމިންގެ އެދުމާއި ދެކޮޅުހަދާކަށް ހަސަނަކަށް ނުކެރުނެވެ. އެހެންކަމަށްވުމުން ޝާމިންމެން ރަށަށް މިދަތުރުގައި ނުދިއުމަށް ނިންމުމަށްފަހު ހަސަނު ފޯނުބޭއްވުމުން ޝާމިން ފަހަތްބަލައިލިއިރު ލަމްޔާ ދެރަވެފައި ހުރިތަން ފެނި ލަމްޔާއަށް ޝާމިން ދެއްކިވާހަކަތަށް އަޑުއިވުނީކަން އެނގުނެވެ. “މަރީނާ ދެންދަނީ އިނގޭ” ސަނާގެ ކޮޓަރިތެރޭގައި ސަނާއަށް ސައިދޭންހުރި މަރީނާ ކައިރީ ޝިފާނާ އެހެންބުނެ ކޮޓަރިން ނިކުމެ ހިނގައިގަތެވެ.

*** *** ***

“ކަލޭ ޖެހޭނެ މިގޭގަ ކުރަންޖެހޭ ހުރިހާކަމެއް ކުރަން ތީމަގޭ ޅީދަރިއެއްކަމަކަށް މަށެއް ނުބަލާނަން” ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ޝާމިން ބޭރަށް ދިއުމުން ގޭތެރޭގައި ޓީ.ވީ ބަލަންއިން ލަމްޔާއާއި ދިމާއަށް އިނގިލި ދިއްކޮށް މަރީނާ އެހެންބުނެ ލަމްޔާއާއި ދިމާއަށް މަރީނާ ދެލޯބޮޑުކޮށްލިއެވެ. “މަންމަ ކީއްވެ އަޅުގަނޑުދެކެ ތިހާރުޅިއަންނަނީ؟ އަޅުގަނޑު ކީއްކުރީ؟” ލަމްޔާއާއި ދިމާއަށް މަރީނާ އެހެންބުނުމުން ދެރަވެފައި އިނދެ ލަމްޔާ، މަރީނާކައިރިން ސުވާލުކޮށްލިއެވެ. ނަމަވެސް ލަމްޔާކުރި ސުވާލަތަކަށް ޖަވާބުދިނުމެއްނެތި މަރީނާ ގޮސް ކޮޓަރިއަށް ވަނެވެ.

“ޝާމިން މަންމަ ކީއްވެ އަހަރެންދެކެ ރުޅި އަންނަނީ؟ އަހަރެން ކީއްކުރީ؟ އަހަރެން ހީކުރީ ޝާމިންގެ މަންމަ އަހަރެންދެކެ ވަރަށް ލޯބި ވާނެކަމަށް” ބޭރުގައި އުޅެފައި އައިސް ޝާމިން ކޮޓަރިއަށް ވަދެ ދޮރުލެއްޕިތަނާ އެނދުމަތީ އޮތް ލަމްޔާ، ޝާމިންކައިރީ ސުވާލުކުރަންފެށިއެވެ. ނަމަވެސް ޝާމިން، ލަމްޔާ ކުރަމުންދާ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި ފާހާނައަށް ވަނުމުން ލަމްޔާ ރުޅިއަންނަގޮތްވެ ގައިމަތީ ބެޑްޝީޓް އެޅުމަށްފަހު މޫނާއި އެކީ ފޮރުވައިލިއެވެ.

ޝާމިން ފާހާނައިން ނިކުތްއިރު ލަމްޔާ އެހެންއޮތުމުން ލަމްޔާ ނިދީކަމަށްބަލައި ޝާމިންވެސް ނިދަންލާން ގެންގުޅޭ ސޯޓުބުރި ލުމަށްފަހު އެނދުގައި އޮށޯވެ ނިތްކުރީގައި އަތްބާއްވައިލިއެވެ. ފުންވިސްނުމެއްގެތެރޭގައި ޝާމިން އެހެން އޮއްވައި މަޑުމަޑުން ލޯމެރެމުން ގޮސް ނިދުނެވެ.

ދަންވަރުގެ ވަގުތެވެ. މާބޮޑަށް ފިނިވުމުގެ ސަބަބުން ލަމްޔާއަށް ހޭލެވުމުން ފުން ނިންޖަކުން ނިދާލާފައި އޮތް ޝާމިންގެ މޫނަށް ބަލައިލިއެވެ. ޝާމިންދެކެ ރުޅިއާދެވުނީތީ ލަމްޔާ ދެރަވުމުން ޝާމިން ގައިގައި ބައްދާލިވަގުތު ސިހިފައި ޝާމިންއަށް ހޭލެވި ލަމްޔާގެ އަތްފޮޅައިލެވުނު ގޮތުން ލަމްޔާއަށް ތަދުވިއެވެ. “އައްދިއްޔޯއި ޝާމިން، ކިހިނެތްވެގެންތަ ތިއުޅެނީ؟ ކިޔައިދީބަލަ ވެގެން ތިއުޅޭގޮތެއް، މެރީކުރިފަހުން އަދި އަހަރެމެން ދެމީހުން ގާތެއް ނުވަމޭނުން؟” ޝާމިންގެ އަމަލުތަށްހުރި ގޮތުން ލަމްޔާ ތެދުވެ ޝާމިންގެ މޫނަށްބަލަހައްޓައިގެން އިނދެ ސުވާލުކޮށްލުމުން ޝާމިންއަށް އެހެން ހެދުނީތީ މާފަށް އެނދުނެވެ. އަދި ޝާމިންގެ ކައިރީ އެނދުމަތީ އިށީނދެލައިގެންއިން ލަމްޔާގެ އުނގުގައި ބޯއަޅައިލައިގެން އޮވެ ޝާމިންގެ ހިތި މާޒީ ކިޔައިދޭން ފެށިއެވެ.

ޝާމިންގެ ހިތްވަރުގަދަ ކަމުން ލަމްޔާ ހިތާހިތުން ޝާމިންއަށް ތައުރީފުކުރަމުން ދިޔައިރު ހިފެހެއްޓުމެއްނެތި ލަމްޔާގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. “މީ އަހަރެންގެ މަޒީ، އަހަރެންނަށް ކުޑައިރު އެގޮތަށް ދިމާވެފަ ހުރީމަ އެހެންވީ، އަހަންނަށް މާފްކުރޭ ލަމްޔާ، މާފްކުރޭ” ޝާމިންގެ މާޒީ ކިޔައިދިނުމަށްފަހު ލަމްޔާ ކައިރީ މާފަށް އެދެމުން ލަމްޔާގެ ގައިގައި ބައްދައިލިއިރު ހަމަ ރަނގަޅަށްވެސް ޝާމިންއަށް ރޮވިއްޖެއެވެ. އަދި ޝާމިން އިރުކޮޅަކު އެހެން އިނުމަށްފަހު ފާހަނައަށް ވަދެ މޫނުދޮވެލައިގެން އައުމުން ލަމްޔާވެސް ފާހަނައަށް ވަނެވެ. ލަމްޔާ ފާހާނައިން ނިކުމެ އެނދުގައި އޮށޯވެލައިގެން އޮތް ޝާމިންގެ ކައިރީ އޮށޯވެ ޝާމިންގެ މޭގައި ލަމްޔާ ބޯއަޅައިލުމަށްފަހު ޝާމިންގެ މޫނަށް ބަލައިލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކުޑަވަގުތު ކޮޅެއްގެތެރޭގައި ދެމީހުންވެސް ލޯބީގެ މަސްތުގައިޖެހި އެކަކު އަނެކަކުގެ ހަށިގަނޑުން އުފާތަށް ހޯދަމުން ދިޔައިރު އަނތްބެއްގެ ފަރާތުން ފިރިއަކު ބޭނުންވާނެ އެންމެ އަގުބޮޑުހަދިޔާވެސް އެރޭ ލަމްޔާ، ޝާމިންއަށް ދިނެވެ.

 

 

(ނުނިމޭ)

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ahmed Ammu

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

Next

ދޭނަން ހިތާ ޖާނާ…! 2 ވަނަ ބައި

Next
January 23, 2016

ދޭނަން ހިތާ ޖާނާ…! 2 ވަނަ ބައި

Previews
January 22, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 38

25 Comments

  1. misty says:
    January 23, 2016 at 4:57 pm

    Varah reethi.. Varah avahah up koh dhechey next part.. Eagerly waiting for the next part

    1. misty says:
      January 23, 2016 at 4:58 pm

      Yayyyy.. Me first

    2. Ahmed Ammu says:
      January 23, 2016 at 5:28 pm

      Thank You Misty.Yeah you first ? Iraadha kurehviyya v avahah up kohdheynan ingey. ?

  2. Zeena says:
    January 23, 2016 at 5:35 pm

    Varah reethi

    1. Ahmed Ammu says:
      January 23, 2016 at 5:56 pm

      Thank You Zeena. ?

  3. Aimsithu says:
    January 23, 2016 at 5:47 pm

    Asluves vaahaka varah reethi ingye… waiting for nxt part

    1. Ahmed Ammu says:
      January 23, 2016 at 5:56 pm

      Thank You Aimsithu ?

  4. xee says:
    January 23, 2016 at 6:02 pm

    Vaahaka varah reethi,ekamaku maalahi up kuraaleh

    1. Ahmed Ammu says:
      January 23, 2016 at 7:51 pm

      Thank You Zee. ? Aan busy v ma ehn vany sorry v bodah

  5. Niz says:
    January 23, 2016 at 6:50 pm

    Wow…..vvvv nice mi prt..bt alhe kyvetha ehaa lahun up kurany..v kiyaa hiy vaa vaahaka eh mee…bt lahun up kuraathy v sad vey…dhn faharakun avahah up kurahchey igey..

    1. Ahmed Ammu says:
      January 23, 2016 at 7:51 pm

      Thank You Niz ?. Midhuvaskolhu busy v ma ehn vany. Sorry v bodah.

  6. Sophy says:
    January 23, 2016 at 7:56 pm

    Rythi mi part ves.shamin ge aiyydhandi mahchah Sanaa laigen ey ebain liyumuga

    1. Ahmed Ammu says:
      January 23, 2016 at 10:10 pm

      Thank You Sophy?. Hahahaha ehntha. Ethankolhu rangalhu kollaanan. ????

  7. NIHAA says:
    January 23, 2016 at 8:32 pm

    V v reethi……avahah up kohdhehchey…i luv this story…..nice

    1. Ahmed Ammu says:
      January 23, 2016 at 10:10 pm

      Thank You Nihaa. Iraadha kurehviyya v avahah up kohdheynan ?

  8. N!aju says:
    January 23, 2016 at 10:22 pm

    Shameen lam deke loanivahnaa nudhaane shameen mom kaaky lam bahahtaafa nice story abahah anehbaa Ava’s kohdyy

    1. Ahmed Ammu says:
      January 24, 2016 at 6:55 am

      Thank You N!aju. Iraadha kurehviyya v avahah up kohdheynan ?

  9. ken? says:
    January 24, 2016 at 1:09 am

    in some places thr r mistakes…like lamya innanjehey thanthanuga sana jahaafa…eifaharu kiyaalinamaves frnnaane….better luck next time….

    1. Ahmed Ammu says:
      January 24, 2016 at 6:56 am

      Yeah ingey. Kiyaalin up kurumuge kurin ekamaku ethankolhu alhainugaithy. Thanks a lot Ken ?

  10. saadhu says:
    January 24, 2016 at 2:05 pm

    Emen kiyaahitu kiyaa vahaka mi.v habas vahakaye.heekura vahaka nimedhen genaane kama.

    1. Ahmed Ammu says:
      January 24, 2016 at 2:08 pm

      Thank You Saadhu ?. Yes vaahaka nimendhen genesdheynan. ?

  11. Shaleen says:
    January 30, 2016 at 10:40 am

    Ammu, haadha lahey vaahaka up vaaleh, Aslu kiyaahiyyvaaleh bodu kamun ingay shakuvaa mi kurevuneeee…. Hayaathuga mihaathanah kiyey enme reethi eh vaahaka meeee…

    1. Ahmed Ammu says:
      February 1, 2016 at 10:17 pm

      Thank You Shaleen. Story innaane up koffa. ?

  12. Meera says:
    January 31, 2016 at 11:06 pm

    Vaahaka vv reethi…. Engey story ehkan but utheemuga bandharumatheega isheennah bureh nuhure gondi hunnanee 🙂 🙂

    1. Ahmed Ammu says:
      February 1, 2016 at 10:18 pm

      Thank You Meera ?. Ehentha utheemah dhuvahakuvea nudhan ehnve neyngeyney nun. ??

Comments are closed.

All Right Reserved!