Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 3ވަނަ ބައި

princess lily
January 24, 2016
5 Mins Read
48 Views
15 Comments

ގޭތެރޭގެ ހުރިހާކަމެއް ނިންމާލުމަށްފަހު ނިހާމާ އައިސް ކުންނާރުގަސްދަށުގައި ހުރި ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއަކާވެސް ރޭގެ ހަނދާންތައް އާވާން ފެށިއެވެ.

“އައްސަލާމް އަލައިކުމް…” ނިހާމާ ސިހިގެންދިޔައި ދޮރުމަތީގައި ހުރި މީހަކު ސަލާމްގޮވާލުމުންނެވެ.

“ވާލައިކުމުއްސަލާމް…” ނިހާމާ ސަލާން ބަލައިގަންނަމުން އެދިމާލަށް ބަލާލިއެވެ. ފެނުނީ ގަބޫލުކުރަން ދަތިމަންޒަރެކެވެ. ކުރިމަތީހުރީ ރޭން ފެށިގެން ފެނިލުމަށް އެދި އިންތިޒާރުކުރަމުންދިޔަ ޒުވާނާއެވެ. ނާއިފް އެވެ. ހީވިހީވުމެކޭ ހީކޮއްލުމަށްފަހު ނިހާމާ އިސްދަށަށްޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލީ ފެނުނު މަންޒަރު ޔަގީންކޮއްލުމުގެ ބޭނުމުގައެވެ.

ނިހާމާ ފެނުމުން ނާއިފްއަށްވެސް ވީހަމަ އެވަރެވެ. ގުޑިވެސް ނުލާ ބަލަން ހުރެވުނީ އެހެން ހުރިހާކަމެއް ހަނދާންނެތިފައެވެ. މިފެންނަނީ ހުވަފެނެއްބާއޭ ހީކުރެވިފައެވެ.

“އުހު..އުހު… ” ނާއިފްގެ ކައިރީހުރި އަޔާޒް އެއްފަހަރު ނާއިފްއަށް އަދި އަނެއްފަހަރު ނިހާމާގެ މޫނަށްބަލާލާ ދެފަހަރަކު އަނގައިން އަޑެއްލައްވާލިއެވެ.

“ކޮބާތަ..؟ މިހާދު… އަނެއްކާ އެބައުޅޭތަ…؟” އަޔާޒް ދެމީހުންގެ ސަމާލުކަން ހޯދަމުން އަހާލިއެވެ.

“ދޮން..ދޮންބެ…! މަޑުކޮއްލާ އެބަގޮވާލަން…!” ނިހާމާ ހާސްވެފައިވާ ވަރުން ވާހަކަދެއްކުނީ އުނދަގުލުންނެވެ.

ނިހާމާގޮސް ގޭތެރެއަށް ވަނެވެ. އެމަންޒަރު ބަލަން ނާއިފް ހުރިއިރު ކައިރީ އަޔާޒް ހުރިކަންވެސް ހަނދާންނެތް ކަހަލައެވެ.

“އޭތް.. އޭތް.. މަވެސް އެބަހުރީމޭ.. ނޫނޭ.. ތިހިރީ އިޝްގުގަޖެހި ވާނެއެއްޗެއްވެފަ…!” ނާއިފްގެ ކޮނޑުގައި ޖަހާލަމުން އަޔާޒް ވާހަކަދެއްކިއެވެ.

” ކުރިން ބުނިނަމަ މިގެއަށް އަންނަވާހަކަ..!” ނާއިފް ބޯކަހާލަމުން ބުނެލިއެވެ.

“އެއީ..؟ ކީކުރަން… މޭކަޕް ކުރަންތަ..؟” އަޔާޒް ބެލީ ނާއިފް އާއި ސަމާސަކުރެވޭތޯއެވެ.

“ކުއްލިއަކަށް ފެނުނީމަ ނޭނގެ ވީގޮތެއްވެސް..! އޭ.. އަޔާ އަށް އެނގޭތަ ނިހާގެ ދޮންބެ…؟” ނާއިފް ސުވާލުކޮއްލިއެވެ.

“ނާއިފްއަށް ވީގޮތް ނޭނގުނަސް މަށަށް ރަނގަޅަށް ފެނުނު ވީގޮތް.. ހެހެހެ” އަޔާޒް ހެމުންހެމުން ވާހަކަދެއްކިއެވެ.

“ދެން ބުނެބަލަ ނިހާގެ ދޮންބެ އެނގޭތަ؟” ނާއިފް އަޔާޒް އާއި ކުރިންކުރި ސުވާލު ތަކުރާކުކޮއްލިއެވެ.

“މިހާދު އެކަނިތަ.. ނިހާވެސް މަށަށް އެނގޭ.. ރޭގަ ނިހާމާއޭ ބުނީމަ އެނގުނު ކާކުކަން.. ހިތަށް އެރީ ސަޕްރައިޒް ކޮއްލާނީއޭ.. އެކަމަކު މިވަރުވާނެ ކަމަކަށް ނޫން…” އަޔާޒް އަނެއްކަވެސް ހޭންފެށިއެވެ.

ނިހާމާ ގޭތެރެއަށް ވަދެގެން އައިއިރު ނަފީސާ އިނީ ފަހާފޮށިކައިރީ ހެދުމެއް ފަހާށެވެ.

“މަންމާ ކޮބާތަ ދޮންބެ..؟” ނިހާމާ ސުވާލުކުރިއެވެ.

“ކޮޓަރީގަ ވީ…!” ނަފީސާ ޖަވާބުދިނެވެ. ނިހާމާ އަވަސްފިޔަވަޅުތަކެތް އަޅަމުން މިހާދުގެ ކޮޓަރިއާދިމާލަށް ހިނގައިގަތެވެ. އޭރު މިހާދު ކޮޓރިން ނިކުންނަނީއެވެ.

“ދޮނބެ ހޯދަން އައިސް އެބަތިބި” މިހާދު ފެނުމުން ނިހާމާ ބުނެލިއެވެ.

“ކާކު؟” މިހާދު ސުވާލުކޮއްލިއެވެ.

“ނާއި… އަޔާޒް..” ނިހާމާ ބުނަން އުޅުނު އެތި ބަދަލުކޮއްލީ މިހާދު ހީކޮއްފާނެ އެއްޗަކުންނެވެ. ނިހާމާ މިހެން ބުނުމާއެކު ބޭރަށް ނުކުންނަން މިހާދު ހިނގައިގަތެވެ.

ނިހާމާ ދުވެފައިކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަދެ ކުޑަދޮރު ކައިރީ މަޑުކޮއްލިއެވެ. އެދޮރުން ބޭރު ކުންނާރުގަސްދަށުގައި ހުރި ޖޯލިފަތި ވަރަށް ރީތިކޮން ފެނެއެވެ. އޭރު އަޔާޒް އާއި ނާއިފް ޖޯލީގައި އިށީނދެގެން ތިއްބެވެ. އެމީހުންނަށް ނުފެންނާނެހެން ނިހާމާ ހުއްޓެވެ.

” ހާދަ ހެނދުނަކާ ތިއައީ.. ކަމެއް އޮތީތަ؟” މިހާދު ޖޯލީގައި އިށީންނަމުން އަޔާޒްއާ ވާހަކަދެއްކިއެވެ.

“އާނ.. މިވެސް ކަމެއް..ދޯ… ނާއިފް..” އަޔާޒް ދެބުމައަރުވާލަމުން ނާއިފްއަށް ދޯދިނެވެ.

“މިވެސް ކަމެކޭ..؟ ކޮންކަމެއް؟” މިހާދުއަށް އަޔާޒް ބުނީކީކޭ ކަމެއް ނޭނގުނެވެ.

“އާނ.. މިހާދު ކައިރީ މީނަގެ ވާހަކަ ނުބުނެވޭދޯ.. މީ ނާއިފް އަހަރެންގެ ފްރެންޑެއް. މިރަށަށް އައީ އަލަށް .. މީ މިހާދު މީ މިރަށުގަހުރި އަހަރެންގެ އެންމެ ބެސްޓް ފްރެންޑް..” އަޔާޒް މިހާދުއަށް ނާއިފް ތައާރަފް ކޮއްދިނެވެ.

ހަވީރުގެ ވަގުތެކެވެ. ނިހާމާ ގޭދޮށުގައި ހުރެ ފޫހިވެގެން ނިކުމެލީ ނިހާމާގެ އެކުވެރިޔާ ރީމާ ކައިރިއަށް ގޮސްލަންވެގެނެވެ. މަޑު ހިނގުމެއްގައި ނިހާމާ ހިނގަމުންދިޔައެވެ. ސިހުނީ ފަހަތުންއައި މީހަކު ނިހާމާއަށް ގޮވާލުމުންނެވެ.

“ވާހަކަދައްކާލުން އެއީ މައްސަލައެތް؟” ނާއިފް ނިހާމާއާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

“ނޫން…!” ނިހާމާ ކުރުޖަވާބެއް ދިނެވެ.

“އެހެންވީރު.. މީ.. އެކުވެރިއެއްކަމަށް.. ގަބޫލު ކުރެވިދާނެތަ؟” ނާއިފް ނިހާމާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.

“ވިސްނާލާނަން..” މިފަހަރުވެސް ޖަވަބުދިނީ ދުރުބަލަމުންނެވެ.

“އެވެސް ވިސްނަންވީ ކަމެއްތަ؟ ލޯބި ހުށަހެޅީކީ ނޫނެއްނު…” ނާއިފްގެ މިޖުމުލައިން ނިހާމާއަށް ހުއްޓެވުނެ އަދި ނާއިފްއާއި ހަތަރުކަޅި ހަމަކުރެވުނެވެ. އެވަގުތު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ.

“””ދެން ލޯބިވެއޭވެސް ބުނާނެނަމަ…!””’ ނިހާމާ ހިތާހިތުން ބުނެލިއެވެ.

“””އަސްލު ބޭނުމީ ލޯބިވާ ވާހަކަ ބުނަން.. އެކަމަކު”””” ނާއިފް ވެސް ހިތާހިތުން ބުނެލިއެވެ.

‘”””ނާއިފްގެ ހިތުގައޮތް އެއްޗެއް އެނގުނީމަ ނޫނީ… ދެން.. “””” ނިހާމާ އިސްދަށަށްޖަހާލިއެވެ.

“”‘ލޯބިވާކަން އެނގޭ ކަހަލަ އިޝާރާތެއްވިޔަސް ކޮއްލާނެނަމަ”””” ނާއިފް އަށްވެސް ވީހަމަ އެވަރެވެ. ހިތާހިތުން ދެކެވެމުންދިޔަ ވާހަކަތަށް ދުލާހަމައަކަށް ނައެވެ.

“އެކަމަކުވެސް…!” ދެމީހުންނަށްވެސް ފިނި ނޭވާއެއްދޫކޮއްލެވުނެވެ.

“ކީކޭ..؟” އެކަކު އަނެކަކަށް ބާލާލަމުން ދެމީހުންނަށްވެސް ސުވާލުކޮއްލެވުނެވެ.

“ނޫން.. އެއްޗެކޭ ނުން..” ނިހާމާ އަވަސް އަވަހަށް ޖަވާބުދެމުން ނާއިފްއަށް ބަލާލިއެވެ. އަދި ކުރިޔައް ހިގައިގަތެވެ.

“ހޭއި… ލޯބީ.. ކޮންތާކަށް؟” ނިހާމާ އަށް ހުއްޓެވުނީ އަލާން ކުރިމަށްޗަށް އެރުމުންނެވެ.

“މިކާކުތަ.. މީނަ ނިހާ އަށް އުދަގޫ ކުރަނީތަ…!” އަލާން އަށް ނިހާމާ ކައިރީހުރި ނާއިފް ފެނުމުން ރުޅިއާދެވުނެވެ.

“އޭތް..! ބުނަންތަ ވާހަކައެއް ނިހާ ފަހަތުން އުޅެން ހިތަށްވެސް ނާރުވާތި..” އަލާން ނާއިފްއަށް ބަލާލިއެވެ.

“ކީއްކުރެވޭނީ..؟” ނާއިފް ނިހާމާއާއި ކައިރިއަށް ޖެހިލަމުން ސުވާލުކުރިއެވެ.

“އޭތް…!” ނާއިފްގެ މިހަރާކާތުން އަލާންގެ ރުޅިގަނޑު ވީ ހައްތަހާގަދައެވެ. އަލާން ނާއިފްގެ ގަމީހުގެ ގިރުވާނުގައިހިފާ ފާރާދިމާލަށްޖެހިގަތެވެ.

“އަލާން.. ! ދޫކޮއްލާ.. އޭނަ އުޅޭތީކީ އުނދަގުލެއް ނުވޭ.. އުނދަގޫވަނީ އަލާން އާހެދީ.. އަޑު އިވިއްޖެތަ؟” ނިހާމާ އައިރުޅީގައި އަލާންގެ ޓީޝާޓުގައި ހިފާ ދަމައިގަތެވެ.

“މަށާ ހެދީއޭ…؟” އަލާން ނާއިފްގެގައިން ދޫކޮއްލަމުން ނިހާމާއާއި ދިމާލަށް ހިނގައިގަތެވެ. ނިހާމާއަށް ބިރުން ފަހަތަށް ޖެހެންފެށުނެވެ.

“އަ… އަލާން.. ސޮ.. ސޮރީ..” ނިހާމާ އަށް ބުނެވުނެވެ.

“ލޯބީ…” އަލާން ރުޅިގަނޑު ކޮންޓްރޯން ކުރަން މަސައްކަތްކުރިއެވެ.

ނިހާމާ ފަހަތަށް ޖެހެމުންޖެހެމުންގޮސް އެނބުރި ދުއްވައިގަތެވެ. އެހެންނަމަވެސް ނަސީބުދެރަކަމުން އަލާން މިފަހަރު މާ ހުޝިޔާރެވެ. ކުއްލިހަރަކާތަކާއެކު ނިހާމާގެ ހެދުމުގެ ފަސްބައިގައި އަލާންއަށް ހިފުނެވެ. އެވަގުތު އަޑަކާއެކު ނިހާމާގެހެދުމުން ބައެއްވީދުނެވެ.

މިމަންޒަރުފެނުމުން ނާއިފް އަށް އައި ރުޅީގައި ދެވުނީ އަލާން އާދިމާލައްށެވެ. އެހެންނަމަވެސް އެއައްވުރެން ކުރިން ނިހާމާގެ އަތުގެ ހޫނު ހަމަލާއެއް އަލާންގެ ކޯތާފަތްމައްޗަށް އެރިއެވެ.

މޫނުމައްޗަށް ވެގެންދިޔަ ދިލަ ތަދެއްގެ ސަބަބުން އަލާން އަށް ކޯތާފަތްމަތީ އަތް ޖައްސާލެވުނެވެ.

“ނިހާ.. ސޮރީ..” އަލާން ނިހާމާއަށް ބަލާލަމުން ބުނެލިއެވެ. ނިހާމާ އަލާންގެ ވާހަކަތަކަށް ބީރުކަންފަތެއްދެމުން ގެއާދިމާލަށް ދުއްވައިގަތެވެ.

ނިހާމާ ރޮމުން ދުވެފައިއައިސް ގެއަށް ވައިންއިރު ނަފީސާ އިނީ ޖޯލީގައެވެ.

“ނިހާމާ.. ކިހިނެއްވީ..؟” ނަފީސާގެ ސުވާލުތަކަށް ޖަވާބުނުދީ ނިހާމާ އައިސް ނަފީސާގެގައިގާ ބައްދައިގަތެވެ.

“މަންމާ..” ނިހާމާއަށް ބާރަށް ރޮއެގަނެވުނެވެ.

“މަންމާ… ވަޒިފާ ހަމަޖެހިއްޖެ..” މިހާދު ބޭރުންއައިސް ވަންނަމުން ވާހަކަދެއްކިއެވެ.

“ކިހިނެއްވީ؟” ނަފީސާއާއި ނިހާމާގެ މޫނުފެނުމުން ކަމެއްގޯސްވެއްޖެކަން މިހާދުއައް ވިސްނުނެވެ

“ހެދުމަށް ކިހިނެއްވީ.. ކީއްވެ ތިރޮނީ.؟” ރޮއެރޮއެ ހުރި ނިހާމާ ފެނުމުންނާ ހެދުމައްވެފާހުރިގޮތް ފެނުމުން މިހާދުގެ ހިތް އަވަސްވިއެވެ.

“ކިހިނެއްހޭވީ… ؟؟؟ ނިހާ…! ވެގެން އުޅޭގޮތް ކިޔައިދީ…!” މިހާދު އެއްފަހަރު މަންމައަށް އަދި އަނެއްފަހަރު ނިހާމާއަށް ބަލާލަމުން ސުވާލުކުރިއެވެ. މިފަހަރު މިހާދުއަށް ސުވާލުކުރެވުނީ ބާރަށްށެވެ #.

“ދަރިފުޅާ… އެއީ.. އަލާން…” ނަފީސާއަށް މިހާދުގެ ގޮތް ރަނގަޅަށް އެނގޭތީ ޖެހިލުންވެ ހުރެ ބުނެވުނެވެ. މިހާދު ނިހާމާދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން ނިހާމާއަށް ކުޑަވެސް ގެއްލުމެއް އަދި ހިތާމައެއްލިބޭކަށް މިހާދުއެއްނޭދެއެވެ. އަދި އެފަދަ ކަމެއް މީހަކުކޮއްފިނަމަ މިހާދު އެމީހަކަށް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެކަން ނަފީސާއަށް އެނގެއެވެ. ނިހާމާއާއި މިހާދުގެ ބައްޕަ މިދުނިޔެ ދޫކުރިދުވަހުންފެށިގެން އާއިލާގެ ހުރިހާކަމެއް ބަލަހައްޓަމުންދަނީ މިހާދުއެވެ. ހާއްސަކޮން ލޯބިވާކޮއްކޮގެ ކަންތައްތައް މިހާދުކޮއްދެމުން އަންނަނީ ފަރުވާތެރިކަމާއެކުއެވެ.

“އަލާންއޭ…؟ ” އަލާންގެ ނަން އިވުމުން ސުވާލުންފުރުގެންވީ ނަޒަރަކުން ނަފީސާއަށް މިހާދު ބަލާލިއެވެ.

ނަފީސާ މަޑުމަޑުން އަލާންގެ ވާހަކަ ކިޔައިދޭންފެށިއެވެ. އަލާން މިއަދާހަމައަށް ކަންތައްކުރި ހުރިހާގޮތެކެވެ. އެވާހަކަތަށް އަޑުއަހަން ހުރި މިހާދުގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. މިހާދުގެ ފަސްފަހަތުން މިހާދުގެ ލޯބިވާ ކޮއްކޮއަށް މީހެއްގެ އުނދަގޫ ޖެހެމުންދާކަން އެނގުމުން ހަށިގަނޑުތެރޭ ހުޅުރޯވިކަހަލައެވެ.

“ދެން މިއޮށްހުރިހާ ދުވަހު ސިއްރުކޮއްގެން ތިތިބީ..؟ ތި އަލާން އަށް…!” މިހާދު ބޭރަށް ނިކުތުމަށް ދޮރާދިމާލަށް ހިނގައިގަތެވެ.

“މިހާދު… ތިހެން ރުޅިއައިސްގެން އޭނަޔާ ދިމާލަށް ދާނެތީ މަންމަވެސް ނިހާމާވެސް ނުބުނީ…” ނަފީސާގެ މިޖުމުލައިން މިހާދުއަށް ހުއްޓެވުނެވެ.

“މަންމަ އަށް ހީވަނީތަ އަޅާނުލާ ތިބީމަ ހައްލުވާނެއޭ.. މިއަދު ވީގޮތްތީ.. މާދަމާ ވާނެގޮތް އެނގޭތަ…! ބޭނުމެއްނޫން ނިހާއަށް ކުޑަކުޑަ ވެސް ގެއްލުމެއްވާކަށް… ” މިހާދު ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

“މަންމަ އަށް އެނގޭ… މިހާދު ކަމެއްގޯސް ވާވަރުގެ ކަމެއް ނުކުރާތި.. މަންމަ ދަރިފުޅަށް އިތުބާރުކުރަން…!” ނަފީސާގެ މިޖުމުލަ އަޑުއިވުމުން މިހާދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

މަގުމަތީ ޕާކުކޮއްފައި ހުރި މިހާދުގެ ސައިކަލައްއަރާ ދުއްވާލީ ބާރު ސްޕީޑްގައެވެ. ފުރަތަމަވެސް މިހާދު މިސްރާބުޖެހީ އަލާންގެ ގްރޫޕް އާންމުކޮން ތިބޭ ބުރުކައިރިއަށްށެވެ. އެއީ ރަށުގެ ބޮޑުމަގުމަތީ ހެދިފަހުންނަ ގަހެއްގެ ވަށައިގެން ހަދާފައިވާ ބުރެކެވެ.

“އަލާން….!!!” އަލާން ސިހިގެން ދިޔައީ މިހާދުގެއަޑަށްށެވެ. އޭރު ބުރުކައިރީ ސައިކަލުގައި އަލާންއިނެވެ. އަލާންގެ އިތުރުން ބުރުމަތީ އަލާންގެ އެކުވެރިން ތިއްބެވެ. މިހާދުގެ އަޑަށް އެންމެންވެސް ތެދުވިއެވެ.

” ހޭއި.. މިހާދު.. ހާދަ ރުޅިއައިސް…!” އަލާން އަށް މިހާދު ފެނުމުން ވާހަކަދެއްކިއެވެ.

“ކީކޭ ހިތައްއަރައިގެން ނިހާއާ ދިމާކުރަނީ..؟” ރުޅި ކޮންޓްރޯލް ކުރަމުން މިހާދު ސުވާލުކުރިއެވެ.

“ހެހެހެހެ.. މޮޔަތަ..؟ ލޯބިވާތީނު..؟ ނޭނގޭތަ؟” އަލާން މިހާދުއަށް ބަލާލިއެވެ.

“ވަރަށް ރަނގަޅު ވާހަކައެއް ބުނަންތަ..! ނިހާއަށް އުނދަގޫ ކުރާނެކަމެއްނެތް.. އެހެންނޫނީ…” މިހަދު ޝަހާދުއިނގިލި ދިއްކޮއްލަމުން އިންޒާރުދިނެވެ.

” އިންޒާރެއްތަ ތިދިނީ…؟؟ ތިކަހަލަ އިންޒާރަކަށް މި އަލާންއެއް ނުގުޑާނެ.!!!” އަލާންވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ކިތޭވަރަށް އުޅުނަސް ނިހާއެއް ކަލޭކަހަލަ އެއްވެސް އުޅުމެއްނެއް ވިޔާނުދާ މީހަކަށް ނުލިބޭނެ..” މިހާދު އަލާންގެ ޓީޝާޓުގައި ހިފަމުން ބުނެލިއެވެ. އެވަގުތު އަލާންގެ އެކުވެރިން މިހާދުއާއި ދިމާލަށްދާން އުޅުނެވެ. އެހެންނަމަވެސް އަލާން އަތުގެ އިޝާރާތުން އެމީހުން ހުއްޓުވިއެވެ.

” އަހަރެން މޭނުމިއްޔާ މިވަގުތުވެސް ކަލެއަށް ތިތާ ކޮޅަށް ނުހުރެވޭވަރު ކޮއްލެވިދާނެ. އެހެންވީމަ އިންޒާރުދޭން މިތަނަށް ދެން ނާންނާތި…!” އަލާން މިހާދުގެ އަތް ފޮޅުވާލަމުން ވާހަކަދެއްކިއެވެ.

“ކީކޭތަ ދެންމެ ތިބުނީ… އާނ.. ނިހާއެއް ނުލިބޭނެއޭދޯ.. ބަލަން ހުންނާތި.. ތި ނިހާ މަގޭ ބާރުގެ ދަށަށް ގެނެއްސަ ނޫނީ ހުއްޓައެއްނުލާނަން… މަށަށް ނުލިބިއްޖެޔާ ނިހާ އެހެންމީހަކާ އެއްކޮންވެސް އުޅުނަކަ ނުދޭނަން…!” އަލާން ރުޅިވެރިކަމާއެކު މިހާދުއާދިމާލަށް ބަލާލިއެވެ.

އަލާންއާއި ވާހަކަދައްކައިގެން މިހާދުގެ ރުޅިގަދަވުން ނޫނީ އިތުރުކަމެއް ނުވާނެކަން އެނގުމުން މިހާދު އެނބުރި ސައިކަލައައިސް ސައިކަލަށް އަރާ ދުއްވާލިއެވެ. މިމަންޒަރުބަލަން އަލާން ހުރީ ފާޑަކަށް ހެވިފައެވެ.

” ކީއްވެތަ އޭނަ ދާން ދޫކޮއްލީ.. އަހަރެންމީ އަލާންނަމަ މިއަދު ނިހާދިން އިނާމުގެ ރަހަ އޭނަގެ އަރުތެރޭވެސް ލައްވާލާނަން” އަލާންގެ އެކުވެރި ފާރިޝް ވާހަކަދެއްކީ ނުރުހުމާއެކުއެވެ.

“ހީވޭތަ އަހަރެން އެކަން ހަނދާންނެތޭނެހެން… މި އިނާމުގެ ރަހަ ރަނގަޅަށް އެ ނިހާގެ އަރުތެރޭ ލައްވާނުލެވުނިއްޔާ މަށަކަށް އަލާންއެއް ނުކިޔާނެ….!” އަލާން ކޯތާފަތްމަތީ އަތްޖައްސާލަމުން ބުނެލިއެވެ. ހީވަނީ މިއަދު ނިހާމާގެ އަތުންލިބުނު ހޫނު ހަމަލާގެ ދިލަ އަދިވެސް ނުކެނޑޭހެންނެވެ.

ނުނިމޭ..

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

ދީފާ އުފާ – 6

Next

ދޭނަން ހިތާ ޖާނާ…! މިވާހަކައިގެ ކިޔުންތެރިންނަށް

Next
January 24, 2016

ދޭނަން ހިތާ ޖާނާ…! މިވާހަކައިގެ ކިޔުންތެރިންނަށް

Previews
January 24, 2016

ދީފާ އުފާ – 6

15 Comments

  1. princess lily says:
    January 24, 2016 at 8:07 pm

    ސޮރީ ސޮރީ… ލަސްވީމަ.. ބިޒިވީމަ ލަސްވަނީ.. ކުރުކޮން ލިޔެވުނަސް ކޮންމެދުވަހަކު ޕާޓެއް ގެނެސްދެވޭތޯ މިބަލަނީ އިނގޭ … ޝުކުރިއްޔާ ހުރިހާ ކިޔުންތެރިންނަށްވެސް ތިގޮތައް މިވާހަކައަށް އިންތިޒާރު ކުރާތީ

  2. Shahaa says:
    January 24, 2016 at 8:10 pm

    Yeyyyyyyy…im first

  3. Shahaa says:
    January 24, 2016 at 8:15 pm

    Vvv nyc..avahah uo khdhehchey kn me dhuvahaku vx

  4. Shahaa says:
    January 24, 2016 at 8:16 pm

    Up*

  5. ninth says:
    January 24, 2016 at 8:23 pm

    kurey dhw

  6. Aimsithu says:
    January 24, 2016 at 8:41 pm

    Vaahaka varah reethi.. but maa bodah ves kuru mifaharu. .. alhe thankolheh dhigukoh dhybala..plzzzz

  7. reader says:
    January 24, 2016 at 9:49 pm

    nice….. n i said kuras okkey ae but i agree with Aimsithu mivaru thankolhe kuru 🙁 adi 8 varakah folhuvai dhigukoliyas ok vaane… 😉 n again vaahaka varah varah reethi…… mivarah vex daily ko up kuranyakaa me nubunaanan echeky me ah hama fudey 🙂 n i appreciate that lily kiyuntheringe opinion aa egotha up ko n dhuko hadhaatheee…. 😀 thankyou hope kuran next part vex avahah up kuraane kamah… n its very nice… again 😉 🙂

  8. meesha says:
    January 24, 2016 at 9:51 pm

    varah reethi story eh :-* love it

    1. meesha says:
      January 24, 2016 at 9:52 pm

      :*

  9. princess lily says:
    January 24, 2016 at 10:19 pm

    mivaru ok dhw.. next part tomrw night ga genesdheveytho balaanan ingey… thanks

  10. Nookko says:
    January 24, 2016 at 10:36 pm

    Varah reethi mi part ves…waiting for the next part..and keep it up lily … :*

  11. Aimsithu says:
    January 24, 2016 at 10:53 pm

    Yea.. now its good… and varah bodah thanx alun ithuru koh dhinythy… keep it up lily

  12. isha.. fathun says:
    January 25, 2016 at 11:00 am

    Daily koh up kohdhenyaa mivaru vs ok.. busy koh ulhemun mivaru vaathy thanx.. keep it up dear

  13. Leen says:
    January 25, 2016 at 11:59 am

    Nice story.. Eagerly waiting for next part..

  14. Aishaa says:
    January 25, 2016 at 3:58 pm

    Nice ☺☺

Comments are closed.

All Right Reserved!