Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ – 6

az000
January 24, 2016
3 Mins Read
31 Views
3 Comments

” ޑޯންޓް ފޮގެޓް ތީ އަހަރެންގެ ބެސްޓް ފްރެންޑް.. އެންޑް އައި ރިއަލީ ހޭޓް ދެޓް މާޒް… ކާރުގެ ކުރީ ޝީޓުގައި އިންނާނީ އަހަރެން.. އަބަދުވެސް އަހަރެން..” އާރާގެ ޖުމްލަތަކުން ޔުއާން ކައިރިއަށް ހިނި އަންނަ ގޮތްވވިއެވެ. ނަމަވެސް އާރާ ރުޅިއައިސްދާނެތީ ހިނި ކޮންޓްރޯލް ކުރިއެވެ. އާރާ ފަލަކް ކައިރިއަށް ދަމުން ދިޔައީ މާޒްގައިގަ ޖެހިގަނެފައެވެ. އެވަގުތު މާޒް ވެއްޓެން ދިޔަ ނަމަވެސް ވެއްޓުމުގެ ކުރިން އަމިއްލަ މީހާ ކޮންޓްރޯލް ކުރިއެވެ.

” ޑޯންޓް މައިންޑް ހަރ.. އޭނަ އުޅޭނީ އެހެން.. އާރާގެ ބަދަލުގަ އަހަރެން މާފަށް އެދެން”  މަންޒަރު ބަލަން ހުރި ޔުއާން އައިސް ބުންޏެވެ. މާޒް ހީލާފައި އެއްވެސް ކަމެއް ނޫން ކަމަށް ބުނެ ކުރިއަށް ހިނގައިގަތެެވެ.

ފަލަކް އާއި އާރާ ވާހަކަ ދައްކަން ތިބީ ކޮލެޖްގެ ކެންޓީން ގައެވެ. އާރާ ފަލަކްއަށް މާޒްގެ ވާހަކަ ކިޔައިދެމުން ދިޔައިރު ފަލަކް ވިސްނަމުުން ދިޔައީ އާރާ ކައިރީ ފަލަކް އާއި ރާކިންގެ ގުޅުމުގެ ވާހަކަ ބުނާނެ ގޮތަކާ މެދުގައެވެ. ސިއްރު ގުޅުމެއް ބޭއްވުމަކީ އެއްގޮތަކަށްވެސް ފަލަކް ބޭނުންވާ ގޮތެއް ނޫނެވެ. މާޒްގެ ވާހަކަ ދެއްކުމުގައި މަޝްއޫލުވެ އިން އާރާ ހަމަހިމޭންވީ ކެންޓީން ތެރެއަށް ވަދެގެން އައި މާޒް އާއި ޔުއާން ފެނުމުންނެވެ. ޔުއާން މާޒްއާ މާ ގާތްވެގެން އުޅުމަކީ އެއްގޮތަކަށްވެސް އާރާ ބޭނުންވާ ގޮތެއް ނޫނެވެ. އެމީހުން އަންނަންވާއިރަށް އާރާ ބޭނުންވީ އެތަނުން ތެދުވެގެން ދާށެވެ. ނަމަވެސް ޔުއާން މަޑުކުރަން ބުނުމުން އާރާއަށް ތެދުވެގެން ދާން ނުކެރުނީއެވެ.

ކްލާސްތައް ނިމުނުއިރު އާރާއިނީ ނިމުނުލެއް މާ އަވަސް ވެފައެވެ. އާރާއަކީ އެންމެ ކުޑައިރުއްސުރެ ވަރަށް ކިޔަވާ ހިތްވާ ކުއްޖެކެވެ. އެގޮތުން އާރާގެ އެންމެ ބޮޑު ހުވަފެނަކީ ކިޔަވާ ނިިމިގެން އާރާގެ ބައްޕަ ފަދައިން މަޝްހޫރު ވިޔަފާރިވެރިއަކަށް ވުމެވެ. ކޮލެޖުން ނިކުންނަހިތް ނުވެފައި އާރާ އިނީ ކޮލެޖް ތެރޭގައި ހުރި ހިލަ ގޮނޑިއެއް މަތީގައި އިށީނދެގެންނެވެ.

” ގެއަށް ނުދާނަންތަ؟” ކައިރީގައި އައިސް އިށީންނަމުން ޔުއާން އަހާލިއެެވެ.

” ނޫން.. ދާންވީ.. ކޮބާތަ ޔުއާންގެ ނިއު ބެސްޓީ” ދެކޮޅު ހޯދާލަމުން އާރާ އަހާލިއެވެ. އާރާގެ ސުވާލުން ޔުއާން ކައިރިއަށް ހިނިއައެވެ. އާރާ ޖެލަސްވާތީ ޔުއާންއަށް އިނީ މަޖާ ވެފައެވެ. އާރާގެ ކުދި ކުދި ޝަކުވާ ތަކުން ޔުއާން ހިތަހަމަޖެހެއެވެ. ކޮންމެގޮތަކުން ވިޔަސް އާރާގެ ހިތުގައި ޔުއާންއަށް ޖާގައެއް ވާކަން އެނގުމުން ވާ އުފަލުގެ ކޮޅެއް ނެތެވެ.

” އަހަރެން ހޯދިންތަ؟” އާރާ ކައިރީގައި އަނެއް ފަރާތުން އައިސް އިށީންނަމުން މާޒް އަހާލިއެވެ.

” އަހަރެން މިއުޅެނީ މޮޔަވެގެންދޯ މާޒް ހޯދަން” އާރާ އިންތަނުން ތެދުވަމުން ބުންޏެވެ. އަދި މަޑު ނުކޮށް ކާރާ ދިމާއަށް ހިނގައިގަތެވެ. އާރާގެ ފަހަތުން ޔުއާން އާއި މާޒްވެސް ހިނގައިގަތެވެ.

…………………………………………………………………………………………………..

އާރާ އެނދުމަތީގައި އިށީނދެލައިގެން އިންއިރު ލޯ އަމާޒުވެފައި ހުރީ ޓީވީ އިން ދައްކަމުންދާ ފިލްމަށެވެ. އުފާވެރި ނިމުމަކުން ނިންމާލި ފިލްމު އާރާ ބަލަން އިނީ ހެވިފައެވެ. އާރާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު އެތެރެއަށް ވަން ފިނި ވައިރޯޅިން އާރާގެ އިސްތަށިގަނޑާ ކުޅެލިއިރު އާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިހުރުވެމުން ދިޔަ އިސްތަށިގަނޑު ހަމަޔަކަށް އަޅުވާކަށް އާރާއެއް ނޫޅެއެވެ. އެކަމުން އާރާއަށް އުފާވެރިކަން ލިއްބައިދެއެވެ. ދެންމެ ނިމިގެން އެދިޔަ ފިލްމުންވާ ގޮތަށް އާރާވެސް ބޭނުންވަނީ އަރާދެކެ އިންތިހާ އަށް ލޯބިވާނެ މީހެކެވެ. އެއުމުރުގެ އެހެންކުދިންނެކޭ އެއްފަދައިން އާރާއަށްވެސް  ހިތުގެ ރާޖާއަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. ހިތުގެ ރާޖާއާ ބައްދަލުވާ ދުވަހަކީ އާރާ އެންމެ އުފާވާނެ ދުވަހެވެ. އޭނާ ފެނުމުން އާރާއަށް އެނގޭނެބާއޭ އާރާގެ ހިތަށް އަރައެވެ.

ދޮރުގައި ޓަކި ޖަހާލިއަޑަށް  އެތެރެއަށް ވަނުމަށް އާރާ ބުންޏެވެ. ދޮރު ހުޅުވާލާފައި ވަން މިޝަލް ހެވިދިލިފައި ހުރިތަން ފެނުމުން ކިހިނެއްވީތޯ އާރާ ސުވާލުކުރިއެވެ. ރަޔާން އިންނަން ވެގެން އުޅޭ ކުއްޖާ އައިސްފަ އިން ވާހާކަ ބުނުމުން އާރާ އަވަސްއަވަހަށް އިސްތަށިގަނޑު ރީތި ކޮށްލައިގެން މިޝަލް އާ އެއްކޮށް ތިރިއަށް ފޭބިއެވެ.

ރަޔާން ކައިރީ އިން އަންހެން ކުއްޖާއަކީ ރީތިކަމުގެ މިސާލެކެވެ. އިސްކޮޅުން ކުރުނަމަވެސް ރޫފަ ރީތި ހަށިގނޑެއް ލިބިފައިވެއެވެ. ލާފައިވާ ހެދުމުން އެންމެންގެ އިޙްތިރާމާއި ޤަދަރު ހޯދައިފިއެވެ. ކަޅުކުލައިގެ އަބާޔާ ހެދުމެއް ލާފައިވާއިރު ބޮލުގައި މަޑުކުލައެއްގެ ޝޯލްއެއް އަޅާފައި ވެއެވެ. އެންމެންގެ ނަޒަރު ހަޔާ އަށް ހުއްޓިފައި ވާއިރު ހަޔާ އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނެތިފައެވެ.

” ތިއްތީ.. ހާދަ ލޯބި ކުއްޖެކޭ.. ހީވަނީ ޑޯލްއެއްހެން” ހަމަހިމޭންކަން ފޫއަޅުވާލާއި އާރާ ބުނެލި އެއްޗަކުން އެންމެނަށް އެއްފަހަރާ ހެވުނެވެ. އެއަށްފަހު ކޮންމެ މީހަކުވެސް އަމިއްލައަށް ހަޔާއަށް ތައާރަފް ވެލިއެވެ.  ނާއިލާ ހަޔާ ކައިރީގައި މައިންބަފައިންނާ ބެހޭގޮތުން ސުވާލުކުރުމުން  ހަޔާ ބުނީ ރަޔާންގެ އާއިލާގެ ހުއްދަ ލިބުނިއްޔާ ހަޔާގެ މައިންބަފައިންވެސް މިގެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އަނަސް ބުނީީ ހަޔާގެ މައިންބަފައިންނާ ބައްދަލުކުރަން އަނަސް އާއި ނާއިލާ އެގެއަށް ދާނެ ކަމުގައެވެ. ސަމާސާ އާއި މަޖަލުގައި އެތައް އިރެއް ހޭދަ ކުރުމަށްފަހު  އެރޭ ހަޔާ ގެއަށް ދިޔައީ އެންމެންގެ ހިތް އަތުލާފައެވެ. ހަޔާ ގެއަށް ދިއުމުން ބޮޑު މައުލޫއަކަށްވީ ހަޔާގެ ހިތްހެޔޮކަމާއި ރަނގަޅު ކަމުގެ ވާހަކައެވެ. އާރާއަށްވެސް ހަޔާ އެހާމެ ކަމުދިޔައެވެ. ރަޔާން އެކަހަލަ ކުއްޖެއް ހޮވާފާނެ ކަމަކަށް ނާއިލާ އާއި އަނަސް އުއްމީދުވެސްް ނުކުރެއެވެ.

…………………………………………………………………………………………………

ހަޔާ ގެއަށް ލާން ދިޔަ މަގުމަތީގައި މުޅިންވެސް ހަޔާ ދެއްކީ ރަޔާންގެ އާއިލާ މީހުން ހިތްހެޔޮކަމުގެ ވާހަކައެވެ. ހަޔާގެ ވަހަކަތައް އަޑުއަހަން ރަޔާން އިނީ ހެވިފައެވެ. ވާންއުޅޭ  އަނބިމީހާގެ ދުލުން އާއިލާ ރަނގަޅުވާހަކަ އަޑުއެހުމަކީ ކޮންމެ ފިރިހެނަކަށްވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ހަޔާގެ ގެކައިރިއަށް ކާރު މަޑުކޮށްލުމުން ހަޔާ ރަޔާންއަށް ބަލާލިއެވެ.

” ވަރަށް ބޮޑަށް ތެންކްސް އަހަރެން ތިގެއަށް ގެެންގޮސް ދިނީމަ” ހަޔާ ލޯބިވެތި ގޮތަކަށް ބުނެލިއެވެ.

” އަހަރެން ހަޔާއަށް ޝުކުރު އަދާކުރަން އަހަރެންގެ ހަޔާތަށް އައިސް ދިނީތީ.. އަދި އަހަރެންގެ އާއިލާއްާ މެދު ތިގޮތަށް ދެކޭތީ.. އަހަރެން ހަޔާއަށް ޕްރޮމިސް ކުރަން… އަހަރެންނަށް ވެގެންވަންޏާ ދުވަހަކުވެސް ހަޔާ ދެރަވާ ފަދަ ކަމެއް ނުކުރާނަން.. ” ހަޔާގެ އަަތުގައި ހިފައިގެން އިނދެ ރަޔާން ވާހަކަ ދެއްކިއެވެ.

” އަހަރެންވެސް ރަޔާން ޝަކުވާ ކުރަންޖެހޭފަދަ ކަމެއް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުކުރާނަން” ހަޔާވެސް ރަޔާންގެ އަތުގަނއި ހިފާލަމުން ބުންޏެވެ. އަދި އެއަށްފަހު ރަޔާން ގޮވައިގެން ގެއަށްވަދެ ހަޔާގެ މަންމައާއި ބައްޕައަށް ރަޔާން ތައާރަފް ކޮށްދިނެވެ. ރަޔާންވި އެމީހުންނަށް ވަރަށް ކަމުދާ ކުއްޖަކަށެެވެ. ހަޔާވެސް ރަޔާންގެ އާއިލާ މީހުންގެ ރަނގަޅުވާހަކަ މަންމައާއި ބައްޕަކައިރީގައި ބުންޏެވެ. އަދި އެމީހުންގެ ބައްދަލުކުރަން ބޭނުންވާ ކަމުގައިވެސް ބުންޏެވެ.

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

az000

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ..

Next

ދޭނަން ހިތާ ޖާނާ…! 3ވަނަ ބައި

Next
January 24, 2016

ދޭނަން ހިތާ ޖާނާ…! 3ވަނަ ބައި

Previews
January 24, 2016

ކުރަމުން ތިދާހާ ގޯނާ..

3 Comments

  1. misty says:
    January 24, 2016 at 6:06 pm

    Ehaa dhvas kohfa vx ehaa kuru koh this up kuranee.. Nxt prt dhigu koh dhechey. Plx plx plx plxxxxx

  2. mau says:
    January 24, 2016 at 6:12 pm

    Aslu vx v kuru… next part yhankolheh avax kohdhehchey… v shalhi

  3. Aimsithu says:
    January 24, 2016 at 6:15 pm

    Vaahaka thankolheh kuree dho.. emme kiyaa hiyy hisaabun thi nimmmaaly.kada ey thythi

Comments are closed.

All Right Reserved!